އުޑުމައްޗަށް ރަތް ވިލާތައް އެރުމާއެކު މިސްކިތްތަކުން ބަންގީގެ އަޑު މުޅި ރަށު ތެރޭގައި ގުގުމައިލާފިއެވެ. ލަތީފްގެ ބައްޕަ ބަންގި ގޮއްވި އަޑުއިވުމާއެކީ ކުރަން ހުރި މަސައްކަތް ދޫކޮށްލާފައި ދިޔައީ ވުޟޫ ކުރަން ދިޔައެވެ. ނަމަވެސް ލަތީފް އިނީ ޕީއެސްޕީ އިން ފުޓުބޯޅަ ކުޅޭށެވެ. އޭނާއަކަށް ބަންގި ގޮވާ ކަމެއް ވެސް ދެނެއެއް ނުހުރިއެވެ. ނުހަނު ފޯރީގައި ޕީއެސްޕީ ކުޅެން އިންދާ ލަތީފްގެ ބައްޕަ އައިސް ލަތީފަށް ބަންގި ގޮވައިފިކަން ހަނދާންކޮށްދިނެވެ. އަދި އަވަހަށް ވުޟޫކޮށްގެން އައުމަށް ބުންޏެވެ. […]
އާރޓިފިޝަލް ބީޗުގެ ވެލިގަނޑު މަތީގައި އެޅެމުން ދިޔަ އަމިއްލަ ފިޔަވަޅުތަކަށް ބަލަމުން އަހަރެން ކުރިޔަށް ދިޔައީމެވެ. ގޮތް ހުސްވެ އެކަނިވެރިވެފައިވާ މީހެއް ފަދައިންނެވެ. ހަޔާތުގެ ހިތި ސަފުހާތަކުގެ ތެރެއަށް ގެނބެމުން ދިޔަ ވަރަކަށް ލޮލުގައި ފުރި ބާރުވެފައިވާ ކަރުނަތަށް ކޯތާފަތްމަތީގައި ބީހެން ފެށިއެވެ. ރޭގަނޑުގެ އެ ހިތްފަސޭހަ ވަގުތު ހަށިގަނޑުގައި ބީހެމުން ދިޔަ ފިނި ރޯޅިތަކަށް ވުރެ އެ ކަރުނަތަކުގެ ބީހުން މާ އަރާމެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ހިތްގައިމު އަޑަށްވުރެ އަހަރެންގެ އަމިއްލަ ގިސްލުމުގެ […]
ރަސްކަލަކީ އިންސާފަށްލޯބިކުރައްވާ ޢާންމުރައްޔިތުންގެ އިޙުސާތަކަށް ޤަދަރުކުރައްވާ ރަސްކަލެކެވެ. ނަމަވެސް އެމަނިކުފާނަކީ ކޮރު އަދި އެއްލޯ ކަނު ބޭފުޅެކެވެ. އެއްދުވަހަކު އެސަހަރުގެ މޮޅު ކުރެހުންތެރިން އެއްކުރެއްވީ އެމަނިކުފާނުގެ ފޮޓޯއެއްކުރެއްސެވުމަށެވެ. އަދި އެމަނިކުފާނުގެ އެއްވެސް ޢައިބެއް ނުފެންނާނެހެން ކުރެހުމަށް ކުރެހުންތެރިނަށް އެމަނިކުފާނު ޝަރުޠުކުރެއްވިއެވެ. ނަމަވެސް ހުރިހާ ކުރެހުންތެރިންވެސް އެފަދަފޮޓޯއެއްކުރެހުމަށް އިންކާރު ކުރިއެވެ. އެފަދަ ފޮޓޯއެއް ކުރަހާނީވެސް ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ އެއްލޯ ކަނު ބޭފުޅެއްވިއްޔާއެވެ. އަދި ދެފައިމައްޗަށްކުޅޮށްހުންނަގޮތަށްވެސް ދައްކުވައިދޭނީ ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ ކޮށު ބޭފުޅެކެވެ. ނަމަވެސް އެޖަމާޢަތުގެ ތެރެއިން އެއްކުރެހުންތެރިޔަކު ދެންނެވިއެވެ. […]
