އައްޔޫބު ޢަލައިހިއްސަލާމްއަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ނަބީބޭކަލެކެވެ. މާތް الله سبحانه وتعالى، أيّوب عليه السّلام އަށް ވަނީ މިބިންމަތީގެ ހުރިހާ ނިޢުމަތެއްދެއްވާފައެވެ. މުދަލާއި ދަރީންނެވެ. ޝާމްކަރައިގެ އުސްވާދީތަކާއި، ބާދިޔާތަކާއި ބިންތަކުގައިވާ ހުރިހާ ރޯދިބަރަކާތްތަކެވެ. އެކަލޭގެފާނުގެ މިލްކުވެރިކަމުގެ ދަށުގައި ގެރިބަކަރި ޖަމަލާއި ޙިމާރާއި މިނޫވެސް ފެހާމާނު މުދާ ހުރީ އެޒަމާނުގެ އެއްވެސް އިންސާނަކަށް ދެއްވާފައިނުވާ މިންވަރަށެވެ. މިދެންނެވި ފަދަ ގިނަގުނަ ނިޢުމަތްތައް މީހަކަށް ލިބިއްޖެނަމަ ވަރަށް އަވަހަށް އޭނާ، އޭނާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ […]