ދެފައި ތުރުތުރު އަޅައިގަތީ އޭނާއަށް ވެފައި އޮތް ގޮތް ފެނުނީމައެވެ. މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. ބޮލަށް އެނބުރުން އަރައިގެން ފަހަތަށް ވެއްޓެން ދާން އުޅޭހެންވެސް ހީވިއެވެ. ނަމަވެސް މިއިން އެއްވެސް ލިސާނެއް އަހަރެންގެ މޫނުމަތިން ނުދައްކާވޭތޯ މަސައްކަތް ކުރީމެވެ. އެކަން ކާމިޔާބުވެސް ކުރީމެވެ. އާދައިގެ އަސަރެއް މޫނުމައްޗަށް ވެރިކުރުވައިގެން ކުޅުންތެރިން އެއްވެފައި ތިބި ތަނާ ކައިރިވެލީމެވެ. އަމިއްލަ ނަފުސާމެދު ހިތުން ފަހުރުވެރިވެ އުފާކުރާ ހާލުއެވެ. ބޭރުފުށުން އާދައިގެ އަސަރެއް، ފެންނަ މީހަކަށް […]
ފާރިޝް މިދިލިގަހެއްގައި ލެނގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ. އެ ވޭނީ އިޙްސާސްތައް މުޅިހަށިގަނޑުގަވެސް ކުރާކަހަލައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެއެވެ. ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއްނޫނެވެ. މާޒީ ގެ ސަފުހާތަކަށް އެއްލެމުންދިޔަ ވަރަކަށް ފާރިޝްގެ ކޯތާފަތުން ފާބަމުން ދިޔަ ކަރުނަތައް އައީ ގިނަވަމުންނެވެ. މީގެ 1 އަހަރު ކުރިއެވެ. މުޅި ހޯލުތެރޭގައި ވަނީ ތަރުހީބުގެ އަޑެވެ. މި އަޑު ރައްދުވައި ފަރާތަކީ ފާރިޝްއެވެ. ސާނަވީ […]
ފިރުޝާން މިދިލިގަހެއްގައި ލެގިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވެފައިވާ އޭނާގެ ހަޔާތާމެނދުގައެވެ. އެ ވޭނީ އިހްސާސްތައް މުޅި ހަށިގަނޑުން ވެސް ކުރާކަހަލަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި އިޙްސާސެއް ކުރެވޭނެ ކަމެކެވެ. އެޅުނު ކަތިފިޔަވަޅެއްގެ ސަބަބުން ފިރުޝާންއަށް ވަނީ އޭނާގެ ދިރިހުރުމުގެ މަގުސަދު ހަދާންނެތި ފައެވެ. އުންމީދުގެ ހުޅުކޮޅު ނިވިފައެވެ. އެހެން ހުއްޓާ އޭނާގެ މާޒީގެ ސަފްޙާތައް އޭނާގެ ކުރިމަތީގައި […]
ފިރުޝާން މިދިލިގަހެއްގައި ލެގިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވެފައިވާ އޭނާގެ ހަޔާތާމެނދުގައެވެ. އެ ވޭނީ އިހްސާސްތައް މުޅި ހަށިގަނޑުން ވެސް ކުރާކަހަލަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި އިޙްސާސެއް ކުރެވޭނެ ކަމެކެވެ. އެޅުނު ކަތިފިޔަވަޅެއްގެ ސަބަބުން ފިރުޝާންއަށް ވަނީ އޭނާ ދިރިހުރުމުގެ މަގުސަދު ހަދާންނެތި ފައެވެ. އުންމީދުގެ ހުޅުކޮޅު ނިވިފައެވެ. އެހެން ހުއްޓާ އޭނާގެ މާޒީގެ ސަފްޙާތައް އޭނާގެ ކުރިމަތީގައި އެކި […]
ޑޮކުޓަރުކަން ކިޔަވަން ޗައިނާއަށް އަހަރެން ދިޔައީ ހިތާދެކޮޅަށެވެ. ލޯބިވާ މައިރާއާއި ދުރުގައި ހުންނަންޖެހޭތީއެވެ. އެހެނަސް ހިތްވަރުލައި ކިޔެވުމަށް އަހަރެން ފުރީމެވެ. އުއްމީދަކީ ކިޔެވުން ނިއްމާލުމަށްފަހު މާލެއައިސް މައިރާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުމެވެ. މައިރާވެސް ބޭނުންވާގޮތަކީ އެއީއެވެ. ޗައިނާއަކީ އަހަންނަށް ވަރަށް އާގައުމެކެވެ. އެހެނަސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގެ މާހައުލަށް މަޑުމަޑުން އަހަރެންދިޔައީ ހޭނެމުންނެވެ. ކިޔެވުން ފެށުމާއެކު އުޅެންޖެހުނީ ވަރަށްވެސް ބުރަކޮށެވެ. ދުވާލުދާ ހަތަރުދަމު ކޮލެޖުގައި ހޭދަކުރުމަށްފަހު ނިދާލަން ލިބެނީ ދެގަޑިއިރެވެ. ރޭގަނޑުގެވެސް ބޮޑުބައި ހޭދަވަނީ ފިލާވަޅު […]