“މިހިތުގެ ދުޢާ މީ މިތުރާ އުފަލުގާ ހެޔޮ ހާލުގައި ލައްވަވާންދޭ” “ޔާރާ ލިބޭނެ ދުވަހަކަށް ކުރަނީ މިހިތް އިންތިޒާރޭ” ދިވެހި ފިލުމު “މިހަށީން ފުރާނަދަންދެން” ގެ މި ލަވައަކީ އަސަރުން ފުރިގެންވާ ލަވައެކެވެ. ގިނަ މީހުނަށް ރޮވޭނެކަން ގައިމެވެ. ހާލަތާ މި ލަވަޔާ ދިމާވެއްޖެ ނަމަ، އަދި މާ ނުރައްކަލެވެ. އަހަންނަަށްވެސް ވީ މިހެންނެވެ. ލަވައިގައި ބުނާ އެއްޗަކާއި މަގޭ ހާލަތާ ވަރަަަަށް ބައްދަލެވެ. ޖަހައިގެން އިން ހެޑުސެޓު ކަންފަތުން ނައްޓާލީ ދެލޮލުން ފެށިގެން ކޯތާފަތަށް ދަމާލި […]
އަހަންނަށް މިހާރު ދުވާލެއް ރޭގަނޑެއް ވަކިނުވެއެވެ. އަބަދު ކަމަކީ ހިތާމަ ކުރުމެވެ. ފިކުރު ކުރުމެވެ. އައިފާ އަހަރެންނަށް ބޭވަފާތެރިވީ އެހެން ފިރިހެނެއްގެ އަވަައިގައި ޖެހިގެންނެވެ. އަހަންނަކަށް މިހާރު ހަމަ ނިދި ނުލިބެއެވެ. ނުއެސް ކެވެއެވެ. ކާހިތް ނުވާތީ އެވެ. ކަމެއް ކުރާހިތެއް ނުވެއެވެ. ދުނިޔެ މަތިން ފޫހިކުރުވައިފިއެވެ. އިންތިޒާރު ކުރެވެނީ މަރުވާނެ ވަޤުތަކަށެވެ. އައިފާއަށްޓަކައި ފުރަތަމަ މިހިތުގައި ވިންދެއްޖަހާލީ، އަހަރެމެން ގުރޭޑު ހަތަކަށް ކިޔެވި އިރުއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނީވެސް އެ އަހަރުއެވެ. 2013 […]
ހަވީރުގެ ފިނިފިނި ރޯޅިތަށް ހަށިގަނޑުގައި ބީހިލާއިރު، އެންމެ ހިމަ ނާރުތަކަށް ދަންދެން އަސަރުކޮށްލައެވެ. އެ އަރާމު ވަޤުތުގައި، އަހަރެންގެ އިތުރުން ހަތަރު އަހަރުގެ ކޮއްކޮ ‘ނައިޝް’ އަދި އަހަރެންގެ ދައްތަ ‘ސަރާ’ ވެސް ތިބީ ގޭގެ ފެންޑާގައެވެ. ފެންޑާގައި ބެހެއްޓިފައި ހުރި ފަތްޖެހި ގޮނޑީގައި ކޮއްކޮ ނައިޝް އޮށޯވެ ނިދައިފިއެވެ. ކޮއްކޮ އޮތީ ލައިގެންހުރި ޓީޝާޓު ބާލާ، ކައިރާގައި ބާއްވައިގެންނެވެ. ފައްޖެހި ގޮނޑީގެ ކުރިމައްޗަށް ވާގޮތަށް ހުރި ޖޯލީގައި އަހަރެން އަދި ދައްތަ ތިބިއިރު، ދައްތަ އިނީ […]
