ޑޮކުޓަރުކަން ކިޔަވަން ޗައިނާއަށް އަހަރެން ދިޔައީ ހިތާދެކޮޅަށެވެ. ލޯބިވާ މައިރާއާއި ދުރުގައި ހުންނަންޖެހޭތީއެވެ. އެހެނަސް ހިތްވަރުލައި ކިޔެވުމަށް އަހަރެން ފުރީމެވެ. އުއްމީދަކީ ކިޔެވުން ނިއްމާލުމަށްފަހު މާލެއައިސް މައިރާ އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުމެވެ. މައިރާވެސް ބޭނުންވާގޮތަކީ އެއީއެވެ.

ޗައިނާއަކީ އަހަންނަށް ވަރަށް އާގައުމެކެވެ. އެހެނަސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގެ މާހައުލަށް މަޑުމަޑުން އަހަރެންދިޔައީ ހޭނެމުންނެވެ. ކިޔެވުން ފެށުމާއެކު އުޅެންޖެހުނީ ވަރަށްވެސް ބުރަކޮށެވެ. ދުވާލުދާ ހަތަރުދަމު ކޮލެޖުގައި ހޭދަކުރުމަށްފަހު ނިދާލަން ލިބެނީ ދެގަޑިއިރެވެ. ރޭގަނޑުގެވެސް ބޮޑުބައި ހޭދަވަނީ ފިލާވަޅު ހެދުމާއި ކިޔެވުމުގައެވެ. މައިރާޔަށް ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހުސްކުރަމެވެ.

މައިރާއާއި ވާހަކަދެކެވޭ ވަގުތަކީ އަހަރެންނަށް އެންމެ އުފާވެރި ވަގުތުކަމުގައި ވެއެވެ. މައިރާގެ ހިތްގައިމުއަޑު ކަންފަތުގައި ޖެހިލާއިރު ހިތައް ބުނެދޭންދަތި ހިތްހަމަޖެހުމެއް ވެރިކުރުވައެވެ. ރަނގަޅަށް ކިޔެވުމަށާއި ބަރާބަރަށް ނަމާދުކުރުމަށް މައިރާ އަބަދުވެސް ހަނދާން ކޮއްދޭނެއެވެ. މައިރާ އަހަންނާމެދު ވިސްނާފިކުރުކުރާކަން އެފަދަ ކަންތައްތަކުން އަހަންނަށް ޔަގީންކުރެވެއެވެ.

އަހަރުގެ ބޮޑުބަންދުގައި މާލެ ދިޔުމަށް އަހަރެން ގަސްތުކުރީމެވެ. ޑިސެންބަރު ވިހިވަނަދުވަހަކީ ނައިރާގެ އުފަންދުވަސްކަމުން ނައިރާއަށް ސަޕުރައިޒެއް ދޭން އަހަރެން ނިއްމީމެވެ. ސެމިސްޓާގެ ފައިނަލް އިމްތިހާނުތައް ބޯމަތިވިއެވެ. ނައިރާއަށް ދޭނެ ވަގުތެއް އަހަންނަކަށް ނުލިބެއެވެ. މައިރާ ދެރަވާނޭކަންވެސް އަހަންނަށް އެނގޭމެއެވެ. އެހެނަސް ޓެސްޓުތައް ނިއްމާލާފައި މައިރާއަށް ގިނަވަގުތު ދެވޭނޭކަން މައިރާ ގާތުގައި އަހަރެން ބުނީމެވެ.

