Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ނެތިދިޔަސް ހިތުގާވެޔޭ

Fathimath Athifa Hussain Level 210 Stories
May 13, 2020 3 Mins Read
4 Comments

އަހަރެންނާއި މެހެކް ދިމާވީ އޮފީސް ދަތުރެއްގައި ކުޅުދުއްފުށްޓައް ގޮސް އުޅެނިކޮށެވެ. މެހެކްގެ ފުރަތަމަ ފެނިލުމުނުންވެސް އަހަރެންގެ ހިތުގައި މެހެކް އަށްޓަކައި ވިންދުޖަހަން ފެށިއެވެ. ނަސީބު ވަރަށްވެސް ރަގަޅެވެ. އަހަރެން ހުންނަގެޔާއި ޖެހިގެން ދެގެ ދޫކޮށް ދެން ހުންނަނީ މެހެކްގެ ގެ އެވެ. މެހެކްގެ ހަރަކާތްތައް ޝައުގުވެރިކަމާއެކު  އަހަރެން ބަލަމުން ގެންދިޔަ އީމެވެ. މެހެކް ފެންނަ ކޮންމެ ވަގުތަކީ އަހަންނަށް ބަޔާންކުރަން ދަތި  އުފަލެއް ލިބޭ ވަގުތެކެވެ.

އަހަރެންގެ އެކުވެރިޔާ ތިޔާޝްގެ ނަސޭހަތަކީ ލަސްނުކޮށް މެހެކްއަށް ލޯބި ހުށަހެޅުމެވެ. ވަގުތު ފާއިތުވެގެން ނުދަނީސް މެހެކްއަށް އަހަރެންގެ ހިތުގެހާލު އިއްވުމެވެ. ނުކެރިހުރެގެން ވާނެ ފައިދާ އެއް ނެތްކަން ހުދު އަހަންނަށްވެސް އިނގެއެވެ. މެހެކްގެ ފޯނުނަންބަރު ހޯދައި މެހެކް އަށް ގުޅާލީމެވެ. މެހެކް ތިއީ ކާކުތޯ ސުވާލުކުރި އެވެ. ފަސްޖެހޭކަށް އަހަރެން ބޭނުމެށް ނޫނެވެ. ހިތްވަރު ކޮށްފައި ނަން ބުނެލީމެވެ. އަހަރެންގެ ނަމަކީ ލައިތް. މެހެކްގެ ފުރަތަމަ ފެނިލުމުންވެސް  އަހަރެންގެ ހިތް މެހެކް އަށްޓަކައި ލެނބުނު. މެހެކް ދެކެ އަހަރެން ލޯބިވަން. ފުރާނަ ހުރިހައި ދުވަހަކު މި ލޯތްބަށް ބަދަލެއް ނާންނާނެ.  އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް މެހެކް ވެދިނުމީ އަހަރެން އެންމެއެދޭ އެދުން. މެހެކް ވާހަކަ ދައްކަން ފެށި އެވެ. ލައިތް އަހަރެންވެސް ދެކެން. ތިއީ ގޯސް މީހެއް ވައްތަރު ބަލާ ބެލުމަކުން ނުޖަހާ. އެހެންވިޔަސް ތިއެދޭ އެދުމަށް އާބަސް ބުނެވޭނީ ވަރަށް ވިސްނާފައި. މަންމަ އަކީ  މިދުނިޔޭގަ އަހަރެންގެ ހަމަ އެކަނި ހުރިމީހަކީ. ވީއިރު އެމަންމަގެ ބަހެއްވެސް ހޯދައި ތިކަމުގައި ގޮތެއް ނިއްމުމަށްފަހު ލައިތައް އަންގާނަން.  އަހަރެން ބުނީމެވެ. މައްސަލައެތްނެތް ވިސްނާފަ ޖަވާބެއްދީ. ކެތްތެރިކަމެށް ނެތި މެހެކްގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރާނަން. އަހަރެން ފޯނު ބޭއްވީމެވެ.

