Skip to content
އެސްފިޔަ

ލޫތާއި އަލްސަން

އަލްސަނާއި ލޫތަކީ އެންމެ ތުއްތުއިރުއްސުރެ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. މިހާރުގެ ނަމުންނަމަ ދެ “ބެސްޓް ފްރެންޑުން”ނެވެ. ދެކުދިންގެ އުމުރުން 7 އަހަރުން ފެށިގެން ބާސްކެޓް ބޯޅަ ކުޅެން ފެށިއެވެ. އެހިސާބުގަނޑުގައި ހުންނަ ކުޑަކުދިންގެ ބާސްކެޓްބޯޅަ ކޯޓަށް ގޮސް ދެމީހުން ވާދައަށް ކުޅެ އުޅެއެވެ. މީގެ ތެރެއިން ގިނަ ފަހަރު މޮޅުވާނީ އަލްސަނެވެ. އަލްސަނަކީ ދިގު ކުއްޖެއް ކަމުން ބާސްކެޓަށް ވަރަށް ފަސޭހަކަމާއެކު އެއްލައިގެން ގިނަ ލަނޑު ޖަހައެވެ. ލޫތަކީ ކުރުކުއްޖެއް ކަމުން ބާސްކެޓަށް އެއްލަން ވަރަށް އުނދަގުލެވެ. އެހިސާބުން ފެށިގެން ލޫތުގެ ހިތުގައި އަލްސަނާމެދު ހަސަަދަވެރިކަން އޮންނަން ފެށިއެވެ.

މިހެން ދުވަސްތައް ވޭތުވެގެން ދެއެވެ. ލޫތުގެ ބައްޕައަށް އެހެން އަވަށަކުން ވަޒީފާ ހަމަޖެހުމުގެ ސަބަބުން އެއަވަށަށް އެއާއިލާ ބަދަލުވަން ޖެހުނެވެ. މިކަމުގެ ހިތާމަ އެންމެ ބޮޑަށް ލިބިފައިވަނީ ލޫތަށެވެ. އެންމެ ދުވަސްވީ އެކުވެރިޔާ ދޫކޮށް އަދި އޭނާ އެންމެ ކުޅޭހިތްވާ ކުޅިވަރު ކުޅޭ ތަން ދޫކޮށް ދާން ޖެހުމުންނެވެ. ހިތާދެކޮޅަށް ނަމަވެސް އަލްސަނާއި އޭނާގެ އާއިލާގެ ބަސް ގަބޫލުކޮށްގެން އާއިލާއާ އެކުގައި ބަދަލުވިއެވެ. މުޅި ސްކޫލުން އެންމެ މޮޅު ބާސްކެޓް ކުޅުންތެރިއަކަށް ވުމުގެ އަޒުމާއެކީ ގައެވެ.

ދުވަސްތައް މަސްތަކަށް މަސްތައް އަހަރުތަކަކަށް ބަދަލުވަމުން ދެޔެވެ. އަހަރުތަކަކަށްފަހު ލޫތު އައީ އޭނާގެ ކުރީ އަވަށުގެ ހައިސްކޫލަށް ކިޔެވުމަށެވެ. ފުރަތަމަ ދުވަސްކަމުން މާބޮޑަށް ކިޔެވުމުގެ ކަމެއް ނެތީމާ ސްކޫލުގެ ގޯތިތެރޭގައި ހުންނަ ބެންޗެއްގައި އޭނާ އިށީނެވެ. އެހެންއިންދާ ވަޔާ އެނބުރެމުން އެނބުރެމުން އައިސް އޭނާގެ މޫނުމަތީގައި ކަރުދާސްގަނޑެއް ތަތްވިއެވެ. އޭގައި ލިޔެފައި އޮތް އެއްޗެއްގެ ސަބަބުން އޭނާއަށް ވަގުތުން އޭނާގެ ބައްތިރީސް ދަތް އެކުއެކީ ދައްކާލެވުނެވެ. އަވަސްވެގަތީ ބާސްކެޓް ކްލަބުގައި އޭނާގެ ނަން ނޯޓުކުރުމަށެވެ.

