Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަލޯބި

އަނެއްކާވެސް އޭނަ…

Mariyam Xaara Zaahir Level 1
October 12, 2020 5 Mins Read
4 Comments

އެއީ 2012 ވަނަ އަހަރުގައި އައި ޚާއްސަ ދުވަހެކެވެ. ދިރިއުޅުން މާލެއަށް ބަދަލު ކުރިފަހުން އައި އުފަން ދުވަހެވެ. އުމުރުން 18 އަހަރު ފުރުނު އެ ދުވަހަކީ އަލަށް ވެސް އަހަރެން ފޭސްބުކް އެކައުންޓެއް ހުޅުވި ދުވަހެވެ. އަހަރެންގެ ރީތި ފަހުގެ ފޮޓޯތައް އަޕްލޯޑްކޮށް، “ޕްރޮފައިލް” ތަރުތީބުކޮށް ފުރިހަމަކުރީމެވެ. ފޮޓޯތައް އަޕްލޯޑް ކުރުމަށްފަހު އެ ދުވަހު ކޮލެޖަށް ގޮސް، ކޮލެޖް ރައްޓެހިންނަށް ފޭސްބުކް އައިޑީ ދިނީމެވެ. ވަރުވަރުން އެ ދުވަހު “ފްރެންޑް ރިއުކެސްޓް” ތައް އަޔެވެ. އެހެންވެގެން ވަކި ބައެއް ނުބަލާ އަހަރެން ދިޔައީ އެ އެންމެންގެ ވެސް ދަޢުވަތު ޤަބޫލުކޮށް ފޭސްބުކު ރަހުމަތްތެރީންނަށް ހަދަމުންނެވެ.

ވާހަކަދައްކަމުންދިޔަ އެންމެންނާއި އަހަރެން ދިޔައީ ވާހަކަދައްކަމުންނެވެ. އަހަރެންނަށް 18 އަހަރުފުރިއްޖެކަނަް “ސްޓޭޓަސް” އަކުން އެންމެންނަށް އަންގައިދެމުން އަހަރެން ދިޔައީ، އަހަރެންނަށް މި ކުރެވެނީ ކޮން ކަމެއްކަން ހަޤީޤަތުގައި ނޭނގިއެވެ. މިގޮތަށް މީސް މިީޑިއާ ރައްޓެހިންގެ ތެރެއިން ވާހަކަދައްކަމުން ގޮސް، އަހަންނަށް “ވަރަށް ކަމުދާ “ޒުވާން” ފިރިހެނަކާއި ބައްދަލުވިއެވެ. ކޮފީއަކަށް ދިއުމަށް ދިން ދަޢުވަތު ޤަބޫލުކޮށް އަހަރެން އޭނާއާއެކު ދިޔައީމެވެ.

“އުފަން ދުވަހުގެ ކޮފީ” އަކަށް ގެއެއްގެ ޓެރެސް މަތިން އަހަރެން އޭނާއާ ބައްދަލުކުރީ ގޯސް ނިޔަތެއް އޮވެގެންނެއް ނޫނެވެ. އެ ކޮފީގައި ދެ މީހުން ތިބެ އެކި ވާހަކަތައް ދެއްކިއެވެ. ގަޑިން އިރުއޮއްސި 6:00 ޖެހިއެވެ. އޮލަ ވާހަކަތައް އަދިވެސް ނުނިމެއެވެ. އެތައް ވާހަކައެއް ދެއްކިއެވެ. ދިރިއުޅުމުގައި ދިމާވި އުފާވެރި ވާހަކަތަކާއި މަޖާ ވާހަކަތަކުން ފެށިގެން ގޮސް ކޮޅުން ނުލާ އެތައް ވާހަކައެއް ދެކެވުނެވެ. އެ ވާހަަކަތަކަށް ނިމުމެއް ނައިސް އުޅެނިކޮށް އަހަރެން ގެއަށް ދާންވެއްޖެ ކަަމަށް ބުނީމެވެ.

