Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހުވަފެން (13)

Saandy
March 9, 2017
8 Mins Read
48 Views
32 Comments

ހުޒާމް އިނީ ރިޒްނާގެ އިންތިޒާރުގައެވެ. މިހާރު އެހެރަ ބާރަ ޖަހާ ބޮޑުވީއެވެ. މީހުން ބޭރަށް ދާގޮތްވެސް އޮވެއެވެ. އެކަމަކު އެކަމުގައިވެސް ކޮންމެވެސް ސުމާރެއް އޮންނަންވާނެއެވެ. ހަވީރު ގެއިން ބޭރަށް ދާމީހާ މެންދަމުން އަލިވާ ފަހުން ގެއަށް އައުމަކީ ވިޔާދާ ގޮތެއް ނޫނެވެ. މަލެއްގެ ވިއްޔާ ވަހެއް ހުންނަ ފަދައިން މީހެއްގެ ވިއްޔާ ގޮތެއްވެސް ހުންނަންވާނެއެވެ. އޭނާ ހިތާހިތުން ރިޒްނާއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. އޭނާ އިނީ ރިޒްނާދެކެ ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅި އައިސްފައެވެ. އޭނާ އެހެން އިންދާ އެއްޗެއް ތަޅައިގެންދިޔަ އަޑު އިވުނެވެ. އަޑު އައީ ބަދިގެއާ ދިމާއިން ކަމަށްވުމުން އޭނާ އެދިމާއަށް ދިޔައެވެ. އޭރު ރިޒްނާ ތަށި ތަޅައިގެން ދިޔަތަން ސާފުކުރަން އުޅެއެވެ. ރިޒްނާ ލައިގެންހުރި ހަރުވާޅާއި ޓީޝާޓުން އޭނާ ގޭގައި އުޅޭކަން ހުޒާމްއަށް އެނގުނެވެ. ތަނެއްދޮރެއް ބަލާނުލާ ރިޒްނާއާ ދިމާއަށް އެއްޗެހި ކިޔުނީތީ އޭނާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

“ރިޒޫ! ކިހިނެއްވީ؟” ހުޒާމްގެ އަޑަށް އަވަސްއަވަހަށް ދެލޯ ފޮހެލާފައި ރިޒްނާ ބަލާލިއެވެ. އަދި ގަދަކަމުން ހިނިތުންވެވޭތޯ މަސައްކަތްކުރި ނަމަވެސް އޭނާއަކަށް ކާމިޔާބެއް ނުހޯދުނެވެ.

“ކީއްވެ ތި ރޮނީ؟ ތަނަކަށް ތަދުވަނީތަ؟ ކޮންތާކަށް ތަދުވަނީ؟” ހުޒާމް ކަންބޮޑުވެފައި އަހާލިއެވެ.

“މިތަނަށް.” ހުޒާމްގެ އަތުގައި ހިފާ އޭނާގެ މޭގައި ޖައްސާލަމުން ރިޒްނާ ބުނެލިއެވެ. ރިޒްނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ހުޒާމް ކުއްލިއަކަށް އޭނާގެ އަތް ދަމައިގަތެވެ. އަދި ރިޒްނާއަށް ފުރަގަސްވާ ގޮތަށް އެނބުރުނެވެ.

“ޒާމް! ކީއްވެތަ ތިހެން ތި ހަދަނީ؟ ޒާމްއަށް ހަމަ ނޭނގެނީތަ؟ ނޫނީ އެނގޭކަމަށް ހަދަން ބޭނުން ނުވަނީތަ؟” ރިޒްނާ އެހެން ބުނެލުމުން ހުޒާމް ބަލާލިއެވެ.

“ކޯއްޗެއް؟ ތިކިޔާ އެއްޗެއް ސާފުކޮށް ބުނެބަލަ.” ހުޒާމް އެހެން އަހާލީ އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށެވެ.

“އަހަރެން ޒާމްދެކެ ލޯބިވާކަން. އަަހަރެން އަބަދުވެސް ޒާމްދެކެ ލޯބިވޭ. ކުޑައިރުއްސުރެވެސް.” ރިޒްނާގެ ވާހަކައިން ހުޒާމް ހައިރާނެއް ނުވެއެވެ. އެއީ އޭނާއަކަށް އާ ވާހަކައެއް ނޫނެވެ. އެއީ އޭނާ ކޯމާގައި އޮތްއިރު ކޮންމެ ދުވަހަކު ތަކުރާރުކޮށް އިވޭ ވާހަކައެކެވެ. އެކަމަކާ އޭނާ އުފަލެއް ނުވެއެވެ. ހައިރާނެއްވެސް ނުވެއެވެ. އެކަމާ އޭނާ ވަނީ ދެރައެވެ. އެކަމުގެ ސަބަބުން އޭނާގެ އެކުވެރިޔާ ގެއްލިދާނެތީއެވެ. އޭނާއާ ދޭތެރޭ ރިޒްނާ އެގޮތަށް ދެކެފާނެ ކަމަކަށް އޭނާ ކުރިން ހިއެއް ނުކުރެއެވެ. ރިޒްނާ އޭނާއާ ދޭތެރޭ ދެކޭކަށް އޭނާ ބޭނުމެއްވެސް ނުވެއެވެ. ފަހަރެއްގައިވެސް އޭނާއަކަށް އެކަމަކާ ނުރުހެވޭނެއެވެ. އެހެނީ ރިޒްނާއަކީ އޭނާ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދައިން ލޯބިވާ ކުއްޖެކެވެ. ވީއިރު ރިޒްނާއާ ދޭތެރޭ އެފަދަ ގޮތަކަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެފަދަ ގޮތަކަށް ވިސްނަން ބޭނުންވަނީ ހަމައެކަނި ސާރާއާ ދޭތެރޭގައެވެ. އެހިތުގައި ޖާގަ އޮތީ އެންމެ މީހަކަށެވެ. އެމީހަކީ ސާރާއެވެ. ދެވަނަ މީހަކަށް އެހިތަކުން ކުޑަ ނަމަވެސް ޖާގައެއް ނެތެވެ.

