ފިރުޝާން މިދިލިގަހެއްގައި ލެގިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވެފައިވާ އޭނާގެ ހަޔާތާމެނދުގައެވެ. އެ ވޭނީ އިހްސާސްތައް މުޅި ހަށިގަނޑުން ވެސް ކުރާކަހަލަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި އިޙްސާސެއް ކުރެވޭނެ ކަމެކެވެ. އެޅުނު ކަތިފިޔަވަޅެއްގެ ސަބަބުން ފިރުޝާންއަށް ވަނީ އޭނާ ދިރިހުރުމުގެ މަގުސަދު ހަދާންނެތި ފައެވެ. އުންމީދުގެ ހުޅުކޮޅު ނިވިފައެވެ. އެހެން ހުއްޓާ އޭނާގެ މާޒީގެ ސަފްޙާތައް އޭނާގެ ކުރިމަތީގައި އެކި […]