Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

މާޒީ – ތިންވަނަ ބައި

maahil Level 110 Stories
October 22, 2018 3 Mins Read
1 Comment

މި ވާހަކަ އަޕްލޯޑް ކުރުން ލަސްވީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާއާފަށް އެދެން.

“އަޅުގަނޑަކީ ހާމް…” ހާމް ބުންޏެވެ. “ހާމް. ހާދަ މާތް ކޮށް. ބަލަ މީ ހާމްގެ ވެސް ރައްޓެއްސެއްކަމަށް. ޖަސްޓް ޓޯކް ލައިކް އަ ފްރެންޑް.” ރީނާ ބުންޏެވެ. “އަނެއްކާ މަ ފްރެންޑް ޒޯން ކުރީތަ؟ ނުވާނެ އެހެނެއް. ހާމޫ ތި ތަންކޮޅެއް ރީތިކޮށް ފްރެންޑްލީ ކޮށް ވާހަކަ ދައްކަބަލަ! ” ހިތާހިތުން ހާމް ބުނެލިއެވެ. ” މިހާރު އިނގޭނެ ނަން. އުމުރުން 23. ރަށު ސުކޫލުން ވަޒީފާއެއް ލިބޭތޯ މިއައީވެސް. ސެކަންޑަރީ ޓީޗިންގ ޑިޕްލޮމާ ނިންމާފަ އިންނާނީ. އަސްލު މިބަލަނީ ޓީޗިންގ އާއިއެކު ޓުއަރިޒަމް ސެކްޓާއިން ކުރިއަށް ދެވޭތޯ. މިކޮޅަށް އައުމުގެ ކުރިން މިއައީ އެމް.އެން.ޔޫ އަށް ޑިގްރީ އިން ޓްރެވަލް އެންޑް ޓުއަރިޒަމް ބްލޮކްމޯޑް އަށް ލާފަ. ދެން ރީނާގެ ޓާރން” ހާމް ކުރުކޮށް ފޮނިކޮށް އޭނާގެ ތާއާރަފަކާއި ކުރިއަށް އޮތް މުސްތަގުބަލުގައި ކުރަން ވިސްނާފައި އޮތް ކަންތައްތައްވެސް ކިޔައިދިނެވެ.

“ރީ ވެސް 23 އޭ. އަހަރުމެން ދެމީހުންވެސް އެއް އޭޖެއްތާ. ހަމަ ސޭމް އޭޒް ޔޫ ހާމް. މިކޮޅު ސުކޫލުން ވަޒީފާއަށް ރީވެސް މިއައީ. އެކަމު ރީ އަކީ ޕުރައިމަރީ ޑިޕްލޮމާ ހޯލްޑާރ އެއް. ވިސްނަނީ މާސްޓާރސް އިން ޕުރައިމަރީ ޓީޗިންގ އާއި ހަމައަށް ކިޔަވަން. އަދި އެޕްލައި އެއް ނުކުރަން ޖޮބު ފައިނަލް ވީމަ ދޯ ކޯހަކައިގެން އުޅެވޭނީވެސް. ކާންޓް ޑިޕެންޑް އޮން ފެމެލީ އަގޭން. މަންމަމެން ވަރަށް ހާލުން މިވީ 7 އަހަރުގެ ކިޔެވުމަށް ހަރަދު ކުރީ. ދެން ފަހު 3 އަހަރު އިނާ ދޮންތަގެ އެހީއާއެކު މި ނިންމާލެވުނީ ވެސް.” ރީނާ އޭނާގެވެސް ތާއާރަފަކާއި ކުރިއަށް އޮތް މުސްތަގުބަލުގައި ކުރަން ވިސްނާފައި އޮތް ކަންތައްތަކާއި ދިރިއުޅުމުގެ ކަންކަން ހުރި ގޮތް ކިޔައިދިނެވެ. “ރީ. އެފް ބީ އެޑް ދީބަ ފުރެންޑް ރިކުއެސްޓް ފޮނުވާނަން. ” ހާމް ބުންޏެވެ. “ސޮރީ ހާމް ރީ އެފް ބީ އަކަށް ނުވަންނަން. އޮންލީ ވައިބާ އެންޑް އިންސްޓަ.” ރީނާ ބުންޏެވެ. “ފޮލޯމީ އޮން އިންސްޓަ އިނގޭ.”ހާމް ބުންޏެވެ. ހާމް އާއި ރީނާ މަޑު ހިނގުމެއްގައި ދިޔައީ ސައިކަލާއި ދިމާއަށެވެ.