އަހަރެންނަކީ އެއްވެސް އިރެއްގައި މާ ލަސްވަންދެން ބޭރުގައި އުޅޭ މީހަކަށް ނުވުމުން އޭނާ ކައިރީގައި ދަނީއޭ ބުނެފައި ހިނގައިގަތީމެވެ. އޭނާ ފަަހަތުން އައިސް އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އަަހަރެން ވަގުތުން ގަނޑުވިއެވެ. ހަޔާތުގައި ވެސް ފިރިހެނަކު އެހާ ކައިރިވި ހަނދާނެއް ނުވެއެވެ. އެހެންވެ އަހަރެން ކުޑަކޮށް ބިރުން ހުރެ އޭނާ އަތް ފޮޅުވާލައިފައި ދުރަށް ޖެހުނީމެވެ. އޭރުވެސް އޭނާގެ އޮތީ ގޯސް ނިޔަތެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ.

އަނެއްކާވެސް އޭނާ އަހަރެންނާއި ކައިރިވެލިއެވެ. އަހަރެން އަނެއްކާވެސް އޭނާ ފޮޅާލުމުން މިފަހަރު އޭނާ އަހަރެންގެ މޫނުމަތީގައި ޖެހީއެވެ. އެވަގުތު ވީނުވީއެއް ނޭނގި އަހަރެން ބިންމައްޗަށް ވެއްޓުނު ހަނދާން ވެއެވެ. ދެން ހޭވެރިކަން ވީއިރު އޮތީ ބަރަހަނާ ހާލުގައެވެ. އޮތީ އެނދެއްގެ މަތީގައިކަންވެސް އެނގުނެވެ. އަދި މި އޮވެވުނީ ކޮޓަރިއެއްގެ ތެރޭގައި ކަންވެސް އެނގުނެވެ. ގައިގެ އެތަން މިތަނުގައި ރިއްސަމުން ދިޔަކަން އިޙްސާސްކުރެވުނެވެ. ވާންވީ ގޮތެއް ނޭނގިފައި އޮވެވުނީއެވެ.

އަނެއްކާވެސް އަހަރެންނަށް ނިދުނީ ކަމެއް ނިންދަވާލީ ކަމެއް ނޭނގުނެވެ. ހޭލެވުނީ، މީހަކު މާ ބާރަށް ވާހަކަދައްކާ އަަޑަށެވެ. ކޮޓަރި ތެރޭގައި ހުރި ފަނޑުއަލިން އަހަރެންނަށް އެއީ ކާކުކަން އެނގުނެވެ. އެއީ އަހަރެންނަށް ރީތިވި ޒުވާނާއެވެ. އޭނާ ދިޔައީ މީހަކާ ފޯނުން ވާހަކަދައްކަމުންނެވެ. އޭނާ ވެސް ހުރީ ބަރަހަނާ ހާލުގައިކަމުން، ޔަގީނުންވެސް ވީގޮތް އަހަންނަށް ސާފުވެއްޖެއެވެ. އޭނާ އަހަރެންގެ އިއްފަތްވެރިކަން ނަގާލީއެވެ. އެ ވޭނުގައި އެތާ އަހަރެން އޮންނަން ބޭނުމެއް ނުވިއެވެ. މަޑުމަޑުން އަހަރެން އެނދުން ތެދުވެއްޖައީމެވެ. އޭނާ ފޯނުގައި ހުރުމުން އޭނާއަށް އަހަރެން އުޅޭނޫޅޭ ގޮތް ނޭނގުނެވެ. ބަރަހަނާ ހާލުގައި ހުރުމުން، ގައިގައި ބެޑްޝީޓް އޮޅާލައިގެން އަހަރެން މަޑުމަޑުން އެ ކޮޓަރިން ބޭރަށް ނުކުތީމެވެ.

އަހަރެންގެ ފޯނާއި އެއްޗެހި ވީތަނެއް ނޭނގުނަސް ބޭނުންވީ އެތަނުން ސަލާމަތްވާށެވެ. އަހަރެންނަށް މަގުމައްޗަށް ނުކުމެވުނުއިރު، މަގުމަތި އޮތީ ވަރަށް އަނދިރިކޮށެވެ. އެހެންކަމުން އެއީ ދަންވަރު ގަޑިކަން އަހަރެންނަށް އެނގުނެވެ. އަހަރެން ގައިގައި ފޮތިގަނޑު އޮޅާލައިގެން ބާރު ބާރަށް ގެއާ ދިމާލަށް ދުއްވައިގަތީމެވެ. ނަސީބު ދިމާ ކުރިގޮތުން، ޓެކްސީ ޑްރައިވަރަކަށް އަހަރެން ފެނިގެން، ގެއަށް ގެންގޮސް ދިނެވެ.

