Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

މޮޔަ ވިސްނުން

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
October 23, 2020 3 Mins Read
1 Comment

ދެފައި ތުރުތުރު އަޅައިގަތީ އޭނާއަށް ވެފައި އޮތް ގޮތް ފެނުނީމައެވެ. މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ. ބޮލަށް އެނބުރުން އަރައިގެން ފަހަތަށް ވެއްޓެން ދާން އުޅޭހެންވެސް ހީވިއެވެ. ނަމަވެސް މިއިން އެއްވެސް ލިސާނެއް އަހަރެންގެ މޫނުމަތިން ނުދައްކާވޭތޯ މަސައްކަތް ކުރީމެވެ. އެކަން ކާމިޔާބުވެސް ކުރީމެވެ. އާދައިގެ އަސަރެއް މޫނުމައްޗަށް ވެރިކުރުވައިގެން ކުޅުންތެރިން އެއްވެފައި ތިބި ތަނާ ކައިރިވެލީމެވެ. އަމިއްލަ ނަފުސާމެދު ހިތުން ފަހުރުވެރިވެ އުފާކުރާ ހާލުއެވެ. ބޭރުފުށުން އާދައިގެ އަސަރެއް، ފެންނަ މީހަކަށް ދައްކަމުންނެވެ. ނަމަވެސް އަހަރެންގެ އެތެރެ ހަށީގައި އަނދަމުން ދަނީ ލެއިން ތަތްތެޅިފައިވާ އޭނާއާ މެދު ނަފުރަތާއި ހަސަދަވެރިކަމުގެ އަލިފާނެވެ.

އާއެކެވެ. އަހަރެން ބާރުބާރަށް ފައިން ޖެހި ބޯޅަ ގޮސް އެޖެހުނީ އަހަރެންނަށް ބޮޑު އުނދަގުލަކަށްވި މީހެއްގެ މޫނުމަތީގައިއެވެ. ނޭފަތް ފަޅައިގެން ގޮސް ލޭތައް ރޮނގަކަށް ފައިބަމުން އެދިޔައީ އަހަރެންނަށް ވުރެ މޮޅުވާން އަބަދުވެސް މަސައްކަތް ކުރާ މީހެއްގެއެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭގެ ކޯރެއް އެމީހެއްގެ ކައިރީގައި ހެދިފައިވާ އެމީހަކީ އަބަދުވެސް އަހަރެން ދަށް ކޮށްލުމަށް ފޯރިއާއިއެކު މަސައްކަތް ކުރާ މީހެކެވެ. އެމީހަކަށް އަހަރެން މިހެދީ މީގެ އެތައް ޒަމާނެއް ކުރިން އަހަރެން ހަދަން ބޭނުންވި ގޮތެވެ. ހިތުގައި ހިފަހައްޓައިގެން ހުރި ރުޅި ބޭލުނީ އަދިއެވެ.

އަހަރެންނަކީ އަބަދުވެސް ފުޓްބޯޅަ މުބާރާތްތަކުގައި ބައިވެރިވެ އެ މުބާރާތްތަކުން ރަންވަނަ ހޯދުމަށްފަހުގައި ނޫނީ ދޫކޮށްނުލާ މީހެކެވެ. އަދި އަހަރެންގެ މިއެދުން މަދުފަހަރެއްގައި ނޫނީ ކާމިޔާބުވެއެވެ. ނަމަވެސް އަހަރެންގެ މި ބޮޑު އުފަލަށް ބޮޑު ހިޔަންޏެއް އެޅިގެން ދިޔައީ އޭނާ މުބާރާތުގައި ބައިވެރިވެ އަހަރެންނަށްވުރެ މޮޅަށް ކުޅެން ފަށައި ރަންވަނަތަކެއް ހޯދަން ފެށީމައެވެ. ނަމަވެސް މިކަން މިގޮތަށް ވާން އަހަރެން ދޫކޮށްލަދާނެ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންނަށް ލިބެން ޖެހޭ ހައްގެއް ހޯދައިފައި މެނުވީ ހުއްޓާނުލާނެކަން އަހަރެން އަބަދުވެސް ވިސްނަމެވެ. އެހެން މީހަކަށް މޮޅެއް ލިބި އަހަރެންނަށް ދެރަ ލިބޭތަން ދެކެން އަހަރެންނަކަށް ނުހުރެވޭނެއެވެ.

އަހަރެންގެ ޓީމާ އެއްކޮށް އޭނާގެ ޓީމު މިފަހަރުވެސް ކުޅެން ލިބުމުން އަހަރެންނަށް ހީވީ ދުނިޔެވެސް ރަންވިހެންނެވެ. މީގެ އެތައް ދުވަހެއް ކުރިން ހިތުގައި ލިޔެލައިގެން ހުރި ކަންތައް ކުރުމަށް ނިންމީމެވެ. އެއީ އޭނާއަށް ދެން ދުވަހަކުވެސް ފުޓްބޯޅަ ނުކުޅެވޭ ގޮތް ހެދުމެވެ. މިއަދު އަހަރެންގެ މި ބޮޑު އަމިއްލަ އެދުން ހާސިލްވީއެވެ. މުޅި ދުނިޔެވެސް އަދި އަހަރެން ފައިން ޖެހި ބޯޅަވެސް ހީވީ އަހަރެންނާއެކު އުފާކުރާ ހެންނެވެ. މިއީ އަހަރެންނަށް ލިބުނު ބޮޑު އުފަލެކެވެ. ހަމަޖެހުމެކެވެ.

އޭގެ އަނެއް ދުވަސް އަދި އަހަރެންނަށްވީ މާ އުފާވެރި ދުވަހަކަށެވެ. ލިބުނު ހަބަރެއްގެ ސަބަބުންނެވެ. އާއެކެވެ. އޭނާގެ ބޮލަށް ލިބުނު ގެއްލުމާ ގުޅިގެން މިދުނިޔެ ދޫކޮށް ދިޔައީއެވެ. އޭރުވެސް އަހަރެންނަށް މިކުރެވުނީ ކިހާވަރެއްގެ ކޮންކަހަލަ ކަމެއް ކަންވެސް ނޭނގެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެންގެ ހަޔާތަށް އަންނަން އުޅޭ ބޮޑު ތޫފާނުގެ ހިލަމެއްވެސް ނުވާ ހާލު އަހަރެން ދުވަސްތައް ހޭދަކުރަމުން ދިޔައީ އަމިއްލަ އެދުމާއިގެން ފޯވެ ހުރެއެވެ.

ތުންފަތުގައިވާ ހިނިތުންވުން ކަންފަތާއި ހަމައަށް ދަމައިލައިގެން ދެލޮލުން ވެސް އަހަރެންގެ އުފާވެރިކަން ދައްކަމުން މަގުމަތީގައި ހިނގަމުން ދިޔައިރު އެތައް ބައެއް އަހަރެންނާ ދިމާލަށް ބަލައި ތުންތަޅުވާތަން ފެނެއެވެ. ނަމަވެސް އެކަންތައް ފެންނަ ކަމަށްވެސް ހަދައި ނުލަމެވެ. މަޑު ހިނުމެއްގައި ހިނގާފައި ގޮސް ގުރޫޕެއްގެ ކައިރީގައި މަޑުކޮށްލައި ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުންވެލީމެވެ. ނަމަވެސް އެއިން އެކަކަށް ވެސް އަހަރެން އެތަނުގައި ހުރިކަން ނޭނގޭ ފަދައެވެ.

”ތިޔައީ މީހުން މަރާ މީހެއް. އަމިއްލަ އެދުމާއިގެން ފޯވެފައި ހުރި މީހެއް..” އެތަނުން އެކަކު އަހަރެންނާ ދިމާލަށް އިނގިލި ދިއްކޮށްފައި އެތަނުން ދިޔުމަށް ހިނގައިގަތެވެ. އެވަގުތު ފުރަތަމަ ފަހަރަށް އަހަރެންނަށް ކުރެވުނު ކަންތައް އިހުސާސް ކުރެވުނެވެ. މޮޔަ ހިތަށް އަރަން ފެށިއެވެ. ނަމަވެސް ސިކުނޑި އެކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

”މީހުން މަރާ މީހުންނަށް އޮތީ މިނިވަންކަމެއް ނޫން. ޖަލު. ކުޑަ ގޮޅި. ތިކަހަލަ މީހުން މުޖުތަމައުއަށް ދޫކޮށްލުމަކީ ބޮޑު ބިރެއް. އަމިއްލަ އެދުމާއިގެން ފޯވިޔަސް ތިއީ ތަންކޮޅެއް ބޮޑުވަރު.” އަހަރެންގެ ހިތަށް ހީވީ ޒަލްޒަލާއެއް އައި ހެންނެވެ. ބޮލުގައި ހީވީ ނަގޫރޯޅިއެއް އުފެދެން ފެށި ހެންނެވެ. މީހުން ކިޔަމުން ދިޔަ ތަކެތި ގަބޫލުކުރަން ދަތިވިއެވެ. ވާނީވެސް އެހެން ނޫންތާއެވެ. އެއީ އަހަރެންނާއިއެކު ވަގުތުތައް ހޭދަކުރި އަހަރެންގެ އެންމެ ގާތް މިތުރުންނެވެ.