ދެން ފާއިތުވެގެން ދިޔަ ކޮންމެ ދުވަހަކީ މެހެކްގެ ޖަވާބަކަށް އިންތިޒާރު ކުރުންމަތީ އަހަރެން ހޭދަކުރި ދުވަހެކެވެ. މަސައްކަތުގައި އުޅޭއިރުވެސް މެހެކްގެ ހިޔާލު ކުރެވެއެވެ. ބަރާބަރު އެއްމަސްދުވަސް ފާއިތުވެގެން ދިޔައީ އެވެ. މެހެކްގެ ހަބަރެއް ނުވީތާނގައި ލޮލަށްވެސް މެހެކް ނުފެނެ އެވެ. ނަމާދުކޮށް ދުޢާ ކުރީމެވެ. މެހެކްގެ ރުހުން ލިބޭތޯ އެވެ. އެއްރޭ އަހަރެން އޮތީ ނުނިދިފައެވެ. މެހެކް ގެ ހިޔާލުތަކަށް ގެއްލިފަ އެވެ. މެހެކްގެ ހިނިތުންވުން ލޯ ކުރިމަތިން ސިފަވަމުންދިޔަ އެވެ. ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށެވެ. އަހަރެންގެހިތް އުފަލުން ނަށާލި އެވެ. ގުޅަނީ މެހެކް އެވެ. އަހަރެން ފޯނު ނަގައި ކަންފަތުގަ އިޖެހީމެވެ.

މެހެކް ވާހަކަ ދައްކަން ފެށިއެވެ. ލައިތް އަށް ޖަވާބު ދޭންވެގެން މި ގުޅާލީ. އަހަރެންގެ ހިތް ތެޅެންފެށި އެވެ. މެހެކްގެ ޖަވާބް އަންނާނީ ކޮންގޮތަކަށް ކަމެއް ނޭގޭތީ އެވެ. އަހަރެން ލައިތް ގެ ހުށައެޅުން ލޮލުން ބޮލުން ގަބޫލް. މަންމަގެ ރުހުންވެސް ލިބިއްޖެ. އަހަރެންނަށް އުފަލުން ނަށަ އިލެވުނެވެ. އެތަކެއް ދުވަހެއް ވަންދެން ހިތުއަޅަ އިގެން އުޅުނު ލޯބި ކާމިޔާބު ވީތީއެވެ.

މަސައްކަތް ނިއްމައިލުމަށްފަހު އަހަރެން މާލެ  އެނބުރި އައީ މެހެކް އަހަރެންގެ މީހެއްގެ ގޮތުގައި ހަދައިގެންނެވެ. މެހެކް އާއިއެކު މެހެކްގެ މަންމަ ޒާރިފާ ވެސް މާލެ ގެނަ އީމެވެ. އަހަރެންނަކީ މައެއް ބަފައެއް ނެތި މީހެކެވެ. ވުމާ އެކު މެހެކް މަންމަގެ ލޯބިން މަހުރޫމް ކޮށްލުމަށް އަހަރެން ނޭދެމެވެ. މެހެކް އާއިއެކު އަހަރެން ލޯބިވެތި ހަޔާތެއް ވޭތުކުރަމުން ދިޔަ އީމެވެ. އުފަލާއި ހިންހަމަޖެހުމާއި އެކުއެވެ.

ކައިވެންޏަށް ދެއަހަރު ވީތަނާ އަހަރެންނާއި މެހެކްއަށް ލޯބިލޯބި ފިރިހެން ކުއްޖަކު ލިބުނެވެ. އަހަރެމެންގެ ދިރިއުޅުން ފުރިހަމަވި އެވެ. ދަރިފުޅު ރިކްޒު ލިބުނުތަނާ މެހެކް ބަލިވާން ފެށި އެވެ. ކުއްލި އަކަށް ނޭވާލާން ދަތިވަނީ އެވެ. މެހެކްގެ މަންމަގެ އަޅާލުން ނުލިބޭނަމަ  އަހަރެންނަށް ވަޒީފާ އަކަށް ވެސް ނުދެވުނީހެވެ. ޑޮކުޓަރަށް ދެއްކުމަށް ބުނުމުން މެހެކް އެކަމާ އެއްބަހެއްނުވެ އެވެ. މެހެކްގެ ހާލު ދެރަވާން ފެށިއެވެ. ގަޔަކު ވަރެށް ނުހުރެ އެވެ. ބޯ އަނބުރައި ހޮޑުލެވެ އެވެ. އަހަރެން އޮފީސް ނިއްމާފައި އައިސް މެހެކް ގޮވައިގެން ޑޮކުޓަރަށް ދެއްކުމަށް ދިޔައީމެވެ.  ޓެސްޓުތަކެއް ހެދުމަށްފަހު ޑޮކުޓަރު ދިނީ  އަހަރެންގެ ދިރިއުޅުން އެކޮޅުކޮޅުން ޖަހާލި ހަބަރެކެވެ. މެހެކްއަށް ވަނީ ލޭގެ ކެންސަރު ޖެހިފަ އެވެ.ރަނގަޅު ކުރެވޭނެ ކަމުގެ  އުއްމީދެއް ނެތެވެ.ކެންސަރުގެ ފަހުދުވަސްކޮޅު ކަމުން ޑޮކުޓަރު ބުނީ މެހެކް އުފަލުގައި ގެންގުޅުމެވެ. ކީމޯގެ ފަރުވާ ދީގެން މެހެކްގެ ހަށިގަނޑު އަނަރޫފަވެ އިތުރަށް ބަލިވުން ނޫންކަމެށް ނުވާނެ ކަމަށެވެ.