އެ ޓެކްސީ ޑްރައިވަރު އަހަރެންގެ ގާތުގައި ވީ ގޮތެއް ނާހައެވެ. ބުނިހާވެސް އެއްޗަކީ މިއީއެވެ. ކޮއްކޯއެވެ. މިއީ ދުނިޔެއެވެ. ބަލައިގެން އުޅޭށެވެ.

އަހަރެން ގެއަށް ދިޔައިރު، ގޭގައި އެންމެން ތިބީ ހާސްކަންމަތީގައެވެ. އަހަރެން ގޮސް ވެއްޓިގަތީ މަންމަގެ ފައިބުޑަށެވެ. އަހަރެންގެ ހާލަތު ފެނިފައި އެންމެންވެސް ތިބީ އަންތަރީސްވެފައެވެ. ވަގުތުން މަންމަ އަހަރެން ކޮޓަރިއަށް ވެއްދިއެވެ. އަދި ކަންތައް ވީ ގޮތް އަހަރެން ގާތުގައި އެހިއެވެ. އަހަރެންނަށް އެނގޭ މިންވަރަކުން ކިޔައިދިނީމެވެ.

އެކަން މަންމަމެން ސިއްރު ކުރިއެވެ. އަދި އެއީ ކޮން ފިރިހެނެއްތޯ ވެސް ބަލަން ބޭނުން ނުވިއެވެ. އަހަރެން ހުރީ ވާނުވާގައެވެ. އަހަރެންގެ ފޯނާއި އެއްޗެހިވެސް މަންމަމެން ހޯދަން ބޭނުން ނުވީއެވެ. އޭގެ އަނެއް ދުވަހު އަހަރެންގެ ގާތުގައި ބުނީ، ރާއްޖެއިން ބޭރަށް ދާން ޓިކެޓް ނަގާފައިވާ ވާހަކައެވެ. މާލެ އަހަރެންނަށް ރައްކާތެރި ނޫން ވާހަކައެވެ.

އަހަރެން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ، އެ ހާދިޘާ ހަނދާން ނައްތައިލެވޭނެ ކަމުގެ އުންމީދާއެކުއެވެ. މެލޭޝިއާއަށް ދިރިއުޅުން ބަދަލުކޮށް މީސް މީޑިއާއަށް އެއްކޮށްހެން ދުރުވެލީމެވެ. ހަމައެކަނި ޖަވާބު ދެނީ ވައިބާއިން ކޮންމެހެން ޖަވާބު ދޭންޖެހޭ މެސެޖްތަކަށެވެ.

މެލޭޝިއާގައި އަހަރެން ކިޔަވަން ފަށައި، އަލުން އާ ހިވްރަކައިގެން ދިރިއުޅުން ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރީމެވެ. އެކަމެއް ނުވިއެވެ. މީހާ މާބޮޑަށް ވަރުބަލި ވަނީއެވެ. މީހާ ފަލަވަނީ އެވެ. އާއިލާ ބައެއް ނެތް ތަނެއްގައި އުޅެން ޖެހުމުން ހާލަތު ވަކި ކިޔާދޭނީ ކާކަށް ހެއްޔެވެ؟ އަހަރެންގެ އާއިލާ އަހަރެން މެލޭޝިއާއަށް ފޮނުވާލީ، މާލޭގައި އަހަރެންނަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެއެވެ. ނުވެސް ދަންނަ ބައެއް ކައިރިއަށް އަހަރެން ފޮނުވާލީއެވެ.

މެލޭޝިއާގައި އަހަރެން ދިރިއުޅުން ބަދަލުކުރިތާ ހަތަރު މަސް ފުރުނު ދުވަހެވެ. އަހަރެންނަށް މީހަކު ވައިބާއިން ގުޅުމުން ފޯނު ނެގީއެވެ.