“ޒާމް! ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ؟ އަހަރެންނަށް ތިހެން ނުހަދާބަލަ. ޕްލީޒް! އަހަރެންނަކަށް ޒާމްއާ ނުލައެއް ނޫޅެވޭނެ.” ހުޒާމްގެ ގައިގައި އޮޅުލައިގަންނަމުން ރިޒްނާ އާދޭސްކުރަން ފެށިގޮތުން ހީވަނީ ދުނިޔެއިން މޮޔަވެފައިވާ މީހެއްހެންނެވެ.

“ރިޒޫ ޕްލީޒް! ތިގޮތަށް ނުވިސްނާ. ތީ އަހަރެންގެ ކޮއްކޮއެއްފަދަ ކުއްޖެއް. އަހަރެންނަކަށް ރިޒޫއާ ދޭތެރޭ ތިކަހަލަ ގޮތަކަށް ދުވަހަކުވެސް ނުވިސްނޭނެ.” ރިޒްނާ އޭނާގެ ގަޔާ ދުރުކޮށްލަމުން ހުޒާމް ބުނެލިއެވެ.

“ޒާމް ޕްލީޒް! އެންމެ ފަހަރަކުވެސް އަހަރެންނާ ދޭތެރޭ ވިސްނާލަބަލަ. އަހަރެން ޒާމްގެ ލޯތްބަށް އެދި ރޯތާ މިވަނީ ކިހާ ދުވަހެއް. ޒާމް ބޭނުންވަނީ އަހަރެން އުމުރު ދުވަހު މިހެން ތެޅިތެޅި ހުންނަންތަ؟” ރިޒްނާ އަނެއްކާވެސް ޒާމްގެ ގައިގައި އޮޅުލައިގަތެވެ. މިރޭ ރިޒްނާ އެހެރީ ހަމައިގައިހެނެއް ހިއެއްނުވެއެވެ.

“ރިޒޫ ޕްލީޒް! ދުރުގަ ހުރެބަލަ. އަހަރެންވެސް ރިޒޫދެކެ ވަރަށް ލޯބިވޭ. އެކަމަކު މިއީކީ ތިބުނާ ކަހަލަ ލޯތްބެއް ނޫނޭ.” ހުޒާމް އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“އަހަރެން ބޭނުންވަނީ ޒާމްގެ ވިސްނުންވެސް ހަމަ މިގޮތަށް ބަދަލުކޮށްލަން.” ރިޒްނާ ބުނެލިއެވެ. އޭނާ ބޭނުންވަނީ ކޮންމެފަދަ ގޮތަކުންވެސް ހުޒާމް އޭނާގެ މީހަކަށް ހަދާށެވެ. އޭނާއަކީ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާ މީހެއް ނޫނެވެ.

“އަހަރެންނަށް ތިކަން ކުރިން އެނގުނުނަމަ އަހަރެން ރިޒޫގެ އުފަލަށްޓަކާ ތިކަން ކޮށްދިނީމުސް. އެކަމަކު މިހާރު ބުނަން އޮތީ އަހަރެންނަށް މަޢާފުކުރާށޭ. އަހަރެންނަށް ތިކަން ވެވޭކަށް ނެތޭ.” ހުޒާމް ބޭނުންވީ ތެދަށް ބުނާށެވެ. އޭރުން ރިޒްނާގެ ހިތްވެސް ބަދަލުވެދާނެ ކަމަށް އޭނާއަށް އުއްމީދުކުރެވުނެވެ.

“އެކީއްވެ؟” ރިޒްނާ އަހާލިއެވެ.

“މިހާރު އަހަރެން ވަރަށް ލޯބިވާ މީހަކު އެބަހުރި. އަހަރެން ލޯބިވަނީ ސާރާދެކެ. އަހަރެން އަމިއްލަ ފުރާނައަށްވުރެވެސް އޭނަދެކެ ލޯބިވޭ. އޭނަ ދޫކޮށްލާފަ އަހަރެންނަށް އެކަކާވެސް ނުގުޅެވޭނެ. މިވަގުތު އޭނަ އަހަރެން ގާތުގައި ނެތަސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އޭނަ އަހަރެންގެ މީހަކަށް ހަދާނަން.” ހުޒާމް އެ ހާމަކުރި ހަޤީޤަތް ވެގެންދިޔައީ ރިޒްނާއަށް ކެތްކުރަން ދަތިވި ކަމަކަށެވެ. އޭނާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ. މިވަގުތު އޭނާ އެކަނިވެލަން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ ހުޒާމްވެސް އޭނާއަށް ގޮވާކަށް ގަސްތެއް ނުކުރިއެވެ.