ޖެހިގެން އަންނަ ދުވަހަކީ ތައާރަފްވާން އޮންނަ ދުވަސްކަމުން އޭނާ ލޯގަނޑު ކުރިމަތީގައި ހުރެގެން އެކި ގޮތްގޮތަށް ތައާރަފް ދޭނެގޮތެއް ފަރިތަކުރަމުން ދިޔައެވެ. ބޮޑު އިސްޓޭޖެއްގައި ކުރާ ކަމެއް ނޫންކަމުން މާވަރަކަށް ފަރިތަކުރަނީ ކީއްކުރަންހޭ ކިޔާފައި އޭނާގެ ކޮއްކޮ އާރާ މަލާމާތްކުރަން ފެށިއެވެ. އޭގެފަހުން ލޫތުއަށްވެސް އޭނާގެ މޮޔަކަން ވިސްނި އާރާ ބުނި އެއްޗަކަށް ހޭން ފެށިއެވެ.

ޖެހިގެން އައި ދުވަހު ކްލަބަށް ދިޔަމަގު މަތީގައި ލޫތު ނުބަލާ ހިނގަމުން ދަނިކޮށް އެހެން ކުއްޖެއްގެ ބޮލާއި އޭނާގެ ބޯޖެހުނެވެ. ވީތަދުން ދެމީހުންނަށްވެސް ފުރަތަމަ އަތް އެޅުނީ ބޮލުގައެވެ. ލޫތުގެ ހިތުގައި ކުރިމަތީގައި ހުރީ ކާކުކަން ބެލުމުގެ ޝައުޤު އުފެދުމުން ދެލޯ ހުޅުވިއެވެ. ނަމަވެސް ފެނުނު މީހެއްގެ ސަބަބުން އޭނާގެ އަނގަފުޅާވިއެވެ. ކުރިމަތީގައި ހުރި ކުއްޖާއަށް ވެސް ވީ އެވަރެވެ. “އަލްސަން” ލޫތުއަށް ބޭއިޚުތިޔާރުގައި ބުނެވުނެވެ. “ލު…ލޫ….ލޫތު” ފާޑަކަށް އަޅައިގަންނަމުން އަލްސަނަށް ގޮވާލެވުނެވެ. “ދެމީހުން އަނެއްކާވެސް އެއް ސްކޫލަކަށް ދޯ؟ ” (ގަޑި ބަލައިލަމުން) “އަޅޭ މިވަގުތު ނެތޭ ހުރެވޭކަށް ވެސް. ކްލަބަށް ދާން ޖެހޭ އެބަ. ފަހުން ވާނެ ބައްދަލުކުރަން” ލޫތު ބުންޏެވެ. “ތިދަނީ ބާސްކެޓް ކްލަބަށްތައް އަނެއްކާ؟ ” އާނ! އަލްސަން ވެސް އެތަނަށް ދޯ؟ ” ލޫތު ބުންޏެވެ. “އާނ! އަވަހަށް ހިނގާ ދާން! ” އަލްސަން ބުންޏެވެ.

ބާސްކެޓް ކްލަބުގެ ކެޕްޓަންކަމުގެ މަގާމު ލިބިފައިވަނީ އެސްކޫލުގައި ދެވަނަ އަހަރުގައި ކިޔަވަމުންދާ މާޛަށެވެ. އަދި މެނޭޖަރު ކަމަށްވެސް ހޮވާފައިވަނީ ހަމަ މާޛްމެންނާއެކު ކިޔަވަން އުޅޭ އައިނާއެވެ. އެތަނަށް އަލަށް ވަތް ކުދިން ތިބީ ކުޑަ ހައިރާންކަމެއްގެ ތެރޭގައެވެ. އެއީ މެނޭޖަރު ކަމަށް އަންހެން ކުއްޖަކު ހުރުމުންނެވެ. ނަމަވެސް ދެން ތިބި ކުދިން އެއީ މާބޮޑަށް ހައިރާން ވާފަދަ ކަމެއްގެ ގޮތުގައި ނުދެކެއެވެ.