“އުޝާތަ؟. ހާދަ ފައްކާ ފޮޓޯތަކެއް މިޔޮށް އެނބުރެނީ؟ ވާ ސަރިވާ” މިހެން މީހަކު ބުނުމުން އަހަރެންނަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.

އަހަރެން ޖަވާބު ނުދީ ފޯނު ކަނޑާލުމުން އޭނާ އަހަރެންނަށް އެ ފޮޓޯތައް ފޮނުވިއެވެ. އެއީ އަހަރެންގެ ބަރަަހަނާ ފޮޓޯތަކެވެ. މޫނާއި އެކުގައެވެ. އަހަރެން ނިދިފައި އޮއްވާ ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެވެ. ގުޅުން ހިންގަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެވެ.

އަހަންނަށް ޖެހުނު ހާލު ހަޤީޤަތުގައި ހިތަށް ގެނެވުނު ވަގުތަކީ އެއީއެވެ. ހަދާނެ އެއްވެސް ގޮތެއް ނެތެވެ. އާއިލާއަށް އެކަން އެނގި، އާއިލާއިން ބޭރުކުރާ ވަރު ވެއްޖެއެވެ. ވައިބާގެ އެކި ގްރޫޕްތަކުގައި އެ ފޮޓޯތައް ދިޔައީ ދައުރުވަމުންނެވެ. ގޮތް ހުސްވެ ނަފްސަށް ނަފްރަތުކުރާ ހާލުގައި މޮޔަ ޚިޔާލުތައްވެސް ހިތަށް ގެނެވުނެވެ. އިތުރަށް ދުނިޔޭގައި އުޅުމުގެ ބޭނުމެއްނެތް ކަމަށް ނިންމައި އަހަރެން ނިންމީ ފުރާނަ ދުއްވާލުމަށެވެ. ނަމަވެސް ތަޤުދީރު ނިޔާކުރި ގޮތުން ގޭގައި ދިރިއުޅޭ މީހަކު އަހަރެން ސަލާމަތް ކުރީއެވެ. އެ މީހުންނަށްވެސް ވެގެން އުޅޭ ގޮތް އެނގި އަހަރެން، އެފަދަ ފިޔަވަޅެއް އަޅާފާނެ ކަމަށް ތައްޔާރުވެ ތިބީއެވެ.

އަހަރެން މުޅި ދުނިޔެއަށް ފަޟީހަތްވުމުގެ އިތުރުން، މުޅި ދުނިޔެއިން ބާކީވެ ބިކަވެއްޖެއެވެ. އެ ދުވަހު އަހަރެން ހޮސްޕިޓަލަށް ނުގެންގޮސް ސަލާމަތްވީކަން ވެސް އެއީ ނަސީބެކެވެ. އެހެންނަމަ އަނެއްކާވެސް އަހަންނާއި ގުޅޭ އިތުރު ވާހަކަތަކެއް ފެތުރުނީހެވެ. މި ޚަބަރާއެކު އަހަރެންގެ މަންމަ މެލޭޝިއާއަށް އައެވެ. އައި ދުވަހު އަހަރެންނާއި ވާހަކަ ނުދައްކައެވެ. އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ގޮސް ސްކޭން ހެދީ، ގޭގައި ތިބި މީހުން އަހަރެންނާއި ގުޅޭގޮތުން ދިން މައުލުމާތުގެ މައްޗަށް ބިނާކޮށެވެ.

އަހަރެން ބަނޑުބޮޑެވެ. ބަނޑަށް ވީ ހަތަރު މަހެވެ. އެކަމާވެސް މަންމަ އަހަރެންނާ ދިމާއަށް އެއްޗެއް ނުބުނެވެ. މަންމަގެ މޫނު މަތިން ފެނުނީ ހިތާމަވެރިކަމާއި މޮޅިވެރިކަމެވެ.

