“މަންމައަށްވެސް ވަރަށް ވިސްނޭ ސާރާއާ ދޭތެރޭ. އޭނަ ކުއްލިއަކަށް ގެއިން ނުކުމެގެން ދިއުމާއި ދިޔަ ތަނެއް ނުބުނުމާ މިކަހަލަ ކަންތައްތަކުން މަންމައަށް ހީވަނީ ކޮންމެވެސް ގޯހެއް އެބަ އުޅޭހެން.” ޝަރީފާ އެހެން ބުނެލުމުން ހުޒާމް ބަލާލީ ހައިރާންކަމާއެކުގައެވެ.
“ދިޔަ ތަނެއް ނުބުނެޔޭ!!؟ އެކަމް މަންމަ ބުނީމެއްނު އޭނަ ދިޔައީ ރަށަށޭ.” ހުޒާމް އެހެން ބުނެލުމުން ޝަރީފާ ބޯޖަހާލިއެވެ.
“އާނ. މަންމަ ތިހެން ބުނިން. އެކަމަކު އެއީ މަންމަ ބޭނުންވެގެނެއް ނޫން.” ޝަރީފާ ބުނެލިއެވެ.
“ދެން ކީއްވެ؟ ކާކު ބުނެގެން؟ ކީއްވެ އޮޅުވާލަންވީ؟” ހުޒާމް ހުރީ ހިތްހަމަނުޖެހިފައެވެ.
“ޑޮކްޓަރ. ޑޮކްޓަރ ބުނުއްވީ ދަރިފުޅު ހޭއަރާ ވަގުތު ދެރަވާ ކަހަލަ އެއްވެސް ޚަބަރެއް ނުދެއްޗޭ. އެހެން ވެއްޖެއްޔާ ޝޮކެއް ލިބުން ގާތްކަމަށް. އެހެންވެ ދަރިފުޅަށް އިތުރު ގެއްލުމެއް ލިބެން ބޭނުންނުވާތީ ދޮގު ހަދަން މަޖުބޫރުވީ.” ޝަރީފާ އޮޅުންފިލުވައިދިނެވެ.
“އަހަރެން ދެން ކިހިނެއް ހަދާނީ؟ ސާރާ ހޯދަން ދާނީވެސް ވަކި ކޮންތާކަށް؟” ހުޒާމް އޭނާގެ ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
“މަންމައަކަށްވެސް ނޭނގެ. އެކަމަކު މަންމަވެސް ބޭނުން ސާރާ އަލުން މިގެއަށް ގެންނަން.” ޝަރީފާ ބުންޏެވެ. އެއަށްފަހު ދެން އައީ ހިމޭން ވަގުތުކޮޅެކެވެ.
“ދަރިފުޅު ސާރާދެކެ ލޯބިވޭތަ؟” ހިމޭންކަމުގެ ތެރެއިން ޝަރީފާ ކުއްލިއަކަށް ކޮށްލި ސުވާލުން ހުޒާމްއަށް ސިހުމެއް ލިބުނެވެ. އޭނާ ކުއްލިއަކަށް ސޯފާއިން ތެދުވިއެވެ. އޭނާ އެހާވަރުން ފޮރުވައިގެން އުޅުނު ލޯބިވެސް ޝަރީފާއަށް އެނގުނީތާއެވެ. ހުޒާމް ޝަރީފާއަށް ފުރަގަސްވާ ގޮތަށް ހުއްޓުނެވެ.
“އާނ. އަހަރެން ސާރާދެކެ ވަރަށް ލޯބިވޭ.” ހުޒާމް ބުނެލިއެވެ.
“އެހެންވިއްޔާ މަންމަ ބުނަންތަ ވާހަކައެއް؟ ދަރިފުޅު ސާރާ ހޯދަން އެރަށަށް ދޭ.” ޝަރީފާ އެހެން ބުނެލުމުން ހުޒާމް ޝަރީފާއާ ދިމާއަށް އެނބުރުނެވެ.