މައިރާ ހުރީ ހިތްހަމަނުޖެހިފައެވެ. އެހަރެން މެސެޖެއް ކުރިޔަސް ކުޑަމިނުން މެސެޖް ބަލާވެސް ނުލައެވެ. އަހަރެން ދެރަވިއެވެ. އެހެނަސް ޓެސްޓުތައް ނިއްމުމަށްފަހު ހަމަޖެހިގެން މައިރާ އާއި ވާހަކަދައްކަން ނިއްމީމެވެ. އަހަރެންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވޭވަރުވީ ޓެސްޓުތައްނަގައި ނިމުމުންނެވެ. މައިރާއަށް މެސެޖު ކުރީމެވެ. އެހެނަސް މެސެޖަކަށް ޖަވާބެއް ނުދެއެވެ. ގުނާ އަދަދުނުކުރެވޭ ވަރަށް މެއިލްވެސް ކުރީމެވެ. ފޯނަށް ގުޅުމުން ކޮންމެ ފަހަރަކު ބިޒީ ކޮއްލަނީއެވެ. ވެގެންއުޅެނީ ކީއްކަން ނޭނގި އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ.

މައިރާގެ ހަބަރެއްވީ ހަފުތާއެއް ފަހުންނެވެ. ށަކުވާނުކޮށް މައިރާއާއި އަހަރެން ވާހަކަދެއްކީމެވެ. ލޯބިވާތީއެވެ. ޒުވާބުކުރުމަކީ އެއްއިރެއްގައިވެސް އަހަރެން ކުރާހިތްވާ ކަމެއްނޫނެވެ. މައިރާގެ ބަސްމަގުހުރީ ބަދަލުވެފައެވެ. ކޮންމެ ސުވާލެއް ކުރިޔަސް ޖަވާބުގައި ހޫމްއޭ ބުނެ ނިއްމާލައެވެ.”މައިރޫ… އަހަރެންމަތިން މިސްވެސް ނުވޭދޯ މިހާރަކު. އަނެއްކާ އަހަރެންދެެކެ މައިރޫ ލޯބިވޭތަ.. ހަމަގައިމުވެސް މައިރޫ މަތިން އަހަރެން ހަނދާންނުކުރާ އެންމެ ދުވަހެއްވެސް ނުދާނެ.. ކަމެއްގޯސްކޮއް ކުރެވުނީތަ އަހަންނަށް. މައިރޫ ބުނީމަތާ އިނގޭނީ… އަޅެ ވާހަކަ ދައްކަބަލަ..” މައިރާގެ އެދުރުކަން އަހަރެންނަކަށް ކަމަކުނުދިޔައެވެ.

“ޒިވިޔަލް… އަޅެ ކަމެއް ގޯސްވެއްޖެތަ.. އަހަރެން ބަދަލެއްނުވަން. ޒިވިޔަލް ކަންނޭނގެ ބަދަލުވީ. އަހަރެން މިސްވާތީ ދޯ މެސެެޖްކުރީ… ޒިވިޔަލް އަޅާވެސްނުލާ. އެހެންވީމަ އަހަރެން ލޯބިނުވެޔޭ ބަދަލުވީޔޭ ކިޔޭނެ ޖާގައެއް ނެތެއްނު. މާ ބޮ ޑަށޭ ތިވިސްނަނީ ކަންކަމާ.. ޒިވީ މިހާރު އަހަރެންނަށް އިތުބާރެއްވެސް ނުކުރަންދޯ…” މައިރާގެ ބަސްމަގު ހުރިގޮތުން އިތުރަަކަށް ހިތްހަމަނުޖެހި ހުންނާކަށް އަހަންނަކަށް ނުކެރުނެވެ. މައިރާ ދެކެ ނުރުހުންވެގެން އަހަންނަށް މާގިނައިރަކު ނުހުރެވޭނޭކަން މައިރާއަށް ރަނގަޅަށްވެސް އިނގޭނެއެވެ.

