Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންލޯބި

ހަލާކުގެ މާޒީ

Shaaif Level 1100 Login
October 22, 2020 3 Mins Read
8 Comments

ފާރިޝް މިދިލިގަހެއްގައި ލެނގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ. އެ ވޭނީ އިޙްސާސްތައް މުޅިހަށިގަނޑުގަވެސް ކުރާކަހަލައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެއެވެ. ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއްނޫނެވެ. މާޒީ ގެ ސަފުހާތަކަށް އެއްލެމުންދިޔަ ވަރަކަށް ފާރިޝްގެ ކޯތާފަތުން ފާބަމުން ދިޔަ ކަރުނަތައް އައީ ގިނަވަމުންނެވެ. މީގެ 1 އަހަރު ކުރިއެވެ.

މުޅި ހޯލުތެރޭގައި ވަނީ ތަރުހީބުގެ އަޑެވެ. މި އަޑު ރައްދުވައި ފަރާތަކީ ފާރިޝްއެވެ. ސާނަވީ ތައުލީމުގެ މަރުހަލާ ނިންމުމަށްފަހު ކޮންމެ އަހަރަކުވެސް އިނާމް ދިނުމުގެ ޖަލްސާ ކުރިއަށް ގެންދެވެ. މި ޖަލްސާ ކުރިއަށް ގެންދަނީ އެ ކުދިންގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މިފަހަރުގެ އިނާމް ދިނުމުގެ ޖަލްސާގެ އެންމެ ޝަރަފުވެރި ދަރިވަރަކީ ފާރިޝްއެވެ. އޭނާ ވަނީ އެންމެ މޮޅު ދަރިވަރަކަށް ހޮވިފައެވެ. ފާރިޝްގެ އާއި އޭނާގެ މަންމަ ޒުބޭދާގެ ހުވަފެންތަކުގައި މިއަދު މިވަނީ ކުލަޖެއްސިފައެވެ. ހަގީގަތަކަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން ފާރިޝް އަށް މާލެގޮސް 11 އަދި 12 ކިޔެވުމުގެ ފުރުސަތުވަނީ ލިބިފައެވެ. އޭނާގެ އުމުރުން 5 އަހަރުގަ ބައްޕަވަނީ ނިޔާވެފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ފާރިޝްގެ މަންމަ ވަނީ ހުރިހާ ތަކެއްޗެއް ވެސް ހޯދަދީފައެވެ. ޒުބޭދާގެ ފާރިޝްގެ އިތުރުން ދޮށީ އަންހެން ކުއްޖަކު ހުރެވެ. މީހަކާ އިދެގެން ދިރިއުޅުން ނަތާ ވަނީ އެހެން ރަށަކަށް ބަދަލުކޮށްފައެވެ. ފާރިޝްގެ ދޮންތައަށް މި ހަބަރު ދިނުމުން އޭނާގެ ދޮންތަ މަރުހަބާކިޔެވެ. އަދީ އެތައް ނަސޭހަތެއް މާލެދާން އުޅުމުން ދިނެވެ. މަންމަ ވެސް ވަރަށް ނަސޭހަތްދިނެވެ. ކޮންމެއަކަސް ފާރިޝް މާލެ ދާން 1 ދުވަހަށް ވެއްޖެވެ. މަންމަ އަވަދިނެތި ފާރިޝްގެ އެއްޗެހިތައް ފޮއްޓައްއަޅާ ހަދިޔާ ކޮޅެއްވެސް ފޮއްޓެއްގައި ބަންދުކުރިއެވެ . ފާރިޝް އެންމެ އުފާވީ އޭނާގެ ދޮންތަ އާއި ދޮނަތަބެވެސް ވެސް ފުރުވަން އައިމައެވެ.