މާގަނޑުން ފައިބަމުންދިޔަ ފެންތަށް އެރީތި އޮމާން ދޮންމޫނުގައި ޖެހިފައި އޮހޮރިގެން އެދަނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. މާގަނޑުދަށުގައި އެހެން އޭނާ ހުންނަތާ މިހާރު ކޮންއިރެއް ހެއްޔެވެ؟ ހީވަނީ އެއްވެސް މަންޒިލެއްނެތި ދަތުރުކުރާ މުސާފިރެއްހެން ނެވެ. ލޮލުން ކަރުނަ އަޔަސް، އެކަރުނަތަށް ދަނީ އޮހޮރެމުންދާާ ފެންތަކާއި އެކުވެގެންނެވެ. ނަޔާގެ މުޅި ހަޔާތް އެވަނީ ވީރާނާ ވެފައެވެ. މިއޮއް ހުރިހާދުވަހު ބިނާކުރަމުން އައި ހުވަފެންތައް އެވަނީ ބިލާހަކަށް ވެފައެވެ. މުޅި އުމުރަށް ވޭނާއި ކެކުޅުން ތަކުގައި އުޅެން ޖެހިފައެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީއަނިޔާގެ ތީރުތަށް އޭނާއާ ދިމާލަށް ދިއްކުރާ ތަނެވެ. އެހެން ހީނުވާންވި ސަބަބެއް ނެތެވެ. އާއިލާގައި ހުރިހަމައެކަނި ދައްތަގެ ފިރިމީހާގެ ޝިކާރައަކަށް އެމައުސޫމް ކުއްޖާވާތާ މިހާރު 3 އަހަރު ވަނީއެވެ. މީހެއް ކައިރީ ބުނާނީވެސް ވަކި ކިހިނަކުން ހެއްޔެވެ؟ ގޭގައި އިތުރު މީހަކު ހުރީކީނޫނެވެ. ބައްޕަ ސާހީން އަކީ ދުބާއީގައި މަސައްކަތް ކުރާ ވިޔަފާރި ވެރިއެކެވެ. މަންމަ ހާފިޒާ އަކީ އޭޑީކޭ ގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. ދެމީހުންކުރެ އެކަކުވެސް ނަޔާއަށް ދޭންޖެހޭވަރަށް ވަގުތެއް ނުދެވެއެވެ. އެހެންނޫނަސް އެމީހުން ވަގުތު ދޭނެހެއްޔެވެ؟ ނަޔާގެ ކިޔެވުން ހަލާކުވުމުން މަންމަމެން ނަޔާ ބާކީ ކޮށްލިއެވެ. އެމީހުން ގެ ހަޔާތުންނާއި އެމީހުން ގެ ދަތުރުތަކުން ނަޔާ ބާކީކުރީ އެހެން މީހުން ކުރިމަތީގައި އެމީހުން ލަދު ގަންނާތީކަން ނަޔާގެ ސިކުނޑިއަށް ވިސްނުނެވެ. އެކަމަކު އެހެންވާން ޖެހުނީ ކީއްވެގެން ހެއްޔެވެ.؟ ދައްތަ ގެއަށް ވެއްދި މީހާގެ ސަބަބުންނެވެ. އޭނާގެ ވަކިތަކުގެ ދަށުގައި ނަޔާ ވާންފެށި ފަހުން ކިޔަވަން ޖެހޭވަރަކަށް ނުކިޔެވުނެވެ. ގްރޭޑް 9 އިން ފަށައިގެން “ޑީ” ރިޕޯޓް އަކައް ވެއްޓުނެވެ. އެންމެފަހުން އޯލެވެލް އިންވެސްް ފާސްވީ އެންމެ 2 މާއްދާ އިންނެވެ. ކޮންމެ ދުވަހަކު އެއަނިޔާތަކާ ކުރިމަތިލާން ޖެހޭއިރު ކިޔަވާނީ ކިހިނެއް ހެއްޔެވެ. ދޮންތަ މަސައްކަތް ކުރަނީ ކްލިނިކެއްގައެވެ. ގެއައް އާދެވެނީ ދަންވަރުއެވެ. އެނުބައި މިހާ ނަޔާއަށް ހަދާނެގޮތެއް ހަދާން ކިހާވަގުތެއް ލިބޭނެ ހެއްޔެވެ؟ ހީކަރުވާހެން ހިވުމުން ނަޔާ އަވަސް ކޮށްލައިގެން ގައިގައި ހުރިފެން ތަށް ފުހޭން އަވަސްވެގަތެވެ. ނަޔާގެ އެނާޒުކު ހަށިގަނޑުގެ އެތަން ތަނެއް ދުޅަވެ ބަޑި އަރައިފައި ވެއެވެ. “ބާތު ރޮބް” ގަޔަށް ހެޔޮވަރުކޮށްލައި އެނދުމަތީއޮތް ފާޒިލް ފެނިފައި ނަޔާ ހުއްޓުން އެރިއެވެ. ދެލޯ ބާރަށް ފިއްތާލީ އެވޭންތަށް މިރޭވެސް ތަހަންމަލް ކުރަން ޖެހޭނެތޯ ހިތާއި ސުވާލު ކުރަމުންނެވެ. އެޖާދުވީ ދެލޮލުން ކަރުނަ މުތީތަކެއްހެން ވިދަމުން ދިޔައިރުވެސް ފާޒިލް އައިސްފައިވާ ނުލަފާހިންޏަކަށް ބަދަލެއް ނާދެއެވެ. އެނދުގައި އޮތް ބެޑްޝީޓް އެއްކައިރި ކޮށްލީ އަންނާށޭ ބުނާ ފަދައިންނެވެ. ނަޔާގެ ދުލުން އެއްޗެކޭ ނުބުންޏަސް އޭނާގެ އެފެހި ކަޅިން ފާޒިލް އާދިމާލަށް ނުބަލައިވޭތޯ ބެލިއެެވެ. އެންމެފަހުން ފާޒިލް އެނދުން ތެދުވެ ނަޔާކައިރިއަށް އައިސް ނަޔާއެނދާ ދިމާލަށް ގެންދާން މަސައްކަތް ކުރިއެވެ. އޭރުވެސް ނަޔާ ދިޔައީ ގަދަދައް ނަމުންނެވެ. ރޮމުން އާދޭސް ކުރަމުން ނެވެ.. ކުއްލިއަކަށް ދޮރުހުޅުވާލި އަޑަށް ދެމީހުންނަށް ވެސް ބަލާލެވުނެވެ. ދޮރުމަތީ ދެލޯބޮދުކޮށްގެން އެހުރީ ނަޔާގެ ދޮންތައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާ ބަލައިލީ ބިންމަތީއޮތް ފާޒިލް ގެ ގަމީހަށެވެ. އަދި ނަޔާގެ މުހިފައިވާ “ބާތު ރޯބް” އަށެވެ. ދޮންތަގެ ހައިރާންކަން ރުޅިއަށް ބަދަލުވީ ނަޔާގެ ލޮލުން އޮހެރެމުންދާ ކަރުނަތަށް ފެނިފައެވެ. ފާޒިލް ގަމީސްނަގައި ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ދޮންތަ ދޮރުމަތީ ހުރިނަމަވެސް އޭނާގެ ގަދަކަން މަތީ ދިޔައެވެ.ނަޔާއަށް ވެސް ދިޔައީ އިސްދަށަށް ޖަހައިގެން ހުރެގިސް ލެވެމުން ނެވެ. ދޮންތަ ފާޒިލްގެ ކުރި ބެއްދި އެވެ. ދެންއިވުނީ ފާޒިލްގެ ކޯމަތީ ދޮންތަގެ އަތްތިލައިން ވިއްލައިލި ހުނު އެތިފަހަރުގެ އަޑެވެ. ނަޔާ ބަލައިލިއިރު ފާޒިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދޮންތަ ސިޓިން ރޫމްއަށް ނިކުމެ ވަގުތުން ޕޮލިހަށް ގުޅިއެވެ. މަންމައަށް ވެސް ގުޅައިގެން ގެނައެވެ.އޭރުވެސް ނަޔާ ދިޔައީ ގިސްލާ ރޮމުންނެވެ. 