Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ސެހެރްގެ ޑައިރީ

Fathimath Athifa Hussain Level 210 Stories
October 7, 2020 3 Mins Read
12 Comments

މެލޭޝިޔާގައި ހަތްއަހަރު ހޭދަކުރުމަށްފަހު ސެހެރު ރާއްޖެއައުމަށް ދަތުރުފެށިއެވެ. ދަތުރުމަތީގައި މުނިފޫހި ފިލުވައިލުމަށް ވާހަކަފޮތް ކިޔައިއުޅުމަކީ ސެހެރްގެ އާދައެވެ. އެހެނަސް މިދިގު ދަތުރުގެ ސެހެރްގެ މިތުރަކަށްވީ ސެހެރް ލިޔެ ރައްކާކޮށްގެން ގެންގުޅޭ އޭނާގެ ޑައިރީއެވެ.

ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން ސެހެރް ޑައިރީގެ ފުރަތަމަ ސަފްހާ ހުޅުވާލިއެވެ. ކަޅާ ނޫކުލައިގެ ދެލިން ލިޔެފައި އެވަނީ އޭނާގެ ހަޔާތުގެ ނާމާއެވެ. ހިތާމަޔާއި އުފަލާއި މަޖަލުގައި ހޭދަކުރި ދުވަސްތަކެވެ. ސެހެރްގެ ލޮލަށް މާޒީގެ ސަފްހާތައް ފިލްމެއްގެ މަންޒަރެއް ފަދައިން ފެންނަފަދައެވެ.

ސެހެރްއަކީ ނަވާލްއާއި ފަރުހާނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. މުއްސަނދި ނުނަސް ފުދިގެން އުޅޭ އުފާވެރި އާއިލާއެކެވެ. ބައްޕަ ނަވާލް ދަނޑު ހައްދައިގެން ލިބޭ ފައިސާއިން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުދިގެން އެކުޑަ އާއިލާއަށް އުޅެވެއެވެ. ފަރުހާނާ ހެދިކާ ހަދައި ވިއްކައިގެންވެސް ރަނގަޅު އެއްޗެއް ލިބެއެވެ. އެހެންކަމުން ސެހެރްގެ ބޭނުންތައް ނަވާލްއާއި ފަރުހާނާ ފުއްދައިދެނީ ނުހަނު ލޮތްބާއި އޯގާތެރިކަމާއެކުގައެވެ.

ނަމަވެސް ސެހެރްގެ ކުޑަ އާއިލާގެ އުފާވެރިކަން މާގިނަ ދުވަހަކު އެގޮތުގައި ދެމިގެނެއް ނުދިޔައެވެ. ސެހެރްގެ ބައްޕަ ނަވާލް ދަނޑުން ނައިސްގެން ލަސްވެގެން ހޯދަން ދިޔައިރު ސެހެރްގެ ބައްޕަ އޮތީ ކަރާވެލެއްގެ ކައިރީގަ ހޭނެތިފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔުމުން ބުނީ މަރުކަޒަށް ގެންދިޔައިރުވެސް ސެހެރްގެ ބައްޕަނަވާލްއޮތީ ނިޔާވެފަކަމުގައެވެ.

ފަރުހާނާ އަދި ސެހެރްގެ ދިރިއުޅުން ފަޅި ސިކުންތު ކޮޅެއްގެ ތެރޭގައި އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. ސެހެރްގެ ދެމައިންނަށް އަޅާލާނެ ހަމްދަރުދީވާނެ މީހެއް އެރަށަކު ނެތެވެ. ފަރުހާނާ ސެހެރްގެ ހައްގުގައި ކަށިން ހިތްވަރުނެރެ ރެޔާދުވާލު މަސައްކަތްކުރަންފެށިއެވެ. ގޭގެ ގޯތިތެރޭގައި ގަސްހެއްދުމާއި ހެދިކާހެދުމާއި ރޯނުވެށުމެވެ. ސެހެރްގެ ކިޔެވުން ނިމެންދެން ސެހެރްގެ ބޭނުންތައް ފުރިހަމަޔަށް ކޮއްދެވޭތޯ ފަރުހާނާ ބަލައެވެ. ހުރި ހަމައެކަނި ދަރިފުޅަކީ ސެހެރް ކަމުގައިވީތީއެވެ.