އެނދުމައްޗަށް ވެއްޓިގަނެގެން އޮވެ ރިޒްނާ ބާރުބާރަށް ރޮމުން ދިޔައެވެ. ހުޒާމްއަށް ހަމަ އޭނާގެ ހިތުގައިވާ އެއްޗެއް ނޭނގެނީ ހެއްޔެވެ؟ އޭނާ ކުރި އާދޭސްތަކުން ހުޒާމްއަށް ހަމަ އެއްވެސް އަސަރެއް ނުކުރީ ހެއްޔެވެ؟ މީ ހައްތާވެސް އެ ސާރާގެ ކަންތަކެވެ. އޭނާ ހުޒާމްއަށް އެހެދީ ކޮންފަދަ ޖާދޫއެއްކަމެއްވެސް ނޭނގެއެވެ. ހުޒާމްއާ ސާރާ ދިމާވުމުގެ މާކުރިންވެސް އޭނާ ހުޒާމްދެކެ ލޯބިވެއެވެ. އެކަމަކު ހުޒާމްއަށް އޭނާދެކެ ލޯބި ނުވެވުނީ އޭނާގެ ކޮން ސިފައެއް އުނިވެގެން ހެއްޔެވެ؟ ސާރާއަށްވުރެ އޭނާ ހުތުރީ ހެއްޔެވެ؟ ރިޒްނާގެ ހިތަށް އަރަމުންދިޔަ ޚިޔާލުތަކުން އޭނާއަށް މާބޮޑަށް އަސަރުކުރިއެވެ.

ދެތިން ދުވަސް ފަހެވެ. މިހާރު ރިޒްނާގެ އުޅުމަށް މާބޮޑަށް ބަދަލު އަތުވެއްޖެއެވެ. އޭނާ އަބަދުހެން އޮންނަނީ ކޮޓަރީގައެވެ. ކެއުމެއް ބުއިމެއް ނެތި އޭނާގެ ކަމަކީ ރޮއި ހިތާމަ ކުރުމެވެ.

“ދަރިފުޅާ! މަންމަ އެބައޮތް ވާހަކައެއް ދައްކާލަންވެފަ. ރިޒްނާއާ ބެހޭގޮތުން.” ޝަރީފާގެ އަޑަށް ސޯފާގައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ހުޒާމް ސަމާލުވިއެވެ.

“މިހާރު ރިޒްނާ ކޮޓަރިން ނިކުމެ އުޅެނިކޮށް ނުފެންނަތާ ދެދުވަސް ވެއްޖެ. އެއްޗެއް ކެއި ކަމެއްވެސް ނޭނގެ. ގޮވާގޮވާ އަނގަޔަކުންވެސް ނުބުނި. މަންމަ އެބަ ވަރަށް ކަންބޮޑުވޭ.” ޝަރީފާ ކަންބޮޑުވެފައި އިނދެ އެހެން ބުނެލުމާއެކު ލެޕްޓޮޕް ސޯފާގައި ބަހައްޓާފައި ހުޒާމް ތެދުވިއެވެ. އަދި ބާރުބާރަށް މިސްރާބުޖެހީ ރިޒްނާގެ ކޮޓަރިއާ ދިމާއަށެވެ. ރިޒްނާ ނުކައި ނުބޮއި އުޅޭކަން އެނގުމުން އޭނާއާ ދިމާއަށް ހިތުހުރި ވަރަށް އެއްޗެހި ގޮވާލަން ނިންމައިގެންނެވެ. އޭނާ އެކޮޓަރި ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ.

“ރިޒްނާ! ރިޒްނާ! މިދޮރު ހުޅުވާ!” ދޮރުގައި ތަޅައިގަންނަމުން ހުޒާމް ރިޒްނާއަށް ގޮވަމުން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް ބާރަށް ދޮރުގައި ތަޅަމުން ދިޔައިރު ހީވަނީ ދޮރުވެސް ވައްޓާލަފާނެހެންނެވެ. އޭނާ ހުރީ އެހާ ރުޅިއައިސްފައެވެ.

“ރިޒްނާ! އެބަ އަޑުއިވޭތަ؟ މިދޮރު ހުޅުވާށޭ! ނޫނީ ދޮރު ވައްޓާލަންވީތަ؟” ހުޒާމްގެ އަޑުވެސް ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ގަދަވަމުންނެވެ. ޝަރީފާ އިނީ ހުޒާމް އައިސްފައިވާ ރުޅި ފެނި ކަންބޮޑުވެފައެވެ. އޭނާ އައިސްފައިވާ ގަދަ ރުޅީގައި ރިޒްނާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އޭނާ ހުޒާމް ހުއްޓުވަންވެގެން ތެދުވިތަނާ ރިޒްނާ ދޮރު ހުޅުވާލިއެވެ. އޭނާގެ މިލާފައިވާ މޫނުމަތި ފެނި ހުޒާމްއަށް ހުއްޓެވުނެވެ. އެމޫނުގައިވި އިންތިހާ ދަރަޖައިގެ ހިތްދަތިކަމާއި ވަރުބަލިކަން ހުޒާމްގެ ރުޅި ފިނިކޮށްލައިފިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އެހިތް ހަމްދަރުދީއިން ފުރިއްޖެއެވެ. އެހެންކަމުން އޭނާ ހިތަށްވުރެ ސިކުނޑީގެ ގޮވާލުމަށް އިޖާބަދީ އެވަގުތު ރިޒްނާގެ ކުރިމަތިން ދުރަށް ދިޔައީއެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހުޒާމްގެ އެ ފަރުވާކުޑަ ޢަމަލުން ރިޒްނާގެ ކުދިކުދިވެފައިވާ ހިތަށް ލިބުނު ވޭން ދެގުނަވިއެވެ. އޭނާ ދޮރު ލައްޕާލަން އުޅުނު ވަގުތު ޝަރީފާ ފެނުނެވެ. ޝަރީފާގެ މޫނުމަތިން އެއްފަހަރާ އެތައް އަސަރެއް ފާޅުވިއެވެ. ކަންބޮޑުވުމާއި ހިތްހަމަނުޖެހުމާއި ހަމްދަރުދީއެވެ. އިރުކޮޅަކު ޝަރީފާއަށް ބަލަން ހުރެލާފައި އޭނާ ދޮރު ލައްޕާލާފައި ދޮރުފަތުގައި ލެނގިލާ ލޯމަރާލިއެވެ. އެޔާއެކު މިހާއިރު ވަންދެން އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގަތެވެ.

