ހ. ޝަރުތުތައް ޤަބޫލުކުރުން: 1. މި ވެބްސައިޓް ބޭނުން ކުރާނީ، ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުން، ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދާ ފަރާތްތަކުން މިވެބްސައިޓުގެ ދަށުން ނުވަތަ ވެބްސައިޓަށް ނިސްބަތްވާ ނުވަތަ ވެބްސައިޓު ރަމްޒުކޮށްދޭ ހުރިހާ އެއްޗަކާއި ކަމެއް ހިމެނޭ ގޮތަށް، ވެބްސައިޓްގެ އެންމެހާ ކަންކަމާއި އެއްބަސްވެވޭނަމައެވެ. 2. “އެސްފިޔަ”ގެ ޤަވާއިދުތަކަށް އަންނަ އިސްލާހުތައް، ޚިދުމަތް ހޯއްދަވާފަރާތްތަކަށް، އަދި “އެސްފިޔަ” ބޭނުންކުރާފަރާތްތަކާއި ހިއްސާކުރަމުން ގެންދިޔަ ނަމަވެސް، އެންމެ ފަހުގެ ޤަވާއިދުތަކަށް (www.esfiya.com/rules) އަހުލުވެރިވުމަކީ “އެސްފިޔަ”ގެ ޚިދުމަތް ލިބިގަންނަ […]
މީޝައަށް ހޭލެވުނީ ދޮރުގަ މީހަކު ޓަކިދޭ އަޑަށެވެ. މީޝާ އަވަސް އަވަހަށް ޔާނިޝްގެ ގައިގަ ކޮއްޓަންފެށިއެވެ. އެވަގުތު އެމީހަކު ޔާނިޝްއަށް ގޮވާލިއަޑުއިވުނެވެ. އެއަޑު ޖެހުމާއެކު މީޝާގެ ހަރަކާތްތައް ހުއްޓުނެވެ. ކުރަންވިކަމެއް ނުކުރަންވިކަމެއް ނޭނގުނެވެ. އާޔާ ތަކުރާރުކޮން ޔާނިޝްއަށް ގޮވާލިއެވެ. މިފަހަރު ޔާނިޝްއަށްވެސް ހޭލެވިއްޖެއެވެ. “ގުޑް މޯރނިންގް ސުވީޓް ހާރޓް………………” ޔާނިޝް ދޮރުހުޅުވާލުމުން އާޔާ ބުނެލިއެވެ. އާޔާ އެތެރެއަށްވަދެ ޔާނިޝްގެ ކޮޑަށް އަތްވައްޓާލިއެވެ. “އާޔާ….. އަހަރެން މިހިރީ އަދި ހޭލައިގެން ފެންވެސް ނުވަރާ……………” އާޔާގެ އަތް ދުރުކޮއްލަމުން ޔާނިޝް […]
ގަޑިން ރޭގަނޑު ދިހަގަޑި ބައިވަނީއެވެ. ސްޓާރ ޕްލަސްއިން ދައްކަމުން ދިޔަ “ދިލް ބޯލޭ އޮބެރޯއި” ނަމަކަށް ކިޔާ ހިންދީ ޑްރާމާ ސީރީޒަށް ހުރިހާ ޝައުޤުވެރިކަމެއް ދޫކޮށްލައިގެން އިންއިރު ރިޒްނާގެ ހަނދާނުގައި އެހެން އެއްވެސް ކަމެއް ހުރިހެނެއް ހިއެއްނުވެއެވެ. އާއިލާއެއްގެ ކިބައިން ބަދަލު ހިފަން އެހެން އާއިލާއަކުން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ މި ސީރީޒަށް އޭނާގެ ހިތް ދޫވީ ގެނެސްދީފައިވާ ގޮތް ޝައުޤުވެރިކަމުންނެވެ. އެންމެ ހިތް ތެޅިގަތް ހިސާބުން އެރޭގެ ބައި ނިމުމުން ފޫހިކަމާއެކު ޗެނަލް ބަދަލުކުރަމުން ގެންދިޔައެވެ. […]
ސައިބޯ ގަޑިއަށް އެންމެން އައެވެ. ޔައިނާއާއި ޔާއިންވެސްމެއެވެ. އެ ފޭކް ހިނިތުންވުމާއި އެކު އެންމެންނާއި ދެމީހުން ބައްދަލުކުރި އިރު އެ ދެ ހިތުގެ ހާލު ސުމާއަށް އިނގެއެވެ. މާޒިން ދާން ތައްޔާރުވެގެން އިން އިރު ސުމާ މިއަދު ބޭނުންވީ ގޭގައި ހުންނާށެވެ. “ޔާން ކޮންއިރަކުން ދާން ޖެހެނީ؟” މާޒިން އެހިއެވެ. “މެންދުރު” ޔާއިން ޖަވާބު ދިނީ ކުރުގޮތަކަށެވެ. “ޔާލް އިނގޭތަ، ރޭގައި މަންމި ތިބީ މަންމިގެ ދެ ރަންދަރި ކައިރި ނިދާލާފައި، ބައްޕި އާއި ޔާލް މަތިން […]
