ހަވީރުގެ ވަގުތެވެ. އޮއްސެމުން ދިޔަ އިރަށް ބަލަހައްޓައިގެން އިން 21 އަހަރުގެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސްއެއްގައި އިންއިރު ކަޅުކުލަ ގަދަ އެއިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. އެދޮން ކޯތާފަތުގައި ފިރުކެމުންދާ ކުދި ކަރުނަ ތިކިތައް އަތުގެ ނުފުށުން ފޮހެމުން ދިޔައިރު ފެންނަ ކޮންމެ މީހަކު އެކުއްޖާއާއި ދިމާލަށް ބަލައިލަނީ ހަމްދަރްދީގެ ނަޒަރުންނެވެ. ނަމަވެސް އެކުއްޖާ އިނީ މާޒީގެ ހިޔާލުތަކަށް ގެއްލިފައެވެ. އުމުރުން އެންމެ 11 އަހަރުގައި ހިނގި […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ ލޯބިލޯބި ނުހާ ޔަތީމުވީއެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމްވީއެވެ. މިކަމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އަހަރެންނެވެ. އެއީ އަހަރެންގެ ބޯހަރުކަމުގެ ނަތީޖާއެވެ. ނުހާގެ ބައްޕައަކީ އެއް އިރެއްގައިވެސް އަޚްލާޤު ރަގަޅު މީހެއްނޫނެވެ.އޭނާގެ ރީތީ ހަމައެކަނި ބޭރުފުށެވެ.ރަށުގެ ހުރިހާ ޖިންސުއްލަތީފުން މަށަށްމަށަށް ގޮވަމުން ހަސަން ފަހަތުން ދުވަންޖެހުނު ސަބަބަކީ އެއެވެ. ހަސަންއަކީ ރީތި ފިރިހެނެކެވެ.ތުނިކޮށް ކޮށާލާފައިވާ ކަޅުކަންގަދަ ތުނބުޅި އިތުރު ރީތިކަމެއް ގެނެސްދެއެވެ.މޭމަތީގެ ތަނަވަސްކަމާއި،ފުޅާ ބާމަތީގެސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.ހަސަނަށް ލިބިފައިވަނީ ވަރަށް […]
ނަރުސްކަން ކިޔަވައިގެން އަހަރެން ބަދަލްވީ އުފަން ރަށް ކަމުގައިވާ ހދ.ކުޅުދުށްފުއްޓަށެވެ. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިޔަށް ވުމުން އެދެމީހުންގެ ބަހަށް އަހަރެން އަބަދުވެސް ކިޔަމަންވަނީ ލޮތްބާއި އިހުތިރާމާއި އެކުގައެވެ. އަހަރެމެންގެ ގޭގައި ތިބެނީ ފަސްކުދިންނެވެ. ބައްޕައާއި މަންމަ އަދި ބޭބެމެން އަހަރެންދެކެ އިންތިހާޔަށް ލޯބިވެއެވެ. ރަށަށް ބަދަލުވިތާ ދެހަފުތާ އެއްގެތެރޭ ރަށު ހޮސްޕިޓަލުން އަހަރެންނަށް ވަޒީފާ ހަމަޖެހުނެވެ. އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ. ކުޑައިރުގެ ރަހުމަތްތެރިންނާއި އަލުންގުޅުން ބަދަހިވިއެވެ. ޑިއުޓީ ނިއްްމުމަށްފަހު އެއްކޮއް ކާންދިޔުމާއި […]
(މިއީ އަހަރެންގެ މާޒީގައި ހިނގާފައިވާ ހަޤީޤީޙާދިސާއެކެވެ. އުންމީދަކީ ތިޔަ އެކުވެރިންނަށް ޢިބްރަތްތެރި ފިލާވަޅެއް މި ވާހަކައިން ޙާސިލްވުމެވެ. .) އަހަންނަކީ މީގެ ހަތަރު އަހަރު ކުރިން ވަރަށް ގިނައިން ފުންފަތުގެ އިސްތިޢުމާލު ކުރި އުމުރުން 33 އަހަރުގެ ފިރިހެނަކީމެވެ. ބޯކަށް ވަކި ވައްތަރެއް ނުބަލަމެވެ. އަތުގައި ގިނައިން ލާރި ހުންނަ ދުވަސްކޮޅެއް ނަމަ ރެއަކާއި ދުވާލެއްގެ މައްޗަށް ފޮއްޓެއް ބޮއެ ހުސްކޮށްލަމެވެ. ހެނދުނު ނިދާ ތަންމަތީގައި އޮވެ ދެލޯ ހުޅުވަނީވެސް ބާލީސް ދަށަށް ލީ ސިނގެރޭޓް ފޮށިން […]
