Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ނުވަމަސް

Fathimath Athifa Hussain Level 210 Stories
May 16, 2020 4 Mins Read
6 Comments

އަދީން އާއި އަހަރެން ކިޔެވީ އެއްކުލާހެއްގައެވެ. އަހަރެމެން ދެމީހުން ކޮންމެވެސް ވަރަކަށް ވާހަކަވެސް ދައްކައި އުޅެމެއެވެ.އަހަރެންނަށް  އަދީން ކަމުދާން ފެށިއެވެ.މުދައްރިސް ކިޔަވަދޭ ގަޑީގައި ސިއްރުން އަދީންއަށް ބަލަން އަހަރެން އިންނަމެވެ.ގުރޫޕު މަސައްކަތްތައް ނިންމަން  އަހަރެން އަދީންގެ ގެއައްދަމެވެ.އެހެން ގޮސް  އުޅުމުގައި އަދީންއާއި ގުޅުން ބަދަހިވަމުން ދިޔައެވެ.

ސުކޫލްދައުރު ނިއްމާލުމަށްފަހު މަންމަ އަހަރެން ކިޔެވުމަށް މެލޭޝިޔާ އަށް ފޮނުވިއެވެ. ސައިކޮލޮޖީގެ ދާއިރާއިން ތައުލީމް ހާސިލް ކުރަމުން ދިޔައީމެވެ.އަދީން އާއި މަދުން ނަމަވެސް ވާހަކަ ދައްކަމެވެ.ބަރާބަރު ފަސްއަހަރު ފަހުން ކިޔަވުން ނިއްމާލުމަށްފަހު އަހަރެން މާލެ  އައީމެވެ. އަދީން އަހަރެންނަށް ގުޅިއެވެ. “ޒައިނީޝް ހިނގާބަލަ މިރޭ ދިމާވާން. އަހަރެން ދާނަން ބަލައި އަށެއް ޖަހަންވާ އިރަށް ރެޑީވާތި.”އަހަރެން ތައްޔާރުވާނެ ކަމަށްބުނެ ފޯނު ބޭއްވީމެވެ.

އަދީން ދައްކަން އެއުޅެނީ ކޮންވާހަކައެއް ހެއްޔެވެ. އަހަރެން ހުރީ ހިތްއަަވަސް ވެފައެވެ. އަހަރެން  އެދޭފަދައިން އަދީން ވެސް އަހަރެންދެކެ ލޯބިވާނެ ނަމައޭ ހިތައްއެރިއެވެ. މިރޭ އެނގިދާނެތާ އެވެ. އޮއްސުނު އިރާއެކު ނަމާދު ކޮށްގެން އަހަރެން ތައްޔާރުވާން ފެށީމެވެ.މަޑު ނޫކުލައިގެ ޖިންސަކާއި އަޅިކުލައިގެ ޓީޝާޓުގެމަތިން ކަޅުކުލައިގެ ލޭސް ކާޑިގަން އެއް ލީމެވެ. މޫނުގައި ފުށްކޮޅެއް ޖެހުމަށްފަހު ގަދަ ރަތްކުލައިގެ ލިޕުސްޓިކް ތުންފަތުގައި ޖައްސާލީމެވެ. ބޫޓަށް އަރައި ގަޔަށް ސެންޓު ބުރުވާލަމުން ފޯނު އަތައް ނަގައި ކޮޓަރިން ބޭރަށް ނުކުތީމެވެ. އަށެއް ޖަހަން ބާކީ ހުރީ ބަރާބަރު ދިހަމިނިޓެވެ.ސިޓިންރޫމްގައި ޙަތިމް ނަގައިގެން ކިޔަވަން މަންމައިނެވެ.

މަންމަގެ ހުއްދަ ހޯދުމަށްފަހު އަހަރެން ދޮރޯށި ކައިރީ މަޑުކޮށްގެން ހުރީމެވެ. އަދީން ގެ  އިންތިޒާރުގައެވެ. މަގުތީގައި ވޫސް އަޅައި ވެހިކަލްތައް ހަރަކާތްތެރިވަމުން ދިޔައެވެ. ކޮންމެވެސް ވަރަކަށް މީހުން ވެސް މަގުމަތީ އުޅެ އެވެ. މާލޭގެ މަގުތަކުގެ ހަލަބޮލިކަމޭ އަހަރެންގެ ހިތައްއެރިއެވެ. އަހަރެންގެ އިންތިޒާރައް ނިމުން ގެންނަމުން ސައިކަލުގައި އަދީން އައިސް މަޑުކުރި އެވެ. ސައިކަލުގެ ފަހަތައް އެރުމަށް އަދީން  އެދުމުން އަހަރެން ސައިކަލުގެ ފަހަތައް އަރައި ހަމަޖެހިލީމެވެ.ދެޢީދު އެއްފަހަރާ އައި ފަދައެވެ. އުފަލުން ނުފޮޅޭންވީ ކީއްވެހެއްޔެވެ. އެންމެހިތް އެދޭ ފަރާތާއި ދާދިގާތުގައި މިއިދެވެނީ ލައްކަ ދުވަސްތަކަކަށް ފަހުގައެވެ.

ބުރިޖް ހުރަސްކޮށް އަދީން އަހަރެން ގޮވައިގެން  އައީ ހުޅުމާލޭގަ އަލަށް ހުޅުވި ރެސްޓޯރެންޓަކަށެވެ. ރެސްޓޯރެންޓަށް ވަދެ މޭޒެއްގެ ދޮށުގައި  އިށީނީމެވެ.އަދީން ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ އަހަރެން އިނީ ކަންބޮޑުވެފަ އެވެ. ކާއެއްޗިއްސައް އަދީން ހުރީ މާކުރިން އޯޑަރު ދީފަ އެވެ. އަހަރެންނަށް ބޯވާ ރައިސް އަކާއި އަދީން އަށް މޮންގޯލި އަން ރައިސް އެކެވެ.ވެއިޓަރު ކާއެއްޗެހި ގެނެސް މޭޒުމަތީ އަތުރައިލިއެވެ. ބޯ އެއްޗަކަށް ގެނެސްފަ ހުރީ ދެމީހުންނަށް ވެސް ހޮޓު ޗޮކުލެޓު އެވެ. ކެއުން ނިއްމާލުމަށްފަހު  އަދީން ޖިންސުގެ ޖީބުން ކަޅުކުލައިގެ ކުޑަ ފޮށްޓެއް ނެގިއެވެ. ފޮށިނަގައި ހުޅުވާލަމުން  އަހަރެންނަށް ބަލާލި އެވެ.”ޒައިނީޝް ވިލްޔޫ ބީ މައިން. ވިލްޔޫ ބީ މައި ވައިޕް. ފޯ ގޯޑުސް ވިލް އައި ވޯންޓު ޔޫ ޓުބީ މައިން. ސޭ ޔެސް ބޭބް.” އަދީންގެ ވާހަކަތައް ގަބޫލުނުކުރެވިފައި ބަލަހައްޓައިގެން އަހަރެންނަށް އިދެވުނީ އެވެ. އަހަރެން ބުނީމެވެ.”ވަޓް އާޔޫ ޓޯކިން އެބައުޓު.އާޔޫކިޑިން މީ.ސޭސަމްތިން އަދީން.”

“ގަބޫލުކުރޭ ޒައިނީޝް ފަދައިން އަހަރެންވެސް ހިތުގެ އެންމެ ފުންމިނުން ޒައިނީޝް ދެކެ ލޯބިވޭ. ކިޔެވުން ނިއްމާލުމަށްފަހު ޒައި އަންނާނެ ދުވަހަކަށް ކެތްތެރިކަމެއްނެތި އަހަރެން ކުރި އިންތިޒާރު  އިނގޭނީ އަހަންނަށް. ދެން އިނގޭނީ ހެއްދެވި ފަރާތައް.” އަދީންގެ ވާހަކަތަކުން އަހަރެން އުފާވި އެވެ. އަހަރެން ފަދައިން އަދީން ވެސް  އަހަރެންދެކެ ލޯބިވާތީ އެވެ.އަހަރެން ބުނީމެވެ. އަދީންގެ ލޯތްބައް އަހަރެން ރުހެން. ތާއަބަދު  އެކުގައި އުޅުމަށް ނިހާޔަތައް އެދެން. ވަރަށް   ލޯބިވޭ އަދީން.” އެކުޑަ ފޮށީގަ އޮތް އަގޮޓި  އަދީން އަހަރެންގެ އަތުގެ ކަށި އިނގިލީގައި  އަޅުވާދިނެވެ.އަދި އަހަރެންގެ ގައިގައި ލޯބިން ބައްދާލިއެވެ.