ކޮންމެ އަކަސް ޖެހިގެން އައި ދުވަހުގެ އިރާއެކު ލޯބިވާ އެންމެންނާ އަލްވަދާއު ކިޔަން ޖެހުނެވެ. ފާރީޝް ފުރުވަން އޭނާގެ ދެތިން ރައްޓެހިން ބޯޓު ކައިރިއަށް އައިސް ތިއްބެވެ. މަންމަ އައި ދޮންތާ އާ ވެސް މެއެވެ. ކޮންމެއަކަސް މާލެއަށް އާދެވިއްޖެވެ. ހަލަބޮލި މާހައުލެކެވެ. ބުރިބުރި އަށް ނަގާފަ ހުރި އިމާރާތް ތަކެކެވެ. މިއީ ފާރިޝްއަށް ކުރިން އާދެވުނު މާލެއެއް ނޫނޭވެ. މަގުމަތީގަވެސް ދުއްވާތަކެތީގެ ބާރުބޮޑެވެ. ފާރިޝް އާއި އެކު އޭނާގެ ދޮންތަބެވެސްއައެވެ. ދޮންތަބެ ހަފުތާއެއްވަރު ވެލަންދެން ފާރިޝް ގާތު މަޑުކުރިއެވެ. ހަފުތާއެއްތެރޭ ފާރިޝް މާލޭ މަގުމަތީގައި ހިގަން ދަސްކުރިއެވެ. ފާރިޝް ގެންގުޅޭ އަންނައުނަށް ވެސް ބަދަލުއައެވެ. މަންމަ އަށް ވެސް ގުޅާނެ ވަގުތެއް ފާރިޝްއަކަށް ނުވެއެވެ. މުޅިން މީހާ ބަދަލުވިކަހަލައެވެ. ކުލާސްހަށް ދާން ޖެހުނީ ރޭގަނޑެވެ. ސަލީމާއަށް އެތަށް ރެއަކު ފާރިޝް ގެއަށް ނާސްގެން ހުންނަން ޖެހެއެވެ. މި ވާހަކަ ސަލީމާ ޒުބޭދާގާތު ބުނުމުން ޒުބޭދާ އެދުނީ ގޭގެ ތަޅުދަޑި ދިނުމަށެވެ. ސަލީމާ އަކީ ފާރިޝް އުޅޭ ގޭގައި އޭނާގެ ކަކަން ބަލަހައްޓާ ކަންކަން ކޮށްދޭ މީހާއެވެ. ގޮތަކަށް ބުނަންޔާ ބެލެނިވެރިޔާއެވެ. ފާރިޝް ކާރީގައި އުޅޭ ރައްޓެހިންކޮށްލާ ސަޅި ކަނަތައްތައް ކުރަންފަށާފިއެވެ. އަގައިން ދުންފަދަ އެއްޗެހި ބޭރުކުރަން ފަށާފިއެވެ. ކުލާހަށް ނުގޮސް އެތައް ރެއަކު ރައްޓެހިންނާއެކު ގޮސް އެތައް ތަނެއް ފަޅަން ފެށިއެވެ. އެތައް ވައްކަމެއްގައި ބައިވެރިވިއެވެ. މަސްތުވާތަކެތީގެ ވަބާގައި އެމުނިއްޖެއެވެ. ސަލީމާ ބަރާބަރަށް ޒުބޭދާއަށް ހަބަރުދެއެވެ.ފާރިޝް އެތައް ދުވަހަކު ވެއްޓިފަ އޮންނަ ވާހަކަ އާއި ގައިން ސިގިރޭޓު ވަސް އަރާ ވާހަކަ ވެސް ބުންޔެވެ. ނަމަވެސް ޒުބޭދާ އަންނަނީ ރުޅިއެވެ. ފަހުން ފަހުން އައިސް ސަލީމާ ޒުބޭދާގާތު އެއްވެސް ވާހަކަ އެއް ނުދައްކައެވެ. ފާރިޝް ގެ ހަށިގަނޑަށް ވެސް އައީ ބަދަލުތަކެއް އަންނަމުންނެވެ. ދޭ ކޯ ވެސް ވަނީ ތައްވެފައެވެ. ލޯ ވެސް ހީވަނީ ރަތް ބެރެބެލިގަޑެއްހެންނެވެ.

 