އިރުކޮޅަކުން ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން އޭނާ ލޯ ފޮހެލާފައި ދޮރު ހުޅުވާލީ ހުޒާމް ކަމަށެވެ. ނަމަވެސް ކަންވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ދޮރުމަތީ ހުރި ޝަރީފާ ފެނި ހިނިތުންވެލެވޭތޯ ކުރި މަސައްކަތް ވީ ބޭކާރެވެ. ޝަރީފާ އަތުގައި ހުރި ތަބައް ފެނިފައި އޭނާއަށް ބަނޑުހައިކަން އިހުސާސްވީ ދުވަހަކުވެސް ނުވާ ވަރަށެވެ. އޭނާ ވޭތުވެދިޔަ ދެތިން ދުވަހު އެއުޅުނީ ހައިކަން ފިލާވަރަށް ނުކައެވެ. ކާން ބޭނުންވިޔަސް ހިތަށް ކުރާ އަސަރުން ނުކެވެނީއެވެ. އޭނާ ޝަރީފާ ވަންނަން ތަން ދެއްކިއެވެ. ރަނގަޅަށް ނުކެވުމުގެ ސަބަބުން އޭނާގެ ބޮލަށް ހުންނަނީ އެނބުރުން އަރާފައެވެ. ނަމަވެސް ހުޒާމް އޭނާދެކެ ރުޅިއައިސްފައި ހުންނާނެހެން ހީވާތީ އޭނާއަށް ހުޒާމް އުޅޭ ގަޑީގައި ބޭރަށް ނުކުންނަން ނުކެރެނީއެވެ. އެހެންކަމުން އޭނާ ވޭތުވި ދެތިން ދުވަހު ކެއީ ރޭގަނޑު ދަންވަރު އެންމެން ނިދުމުންނެވެ.

ޝަރީފާ ތަބައް ހިފައިގެން މޭޒު ކައިރިއަށް ދިއުމުން ރިޒްނާ ދޮރު ލައްޕާލިއެވެ. އެއަށްފަހު އޭނާއަށް އެނދާއި ހަމައަށް ދެވުނީ ހަމަ ކިރިޔާއެވެ. އޭނާ އަނބުރައިގަނެގެން އެނދުމައްޗަށް ދެމުނީއެވެ. އެއްޗެއް ވެއްޓުނު އަޑަށް ޝަރީފާ ބަލާލިއިރު އެނދުމައްޗަށް ދެމިފައި އޮތް ރިޒްނާ ފެނި އޭނާއަށް ވީގޮތްވެސް ނޭނގުނެވެ. މޫނުގައި ފެން އުނގުޅަމުން ރިޒްނާއަށް ގޮވަމުން ހޭއެރުވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ރިޒްނާއަށް ހޭވެރިކަމެއްވީ ޝަރީފާ އޭނާއަށް ގޮވާތާ ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓު ފަހުންނެވެ.

ލަސްލަހުން ލޯ ހުޅުވާލެވުމާއެކު ރިޒްނާއަށް ރޮވެން ފެށުނީ އޭނާގެ ގާތުގައި އިން ޝަރީފާ ފެނުމުންނެވެ. މިއަދު އޭނާ ވަރަށް ލަދުގެންފިއެވެ. އޭނާ ޝަރީފާއާ ދޭތެރޭ ދުށީ ކިހިނެއް ހެއްޔެވެ؟ ޝަރީފާއަކީ އަމިއްލަ އެދުމައިގެން އުޅޭ މީހެކޭ އޭނާ އަބަދުވެސް ހިތަށް އަރައެވެ. ނަމަވެސް މިއަދު ޝަރީފާ އެއައީ އޭނާއަށް ކާއެއްޗެހި ހިފައިގެންނެވެ. ކުޑަމިނުން އޭނާއާ ދިމާއަށް ނުރުހުމުގެ ގޮތުން އެންމެ ލަފުޒެއްވެސް ނުބުނެއެވެ. ކިހާ ހިތްހެޔޮ އިންސާނެއް ހެއްޔެވެ؟ ކުރިން ޝަރީފާއާ ދޭތެރޭ އެފަދަ ކުށްހީއެއް ކުރެވުނީތީ އޭނާއަށް ލަދުވެތިކަން އިހުސާސް ކުރެވުނެވެ. ހަޤީޤަތުގައި އަމިއްލަ އެދުން ބޮޑީ ޝަރީފާއާ ސާރާއެއް ނޫނެވެ. އަމިއްލަ އެދުން ބޮޑީ ޚުދު އޭނާއެވެ. ހުޒާމްގެ ބޭނުމުގައި ސާރާ އެގެއިން ބޭރުކޮށް ރާއްޖޭން ފޮނުވާލީވެސް ހަމަ އޭނާގެ އަމިއްލަ އެދުން ބޮޑުކަމުންނެވެ. އަދި ޝަރީފާއާ ހުޒާމް މާ ގާތްކޮށް އުޅޭތީ އެކަމާ ނުރުހުންވީވެސް އޭނާގެ އަމިއްލަ އެދުން ބޮޑުކަމުންނެވެ. މިއަދު އޭނާއަށް ވިސްނިއްޖެއެވެ. އޭނާ އެމީހުންގެ ގާތުން މަޢާފަށް އެދެން ބޭނުންވިއެވެ. އޭނާއަށް ރޮވެން ފެށުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

