ފާރިޝް މިދިލިގަހެއްގައި ލެނގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ހަޔާތާ މެދުގައެވެ. އެ ވޭނީ އިޙްސާސްތައް މުޅިހަށިގަނޑުގަވެސް ކުރާކަހަލައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެއެވެ. ދިރިހުއްޓާ މަރުގެ އިންޒާރު ލިބުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއްނޫނެވެ. މާޒީ ގެ ސަފުހާތަކަށް އެއްލެމުންދިޔަ ވަރަކަށް ފާރިޝްގެ ކޯތާފަތުން ފާބަމުން ދިޔަ ކަރުނަތައް އައީ ގިނަވަމުންނެވެ. މީގެ 1 އަހަރު ކުރިއެވެ. މުޅި ހޯލުތެރޭގައި ވަނީ ތަރުހީބުގެ އަޑެވެ. މި އަޑު ރައްދުވައި ފަރާތަކީ ފާރިޝްއެވެ. ސާނަވީ […]