އެއްދުވަހެވެ. ހެނދުނު ހޭލާގެން  ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށް ދޮރުހުޅުވަން ދިޔައީމެވެ. ދޮރު ކުރިމަތީގައި އެހުރީ މަންމައެވެ. ޒުބޭދާގެ މޭގަނޑު ހީވީ އަގަޔާ ހަމަ އަށް އަތުވެދާނެހެނެއެވެ. ދަރިއަކަށް މާބޮޑަށް އިތުބާރު ކުރެވުނީއެވެ. ޒުބޭދާ ހުރި ތަނައް ވެއްޓުނެއެވެ. ފާރިޝްއަށް މަންމާ އޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. ސަލީމާ ފެންވަރައިގެން ރީތިވާން ހުރި ގަޑީގައި މީހަކު ގޭތެރެއިން ހަޅޭއްލަވައިގަން އަޑު ކަންފަތުގަ ޖެހުނެވެ. އަވަސް އަވަހަށް ކޮޓަރިން ނިކުމެ ބަލާލީމެވެ. ކަމަކުދާކަށްނެތެވެ. މިއޮތީ ޒުބޭދާ ވެއްޓިފައެވެ. އަވަސް އަވަހަށް ސަލީމާ އެންބިއުލާސް އަށް ގުޅީމެވެ. ޒުބޭދާ ގެންގޮސް ސިއްޙީ މަރުކަޒަށް ވެއްދީމެވެ. މަންމަގެ ހަބަރު ލިބުމުން ނަތާ ވެސް ކުއްލި ގޮތަކަށް މާލެ އަންނަން ޖެހުނެވެ. ނަތާއާއެކު ފިރިމީހާ ވެސް މާލެއައެވެ.  ޑަކްޓަރު ޒުބޭދާ ގެ ދެ ކިޑްނީ ފެއިލް ވި ކަމަށް ބުންޔެވެ. ވަރަށް އަވަހަށް ކިޑްނީއެއް ބޭނުންވާ ވާހަކަވެސް ބުންޔެވެ.  އެ ވަގުތު ނަތާ އަދި ފާރިޝް ގެ ފާދަޝުން ހީވީ ބިންގަޑު ދެމިގެން ހިގާދާނެހެނެވެ. ދެ މީހުންގެ ވެސް ކިޑުނީ މަންމަގެ ކިޑުނީއާ ދިމާވިއެވެ. މިދިލިގަސް ކައިރި ހުރެގެން ފާރިޝްއަށް ވިސްނުނެވެ. މާޒީގަ އުޅެވުނު ގޮތާ މެދު ފާރިޝް ވަރަށް ދެރަވިއެވެ. ފާރިޝް އަވަހަށް އޭނަގެ 2 ކިޑްނީ ދޭން ނިންމިއެވެ. މަންމައަށް އެހެންވީވެސް އޭނަ އާ ހުރެކަމަށް އޭނާ ގަބޫލުކުރެވެ. މިދިލި ގަސް ކާރި ހުރެ ވަންނަން ހިގާހެން ވަގުތު ނަތާ ހަޅޭއްލަވާގަން އަޑު އިވުނެވެ. އަހަރެން ދުއްވާގަނެ ގޮސް ވީގޮތް އެހުމުން މަންމަ މަރުވި ހަބަރު ލިބުނެވެ. ކުރާނީ ކީއްހެއްޔެވެ. ވަގުތުމިވަނީ ފާއިތުވެފައެވެ.

(ނިމުނީ)

މި ވާހަކައަކީ އަޅުގަނޑު ސުކޫލުން ލިޔަންދިން ކުރު ވާހަކައެކެވެ.

 

Share Article

Follow Me Written By

Shaaif

Level 1100 Login

Other Articles

Previous

ވީރާނާ ވެފައިވާ ހަޔާތް…2

Next

ފެވިފާނަން ވިޔޭހިތުގާ (ޓްރައިލަރ)

Next
October 22, 2020

ފެވިފާނަން ވިޔޭހިތުގާ (ޓްރައިލަރ)

Previews
October 22, 2020

ވީރާނާ ވެފައިވާ ހަޔާތް…2

8 Comments!

  1. s.n.o.w.f.l.a.k.e Maash says:
    October 23, 2020 at 10:16 am

    Varah reethi maasha Allah ??

    1. Shaaif says:
      October 23, 2020 at 4:26 pm

      Thanks!!! ???

  2. s.n.o.w.f.l.a.k.e Maash says:
    October 23, 2020 at 6:10 pm

    Ur welcome ☺️☺️

  3. Lavender ? says:
    October 23, 2020 at 7:35 pm

    Masha allah …varah reethi vaahaaka eh and varah iburaitheri ?? …faarish ge mom 2 kidney fail veema lavvan jeheny …..faaarish ge 1 kidney ingey shaaif..? hama buneli ingey…. don’t take too seriously ingey…??? love your story… waiting for your next story ?

    1. Shaaif says:
      October 23, 2020 at 9:32 pm

      Yh ofc ☺️ thxs for the support….?

    2. Shaaif says:
      October 23, 2020 at 9:51 pm

      Lavender sometimes there are typing mistakes from all of us…?
      And you also know that ? so I ge mi story others ves read kuri. But they also know that is my typing mistake Kan.. and you ah faahaga kurevigen you told to me this mistake.. so I am very proud of you… Keep telling rglh kuran jehey kan Kan…??????

  4. Lavender ? says:
    October 24, 2020 at 10:18 am

    Awwn…thank you ? i am proud of you too shaaif ??……..waiting for your next ?

  5. Lavender ? says:
    October 24, 2020 at 11:19 am

    If you don’t mind can you tell your age?? ?????…

Comments are closed.



All Right Reserved!