ޝާއިން، ޝާއިން، ކުއްލިއަކަށް އަަހަންނަށް ނިދިން ހޭލެވުނީ، މަންމަ ގޮވާ އަޑަށެވެ. ” ދަރިފުޅާ! އަދިވެސް ތެދުވާކަށް ނުވޭތަ؟ މިހާރު ގަޑިން ހެނދުނު 9.30 ވީ ” އަޅެ މަންމާ ޕްލީޒް އަދި އިރުކޮޅަކަށް ނިދާލިޔަސް އޯކޭ ވާނެޔޭ.. ” ޝާއިން ޔޫ ކާންޓް ސްލީޕް މިއަދު މީ ޝާއިން ގެ ދައްތަގެ ކާއިވެނި.. މަންމަ މިހެން ބުނުމާއި އެކު އަހަރެން ތެދުވެގެން ދުވެފައި ގޮސް ވަނީ ފާޙާނައަށެވެ… ފެންވަރައި ރީތިވެގެން ސިޓިން ރޫމް އަށް ނުކުތް […]
ނާހީ!……..ނާޙީ…….. އަހަރެންގެ ދެލޯމެރެމުން ދަނީއެވެ. އަނދިރިވަމުންގޮސް މަންޒަރު އެކީ ފުސްވެއްޖެއެވެ.ދެލޯ ހުޅުވަންވެސް ބޭންވެއެވެ. އަހަރެންނަށް ގޮވަމުން އެއަންނަނީ ކާކު ބާއެވެ.؟……… އެއަަޑަށް ޖަވާބުދޭންވެސް ބޭނުންވެއެވެ. އެކަމަކު ދޫ ހަރަކާތެއް ނުކުރިއެވެ. ނާހީ!.. އެއަޑު ކައިރިވަމުން އަންނަހެންވެސް ހީވެއެވެ. އަހަރެންގެ ހަށިގަނޑުގައި އަަަޅައަމުންދިއަ ވޭން މަޑު މަޑުން ކެނޑެމުން ދާ ކަހަލައެވެ. މިއީ އަހަރެނގެ ނިމުން ބާއެވެ.؟…މިއީ މިދުނިޔެއާ އަހަރެން އަލްވަދާއު ކިޔަންވީވަގުތުބާއެވެ.
އޭނާގެ މޫނަށް ލޭތަށް ބުރުއްސައިގެން ދިޔައިރު ދުރުގައި ހުރި ރިއުމާން އަނގަމަތީގައި އަތް އަޅައިގެން ހުރެ ބިންމައްޗަށް ތިރިވިއެވެ. ޒުބޭރު ހިތްފުރޭ ވަރުވުމުން ކަޓަރު ދުރަށް އެއްލާފައި ހިންދެމިލަމުން، ކުރިމަތީގައި ލެއިން ތަތްތެޅިފައި އޮތް ހާޖަރާއަށް ނަޒަރު ހުއްޓާލިއެވެ. “ބޮޑު އުނދަގުލެއް ކަހަލަ މީހެކޭ!” ޒުބޭރު މިހެން ބުނެފައި މޫނުމަތީގައި ވީ ލޭތަށް އެއަތުން ފޮހެލިއެވެ. ދެލޯ ހުޅުވާލަމުން އަތަށް ނަޒަރު ހުއްޓާލިއިރު އެ އަތުގައި މިހާރު އެއްވެސް ލެއެއް ނެތެވެ. އޭރު ކައިރީގައި އޮތް ފޯނު […]
ނިދިފައި އޮތް ލޫޝާއަށް ބަނޑަށް އެރި ތަދާ އެކު ކުއްލިއަކަށް ހޭލެވުނެވެ. ތަދުވާވަރުން ބަނޑުގައި ހިފަހައްޓައިގެން ކުރުގެޅިގެން ލޫޝާއޮތެވެ. އަނގަމަތީގައި އަނެއް އަތް އަޅާލީ އަޑު ނިކުމެ ދާނެތީއެވެ. ފެންބޯންވެގެން ސައިޑު ކަބަޑު މަތީގައި ހުރި ފެންފުޅިއާ ދިމާއަށް އަތް ދިއްކޮށްލިވަގުތު އަތުގައި ޖެހިގފައި ފުަޅި ވެއްޓުނީ ތިރިއަށެވެ. އިރުކޮޅަކުން ތަދު މަޑުވާހެން ހީވުމުން ގަދަކަމުން ކަހަލަ ގޮތަކަށް ފައި ސީދާކޮށްލިއެވެ. މާބޮޑަށް ހީސްލަވައިގަނެފައި ހުރިކަން އެނގުނީ އެވަގުތުއެެވެ. ވަރަށް ވަރުން ތެދުވެގެން ފާހާނާއާއި ދިމާއަށް ދިޔައީ […]
ކަތިފިޔަވަޅު… ވާހަކައިގެ މި ހަފުތާގެ ބައި ކިޔުން ތެރިންނާ ހަމަޔަށް ނުގެނެސް ދެވުނީތީ އަޅުގަނޑުގެ ވާހަކަތަކަށް ސަޕޯރޓް ކުރާ ހުރިހާ ފަރާތް ތަކުގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މި ހަފުތާގެ ބައި ނުގެނެސް ދެވުނީ މި ދުވަސްކޮޅު އޮފީހުގައި ވަރަށް ބުރަކޮން އުޅެން ޖެހިފާވާތީއެވެ. އެހެން ނަމަވެސް އިރާދަކުރެވިއްޔާ ފެށޭ ހަފުތާ ނިމުމުގެ ކުރިން ވާހަކައިގެ ދެން އޮތް ބައި ތިޔަ އެންމެހާ ކިޔުންތެރިންނާ ހަމަޔަށް ގެނެސް ދޭނަމެވެ. އިންތިޒާރު ކުރާނެ ކަމަށް އަޅުގަނޑު އުއްމީދު […]
