Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ފިދާވާނަމޭ ޔާރާއޭ

Fathimath Athifa Hussain Level 210 Stories
May 9, 2020 3 Mins Read
1 Comment

ހައިދަރުއަކީ ހީވާގި މީހެކެވެ. މީހަކާ އިނދެގެން އަށް ކުދިންވެސް އެބަތިއްބެވެ.ހައިދަރު ވަޒީފާ އަދާކުރަނީ ރަށްކައިރީ އޮންނަ ފަތަހަ ޕުރެއިވެޓް އެއާޕޯޓުގެ ސެކިއުރިޓީ ބައިގައެވެ. އަންހެނުން މާޝާ އަކީ ގެވެހި އަންބެކެވެ. ކަމެއް ނޮކޮށް  ހުރެގެން  ހައިދަރު ށަކުވާ ކުރާކަށް ނުޖެހެއެވެ. ލިބޭ އާމްދަނީއިން ދެކޮޅު ޖައްސާލައިގެން  ހައިދަރުގެ އާއިލާ އުޅެނީ އުފަލުންނެވެ.

ދިރިއުޅުމުގެ ދަތުރަކީ އަބަދަކު ހިތްއެދޭނެ ފަދައިން ކަންތައް ހިނގާނޭ ތަނެއްނޫނެވެ. ކޮންމެ އުފަލަކަށް ފަހުގައި ހިތާމަތަކާއި ކުރިމަތިލާން ޖެހެއެވެ. ބޭނުންވިޔަސް އަދި ނުވިޔަސްމެއެވެ. ހައިދަރު އަކީ ދެތިން ރަހުމަތްތެރިންނާ އެކު މަސްވެރިކަން ކުރަން ގޮސްއުޅޭމީ ހެކެވެ. އެގޮތުން އެރޭވެސް  ހައިދަރު ދިޔައީ މަސްބޭނުމަށްޓަކައި އެކުވެރިންނާ އެކުއެވެ. ކުޑަޑިންގީ ގަޑެއްގައެވެ. ލައިޓް ދިއްލައިގެން މަސްބޭނުމުގެ ފޯރީގައި ހައިދަރު އާއި އެކުވެރިންތިއްބެވެ. ކުއްލިއަކަށް ފުންމައިގެން އެރި ތޮޅި ހެރުނީ ސީދާ ހައިދަރުގެ ލޮލަށެވެ.

މަސްބޭނުން  ހުއްޓައިލުމަށްފަހު ހައިދަރު ގޮވައިގެން އެކުވެރިން އައީ ރަށަށެވެ. ވަގުތުން ސިއްޙީމަަރުކަޒަށް ހައިދަރު ގެންދިޔައެވެ. ރަށުން އެކަށޭނެ ފަރުވާ ދެވެންނެތުމުން އެމެޖެންސީގައި  ހައިދަރު އަތޮޅުހޮސްޕިޓަލަށް ގެންދިޔަ އެވެ.  ހައިދަރުގެ އަންހެނުންނާއި އާއިލާއަށް ސިހުން ލިބުނެވެ. ކުއްލިއަކަށް ހިނގައިދިޔަ ކަމަކުން  ހައިދަރުގެ ހާލު ގޯސްވުމުންނެވެ. ފަތިހު ފުލައިޓުން ހައިދަރު އަވަސްފަރުވާއަށް މާލެގެނައެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫގައި  ހައިދަރު އޮތީ މަރާއި ހަނގުރާމަ ކޮށްކޮށެވެ.  ހައިދަރުގެ ހާލު ރަނގަޅެއް ނޫނެވެ. ޑޮކުޓަރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔައީ ހައިދަރު ރަނގަޅު ކުރުމަށެވެ.

ހައިދަރު ޖެހުނީ ސިކުނޑީގެ އޮޕްރޭޝަނެއް ކުރާށެވެ. ހައިދަރުގެ ސިކުނޑިއަށް ފަރުތޮޅި ނުވަދެ ހުރީ ހަމަ ކިރިޔާ އެވެ. ވުމާއެކު އޮޕްރޭޝަން ކުރުމަށް ހައިދަރު ބަދަލު ކުރީ އޭ.ޑީ.ކޭ  ހޮސްޕިޓަލަށެވެ. އާއިލާމީ ހުންގެ ރުހުމާއެކު  ހައިދަރުގެ އޮޕްރޭޝަން ކުރެވުނެވެ. ޑޮކުޓަރު ނިޔާފް ކުރި ރާއްޖޭގެ ފުރަތަމަ ސިކުނޑީގެ އޮޕްރޭޝަނެވެ. ﷲގެ ތަނަވަސް ރަހުމަތުން އޮޕްރޭޝަން ކާމިޔާބެވެ.  ހައިދަރުގެ ލޮލަށް ވަން ތޮޅި ނަށްޓައިލީ ސީދާ ހައިދަރު އަމިއްލައަށެވެ. ތޮޅި ފުނަށް ވަދެފައިވުމުން ސިކުނޑީގައި ލޭގަނޑުވީއެވެ.

ބަރާބަރު ދެހަފްތާ ފަހުން ހައިދަރު ހޭއެރިއެވެ. ޑޮކުޓަރުބުނީ ކުރީގެ ހިޔާލުތައް ހައިދަރު ނު ހުންނާނެ ކަމުގައެވެ. އާއިލާމީހުންނާއި އަންހެނުން މާޝާ އަދި ދަރިން ވަރަށް ރުޔެވެ. ސިކުނޑިޔަށް ކޮށްފައިވާ އަސަރުން ހަދާން ނެތުނީއެވެ. ޑޮކުޓަރު ބުނުއްވިފަދައިން ކުރީގެ އެއްވެސް ހަނދާނެއް  ހައިދަރުގެ ނެތެވެ. ބަރާބަރު ހަމަސްދުވަހުގެ ފަރުވާއަށްފަހު ހައިދަރު ރަށަށް ގެންދިޔައެވެ. އާއިލާގެ މެންބަރުންނަކީ ހައިދަރުއަށް ބީރަށްޓެ ހީންނެވެ. ކުޑަމިނުން ކުޑަކަމުދިޔުމުން ކަންކުރާނެ ގޮތެއް ހައިދަރު އަކަށް ނޭގެއެވެ. ދަރިންފެނުނަސް ތީ ކޮންބައެއް ހެއްޔޭ ހައިދަރު އަހައިލާާނެއެވެ. އަންހެނުން މާޝާ ފެނުނަސް ހައިދަރު ބަލާލާނީ ސުވާލުވެރި ނަޒަރަކުންނެވެ.

ހައިދަރުގެ ބައްޕަ އަތަރުއަކީ ބަލިއެނދުގައިވާމީ ހެކެވެ. ހައިދަރު ރަށަށް ދިޔަފަ ހުން ބައްޕަ ގާތަށް ދެވޭވަރުވީ ނުވަވަރަކަށް މަސްފަ ހުންނެެވެ. ހައިދަރު ހަދާންތައް ނެތުނުފަހުން އަތަރްއަށް ކާކުކަން އެގުނު ފުރަތަަމަ އިންސާނަކީ ބައްޕަ އަތަރް އެވެ. މަޑުމަޑުން އަތަރުގެ ހަދާންތައް ދިޔައީ އަންނަމުންނެވެ. ހުކުރުދުވަހު ހެނދުނު ކޮންމެ ދުވަ ހަކުވެސް ކަހަފްސޫރަތް ނުބަލައި ހިތުންކިޔަވާނެ އެވެ. ހައިދަރުގެ ހަނދާންތައް އަލުން އަނބުރާ ގެނައުމަށް އަންހެނުން މާޝާ ކެނޑިނޭޅި ދިޔައީ މަސައްކަތް ކުރަމުންނެވެ.ހައިދަރު އަތުގައި ހިފައިގެން ކޮންމެ ނަމާދު ވަގުތަކު މިސްކިތައް ދާނެއެވެ. މިސްކިތުން ނިކުންނަންދެން ހައިދަރު ބަލައިގޮސް ހުންނާނެވެ.

މާޝާ ހިތާމަ ކުރެއެވެ. ހައިދަރު އޭނަޔާ ކައިވެނި ކުރިކަމެށްވެސް ހަނދާން ނެތުމުންނެވެ. ހިތުގައިޖެ ހެއެވެ. ކިތަންމެ ރެޔަކު ތީ އަހަރެންގެ އަންބެއް ނޫން ކަމަށްބުނެ ހައިދަރު މާޝާ ގެއިން ނެރެލާނެ އެވެ. އިރުއަރަންދެން މާޝާ ގޭގެ ބޭރު ޖޯލީގައި އިނީ ކިތައް ރޭކަމެށް އިނގޭނީ މާޝާ އަށެވެ. ފިރިމީހާ ހައިދަރުގެ ހާލު ކުރީގެހެޔޮ ހާލަށް ރުޖޫއަ ވުންއެދި ކެނޑިނޭޅި މާޝާ މައްސައްކަތް ކުރިއެވެ. ހައިދަރު އެހާލުގައި ހުރެމެ މަސައްކަތެއް ނުކުރެވޭނެތީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަނީ މާޝާ އާއި އޭނާގެ ދޮށީ ދެފިރި ހެން ކުދީންނެވެ. ކުދިންތައް ބޮޑެތިވެފައިތިބީ ނަސީބެކެވެ.   އެ ހެން ނޫން ނަމަ ބަލިފިރިމީހާބަލާނީ ކި ހިނަކުންކަމެށް މާޝާ އަކަށް ނޭގެއެވެ.

