އަހަންނަކީ މިހާތަނަށްވެސް އެންމެންގެ ލޯބި ލިބިގެން ބޮޑުވަމުން އައި ކުއްޖަކީމެވެ.އެންމެ މީހެއްގެ ލޯބި ފިޔަވައެވެ. އެ މީހެއްގެ ލޯތްބަށްޓަކައި މުޅި އުމުރު އިންތިޒާރު ކުރަމުން އައި ހަމަ އެކަނި ލޯތްބެވެ.އަހަރެންގެ މަންމަގެ ލޯތްބެވެ. 15 އަހަރު ވީ އިރު، ދުވަހަކުވެސް އެ ލޯބި އިހްސާސް ކޮށްލުމުގެ ނަސީބެއް ނުލިބެއެވެ. އެންމެ ދުރު ހަނދާނަކަށްވެސް ހުންނަނީ މަންމަގެ ރުޅިވެރި ނަޒަރާއި އަވަގުރާނަ ގޮވުންތަކެވެ.ހިތް ރޮއްވާލާ ފަދަ ބަސްތަކެވެ.ލޯބިން ދަރިފުޅާއޭ ކިޔާފައި ގޮވާލި ދުވަހެއް ކީއްކުރަން ހެއްޔެވެ؟ރުހުމުގެ ލޮލަކުން އަހަންނާއި […]