އަހަރެން ކުރަމުންއައި ދިގުއިންތިޒާރަށް ނިމުންއައެވެ. ކޮލެޖް ބަންދުވުމާއެކު އަހަރެން ތައްޔާރުވީ މާލެދިޔުމަށެވެ. ލޯބިވާ މައިރާގެ ގާތަށްދިޔުމަށެވެ. ދިގުދަތުރަކަށްފަހު ވެެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލެއިޓު ޖެއްސިއެވެ. އަހަރެންހުރީ ވަރަށްވެސް އުފަލުންނެވެ. މައިރާއާއި ބައްދަލުވެވޭނެެތީއެވެ. މަންމައާއި ބައްޕަޔަށްވެސް އަންގާނުލާ އަހަރެން މާލެއައީ އެމީހުނަށްވެސް ސަޕްރައިޒެއް ދޭންވެގެންނެވެ. ގެއަށްގޮސް ވަންތަނާ މަންމަ އަހަރެންގެ ގައިގައި ބައްދަބައްދާފައި ރުޔެވެ.އުފަލުންނެވެ. ނުފެނިއެތަކެއް ދުވަސްތަކެއްވުމުން މަންމަހުރީ އިންތިހާޔަށް އުފާވެފައެވެ.

ކޮޓަރިޔަށްވަދެ ދަބަސް އަލަމާރިކައިރީ ބެހެއްޓުމަށްފަހު އަހަރެން އެނދުގައި ޖައްސައިލީމެވެ. ވެފައިވާ ވަރުބަލިކަން އިހުސާސްވީ ދެނެވެ. ލޮލަށް ނިދީގެ އަސަރުވެ އަހަންނަށް ނިދުނެވެ. މަންމަ ކޮޓަރީގެ ދޮރުގައިތަޅާ އަޑަށް އަހަންނަށް ހޭލެވުނެވެ. “ދަރިފުޅާ ޒިވިލް ފެންވަރައިގެން އާދޭ ކާން.. ބައްޕަވެސް އެބައިންނެވި ދަރިފުޅުގެ އިންތިޒާރުގައި…” “ލައްބަ މަންމާ މި އަންނަނީ ފެންވަރައިގެން….” އަހަރެން ބުނީމެވެ.

ބައްޕަޔާއި މަންމަޔާއެކު ރޭގަނޑުގެ ކެއުން ނިއްމާލުމަށްފަހު އަހަރެން އަވަސްވެގަތީ މައިރާއާއި ބައްދަލުކުރަން ދިޔުމަށެވެ. މައިރާއަށް ދޭނެ ރަތްކުލައިގެ ފިނިފެންމަލުގެ މާބޮނޑިޔެއް ގަންނަން މާވިއްކާ ފިހާރަޔަކަށް ދިޔައީމެވެ. ނަސީބަކުން ގެއާއި މާދުރަށް ނޮގޮސް މާބޮޑިޔެއް ލިބޭވަރުވިއެވެ. މާބޮނޑި ނަގައިގެން އަހަރެން އައީ ގެޔަށެވެ. ގަރާޖުގަ އޮތް ކަޅުކުލައިގެ އަހަރެންގެ ކާރުނެރެ ކާރަށް އެރީމެވެ. މައިރާއާއި ބައްދަލުކުރުމަށް އެގެޔަށް ދިޔުމަށެވެ. މައިރާ ސައިޕްރައިޒް ވާނެވަރު ހިތައްއަރާފައި އަހަރެންނަށް ބޭއިހުތިޔާރުގައި ހިނިތުންވެވުނެވެ.

ކާރުގެ ސެޓުން އަހަރެން ލަވައެއް ޖަހައިލީމެވެ. މައިރާ އާއި އަހަރެން ދެމީހުންނަށް އެންމެކަމުދާ ލަވައެވެ. އެއީ ރާފިޔަތު ރަމީޒާ އަދި އަލީރަމީޒުގެ ޖާދުވީ އަޑުން ކިޔާފައިވާ “މައުނަވީ އާލަމުން” ލަވައެވެ. ލަވަޔާއި އެއްވަރަށް އަހަރެންދިޔައީ އެލަވަ ކިޔަމުންނެވެ. އެހިނދު އަތުގާހިފުނޭ ލަދުގެފަރުދާ ކެހުނޭ މައުނަވީ އާލަމުން ހަނދު ދައުރުވަނީ ލޯބިންނޭ….އަހަރެންނަށް އެލަވަ ވަރަށްވެސް ހިތްގައިމެވެ.ލަވައިގެ ޅެންވެސް ހަމަމޮޅީއެވެ.