އެހައި ހިސާބުން އަހަރެން ކިޔެވުން ހުއްޓާލުމަށްފަހު ގޭގައި މަޑުކުރީމެވެ. ދުނިޔޭގެ ލަދަށެވެ. އެންމެންގެ ތެރޭގައި ދެކެވެމުން ދަނީ އަހަރެންގެ ބަރަހަނާ ފޮޓޯތަކުގެ ވާހަކައެވެ. އެއްވެސް މީހަކު ކަން ވީގޮތެއް ނާހައެވެ. އަހަރެން ބޭނުންވެގެން ކުރި ކަމެއްގެ ގޮތުގައި އެކަންވެސް ވީއެވެ. އަހަރެންގެ މައިންބަފައިން ވެސް ގަބޫލު ކުރީ އެގޮތަށެވެ. ބައްޕައާއި މަންމައާ ވަކިވީވެސް އަހަރެންގެ އެ ފޮޓޯތައް ލީކްވެ، އެޅުނު ބަދުނާމުގެ ސަބަބުންނެވެ.

މެލޭޝިއާގައި ދިރިއުޅެމުންދިޔަ ކަމުގައިވިޔަސް ކޮންމެ ދުވަހަކު ވެސް އެ ފޮޓޯތަކޭ ކިޔައިގެން ކޮންމެވެސް ވާހަކައެެއް ދައްކާލައެވެ. އެ ފޮޓޯތަކާއި ގުޅިގެން ދިވެހި ފުލުހުންވެސް މައްސަލައެއް ބަލަން ފެށި ކަމަށް ވިއެވެ. ނަމަވެސް މައްސަލައަށް ވީ ގޮތް ނޭނގުނެވެ.

އަހަރެންގެ މުޅި ދިރިއުޅުން ނިމުނީކަމަށް ނިންމައިގެން މުޅިން އެކަހެރިވެގެން އުޅޭތާ މަސްތަކެއް ފަހުން އަހަރެން ވިހެއީމެވެ. ވިހެއީ އަންހެން ކުއްޖެކެވެ. އެއީ ލޯބިލޯބި ސާރާއެވެ.

ސާރާ އަހަރެންނަށް ލިބުންވީ ނަސީބަކަށް ނަމަވެސް، ގޭތެރެއިން ދައްކާ އެ ފޮޓޯތަކުގެ ވާހަކަތަކަށް ހުއްޓުމެއް ނައެވެ. އެ މުޑުދާރު ވާހަކަ ދައްކަމުން ދިޔައީ އަހަރެންގެ އާއިލާއާ ގުޅުން ނެތް ބައެއްގެ ތެރޭގައެވެ. މަންމަ އަހަރެން ކައިރީގައި ހުއްޓަސް ލަދުން މަރުވާ ވަރުވެއެވެ. އިތުރު ގޮތެއް ނެތިގެން އެގޭގައި އަހަރެންނާ މަންމަ ދިރިއުޅެމުން ދިޔައީއެވެ.

އަހަރުމެންގެ އާއިލާއަކީ ފައިސާގެ ގޮތުން ތަނަވަސް އައިލާއެއްކަމުން ބޭނުންހާ އެއްޗެއް އަހަރެންނާ ސާރާއަށް ލިބެމުން ދިޔައެވެ. އެކަމަކު އަހަރެމެން ވަކިން ދިރިއުޅެން ދާން ބޭނުންވިއެއް ކަމަކު މާލޭގައި ތިބި އަަހަރެންގެ އާއިލާއިން އެކަމާ އެއްބަހެއް ނުވެއެވެ.

ސާރާއަށް ފަސް އަހަރުވަންދެން އަހަރެން އެތަނުގައި އުޅުނީމެވެ. އަހަރެން ކިޔެވުން ނިންމާލީމެވެ. އެނބުރި ރާއްޖެ އައީ، ޑިިގްރީއާއެކު، ދަރިފުޅުވެސް ގޮވައިގެންނެވެ.

ރާއްޖެ އައީ ބުރުގާ އަޅައިގެންނެވެ. 2018 އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ، އަލުން އާ ފެށުމަކާއެކު ދިރިއުޅުން ކުރިއަށް ގެންދެވޭތޯއެވެ. އަހަރެން ގެއަށް ވަދެވުމާއެކު އަޑުއިވިގެން ދިޔައީ، ކައިވެންޏަށް ހުރިހާ ކަމެއް ނިމިފައިވާ ވާހަކައެވެ. ކާކާ ކަމެއް ނޭނގެއެވެ.

