ޝަކުވާކުރާކަށް ނެތީމޭ
ލޯތްބަކީ ފެން ކަހަލަ އެއްޗެކެވެ. އެކަކު އަނެކަކު ދެކެ އެ ލޯބި ވެވޭނެއެވެ. ކަޅެއް ދޮނެއް، ސައިޒެއް، އުމުރެއް ލޯބި ވާކަށް ނޯވެއެވެ. ހަމަ މިގޮތަށް ކުޅެދޭ މީހުންނާއި، ނުކުޅެދޭ މީހުން ވެސް ލޯބީގެ ކުރިމަތީގައި ހަމަހަމައެވެ. ލޯބިވުމާއި، ލޯބި ލިބުމުގެ ހައްޤު ކޮންމެ ހަމަ ކޮންމެ މީހަކަށް ވެސް އޮންނާނެ އެވެ.
ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުން ސޮފްޙާއެކެވެ. އަހަންނަކީ އުފެދުމުގައި އުނި ސިފަތަކެއް ހުރި މީހަކީމެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އަހަރެންގެ މައިންބަފައިންނާއި، ދިމާވި ކޮންމެ އެކުވެރިއެއް ވެސް އަހަންނަށް ވިސްނައި ދީފައި އޮތީ އެހެން އެއްޗެކެވެ. ކޮންމެ މީހަކީވެސް އެމީހެެއްގެ ގޮތުގައި ފުރިހަމަ މީހެކެވެ. އަހަރެން ވެސް ޤަބޫލު ކުރީ އެގޮތަށެވެ. ސްކޫލު ދައުރުން ފެށިގެން ކޮލެޖު މަރުހަލާއަށް އައި އިރުވެސް ތިއީ ބަލި މީހެކޭ ބުނެ މީހަކު ދިމާކުރި އަޑެއް ނާހަމަވެ.
އަހަންނަކީ ލީޑާރޝިޕް ރަނގަޅު ކަންކަމުގައި ކެރިގެން ނުކުންނަ މީހެކެވެ. މީހަކު ކިޔާ އެއްޗަކަށް އަހަންނެއް ނުބަލަމެވެ. ބައެއް ފަހަރު މަގުމަތިން ހިނގާފައި ދާއިރު މީހުން ވަރަށް ބަލައެވެ. އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. ދިވެހިންގެ ގޮތެއް ނޫންހެއްޔެވެ؟ ދެލޯ ބާޅިކޮށްގެން ތިބެ މަގުމަތިންދާ މީހުންނަށް ކަޅި އެއްލުމަކީ އާކަމެއްްވެސް ނޫން ވިއްޔާއެވެ.
އަލްހަމްދު ﷲ އެވެ. އާއިލާ އިން ފެށިގެން އެންމެ ދުރު އެކުވެރިޔާ ވެސް އަހަރެން ދެކެ އިންތިހާ ލޯބިވެއެވެ. އަހަރެންގެ ސަކަ މާޖާ މިޒާޖުން އެމީހުން ހެއްވާލުމީ އަހަރެންގެ އާދައެކެވެ. އަހަރެންގެ އެކުވެރިންނަކީ އަހަރެންގެ ނަސީބެވެ.
ނަމަވެސް، ދެން އޮތީ ހިތުތެރޭ އެނބުރޭ ސުވާލެކެވެ. އަހަރެން ލޯބީގެ ގޮތުން ގުޅުނު އެކަކުވެސް ހިފަހައްޓާ ނުލެވުނެވެ. ވަކި ހިސާބަކުން ދޯކާ ދީފައި ދަނީއެވެ. އެއްވެސް މީހަކު ދިޔައީ އަހަރެންގެ ކުށެއް ދާކާފައެއް ވެސް ނޫނެވެ. ދެއްކޭނީ ވެސް ދައްކާނެ އެއްޗެއް އޮތިއްޔާ ނޫންހެއްޔެވެ؟
މައްސަލައެއް ނެތެވެ. އެ ސަބަބަކީ ހުރި ނުކުޅެދުންތެރިކަން ކަމުގައި ނިންމައިފީމެވެ. އެކަމަކު އެކަމުގައި އަހަރެންގެ ޝަކުވާއެއް ނެތެވެ. ޝަކުވާއެއް ކުރާކަށްވެސް ނެތީމެވެ.
23 Comments!
Comments are closed.






this was happen in your life
Hehe Maybe! 🙂
Oh..keep it up xidhern beybey..waiting for your new sty
Thank you kokko ❤
Talk abt ur self… not girls r leaving u… U r leaving them… ??
Speechless! I don’t know who u r! Swrry!
Srsly now you dont know who I am? U r the worst zidhern ?
Srsly now u dont know who i am!!!…. u r the worst zidhern
yeah everytime the boys leave us i also got in this situation I loved him so much but he left me???
Don’t worry! IA everything will be right! 🙂
Insha Allah adhi rangalhuvaane..
Thank you ❤
awwn! Don’t worry Zidhern. In Sha Allah everything will be fine. Komme moodhu mahakah wes galeh weyey bune ulhe ennu. So chill and enjoy single life. We’re still young so no worries if we’re single right now. ?
:'(
aha!
Zidhan. Male’ ga tha ulhenii? I think i saw you 3 varakah days kurin prize day akun. Hithah eri gohsa talk kollaafa bunan fan ekey. I love your stories ey. Ekam dhen ehaa sure nuweema nukerunee dhaan.?
yes Ahumadhiyya Prize day cover kuran goss ulhunin!
Btw white tshirt eh laigen fahathuga huree. Tshirt back ga my full name and front ga my logo innaane. Logo ga vess name innaany! ?❤
Omggg yess that was you. Alheyyy. Dhera vehjje. Ehaa bodah t shirt akah balaeh nulevey cux kudakoh busy koh ulhuneema ekamm face recognise vi.??
Face recognition technology use kureetha’? ?❤
Lmao? nuuneyy.? zidhan ge stories ga sometimes cover ah laafa hure ehnu zidhan ge pic. Ehnve engunee??
Kaakukan angan t shirt ga nan vx jahaintha ulheny ???
Well… I was with my official kit. N It was my duty time! ?