ސައިކަލުގައި ދިޔައިރު ރީނާއިނީ ރަކިގޮތަކަށް ލޯގަނޑުން ހާމްގެ މޫނަށް ބަލާށެވެ. ހާމްއަށް ރީނާ މިގޮތައްބަލަން އިންތަން ލޯގަނޑުން ފެނުނެވެ. “ރީނާ ކޮންތާކަށްތަ ދެން ދާނީ” ހާމް ސުވާލުކޮށްލިއެވެ.  “ގެއަށް ދާނީ. އެހެންނޫނަސް މިހާރު މާގިނައިރުވެއްޖެ ބޭރުގައި އުޅޭތާ” ރީނާ ބުންޏެވެ. ދުވަސްތައް ވޭތުވަމުންދިޔަވަރަކަށް ރީނާއާއި ހާމްގެ ރަހުމަތްތެރިކަން ގާތްރަހުމަތްތެރިންނަށް ވަނީ ބަދަލުވެފައެވެ.

އާއަހަރު ފެށެންވިއިރު ބައެއް އޮފީސްތަކުން ވަނީ އައުވަޒީފާތަކަކަށް ވެސް އިއުލާންކޮށްފައެވެ. “ރީ. ސުކޫލުން އެބައޮތް އިއުލާން ކޮށްފަ ޓީޗަރުންނަށް.” ހާމް ފޮނުވި މެސެޖުގައި އޮތެވެ. “އެހެންތަ. އާދެބަލަ ރީ ބަލާ ރީމެންގެއަށް. ސުކޫލަށް ގޮސް އިއުލާން ކިޔާލާފަ އެޕްލައި ކުރަން.” ރީނާ ހާމް ފޮނުވި މެސެޖުގެ ޖަވާބުގައި ފޮނުވިއެވެ. “އޯކޭ އައިމް އޮން މައި ވޭ.” ހާމް ފޮނުވި މެސެޖުގައި އޮތެވެ. ރީނާ އަވަހަށް ބޭރަށް ނުކުތެވެ. ނުކުތްއިރު ހާމް ސައިކަލުގައި އަންނަތަން ފެނެއެވެ. “އަވަހަށް އަރާ.” ހާމް ބުންޏެވެ. ސުކޫލުން ކުރި އިއުލާނުގައި ވަނީ 1 ޓްރެވެލް އެންޑް ޓުއަރިޒަމް ޓީޗަރ އަދި 3 ޕްރައިމަރީ ޓީޗަރަކަށް އިއުލާންކޮށްފައެވެ. ނަމަވެސް މި 4 މަގާމަކީވެސް 3 މަސްދުވަހުގެ ވަގުތީ މަގާމުތަކެކެވެ.