“ސާރާ އެރަށަކަށް ނުދާނެ. އަހަރެންނަށް ހަމަ ޔަޤީން. އެކަމަކުވެސް އަހަރެން އޭނަ ހޯދާނަން.” ހުޒާމް އެހެން ބުނެލާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
“އިރާދަކުރެއްވިއްޔާ ދަރިފުޅަށް ސާރާ ހޯދޭނެ.” ޝަރީފާ މަޑުމަޑުން ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ދަނީ ނިކަން ހަލުވި މިނެއްގައެވެ. މިހާރަކަށް އައިސް ރިޒްނާގެ އުޅުމާއި މިޒާޖަށް ބޮޑު ބަދަލެއް އަންނަކަން ހުޒާމްއަށް ފާހަގަ ކުރެވެއެވެ. ރިޒްނާ މިހާރު އޭނާއާވެސް ވަރަށް ދުރެވެ. އަބަދުވެސް ކޮންމެވެސް ކަމަކާމެދު ވަރަށް ބޮޑަށް ވިސްނަމުންދާކަން ހުޒާމްއަށް އެނގެއެވެ. ކުރިން އަބަދުހެން އަނގަތަޅާ މީހާ މިހާރު ހުންނަނީ ވަރަށް ހިމޭންވެފައެވެ. ގޭގައި އުޅޭނަމަ އަބަދުހެން އޮންނަނީ ކޮޓަރީގައެވެ. ރިޒްނާގެ މި މިޒާޖުގެ ސަބަބުން ހުޒާމް ކަންބޮޑުވެއެވެ. އަނެއްކާ ރިޒްނާއާ މީހަކު ދިމާކުރަނީބާއެވެ. އެއީ ރިޒްނާ އެބުނާ ޝަމްސުއްދީންގެ ބޭބެގެ ކަމެއްބާއެވެ. އެހެންކަމަށްވާނަމަ ރިޒްނާ އޭނާއަށް އެކަން ސިއްރުކުރަންވީ ކީއްވެ ހެއްޔެވެ؟ ކަންތައްތައް ހިއްސާކުރެވޭ ވަރަށްވުރެ އޭނާ މާ ދުރީ ހެއްޔެވެ؟ ރިޒްނާއަށް ވެގެންއުޅޭ ގޮތެއް އޮޅުންފިލުވުމަށްޓަކައި ރިޒްނާއާ ވާހަކަދައްކަން ހުޒާމް ނިންމިއެވެ.
“ދަރިފުޅާ! ކޮންކަމަކާ ތި ވިސްނަނީ؟” ޝަރީފާގެ ގާތުގައި އިށީންނަމުން ޝަރީފާ އަހާލިއެވެ.
“މަންމާ! މިހާރު ރިޒޫ ވަރަށް ބަދަލުވެއްޖެ ދޯ؟ ކުރިންހެން މިހާރު ވާހަކަދައްކާ ހަދައެއްވެސް ނޫޅެއެއްނު. މިހާރު ބޭރަށްވެސް ގޮސް ހަދަނީ މާގިނައިން. ގޭގަ އުޅެންޏާ އަބަދުހެން ކޮޓަރީގަ. އެކަމާ މި ވިސްނެނީ. ހިތަށް މިއަރަނީ އަނެއްކާ މީހަކު ރިޒޫއަށް ބިރު ދައްކައިގެން ގަދަކަމުން ކަމެއް ކުރުވަނީބާއޭ.” ހުޒާމް އޭނާއަށް ހީވާގޮތް ބުންޏެވެ.
“ގޯސް ގޮތްގޮތަށް ނުވިސްނާ. އިރާދަކުރެއްވިއްޔާ ރިޒޫއަކަށް އެކަހަލަ ކަމެއް ދެން ދިމައެއްނުވާނެ. މަންމަ މިދަނީ މަންމަގެ ރައްޓެހި ޒުބޭދާގެ ގެއަށް ގޮސްލަން. އަންނާނަން އިނގޭ މާލަހެއްނުވެ.” ޝަރީފާ އެހެން ބުނެފައި ހިނގައިގަތުމުން ހުޒާމް “އެންމެ ރަނގަޅޭ” ބުނެލިއެވެ. ޝަރީފާ ދިއުމުންވެސް ހުޒާމް ހަމަ އިނީއެވެ. ސާރާގެ ޚިޔާލުތައް އުނދަގޫކުރަމުން ދިޔައިރު ރިޒްނާއާ ދޭތެރޭވެސް އޭނާއަށް ވިސްނެމުން ދިޔައެވެ. އޭނާ އެހެން އިންނަތާ އިރުކޮޅެއް ވީތަނާ ރިޒްނާ ވަރަށް އަވަސް އަރުވާލާފައި ކޮޓަރިން ނުކުތްތަން ފެނުނެވެ. އޭނާ ތައްޔާރުވެގެން ހުރިގޮތުން އޭނާ އެއުޅެނީ ބޭރަށް ދާންކަން ހުޒާމްއަށް އެނގުނެވެ.
“ރިޒޫ!” ހުޒާމް ފަސްދީ ތަންކޮޅަކަށް ދިޔަތަނާ ހުޒާމް ރިޒްނާއަށް ގޮވާލިއެވެ. އެއާއެކު ހީވީ އޭނާގެ ފައިގައި ކަސްތޮޅެއް އެޅުނުހެންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާ ހުރިއިރު ފަހަތް ބަލާލަންވެސް އޭނާއަށް ނުކެރުނެވެ.
“ކޮންތާކަށް ތިދަނީ؟ އާދެބަލަ މިތާ އިށީންނަން. އަހަރެން ރިޒޫއާ ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުން.” ހުޒާމް އެހެން ބުނެލުމުން ރިޒްނާގެ ހިތް އަވަސްވިއެވެ. ހުޒާމް އެ ދައްކަން އުޅެނީ ކޮން ވާހަކައެއްބާއޭ ހިތަށް އެރިއެވެ. ނަމަވެސް މިވަގުތު އޭނާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ.
“ޒާމް! އަހަރެން ވަރަށް އަވަހަށް ތަނަކަށް ދާން މިދަނީ. މިހާރުވެސް ލަސްވެގެން މިއުޅެނީ. އެހެން ފަހަރަކުން ތިވާހަކަ ދައްކާނީ ދޯ؟ ޕްލީޒް.” ރިޒްނާ އަވަސްއަވަހަށް ބުނެލިއެވެ.
“އަހަރެން ބޭނުން ހަމަ މިހާރު އެވާހަކަ ދައްކަން.” ހުޒާމްގެ އަޑު ތަންކޮޅެއް ބާރުވިއެވެ.
“ޒާމް ޕްލީޒް.” ރިޒްނާ ބުނެލިއެވެ.
“އަހަރެންނަށް ކޮންކަމެއް ސިއްރުކުރަން ތިއުޅެނީ؟ މިހާރު އަހަރެންނަށް ހީވަނީ ރިޒޫ އަހަރެންނާ ވާހަކަދައްކަން ބޭނުން ނުވާހެން. އަހަރެން ބޭނުން ރިޒޫއަށް އައިސްގެން ތިއުޅޭ ބަދަލުގެ ސަބަބު އެނގެން. އަހަރެންނަށް ބުނެދީބަލަ. އޭރުން ދޯ އެކަމަށް ހައްލެއް ހޯދަންވެސް އެނގޭނީ.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހައިރާންވިއެވެ. އޭނާ ކަމެއް ސިއްރުކުރަން އުޅޭކަމަށް އެހާ ސީދަލަށް ބުނަން ހުޒާމްއަށް އެނގުނީ ކިހިނެއްބާއެވެ. އަނެއްކާ ސާރާގެ ކަންތައް އެނގުނީބާއެވެ.
“ސިއްރޭ!! ކޮން… ކޮން ސިއްރެއް؟ އަހަރެން ކޮންކަމެއް.. ޒާމްއަށް ސިއްރުކުރަން އޮންނާނީ؟ އަސްލުވެސް ދާން ލަސްވެގެންނޭ މިއުޅެނީ.” ރިޒްނާ އަޅައަޅައިގަންނަމުން އެހެން ބުނިތަނާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ.
“މިހާރުވެސް އެގުޅަނީ ލަސްވެގެން.” ރިޒްނާ އަވަސްއަވަހަށް ބުނެލިއެވެ. އޭނާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ.