ދިހަވަރަކަށް މިނުޓުތެރޭ އަހަންނަށް މައިރާގެ ގެއަށް ދެވުނެވެ. ކާރު ޕާކުކުރުމަށްފަހު ރަތް ފިނިފެންމަލުން ޖަރީކޮއްފައިވާ މާބޮނޑި ނެގީމެވެ. އަދި މައިރާގެ ގެއައް ވަންނަން ހިނގައިގަތީމެވެ. ކުއްލިއަކަށް އަހަރެންގެ ކަންފަތުގައިޖެހުނީ އަންހެނެއްގެ ހުނުމުގެ އަޑެވެ. މައިރާގެ ގޭގެ ދޮރުކުރިމަތީ ފިރިހެނަކާއި އަންހެނަކު އޮޅުލައިގެންތިބި މަންޒަރުފެނުނު ހިނދު އަހަރެންގެ ލޯއެދުނީ އެއީ ކޮންބައެއްތޯ ބެލުމަށެވެ. އެއްވެސްކަހަލަ އަލިކަމެއް ފެންނަންނެތުމުން އެއީކާކުކަމެއް އަހަންނަކަށް އިނގޭވަރެއްނުވިއެވެ.

އަހަރެން މައިރާއޭ ކިޔާ ގޮވަމުން އެގޭގެ ބޭރުދޮރުގައި ދެތިންފަހަރު ތަޅައިލީމެވެ. ހަބަރެއްނުވިއެވެ. މައިރާގެ ފޯނަށް ގުޅުމުންވެސް ފޯނެއް ނުނަގައެވެ. އިރުކޮޅަކުން އަހަންނަށް ފެނުނީ މައިރާގެ ދޮންބެ އަތީން ޑިއުޓީ ނިއްމާފައި ގެއައް އަންނަތަނެވެ. “ދޮންބެ ކޮބާ މައި… ގުޅާ ގުޅާ ފޯނެއްވެސް ނުނަގާ.. ގޭގަހުރީ ތަޅުލާފަ… އެހެންވެ ހަދާނެގޮތެއް ނޭގިފަ މިހުންނަނީ..” ދެންމެ މިދިމާ މަގުމަތީގަ މައި ކައިރީގަ ހުރީ ޒިވިލް ކަމަށް ދޮންބެ ހީކުރީ.. މައި އެބަހުރި މިދިމާ މަގުމަތީގަ…” އަހަރެން އިތުރުވާހަކަ ދައްކާކަށް ނަހަދާ މައިރާ ހުރިކަމަށް ބުނިދިމާލަށް ދިޔައީމެވެ.

ލޯކުރިމަތިން މިފެންނަނީ ރަނގަޅު މަންޒަރެއް ހެއްޔެވެ. ނޫނީ އަހަރެންގެ ލޮލުގައި މައްސަލައެއް އުޅެނީހެއްޔެވެ. މައިރާ އެހެން ފިރިހެނެއްގެ ގައިގައި ބައްދައިގެން ހުރެ ހިނިތުންވުމާއެކު އެމީހާޔާ ވާހަކަ ދައްކަނީއެވެ. އަހަރެން ވަރަށް ބާރަށް މައިރާއޭ ކިޔާ ގޮވައިލީމެވެ. މައިރާ ދިޔައީ ސިއްސައިގެންނެވެ.” މައި ތީ ކޮންކަމެއް.. ތީ މައިގެ ކާކު.. އަހަންނަށް ޖަވާބުދީ.. މިއަދު މާލެއައިސް މައިއަށް ސަޕުރައިޒެއް ދޭން ނުބުނެ މިއައީ…. އެކަމް ސަޕުރައިޒް މިލިބުނީ އަހަންނަކަށްނު ދޯ…. ” މައިރާ ވާހަކަދައްކަންފެށިއެވެ.

