އަހަރެން ރަށަށް އައިފަހުން އެތައް ފަހަރަކު ޝިޔާޒްވެސް ރަށަށް އައެވެ. ބައްޕަގެ ކުރިމަތީ އަހަރެން ޝިޔާޒްއަށް އިހުތިރާމްކޮށް ކަންކަން ކޮށްދީ ހަދަމެވެ. ނަމަވެސް ޝިޔާޒްއާއެކު އެކަނި ވެއްޖެނަމަ އެތަނަކުން އަހަރެންދަމެވެ. އަހަރެންނަށް އޭނާގެ ހަޤީޤަތް އެނގިއްޖެކަން ޝިޔާޒްއަށް އެނގުނުފަހުން އޭނާ އެތައްފަހަރެއްގެ މަތިން އަހަރެންނާ ވާހަކަދައްކާ މާފަށް އެދެން މަސައްކަތްކުރިއެވެ. ނަމަވެސް އަހަރެން އެފުރުސަތު އޭނާއަކަށް ނުދެމެވެ. ތަފާތުގޮތް ގޮތުން ބައްޕައަށާއި އަހަރެންނަށް އެހީތައްވަމުންވެސް ދިޔައެވެ. މާލޭގައި ހުންނައިރު އަހަރެންގެ ހާލުބަލަން ފަސޭހައަކަށް މޯބައިލް ފޯނެއްވެސް ބައްޕައަށް […]
“އިންސްޕެކްޓަރ! ކަލޭ ތިބުނީ ރަނގަޅަށް. އަހަރެން ޖެއިލަރ މަރާލީ.” އަރުޖުން ސިންގ ދާން ހިނގައިގަނެފައިވެސް ރިޔާޝާ އެހެން ބުނެލުމާއެކު އެނބުރި ބަލާލިއެވެ. “އެކަމަކު ކަލޭއަށް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއީ އަހަރެންގެ ފިރިމީހާގެ ޤާތިލަކީ އަޙްމަދު އަޔާޒްކަން އެދުވަހު އަހަންނަށް ސާބިތުކޮށް ނުދެވުނުގޮތަށް، މިއަދު ކަލޭއަކަށްވެސް ސާބިތެއް ނުކޮށްދެވޭނެ ޖެއިލަރ މަރާލީ އަހަރެން ކަމަކަށް. އަރުޖުން ސިންގ! ކޮމިޝަނަރ ސާބް ކަލެއަށް އެބަ އިންތިޒާރުކުރޭ. އަވަހަށް ދޭ.” ރިޔާޝާ އެހެން ބުނެލުމުން އަރުޖުން ސިންގ ނުކުމެގެން […]
” އެއީ.. އެއީ.. އަހްްްހްހް.. އަހަންނަށް އައިޝާ ކަމުދާތީ..” އެތައް ހިތްވަރަކާ އެކު ހުޝާމަށް ބުނެވުނެެވެ. ހުޝާމް ގެ ޖުމްލައާއިއެކު އައިޝާ ކައިރިއަށް އައިސްފައިވާ ރުޅިއިތުރުވިއެވެ. ދަތްތަކަށް ބާރުކޮށްލަމުން އައިޝާ އެތަނުން ހިނގައިގަތީ ބުނަން ބޭނުންނުވާ އެއްޗެއް ބުނެވިދާނެތީއެވެ. ނަމަވެސް އަނެއްކާވެސް ފަހަތުންގޮސް ހުޝާމް އައިޝާގެ އަތުގައި ހިފިއެވެ. މިފަހަރު އައިޝާއަށް އަތް ފޮޅުވާލަން ފުރުސަތު ނުދީ އަތުގައި ހިފައިގެން ހިނގައިގަތީ ސުކޫލުން ބޭރަށް ދިއުމަށެވެ. ޓީޗަރަކަށް ފެނިދާނެތީވެސް ހުޝާމް ބިރުނުގަންނަ ކަހަލައެވެ. އެއާ ހިލާފަށް އައިޝާ […]
” މިކްޔާ! މާދަމާ ޝަމާންގެ ފަރާތުން އަންނާނެ ރަންކިޔަން…ނެކްސްޓް ވީކްގަ އޮންނާނެ ވެޑިން…ސޯ ބީ ރެޑީ ފޯ އިޓް…މޯމް މެންނަށްވެސް އިނގޭ ތި ދެމީހުންގެ ލަވް ސްޓޯރީ…ސޯ ނޮ ވޮރީސް އެޓް އެބައުޓް ދެމް..” ހަށިގަނޑު ތެދުކޮށްލަމުން އެއްވެސް އަސަރެއް ނެތި އައުފް އިއްވާލި ބަސްތަކުން މިކްޔާ ހައިރާންވީވަރުން އަނގަހުޅުވިގެން ދިޔައެވެ. ސިކުނޑިތެރޭގައި ބޮޑު ހައިޖާނެއް އުފެދި ކިޔާނެ ބަހެއް ނޭނގިފައި އައުފާއި ދިމާއަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. ” އުފާވެރި ކައިވެންޏަކަށް އެދެން..” މިކްޔާ އާއި […]
