
މާޒީ
އޮފީސް ދަތުރެ އްގަ އި ނަހީކް ދިޔަ އީ ލ. އަތޮޅު ގަމަށެވެ. ދުވަހުގެ މަސަ އްކަތްތަ އް ނި އްމާލެވޭ ވަރުވީ ރޭގަނޑުވީ ފަހުންނެވެ. ވުމާ އެކު ނަހީކް އަވަސްވެގަތީ އޭނާ ހުންނަ ގެސްޓުހަ އުސް އަށް ދިޔުމަށެވެ. ރޭގަނޑުގެ ކެ އުމަށް އިންސާފް ކުރުމަށްފަހު ނަހީކް އެނދުގަ އި ޖަ އްސަ އިލީ ވެފަ އިވާ ވަރުބަލިކަން ފިލުވާލުމަށްޓަކަ އއެވެ. ފޯނުނަގަ އި ނަހީކް ފޮޓޯތަ އް ބަލަންފެށި އެވެ. މީގެ ދިހަ ވަރަކަށް އަހަރުގެ ކުރީގެ ފޮޓޯ އެއއ އް ނަހީކް އަށް ފެނުނު ހިނދު ވިސްނުން ދަތުރުކުރީ އެ ފޮޓޯގަނޑު ނަގާފަ އިވާ ދުވަސްވަރަށެވެ.
ނަހީކް އަކީ މަރީނާ އި ޖަމާލުގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ޖަމާލަކީ މާލޭގަ އި މު އްސަދިންގެ ދިގު ލިސްޓުގަ އި ނަންހިމެނޭ ވިޔަފާރިވެރި އެކެވެ. ދަރިފުޅު ނަހީކަށް އަޅާލުންދޭނެ ވަގުތެ އް މަރީނާ އަކަށް ވާކަމަކަށް ނުވެ އެވެ. ރަށްޓެހިންނާ އެކު ބޭރުގެ ގަ އުމުތަކަށް ދިޔުމާ އި ރިސޯޓުތަކަށް ދިޔުމަކީ މަރީނާ ކޮންމެހެންވެސް ކުރަން މަޖުބޫރު ކަމެށް ފަދަ އެވެ. ހަމަ އެފަދަ އިން ޖަމާލު ވެސް ހޭބޯނާރާ މަސަ އްކަތް ކުރަމުންދިޔަ އީ ވިޔަފާރި ފުޅާކުރުމަށެވެ.
ނަހީކް އަށް ދަތިވާ އެ އްވެސް ކަމެށް ނޯވެ އެވެ. ބޭނުންވާ ހުރިހަ އި ކަމެށް މަންމަ އާއއ އި ބަ އްޕަ ކޮށްދެވެ. ލޯތްބާ އި އަޅާލުމާ އި އޯގާތެރިކަން ފިޔަވަ އެވެ. ނަހީކް ސުކޫލަށް ގެންދާނެ ވަގުތެ އްވެސް މަރީނާ އަކަށް ނުވެ އެވެ.ގޭގަ އި ނޯކަރުން ތިބެ އެވެ. ނަހީކްގެ ކަންތަ އްބަލަ އި ސުކޫލަށް ގެންގޮސް ގެނަ އުން ހަވާލުވެފަ އި އޮންނަނީވެސް ގޭގެނޯކަރުންނާ އި އެވެ. ނަތީޖާ އަކަށްވީ ނަހީކް ކިޔެވުމަށް ފަރުވާކުޑަކުރުމެވެ. ސުކޫލަށް ދާހިތް ނުވުމެވެ. ގުރޭޑް 8ގަ އި ކިޔަވަމުންދަނިކޮށް ނަހީކް ހުން އަ އިސް ވަރަށް ބަލިވި އެވެ. ހޮސްޕިޓަލުގަ އި އެޑުމިޓު ކޮށްގެން ފަރުވާދޭން ޖެހުނެވެ. ނަމަވެސް މަރީނާ އާއ އި ޖަމާލުގެ ބުރަ ތާވަލުގަ އި ދަރިފުޅަށް ދޭނޭ ވަގުތެ އް ނުވެ އެވެ. އެ އަށްވުރެ އިސްކަންދިނީ ވިޔަފާރި އަށެވެ. ބަ އްދަލުވުންތަކަށް ބޭރުގެ ކަރަތަަކަށް ދިޔުމަށެވެ. މަރީނާ އުޅެނީ ރަށްޓެހިންނާ އެކު ބޭރުގަ އެވެ. ދަރިފުޅު ބަލިވީ ހިނދުވެސް ދަރިފުޅަށް ދޭނެވަގުތެ އް އެދެވެރިންނަކަށް ނުވެ އެވެ.
ނަހީކް އަށް ހޭހަންކޮށްދޭން ތިބީ ގޭގެ ނޯކަރުންނެވެ. ހަފުތާ އަކަށް ނަހީކް ހޮސްޕިޓަލުގަ އި އޮތް އިރު މަންމަ މަރީނާ އަ އީ ހޮސްޕިޓަލުން ދޫކޮށްލަން އުޅެނިކޮށެވެ. ނަހީކް ހިތުގަ އި ޖެހުނެވެ. މަންމަމެންގެ ލޯބިބޭނުންވެ އެ ލޯބިން މަހުރޫމުވީތީ އެވެ. ދުވަސްތަ އް ފާ އިތުވަމުން ދިޔަ އެވެ. ނަހީކް ގުރޭޑް 10 ނި އްމާލީ ތިން މާ އްދާގެ ފާހާ އެކު އެވެ. ރަށްޓެހީންނާ އެކު ބޭރުގަ އި ނަހީކް ވަގުތު ހޭދަކުރަންފެށި އެވެ. އަމި އްލަ ނަފުސަ އް ހަމަޖެހުން ގެނަ އުމަށް ސިނގިރެޓް ބޯންފެށި އެވެ. މަންމަމެންނަށް ނޭގި ރަށްޓެހިންގެ އެދުމަށް ރަހަބަލާލުމުގެ ނިޔަތުގަ އި ޑުރަގުގެ އަޖުމަބެލި އެވެ. ނަތީޖާ އެ އްގެ ގޮތުން ނަހީކް އަށް ޑުރަގާ އި ނުލަ އި ނޫޅެވޭވަރުވި އެވެ.
ސިނގެރޭޓާ އި ޑުރަގުގެ ކަސްތޮޅުގަ އި ނަހީކް ހަ އްޔަރު އެވެ. މާގިނަ ދުވަސްތަކެ އްނުވެ މަންމަ މަރީނާގެ ކަންފަތަ އް މިވާހަކަތަ އް އެރި އެވެ. ދަރިފުޅާ ނަހީކް ކޮންކަމެށް ދަރިފުޅަށް އުނިވެގެންތަ މަގުފުރެދިފަ އިވާ މަގުން ހިނގުމަށް ތިފެށީ. ހަމަ މިހާރު ތިކުޅިވަރު ހު އްޓާލާ. މަރީނާގެ ބަސްތަކަށް ނަހީކް ރަ އްދުދޭކަށް ނުހެދި އެވެ.
ނަހީކް ގެ އަ އް ވަދެލަނީ މަދުފަހަރަކު އެވެ. ލާރިކޮޅު ހުސްވުމުން ލާރި ބަލަ އެވެ. ކިތަންމެ ބިޔަ ބޮޑު ރީތި ތަނަވަސް ގެ އަކަސް ނަހީކް އަށް އެތަނުން އުފަލެ އްނުލިބެ އެވެ. ލޯތްބާ އި ހަމްދަރުދީ އާއއ އި މަ އިންބަފަ އިންގެ އަޅާލުމެށް ނުލިބެ އެވެ. ޖަމާލު ވެސް ނަހީކުގެ އުޅުން އިސްލާހުކުރުމަށް އެންގި އެވެ. ދަރިފުޅަށް ހެޔޮ އެދިގެންނެށް ނޫނެވެ.ވިޔަފާރިވެރިންގެ ކުރިމަތީގަ އި ޖަމާލް މެންގެ އަގު ވެ އްޓިދާނެތީ އެވެ. ނަހީކް މަންމަ އާ އި ބަ އްޕަ ދެކެ ފޫހިވި އެވެ. މަންމަމެންގެ ފުރިހަމަ އަޅާލުމާ އި ލޯބިލިމުނު ނަމަ މިދުވަހެ އް ނަ އީހެވެ. އަނދިރި މަގަކުން ހިނގަންޖެހުނީ މަންމަމެންގެ ހިމާޔަތް ނުލިބުނީމެވެ. ހެޔޮމަގު ދަ އްކަން ބަ އްޕަ ނެތީމަ އެވެ.