“އެކޮއި ނުރޮއި. ހުއްޓާލާ. ހިނގާ އެއްޗެއް ކާލަން. އޭރުން ގައިގަ ވަރުޖެހޭނީ. ހުޒާމްވެސް އެހެރީ ވަރަށް ކަންބޮޑުވެ ހިތްހަމަނުޖެހިފަ އެކޮއި ނުކައި ނުބޮއި ތިހެން އުޅޭތީ. ދެން އަވަހަށް ތެދުވޭ.” ޝަރީފާ އެންމެ ފުރަތަމަ ބެލީ ރިޒްނާ ހަމައަކަށް އެޅުވޭތޯއެވެ. ރިޒްނާއަށް ރުއިން ހުއްޓާލެވުނީ އެތައް އިރަކުންނެވެ. އެޔާއެކު ފުރަތަމަވެސް ފެށީ މަޢާފަށް އެދޭށެވެ.

“އިހަށް ހިނގާ އެއްޗެއް ކާލަން. ފަހުން ވާހަކަ ދައްކާނީ. ދައްތަ އެކޮއި ދައްކާ ވާހަކަ އަޑުއަހާނަމޭ.” ޝަރީފާ ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ. ރިޒްނާވެސް ބަނޑުހައިވެފައި ހުރުމުގެ ސަބަބުން އެއްވެސް ދެކޮޅު ހެދުމެއްނެތި ކެވޭތޯ އުޅުނެވެ. ނަމަވެސް ފުރަތަމަ އަނގަޔަށް ލީ އެތިކޮޅާއެކު އޭނާއަށް ހޮޑުލެވުނެވެ.

“އަން. މި ކިރުތަށި ބޯލާ. އޭރުން އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެ.” ޝަރީފާ އޭނާ ގެނައި ކިރުތަށި ދިއްކޮށްލަމުން ބުނެލިއެވެ. ރިޒްނާވެސް ބަސްއަހާ ކުޑަކުއްޖެއްހެން ޝަރީފާ ބުނިގޮތަށް ކަންތައް ކުރަމުން ދިޔައެވެ.

“ދެން އިހަށް އަރާމުކޮށްލާ. ދައްތަ ފަހުން އަންނާނަން އެކޮއިގެ ވާހަކަތައް އަޑުއަހަން.” ޝަރީފާ އެހެން ބުނެލާފައި ތަބަކަށް ތަށިތައް ލައިގެން އެކޮޓަރިން ނުކުތެވެ. އޭނާއަށް ނުކުމެވުނީ ހުޒާމްގެ ކުރިމައްޗަށެވެ.

“ރިޒޫ ކެއިތަ؟” ހުޒާމް އަހާލިއެވެ.

“އާނ. ކުޑަކޮށް ކެވުނު. ނުކައި ހުރީމަ ކެވުނު އެތިކޮޅުވެސް ހޮޑަށް އައީ. ދެން ކިރުތަށްޓެއް ދީފަ އަރާމުކޮށްލާށޭ ބުނެފަ މިނިކުތީ. ދަރިފުޅު އާދެބަލަ ބަދިގެއަށް.” ޝަރީފާ އެހެން ބުނެލުމުން ހުޒާމް ބަދިގެއަށް ދިޔައީ ޝަރީފާ އޭނާއާ ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭހެން ހީވާތީއެވެ.

“ދަރިފުޅާ! ރިޒްނާއާ ދިމާއަށް އެއްޗެކޭ ނުބުނައްޗޭ. އޭނައަށް ވަރަށް ބޮޑު ކަމެއް ވެއްޖެހެން މަންމައަށް ހީވަނީ. ވެދާނެ މާ ހިތްދަތިވާ ކަހަލަ ކަމެއް ދިމާވީ ކަމަށް. ނޫނީ ނުކައި ނުބޮއި އަބަދު ކޮޓަރީގައެއް ނޯންނާނެއެއްނު. ދެން އެހެން ހުއްޓާ ދަރިފުޅު އެއްޗެހި ކިޔައިފިއްޔާ އޭނަ އަދި މާ ދެރަވާނެ. މަންމައަށް ފެންނަނީ އޭނަ ހަމައަކަށް އެޅުނީމަ ދަރިފުޅު ރީތިކޮށް އޭނައާ ވާހަކަދައްކައިގެން ވީގޮތެއް އޮޅުންފިލުވަން.” ޝަރީފާ ވަރަށް ވިސްނުންތެރިކަމާއެކު ހުޒާމްއާ ވާހަކަދެއްކިއެވެ.

“އަހަރެންނަށް އެނގޭ އޭނައަށް ވެގެން އެއުޅޭ ގޮތް.” ހުޒާމް އެހެން ބުނެލުމުން ޝަރީފާ ބަލައިލީ އެއީ ކޮން ގޮތެއްހޭ އަހައިލާފަދަ ގޮތަކަށެވެ.

