” އޯވް.. ހެލޯ ގާލްސް… ގުޑްޑްޑް މޯރރރނިން….. ވާވް.. ލަކީ މީ.. އަދިވެސް މޭމް ނާދެ…”އާލިޔާ ދަބަސް ގޮނޑީގައި ބައިންދާލަމުން ކުލާސް ހުރިހާ ކުދިންނަށް ރީތި ހިނިތުންވުމަކާއި އެކު ހެނދުނުގެ ސަލާމްގޮވާލިއެވެ. “މޭމް އެއްނޫން.. ސަރ އޭ .. ސްޓުޕިޑް…” އާލިޔާ ގޮނޑީގައި އިށީނދެ ހަމަޖެހިލުމާއި އެކު އޭނާގެ އެންމެ ގާތްއެކުވެރިޔާ އަދި އޭނާއާއި ޖެހިގެން އިންނަ މައިޝާ ބުނެލިއެވެ. އާލިޔާ ނިތްކުރީގައި ޖަހާލީ އޭނާގެ ހަނދާންބަލިކަމާއި މެދުހިތަށް އަރާފައެވެ. “ހަމަ މިއަދުވެސް އެލީ ލަހުން.. ކީއްވެތަ […]
އައުފް އޭނާގެ ހިތުގެ އެދުމަށް އިޖާބަދިނީ މިކްޔާގެ ފަރާތުން ލިބުނު ޖަވާބުންނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅުގެ ފޮނި މީރުކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތީ ދެހިތެއް އެކަމަށް އެދި ގޮވަމުންދާ ހާލުގައެވެ. މިކްޔާގެ ހިތުގައިވެސް އައުފަށް ޖާގައެއް ދެވިފައިވާކަން އެވަގުތު ޔަޤީންވިއެވެ. ނަމަވެސް ޝަމާން މަތިން ހަނދާންވުމާއިއެކު އައުފަށް މިކްޔާއާއި ދުރަށް ޖެހިލެވުނެވެ. އެވަގުތު އެމޫނުމަތިން ފެނުނު މާޔޫސްކަން މިކްޔާއަށް ސިއްރު ނުކުރެވުނެވެ. މިކްޔާހަށިގަނޑު ދެތުކޮށްލަމުން ހެޑްބޯޑްގައި ލެނގިލިއެވެ. އޭރު އައުފް އިނީ އެނދުގައި މިކްޔާ އަށް […]
އަހަންނަށް ހުރެވުނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ކިހިނެއް އަހަރެންގެ ނަން އެގުނީ؟ މިހެން އަހަރެން ބުނުމާއެކު އެޒުވާނާ އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ..’ އައިރީން! އަހަރެން އައިރީން ދެކެ ވަރަށް ބޮޑަށް ލޯބިވޭ ! މީގެ ދެއަހަރު ކުރިން ފެށިގެން އަހަރެން އައިރީން ދަންނަން” އެއީ ކިހިނެއް އަޒްރަކް އަަހަރެން ދަންނަނީ؟ ” އެކަމަކު އަހަރެން ދުވަހަކުވެސް އަޒްރަކް ނުދެކެން ” އަހަންނަށް ސުވާލަކަށްފަހު ސުވާލެއް ކުރެވެންފެށުނެވެ. “އަހަނަނަށް ، އައިރީން ފެނުނީ މީގެ ދެއަހަރު […]
ޝިޔާޒްމެން ހުޅުމާލެއަށް ބަދަލުވުމުން ސަމީރާ މުޅިން އެކަނިވެ، ގޭތެރެއަށް ފަޅުކަން ވެރިވިއެވެ. އެފަޅުކަމާއި އެކަނިވެރިކަމަށް ކެތްކުރަން ސަމީރާއަށް ނުހަނު އުނދަގޫވިއެވެ. ޝެލީންއާއި ޝިޔާޒް ޝާމިންއާއެކު އުޅޭނެ އުފާވެރިކަން ހިތަށްއަރާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ރޯވެފައިވާ ހަސަދައިގެ ހުޅުގަނޑު ބޮޑުވެގެން ދެއެވެ. އޭނާގެ ދިރިއުޅުން ވީރާނާ ކޮށްލާފައި ޝެލީން އުފަލުގައި އުޅޭ މަންޒަރުބަލަން އޭނާއަކަށް ކެތެއް ނުވާނެއެވެ. މިވީހާތަނަށްވެސް އޭނާބޭނުންވި ކޮންމެ ކަމެއްވަނީ ހާސިލްކޮށްފައެވެ. ވީއިރު އޭނާގެ ދިރިއުޅުން ޝެލީންފަދަ އާދައިގެ ނިކަމެތި އަންހެނެއްގެ ހިޔަނި އެޅިގެން […]
