
ކޮވިޑް-19
(މިއީ އެއްވެސް މީހަކަށް ނިސްބަތް ކޮށްގެން އަދި އެއްވެސް އިރެއްގައި ހިނގާފައިވާ ހާދިސާއެއް ނޫނެވެ..މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލީ ވާހަކައެކެވެ..)
އެކުވެރިންނޭވެ..އަހަރެން ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުގެ ހިތި ސަފްޙާއެކެވެ..ގަލަމުގައި ކިތަންމެ ވަރަކަށްވެސް ދެލި އެބަހުއްޓެވެ…ނެތީ ހިތްވަރެވެ…ނަމަވެސް ތިޔަ އެކުވެރިންނަށްޓަކައި އަހަރެން ކުޑަ ހިތްވަރެއް ކޮށްލާނަމެވެ
ހިތް ބިރު ގަންނަނީއެވެ..ނޭވާ ހާސްވަނީއެވެ..އޯކަށް ދެމެނީއެވެ..މުޅި ގައިން ދާ އޮހޮރި މީހާ ވަރުބަލި ވެއްޖެއެވެ.. މެޝިންތައް ތެޅި ފޮޅޭ އަޑު އިވެއެވެ…ކަނު އަނދިރިކަން ފިޔަވައި އެހެން އެއްޗެއް ނުފެނެއެވެ..ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކުޑަވެސް ލުޔެއް ނުލިބެއެވެ..ހައްތަހާވެސް ގަދަ ވަނީއެވެ..ކަރުގައި ރިއްސާވަރުން ހިން ދިރުވައިލެވޭކަށް ވެސް ނެތެވެ..ހީވަނީ ސިންގާއެއް ވަކި އަޅާ ހެންނެވެ..ހުން ގަދަވެގެން ގޮސް ލޮލުން އާވި އަރަ އަރަ ހުއްޓެވެ..އަނގައިގައި ހުތް ރަހަ އެއް ދީފައި ހުއްޓެވެ..އޭގެ ސަބަބުން މޭނުބައި ކުރާ ގޮތް ވިއެވެ..ބާރަށް ރޮއެގަންނަން އުޅުނީމެވެ..ނަމަވެސް އަޑު ވަނީ އަރު ތެރޭ ތާށިވެފައެވެ..އަހަރެން މިއަދު މި ގުދަނެއް ފަދަ ތަނެއްގައި އެކަނިމައި އެކަނި ބަންދުވެފައި އޮންނަން ޖެހުނީވެސް ހުދު އަހަރެންގެ ސަބަބުންނެވެ…މާޒީގައި ކުރެވުނު ކަންތަކާ މެދު ވިސްނާލުމުން އަމިއްލަ ނަފްސު ދެކެ ރުޅިއާދެވެއެވެ.. މާތްﷲ އަށް ކިޔަމަންތެރިވެ ސިއްހީ މާހިރުންގެ ބަސް އެހުނު ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ…ނަމަވެސް އަހަރެންގެ ހަށިގަނޑު އޭރު ވަނީ ހަވާނަފުސަށް ގެއްލި ހުސްވެފައެވެ..
އެދުވަހު އަހަންނަށް އެ ރިސޯޓަށް ނުދެވުނުނަމަ މިތާ އޮންނާކަށް ނުޖެހުނީސްކަން ގައިމެވެ.. ރިސޯޓު ފުރަބަންދު ނުކުރިކަމުގައިވިއަސް އެތަށް ބަޔަކު ކަރަންޓީނު ކޮށްފައި ތިއްބެވެ..ރޭދުވާ މީހުން އެ ކިޔަނީ ގޭގައި މަޑުކޮށްލާށެވެ..އަހަރެންނަށް ހީވި ކަހަލައެވެ…މިވީހާތަނަށް މި ބަލި އަދި މާލެ މީހަކު ގަޔަށް ނާރައެވެ..ދެން އަދި އަމުދަކުން އަހަރެން ގަޔަކަށް ނާރާނެއެވެ..ނަމަވެސް އަހަންނަށް އޮޅިފައިވަނީ މި ހުރިހާ ކަމެއްވެސް މެދުވެރިކުރައްވަނީ ހަމަ އެންމެ ފަރާތަކުން ކަމެވެ…އެކަލާނގެ ކަމަކަށް އިރާދު ކުރައްވައިފި ނަމަ ލަހެއް ފަހެއް ނެތި އެކަމެއް ވާނެކަމެވެ..