ހުޒާމް އިނީ ރިޒްނާގެ އިންތިޒާރުގައެވެ. މިހާރު އެހެރަ ބާރަ ޖަހާ ބޮޑުވީއެވެ. މީހުން ބޭރަށް ދާގޮތްވެސް އޮވެއެވެ. އެކަމަކު އެކަމުގައިވެސް ކޮންމެވެސް ސުމާރެއް އޮންނަންވާނެއެވެ. ހަވީރު ގެއިން ބޭރަށް ދާމީހާ މެންދަމުން އަލިވާ ފަހުން ގެއަށް އައުމަކީ ވިޔާދާ ގޮތެއް ނޫނެވެ. މަލެއްގެ ވިއްޔާ ވަހެއް ހުންނަ ފަދައިން މީހެއްގެ ވިއްޔާ ގޮތެއްވެސް ހުންނަންވާނެއެވެ. އޭނާ ހިތާހިތުން ރިޒްނާއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. އޭނާ އިނީ ރިޒްނާދެކެ ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅި އައިސްފައެވެ. އޭނާ […]
“މަންމައަށްވެސް ވަރަށް ވިސްނޭ ސާރާއާ ދޭތެރޭ. އޭނަ ކުއްލިއަކަށް ގެއިން ނުކުމެގެން ދިއުމާއި ދިޔަ ތަނެއް ނުބުނުމާ މިކަހަލަ ކަންތައްތަކުން މަންމައަށް ހީވަނީ ކޮންމެވެސް ގޯހެއް އެބަ އުޅޭހެން.” ޝަރީފާ އެހެން ބުނެލުމުން ހުޒާމް ބަލާލީ ހައިރާންކަމާއެކުގައެވެ. “ދިޔަ ތަނެއް ނުބުނެޔޭ!!؟ އެކަމް މަންމަ ބުނީމެއްނު އޭނަ ދިޔައީ ރަށަށޭ.” ހުޒާމް އެހެން ބުނެލުމުން ޝަރީފާ ބޯޖަހާލިއެވެ. “އާނ. މަންމަ ތިހެން ބުނިން. އެކަމަކު އެއީ މަންމަ ބޭނުންވެގެނެއް ނޫން.” ޝަރީފާ ބުނެލިއެވެ. “ދެން ކީއްވެ؟ ކާކު […]
ދެމީހުންގެ ހިތުގައިވެސް ވަނީ ޝަކުވާއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެއަށް ދަންނަވަމުން ދިޔައީ ކެތްތެރިކަމަށެވެ. ސުމާ އާއި މާޒިން ސިޓިންގް ރޫމްގައި ވާހަކަދައްކަން ތިއްބެވެ. މާޒިން ވިސްނަމުން ދިޔައީ ސުމާ ކައިރި އެވާހަކަ ބުނާށެވެ. އެހެނީ މިހާރު އޭނާއަށްވެސް އެ ދެއްކީ ޔައިނާގެ އެކުވެރިއެއްގެ ވާހަކަކަން ޔަޤީންވީމައެވެ. ސުމާވެސް ހިތުލައިގެން ހުރީ މާޒިން ކައިރި އެވާހަކަ ބުނާށެވެ. “ސުމް… އިނގޭތަ އަސްލު ޔަނާ އެހާ މޫޑީވެފައި ހުރި ސަބަބު؟ އަސްލު އަހަރެން މާ ބޮޑުކަމެއް ނޫނޭ ބުންޏަސް […]
ޔާނިޝް މީޝާގެ އަތުގަ ހިފައިގެން ގެއިންނިކުތް މައްޒަރު، ކާކޮޓަރި ތެރޭހުރި ރައުފާއަށް ވަރަށް ރަގަނޅަށް ފެނުނެވެ. ރައުފާ ކުރަންހުރި މަސައްކަތް ބަހައްޓާފަ ސިޓިންރޫމްއަށް ނިކުމެލީ ޔާނިޝްމެން ދިޔަ ދިމާލެއް ބަލާލުމުގެ ބޭނުމުގައެވެ. ޔާނިޝްއާއި މީޝާ ކާރަށް އަރާ ދުއްވާލިއެވެ. ރައުފާގެ ހިތުގަ ޖަވާބުނޭނގޭ އެތައް ސުވާލެއް އުފެދުނެވެ. މީޝާއަށް އަދިވެސް އިނީ ޔާނިޝް ދާންއުޅޭތަނެއް ނޭނގިފައެވެ. އެތައްފަހަރަކު މިހާރު އަހައިވެސް ލައިފިއެވެ. ނަމަވެސް ޔާނިޝްގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ. ބާރުދުވެލީގަ ދުއްވަމުންދިޔަ ކާރު މަޑުކޮއްލީ ދެބުރިއަށް ނަގާފައިވާ […]
ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން ސިހިފައި އޭނާއަށް ޚިޔާލުން ބޭރަށް ނުކުމެވުނެވެ. ޚިޔާލުގެ އެންމެ ފޮނި ހިސާބުން ފޯނެއް އައުމުން ފޫހިވެފައިހުރެ ރިޒްނާ ފޯނަށް ބަލާލިއެވެ. އެވަގުތު ސްކްރީނުން ފެންނަން އޮތް ނަންބަރު ފެނުމުން އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. “ހެލޯ! ރިޒްނާތަ؟ މީ ހޮސްޕިޓަލުންނޭ. ހުޒާމް ހޭއަރައިފި.” ރިޒްނާ ފޯނު ނެގުމާއެކު އެކޮޅުން ބުނެލިއެވެ. އެޔާއެކު ރިޒްނާއަށް ވީގޮތްވެސް ނޭނގުނެވެ. އުފަލުން ގޮސް އޭނާ ހީވަނީ މޮޔަވެދާނެހެންނެވެ. “ޝަރީއްތާ! ޝަރީއްތާ!” ރިޒްނާ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން […]