މަރު އަހަރެމެން ވަކިކޮށްދޭންދެން…… މުޅި ދުވާލު އެއްކޮށްކަހަލަ ގޮތަކަށް މަސައްކަތު އުޅުމަށްފަހު އަހަންނަށް ގެޔަށް އާދެވުނު އިރު އިރު މި ދުނިޔެއާއި އަލްވަދާޢު ކިޔައިފިއެވެ. މުޅި އުޑުމަތީގައި ވަނީ ކަޅުކުލައިގެ ސާލެއް ލެވިފައެވެ. ބަބުޅަމުން އުޑުގައި ފިޔަޖަހަމުންދާ ތަރިތައް ރޭގަނޑަށް މަރުޙަބާ ކިޔައެވެ. ރޭގަނޑުގެ ހަމަ ހިމޭންކަން ގެއްލިގެން ދަނީ ގަސްތަކުގެ ތެރޭގައި އުޅޭ ކުދި ފަނި ފަކުސާތަކުގެ އަޑުންނެވެ. އަހަންނަށް ގެޔަށް އާދެވުނީ ގަޑިން ބަރާބަރު 8:30 ވަނިކޮށެވެ. ގެޔަތް އައިސް ހަމަ ވަނުމާއި އެކު […]
އެއީ 2012 ވަނަ އަހަރުގައި އައި ޚާއްސަ ދުވަހެކެވެ. ދިރިއުޅުން މާލެއަށް ބަދަލު ކުރިފަހުން އައި އުފަން ދުވަހެވެ. އުމުރުން 18 އަހަރު ފުރުނު އެ ދުވަހަކީ އަލަށް ވެސް އަހަރެން ފޭސްބުކް އެކައުންޓެއް ހުޅުވި ދުވަހެވެ. އަހަރެންގެ ރީތި ފަހުގެ ފޮޓޯތައް އަޕްލޯޑްކޮށް، “ޕްރޮފައިލް” ތަރުތީބުކޮށް ފުރިހަމަކުރީމެވެ. ފޮޓޯތައް އަޕްލޯޑް ކުރުމަށްފަހު އެ ދުވަހު ކޮލެޖަށް ގޮސް، ކޮލެޖް ރައްޓެހިންނަށް ފޭސްބުކް އައިޑީ ދިނީމެވެ. ވަރުވަރުން އެ ދުވަހު “ފްރެންޑް ރިއުކެސްޓް” ތައް އަޔެވެ. އެހެންވެގެން […]
މަންމާ އެކީއްވެ؟ އޭނަ ކިހާ ރަނގަޅު ! ލައިހާ ފުރަތަމަ ފަހަރަށް މަންމަ އާކުރިމަތިލިއެވެ.” ދަރިފުޅާ ” މަންމަގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. ދަރިފުޅާ މަންމަ އަށް ވެސް އޭނަ ކަމުދެޔޭ، އެކަމަކު ކައިވެންޏަކީ ހާދަ ބޮޑުކަމެކޭ، މަންމަ ކިހިނެތް ދަރިފުޅު ކައިވެނި ކޮއްދޭނީ، ވޭނީ ރިހުމެއް އެއަޑުގައި އެކުލެވިފައިވާއިރު ، ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދެއެވެ. ލައިހާއަށް ލިބުނީ ހައިރާން ކަމެވެ. ” ނުވިސްނުނު” ލައިހާ ބުނެލިއެވެ. “މަންމައަށް އެނގޭ މިދުވަހާ ކުރިމަތިލާން ޖެހޭނެކަން، މަންމަ ގަޔަކުނެތް ދަރިފުޅަށް މިވާހަކަތައް ކިޔާދޭހާ ހިތްވަރެއް، ހުއްޓަހުއްޓަމުން މަންމަ ވާހަކަ ދައްކަމުންދިޔައެވެ. […]