ރައްޓެހިންގެ ބަހަށް ހެއްލިގަނެގެން ހުކުރު ދުވަހު ހުކުރު ގަޑީގައި އެތަނަށް ދެވުނީ މާތްﷲ ގެ އަޅަކަށް ވެ ހުރެ އެކަލާނގެ އަށް ކުރެވޭ އަޅުކަމަކަށް ފުރަގަސް ދީފައެވެ..ނަމާދުކުރުމަކީ އަހަރެންގެ ދުވަހުގެ ތާވަލުގައި އޮންނަ ކަމެއް ނޫނެވެ..ހުކުރު ނަމާދަށް ވެސް ދެވެނީ މަދުފަހަރަކުއެވެ..
ސިއްސައިގެން ގޮސް އަހަންނަށް ލޯ ހުޅުވާ ލެވުނީ ހުދު ހެދުމުން އެއްކޮށް ނިވާވެގެން ހުރި މީހަކު އައިސް އަހަރެން ކައިރީ ހުއްޓިލުމުންނެވެ..ހުރިހާ ތަނެއްވެސް ހުރީ ނުފެންނަ ގޮތަށް ނިވާކޮށްފައެވެ..އެއީ އަހަންނަށް ފަރުވާ ކުރަމުން އަންނަ ނަރުހެވެ…އޭނާ އަބަދުވެސް ކަންތައް ކުރާ ފަދައިން އަހަރެންގެ ހުން ބަލައި ބޭސް ދިނެވެ..އެހެން ދުވަހެކޭވެސް އެއްގޮތަށް އަހަރެން ނަރުސް ކުއްޖާ ކައިރީ އަހަރެންގެ ހާލު އެހީމެވެ..އަތުގެ އިޝާރާތުންނެވެ..”ބޭބޭ…ބޭބެގެ ހުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގަދަވަމުންް..ކެއްސާ ކިބިހި އެޅުން ވެސް މިހާރު އާދަޔާ ހިލާފަށް އިތުރުވެއްޖެއެއް ނޫންތޯ…”ނަރުސް ކުއްޖާ އެހެން ބުނެފައި ބޭރަށް ދިޔައެވެ..ހަތަރު އުދަރެސް ފެނު ޖެހި ބޮލަށް އެނބުރުން އެރިއެވެ..ހީވީ މީހަކު ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވީއްލި ހެންނެވެެ…ގޮތް ހުސްވެއްޖެއެވެ…އާއިލާ މަތިން ވަރަށް ބޮޑަށް ހަނދާން ވާން ފެށިއެވެ..ލޯބިވާ އަނބިމީހާއާއި މައުސޫމް ދެ ކުދިންނަށް ވާނެ ވަރު ހިތަށް ގެނައުމަށްވެސް އަހަރެން މިވަނީ ނުކުޅުދިފައެވެ..މިތަނަށް ގެނައި ފަހުން އަހަރެންނަކާ އާއިލާއާ މުއާމަލާތެއް ނުކުރެވެއެވެ..އެމީހުން މަތިން ހަނދާންކޮށް ނުރޯ އެންމެ ރެއެއް ވެސް ނާންނާނެއެވެ..އެ ދުވަސްތަކުގައި އަހަރެން އުޅުނު ގޮތާ މެދު ވިސްނި އިތުރަަށް ރޮވުނެވެ..ދެރަވެ ލަދުގަތެވެ..ނަމަވެސް ދެން ކުރާނެ ކަމެއް އެބައޮއެއް ހެއްޔެވެ..އަހަރެންގެ ނިމުން އަތުވާކަށް މާ ގިނަ ދުވަހެއް ނެތްކަން ސިކުނޑިން އިންޒާރު ދެމުން ދިޔައެވެ..މި ބަލި ބައެއް މީހުންގެ ކިބައިން ނެތިގޮސްފައިވި ނަމަވެސް އަހަރެންގެ ހާލަތު މިދަނީ ދުވަހެއް ދުވަހައް ގޯސްވަމުންނެވެ…އަހަރެންނާ މި ލައިގަތީ ކޮންފަދަ މުސީބާތަކާ ހެއްޔެވެ…ފުރަތަމަ ފަހަރަށް މާތްﷲ ގެ މަތިން ހަނދުމަ ވިއެވެ..ހޫނު ކަރުނަތައް ކޯތާފަތް ތެންމަމުން ދިޔައެވެ..އަހަންނަށް ބޭއިޙްތިޔާރުގައިި ދުޢާ އަށް އަތް އުފުލާލެވުނެވެ…
“އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަޙްމާންވަންތަ ރަޙީމް ވަންތަ ﷲ…މި އަޅާ މިއަދު މިވަނީ ބޮޑު މުސީބާތަކާ ކުރިމަތި ލާން ޖެހިފަ..މި މުސީބާތާ ހަނގުރާމަ ކުރަން މިއަޅާއަށް ހިތްވަރާއި ބާރު ދެއްވާންދޭ..މިއަޅާގެ އާއިލާ ހެޔޮ ހާލުގައި ރައްކާތެރިކަމާއެކު ބަހައްޓަވާންދޭ…ކުރިން ކުރެވިފައިވާ ހުރިހާ ފާފަތަކަށް ހިތުގެ އެންމެ އަޑިން ތައުބާ އަށް އެދެން..މި އަޅާ އަށް ތައުބާ ލައްވާންދޭ..”އޭރުވެސް ކޯތާފަތްމަތިން ސާލަކަށް ކަރުނަތައް އޮހެމުން ދިޔައެވެ..
އޭގެ ފަހުން ކޮންމެ ދުވަހަކު އަހަރެން އަޅުކަންތަކުގައި މަސްއޫލުވެގެން އުޅުނީމެވެ..ސޫރަތުލް ފާތިޙާ އަކީ ޝިފާއެކޭ ބުނާ އަޑު އެހީމެވެ..އެގޮތުން ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ސޫރަތް ކިޔަވައި އަޑު އަހަމެވެ..މިގޮތޮގެ މަތިން ހަފްތާއެއް ފާއިތު ވެގެން ދިޔައެވެ..އަލްހަމަދުލިއްލާހް..މާތްﷲ ގެ ކުޅަދުންވަންތަ ކަމާއެވެ..އަހަރެން މަރުގެ ތުންފަތް މަތީގައި އޮތްވާ އަނބުރާ ހަޔާތަށް ގެނެވުނު ކަހަލައެވެ..މަންމައަކު އޯގާތެރި ނުވާ ވަރަށް ވެސް އެކަލާނގެ އަހަރުމެންނަށް އޯގާވާނެއެވެ..
ބަލި އެއްކޮށް ފަސޭހަވެގެން ދިޔަ ކަމުގައި ވިއަސް ފުއްޕާ މޭގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ..އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ..އަހަރެން ދެކެނީ އެއީ އަހަރެން ކުރި ފާފަތަކުގެ އަޒާބެއްގެ ގޮތުގައެވެ..
ގެއަށް ދޫކޮށްލެވުމާއެކު އަހަންނަށް އިހުސާސްވީ ބޮޑު އަނދަވަޅަކުން ސަލާމަތް ވެވުނު ހެންނެވެ..އުފާވެރިކަމުގެ ކޮޅެއްނެތެވެ..އަހަރެން ފެނުމާއެކު ތުއްތު ދެ ކުދިން އައިސް އަހަރެން ގައިގައި އޮޅުލައިގަތެވެ..
“ޑެޑީ…ކޮއްކޮމެން ޑެޑީ މަތިން ވަރަށް މިސްވި..މަންމި ވެސް އަބަދު ރޯން އޮންނަނީ..ޑެޑީ ދެން ކޮއްކޮ މެން ދޫކޮށްލާއިފައި ނުދާތި..ވަރަށް ލޯބިވޭ..”ލޯބި އަޑަކުން އެކުދިން އެހެން ބުނެލިއިރު އެ ދެލޮލުން މައުސޫމްކަން އިންތިހާޔަށް ފާޅުވާން ހުއްޓެވެ..އަހަރެންގެ ލޮލުން ކަރުނަ ވިދައިގަތެވެ..ހަމަ އެވަގުތު އަހަރެންނާ ދިމާލަށް ކަޅިވެސް ޖަހައި ނުލައި ބަލަހައްޓައިގެން އަހަރެންގެ ފުރާނަ ފަދަ އަނބިމީހާ ހުއްޓެވެ..މަސްހުނި އިހުސާސް ތަކާއެކު އަހަރެންގެ ސިކުނޑި ވަށައިގެން ދިޔައެވެ..ވަގުތުން ގޮސް މައާފަށް އެދުނީމެވެ..