ދުވަސްތައްފާއިތުވެ ގޮސް ބަރާބަރު ދެއަހަރުފަހުން ހައިދަރުގެ ހަނދާންތައް އަނބުރާއައެވެ. މާޝާގެ މިންނެތް މަސައްކަތުން  ހައިދަރު ރަގަޅުވީތީ މާޝާ ހުރީ އުފަލުންނެވެ. މަސައްކަތެއް ނޮކޮށް ގޭގައި ހުންނަންވުމުން ހައިދަރު ހުންނަނީ ފޫ ހިވެފައެވެ. ހައިދަރު ނިންމީ ކުރިންވެސް އަދާކުރި ވަޒީފާއަށް ދިއުމަށެވެ. އަންހެނުން މާޝާ އާއި އާއިލާ މީހުންގެ ރުހުމާއެކު ހައިދަރު ވަޒީފާއަށް ދާންފެށިއެވެ. ނަމަވެސް ސިކުނޑި ހަމަނުޖެހޭ މޮޔަމީ ހެކޭބުނެ އެއާޕޯޓުގެ މުވައްޒަފުން  ހައިދަރު އަށް މަލާމާތް ކުރަންފެށިއެެވެ. ރައްދުގައި އަ ހަރެންނަކީ މޮޔަ މީހެއް ނޫންކަމުގައި  ހައިދަރު ބުނިއެވެ. ނަމަވެސް އެމީހުންގެ ވިހަގަދަ ބަސްތަކަށް ކެތްނުކުރެވިގެން ހައިދަރު ވަޒީފާ އަށް ދިޔުން މުޅިން  ހުއްޓާލިއެވެ. ހައިދަރުގެ ދެދަރިން ފިޔަވައި  ހުރިހައިދަރީން ވެސް އުޅެނީ ވަޒީފާގައެވެ. އެހެންކަމުން ހައިދަރު ވަޒީފާ އަށް ނުދިޔަކަމުގައި ވިޔަސް ދިރިއުޅުމުގެ ބޭނުންތައް ފުދެއެވެ. އެ ހެނަސް އަތުންފައިން މަސައްކަތެއް ނުކޮށް  ހުންނަންވުމުން ހައިދަރު ދެރަވެއެވެ.

ހައިދަރުގެ ދައްތައަށް ރުގްޔާ ކުރަން މީހަކުއައެވެ. ރުގްޔާ ކުރުމުން އެނގުނީ  ހައިދަރުއަށް ސިހުރު ހަދާފައިވާކަމެވެ. ހައިދަރުގެ ބައްޕަޔަށް ވެސް ހުރީ ސިހުރު ހަދާފައެވެ. ގޯތިތެރެ ކޮނެގެން ތަވީދުތަކެއްވެސް ނެގިއެވެ. މީހެއްގެ ރީތިހަމަޖެހޭ އުފާވެރި ދިރިއުޅުން ސިހުރުގެ އެހީގައި ނަގާލަން ވެދާނެ ހެއްޔެވެ. ހައިދަރުގެ މުޅިދިރިއުޅުން ފަނާ ކޮށްލީ އެވެ. އެހެނަސް ހައިދަރުގެ ޝަކުވާއެއް ނެތެވެ. ﷲމިންވަރު ކުރެއްވި ގޮތާއިމެދު އޭނާ ޝުކުރުވެރިވެއެވެ. ހެޔޮލަފާ ކެތްތެރި އަނބަކު ލިބުނީތީ ފަ ހުރުވެރިވެއެވެ. ހަމައެހެންމެ  ހައިދަރުގެ އަންބެއްގެ މަގާމުގައި ހުރެވުނީތީ މާޝާ އުފާކުރެއެވެ. ހައިދަރުގެ ހައްގުގައި ވަފާތެރިކަމާއެކު އޭނާ ހުންނާނެއެވެ. ހައިދަރުގެ ދިފާއުގައި މާޝާ ފިދާވާންވެސް ތައްޔާރެވެ. ލޯބިވާތީއެވެ. ހައިދަރުގެ އެދުމަކީވެސް ދެދުނިޔޭންވެސް އޭނާގެ އަންބެއްގެ ގޮތުގައި މާޝާވުމެވެ. ދިރިއުޅުމުގެ މިދަތުރުގައި އަތުިހިފައިގެން ލޯބިވެތި ހަޔާތެއް ވޭތުކުރަމެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ވާށޭ މަށާ އެކީ-19

Next

ސިއްރެއް 16

Next
May 9, 2020

ސިއްރެއް 16

Previews
May 9, 2020

ވާށޭ މަށާ އެކީ-19

One Comment

  1. Liyaa says:
    May 9, 2020 at 2:26 pm

    Mashaa allah

Comments are closed.



All Right Reserved!