“މާހިނު އެނގޭތަ؟ އެއީ ރިޝްކާ ދާ ސްކޫލުގެ ޕްރިންސިޕަލް… އޭނަ މިގެއަށް އައިސް އަންޖޫދާ ކަމުދާ ވާހަކަ ދެއްކީ… އަންޖޫ ވިސްނާލަބަލަ.. މާލޭގަ އޭނާގެ ގެދޮރު އެބަހުރި.. އޭނަ ތަނަވަސް… އަނެއްކާ އޭނާ އެހުރީ ރިޝްކާ އަށް ވެސް ބައްޕައެއްގެ ލޯބި ދޭގޮތަށް… މިފަދަ ފުރުސަތެއް ދެން އަންޖޫއަަށް ލިބޭނެތަ؟ އެހެންވެ އަހަރެން މާހިން ގާތު ބުނެފިން އަންޖޫ ވެސް އޭނާއާ އިންނަން ރުހި ގަބޫލޭ…” އާމިނާ އަންޖޫދާއަށް ވިސްނައިދޭން މަަސައްކަތް ކުރާ ފަދަ ގޮތަކަށް ބުނެލިއެވެ. […]
ޑރ. ކަޕޫރާއި ހަސީނާއާއި ރިޔާޝާއާއި ތިން މީހުން ވެގެން އަޔާޒް އެއްގަމަށް އެރުވިއެވެ. ދެން ރިޔާޝާ އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތީ އެތެރެއަށެވެ. ރިޔާޝާ ދާތަން ބަލަން ތިންމީހުން ހައިރާންވެފައި ތިއްބެވެ. އެވަގުތު އަޔާޒަށް ރިޔާޝާގެ ނަން ކިޔާލެވުނެވެ. ޖެހިގެން އައި ދުވަހެވެ. ހަސީނާ ޑރ. ކަޕޫރާއި ވާހަކަދައްކަމުން ދިޔައީ އަޔާޒްގެ ހާލަތާއި މެދުގައެވެ. ޑރ. ކަޕޫރު ބުނިގޮތުން އަޔާޒްގެ ހާލަތު އައީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި ރިޔާޝާ އަޔާޒް ފެންގަނޑަށް ވައްޓާލުމުން ލިބުނު ޝޮކްގައި އޭނާގެ […]
އިރުކޮޅަކު ކޮޓަރީގައި އިނުމަށްފަހު އާމިނާ ފޯނު ހުޅުވާލައި މާހިންގެ ނަމްބަރު ހޯދާލީ ސިކުނޑިއަށް އައި މޮޅު ހިޔާލެއްގެ ސަބަބުންނެވެ. އެއްމިޔަކުން ހިނިތުންވެ ހުރެ އާމިނާ މާހިންގެ ނަމްބަރަށް ގުޅާލިއެވެ. “ހަލޯ… ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ކުރަންވީ..” މާހިން ފޯނު ނެގުމާއެކު އާމިނާ ބުނެލިއެވެ. “އަންޖޫދާ އެއްބަސްވީތަ؟” މާހިން އުފަލުން ހުރެ އަހާލިއެވެ. “އާނ.. އަންޖޫދާ ހަމަ އެއްބަސް… އެހެންވީމަ މިކަމާ އުޅެންވީ ހަމަ އަވަހަށް…” އާމިނާ އެހެން ބުނެލިއިރު މާހިން އަށް ހީވީ ދުނިޔޭގެ ހުރިހާ […]
ޝެލީން ފޫހިގޮތަކަށް ދޮރާދިމާއަށް އެނބުރުނު ވަގުތު ސްކުރީންއިން ސަމީރާ ފެނިފައި ލޯލިތައް ކޮޅަށް ޖެހުނެވެ. ސަމީރާ އައީއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ދޮރު ނުހުޅުވާ ޝިޔާޒްއަށް ގުޅަންވީބާއެވެ. ނޫނީ ދޮރުހުޅުވަން ވީބާއެވެ. ޝެލީންއަށް ހަދާނެގޮތް ބޮޑުވިއެވެ. އެހެން ހުއްޓައި ތަކުރާރުކޮށް އެލާރމް އަޅަން ފެށުމުން ހާސްވެގެން ޝެލީން ދޮރުހުޅުވާލިއެވެ. ” އެހުރިހާއިރު ނަގާތަ ދޮރުހުޅުވަންވެސް…..ކޮންތާކަށް ވަދެއޮވެފަތަ ތިއައީ؟…” ޝެލީން ދޮރުހުޅުވިލެއް ލަސްކަމުން ސަމީރާހުރީ ރުޅިގަދަވެފައެވެ. ޝެލީން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ސަމީރާ ފެންނަނިކޮށް ޝެލީން […]
އަހަންނަށް ކިޔަނީ އައިރީން އެވެ. އަހަރެން މީ އަހަރެންގެ މަންމަގެ އެއްމެ ދޮށީ އަންހެން ދަރިފުޅެވެ. އުމުރުން 16 އަހަރު އަހަންނަކީ އަކީ އައްޑޫ އަތޮޅު ސުކޫލުގައި ގްރޭޑް 10 ކިޔަވަމުން އަންނަ ކުއްޖަކީމެވެ.. އަހަންނަކީ ވަރަށް ކުދިންނާ ރައްޓެހި ވަރަށް މަޖާމިޒާޖެއް ކުއްޖަކީމެވެ. ދުވަސް ތައް ގުނަމުން ގުނަމުން ގޮސް މިހާރު އަހަރެންގެ ޖީ ސީ އީ އޯލެވެލް ފަށްޓަން ވަރަށް ކާރިވެއްޖެއެވެ. މިކަމާ އެންމެ ބޮޑަށް ކަންބޮޑުވަނީ އަހަރެންގެ މަންމަ ވަދީފާ އެވެ. ބައްޕައަކީ، […]