ސެހެރްގެ ސުކޫލްދައުރުގެ ކިޔެވުން ނިމުމާއެކު ފަރުހާނާ ބޭނުންވީ ސެހެރްއަށް އިތުރަށް ކިޔަވަދޭން ދިރިއުޅުން އެކުއެކީހެން މާލެ ބަދަލުކުރުމަށެވެ. އެހެނަސް ސެހެރް އުޅެބޮޑުވި ރަށް ދޫކޮށް ދިޔުމަށް އެއްގޮތަަކަށްވެސް ބޭނުމެށްނޫނެވެ. އަލަތު ލޯބިވި މިޔާކް އާއި ވަކިވާން ބޭނުންނުވާތީވެސް މެއެވެ. އެހެނަސް އިތުރުގޮތެއް ސެހެރްއަކަށް ނެތެވެ. ފުރުމުގެކުރިން މިޔާކް އާއި ސެހެރް ބައްދަލުކުރިއެވެ. ކިޔެވުން ނިމުނު އަވަހަކަށް މިޔާކް ގާތަށް އަންނާނަން ކަމުގައި ވައުދުވިއެވެ.

މާލެގޮސް ސެހެރް ކޮލެޖަށް ދާންފެށިއެވެ. މިޔާކްއަށް ރައްޓެހި ކުއްޖެއްގެ ފޯނުން ސެހެރް ގުޅައި މިޔާކްގެ ހާލުބަލައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ސެހެރްއަށް މިޔާކްގެ ހާލުބަލައި ވާހަކަ ދައްކާނޭ ވަގުތެއް ނުވެއެެވެ. ކިޔެވުމުގައި މަޝްއޫލުވެ އުޅެންޖެހުމުން މިޔާކަށް ސެހެރްއަށް ހަބަރުނުވެވެނީއެވެ. ކޮލެޖު ނިމި ލިބުނު ޗުއްޓީގައި ސެހެރް ރަށަށް ދާން އެދުމުންވެސް ފަރުހާނާ އެކަމަކަށް އެއްބަސްނުވިއެވެ.

ޑޮކުޓަރުކަން ކިޔަވައިގެން ހިތުގެ ބައްޔަށް ފަރުވާދޭ ޑޮކުޓަރަކަށްވުމީ ސެހެރްގެ އުއްމީދެވެ. ސެހެރްގެ އުއްމީދުތަކުގައި ކުލަޖެހޭގޮތްވިއެވެ. ސަރުކާރުން ޑޮކްޓުރީކަން ކިޔަވާކުދިންނަށް ދޭ ސުކޯލާޝިޕް ސެހެރްއަށް ލިބުނެވެ. މެލޭޝިޔާއަށް ކިޔަވަން ދިޔުމަށް ފުރަން ދެވަހަކަށް ވެފައި ހުއްޓައި ސެހެރްގެ މަންމަ ފަރުހާނާ ފާހާނާތެރެޔަށް އަނބުރައިގަނެގެން ވެއްޓުނެވެ. ސެހެރް އެންބިއުލާންސަށް ގުޅައި މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.

ޑޮކުޓަރު ބުނުއްވީ ފަރުހާނާ ސުޓުރޯކެއް ޖެހުނީކަމުގައެވެ. އަދި ވީހާވެސް އަަަަވަހަކަށް އޮޕްރޭޝަން ކުރަންޖެހޭ ކަަމުގައެވެ. ނޫނީ ފަރުހާނާގެ ފުރާނަޔަށް ނުރައްކާ ވެދާނެ ކަމުގައެވެ. ސެހެރްގެ ލޮލުން ކަރުނަތައް ހޯސްލާފައި އޮހިގަތެވެ. ދިރިއުޅުމުގައި ދެކުނު ހުވަފެނުގައި ކުލަޖެހެން ކައިރިވެފައި އޮއްވައި ލޯބިވާ މަންމަ އެފަދަ ހާލަކަށް ހުށަހެޅިދާނެކަމަށް ސެހެރް އެއް އިރެއްގައިވެސް އުއްމީދެއް ނުކުރެއެވެ.

ބަރާބަރު ހަތަރު ގަޑިއިރުގެ އޮޕްރޭޝަނަކަށް ފަހު ޑޮކުޓަރު ދިން ހަބަރަކީ ސެހެރްގެ މުޅިހިތް ކުދިކުދި ކޮއްލި ހަބަރެކެވެ. ލޯބިވާ ބައްޕަ ފަދައިން މަންމަވެސް މިދުނިޔެ ދޫކޮށް ދިޔައީއެވެ. ސެހެރްއަށް ށަކުވާކުރެވުނެވެ. ތަގުދީރުގައި ލިޔެވިފައިވަނީ މުޅިންވެސް ހިތާމަޔާއި ހިތްދަތިކަން ކަމުގައި ސެހެރް އަށް ގަބޫލުކުރެވުނެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ވިނަމަވެސް ސެހެރް ލިބިފައިވާ ކިޔެވުމުގެ ފުރުސަތު ދޫކޮއްލާކަށް ބޭނުމެއް ނުވިއެވެ.