3 އަހަރު ފަހުން ނަޔާގެ އުފާވެރި ހަޔާތް އަނދާއަޅިއަށް ވިގޮތް އެންމެން ކުރިމަތީ ނަޔާ ކިޔާދިނެވެ.އެދުވަހަކީ މަންމަ އާއި ބައްޕަގެ ހިމާޔަތުގެ ދަށަށް ނަޔާ އައި ދުވަހެވެ.. މިކަން މިގޮތަށް މެދުވެރިވާން ޖެހުނި ދެމީހުންގެ ފަރުވާކުޑާކަމުންކަން ހާފިޒާ އާއި ސާހީން އަށް އެނގުނެވެ. ޖެހިގެން އައި ދުވަހު ނަޔާގެ ބައްޕަ ސާހީން ވެސް މާލެ އައެވެ. އެދުވަހު ފާޒިލްގެ މައްސަލަ ތަހުޤީގު ކުރަން ފަށައި އޭނާގެ ބަންދަށް 2 މަސްދުވަސް ޖެހިއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ވެދިޔަ ކަންކަން އަނބުރައި އިއާދައެއް ނުކުރެވޭނެއެވެ. ނަޔާ މީހުންގެ ތެރެއައް ނިކުތުމަށް ބޭނުންވަނީ ކުޑަ ހިއްވަރެކެވެ. އެއީ ނަޔާ 3 އަހަރު ވާދެކަށް ކުރި ހިއްވަރެވެ. މިއަދުވެސް އޭނާގެ ލޮލުގައި ފިޔަޖަހަމުން އެދަނީ ހަމަ އެހިއްވަރެވެ.
ކުޑަ ހިނދުކޮޅަކަށްފަހު ބުޅާތަށް ދިޔުމުން އެ އެއްޗެހީގެ އަޑު ކެނޑުނެވެ. ވާނުވާ މިކްއަލްއަށް ރޭކާލީ ދެނެވެ. އުރުން މިޝްޔާ ބާލުވާ ދުރަށް ކޮށްޕާލިއެވެ. “ވަޓް ދަ**” މިޝްޔާގެ ކޯތާފަތް މައްޗަށް އަރުވާލި ހޫނު އެތިފަހަރުން މަންޒަރު ބަލަން ތިބި މީހުންގެ ހައިރާންކަން އިތުރުވިއެވެ. މުޅި ހަޔާތުގައިވެސް އަލަށް ތަޖުރިބާކުރެވުނު އެކަންތަށް މުޅި ދުނިޔެއަށް ފެންނާނެކަން އިނގުމުން މިކްއަލްގެ ހިތުގައި އެ އަންހެން ކުއްޖާއާ މެދު ރުޅިވެރިކަން އުފެދުނެވެ. އެންމެންގެ ކުރިމަތީ އޭނާ ފަޝީހަ ކޮށްލީތީއެވެ. އޭނާއަށް ފަސްދީފާ […]
ބަޑި ބޭހުގެ ކުޅިވަރުތަކާއެކު އައު އަހަރަކަށް ރާއްޖެ ގަޑިން މަރުހަބާކިއެވެ. ގަޑީގެ ކުޑަކަށި ނަންބަރު ބާރައިގައި ޖެހުމާއެކު ހިމޭންވެފައިވާ ރާއްޖޭގެ ވެރިރަށް އަޑުގަދަކޮށްލީ ބަޑި ބޭހުގެ އަޑުން އެކަންޏެއް ނޫނެވެ. އިވިގެން ދިޔަ ހިތްގައި ފިރިހެންވަންތަ އަޑު ތަކާއެކުގައެވެ. މަޝްހޫރު ބޭންޑް “ރޮކް” ގައި ހިމެނޭ ހަތަރު ޒުވާނުންގެ އަޑެވެ. ހުވަފެންތަކުން ހިތްހަމަޖެހުން ދެނީ ކީތްވެބާ… ހޭލާހިތެއް އަމުދުން ނުވޭ ނިދިން ކީތްވެބާ….. ލޯތްބޭ މިއީ.. މީ ހަމަ ޔަގީން ޝައްކެއް ނެތޭ ގުޅިފައިވަނީ…ފުން ގުޅުމަކުން.. މިދެހިތޭ.. […]