އަހަރެންނާ އިންނާނެ މީހަކު ވާނެ ހެއްޔެވެ؟.އަހަރެންގެ ކައިވެންޏަށް ހުރިހާ ކަމެއް ނިމި އިންނަން ޖެހޭނެކަމަށް، އާއިލާގެ އެންމެ އިސް ފަރާތް ކަމުގައިވާ ބައްޕަ އެންގިއެވެ. އަހަރެން އިތުރު އެއްޗެކޭ ނުބުނަމެވެ.

އަހަރެންގެ ކައިވެނި އޮތީ ޖެނުއަރީ 9 ނުވަވަނަ ދުވަހުއެވެ. ކައިވެނި ކުރަނީ ކާކާ ކަމެއް ކިހިނެއް ހުންނަ މީހަކާއި ކަމެއް އަހަރެންނަށް ނޭނގެއެވެ. ގޭތެރޭގައި ވެސް އޭނާއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.

ޖެނުއަރީ ނުވަ ވަނަ ދުވަހުގެ ރެއެވެ. ގޭގެ ބޮޑު ފެންޑާގައި އަހަރެމެން ދެ މީހުންގެ ކައިވެންޏަށް ހުރިހާ ކަމެއް ތައްޔާރު ވެއްޖެއެވެ. ވިޝާލް އޭ ކިޔާފައި މަންމަ ގޮވާލި ގޮތުން އަހަރެންގެ ގައިން ހީބިހި ނަގާލިއެވެ. އަދި ފަސް އެނބުރި ބަލާލެވުނެވެ. އެރޭގެ ހަނދާންތައް ލޯ މަތިން އަންނަން ފެންނާން ފެށިއެވެ. އޭނާ ފެނުމުން ގައިން ދިލަނަގަން ފެށި ކަހަލަ ގޮތް ވިއެވެ. އާއިލާގެ މި ނުބައި ރޭވުމުގެ ބޭނުމަކީ ކޮބައި ކަމެއް ނޭނގުނެވެ.

އަހަރެންނަށް ރޮވުނެވެ. ތަން ދޫކޮށްފައި ދާންވެސް ބޭނުންވިއެވެ. މުޅި އާއިލާއިން އަހަރެންނަށް މި ހަދާލީ ކިހިނެއްބާއޭ ހިތައް އެރިއެވެ. އަހަރެން ރޭޕްކޮށް، އަދި ނުވެގެން އަހަރެންގެ ފޮޓޯތައް ލީކްކޮށް ދިރިއުޅުން ބަރުބާދުކޮށްލި މީހާއާއާ އަހަރެންނާއި ކައިވެނި ކުރުވަން މި އުޅުނީ ކީއްވެ ހެއްޔެވެ؟ ނަމަވެސް މަޖުބޫރީ ހާލަތުގައި އަހަރެން ޖެހުނީ އެކަމާއި ޤަބޫލުވެ އެ ކައިވެނި ކުރާށެވެ.

ރޭތައް ދިޔައީ ގުނަމުންނެވެ. މަޖުބޫރީ ކައިވެނީގެ ހަގީގަތް ހާމައެއް ނުވެއެވެ. ވިޝާލް އާއި އަހަރެންގެ ކައިވެންޏަށް ހަފްތާއެއް ވެގެން ދިޔައިރުވެސް އަނގައިން ނުބުނަމެވެ. އާއިލާ ކުރިމަތީގައި ދެ މީހުން ވަރަށް ގުޅިގެން އުޅޭ ކަމަށް ދެއްކި ނަމަވެސް، ކޮޓަރި ތެރޭގައި ވާ ކަންކަން އެއްވެސް މީހަަކަށް ނޭނގޭނެތާއެވެ.

