އެއީ މީގެ 5 އަހަރު ކުރިއެެވެ. އަހަރެން އޭރު އުނގެނެމުންދިޔައީ ގްރޭޑް 7 ގައެވެ. އެއީ އަހަރެންގެ ބަލިހާލަތު ހުރިގޮތުން ޑަކުޓަރަށް ދެެއްކުމަށްޓަކައި އަވަށްޓެރި ގައުމު، އިންޑިޔާއަށް ކުރި ދަތުރެކެވެ. އެތަކެއް ފަހަރަކުމެ އެދަތުރު ނުދެވުނުބާއޭ ހިތަށްއަރާ ފައިބަމުން ދެއެވެ. ސަަބަބެއް ނެތިއެއް ނޫނެވެ. އެދަތުރު ވީ އަހަރެންގެ މުޅި ދިރިއުޅުން ވިއްސިވިހާލި ކޮށްލި ހާދިސާއަކަށެވެ. ނުލަފާ މީހެއްގެ ދަންތުރައިގައި އަހަރެން ޖެހުނެވެ. އަހަރެންގެ ޅަ އުމުރުގައި އަހަރެން ހުރީކީ އެފަދަ ކަމަކާއި ދިމާވާނެ ކަމުގައި ބަލައިގެނެއް […]
ވިއްސާރައިގެ އަސަރުތައް އުުޑުމަތިން ފެންނަން ހުށްޓެވެ. ބޯކަޅު ވިލާތަކުން ބުނެދެނީ ދެންމެ ދެންމެ ބޯވާރޭގަނޑެއް އައިސްދާނެ ކަމެވެ. ބާރުގަދަ ވަޔާއެކު ގަސްތަކާއި ރުށްތައް ހީވަނީ މުލުންލުހިގެން ބިއްމައްޗައް ތިރިވެދާނެހެންނެވެ. ވާރޭގެ އިންތިޒާރުގައި ތިބިބަޔަކު އުފަލުންފޮޅޭނެއެވެ. ހިތްގައިމު މިއުޒިކީ ރާގެއްހެން ބޯކޮށް ވެހެންއެފެށީ ވާރޭއެވެ. އޮފީހުގެ ހާސްކަމާއި ބުރަކަން އެއްފަރާއިކޮށް އަކުމަލް ހިނގައިގަތީ ވާރޭވެހުނު ނަމަވެސް ގެއައް ދިޔުމަށެވެ. ނާއީ ގެ ވަކިވުމަށްފަހު އޭނާގެ ހުރިހާކަމެށް ހުސްވެފައިވަނީ އޭނާގެ ލޯބިލޯބި އަންހެން ދަރިފުޅު ސާރާ އަށެވެ. ސާރާޔަށް އެންމެ […]
2011 ވަނަ އަހަރަކީ ހިތުން ފިލު ވާލަން ދަތި އަހަރެކެ ވެ. އެއިރު އަހަރެން އުޅުނީ ގުރޭޑް އަށެށްގައެ ވެ. ސުކޫލުގެ ފުރަތަމަ ދު ވަހެ ވެ. އަހަރެން ހުރީ އުފަލުންނެ ވެ. ގުރޭޑް 8 ގައި ރިޕީޓް ވިޔަސް އާ ރަހުމަތްތެރީންތަކެއް ލިބޭނެތީ އުފަލުންނެ ވެ. އަހަންނާއި ހަނާ އަދި އިޝްކާ ތިބީ އެންމެ ފުރަތަމަ ޑެސްކު ބަރީގައެ ވެ. ހަނާ އަކީ އަހަރެންގެ އާއިލާ ކުއްޖަކަށް ވެފައި އަދި ވަރަށް ރަށްޓެހި ކުއްޖެކެ ވެ. […]
އަތީގް އަކީ ވަހީދާގެ ފުރާނަ އެވެ. ހިތުގެ ފިނިކަމެވެ. ދިރިހުރުމުގެ އަސްލެވެ. މަޒީދުގެ ވަކިވެދިޔުމަށް ފަހު ވަހީދާ ދިރިހުރީ ހަމަ އެކަނި ދަރިފުޅު އަތީގް ގެ ހަ އްގުގަ އެވެ. ރަށުން ކިޔެވޭނެ އެންމެ މަ އްޗަ އް ކިޔަވަ އި ނިމުމުން މަތީތަ އުލީމް ހާސިލް ކުރުމަށް ވަހީދާ ދަރިފުޅު އަތީގް މާލެ ފޮނުވި އެވެ. ވަހީދާގެ ހުވަފެނަކީ އަތީގް ޑޮކުޓަރަކަށް ވެގެން ރަށަށް ހިދުމަށް ކުރުމެވެ. ވަހީދާ އަކީ ހީވާގި ކަނބަލެކެވެ. ދަނޑު ހަ […]
އެއީ މިދިޔަ އަހަރުގެ( ދެހާސް ނަވާރަ) ޢީދު ދުވަސްތެރެއެވެ. އާދައިގެ މަތިން އައިޝާ މިރޭވެސް އިނީ ނުނިދައި ހޭލައި ފޯނު ހިފައިގެންނެވެ. އައިޝާގެ ބަލި ޙާލަތު ހުންނަ ގޮތުން އޭނާއަށް ކޮންމެ ރެއަކު ނިދުން ވަނީ ވަރަށް ބޮޑު ވޭނަކަށެވެ. މެންދަމު ވަގުތު ކެއްސައި ނޭވަޔަށް އުނދަގޫވެ ނޭވާ ހިއްލުމަކީ އޭނާއަށް ރޭގަނޑު ނުނިދޭ އެއް ސަބަބެވެ. މޭގައިވެސް ރިއްސަނީ ވަކިވަރެއް ބަލައިފައެއްނޫނެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ އައިޝާ އިނީ އެކަނިމައިއެކަނި އޭނާގެ ދައްތަގެ ކޮޓަރީގައެވެ. […]
