
ފޮހެލާނަމޭ ތިހަނދާންއެކީ
ތައިނާ އަކީ ދޮން ނޫނަސް ބަލާލަން ހުތުރު ކުއްޖެއް ނޫނެވެ. ދިގު އިސްކޮޅާއި ރާޅުބާނި އިސްތަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. އަދި ހެދުން އެޅުމުގައި ހުޅަނގުގެ ގޮތްގަނޑު ގެންގުޅޭ ކުއްޖެއް ނޫނެވެ. ސާދަ ދިރިއުޅުމެއް އުޅޭ ތައިނާ އަކީ ބަސްއަހާ ކިޔަމަން ތެރި ކުއްޖެކެވެ. ސުކޫލުގެ ކިޔެވުން ނިއްމާލުމަށްފަހު އިތުރަށް ތައުލީމު ހާސިލް ކުރީ ޓީޗިން ދާއިރާއިންނެވެ. ތައިނާގެ އެންމެގާތް ރަހުމަތްތެރިންނަކީ އަމަލް އަދި މަލަކާ އެވެ.
ތައިނާ ސުކޫލް ދައުރުގައި ދެކުދިންނާއި ލޯބީގޮތުން ގުޅުނެވެ. ތައިނާއަށް އެ ދެމީހުންވެސް ދިނީ ލަނޑެވެ. ވުމާއެކު ލޮތްބައް ތައިނާގެ އިތުބާރު ވަނީ ގެއްލިފައެވެ. މަތީތައުލީމް ހާސިލްކޮށް ވަޒީފާގެ މައިދާނަށް ތައިނާ ނިކުތީ ހިތްވަރާއި އަޒުމުގައެވެ. ތައިނާ ޓީޗަރަކަށްވާ ތަން ދެކުމަކީ މަންމައާއި ބައްޕަ ދެކެމުންއައި ހުވަފެނެކެވެ. އެހެންކަމުން މަންމައާއި ބައްޕަގެ ތައިނާ އަށްޓަކައި ދެކުނު ހުވަފެން ތައިނާ ހަގީގަތަކަށް ހެދިއެވެ.
މިނާހް އާއި ތައިނާ ދިމާވީ އަމަލްގެ އުފަންދުވަހުގެ ޕާޓީ ތެރެއިންނެވެ. މިނާހް އިސްވެ ވާހަަކަ ދައްކަން މަސައްކަތް ކުރިވެސްމެއެވެ. ތައިނާގެ ހުންނަ މަޑުމައިތިރި މިޒާޖުގެ ސަބަބުން ތައިނާ މިނާހް އާއި އެވަރަކަށް ވާހަކަ ނުދެއްކިއެވެ. މީހުންނަށް އެހާ ފަސޭހައިން އިތުބާރުކުރުމަކީ ތައިނާ ކުރާނެކަމެއް ނޫނެވެ. ތައިނާގެ ފޯނުނަންބަރު ހޯދުމަށްފަހު މިނާހް ތައިނާ އަށް ގުޅައި މެސެޖް ކުރަންފެށިއެވެ. ތައިނާ މިނާހްގެ މެސެޖްތަކާއި ފޯނުކޯލްތަކަށް ޖަވާބު ނުދިނެވެ. އަމަލް އާއި މަލަކާގެ ހިޔާލަކަށްވީ ވާހަކަ ދެއްކުމަކުން ގޯހެއް ނެތްކަމުގައެވެ.
މިނާހްގެ މެސެޖްތަކަށް ޖަވާބް ފޮނުވާ ވާހަަކަ ދައްކަން ތައިނާ ފެށީ ތިންމަސްދުވަސް ފަހުންނެވެ. ރަހުމަތްތެރިކަމުގައި ފެށުނު ގުޅުން ކުރިލައި ހެދެމުން ދިޔައީ ނުހަނު އަވަހަށެވެ. މިނާހް އާއި ވާހަކަ ދައްކާވަރަކަށް ތައިނާގެ ހިތްވެސް މިނާހަށް ލެބެމުން ދިޔައެވެ. މިނާހްގެ ފޯނުކޯލަށް އިންތިޒާރު ކުރެވެންފެށުނެވެ. މިނާހްގެ މެސެޖެއް ނުލިބޭނަމަ ހިތައް ހަމަޖެހުމެށް ނުލިބެއެވެ. މިނާހް ތައިނާ އަށް ލޯބި ހުށައެޅިއެވެ. ތައިނާ އުފަލުން އާބަސް ބުންޏެވެ. މިނާހް އަށްޓަކައި ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާތީއެވެ.