“ކާކު؟ ބިޓެއްތަ؟ ތި ދާތަނެއް ބުނެލާފަ ދިޔަޔަސް އެންމެ ރަނގަޅު ވާނެއެއްނު.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ވަރަށް ހިތްހަމަނުޖެހުނެވެ. ހުޒާމްއެއްކަމަކު އޭނާގެ މިނިވަންކަމާ ބެހޭކަށް ނުޖެހޭނެޔޭ ރިޒްނާގެ ހިތަށް އެރިއެވެ. އެހެން ނޫނަސް އޭނާގެ ހިތުގައި ހުޒާމް ފިޔަވައި އެހެން ފަރާތަކަށް ވިންދެއް ނުޖަހައެވެ. އެކަން ނޭނގިހުރެ ކޮންމެހެން އެހެން މީހުންނާ އަޅުވާ ކިޔާކަށް ނުޖެހެއެވެ.
“ޒިމްނާ! ފްރެންޑެއް އެއީ. ދެން އެންމެ ރަނގަޅުތަ ދިޔަޔަސް؟” ރިޒްނާ އެހެން ބުނެލުމުން ހުޒާމް ބޯޖަހާލިއެވެ. ރިޒްނާގެ ރާގު ހުރިގޮތުން އޭނާ ހިތްހަމަނުޖެހުނީކަން ހުޒާމްއަށް އެނގުނެވެ. އޭނާ އިތުރަށް އެއްޗެކޭ ނުބުނީ އެހެންވެއެވެ. ފަހުން ރިޒްނާއާ ވާހަކަދައްކަން އޭނާ ނިންމިއެވެ.
“މި ޒާމް ކުއްލިއަކަށް ކިހިނެއްތަ ވެގެން މިއުޅެނީ؟ ހާދަ ސުވާލުވެސް ގިނައޭ މިއަދަކު. އަނެއްކާ އެ ސާރާ ޒާމްއަށް ގުޅީބާ؟ ނޫން. އޭނައަށް ޒާމްއަށް ގުޅަން ކެރިދާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. ދެން އެކަމަކު ކީއްވެބާ؟ އަހަރެންނަށް މިހާރު މާބޮޑަށް ޒާމްއާ ދުރުން އުޅެވޭތީ ކަންނޭނގެ. ކުރިންހެން އުޅެވޭތޯ ބަލަންވީ.” ގެއިން ނުކުމެވުމާއެކު ރިޒްނާ އަވަސްއަވަހަށް އޭނާގެ މަންޒިލަށް މިސްރާބު ޖެހިއެވެ. އޭރުވެސް ޒިމްނާ ގުޅަމުން ދިޔައެވެ.
ފަނަރަ ވަރަކަށް މިނެޓް ހިނގުމަށްފަހު އޭނާ ގޮސް ވަނީ ގެސްޓް ހައުސްއެއް ކަހަލަ ތަނަކަށެވެ. ވަދެ އިރުކޮޅެއްނުވެ ނުކުތީ ޒިމްނާއާ އެކުގައެވެ. މިއަދަކީ ހުޒާމްގެ އުފަންދުވަހަށް ވީތީ އޭނާ އެއުޅެނީ ހުޒާމްއަށް ސަޕްރައިޒް ޕާޓީއެއް ދޭންވެގެންނެވެ. އޭނާ ރާވާފައިވަނީ ލަދު ކަނޑާލާފައި މިރޭ ހުޒާމްއަށް ލޯބި ހުށަހެޅުމަށެވެ. ދެމީހުން ޕާޓީއަށް ތައްޔާރުކުރަން ބޭނުންވާ އެއްޗެހި ގަނެ ހަމަކުރެވުނުއިރު އިރުއޮއްސި ހަތެއް ޖަހައިފިއެވެ. ރިޒްނާއާއި ޒިމްނާއާއި އޭނާގެ ދެތިން އެކުވެރިންވެގެން އެ ގެސްޓްހައުސްގެ ޓެރަސް ތައްޔާރުކޮށްލާފައި ރިޒްނާ ދިޔައީ ގެއަށެވެ. އޭރަކު ހުޒާމްއެއް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
ހުޒާމް ހުރީ އޭނާގެ ކޮޓަރީގައެވެ. އޮފީސް މަސައްކަތެއް ކުރަންވެގެން އޭނާ ގެންގުޅުނު ފައިލެއް ނެގިތަނާ އޭގެ ތެރެއިން ވެއްޓުނު ގަނޑުކޮޅެއްގެ ސަބަބުން އޭނާ ހައިރާންވިއެވެ. އޭނާ އެފައިލު އަލަމާރިއަށް ލީއިރު އޭގައި ފައިލުނުކުރާ ގަނޑެއް ނޯންނާނެކަން އޭނާއަށް ޔަޤީނެވެ. އެހެންވީއިރު އެއީ ކޮން ގަނޑެއް ހެއްޔެވެ؟ އޭނާ ގުދުވެ އެ ގަނޑު ނެގިއެވެ. ގަނޑު ނަގާ ބަލާލިއިރު އެއީ ކުރު ނޯޓެކެވެ.