“ބޮސް! ފާޑެއްގެ މީހެއް އައިއްސި ބޮސް ކައިރިއަށޯ ކިޔާފަ. ފުއްޕާފަ ހުރި ވައްތަރަކުން ވަރަށް ލަޑާހިތްވެފަ ކުދިންކޮޅު ތިބީ. ކިހިނެތް ހަދަންވީ؟” ކައިރިއަށް އައި ޕާޓޭ ސޮރެއްގެ އަޑަށް ލޯމަތީ ނުފުށުން ބާއްވާފައި އޮތް އަތް ހިއްލާލައިފައި ފާލިހު ބަލައިލީ އެއް ލޮލުންނެވެ. “ހޫނ… ވައްދާ އޭނަ…” އަމުރު އިއްވައިލުމަށްފަހު ސިގެރޭޓެއް ނަގައި ރޯކޮށްލި ފާލިހު ތެދުވެ ސޯފާގައި ދެފައި ވަށްކޮށްލިއެވެ. އެ ބުނި މީހަކީ ކާކުކަން އޭނާއަށް މާ ރަނގަޅަށްވެސް އިނގެއެވެ. ދޮރުފަތެއް ނެތް ދޮރުކަނީގައި […]
“ވަކިވިއަސަރާއި މަންޒަރު ހިތަކުންހަމަ ނުފިލާނޭ” ޓީވީން ފެންނަމުންދިޔަ ލަވައާއެކު އަހަރެންގެ ލޯމަތީގައި ސިފަވެގެންދިޔައީ މީގެއަހަރުތަކެއް ކުރިން ހިނގާދިޔަ މަންޒަރުތަކެވެ. އެވަގުތު ޓީވީން އެމަންޒަރުތައް ސިފަވާންފެށިއެވެ. އެއީ އެރޭ އެކުޑަކުޑަ ވަގުތުކޮޅު ހިނގައިދިޔަ މިޔަދައިހަމައަށްވެސް ހިތުންނުފިލި ހަނދާންތަކެވެ. ނިދަންއޮށޯވެ، އަހަރެން އޮންނަތާ އެއްގަޑިއިރުވަނީއެވެ. އެކަމަކު މިރެޔަކު ނިންޖެއްނައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިވެސް މިހާރު އަހަރެން ފޫހިވެއްޖެއެވެ. މިރޭ އެނެއްކާމިވީ ކިހިނެއްބާވައެވެ؟ އެހެންނާ ޖައްސާލާއިރަށް ނިދެއެވެ. ކަމެއްވާން އުޅެނީބާވައެވެ؟ މިގަޑީގައި ދެންވާނީ ވަކި ކީއްހެއްޔެވެ؟ 11 ވެސް ޖަހަނީއެވެ. މިހާރު […]
ނޯޓް: މިއީ ޚިޔާލީ ވާހަކައެކެވެ. އަހަންނަކީ ޙަލާލް ގޮތުގަ ލިބުނު ކުއްޖެެއްނޫނެވެ. އަހަންނަށް އަހަރެންގެ ބައްޕަ އަކީ ކާާކު ކަމެއް ނޭނގެއެވެ. މަންމަ ވެސް އަހަރެން ގާތު ބައްޕަގެ ވާހަކަ އެއް ނުދައްކައެވެ. އަހަންނަށް މަންމަ ގާތު އެއީ ކާކު ހެއްޔޭ އަހާކަށް ނުކެރެއެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. ހަމަ ބިރު ގަންނަނީއެވެ. އަހަރެންގެ މަންމަ މިހާރު އުޅެނީ މީހަކާ އިނދެގެންނެވެ. އަހަރެންގެ އާއިލަ އަކީ ވަރަށް ފަޤީރު ބައެކެވެ. މިކަމާ ހުރެ އަހަރުމެންނަަށް ރީތިކޮށް […]
ހުޅުވާފައި ހުރި ކުޑަދޮރުން ވަތް ފިނި ވައިރޯޅިން ހުދު ދޮރުފޮތިގަނޑު ހުރަސްވީ، މޭޒުދޮށުގައި ފޮތަކަށް ގެއްލިފައި އިން ރާއިދާގެ ކުރިމައްޗަށެވެ. ފޮތުން ނަޒަރު ހިއްލާލައިފައި ކުރިއަށް ބަލައިލުމުން ދޮރުފޮތިގަނޑު އަނބުރައި އޭގެ މަގާމަށް ދިޔަހިނދު، ކުރިމައްޗަށް ވާގޮތަށް ތަންކޮޅެއް ދުރުގައި ހުރި މޭޒު ދޮށުގައި އިން ދާނިޝްއާއި ކަޅި ހަމަވިއެވެ. ކަޅި ހަމަވިތާ ފަޅި ސިކުންތެއްގެ ތެރޭގައި ދެ މީހުންނަށްވެސް އިސްޖަހައިލެވުނީ އެއްފަހަރާއެވެ. ސްކޫލުގައި ހުރި އެންމެ ހިމޭން ތަނުގައިވެސް އެހެން އިންސާނަކާއި ކަޅި ހަމަކުރަން ޖެހުމުން […]