ހަޅޭލަވަމުން ތެޅެމުން ފޮޅެމުން އަންހެންކުއްޖަކު މަގުމައްޗަށް ނުކުތެވެ. ބާރުދުވެލީގައި އައިކާރުގައި ޑްރައިވަރަކަށް އިން އަހުމަދަށްވެސް އެކުއްޖާ ކާރުގެ ކުރިމައްޗަށް އެރުމާއި އެކު ފައިން އޮބާލެވުނީ ރޭހަށެވެ. އެއާއި އެކު ފުންމައިގެން ދިޔަކާރުންޖެހިފައި އެކުއްޖާ ވެއްޓުނީއެވެ. އަހުމަދަށް ކާރު ކޮންޓްރޯލް ކުރެވުނި އިރު އެއަންހެންކުއްޖާ އޮތީ ކާރުގެ ދަށުވެފައެވެ. ކާރުން ފޭބި އަހުމަދަށް ފެނުނީ އަންހެންކުއްޖާ ނުކުތް ގޭގެ ދޮރުން ފިރިހެނަކު ދުވެފައި ނުކުމެގެން އައިތަނެވެ. މޫނު ނިވާކޮށްފައި ހުރި އެމީހާގެ ފަހަތުން ކެމެރާއެއް ހިފައިގެން ހުރި އަންހެންކުއްޖަކުވެސް […]
އޭނާ ހަމަ ފެނުމާއެކު އަހަރެން ކުރި ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. އެކަމަކު އޭރު ވަގުތު ވަނީ ފާއިތު ވެފައެވެ. ނަމަވެސް އަހަރެންގެ މި މޮޔަ ހިތް އޭނާއަށް މާފުކުރީ ހިތުން ރުހުމުއެވެ. އެނާ އެބުރި އެއައީ އަހަރެންގެ މުޅި ދިރިއުޅުން އެފުއް މިފުށަށް ޖަހައި ފައި ކަން އެގިހުރެވެސް މެއެވެ. ދުނިޔޭގައި ކަން ހިގާ ގޮތް ނިކަން ދެކިބަލާށެވެ. ތަޤްދީރުގެ ނިޔާ އެކަކަށް ވެސް ބަދަލެއް ނުކުރެވޭނެއެވެ. ހަމަ ގައިމު ވެސް އަހަރެން އޭނާ ދެކެ […]
މިއަދަކީ ފަސް އަހަރު ވަންދެން ޑޮކްޓަރުކަން ކިޔެވުމަށް މެލޭޝިޔާގައި ހުރުމަށްފަހު މާލެއައިސް ބަލިމީހުންނަށް ޚިދުމަތް ކުރުމުގެ ވާޖިބު އަދާކުރުމަށް ފާރިހު ހޮސްޕިޓަލަށްއައި ފުރަތަމަ ދުވަހެވެ. އެހެންކަމުން ފާރިހު އަވަސްވެގަތީ ވޯޑްގައި ތިބި ބަލިމީހުންގެ ހާލުބެލުމަށެވެ. ވޯޑަށް ވަދެވުމާއިއެކު ފާރިހުގެ ނަޒަރު ހުއްޓުނީ ވޯޑްގެ އެއްފަރާތެއްގައި ބަހައްޓާފައިހުރި އެނދެއްގައި އޮތް ޒުވާން އަންހެންކުއްޖާއަށެވެ. އެއަންހެންކުއްޖާ ހީވަނީ އެތައްއަހަރެއްވަންދެން ބަލިވެއުޅެފައިވާ ކުއްޖެއްހެންނެވެ. ހަށިގަނޑު ވަނީ ހިކިއަނަރޫފަވެފައެވެ. ގިނަދުވަސްތަކެއްގައި ހިތާމަކުރުމުގެ ސަބަބުން ދެލޯކައިރި ކަޅުވެ މީހާގެ ސިފަ ވަކިކުރަންވެސް ނޭނގޭއެވެ. އޭރުވެސް […]
– “ބޭބޭ..އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން މިވަނީ މާޔޫސްވެފައި. ދިރިއުޅުމާއި މެދު އުންމީދުގެއްލިފައި. އަހަރެންކުރި ފާފައިގެ ޖަޒާ ދުނިޔެމަތިން ދައްކަވައިފި. އަހަންނަށް އުޅެވުނީ ހާދަ ނުބައިކޮށޭ. ކުށެއްނެތް މަޢުސޫމު ފުރާނަތަކެއް ނަގާލެވުނީ. ކާކު އަހަރެން ކަހަލަ މީހަކަށް މަޢާފު ދޭނީ؟ ކާކު އަހަރެން ބަލައިގަންނާނީ؟ ކިހިނެއް ކޮން ޙައިސިއްޔަތަކުން އަހަރެން މީހަކަ ހަތަރުކަޅި ހަމަކުރާނީ؟ އަހަރެން މިވަނީ ދިރިއުޅުމުގައި ދާންވީ މިސްރާބުގެއްލި ހުންގާނު އަނބުރާލާނެ މަންޒިލެއް ނޭންގިފައި. ކޮންމެ އައްސޭރިޔަކަށް ލެއްގިޔަސް ނަފްރަތުގެ ދިލަ ހޫނުން އަހަރެން […]
މީހުން ބުނާތީ އަޑުއަހަމެވެ. ފުރަތަމަ ނަޒަރުންވާ ލޮތްބަކީ އަބަދަށް ދެމިގެންވާ ބަދަހި ގުޅުމެއް ނޫނެވެ. މީހަކަށް ތިމާގެ ހިތް ދޭންޖެހޭނީ ވަރަށް ވިސްނާފައެވެ. އެހެންނޫނީ ގިނަފަހަރަށް އޮންނާނީ ތިމާގެ ހިތް ކުދިކުދިވެފައެވެ. އެހެނަސް އަހަރެންނަށް މިވާހަކަ ގަބޫލުކުރެވޭކަށްނެތެވެ. މެލޭޝިޔާގައި މީޑިޔާގެ ދާއިރާއިން މާސްޓާސް ހާސިލްކުރުމަށްފަހު އަހަރެން އެނބުރި މާލެއައީމެވެ. ކުޑައިރު ދެކުނު ހުވަފެނުގައި ކުލަޖެހުނީތީ އަހަރެން ހުރީ ވަރަށްވެސް އުފަލުންނެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ވަރަށްވެސް ހޫނުމަރުހަބާއެއް އަހަންނަށް ކިޔެވެ. އަހަރެންގެ ގޭގައި އަހަރެންނަކީ މަންމަ […]