ބަރާބަރު ދެއަހަރުފަހުން ސަމީރާއަނެއްކާވެސް މާލެއަށް ދިރިއުޅުން ބަދަލުކުރިއެވެ. އަހަރެން ހުރީ އެދުވަހެއްގެ އިންތިޒާރުގައެވެ. މިވީ ދުވަސްތަކުގެ ތެރޭގައި އަލަމްގެ އެއްވެސް ޚަބަރެއް އަހަރެންނަކަށް ނުލިބެއެވެ. ބައްޕަވެސް އަލަމްގެ އެއްވެސް ވާހަކައެއް ނުދައްކާތީ އަހަރެންނަށްވެސް އިސްވެ އަހާއޮޅުން ފިލުވާކަށްވެސް ނުކެރުނެވެ. މާލެއައުމުން އަނެއްކާވެސް ޝިޔާޒުގެ މޫނުދެކެން ޖެހުނެވެ. ކިތަންމެ ގިނައިން ގޭތެރެއިން ދިމާވި ނަމަވެސް އަހަރެން އިސްއުފުލާ ބަލާވެސް ނުލަމެވެ. އަހަރެމެން މާލެއައި ޚަބަރުލިބުމުން ބައްޕަގުޅިއެވެ. ބައްޕަގެ ގާތު މާލެއައުމަށްއެދި އަހަރެން އާދޭސްކުރީމެވެ. އަހަރެން ބޭނުންވީ ބައްޕައައުމުން ހުރިހާ […]
އެތައް އިރަކު ފެންމާގަނޑު ދަށުގައި ހުރުމަށްފަހު ފެންވަރާ ތާޒާ ވެލައިގެން ޒީޝާވެސް ބެރަށް ނިކުމެލިއެވެ. ރެސްޓޯރެންޓުން ކައިގެން ޒީޝާ ބޭނުންވީ ބީޗްގައި މަދުކޮށްލުމަށެވެ. މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ޒީޝާގެ ކުރިމައްޗައް އެރި މީހަކު ފެނިފައި ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ޒީޝާގެ ކުރިމަތިންކަހަލަ ގޮތަކަށް މައިކަލް ދިޔައީ މިހަކާ ވާހަކަދައްކަމުންނެވެ. ޒީޝާ އަވަސް އަވަހާ އެތާހުރި ގަސްގަނޑެއް ފަހަތައް ވަދެ ނިވާވެލީ މައިކަލް ފަސް އެނބުރި ބަލާލުމުންނެވެ. “ނަސީބެއް ހަމަ ކިރިޔާ އެސަލާމަތްވީ..” މެއާ ދިމާއިން […]
އެގޮތުން ވަޒީފައިގައި ދެމި ހުރުމަށާއި ތަނުގެ ވެރިން ހިތަހަމަ ޖެހޭ އިތުބާރު ކުރާ މީހަކަށް ވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަން ޖެހުނެވެ. އަދި ގިނަ ވަގުތު ވަޒީފައިގައި ހޭދަ ކުރަން އަހަރެންނަށް މަޖުބޫރު ވިއެވެ. އެހެން ކަމުން ގިނަ ފަހަރަށް ހަފުތާ ބަންދަށް ވެސް އާއިލާ ގާތަށް ދިއުމުގެ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް ހަނާ އެކަމާ ޝަކުވާ އެއް ނުކުރެއެވެ. ހީވަނީ އަހަރެން އުޅޭލެއް ބުރަކަން ހަނާ އަށް އިޚުސާސް ކުރެވޭތީ ވެސް ހެންނެވެ. ކުއްލި […]
“އެއްގޮތެއްވެސް ނުވާނެ. ނިޝާ ކަންބޮޑުނުވޭ.” ރިޔާޝާ އެހެން ބުނެލިތަނާ ޖަލުގެ މުއައްޒަފަކު އައިސް އޭނާއާއި ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ ބުނުމުން ރިޔާޝާއަށް ބަލާލެވުނީ ނިޝާއަށެވެ. ނިޝާ ބޯޖަހާލީ ދާށޭ ބުނާފަދަ ގޮތަކަށެވެ. ރިޔާޝާ ގޮސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ތިބޭ ކޮޓަރިއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ރިޔާޝާ!” ރިޔާޝާ ސިހިފައި ބަލާލިއިރު އަޔާޒް ހުރީ ތޭރި ޖަހާފައި ހުރި ކުޑަދޮރު ކައިރީގައެވެ. “ކަލޭތަ؟” “އަހަރެން މިއައީ ރިޔާޝާގެ ހާލު ބަލާލަން.” […]
“ބައްޕާ… އަހަރެން މީނައާ އެކު މަސައްކަތެއް ނުކުރާނަން..” އެހެން ބުނުމާއެކު ލޫނާ ޒައިންގެ ކެބިންއިން ނިކުމެގެން ދިޔައެވެ. އާސިމް ހުރީ ވާނުވާނޭނގިފައެވެ. އަދި ޒައިންއަށް ބަލާލުމަށްފަހު ލޫނާ ފަހަތުން ދާން ހިނގައިގަތެވެ. ބާރު ހިނގުމެއްގައި ލޫނާ އައިސް އާސިމްގެ ރޫމްއަށް ވަނެވެ. އަދި ހަމައެއާއެކު ލޫނާ ފަހަތުން އާސިމްވެސް އައެވެ. ” ދަރިފުޅާ ކިހިނެއްވީތަ… ދަރިފުޅު ޒައިން ދަންނަންތަ…” އާސިމް ގެ އަޑު އިވުމާއެކު ލޫނާ ފަސްއެނބުރި ބަލާލިއެވެ. ” ބައްޕާ.. އެއީ އަހަރެންނާ އެއްކުލާހެއްގަ ކިޔަވަން […]