“މީކާކުހޭ ދޯ ތިއެހީ… މީ އަހަރެންގެ ލޯބިވެރިޔާ މިޔާޝް.. ޒިވިލް އަހަރެން ބާކީކޮއްލީމެއްނު… އަހަރެންނަށް ވަގުތު ނުދިނީމެއްނު. އަހަންނަށް ލޮތްބާއި އަޅާލުން ދިނީ މިޔާޝް.. މިހާރު އެނގިއްޖެ.. ޒިވިލް ޔޫ ޑޯންޓު ޑިޒާވްމީ… ނައު ލީވް…އައި ޑޯންޓު ނީޑްޔޫ އެނީމޯ ގުޑްބާއި ޒިވިލް ” އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނައިގެ މުތީތައް އޮހެންފެށިއެވެ. އަހަރެންގެ އެއްވެސް ކުށެއްނެތްއިރު މިފަދަ އަނިޔާއެއް މައިރާ އަހަންނަށް ދިނީ ކީއްވެގެން ހެއްޔެވެ. “މައި އަހަރެން ދޫކޮއްފަދާނޭ ކަމެއް އަހަރެން ނުކުރަން… މައި  ޑޯންޓު ޑޫދިސް ޓުމީ… އައިކޭން އެކުސްޕުލެއިން ދަ ހޯލްތިން. ޕުލީޒް މައި…. ކަމްބެކްޓުމީ.. އައި ލަވްޔޫ އެން ޑް އަވިލް ލަވްޔޫ ފޯއެވާ…..” މައިރާ އަހަރެންނާއި ވާހަކަނުދެއްކިއެވެ.

އަތުގައޮތް ފިނިފެންމާބޮނޑިޔާއެކު އަހަރެން ކާރަށް އަރައި ދުއްވައިލީމެވެ. ދާނޭ ވަކި މިސްރާބެއްނެތިއެވެ. އުފަލުން ފޮޅޭހާލު މައިރާގެ ގާތައް ދިޔުމުން މައިރާ އަހަރެންގެހިތް ފިސްފިސް ކޮއްފިއެވެ. މިއީ ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ. އަހަރެންގެ ވަފާތެރިކަމުގެ ބަދަލު މައިރާ މިހާ ހިތިގޮތަކައް ދޭނެޔޭ އަހަރެން ދުވަހަކުވެސް އުއްމީދެއް ނުކުރަމެވެ. އެހެނަސް މައިރާގެ ފަހަތުން އާދޭސްކުރާކަށް އަލަކުން އަހަރެން ނެތީމެވެ. މައިރާގެ ހިތުގައި އަހަންނަށްޓަކައި ތެދުވެރި ލޯބިވީނަަމަ މިފަދަ ދުވަހެއް ނައީހެވެ. ބޭވަފާތެރިޔަކަށްޓަކައި އަހަރެންގެ އަގުހުރި ކަރުނަތައް އޮއްސާނުލާނަމެވެ. މިލިބުނު އިބުރަތާއެކު އަހަރެން ދާނީ ދިރިއުޅުމާއިގެން ކުރިޔަށެވެ. މައިރާ ނެތަސް ﷲގެ ރަހުމަތުންއަހަރެންގެ ހުވަފެންތަކުގައި އަހަރެން ކުލަ ޖައްސާނަމެވެ. ކުރެވިގެން މިދިޔަ ހިތިތަޖުރިބާއިން އެތަކެއް ފިލާވަޅެއް އަހަންނަށް ލިބިއްޖެއެވެ. އެހެންކަމުން އަހަރެން ދެން ކުރިޔަށްދާނީ އެތަޖުރިބާގެ އަލީގައެވެ.

ނިމުނީ

 

76