އެރެއަށް ފަހު އަދީން އާއި އަހަރެންގެ ލޯބީގެ ދުވަސްތައް ފެށިގެން ދިޔައެވެ.އަދީންގެ އާއިލާ އާއި އަހަރެންގެ އާއިލާގެ ރުހުމާއެކު އަދީން އާއި  އަހަރެންގެ ކައިވެނި ކުރެވުނެވެ.އަދީންގެ ފަރާތުން ލޮތްބާއި އަޅާލުން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަހަންނަށް ލިބެމުން ދިޔައެވެ.ކައިވެންޏަށް ދެއަހަރު ވީތަނާ އަހަރެން ބަލިވެއިނެއެވެ.އަދީން ހުންނަނީ އުފަލުން ފޮޅިފައެވެ.ދަރިފުޅަކު ލިބެން އުޅޭތީ އަހަރެންހުރީވެސް ނުހަނު އުފަލުންނެވެ. ބަނޑުބޮޑުވި ހިސާބުން އަހަރެން އުޅުނީ ވަރަށް ހާލުގައެވެ. އަރުން އެތެރަކުރާ ހުރިހާ ކާއެއްޗެއް ބޭރުވަނީ ހޮޑުގެ ގޮތުގައެވެ.

ކޮޅަށް ހުންނާނެ ހަކަތައެއް އަހަރެންގެ ގަޔަކު ނުހުރެއެވެ. އަދީންގެ އަޅާލުމާއި މަންމަގެ  އެހީތެރިކަން ނުލިބޭނަމަ އަހަރެންގެ ވާހަކަ ދައްކާނެ ކަމެއްނެތެވެ.ރޭގަނޑުގެ ބޮޑުބައި ހޭދަވަނީ ނުނިދި އެވެ. ނޭވާލާން އުނދަގޫވެގެން އުޅެން ނުޖެހޭ ރެއެއް މަދުވާނެއެވެ.އަހަރެންގެ ހިދުމަތުގައި އަދީން ހޭލާ އިންނާނެ އެވެ.ބޯ މޮޑެލަދޭނެއެވެ. މަޖާ ޗޯކު ކިޔައިދީ އަހަރެން ހެއްވާލާނެއެވެ.ސުކޭން ހަދައިގެން ދަރިފުޅު ފެނުނު ދުވަހު އަހަރެންނަށް އުފަލުން ރޮވުނެވެ.ދަރިފުޅު ހަމަލޮލަށް ފެންނާނެ ދުވަހަކަށް ކެނޑިނޭޅި އިންތިޒާރު ކުރަމުން ދިޔައީމެވެ.

އަހަރެންގެ ބަނޑަށް ނުވަމަސްވީއެވެ. ބޮޑު ބަނޑާއި އެކު ހިނގުންވެސް ވެފައިވަނީ ދަތި އުނދަގޫ  ކަމަކަށެވެ. މެންދުރުގެ ވަގުތެވެ. އަހަރެން އޮތީ ވަރުބަލިވާތީ ކޮޓަރީގައި އޮށޯވެގެންނެވެ.ކުއްލިއަކަށް ފޯނު ރިންގުވާންފެށި އެވެ. ފޯނު ނަގައި ކަންފަތުގައި ޖެހީމެވެ.ގުޅީ އަދީން އެވެ.” އަލަމާރި ތެރޭގައި އޮތް ނޫކުލައިގެ ފައިލް ނަގައިގެން ނުކުމެބަލަ ބޭރައް މިދަނީ ބަލާ.ހަދާން ނެތިގެން ފައިލު ނުލައި މި އާދެވުނީ.”އަހަރެން މި ނުކުންނަނީ ފައިލު ހިފައިގެންނޭ ބުނެ ފޯނު ބޭއްވީމެވެ. ފައިލު ނަގައިގެން ކޮޓަރިން ނިކުތީމެވެ.

