އުމުރުން 16ަ އަހަރުގައި ބައްޕަ އާއި މަންމަ ނިޔާވުމުގެ ސަބަބުން އެހެން މީހުނާާ އެކަހެރިވެ ނާއިކްގެ މިޒާޖައް ގިނަ ބަދަލުތަކެއް އައެވެ…. . އެގޮތުން ކޮއްކޮމެންނާ އޮންނަ ގުޅުން ކުޑަވެ އަމިއްލަ ނަފްސަށް އަނިޔާ ކުރިއެވެ.. ނާއިކްގެ ހަޔާތް ވެގެން ދަނީ ގިނަ ސިއްރުތަކަކުން ފުރިފައިވި ހަޔާތަކަށެވެ.. . ނާއިކްގެ އެކަނިވެރި ޙަޔާތަށް މާނިއު އައުން ވެގެން ދިޔައީ ނާއިކްގެ ނަސީބަކަށެވެ. …ނާއިކްއަށް މާނިއުގެ ޙަޤީގަތް އެނގި، ނާއިކް ބައްޕައަށް އިންސާފު ހޯދުމަށް މާނިއުގެ ކިބައިން އެހީއަށްއެދެއެވެ.. […]
ދެން އެމީހާވެސް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. އެހާ ހިސާބުން އެތައް ހަގީގަތެއް ފަޅާއެރިއެވެ… ކުށެއްނެތި ރޭވިގެން ޢިއްފަތްތެރިކަން ފޭރިގަތުމަށްފަހު މަރައިލައިފައި ފޮރުވި އަންހެންކުއްޖާގެ ގާތިލުން ހޯދުނީ އެވެ. އޭރު އެ ގާތިލުންގެ ތެރެއިން ދެމީހުންގެ ކިބައިން އެ އަންހެނާގެ ރޫޙު ވަނީ ބަދަލުހިފާފައެވެ. އަހަރެން މަސައްކަތްކުރާ އޮފީހުގައި އެ އަންހެން ކުއްޖާގެ މަރުވެފައިވާ ހަށިގަނޑު ވެސް ހޯދަނީ އެވެ. އޮންސާފު ގާއިމްކުރެވުނީއެވެ. ބައެއް ކަންކަމަކީ އެކަމެއް ފުރިހަމަ ވުމަށް މެދުވެރިއެއް ބޭނުންވާ ކަންތައްތަކެވެ. އަހަރެން މަސައްކަތްކުރާ އެ […]
ކުއްލިއަކަށް ލޯގަނޑަށް ކުޑަލޮޅުމެއް އަރައިލައިފައި ދެން ފެންނަން ފެށި ކަންތައްތަކުން އަހަރެންނަށް ހައިރާންކަމާއި ބިރުވެރިކަމާއެކު ބަލަހައްޓައިގެން ހުރެވުނެވެ. މި ފަހަރު އަހަރެންގެ ސޫރަ ހުއްޓުނީއެއް ނޫނެވެ. އެހެންނަމަވެސް އެ ލޯގަނޑުން ފެންނަން އެހުރީ މީގެ ހަފްތާއެއް ކުރިން ގެއްލުން އޮފީހުގެ އަންހެން މުވައްޒަފެވެ. އެ އަށްފަހު އޮފީހުގެ އެހެން ތިން މުވައްޒަފެކެވެ. އޭގެތެރެއިން ދެ މުވައްޒަފުންނަކީ އަހަރެންގެ ހުވަފެނާއެކު މަރުވެދިޔަ ދެމީހުންނެވެ. އަދި އޮފީހުގެ ގުދަނެއްގައިވާ ފޮށިގަނޑެއްގެ ތެރޭގައިވާ މަރުވެފައިވާ އިންސާނެއްގެ ހަށިގަނޑެވެ. މި ހުރިހާ މަންޒަރެއް […]
ވަރަށް އުނދަގުލުން އެމީހާ އޮތް ހިސާބަށް ދެވުމާއެކު އަހަރެންގެ ޙައިރާންކަން އެތައް ގުނައަކަށް އިތުރުވިއެވެ. މަރުވެފައިވާ އެ މީހާ އަކީ ރޭގެ ހުވަފެނުގައި އަހަރެންނަށް ފެނުނު މީހާއެވެ. އެމީހާގެ މޫނުމަތީގައިވާ ޒަޚަމުތަކުން އަހަރެންނަށް ފެނުނު ހުވަފެނުގެ މަންޒަރުތައް ލޯމައްޗަށް ތަކުރާރުކޮށް ސިފަވަމުން ދިޔައެވެ. މިއީ އަޖައިބެއް ކަހަލަ ކަމެކެވެ. މިއީ އަހަރެންގެ ހުވަފެނާ ގުޅޭ ގޮތަށް އަހަންނަށް ފެނުނު ދެވަނަ މަރެވެ. ކޮންމެ މީހަކުވެސް މަރުވެފައިވަނީ ހުވަފެނުގައި ފެނުނު ފަދަ ބިރުވެރި ގޮތަކަށް އަނިޔާވެރިކޮށެވެ. ދެމީހުންނަކީ ވެސް […]
ހަމަ އެއާއެކު އަވަސް ހަރަކާތަކާއެކު ލޯގަނޑުގައިވާ ސޫރަ ގުދުވެލާފައި ތެޅިފައިވާ ބިއްލޫރިކޮޅުތަކެއް ބިންމަތީން ނަގައި އަނގަޔަށްލައި ހަފަންފެށައިފިއެވެ. އެއާއެކު އެ ސޫރައިގެ އަނގައިން ހޯސްލައިފައި ލޭ އަންނަންފެށިއެވެ. އޭރުވެސް އެ ސޫރައިގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. އެހެނަސް ލޯގަނޑުގެ ކުރިމަތީގައި ހުރި އޮފީހު މަސައްކަތު މީހާގެ ވޭނީ ހަޅޭކުގެ އަޑު، އޭރު ކެނޑިނޭޅި އިވުމުން ދިޔައެވެ. އޭނާ އަނގަ މަތީގައި ދެ އަތް އަޅައިގެން ހުރި އިރު މުޅި އަތާއެކު ލޭފައިބަމުން ދިުައެވެ. އަދި ކޮލާއި ކަރުބަޑުގެ […]
އެއީ ކާކު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެމީހަކު ހުއްޓިގެން ހުރީ ލޯގަނޑެއްގެ ކުރިމަތީގައެވެ. މާހައުލަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭގައި އެމީހަކު ހުއްޓިގެން ހުރިއިރު، އަލިކަމެއް ހޯދަމުން ގެންދިޔައީ އަތުގައިވާ އާދައިގެ ބައްތިއަކުންނެވެ. އެމީހާގެ މޫނު ލޯގަނޑުން ފެނުނު ހިނދު އަހަރެންނަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. އެއީ އަހަރެމެން އޮފީހުގައި މަސައްކަތްކުރާ މަސައްކަތު މީހެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އޭރު އޭނާ ޗުއިންގަމެއް ފަދަ އެއްޗެއް ހަފަމުން ގެންދިޔައެވެ. ކުއްލިއަކަށް ލޯގަނޑުގައިވާ އެމީހާގެ […]
ފިރުޝާން މިދިލިގަހެއްގައި ލެގިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވެފައިވާ އޭނާގެ ހަޔާތާމެނދުގައެވެ. އެ ވޭނީ އިހްސާސްތައް މުޅި ހަށިގަނޑުން ވެސް ކުރާކަހަލަ އެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ތިމާ ދިރިހުއްޓައި މަރުގެ އިންޒާރު ލިބުމަކީ ކޮންމެ މީހަކަށް ވެސް ބިރުވެރި އިޙްސާސެއް ކުރެވޭނެ ކަމެކެވެ. އެޅުނު ކަތިފިޔަވަޅެއްގެ ސަބަބުން ފިރުޝާންއަށް ވަނީ އޭނާގެ ދިރިހުރުމުގެ މަގުސަދު ހަދާންނެތި ފައެވެ. އުންމީދުގެ ހުޅުކޮޅު ނިވިފައެވެ. އެހެން ހުއްޓާ އޭނާގެ މާޒީގެ ސަފްޙާތައް އޭނާގެ ކުރިމަތީގައި […]