“ދޮނާ ރީ. އެޕްލައި ކުރަން އައިސްތަ ؟ ” ސިޒްމާ ސުކޫލު އޮފީހުން ބުރޭކަށް ނުކުމެގެން ދިޔައިރު ނޯޓިސް ބޯޑު ދޮށުގައި ދެކުދިން ތިބުމުން އަހައިލިއެވެ. “ލައްބަ ދޮންތާ. ދޮންތާ އަޅެ ބުނެބަ ކީއްވެ ރިލީފް 3 މަސް ؟ ” ހާމް ސިޒްމާގާތު އިއުލާނުގައި 3މަހަށް އިއުލާން ކުރި ސަބަބު އެހިއެވެ. “ދޮނާ އެއީ ކުރިން އެތަނުން ދެމަގާމުގައި ހުރީ ޖީޒާމިސް. ޖީޒާމިސް މިހާރު ހުރީ މެޓާނިޓީ ލީވްގައި. އަދި އަނެއް ދެ މަގާމަށް އަބަދުވެސް އެޕްލައިކުރާނީ 10 ނިންމާފަ ތިބި ކުދިން އެކަނި” ސިޒްމާ ބުންޏެވެ. ރަނގަޅަށް މަސައްކަތް ކުރަންޏާ ދާއިމީ ކުރާނެ. އަނެއް ކޮޅުން ސެޓްފިކެޓް ވެސް އެބައޮތެއްނު. ކީއްވެގެންތަ ތި ކަންބޮޑުވަނީ. ތި އެޕްލައި ކޮށްބަލަ. ފަހަރުގައި ގުރޭޑެއްގެ ލީޑިންގ ޓީޗަރުކަން ދީފާނެ. ދޮންތައަކީ ގުރޭޑް 1 އަދި ޕްރީ ސުކޫލްގެ އެލްޓީ. އަދި ޕްރައިމަރީގެ 3 މަގާމު އެބައިން.” ސިޒްމާ ބުންޏެވެ. “ޕިސް ޕިސް ޕިސް. މި ހާމް އުޅޭނީ ކަންތައްގަނޑު ބޮޑުކޮށްލައިގެން. ރަނގަޅަށް ކިޔާބަލަ އިއުލާން. އެއޮތީ މި މަގާމުތަކަށް ދާއިމީ މީހުން ހަމަޖެހުނީމަ ވަގުތީ ކޮންޓްރެކްޓް އުވޭނެ ވާހަކަވެސް.” ރީނާ ހާމްއާއި ދިމާލަށް ބުންޏެވެ. ހާމް އަދި ރީނާ ސުކޫލްގެ ވަޒީފާއަށް ލިއެވެ. އަދި އެރޭ 8 ޖަހާއިރު އިންޓަވިޔު އޮތްވާހަކަވެސް އެޑްމިން ކުއްޖާ ބުންޏެވެ. “ހާމޫ. މަ ބަލާއަންނައްޗޭ އިނގޭ.” ރީނާ މެސެޖު ކޮށްލިއެވެ. “ޔާ. ޓެލްމީ ވަޓްޓު ވެއަރ؟” ހާމް ޖަވާބުގައި ފޮނުވައިލިއެވެ. “ދޮންތަ ކައިރީ އަހައިލާ. ލެޓް ހާ ޗޫސް ފޮ ޔޫ.” ރީނާ ޖަވާބުގައި ފޮނުވިއެވެ.

ހާމްގެ އިންތިޒާރުގައި ރީނާ މަގުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. “ކޮބާތަ އެ މޮޔަ؟” އީމާ ބޭރަށް ނުކުންނަމުން ބުންޏެވެ. “ނޭންގެ އެބަ އަންނަމޯ. މިހާރު ގަޑިން އެހެރަ 7ގަޑި 55 ވީއޭ!” ރީނާ ބުންޏެވެ. ރީނާމެންގެ ހުރި މަގުގެ އެއްކޮޅުން ސައިކަލެއް އަންނަތަން ފެނިއްޖެއެވެ. އިރުކޮޅެއްނުވެ ހާމް ރީނާމެންގެ ކައިރިއަށް ސައިކަލު މަޑުކޮށްލިއެވެ. “އޭ ތި އަވަސްކުރޭ މިހާރުވެސް ގަޑިޖެހެނީ އެހެރަ” ރީނާ ހާސްކަމާއިއެކު ބުންޏެވެ. ހާމް އިތުރު އެއްޗެއް ނުބުނެ ވަގުތުން ސައިކަލުގައި ސުކޫލަށް ދާން މިސްރާބު ޖެހިއެވެ. ބަރާބަރު 8 ޖެހިއިރު ހާމް އަދި ރީނާ އަށް ސުކޫލަށް ވަދެވުނެވެ. އޮފީހަށް ވަން ވަގުތު 10 ވަރަކަށް ކުދިން އިންޓަވިޔުއަށް އައިސް ތިއްބެވެ.

“ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެނަންބަރަށް ގޮވައިލީމަ އިންޓަވިޔު ރޫމަށް ދާނީ. އޮފީސް ސުޓާފެއް ގެންގޮސްދޭނެ އިންޓަވިޔު ރޫމަށް”އެޑްމިން ކުއްޖާ ބުންޏެވެ. ނަންތަރުތީބުން ގޮވާލިއިރު ހާމްއަށް ލިބުނީ ފުރަތަމަ ނަންބަރެވެ. އަދި ރީނާއަށް ލިބުނީ 8ވަނަ ނަންބަރެވެ. ހާމް އިންޓަވިޔު ކުރާ ރޫމަށް ދިޔައެވެ. ގާތްގަނޑަކަށް ބައިގަޑިއިރަށް ހާމްގެ އިންޓަވިޔު ކުރިއަށް ދިޔައެވެ. ހާމް އަށް ފަހު ދެން ތިބި ކުދިންގެ އިންޓަވިޔު އެހާ ދިގުކޮށެއް ނުދިޔައެވެ. ދެން އޮތީ ރީނާގެ އިންޓަވިޔުއެވެ. ރީނާގެ އިންޓަވިޔުއަށްވެސް ބައިގަޑިއިރެއްހާއިރު ވިއެވެ. ރީނާގެ ފަހުން އިންޓަވިޔުއަށް ކީ ފަހު 3 ކުދިންވެސް އިޓަވިޔުކޮށް ނިމިއްޖެއެވެ. އިންޓަވިޔުތައް ނިމުނު އިރު ގަޑިން 11 ޖަހަނީއެވެ. “މިރޭ 11:30 ގައި އަލުން އިންޓަވިޔު ރޫމަށް ހުރިހާ ކުދިން ހާޒިރުވެދެއްވުން އެދެން.” އޮފީސް ކުއްޖެއް މިހެން ބުންޏެވެ.

“އަހަރުން ދާނީ ޕާކަށް ދޯ. އެތާ ތިބެތިބެފަ އަންނާނީ 11:30ވީމަ.” އިންޓަވިޔުކުރި ކުއްޖެއް ބުންޏެވެ. “ތިކުދިންވެސް އަންނަންވީނު އަހަރުންނާއެކު؟.” އެތަނުން ކުއްޖެއް ހާމްއަދި ރީނާއަށް އެކުދިންނާއެކު ދިޔުމަށް ދައުވަތު ދިނެވެ. ޕާކުގައި ވަރަށް މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ހުރިހާ ކުދިން އިންޓަވިޔު ރޫމަށް ދިޔައެވެ. ހުރިހާ ކުދިން ހަމަވުމުން އިންޓަވިޔުއިން ހޮވުނު ކުދިންނާއި ނުހޮވޭކުދިންނަށް ސިޓީ ހަވާލުކުރިއެވެ. ހާމް އަދި ރީނާ ހުށައެޅި މަގާމުތަކަށް ހޮވުނެވެ. އަދި މާދަމާ ހެނދުނު 6 ޖަހާއިރު ވަޒީފާއަށް ނުކުންނަން އެނގިއެވެ. އުފަލާއެކު ރީނާއަދި ހާމް ނުކުމެގެން ދިޔައެވެ.

Share Article

Follow Me Written By

maahil

Level 110 Stories

Hi Im Maahil

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 19

Next

ސޫރަ

Next
October 22, 2018

ސޫރަ

Previews
October 22, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 19

One Comment

  1. HII says:
    October 22, 2018 at 1:55 pm

    Maahil will u up it regularly if not nuveh kiyeyne dhw adhi ehme baeh vs nukiyan regular koh up kuranyaanu kiyeynee dec part 1 adhi kiriyaa 3 so bunebala

Comments are closed.



All Right Reserved!