ބަނޑުގައި ރިއްސަންފެށީ ހަމަ ކުއްލިއަކަށެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ތިރިޔަށް ފައިބަން އަހަރެން މަސައްކަތް ފެށީމެވެ.  އަހަރެންނަށް ކުރިޔަކަށް ނުދެވުނެވެ.ބަނޑުގައި ރިއްސާވަރުން ކެތްނުކުރެވިގެންނެވެ.އެހެނަސް ކަށިން ހިތްވަރުނެރެ އަހަރެން ސިޑިން ތިރިޔަށް ފޭބޭތޯ އުޅުނީމެވެ. ބޮލަށް އެނބުރުން އަރަންފެށި އެވެ. އަހަރެން މަންމައަށް ގޮވަންފެށީމެވެ. މަންމަގެ ހިލަމެއްނުވިއެވެ. އަހަރެންނަށް ބޮލައް އެނބުރުން  އަރާތީ ސިޑިން ފައިބާކަށް ނުކެރުނެވެ. އަދީން  އައިސް އަހަރެންނަށް ގޮވިއެވެ. ފައިލު ހިފައިގެން  އަވަހަށް ފޭބުމަށް އެދިއެވެ.ބަނޑުގަ ރިއްސާވަރުން ކެތްނުވެއެވެ. ހިތްވަރުކޮށްފައި އަނެއްކާވެސް ސިޑިން ފޭބުމަށް މަސައްކަތް ކުރީމެވެ. އަރި އަޅާލައި އަހަރެން ސިޑިން ވެއްޓުނެވެ.އަދީން ދުވަމުން އައިސް އަހަރެން ނަގައިގެން ގެންގޮސް ސޯފާގައި ބޭއްވިއެވެ.އަހަރެންގެ ހޭވެރިކަން ދިޔައެވެ.

ލަސްނުކޮށް އެންބިއުލާންސައް ގުޅައި އަދީން އާއި މަންމަ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް އައެވެ. އަހަރެން ވެއްދީ ސީދާ އޮޕޮރޭޝަން ތިއޭޓަރަށެވެ. އަދީން އާއި މަންމަ އިންތިޒާރު ކުރީ ޑޮކުޓަރުން ނުކުމެ އަހަރެންގެ ހަބަރެއް ބުނެދޭނެ ވަގުތަށެވެ. ބަރާބަރު ދެގަޑިއިރުގެ އޮޕޮރޭޝަނަކަށް ފަހު ޑޮކްޓަރު ނުކުމެ އަދީން ގާތުގައި ބުންޏެވެ.”ވީ އާ ރިއަލީ ސޮރީ.ވީ ކާންޓު ސޭވް ޔުއާ ޗައިލްޑް.  ވައިފް އިޒް ޑުއިން ފައިން.”އަދީން ހުރީ ގަބުވެފައެވެ.ބުނާނެ ބަހެއް ދުލަކަށް އެވަގުތު ނައެވެ. ލޮލުން ކަރުނަ އަންނަން ފެށި އެވެ.މުޅި ދުނިޔެ އެނބުރުނު ފަދައެވެ. މެޔަށް ތޫނު ހަންޖަރެ އް ކޮއްޕައި ލިޔަސް މިފަދަ ދިލަ ހޫނަކުން މޭފިހި ނުދާނެއެވެ.

އަހަރެންނަށް ހަމަހޭވެރިކަން ވީއިރު އަދީން  އަހަރެންގެ މަގަތުގައި އިނެވެ. އަދީންގެ މޫނުން ފެނުނީ އުފާވެރިކަމެއް ނޫނެވެ. އަދީންގެ ބޮލުގެ  އިސްތަށިގަނޑު ވަނީ ހޭވިފައެވެ.ލޯ ހެކިދެނީ ގިނައިރުތަކެއް ވާންދެން ރޮއިފައިވާ ކަމަށެވެ.” އަދީން ކޮބާތަ އަހަރެމެންގެ ދަރިފުޅު.އަހަރެން ބޭނުން ދެކެން.ނަރުސް ކުއްޖާ ކައިރީގަ ބުނެބަލަ ދަރިފުޅު ގެނެސްދޭށޭ. ދަރިފުޅު ވައްތަރީ ކާކާތޯ ބަލަން ބޭނުން. ކޮބާތަ ދަރިފުޅު.” އަހަރެންގެ ސުވާލުތަކައް އަދީން ޖަވާބެއް ނުދިނެވެ.އަހަރެންގެ ގައިގަ ބައްދާލަމުން ބާރަށް ރޯންފެށީ އެވެ. ޒައި  އަހަރެމެންގެ ބޭބީ މަރުވެއްޖެ.ޒައި ވެއްޓިގެން ވަގުތުން އައީ ހޮސްޕިޓަލަށް.ޒައި ވަގުތުން ވެއްދީ  އޮޕޮރޭޝަން ތިއޭޓަރަށް. ދެގަޑި އިރުފަހުން ޑޮކުޓަރު ނުކުމެ ބުނީ ބޭބީ ސަލާމަތް ނުކުރެވުނޯ. ޒައި  އަހަރެމެންގެ ބޭބީ މަރުވެއްޖެ.ކީއްވެ.ކީއްވެ?”