ސިޓީ ކިޔަމުން ދިޔަ އިރު އަހަރެންގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. އަހަރެން ކުރަމުން އައި ފޮނި އުންމީދުތައް ފުޑުފުޑު ވީއެވެ. މުޅިދުނިޔެއިން ބާކީވީއެވެ. ‘ އަހަރެން އެނބުރި އަޒްރަކް ކައިރިއަށް ދާކަށް ބޭނުމެއްނުވެއެވެ…، ދުވަސްތަކެއް ވެތުވެގެން ހިނގައްޖެއެވެ. ހިސާހިތަކު އަހަރެންގެ އޯލެވެލް ވެސް ފެއްޓިއްޖެއެވެ. އޯލެވެލްގެ ނަތީޖާ ލިބުމާ އެކީ، ރަށް ދޫކޮށް މާލެ އަށް ދާން އަހަރެން މަންމަ ގާތުގަ އެދުނީ މެއެވެ. އަޒްރަކް ގެ ޙިޔާލުތަކާ އަހަރެން ދުރަށް ދާން ބޭނުންވާތިވެއެވެ.. މަންމަ […]
“އާދެބަލަ.” ޒުބޭރު މިހެން ބުނެފައި ރިއުމާން ގެނެސް އެ އުނގުގައި ބޭންދިއެވެ. އިސްޖަހައިގެން އިން ރިއުމާން އިނީ ޒުބޭރުގެ އުނގުގައި އިންނަން ޖެހުމުން އުނދަގޫވެފައެވެ. ދޭތެރެ ދޭތެރެއަކުން އެއަތުގައި ފިރުމާލާ ކޮންމެ ފަހަރަކު އެހިތަށް އިތުރު ވޭނެއް ލިބެއެވެ. “ފައްކާ ދޯ.” ޒުބޭރު ބުނެލި ބަހުން ރިއުމާންއަށް ބޭއިޚްތިޔާރުގައި އޭނާއަށް ނަޒަރު ހުއްޓާލެވުނެވެ. އެލޮލުން ބިރުވެރިކަން ހާމަ ވީއުރު ރިއުމާން އިނީ ޒުބޭރު ކުރަން މިއުޅޭ ކަމެއް ނޭނގި ހާސްވެފައެވެ. “ފަސް ހާސް.” ދުރުގައި އިން މީހާ […]
“ދެކުދިން ނުނިމޭތަ؟ އަވަސްކޮށްބަލަ..އަވަހަށް ނިކުތީމަ ދެވޭނީވެސް މަގުތަކުގައި އެހާވަރަށް ސްނޯ ފައިބާފަ އޮންނާނީވެސް..” ސިޓިން ރޫމްގައި ހުރި ސޮފިއްޔާ ގޮވާލިއަޑު އިވުމާއެކު މިކްޔާއަވަސްވެލީ ތިރިއަށް ދިޔުމަށެވެ. ** މިކްޔާ ލައިގެން ހުރި ހުދުކުލައިގެ ދިގު ވެޑިންޑްރެސް ކުޑަކޮށް އުފުއްލައިލަމުން ސިޑީގެ ހަރުފަތްތަށް ގިރާކުރީ ވަރަށް ބަލައިގެންނެވެ. ފަހަތުން މިޝްޔާވެސް އޭނަލައިގެން ހުރި އަކުއާ ބްލޫ ކުލައިގެ ދިގު މެކްސީއިން ބައެއް ހިއްލާލަމުން އާދެއެވެ. ސިޑީގެ ފަސްވަނަ ހަރުފަތަށް ފައި އެޅުމާއިއެކު މިކްޔާގެ ފައިކައްސާލީ އެތާނގައި ހުރި ތެޔޮތަކެއްމައްޗަށް […]
ދެއަހަރުފަސް……. ހަނިމާދޫ ރަންވޭއަށް ބޯޓު ޖެއްސުމާއެކު، ޝިޔާޒް އޭނާގެ އެއްއަހަރަށްދާ ކުޑަދަރިފުޅު ޝެރީން އުރާލައިގެން ބޯޓުން ފޭބުމަށް ހިނގައިގަތެވެ. ޝާމިންވެސް އޭނާގެ މަންމަގެ އަތުގައި ހިފައިގެން ބޯޓުން ބޭލިއެވެ. ރަށުގެ ފަސްގަނޑަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ޝެލީންއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ހެނދުނުގެ ފިނި ފިނި ރޯޅިތައް މޫނުގައި ބީހިލުމުން ހަށިގަނޑާއި ހިތަށް އަރާމުކަމެއް ގެނުވައިފިއެވެ. ޓާރމިނަލް ތެރެއަށްވަދެ، ފުންނޭވާއެއް ދޫކޮށްލަމުން ޝެލީން ވަށައިގެން ނަޒަރު ހިންގާލިއެވެ. އެތަނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޝެލީންއަށް ފާހަގަ […]