އޭގެ ފަހުންވެސް އަހަރެން މާތްﷲ ގެ މަތިން ހަނދުމަ ނައްތައެއް ނުލަމެވެ..އަބަދާ އަބަދުހެން ޝުކުރުވެރި ވީމެވެ..ކޮވިޑް-19 ގެ ސަބަބުން އަހަރެންގެ މުޅި ހަޔާތް ބަދަލުވެއްޖެއެވެ..މިހާރު އަހަރެންގެ ހަޔާތް މިވަނީ މާމެލާމެލިން ޖަރީ ވެފައެވެ..
*********
އެކުވެރިންނޭވެ..ކުޑަ ހިތްވަރެއް ކޮށްލުމުން މިކަންވެސް މި ކުރެވުނީއެވެ..ބުނެލަން އޮތީ ނަސޭހަތެކެވެ..ހަޔާތުގައި ކިތަންމެ އިމްތިހާނަކާ ވެސް ކުރިމަތި ލާން ޖެހޭނެއެވެ..ހިތްވަރު އެލުވައި ނުލާށެވެ..ދުޢާ އަށްވުރެ ބާރުގަދަ ޙަތިޔާރެއް އަަހަރުމެންނަށަ ލިބިފައި ނުވެއެވެ..އެދޭގޮތް އެވަގުތަކު ނުވިއަސް މާޔޫސްނުވާށެވެ..އެކަލާނގެ އަށްވުރެ މޮޅު ރޭވުންތެރިއަކު ނުވާނެއެވެ..އަބަދުވެސް އެކަލާނގެ އާއި މެދު ޔަގީން ކަން ބާއްވާށެވެ..އިންޝާ ﷲ ދެރަގޮތެއް ނުވާނެއެވެ..މާތް ﷲ އަހަރެމެން އެންމެންގެ ދުޢާ އިޖާބަ ކުރައްވާނދޭ..އާމީން!!
18 Comments!
Comments are closed.
Alheyy varah reethi keep it up eshoooooo
Thankuu nahshooo??
Esh…. Varah Reethi ingyy ??
Thankuu meek??
Salaam everyone..here’s my new story..hope u all will like it..and do comment below if u highlight any mistakes..thank you..nytx?
Wow??????… hama bunaani ehcheh vx neyngun esh gandey??.. hama varah varah varah reethi??,maasha allah❤♥❣…. my girl vx mihaaru haadha molhey???…. #stay safe. #Stay home Emy…. love you❣, tc…. C.girl???
Alhey mysh gandeyyy..thank u soo much???????ly2..T.girl??
Alhey haadha dhuvahei vejjey emy bbe ge story akah wait kuraa thaa ?? finally kiyaalan libijje ???????????
Varah Varah Varah reethi..maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????Luv you ???????
Thank u soo much livyy?????ly2..?
v v v v reethi…kiyaali iru hama story thereyga hurevunuhen hyvy…sifa kufunthah adhi maa reethi…keep up the gud work….lysm bestie..❤❤
Awwwn?..thanks for the lovely comment..??
Hi isha…
So happy to read such a wonderful story by you… describe kohffa ingoi v reethi… focus on the punctuation marks next time inge…
Thank u shany ms❤
hey idiott..?..after a long time got to read ur story..??..i luved how u described everything..? nd still wonder why u always write such sad stories..??huggah ur stories always makes me cry..but still ull always be my no.1 writer..?? I’ll always help u anyway I can so pls let me know if ur having difficulties with anything okay?..good luck idiot ish..❤..luv u…?????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank u for helping me out..i really appreciate ur kindness and support..thanks for being there for me everytime i needed u..?
hey ishefy..mi vaahakeya varah furihama hama.??..ma kiriyaa nuriyunnoo..?..varah miss vey ishefy mahthen..??..miratah enneythee heeeeee..??
thanks nefyyyy..insha allah will come one day
maasha Allah ?? vrh vrh rethi mi storry ves ishu