މަންމައާއި ބައްޕަގެ ރުހުމާއިއެކު ތައިނާ މިނާާހް އާއިއެކު ނުހަނު ލޯބިން އުޅުނެވެ. ދުވަހަކުވެސް ވަކިވުމަށް ނޭދޭނެ ފަދައިންނެވެ.މިނާހް އާއެކު ތައިނާ ދުއްވާލަން ދެއެވެ. ހަނދުވަރީ ރިހިއަލީގައި މިނާހް އާއިއެކު ވަގުތު ހޭދަކުރަމުން ދިޔައެވެ. ލޯބީގެ ވައުދާއި އަހުދުތައް ކުރީ އެކުގައި އުމުރުދުވަހު ގުޅިގެން އުޅެން ދެމީހުންވެސް ބޭނުން ވާތީއެވެ. މިނާހް އަކީ ފުލުހެއްގެ ވަޒީފާ އަދާކުރާ މީހެއްކަމުން ކުރު ކޯސްތަކާއި ތަމްރީނުތަކަށް ދިޔުން މަޖުބޫރެވެ.މިނާހް ދާން ބޭނުން ނުވާހާލުވެސް ޓުރެއިނިންގްއަށް ފުރިއެވެ. ދުވަސްކޮޅަކަށް ނަމަވެސް ތައިނާއާއި ދުރުގަ ހުންނަން ޖެހޭތީ ދެރަވެ ހުރެގެންނެވެ. ތައިނާ ވަރަށް ރުޔެވެ. ތިންމަސް ފަހުން ނޫނީ މިނާހް ނުފެންނާނެ ތީއެވެ.
މިނާހް ވައުދުވީ ތައިނާ އަށް ވަފާތެރިވާނެ ކަމުގައެވެ. ފޯނުން ގުޅައިގެން ބަރާބަރަށް ވާހަކަ ދައްކާނޭ ކަމުަގައެވެ. މިނާހް ޓުރެއިނިންއަށް ދިޔަ ފަހުންވެސް ތައިނާ އައް ގުޅައި ހާލުބަލައި ހަދަމުން ދިޔައެވެ. ތައިނާ ހުންނަނީ ވަރަށްވެސް އުފަލުންނެވެ. މިނާހް ފަދަ ބައިވެރިޔެއް ލިބުނީތީ ވަރަށް ބޮޑަށްވެސް ހިންހަމަ ޖެހިފައެވެ.މިނާހްގެ ފޯނުކޯލްތައް އައުން މަދުވިއެވެ. ތައިނާ ޝަކުވާއެއް ނުކުރެއެވެ. މިނާހް ބުރަކޮށް ނޫޅޭނަމަ ގުޅާފައި ވާހަކަ ނުދައްކައި ނުހުންނާނެ ކަމަށް ތައިނާ ޔަގީން ކުރިއެވެ.
ހަފްތާއަކު އެއްފަހަރުވެސް މިނާހްގެ ފޯނުކޯލެއް ނުކުރެއެވެ. ތައިނާގެ ހިތުގައި ގޮތްނޭގޭ ތޫފާނެއް އުފެދުނެވެ. މިނާހް ގުޅިޔަސް ހާލު އަހައިލުމަށް ފަހު ފޯނު ބާއްވަނީއެވެ. ތައިނާ ކެތްތެރިވީ މިނާހް އެނބުރި އައުމުން ވީގޮތް އޮޅުންފިލުވުމަށެވެ. މިނާހްގެ ހިތުގައި އޭނަޔަށް ދެވިފައިވީ މަގާމް ބަދަލު ނުވޭތޯ ކެނޑިނޭޅި ތައިނާ ދުޢާކުރިއެވެ kamagra oral jelly schweiz. ތައިނާ ލޯބީގެ ފަށުވި އިބާރާތުން ލިޔެ އެތަކެއް މެސެޖެއް މަނީހް އަށް ފޮނުވައެވެ. ނަމަވެސް ޖަވާބުގައި މެސެޖެއް ތައިނާ އަކަށް ނުލިބެއެވެ.