މަންމަގެ ޖަނާޒާގެ ކަންތައް ނިއްމާލުމަށް ފަހު ސެހެރް އައީ ގެއަށެވެ. މަންމަ މަތިން ހަނދާންވާތީ ސެހެރްވަނީ މަންމަ ފަރުހާނާގެ ކޮޓަރިޔަށެވެ. ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ސެހެރް އެކޮޓަރިޔަށް ވަނެވެ. ކޮޓަރީގެ ނިވާފަހުރި ބޮކި ސެހެރް ދިއްލާލިއެވެ. ފުރަތަމަވެސް ސެހެރްގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި ފަށްޖަހާފައި އޮތް ހުދުކުލައިގެ ކަރުދާސްކޮޅަށެވެ. މަޑުހިނގުމުގައި ގޮސް ސެހެރް އެކަރުދާސްކޮޅު ނިއުޅާލުމަށްފަހު އޭގައިވާ ލިޔުންކޮޅު ކިޔަންފެށިއެވެ.

މަންމަގެ ދެލޮލޮލުގެ ނޫރުކަމުގައިވާ ސެހެރްއަށް ލިޔަމެވެ. ދަރިފުޅާއެވެ. ދިރިއުޅުމަކީ އުފާވެރި ރީތި ތަނެއްގެ ގޮތުގައި ނުދެކޭށެވެ. ދިރިއުޅުމުގެ ކޮންމެ ދުވަހަކީ އިމްތިހާނެކެވެ. މަންމަގެ ލޯބިވެތި ސެހެރްއެވެ. މަންމަ ނެތަސް މަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތާއި ރަނގަޅު އަހުލާގު ކޮނޑުން އެއްލައި ނުލައްޗެވެ. ދަރިފުޅާއެވެ. ދަރިފުޅަށް ނޭނގޭ ސިއްރެއް ބުނަން ހެއްޔެވެ. ނަވާލްއަކީ ދަރިފުޅުގެ ބައްޕައެއް ނޫނެވެ. ދަރިފުޅުގެ ބައްޕައަކީ މިރަށަށް އަރުވާލާފައި ހުރި ށަވިޔަނި އަތޮޅު މަރޮށީ ޒުބައިދު ކިޔާ މީހެކެވެ.

މަންމަޔާއި އިންނާނަމޭ ބުނެ މަންމަ ހެއްދުމަށްފަހު ޒުބެއިދު މިރަށުން ދިޔައީ މަންމަ މުޅި ރަށަށް ގިނަކޮއްފައެވެ. މަންމަ އަމިއްލަޔަށް މަރުވާންވެސް އެކިފަހަރުމަތިން މަސައްކަތްކުރީމެވެ. މަންމަ ބަނޑުބޮޑުކަން އެނގިހުރެމެ މަންމައާއި އިންނަން ނަވާލް އެއްބަސްވީ ދަރިފުޅަށް ބައްޕައެއްގެ ލޯބިދޭނަން ކަމުގައި ވައުދުވުމުންނެވެ. ނަވާލް މަންމަޔަށް ވަރަށް ރަނގަޅެވެ. ދަރިފުޅު ދުނިޔެއަށް އުފަންކުރުމާއެކު ދަރިފުޅުގެ ހުރިހާ ޒިއްމާއެއް ނެގީ ނަވާލެވެ. ދަރިފުޅާއެވެ. މަންމަޔަށް މާފުކުރާށެވެ. މަންމަ ދުވަހަކުވެސް އެފަދަ ކުށަކަށް އަރައިނުގަތުމަށް ނިޔަތްގަނެ ﷲގެ ހަޒުރަތުގައި ދެންނެވީމެވެ. ދަރިފުޅާއެވެ. މި ނިކަމެތި މަންމަޔަށް މާފުކޮށްދެއްޗެވެ. މަންމަގެ ދިރިހުރުމާއި ދިރިއުޅުމަކީ ތިއީއެވެ. ދަރިފުޅު ޑޮކުޓަރަކަށް ވައްޗެވެ. އެދުވަހަކުން މަންމަ ދުނިޔޭގައި ނެތްނަމަވެސް ދަރިފުޅުގެ ކާމިޔާބީޔަށް މި މަންމަ ފަހުރުވެރިވާނަމެވެ. ދަރިފުޅު ދެކެ ލޯބިވާ މަންމަ.. އެލިޔުން ކިޔައިނިމުނު އިރު ސެހެރްއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.