އެއީ 2012 ވަނަ އަހަރުގައި އައި ޚާއްސަ ދުވަހެކެވެ. ދިރިއުޅުން މާލެއަށް ބަދަލު ކުރިފަހުން އައި އުފަން ދުވަހެވެ. އުމުރުން 18 އަހަރު ފުރުނު އެ ދުވަހަކީ އަލަށް ވެސް އަހަރެން ފޭސްބުކް އެކައުންޓެއް ހުޅުވި ދުވަހެވެ. އަހަރެންގެ ރީތި ފަހުގެ ފޮޓޯތައް އަޕްލޯޑްކޮށް، “ޕްރޮފައިލް” ތަރުތީބުކޮށް ފުރިހަމަކުރީމެވެ. ފޮޓޯތައް އަޕްލޯޑް ކުރުމަށްފަހު އެ ދުވަހު ކޮލެޖަށް ގޮސް، ކޮލެޖް ރައްޓެހިންނަށް ފޭސްބުކް އައިޑީ ދިނީމެވެ. ވަރުވަރުން އެ ދުވަހު “ފްރެންޑް ރިއުކެސްޓް” ތައް އަޔެވެ. އެހެންވެގެން […]
އާފާގް އަހަރެންގެ ހަޔާތައްއައީ ނަޔާ ބަހާރެއް ފަދައިންނެވެ. އަހަރެންގެ ދަރިފުޅު ނާވީއަށް އުނިވި ބައްޕައެއްގެ ލޯބި އާފާގް ދެނީ ފުރިއިތުރުވާ މިންވަރަށެވެ. އަހަރެންނަކީ މިހާރު ކާމިޔާބު ނަރުހަކީމެވެ. އާފާގް އަހަންނަށްދިން އިހުތިރާމާއި ލޮތްބަކީ ދުވަހެއްގެ ކޮޅުންވެސް ބަދަލު ދެވޭނެފަދަ ކަންތައްތަކެއް ނޫނެވެ. ނާވީ ނިންދަވަން އަހަރެން އިނީ ގޭގެ ޓެރަހުގަ ހުރި ކުޑަ އުނދޯލީގަ އެވެ. ޖެހިލާ މަޑުވަ އިރޯޅި އިން މޭގައި ފިނިފެން އެއްޗެއް އަޅާލާ ކަހަލައެވެ. އުޑުމަތީގައި ރަސްކަންކުރަމުންދާ ތަރިތައް ފެނި އަހަރެންގެ ހިތައް […]
މެލޭޝިޔާގައި ހަތްއަހަރު ހޭދަކުރުމަށްފަހު ސެހެރު ރާއްޖެއައުމަށް ދަތުރުފެށިއެވެ. ދަތުރުމަތީގައި މުނިފޫހި ފިލުވައިލުމަށް ވާހަކަފޮތް ކިޔައިއުޅުމަކީ ސެހެރްގެ އާދައެވެ. އެހެނަސް މިދިގު ދަތުރުގެ ސެހެރްގެ މިތުރަކަށްވީ ސެހެރް ލިޔެ ރައްކާކޮށްގެން ގެންގުޅޭ އޭނާގެ ޑައިރީއެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން ސެހެރް ޑައިރީގެ ފުރަތަމަ ސަފްހާ ހުޅުވާލިއެވެ. ކަޅާ ނޫކުލައިގެ ދެލިން ލިޔެފައި އެވަނީ އޭނާގެ ހަޔާތުގެ ނާމާއެވެ. ހިތާމަޔާއި އުފަލާއި މަޖަލުގައި ހޭދަކުރި ދުވަސްތަކެވެ. ސެހެރްގެ ލޮލަށް މާޒީގެ ސަފްހާތައް ފިލްމެއްގެ މަންޒަރެއް ފަދައިން ފެންނަފަދައެވެ. ސެހެރްއަކީ ނަވާލްއާއި […]
އަހަންނަކީ މިހާތަނަށްވެސް އެންމެންގެ ލޯބި ލިބިގެން ބޮޑުވަމުން އައި ކުއްޖަކީމެވެ.އެންމެ މީހެއްގެ ލޯބި ފިޔަވައެވެ. އެ މީހެއްގެ ލޯތްބަށްޓަކައި މުޅި އުމުރު އިންތިޒާރު ކުރަމުން އައި ހަމަ އެކަނި ލޯތްބެވެ.އަހަރެންގެ މަންމަގެ ލޯތްބެވެ. 15 އަހަރު ވީ އިރު، ދުވަހަކުވެސް އެ ލޯބި އިހްސާސް ކޮށްލުމުގެ ނަސީބެއް ނުލިބެއެވެ. އެންމެ ދުރު ހަނދާނަކަށްވެސް ހުންނަނީ މަންމަގެ ރުޅިވެރި ނަޒަރާއި އަވަގުރާނަ ގޮވުންތަކެވެ.ހިތް ރޮއްވާލާ ފަދަ ބަސްތަކެވެ.ލޯބިން ދަރިފުޅާއޭ ކިޔާފައި ގޮވާލި ދުވަހެއް ކީއްކުރަން ހެއްޔެވެ؟ރުހުމުގެ ލޮލަކުން އަހަންނާއި […]