އަހަރެންނަށް ހީވީ މެޔަށް ހަންޖަރުތަކެއް ކޮއްޕާލި ހެންނެވެ. ލޮލުން ކަރުނަ އައެވެ. މިދުނިޔޭން  އެންމެ ލޯބިވާ ފަރާތާއި ވަކިވާން ޖެހެނީ އެވެ. މެހެކްގެ ލޮތްބާއި  އަޅާލުންނެތި އަހަރެންނަށް ދުނިޔޭގައި ހުރެވިދާނެ ހެއްޔެވެ.ތުއްތު ރިކްޒްއަށް މައެއްގެ ލޯބިދޭނީ ކިހިނެތް ހެއްޔެވެ. ކަރުނަ ފޮހެލައި އަހަރެން ޑޮކުޓަރުގެ ކޮޓަރިން ނިކުތީމެވެ. މެހެކް އަހަރެންގެ އިންތިޒާރުގައި ބޭރުގަހުއްޓެވެ. ޑޮކުޓަރު ކީކޭތަ ބުނީ. އަހަރެން ޖަވާބްދިނީމެވެ.  ކަންބޮޑުވާނެ ކަމެށް ނެތޭ. އިރާދަކުރެއްވިއްޔާ ހުރިހާކަމެށް ވެސް ރަނގަޅުވާނެ. އަހަރެން ބުނީމެވެ. މެހެކް އަށް ހަގީގަތް ކިޔާދޭނެހާ  އަހަރެންގެ ހިތްވެރު ނެތީއެވެ.

އޮފީހުން ތިންމަހުގެ ޗުއްޓީ އެއް ނެގީމެވެ. މެހެކްގެ ހާލުދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. ބޮލުގައި ރިއްސާ ހޮޑުލެވޭ ފަހަރު  އަނގަ އިން ލޭވެސް އަނަންފެށި އެވެ. އަހަރެން މެހެކްއަށް ސިއްރުނުކޮށް މެހެކްގެ ބަލިހާލަތު ކިޔަ އިދިނީމެވެ. އަހަރެންގެ ގައިގައި ބައްދާލަމުން މެހެކްރޯންފެށިއެވެ. އަހަރެންނަށް މިހެންވާންވީ ކީއްވެ?. ކޮބާތަ އަހަރެންގެ ކުށަކީ. އަހަރެން ނެތްދުވަހަކު ރިކްޒު އަށް މަންމަގެ ލޯބި ދޭނީ ކާކު. އަޅެ އަހަރެން މަރުވާކަށް ބޭނުމެށް ނޫން. ލައިތް އާއި ދަރިފުޅު ދޫކޮށް ދާކަށް ބޭނުމެއް ނޫން. އަހަރެންގެ ހިތްކުދިކުދިވި އެވެ. މެހެކްގެ ހިތްރުއްސަން ބުނާނެ ބަހެއް އެވަގުތު އަހަރެންގެ ދުލަކަށްނައެވެ. ކުރެވުނުހާވެސް ކަމަކީ މެހެކްގެ ލޮލުންކަރުނަ ފޮހެދެމުން މެހެކްގެ މޫނުގައި ބޮސްދިނުމެވެ.

މެހެކްގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. އަހަރެން މެހެކް ކައިރީގައި ވަގުތު ހޭދަކުރަމުން ދިޔަ އީމެވެ. ފޫހިކަމެށް ވަރުބަލިކަމެށް ނެތި އެވެ. މެހެކްގެ ހާލު އިތުރަށް ގޯސްވެ އަ.އި.ސީޔޫ.ގައި ފަރުވާދޭން ފެށުނެވެ. މެހެކް އަށް ލޯވެސް ހުޅުވައިލެވެނީ ވަރަށް ވަރުންނެވެ. ދައްކާ ވާހަކައެއް ސާފުވަނީ ކިރިޔަކިރިޔާ އެވެ. މެހެކް ދަރިފުޅު ދެކިލަން އެދޭތީ ދަރިފުޅު ހޮސްޕިޓަލަށް ގެނަ އީމެވެ. މެހެކްގެ މަންމަވެސް ހުންނަނީ ފިކުރު ބޮޑުވެފަ އެވެ. ދަރިފުޅަށް ކުއްލި އަކަށް ވެރިވި ބަލިހާލަތު ދެކެން ނުކުޅަދާނަ ވެފައެވެ. ހުރި ހަމައެކަނި ދަރިފުޅު މަރާއި ހަނގުރާމަ ކުރާތަން ފެނި ލަގޮނޑި ފަޅައިގެންދާވަރު ވެފައެވެ.

ދެހަފްތާއަށް އަ.އި.ސީ.ޔޫގައި އޮވެ މެހެކް މިދުނިޔެ ދޫކުރީ އެވެ. އަހަރެންނާއި ދަރިފުޅު ރިކްޒު އަދި މެހެކްގެ މަންމަ އެކަނިކޮށްފަ އެވެ. އަހަރެން ރުއީމެވެ. މެހެކްގެ ފިރުމުންތަކާއި އަޅާލުން ހަނދާނަށް އަންނަހިނދު މޭގައި ބުނެދޭން ނޭނގޭ ރިހުމެއް އުފެދެއެވެ. އެހެނަސް އަހަރެން ކެތްކުރާނަމެވެ. މެހެކްއާއި އަހަރެންގެ ދަރިފުޅު ރިކްޒު އަށްޓަކައި އެވެ. ގާތުގައި ނުވިޔަސް މެހެކްގެ ހަނދާންތައް ދުވަހަކުމެ ވަކިވުމެ ވަކެއް ނުވާނެ އެވެ. އެކުގައި ހޭދަކުރި އުފާވެރި ވަގުތުތައް ހިތުންފިލައިގެން ނުދާނެ އެވެ. މެހެކްގެ ހަނދާންތަކުން އެކަނިވެސް އަހަރެންގެ ދިރިއުޅުން ކުރިޔަށް ގެންދާނަމެވެ.

ލޯބިވާ ދަރިފުޅު ރިކްޒު އަށް އުފާފާގަތިކަން ހޯދަ އިދޭނަމެވެ. މެހެކް އެވެ. ތިޔަލޯބި މިހިތުގެ ވާނެ އެވެ. ދުވަހަކު ފިލައިގެން ނުދާނެ ފަދަ އަކުންނެވެ. ތިނަން މިހިތުން ފިލާނުދާނެ އެވެ. ދުނިޔޭން ނިމިގެން ދިޔަނަމަވެސް ޖަންނަތުގައި ﷲގެ ރަހުމަތުންވާނީ އެކުގަ އެވެ. އަހަރެން މެހެކް ދެކެވީ ތެދުވެރި ލޮތްބަކަށް ބަދަލެއް އައުން ނުވެއެވެ. އަހަރެންގެ ހިތުގައި ޖަހާ ކޮންމެ ވިންދެއްވެސް މެހެކްގެ ނަން ކިޔާނެ އެވެ. މެހެކް އެވެ. އަހަރެން ތިހަނދާންތައް ދުވަހަކުކެވެސް ހިތުން ނެރެލާކަށް ނެތީމެވެ. ލޯބިވާތީ އެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

އެކުއްޖާ 8

Next

ކެތްތެރިކަމުގެ ރީތި މިސާލެއް…

Next
May 13, 2020

ކެތްތެރިކަމުގެ ރީތި މިސާލެއް…

Previews
May 13, 2020

އެކުއްޖާ 8

4 Comments!

  1. 3221 says:
    May 14, 2020 at 3:41 am

    Vhk v reethi masha allah…❤❤Aavegen dhiyaiy hadhaanthakeh…keep it up…

    1. Fathimath Athifa Hussain says:
      May 14, 2020 at 2:03 pm

      Thankyou It meansas a lot?

  2. Umny ??? says:
    May 21, 2020 at 7:25 pm

    It was related to my life. BTW story Vara Reethi keep it up

    1. Fathimath Athifa Hussain says:
      May 24, 2020 at 3:44 am

      Thankyou Umny❤

Comments are closed.


All Right Reserved!