މާލޭގަ އި ފުލުހުން ހިންގި ހާ އްސަ އޮޕްރޭޝަނެށް ގަ އި ނަހީކް ހަ އްޔަރުކުރީ އެވެ. މަސްތުވާތަކެ އްޗާ އި އެކުގަ އެވެ. މަސްތުވާތަކެތި ބޭނުންކުރުމާ އި ވި އްކުމުގެ ކުށްސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެށް ނަހީކަށް އިއއ އްވި އެވެ. މަންމަ އާ އި ބަ އްޕަ ކަރުނަ އިން ފުރިގެންވީލޮލުން ނަހީކް ހަ އްޔަރު ކޮށްގެން ގެންދިޔަ މަންޒަރު ދެކެން ތި އްބެވެ. ޖަލުގަ އި ދުވަސްތަ އް ހޭދަކުރި އިރު މަންމަ އާ އި ބަ އްޕަ ނަހީކް އާ އި ބަ އްދަލު ކުރަން އާދެ އެވެ. ޖަލު ގޮޅިން ނަހީކް އާ އި ބަ އްދަލުވީ ރަަނގަޅު ހެޔޮ އިންސާނަކާ އި އެވެ. ދާނިޝްގެ ހެޔޮނަސޭހަތާ އި ވާހަކަތަކުން ނަހީކް ނިންމީ ޑުރަގުގެ ވަބާ އިން ސަލާމަތް ވުމަށެވެ. މަންމަމެންގެ ލޯ އްބާ އި އަޅާލުން ފަހުވަގުތުގަ އިވެސް ލިބުނީމަ އެވެ. ފަސްވަގުތު ނާޅަ އި ނަހީކް ނަމާދު ކުރަންފެށި އެވެ. ކުރެވިފަ އިވާ ނުބަ އި އަމަލްތަ އް އަފޫ ކުރަށްވާތޯ ލޮލުން ކަރުނަ އޮހޮރޭހާލު ދުޢާ ކުރުންމަތީ ދެމިހުށްޓެވެ. މުޖުތަމަ އު ބަލަ އިގަންނަ މީހަކަށް ވުމަށްޓަކަ އެވެ. ޖަލުގަ އި ހުރެ އޯލެވެލް އިމްތިހާނުގަ އި ނަހީކް ބަ އިވެރިވި އެވެ. ގެތަ އް ޑިޒަ އިން ކުރުމާ އި ބެހޭ ތަމްރީނުތަ އް ހެދި އެވެ. ޖަލުގެ ތޭރިތަކުގެ ދަށުން މިންޖުވެ ނަހީކް ބޭނުންވަނީ އަމި އްލަ އަށް މަސަ އްކަތް ކޮށްގެން އުޅޭ ހަރުދަނާ މީހަކަށް ވުމަށެވެ. ޖަލަށް ލެވުނަސް ނަހީކް ރަނގަޅުވާން ގަސްތެ އް ފުރަތަމަ ނުކުރެ އެވެ. ނަމަވެސް ދާނީޝް ގެ ވާހަކަތަކުން ހެޔޮވިސްނުނީ އެވެ. ދާނިޝް އާ އި ދިމާވީތީ ނަހީކް ޝުކުރުވެރިވެ އެވެ. އަނދިރިކަމުން އަލިކަމަށް ގެނެސްދިނީތީ އެވެ.
ނަހީކް ހުކުން ތަންފީޒު ކުރުމަށްފަހު މާލެ އަ އެވެ. މަންމަ މަރީނާ އާ އި ޖަމާލް ހޫނު މަރުހަބާ އއެ އް ނަހީކް އަށް ކިޔެވެވެ. ނަހީކް ހުރީ އިންތިހާޔަށް އުފަލުންނެވެ. ޖަލުގެ ތޭރިތަކުން މިންޖުވެ މިނިވަނަކަށް ވީތީ އެވެ. ނަހީކް އަށް ވަޒީފާ ހަމަޖެހުނެވެ. ބަ އްޕަ ޖަމާލްގެ ރަހުމަތްތެރި އެ އްގެ އަމި އްލަ އޮފީހަކުންނެވެ. ބިނީޝް އާ އި ނަހީކް ދިމާވީ އޮފީހުންނެވެ. އިސްވެ ލޯބި ހުށަ އއެޅީ ބިނީޝް އެވެ. ނަހީކް ފުރަތަމަ އިންކާރު ކުރިޔެވެ. ބިނީޝް އަށް އޭނާ އަށްވުރެ އެކަށޭނެ މީހުންވާނެ އޭ ބުނަމުންނެވެ. އެހެނަސް ބިނީޝް ހު އްޓަ އިނުލާ ކުރި މަސަ އްކަތުން ނަހީކް ބިނީޝްގެ ލޮތްބަ އް އާބަސް ބުންޏެވެ.