ހަޅޭލަވަމުން ތެޅެމުން ފޮޅެމުން އަންހެންކުއްޖަކު މަގުމައްޗަށް ނުކުތެވެ. ބާރުދުވެލީގައި އައިކާރުގައި ޑްރައިވަރަކަށް އިން އަހުމަދަށްވެސް އެކުއްޖާ ކާރުގެ ކުރިމައްޗަށް އެރުމާއި އެކު ފައިން އޮބާލެވުނީ ރޭހަށެވެ. އެއާއި އެކު ފުންމައިގެން ދިޔަކާރުންޖެހިފައި އެކުއްޖާ ވެއްޓުނީއެވެ. އަހުމަދަށް ކާރު ކޮންޓްރޯލް ކުރެވުނި އިރު އެއަންހެންކުއްޖާ އޮތީ ކާރުގެ ދަށުވެފައެވެ. ކާރުން ފޭބި އަހުމަދަށް ފެނުނީ އަންހެންކުއްޖާ ނުކުތް ގޭގެ ދޮރުން ފިރިހެނަކު ދުވެފައި ނުކުމެގެން އައިތަނެވެ. މޫނު ނިވާކޮށްފައި ހުރި އެމީހާގެ ފަހަތުން ކެމެރާއެއް ހިފައިގެން ހުރި އަންހެންކުއްޖަކުވެސް […]
ރަށުގެ ބޮޑެތިމަގުތަކަށް ފިނިކަމާ ހިޔާގެނެސްދީފައިވަނީ މަގުތަކުގެ ދެފަރާތުގައި ހެދިފައިވާ ބޮޑެތި ބަބުކެޔޮގަސްތަކާއި ރުއްތަކުންނެވެ. މުޅިރަށުތެރޭން ފެނިގެންދަނީ އުފާވެރިކަމާއި ހީވާގިކަމެވެ. ހަޑޫހޮވުމާ، އިލޮށިފީއްސުމެވެ. ލީލިއެޅުމާ، ރޯނުވެށުމެވެ. ދަނޑަށްދިޔުމާ، މަހުންލަފައިގެން އައުމެވެ. މިފަދަ އެތައްކަމެއް މަގުމަތީން ފެންނަމުންދެއެވެ. ކޯޅިކޯޅިއަށް މީހުންތައް މަގުމަތީގައިތިބެ ހީސަމާސާ ކުރަމުންދެއެވެ. ބައެއްމީހުން އެއްވެސްކަމެއްނެތި ކުޑަދަރިފުޅު ގޮވައިގެން އެ ފޮނި މަޖާ ވާހަކައިގައި ބައިވެރިވެގެން ތިއްބެއެވެ. މި ހީސަމާސާ އަށް ހުއްޓުމެއް ގެނުވީ ލަތީފާގެ މަންމަގެ ބަލި އަޑެވެ. އެހިނދު ލަތީފާ ތެދުވެ ހަނޑޫލޯތަށި ހިފައިގެން ހިނގައިގަތެވެ. […]
މިއަދަކީ ފަސް އަހަރު ވަންދެން ޑޮކްޓަރުކަން ކިޔެވުމަށް މެލޭޝިޔާގައި ހުރުމަށްފަހު މާލެއައިސް ބަލިމީހުންނަށް ޚިދުމަތް ކުރުމުގެ ވާޖިބު އަދާކުރުމަށް ފާރިހު ހޮސްޕިޓަލަށްއައި ފުރަތަމަ ދުވަހެވެ. އެހެންކަމުން ފާރިހު އަވަސްވެގަތީ ވޯޑްގައި ތިބި ބަލިމީހުންގެ ހާލުބެލުމަށެވެ. ވޯޑަށް ވަދެވުމާއިއެކު ފާރިހުގެ ނަޒަރު ހުއްޓުނީ ވޯޑްގެ އެއްފަރާތެއްގައި ބަހައްޓާފައިހުރި އެނދެއްގައި އޮތް ޒުވާން އަންހެންކުއްޖާއަށެވެ. އެއަންހެންކުއްޖާ ހީވަނީ އެތައްއަހަރެއްވަންދެން ބަލިވެއުޅެފައިވާ ކުއްޖެއްހެންނެވެ. ހަށިގަނޑު ވަނީ ހިކިއަނަރޫފަވެފައެވެ. ގިނަދުވަސްތަކެއްގައި ހިތާމަކުރުމުގެ ސަބަބުން ދެލޯކައިރި ކަޅުވެ މީހާގެ ސިފަ ވަކިކުރަންވެސް ނޭނގޭއެވެ. އޭރުވެސް […]