“އޭނަ އަހަރެންދެކެ ލޯބިވަނީޔޯ؟ އަހަރެން ބުނީ އަހަރެން ސާރާދެކެ ލޯބިވާ ވާހަކަ. އަދި އެނޫން އެއްވެސް މީހަކަށް ޖާގަ ދެވެން ނެތް ވާހަކަ. ރިޒޫ ދެކެނީ ކޮއްކޮއެއްގެ ގޮތަށްކަމަށް. އެގޮތް ދުވަހަކުވެސް ބަދަލުނުވާނެ ވާހަކަ. އެހެންވެ އޭނާ އެއުޅެނީ.” ހުޒާމް ބުންޏެވެ. ޝަރީފާގެ ހިތަށް އަރަމުން ދިޔައެވެ. ހުޒާމްގެ ގާތުގައި ހުންނައިރު ރިޒްނާގެ މޫނުމަތިން ފެންނަ އުފާވެރިކަމާއި ހުޒާމްއާ ދުރުގައި ހުންނަ ވަގުތުތަކުގައި ރިޒްނާގެ މޫނުމަތި މިލާފައި ހުރުމުގެ ސިއްރަކީ މިއީތާއެވެ. ސާރާއާ އެކުގައި ހުޒާމް ހުންނަ ވަގުތުތަކުގައި ރިޒްނާގެ މިޒާޖަށް އަންނަ ބަދަލުތަކުގެ އަސްލަކީވެސް މިއީތާއެވެ. އެހެންވީއިރު ސާރާ މިގެއިން ދިއުމުގެ ސަބަބަކީ ރިޒްނާބާއެވެ. އޭނާއަށް ބޯ ހޫރާލެވުނީ އޭނާގެ ވިސްނުން ނުބައި ދިމާއަކަށް މިސްރާބު ޖަހާހެން ހީވެގެންނެވެ.

“އޭނަ އަހަރެންދެކެ ލޯބިވުމަކުން، ލޯބިވެޔޭ ބުނުމަކުން އަހަރެން ރުޅިއެއް ނާދޭ. އަހަރެން ރުޅިއައީ އޭނަ އެކަމާ ގުޅުވައިގެން ނުކައި ނުބޮއި އުޅުނީމަ. އެހެން އުޅެނިކޮށް އޭނަ ބަލިވެއްޖެއްޔާ ކިހިނެއް ހަދާނީ؟ އޭރުން އެންމެންވެސް އިނގިލި ދިއްކުރާނީ އަހަރެންނަށް. ބުނާނެ އަހަރެން އަޅައެއްނުލައޭ. އަހަރެން ބޭނުމެއްނޫން އެހެން ވާކަށް.” ހުޒާމް އެހެން ބުނެލުމުން ޝަރީފާ އެކަމާ ދޭތެރޭ ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް އޭނާ ނަސޭހަތްތެރިވީ ރިޒްނާއާ ދިމާއަށް އެއްޗެހި ކިޔުމުގެ ބަދަލުގައި ރީތިކޮށް ވާހަކަ ދައްކާ ވިސްނައިދިނުމަށެވެ. ހުޒާމް ބޯ ޖަހާލާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ހަވީރުގެ ވަގުތެވެ. ހުޒާމްއާއި ޝަރީފާ ތިބީ ބަދިގޭގައެވެ. އެމީހުން ތިއްބާ ރިޒްނާ އައިސް ވަނެވެ. އޭރު ޝަރީފާ ކޮފީ ބޮއިގެން ތެދުވަނީއެވެ. އޭރު ހުޒާމް އިނީ ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ. އޭނާގެ ކުރިމަތީގައި އާވި އަރައަރާ ހުރި ކޮފީތަށްޓެއް ހުއްޓެވެ.

“މިހާރު ދޯ ތި ހޭލެވުނީ؟ އާދޭ އަވަހަށް ސައިބޯން.” ޝަރީފާ އެހެން ބުނެލާފައި ކޮފީ ހަދަން އުޅެން ފެށުމުން ރިޒްނާ އެކަން ހުއްޓުވިއެވެ.

“ނޫނޭ. ޝަރީއްތަ މަޑުކޮށްލާ. އަހަރެން އަމިއްލައަށް ހަދާލަފާނަން.” ހިނިތުންވެލަމުން ރިޒްނާ ބުނެލިއެވެ. ޝަރީފާވެސް ދެކޮޅެއް ނުހަދައެވެ. އޭނާ ކޮފީ ބުއި ޖޯޑު ދޮވެ ބަންޑުން ޖަހާލާފައި އޭނާ ދިޔައީ ކޮޓަރިއަށެވެ. ރިޒްނާ ކޮފީ ހަދައިގެން އައިސް ހުޒާމްއާ އެންމެ ގާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.

“ދެދުވަސްވީއިރު ޚަބަރެއް ނުވީމަ އަހަރެން ހީކުރީ މަރުވީކަމަށް.” ސަމާސާ ރާގެއްގައި ހުޒާމް ބުނެލިއެވެ. ހުޒާމް އެހެން އެބުނީ ކީއްވެކަން އެނގޭތީ ރިޒްނާވެސް ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.

“އެހެންވެ އެކަމާ ވަރަށް އުފަލުން ދޯ ތި އިންނަނީ؟” ރިޒްނާ އެހެން ބުނެލުމުން ހުޒާމްގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ

“ރިޒޫއަށް ހީވަނީތަ ރިޒޫއަށް ދެރަގޮތެއް ވެއްޖެއްޔާ އަހަރެން ވަރަށް އުފާވާނެޔޭ؟ ވަރަށް ހިތްހަމަޖެހޭނެޔޭ؟ އަން. އެހެންނަމަ އަހަރެން ރިޒޫ އެތަނުން ސަލާމަތް ކުރާކަށް މަސައްކަތެއްވެސް ނުކުރީމުސް.” ހުޒާމް ބުނެލިއެވެ. މިބުނެވުނީ ބުނެގެން ވާނެ އެއްޗެއް ނޫންކަން ރިޒްނާއަށް ވިސްނުނީ ދެނެވެ.