މަސްދުވަހު ރަށްޓެހިވެގެން އުޅުމަށްފަހު ނަހީކް ބިނީޝް އާ އި ކަ އިވެނިކުރި އެވެ. ކަ އިވެންޏަށް ދޮޅު އަހަރު ވީ އިރު ނަހީކް އަށް ލޯބިލޯބި އަންހެން ކު އްޖަކު ލިބުނެވެ. ނަހީކްގެ ދިރި އުޅުން ފުރިހަމަވި އެވެ. ލޯޯބިވާ ވަފާތެރި އަންބަކު ލިބުނީތީ އެވެ. ދާ އިމަށް ލޯބިވާނޭ ދަރިޔަކު ލިބުނީތީ އެވެ. ނަހީކް ހެ އްދެވިފަރާތަ އް ޝުކުރުވެރިވެ އެވެ. އު އްމީދު ގެ އްލި މާޔޫސްވެ މަގުގެ އްލުނު ހިދުގަ އި އިސްލާހުވެ ހަރުދަނާ މީހަކަށް ވުމުގެ ހިތްވަރާ އި ސާބިތުކަން ދެ އްވީތީ އެވެ.ނަހީކްގެ ހިޔާލީ ވާފަށް ކަންޑާލީ ރިންގުވާންފެށި ފޯނެވެ. ގުޅީ ލޯބިވާ އަންހެނުން ބިނީޝް އެވެ. “ވަރަށް ބޮޑަށް މިސްވާތީ މި ގުޅާލީ. ދޫނި ކަ އިފިންތަ. ބަ އްޕަ ނުފެނިގެން މި އަދު ދީ އްކޮ ވަރަށް ވަރު ދެ އްކި. ދެން އަވަހަަށް އަންނަން އުޅޭ.” އަހަރެން މާބޮޑަށް ހަނދާންވޭ. ދީ އްކޮގެ އުފަންދުވަހަށް ދާނަން. ކަ އިގެން މިހިރީ. ވަރަށް ލޯބިވޭ. ދެންނިދާ އިނގޭ. އަހަރެންވެސް މި އުޅެނީ ނިދަން. ފަތިސް ނަމާދު ކޮށްގެން ގުޅާނަން. ގުޑް ނަ އިޓް. ސީމީ އޮން ޔު އާ ޑުރީމުސް. ނަހީކް ބުންޏެވެ.
ދިރި އުޅުމުގަ އި ކޮންމެގޮތަކަށް ކަންތަ އް ހިނގާފަ އި ވިޔަސް ނަހީކް އެކަމަކާ ދެރަވެ ހިތާމަ ކުރާކަށް ބޭނުމެށް ނޫނެވެ. މާޒީ އިން އިބުރަތްލިބިގަނެ ހަޔާތުގެ ބާކީބަ އި ހެޔޮގޮތުގަ އި ހޭދަކުރުމީ ނަހީކްގެ އއއު އްމީދެވެ. ބިނީޝް އާ އި ދަރިފުޅުގެ ހަ އްގުގަ އެވެ.މާޒީގެ ސަފްހާތަ އް އިޔާދަކުރަން ނަހީކް ބޭނުމެށް ނޫނެވެ. ލޯބިވާ އާއ އިލާގެ ހަ އްގުގަ އެވެ. އެހެނަސް މާޒީގެ އެ ހަދާންތަ އް ހިތުގަ އި ބިންވަޅުނެގިފަ އި ވާނެ އެވެ. ދުވަހަކުވެސް ހިތުން ފިލަ އިގެން ނުދާނޭ ފަދަޔަކުންނެވެ. އެ އީ މާޒީ އެވެ. ހިތިނަމަވެސް ދިރި އުޅުމުގެ ބަޔެކެވެ. ނަހީކްގެ އު އްމީދަކީ އުމުރުގެ ކޮޅުންވެސް އެ ކަޅު މާޒީގެ ދުވަސްތަ އް ތަކުރާރު ނުވުމެވެ.
One Comment
Comments are closed.
Mashaa allah reethi vaahaka