މާހިން ދެންމެ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މޫނުގައި ދެއަތުން ފިރުމާލަމުން އޭނާ މަގަށް ނުކުތެވެ. ދެވޭ ނުދެވޭ ދިމާއެއް ވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. ބާރު ސްޕީޑްގައި އޭނާއާ ދިމާއަށް ދުއްވަމުން އައި ލޮރީ ވެސް އޭނާގެ ލޮލުގައި އަޅައި ނުގަތެވެ. ފައިސާ ދައްކާފައި ކެފޭއިން ނިކުތް މާހިންއަށް ރާހުލްއާ ދިމާއަށް އަންނަމުން ދިޔަ ބޮޑު ލޮރީ ފެނުމުން ހުރެވުނުތަން ވެސް ނޭނގުނެވެ. ފަޔަށް ލެވުނުހާ ބާރެއްލައި ދުވެފައި ގޮސް ރާހުލްގެ ދެކޮނޑުގައި […]
* ރޭގަނޑު 9.30 ވީއެވެ… ގޭގެ ހުރިހަ މެމްބަރުން ކެއުމަށް، އިންސާފުކުރުމަށްފަހު، ގޭތެރޭގައި އަނގަމަޖާކުރަމުން ދިޔައީ، 9.45 ގައި ޓީވީއިން ދައްކާ ޑްރާމާއަށް އަކަށް އިންތިޒާރުކުރަމުންނެވެ. އެހެނަސް އަހަރެންގެ ނަޒަރު ހުޓިފައިވަނީ، ފޯނަށެވެ. ޒިޔާން ގުޅާއިރަކަށެވެ…. ނުހުރެވިގެން އަހަރެން މަގުމައްޗައް ނުކުތް އިރު ޒިޔާން އަހަންނާ އަރާހަމަވަނީއެވެ. ” ހާދަލަސްވީ؟ ކީއްވެ ނުގުޅާތިއައީ؟،’ ” ސަޕްރައިޒެއް ދޭންކަމަށް ބަޓް ދެން އޯކޭ” ” ހިނގާ ދާންދޯ!” ‘ސައިކަލަށް އެރުމަށް ޒިޔާން އަހަންނަށް އިޝާރާތް ކުރިއެވެ…” ”ވާހަކަ ނުދައްކަންތަ ތިއިންނަނީ؟…” […]
ރައްޓެހިކުއްޖަކާ، ފޯނުން ވާހަކަދަށްކަން އެނދުގައި އޮތް ޒީނާ ކުއްލިއަކަށް، ސިއްސައިގެންދިއައީ، ބަދިގެ ތެރެއިން މިކްސްޗަރ ޖައްސާ އަޑަށެވެ. ފުންމައިގެން ތެދުވެވުނީ،، ކިހިނެއްކަމެއްވެސް ނޭނގެއެވެ….، ”އަހަ! ގަޑިން 12 ޖެހީ!. ނޭނގެ މަންމަ ކިޔާނެ އެއްޗެވެސް މިއަދު!” ޒީނާއަށް ހިތާހިތުން ކިޔާލެވުނެވެ.. ޒީނާ އަކީ އޭނާގެ އުމުރުން 18 އަހަރުން ފެށިގެން މީހަކާ އިދެގެން އުޅޭ ކުއްޖެކެވެ. ޒީނާގެ ފިރިމީހާގެ މަންމަ ޝާލިނީ އަކީ، ކަންކަމުގައި ވަރަށް ޗުސްތަޅާ މީހެކެވެ. ޒީނާއަށް ގޭގައި ރަނގަޅަށް ކުރެވޭ އެއްކަމެވެސް […]
ވެހެމުން ދިޔަ ބޯ ވާރޭއަައް ބަލަހައްޓައިގެން ހުރި އީރަމް ގެ މޫނު މަތިން ފެންނަނީ މާޔޫސް ކަމެވެ.ވާރޭ އިން ހިޔާ ވުމަށް ވަދެ ހުރި މާ ވިއްކާ ފިހާރައިގަ ގިނައިީ އާ އަހަރު ފެށޭތީ އެ އުފާ މަލުން ލޯބިވާ ފަރާތް ތަކަށް ބަޔާން ކޮށްދޭން ބޭނުން ވާ މީހުންނެވެ. ނަމަވެސް ވަށައިގެންވާ މާހައުލަށް ސަމާލުކަން ދޭ ވަރަށް ވުރެ އީރަމް ގެ ހިތަށް ކޮށްފައިވާ އަސަރު މާ ފުނެވެ.ދަބަހުގައި އޮތް ފޯނު ރިންގް ވާން ފެށުމާއެކު އީރަމް އަައް […]
” އީޝޫއަށް އެނގޭތަ މިރޭ ވީކަމެއް.. ހުޝާމްގެ ވައިފް ދޮންތަ ކައިރީ ބުނީ ވާހަކައެއް ދައްކަން ބޭނުމޯ.. އަނެއްކާ ކޮންވާހަކައެއްބާ އޭނަ ދައްކަން އުޅުނީ..” ހައިރާންވެ އިނދެ އައިޝާ އަހާލިއެވެ. ” ވެދާނެއްނު ތިމަންނަގެ ފިރިމީހާއާއި ދެން އަންބަށް އިންނާށޭ ބުނަންކަމަށްވެސް” އީޝަލްގެ ޖުމްލައިން އައިޝާ ސިހިގެން ދިޔައެވެ. ” މިހާރު ހާދަ ނުލަފާ ވެއްޖޭ ދޯ.. ހުރެބާ ހޭއަރުވާލާނަން” މިހެން ބުނެ އައިޝާ އީޝަލްގެ ބަނޑުކޮއްޓަން ފެށިއެެވެ. މެންދަމުގެ އެހަމަހިމޭންވަގުތުގައި އެގޭގައި ހަރުލާފައިވަނީ އީޝަލްގެ ހުނުމުގެ […]