ބަރާބަރު ތިންމަސްދުވަސްފަހުން މިނާހް އެނބުރިއައީ ޓުރައިނިންގް ނިއްމާލާފައެވެ. ތައިނާ އާއި ބައްދަލު ކުރަން މިނާހް ތައިނާގެ ގެއައް ދިޔައެވެ. ތައިނާ ހުރީ އުފަލުންނެވެ. މިނާހް ވާހަކަ ދައްކަންފެށިއެވެ.” ތައިނާ އަހަރެން ބޭނުން ވަރަށް ބޮޑުވާހަކަ އެއްދައްކަން. އަހަރެންނަށް މާފުކުރާތި. ތައިނާއަށް ވުރެ ކުރިން އަހަރެން އެހެން ކުއްޖަކާއި ރަށްޓެހިވިން. އޭނަދެކެ އަހަރެން ވަރަށް ލޯބިވޭ. އެކުއްޖާ އަނބުރާ އަހަރެންގެ ކައިރިއައް އައިސްފި. އަހަރެން އޭނަ ބޭނުން. ތައިނާ އަށް ވިސްނޭނެ ކަމަށް އަހަރެން އުއްމީދުކުރަން. ޕުލީޒް އަހަރެންނަށް މާފްކޮށްދީ. އަދި ތައިނާ އެހެންމީހަކާއި ގުޅޭ.” ތައިނާ އަށް އިހުސާސްވީ މޫނުމަތީ މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. އިހް ތިޔާރަކާއި ނުލާ ހޯސްލާފައި ލޮލުން ކަރުނަ އަންނަން ފެށިއެވެ. ހިތުގައި ރިއްސާލިއެވެ. މުޅިދުނިޔެ އެނބުރުނު ފަދައެވެ. ތައިނާ ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހިތުގަ ޖެހިފައިވާލެއް ބޮޑުކަމުން އެކަމެއް ނުވިއެވެ.
މި ހުރިހާ ދުވަހަކު ކުރި އުއްމީދީ ހުވަފެން ބިމާއި ހަމަހަމަ ވީއެވެ. ތެދުވެރި ލޯބީގެ ބަދަލް ތައިނާ އަށް ލިބުނީ ވަރަށްވެސް ހިތިކޮށެވެ. ވަރަށް ހިތްވަރު ކޮށްގެން ތައިނާ ވާހަކަ ދައްކަން ފެށިއެވެ. “މަސްސަލައެއްނެ ތް އަހަރެންގެ ކުށަކާއިނުލައި އަހަރެން ދޫކޮށްލިޔަސް ވަރިހަމަ. އެކަމަކު މިހުރިހާ ދުވަހަކު އަހަރެން ކަނުއަނދިރީގައި ބެހެއްޓީ ކީއްވެ? އަހަރެންވި ލޯބީގެ އަގެއްނެތީތާ ދޯ? އަހަރެންގެ ދިރިއުޅުން ބަރުބާދު ކޮށްލީތީ ޝުކުރިއްޔާ. އަހަރެންގެހިތް ހަލާކު ކޮށްލީތީ ޝުކުރިއްޔާ. އަހަރެންގެ އުފާތައް ފޭރިގަތީތީ ޝުކުރިއްޔާ. ހަގީގީލޯބިކަމަށް ބުނެ އަހަރެންނަށް އޮޅުވައިލީ ތީ ޝުކުރިއްޔާ. ތިހިރީ ވަން ދޮރު ހަމަ މިހާރު ނުކުމެގެންދޭ. އަހަރެންގެ މާފެށް މިނާހް އަކަށް ނުލިބޭނެ. ހަދާން ނައްތާލާ.” ތައިނާ ގެ ވާހަކަތައް ނިމުމުން މިނާހް އެގޭން ނުކުމެގެން ދިޔައެވެ.
ތައިނާގެ ހިތް ކުދިކުދި ކޮށްފައެވެ. އިތުބާރާއި ޔަގީން ކަމާއެކު ފެށި ލޯބީގެ ގުޅުން ނިމިގެން ދިޔައީއެވެ. ތައިނާގެ އެއްވެސް ކުށެއްނެތިއެވެ. ތައިނާ އަށް ދުވަހަކުމެ މިނާހްގެ ހަނދާންތަކުން މިންޖު ވެވިދާނެ ހެއްޔެވެ. ތައިނާގެ އުއްމީދަކީ ލަހުންނަމަވެސް މިނާހް ގެ ހަނދާންތަކުގެ ކަސްތޮޅުން މިންޖުވުމެވެ. ބޭވަފާތެރިޔެއްގެ ހަނދާންތައް ކުރުމުގެ ބޭނުމެށް ނެތީތީއެވެ. އާއެކެވެ. މިނާހް އަކީ ބޭވަފާތެރިޔެކެވެ. ލޯބިލިބުމުން ބަލައިގަންނަން ނޭގުނު މުސާފިރެކެވެ. ވަފާތެރިކަމުގެ މާނަ ނޭގުނު ބޭވަފާތެރިޔެކެވެ. ތައިނާ މިނާހްގެ ހިޔާލުތައް ހިތުން ފޮހެލާނެ އެވެ. ބީވެގެންދިޔަ ލޮތްބެއް ހިތުގައި ބޭއްވުމުގެ މާނައެއް އޮތްކަމަކަށް އޭނާއަށް ނުފެންނާތީއެވެ.