އެއް ރެއެެއްގެ ދަންވަރެެވެ. ވިޝާލް އެނދުގައި އޮށޯތުމާއެކު، މިއީ ކޮން ކަމެއްތޯ އަހަރެން ސުވާލުކުރީމެވެ. ވިޝާލް ވާހަކަދައްކަން ފެށިއެވެ. ސާރާއަކީ އޭނާގެ ދަރިއެއްކަމަށް ބުންޏެވެ. އަދި ޒުވާން އުމުރު ފުރައިގައި އޭނާއަށް އެޅުނު ޅަ އެއްޗަކީ އެއީ ކަމަށް ބުންޏެވެ. އަދި ބަރަހަނާ ފޮޓޯތައް ލީކްވީ އޭނާގެ ފޯނުގައި އެ އެއްޗެހި ހުއްޓާ ބަޔަކު ފޯނު ވަގަށް ނެގުމުން ކަމަށް ބުންޏެވެ.

އަދި އޭނާ އަހަރެން ހޯދުމަށް ވަރަށް މަސައްކަތްކުރި ކަމަށްވެސް ބުންޏެވެ. އަދި އަހަރެން މެލޭޝިއާއަށް ދިރިއުޅުން ބަދަލު ކުރިކަންވެސް އެނގުނީ އޭނާގެ އަނބިމީހާއަށް ކެންސަރު ޖެހިގެން މަރުވި ފަހުން ކަމަށާއި، ދެ މީހުން ދިމާވިއިރު، އޭނާ އުޅުނީ ކައިވެންޏެއް ކޮށްގެން ކަމަށްވެސް ބުންޏެވެ. އަދި އަހަރެން ބަނޑުބޮޑުވެދާނެ ކަމަށް ހީވެސް ނުކުރާ ކަމަށާއި، އަހަރެންގެ އާއިލާއާ ޝިޔާން ބައްދަލުކޮށް، ހުރިހާ ވާހަކައެއް ހިއްސާ ކުރުމުން އަހަރެންގެ އާއިލާއިން ބޭނުންވީ ދެ މީހުން ކައިވެނި ކުރުވަން ކަމަށް ޝިޔާން ބުންޏެވެ.

ވިޝާލް ވާހަކަތައް އިވިފައި އަހަރެން ގަބުވިއެވެ. ވިޝާލްގެ ދިރިއުޅުމަށް އައި އެ ހީނަރުކަމުގެ ވާހަކަ އަޑުއިވިފައި އަހަރެންވެސް ހަމްދަރުދީވިއެވެ.

ކުރީގެ އަނބިމީހާގެ މަރާއެކު، އޭނާއަށް ކުރެވުނު ކުށަށް އިއުތިރާފްވީ ކަމަށް އޭނާ ބުނެފިއެވެ. އަދި އަލުން އާ ހަޔަތާއެކު، އަހަންނާއެކު އުޅެން ބޭނުންވާ ކަމަށް ވެސް ބުންޏެވެ. އެ ގުޅުން އަހަރެން ކުރިއަށްގެންދަން ނިންމީ ސާރާއަށްޓަކައެވެ. އަހަރެންގެ އިއްޒަތާއި އަބުރު ރައްކާތެރިކޮށްދޭން މިއަދު އަހަރެން ބޭނުން ވެއެވެ. އެކަމަކު އަހަރެން ވިޝާލްއަށް މައާފެއް ނުކުރާނަމެވެ. އޭނާ އަހަރެންނަށް ދިން ޒަހަރުގެ ހިތިކަން އަދިވެސް ފިލައިނުދެއެވެ.

….ނިމުނީ…..

Share Article

Follow Me Written By

Mariyam Xaara Zaahir

Level 1

Other Articles

Previous

އިމްތިޙާން 30

Next

އާޒީން 1

Next
October 12, 2020

އާޒީން 1

Previews
October 12, 2020

އިމްތިޙާން 30

4 Comments!

  1. Ma says:
    October 12, 2020 at 3:09 pm

    Mi vaahaka vaguthu news ga in hama in gothah… the name only changed.

  2. princess says:
    October 12, 2020 at 7:11 pm

    yah it is true news ga mi vaahaka in names ekani change kohfa mi inyy…. copy kohfa inyma evves salhi eh noon…..

  3. ?daisy love says:
    October 15, 2020 at 5:43 pm

    ނޫސް ނުކިޔާ މީހުންނަށް ކިޔާލަން ލިބުނީތީ ޝުކުރު

  4. Ishaany says:
    October 17, 2020 at 9:37 am

    Ooh nice story eh

Comments are closed.



All Right Reserved!