“ވަރަށް ދެރަވެއްޖެ. މިއަދު އަހަރެންނަށް އެނގިއްޖެ ރިޒޫއަށް އަހަރެންނަކީ އެއްވެސް މީހެއް ނޫންކަން. އަހަރެން ހީކުރީ އަހަރެންނަށް އަބަދުވެސް ރިޒޫގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަ ހުރެވިދާނެކަމަށް. އެކަމަކު މިއަދު އެނގިއްޖެ އެއީ އަހަރެންނަށް ކުރެވުނު ކުށްހީއެއްކަން. ރިޒޫ އަހަރެން ދުރުކޮށްލައިފިކަން.” ހުޒާމް އެހެން ބުނެފައި ދާން ހިނގައިގަތުމުން ރިޒްނާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“އަހަރެންނަށް މަޢާފްކުރޭ ޒާމް. މި ހުރިހާ ކަމެއްވެސް މި ދިމާވަނީ އަހަރެންނާހެދި.” ރިޒްނާ މަޢާފަށް އެދުނެވެ.

“ކޮންކަމަކާ؟” ހުޒާމް އަހާލިއެވެ.

“ހުރިހާ ކަމަކަށްވެސް.” ރިޒްނާ ބުނެލިއެވެ.

“އަހަރެން ރިޒޫއަށް މަޢާފްކޮށްފިން. އަދި އަބަދުވެސް މަޢާފް ކުރާނަން. ތީ ވަރަށް ރަނގަޅު ކުއްޖެއް.” ހުޒާމް ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

“ނޫން ޒާމް! އަހަރެންނަކީ ތި ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން. އަހަރެންނަކީ ވަރަށް ގޮތެއްނެތް އަމިއްލަ އެދުން ބޮޑު މީހެއް. އަހަރެންގެ ހަޤީޤަތް އެނގޭނަމަ ޒާމް ތިހެނެއް ނުބުނީސް. އަދި އަހަރެންނަކަށް މަޢާފެއްވެސް ނުކުރީސް.” ރިޒްނާ އެހެން ބުނަން ބޭނުންވި ނަމަވެސް އެބަސްތައް ހުރީ އޭނާގެ ހިތުގައެވެ.

“ނޫން ޒާމް. ތީ ކުށްހީއެއް. އަހަރެންގެ ހަޤީޤަތް އެނގޭނަމަ ޒާމް އަހަރެންނަށް މަޢާފްކުރުމުގެ ބަދަލުގަ ކުރާނީ ނަފުރަތު.” ރިޒްނާ އެހެން ބުނެލުމުން ހުޒާމް ބަލައިލީ ހައިރާންވެފައެވެ.

“އެޔޯ! ކޮން ހަޤީޤަތެއް؟ ތީ އަނދިރި ގުޅިއެއްތަ؟” ހުޒާމް ސަމާސާ ރާގެއްގައި ބުނެލިއެވެ.

“އަނދިރި ގުޅިއެއް ނޫން. އަނދިރި ކިއްލާއެއް.” ރިޒްނާވެސް ހުޒާމްގެ ސަމާސާގައި ބައިވެރިވެލިއެވެ. ނަމަވެސް އޭނާ ހާމަކުރީ ހަޤީޤަތެވެ. އޭނާގެ އެންމެ ބޮޑު ސިއްރަކީ ސާރާއެވެ. އޭނާ ބޭނުންވަނީ ހުޒާމްއަށް ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދޭށެވެ. މަޢާފަށް އެދޭށެވެ. އެއްފަހަރު މަޢާފް ނުކޮށްފިނަމަ ދެވަނަ ފަހަރަށްވެސް އެދޭނީއެވެ. އެވަރުންވެސް މަޢާފް ނުކޮށްފިނަމަ މަޢާފް ލިބެންދެން އެދޭނީއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންދެއެވެ. ރިޒްނާވެސް މަޑުމަޑުން ކުރިން އުޅުނުހެން އުޅެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ހިތުގައި އަޅާ ވޭން ކިތަންމެ ބޮޑުނަމަވެސް ހުޒާމްއާ އޮތް އެކުވެރިކަން ކެނޑިގެން ދާން ނޭދޭތީއެވެ. ނަމަވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭކަމުގެ އިހުސާސް ކުރެވެނީއެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ހުޒާމްއަށް ހަޤީޤަތް އަންގަން އޭނާ އެތައް ފަހަރަކު މަސައްކަތް ކޮށްފިއެވެ. ނަމަވެސް ހަޤީޤަތް އެނގުމުން ކަންތައް ވެދާނެ ގޮތަކާމެދު ވިސްނާލުމުން އޭނާއަށް ހަމަ ފަސްޖެހެވެނީއެވެ. އެއްވެސް ހާލެއްގައި އޭނާ ހުޒާމްއާ ދުރަށް ދާކަށް ބޭނުމެއް ނުވެއެވެ. ހުޒާމްއަށް އަނތްބެއްގެ މަޤާމް އޭނާއަށް ނުލިބުނަސް އެކުވެރިއެއްގެ ގޮތުގައި ނަމަވެސް ހުޒާމްއާއެކު އުޅެން އޭނާ ބޭނުމެވެ.