ލޮލުންއައި ކަރުނަތައް ސެހެރް ފޮހެލީ މަންމަގެ އެދުން ފުރިހަމަ ކޮއްދިނުމަށް އަޒުމް ކަނޑައަޅަމުންނެވެ. މެލޭޝިޔާޔަށް ގޮސް ސެހެރް ޑޮކުޓަރުކަން ކިޔެވުމާއިގެން ކުރިޔަށް ދިޔައެވެ. މިޔާކްވެސް ސެހެރް މަތިން ހަނދާން ނައްތާލިކަން ސެހެރްއަށް ޔަގީންވީ ކައިވެނީގެ ހެދުމުގައި މިޔާކް ހުއްޓިލައިގެންހުރި ފޮޓޯ ފޭސްބުކުން ފެނުމުންނެވެ. ހިތައް އުނދަގޫވިއެވެ. އެހެނަސް ސެހެރްއަށް ޝަކުވާކުރެވޭނެ ޖާގައެއްވެސް ނެތެވެ. ސެހެރް ސުކޫލު ދައުރުގެ ހަނދާންތައް އާކުރެއެވެ. ފިނިފެންމާ ބިނދެގެން ފޮތުގެތެރެޔަށްލައި ހިއްކައި އުޅޭ ހަނދާނާއި ބޮޑުމަގުގައި ކުޅެން އުޅުނު އުފާވެރި ހަނދާންތަކެވެ. ވާރޭވެހޭ ދުވަސްދުވަހު ސުކޫލުން ނިމިގެން ތެމިފޯވެގެން ގެއަށްދާ ހަނދާންތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލައިޓް ޖެއްސުމާއެކު ސެހެރް ޑައިރީ ލައްޕައިލިއެވެ. އިއްޔެވީ ކަމެއްހެން ޑައިރީގައިވާ ދުވަސްތައް ސެހެރްގެ ލޯކުރިމަތިން ސިފަވަމުންދިޔައެވެ. އެހެނަސް ސެހެރްގެ އެއްވެސް ޝަކުވާއެއްނެތެވެ. ސެހެރްގެ ދިރިއުޅުމުގައި ހިތްދަތިކަމުގެ ވިލާވީ ފަދައިން އުފާވެރިކަމުގެ ވިލާތަކުން މިހާރުވަނީ ފުރިފައެވެ. ސެހެރްއަކީ މިހާރު ހިތުގެ ބަލީގެ ބަލިމީހުންނަށް ފަރުވާކުރާނެ ޑޮކުޓަރެކެވެ. އަލަތު ލޯބީގެ ފޮނިމީރުކަމާއި މަންމަގެ ލޯބިން މަހުރޫމުވި ނަަމަވެސް ސެހެރް މިއަދުހުރީ އުފަލުންނެވެ. އެތައް ދުވަހެއްގެ ހިތުގެ މުރާދު ފުރިހަމަވުމުންނެވެ. ދަބަސް ނަގައި ކޮނޑުގައި އަޅުވައިލަމުން ސެހެރް ހިނގައިގަތެވެ. މާތްﷲގެ ތަނަވަސް ރަހުމަތުން ސެހެރްގެ ހަޔާތުގައި ކުރިޔަށް އޮތީ އުފާވެރިކަމެވެ. އުފަލެވެ. ހިތްހަމަޖެހުމެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ލޯބީގެ ހައްގުގައި 21

Next

ހިތި ނިމުން 3

Next
October 8, 2020

ހިތި ނިމުން 3

Previews
October 7, 2020

ލޯބީގެ ހައްގުގައި 21

12 Comments!

  1. Whatt says:
    October 7, 2020 at 11:35 pm

    Writter is this a real story?

    1. Fathimath Athifa Hussain says:
      October 8, 2020 at 12:01 am

      Dear
      Hama Hiyaalee vaahakaeh mee?

  2. Ram says:
    October 8, 2020 at 8:30 am

    Maasha allah vvv reethi ?????

    1. Fathimath Athifa Hussain says:
      October 8, 2020 at 10:13 am

      Thanks Ram?

  3. Nayaa says:
    October 8, 2020 at 7:03 pm

    Masha Allah vrhh reethi?❤️

    1. Fathimath Athifa Hussain says:
      October 10, 2020 at 7:29 pm

      ThankYou Nayaa❤

  4. Ishaany says:
    October 9, 2020 at 1:07 pm

    Wow vrh reethi vhk eh masha allah?????… eba huri vrh kamudhaa bas thakeh beynun kollaafa vx …keep it up author?. Best of luck.

    1. Fathimath Athifa Hussain says:
      October 10, 2020 at 7:28 pm

      ThankYou Ishaany it means a lot❤

  5. Thaufeega says:
    October 11, 2020 at 6:08 pm

    Varah reethi hee maashaa allah

    1. Fathimath Athifa Hussain says:
      October 11, 2020 at 6:59 pm

      ThanQ Dear?

  6. ކިއުޓިޝް ގާލް says:
    October 11, 2020 at 6:43 pm

    ??????????

    1. Fathimath Athifa Hussain says:
      October 11, 2020 at 6:59 pm

      ??

Comments are closed.



All Right Reserved!