ރަހުމަތްތެރިކަމުގެ މެޗުގެ ތެރެއިން އަލްސަނަށް ލޫތުގެ މޮޅުކަމާއި ކުރިއަށްވުރެ އިސްކޮޅު ދިގުވެފައިވާ ކަން ފާހަގަ ކުރެވުނެވެ. މިކަންކަން ލޫތުގެ ކިބައިގައި ހުއްޓަސް އޭނާއަކަށް ވުރެ މޮޅު ނުވެވޭނެ ކަމުގެ އިހުސާސް ކުރެވުނެވެ. އަދި މީގެ އިތުރުން އޭނާގެ ހިތުގައި ލޫތުއާއިމެދު ނަފްރަތާއި ހަސަދަވެރިކަން އުފެދުނެވެ. މެޗު ނިމުނުއިރު މޮޅުވީ އަލްސަންގެ ޓީމެވެ. އަލްސަންގެ ހުނަރުވެރިކަމާއިމެދު އޮތް ހަސަދަވެރިކަން އިހުނަށްވުރެ ބޮޑަށް ލޫތުގެ ހިތުގައި އުފެދުނެވެ. މިހަސަދަވެރިކަމުގެ އަލިފާންގަނޑު ބޮޑަށް ރޯވާ ވަރަކަށް ދެމީހުންގެ ވާދަވެރިކަން މެޗަށް ފަހު އިތުރުވިއެވެ.

ދެކުދިންގެ ސްކޫލުގެ ބާސްކެޓް ބޯޅަ ޓީމު އިންޓަނޭޝަނަލް މެޗަކަށް ހޮވުނެވެ. މެޗު ފުރަތަމަ ފެށުނުއިރު ދެމީހުން އަރުވަމުން ކޯޗާއި ކެޕްޓަނާއި މެނޭޖަރުވެސް އެތަކެއް ނަސޭހަތްތަކެއް ދިނެވެ. މެޗު ފެށިއްޖެއެވެ. ފުރަތަމަ ހާފް ނިމުނުއިރު ވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހެއެވެ. މިހާރު ކުޅެމުން އެދަނީ މެޗުގެ އެންމެ ފަހު ވަގުތެވެ. ބޯޅަ އޮތީ އަލްސަން އަތުގައެވެ. ލޫތު ހުރީ ކަންނެތްކަމާއެކު އިދިކޮޅު ޓީމުގެ ބާސްކެޓް ކައިރީގައެވެ. އަލްސަން އޭނާއަށް ބޯޅަ އެއްލާނެކަމުގެ އުއްމީދެއް ނެތީމައެވެ. ނަމަވެސް ކަންވީ އިދިކޮޅަށެވެ. އިދިކޮޅު ޓީމަށް އެނގިފައިވާ ގޮތުން އެންމެ މޮޅީ އަލްސަން ކަމުން އޭނާ ވަށާލިއެވެ. އަލްސަން އަވަހަށް ބޯޅަ އެއްލީ ލޫތު އަތަށެވެ. ލޫތު އަވަހަށް ބޯޅަށް އިދިކޮޅު ޓީމުގެ ބާސްކެޓަށް އެއްލިއެވެ. އެ ސްކޫލުގެ ސަޕޯޓަރުންތައް ކެކިއަރާގަތެވެ. މެނޭޖަރު އައިނާ އަށް ވެސް އުފަލުން ރޮވުނެވެ. އެއާއިއެކު މެޗު ނިމުނެވެ. އަލްސަން ލޫތާ ސަލާމް ކޮށްލަމުން ބުންޏެވެ. ” ލޫތުގެ ހުނަރުވެރިކަމުން މިމެޗު ކާމިޔާބުވެއްޖެ ” ލޫތު ބުންޏެވެ. “އަލްސަން އަހަންނަށް އެހައި މަތިން ނޭއްލިނަމަ އިދިކޮޅު ޓީމު އެބޯޅަ އަތުލީސް ” އެއާއިއެކު ކެޕްޓަން މާޛް ގޮވައިލިއެވެ. “އަހަރެމެންގެ ދެހުނަރުވެރިން އެއްތަންވެއްޖެއެވެ.”