އަހަރެން އެތަނުގައި ހުރި ފިޔަވަޅުމަތީ ހުއްޓާ ފުލުހުންގެ ކާރު އެތަނަށް އައިސް މަޑުކޮށްލާމުއެކު އަހަރެންގެ ހިތުގެ ހިނގުމަށްވެސް ހީވީ މަޑުޖެހުމެއް އައި ހެންނެވެ. އެއްވެސް އެއްޗެކޭ ނުބުނެ އެމީހުން އަހަރެން ގޮވައިގެން ދިޔައީ ފުލުހުންގެ އޮފީހަށެވެ. އެދުވަހަކީ ފުރަތަމަ ފަހަރަށް ކުރެވުނު ކުށާ މެދު އަހަރެން ހިތާމަކޮށް ރުއި ދުވަހެވެ. ހިތަށް ތޫނު ހަންޖަރެއް ހަރާލާފައިވާ ފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ.

ދުވަސްތައް އޭގެ އެންމެ ލަސް މިނުގައި އަހަރެންނަށް ހިނގަމުން ދިޔައީ ލިބެމުން ދިޔަ އަނިޔާތަކަށް ކެތް ކުރަމުންނެވެ. މި އަނދިރި ޖަލުގެ ތޭރިތަކުގައި ކުރިއަށް އޮތް ފަނަރަ އަހަރު ހޭދަ ކުރަން މިޖެހުނީ އަހަރެންގެ މޮޔަ ކަމުންނެވެ. އަހަރެންގެ މޮޔަ ވިސްނުމުންނެވެ. ތިމާ ވިސްނާ ގޮތަކީ ތިމާއަށް ބަދަލު ގެނެސްދޭ ކަމެއްކަން މިއަދު މި ޖަލުގެ ތޭރިތަކުގެ ސަބަބުން ވިސްނިއްޖެއެވެ. އެހެން މީހަކަށް ހަސަދަލައި އަނިޔާއެއް ދިނުމަކީ ކިހައި ނުބައި އަދި ދަށް ފެންވަރުގެ ކަމެއްކަން ވެސް ދަސްވެއްޖެއެވެ. ނަމަވެސް ހިތާމައަކީ މިއަދު އޭނާގެ ކައިރިން މައާފަށް އެދުމަށް ފުރުސަތު ލިބެން ނެތް ކަމެވެ. ނަމަވެސް އަހަރެން ތައުބާ ވާނަމެވެ. މޮޔަ ވިސްނުންތައް ދޫކޮށްލާނަމެވެ. އަހަރެންގެ މި ނުބައި އާދަ ކަނޑުވާލާނަމެވެ. މޮޅު ކުޅުންތެރިއަކަށް ވެވުނު ނަމަވެސް އެހެން މީހަކާ މެދު ބޮޑާވުމަކީ އަހަރެންގެ އެންމެ ބޮޑު ކުށެވެ. އަހަރެން އަޒުމެއް ކަނޑައެޅީމެވެ. މި ޖަލުން ނުކުމެގެންދާނީ އަހަރެންގެ ހުރިހާ ނުބައި އާދަތަކާއެކު މޮޔަ ވިސްނުންތައްވެސް ދޫކޮށްލާފައެވެ.

~ ނިމުނީ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނޭދެމޭ ވަކިވުމެއް-21

Next

ހިތި ނިމުން 8

Next
October 23, 2020

ހިތި ނިމުން 8

Previews
October 23, 2020

ނޭދެމޭ ވަކިވުމެއް-21

One Comment

  1. ~?~ says:
    October 24, 2020 at 8:13 am

    Yay.. Me first dhw… Vr reethi mi story vx.. Vr ufaa vehjje nafu get story anehkaa vx kiyaalan libunyma… Hope adhi vx vr avahah nafu ge story kiyaalan libeyne kamah… I story vx vr reethi maasha allah

Comments are closed.



All Right Reserved!