އަހަރެންގެ ލޮލުން ކަރުނަ އަންނަންފެށީ ތަރުތީބެއްނެތިއެވެ.ހިތުގަ އިޖެހުނެވެ.ހޮނު ގުގުރި އެއް ފަދައިން އަދީންގެ ދެއްކި ވާހަކަތައް  އަހަރެންގެ ކަންފަަތައް ތަކުރާރުކޮށް އަޑު އިވިއިވި ހުއްޓެވެ. ނުވަމަސް ވަންދެން އަހަރެންނާއި  އަދީލް ހާދަދިގު އިންތިޒާރެއް އެ ދަރިފުޅަށްޓަކައި ކުރީމެވެ. ދަރިފުޅު ދުނިޔެއައް ގެނައުމަށްޓަކައި ހާދަ ވޭނެއް ތަހައްމަލް ކުރީމެވެ. ލޯބިން އުރާލައި އުފާވެރި ދުވަސްތަކެއް ހޭދަކުރެވޭނެ ކަމުގައި ފޮނި އުއްމީދުތައް ކުރީމެވެ.

އެތައްރޭގެ ނިދި ނަގާލީމެވެ.ނުވަމަސް ދުވަސް ނިމިގެން އުފާވެރި ދުވަސްތަކަކައް އަލިވިލޭނެ ކަމަށް އުއްމީދު ކުރީމެވެ.ދަރިފުޅާއި އަދީން އާއިއެކު ރީތި އުފާވެރި ހަޔާތެއް ވޭތުކުރެވޭނެކަމުގައި ހީކުރީމެވެ. ނަމަވެސް ތަގުދީރުގެ ނިޔާ އަހަރެން ނުވަމަސް ވަންދެން ދެކުނު ހުވަފެންތައް ވިއްސިވިހާލި ކޮށްފިއެވެ. ނުވަމަހުގެ ވޭނާއި ކެކުޅުން ނިމިގެން ދިޔައީ އަހަރެންގެ ހިތް ފޮތިފޮތި ކުރުވާފައެވެ.ޝަކުވާކުރާކަށް ނެތީމެެވެ.މާތްﷲގެ  އިރާދަފުޅުން އަދި ނުވަމަސް ފަހުން ދަރިޔަކު  އަހަންނާއި އަދީން އަށް ދެއްވާނެ އެވެ. އަހަރެން  އުއްމީދު ކަޑައެއް ނުލާނަމެވެ.މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ.

 

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ވާލޯބި އެނގޭނަމަ…(6)

Next

މިހިތުންނުފިލާނޭ … (7)

Next
May 16, 2020

މިހިތުންނުފިލާނޭ … (7)

Previews
May 16, 2020

ވާލޯބި އެނގޭނަމަ…(6)

6 Comments!

  1. 3221 says:
    May 16, 2020 at 2:53 am

    Dr liyaa konme vhk ehvx v v hurt touching…heevani hama ahunge feelings thah express kohdhyfa hunnahen..Masha Allah..v v v vx reethi….ehn vhk eh kiyaalan libeynekamah ummydhukuran….bst wishes frm me…stay home stay safe❤

    1. Fathimath Athifa Hussain says:
      May 22, 2020 at 2:14 am

      Thanks dear it means a lot!!
      Insha Allah soon i will be back with a new story!!
      stay safe and stay home❤

  2. Liyaa says:
    May 16, 2020 at 10:32 am

    Mashaa allah v v reethivaahaka keep it up

    1. Fathimath Athifa Hussain says:
      May 22, 2020 at 2:15 am

      Thanks Liyaa❤

  3. Anonymous says:
    May 16, 2020 at 2:40 pm

    V vvvvvvvvv kamudhey u ge stories. Masha Allah❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Stay home
    Stay safe

    1. Fathimath Athifa Hussain says:
      May 22, 2020 at 2:16 am

      Thanks Dear
      stay home stay safe❤❤

Comments are closed.


All Right Reserved!