“އަންޖޫ… މީ އަހަރެންގެ މަންމައާ ބައްޕަ…” އިށީންދެ ހަމަޖެހިލުމަށްފަހު މާހިން އަންޖޫދާއަށް އޭނާގެ މަންމައާ ބައްޕަ ތަޢާރަފުކޮށްދިނެވެ. އެ ދެމީހުންގެ މޫނުމަތިންވެސް އަންޖޫދާއަށް ފެނުނީ ހިތްހެޔޮކަމެވެ. އެހެންކަމުން އޭނާވެސް އެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލެވޭތޯ ބެލިއެވެ. “މަންމައަށް ހަމަ ވަރަށް ކަމުދޭ މިކުއްޖާ…” އަންޖޫދާގެ އަތުގައި ހިފާލަމުން މާހިންގެ މަންމަ، ބަޝީރާ ވާހަކަ ދެއްކިއެވެ. ހީލުން ނޫން އިތުރުކަމެއް އަންޖޫދާއަކަށް ނުކުރެވުނެވެ. “ކޮބާ؟ އަވަހަށް ރަންކިޔަން އުޅެންވީނު؟” ކުއްލިއަކަށް ބަޝީރާ ބުނެލި އެއްޗެއްގެ ސަބަބުން އަންޖޫދާ ސިހިގެން ދިޔައެވެ. […]
“އަހަންނަށް އެނގިހުރެ އަހަރެންގެ ދައްތަގެ ދިރިއުޅުން ކިހިނެއް ގޮތްނޭނގޭ އަނދަވަޅަކަށް ވައްޓާލާނީ….. ” ޝާއިން!..” ދަރިފުޅާ ކޮބާ އަދިވެސް ނުނިމޭތަ؟ މަންމަ އައިސް ދޮރުގައި ޓަކިޖަހާ އަޑުއިވުނެވެ. އަހަރެން ވަރަށް ހިތްނުތަނަވަސްވެ ހުރެ ގޮސް ދޮރު ހުޅުވައިލުމާއިއެކު މަންމަ ކޮޓަރި ތެރެއަށް ވަދެ.، ދައްތަ ކޮބައިތޯ އެހިއެވެ. އަދި ކޮޓަރީގެ އެތަން މިތަން ބަލައި ޗެކްކޮށް ހަދަންފެށިއެވެ… “މަންމާ! ދައްތަ ގޮއްސި އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާއާއެކީ!” އޭނައެއް ދެނެއްނާންނާނެ، ދައްތަ މިކައިވެންޏައް ޤަބޫލެއްވެސް ނޫން! ދެން […]
ެ. ސުވާލުތަކުން ބޯހާސްވާން ފެށުމުން ހުޝާމް ޓެރަހުގެ ރެއިލިން ކައިރީ ހުއްޓި ތިރިއަށް ބަލަން ފެށިއެވެ. އެވަގުތު ހިތަށް އައި އެއްޗަކުން އަނެއްކާ ވެސް ހުޝާމްއަށް ބަލާލެވުނީ އައިޝާމެންގެ ގެއާ ދިމާއަށެވެ. އެވަގުތު އެގޭ ދޮރުމަތީގައި ހުޝާމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އައިޝާ ފެނުމުން މެެޔަށް ފިނިވެގެން ދިޔައެވެ. އަވަސް އަވަހަށް އެހެން ދިމާއަކަށް ބަލާލީ މިހާރު ހުޝާމް އަކީ މީހެއްގެ ފިރިއެކޭ ހިތަށް އެރުމުންނެވެ. އައިޝާ ދޮރުމަތީގައި ހުއްޓިގެން ހުރީ އާއިލާ އެހެން މީހުންގެ އިންތިޒާރުގައެވެ. […]
ހޮސްޕިޓަލު ތެރޭ ދެކޮޅަށް ހިނގަ ހިނގާ ޔަޝްއަލް ހުރީ ހާސްކަމާއެކުގައެވެ. ހިތުގައި އަޅަމުންދިޔަ ވޭނަށްވުރެ ސިކުނޑީގެ ހައިޖާނު މާބޮޑެވެ. ނާހީ އަމިއްލައަކަށް މަރުވާން އުޅުނީ ކީއްވެ؟….. އެވަގުތަށް ޔަޝްއަލްއަށް ނުދެވުނު ނަމަ ދެންވާނީ ކީއްބާއެވެ؟… މުައްކަވާފައި ހޮސްޕިަޓަލު ފާރުގައި ބޮނޑިއެއް އަަޅުވާލެވުނީ ހިތުގައި އަޅަމުންދިޔަ ވޭނަށް ލުޔެއް ލިބޭނެކަމަށް ހީކޮށެވެ. ޔަޝްއްލް ދެއަތުން އޭނާގެ ބޮލުގެ އިސްތަޝިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. ޑޮކޮޓަރު އޮތީވެސް ބުނެފަ ނާހީ އެކަނިވިއަ ނުދޭށެވެ!…. އަޅެ އެގަޑީގަ ބޭރަށް ނުދެވުނުނަމަ !……. ޔަޝްއަލް […]