ގަޑިން ރޭގަނޑު ދިހަގަޑި ބައިވަނީއެވެ. ސްޓާރ ޕްލަސްއިން ދައްކަމުން ދިޔަ “ދިލް ބޯލޭ އޮބެރޯއި” ނަމަކަށް ކިޔާ ހިންދީ ޑްރާމާ ސީރީޒަށް ހުރިހާ ޝައުޤުވެރިކަމެއް ދޫކޮށްލައިގެން އިންއިރު ރިޒްނާގެ ހަނދާނުގައި އެހެން އެއްވެސް ކަމެއް ހަނދާން ހުރިހެނެއް ހިއެއްނުވެއެވެ. އާއިލާއެއްގެ ކިބައިން ބަދަލު ހިފަން އެހެން އާއިލާއަކުން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ މި ސީރީޒަށް އޭނާގެ ހިތް ދޫވީ ގެނެސްދީފައިވާ ގޮތް ޝައުޤުވެރިކަމުންނެވެ. އެންމެ ހިތް ތެޅިގަތް ހިސާބުން އެރޭގެ ބައި ނިމުމުން ފޫހިކަމާއެކު ޗެނަލް ބަދަލުކުރަމުން ގެންދިޔައެވެ. ޗެނަލް ބަދަލުކުރަމުން ގޮސް ޒޫމް ޓީވީއަށް ލެވުނުތަނާ ފެނުނު މަންޒަރަކުން އޭނާއަށް ހުއްޓުން އެރިއެވެ.

(ނުނިމޭ)

18
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ހުވަފެން (12)

Next

ލޯބިވޭ (4)

Next
March 9, 2017

ލޯބިވޭ (4)

Previews
March 8, 2017

ހުވަފެން (12)

32 Comments

  1. Addu manje says:
    March 9, 2017 at 7:48 am

    Varah reethi..

    1. Saandy says:
      March 10, 2017 at 6:15 am

      ޝުކުރިއްޔާ އައްޑޫ މަންޖެ

  2. poohbear says:
    March 9, 2017 at 7:59 am

    Reethi

    1. Saandy says:
      March 10, 2017 at 6:16 am

      ޝުކުރިއްޔާ ޕޫހބެއާރ

  3. neygea says:
    March 9, 2017 at 8:12 am

    Mihaaru esfiya ga saandy vahaka eakanitha up vany????…..saandy tea mi story varan reethi ?waiting next part☺??

    1. neygea says:
      March 9, 2017 at 8:13 am

      Aandy gea story v reethi

    2. Saandy says:
      March 10, 2017 at 6:16 am

      ޝުކުރިއްޔާ ނޭނގެ

    3. Saandy says:
      March 10, 2017 at 6:24 am

      ނޭނގެ! މީ ސާންޑީ… އާންޑީއެއް ނޫން

  4. rim says:
    March 9, 2017 at 8:25 am

    V v v reethi konirakun next part

    1. Saandy says:
      March 10, 2017 at 6:17 am

      ޝުކުރިއްޔާ ރިމް! މިއަދު ހެނދުނު އަޕްވާނެ

  5. ? says:
    March 9, 2017 at 8:26 am

    Miha avahah sara tv dhahkan feshy dhw… Gadha… Huxam ah ingihjeyya dhaanee thariburain kanneynge… ??????

    1. Saandy says:
      March 10, 2017 at 6:18 am

      ހެހެހެ… ވެދާނެ

  6. Naadhee says:
    March 9, 2017 at 9:00 am

    V reethi mi part ves

    1. Saandy says:
      March 10, 2017 at 6:18 am

      ޝުކުރިއްޔާ ނާދީ

  7. konmes meehe says:
    March 9, 2017 at 9:51 am

    mihar vahakatha hada up nuveye v foohi koh danee

    1. Saandy says:
      March 10, 2017 at 6:19 am

      ނޫނޭ އަޕްވެއެއްނު

  8. shifu says:
    March 9, 2017 at 11:51 am

    E tveen efenuny saaraa kanneyge….

    1. Saandy says:
      March 10, 2017 at 6:20 am

      ވެދާނެ

  9. ❤mixoo says:
    March 9, 2017 at 12:03 pm

    varah salhi

    1. Saandy says:
      March 10, 2017 at 6:20 am

      ޝުކުރިއްޔާ މިޒޫ

  10. suhaa says:
    March 9, 2017 at 12:35 pm

    Kon dhen aneh baai annah ny

    1. Saandy says:
      March 10, 2017 at 6:21 am

      ޝުކުރިއްޔާ ސުހާ! މިއަދު އަޕްވާނެ

  11. ❤️ Mimmi ❤️ says:
    March 9, 2017 at 12:38 pm

    Wow varah salhi mi partves saandy ?

    1. Saandy says:
      March 10, 2017 at 6:22 am

      ޝުކުރިއްޔާ މިންމި

  12. Maree says:
    March 9, 2017 at 2:56 pm

    vvvvvvv reethi

    1. Saandy says:
      March 10, 2017 at 6:21 am

      ޝުކުރިއްޔާ މަރީ

  13. Unko says:
    March 9, 2017 at 5:30 pm

    V v reethi… Kn irakun next up kurany… V interest..

    1. Saandy says:
      March 10, 2017 at 6:22 am

      ޝުކުރިއްޔާ އަންކޮ! މިއަދު އަޕްވާނެ

  14. Xenn says:
    March 9, 2017 at 11:15 pm

    Reethi story… Waiting next part…

    1. Saandy says:
      March 10, 2017 at 6:23 am

      ޝުކުރިއްޔާ ޒެން! މިއަދު އަޕްވާނެ

  15. xeyboo says:
    March 18, 2017 at 10:12 am

    sarah dhw fennany..

    1. Saandy says:
      March 18, 2017 at 10:20 pm

      ThanQ Xeyboo 🙂

Comments are closed.

All Right Reserved!