 

ނޯޓް: މިއީ ގްރޭޑް 8 ގެ ދިވެހި މަސައްކަތަކަށް އަޅުގަނޑު ލިޔެފައިވާ ކުރު ވާހަކައެކެވެ.

Comments (26)

  1. Queen Dandelion

    Hi Ihoo dear..mi shrt stry vrh vrh reethi..masha allah..keep it up..curiously waiting for yur nxt stry nge…luv u bodukoh❤❤????

    1. Ihoo
      Queen Dandelion

      Hi dear..? Jazakallahu khairan for reading the story..❤❤❤

  2. Anonymous

    Maa sha Allah.. Vrh reethi.. Furathama heekury miee hageegatheh kamah.. Hehe.. Kurin mikahala kameh Hama hingaafa othyma.. Ekam nimun thankolhun inguny khiyaalee vaahaka ehkan.. Anyway Vrh furihama.. Hope to read another story from you.. Keep it up the good work dear.. You’re 14 right?☺️???❤️???

    1. Ihoo
      Anonymous

      Jazakallahu khairan dear..❤❤❤In sha allah will bring another story in the future..I’m 14 ?

  3. samm

    nice

    1. Ihoo
      samm

      Jazakallahu khairan dear for reading the story…❤❤❤

  4. Anonymous

    I ge fothuga innaanee ves this concept ekm vaahaka thafaathu vaane. Football kulheyny eyga?

    1. Anonymous
      Anonymous

      8 ge*

    2. Ihoo
      Anonymous

      Aslu eyge fahathuga indhey amihla vhk eh liyan..Ethanah liyefa oi alhugandu ge amihla vhk eh eii..Jazakallahu khairan…❤❤❤

    3. Ihoo
      Anonymous

      **dear

  5. Psenhi

    Ma Sha Allah. Good luck Ihoo

    1. Ihoo
      Psenhi

      Jazakallahu khairan dear ❤ ❤ ❤…

  6. Aalaa

    Maashaa Allah v reethi vaahaka eh

    1. Ihoo
      Aalaa

      Jazakallahu khairan dear…❤❤❤

  7. Zidhan Zaik

    Ihoo.. This is awesome. Gimme ur mail. Can share u somethings important for more improvements!

    1. Ihoo
      Zidhan Zaik

      Jazakallahu khairan dear ❤❤❤…Ask the admin for my email ?

  8. Doodle

    Beautiful keep it up dear

    1. Ihoo
      Doodle

      Jazakallahu khairan dear…❤❤❤

  9. Ihoo

    Salaam..How are you all dears??Miothy alhugandu ge second story thi kudhinnah genes dhyfa?…Alhamdhullilah!In sha allah anehka vx ehn story eh genes dheveythw balaanan…I cant say which day…Everyone is welcome to comment on my stories…Jazakallahu khairan…❤❤❤

  10. mimmi

    Masha Allah!!! Story warah reethi!!! ??????

    1. Ihoo
      mimmi

      Jazakallahu khairan dear ❤❤❤…

  11. Shamma

    Hey! Nice story. Can u tell me how to post stories like this. I love writting so i wanna try.

    1. Ihoo
      Shamma

      Jazakallahu khairan dear ❤❤❤ …Register the website and u can write any kind of story u like ?

  12. reader

    u’ll have register if u wanna post any stry

  13. Its me

    What a nice stry… masha allah ???

    1. Ihoo
      Its me

      Jazakallahu khairan dear ❤❤❤…

Comments are closed.