—– ނޯޓް —–
ހުޒާމްއެވެ. އަހަރެންނަށް މަޢާފްކުރާށެވެ. އަހަރެން މިއަދު މިގެ ދޫކޮށް މިދަނީ ހުޒާމް ކޮށްދިން ހެޔޮ ކަންތަކުގެ އެއްވެސް އަގެއް ނެތީމައެއް ނޫނެވެ. އަހަރެންގެ ސަބަބުން ހުޒާމްގެ ފުރާނައަށް ނުރައްކާވާފަދަ އެއްވެސް ކަމެއް މެދުވެރިވާކަށް އަހަރެން ބޭނުމެއްނޫނެވެ. އެއީ އަހަރެން ހުޒާމްދެކެ އިންތިހާއަށް ލޯބިވާތީއެވެ. މިއީ ދުނިޔޭގެ ނަޒަރުގައި ވަރަށް ލަދުވެތި ކަމެއްކަންވެސް އެނގެއެވެ. ނަމަވެސް އަހަރެންނަކަށް އަހަރެންގެ ހިތަކަށް ބާރެއް ނުފޯރުވުނެވެ. ލޯބިވުމަކީ ކުށަކަށްވާނަމަ އެކަމަށްޓަކައި އަހަރެންނަށް މަޢާފްކޮށްދެއްޗެވެ. އަހަރެންނަށް ކަމެއް ކޮށްދެންޏާ ދުވަހެއްގެ ކޮޅުންވެސް އަހަރެން ހޯދަން މަސައްކަތް ނުކުރައްޗެވެ. އެއީ ހަމައެކަނި ހުޒާމްގެ ފުރާނައަށްޓަކައެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ދުވަހަކުވެސް މިހިތަކުން ތިހަނދާންތަކެއް ނުފިލާނެއެވެ.
= ސާރާ =
ނޯޓު ކިޔާ ނިމުނުއިރު ހުޒާމްއަށް ހުރީ އިންތިހާއަށް އަސަރުކޮށްފައެވެ. ރޫނާއާ ވަކިވުމަށްފަހު އޭނާގެ ހަޔާތުގައި ލޯބިވެވުނު ހަމައެކަނި އަންހެންކުއްޖާ އެދިޔައީ އޭނާ ދޫކޮށްލާފައެވެ. އެވެސް އެކުއްޖާ އޭނާދެކެ އިންތިހާއަށް ލޯބިވަނިކޮށެވެ. އޭނާ ތަކުރާރުކޮށް އެނޯޓުކޮޅު ކިޔެވެ. ކުއްލިއަކަށް އޭގައިވާ ބަސްކޮޅަކުން އޭނާގެ ހިތުގައި ސުވާލު އުފައްދައިފިއެވެ. އޭނާގެ ފުރާނައަށްޓަކައި ސާރާ ހޯދަން ނޫޅޭށޭ އެބުނީ ކީއްވެބާއެވެ. އަނެއްކާ މީހަކު އެއްޗެކޭ ބުނީބާއެވެ. ކޮންމެއަކަސް މިފަދަ ސުވާލުތަކެއްގެ ތެރޭ ހުއްޓާ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
“ހުޅުވާ.” ހުޒާމް ބުނެލިއެވެ.
“ރިޒޫ! ކަމަކުތަ؟” ހުޒާމް އަހާލިއެވެ.
“އަހަރެންނާއެކު ހިނގާބަލަ ތަނަކަށް ގޮސްލަދޭން. ހަމަ މިރޭ. ވަރަށް މުހިންމު. ޕްލީޒް!” ރިޒްނާ ބުނެލިއެވެ.
“ކޮންތާކަށް؟” ހުޒާމް އަހާލީ އޭނާ މިރޭ ވަރަށް މުހިންމު ބައްދަލުވުމަކަށް ދާން ޖެހިފައި އޮތީމައެވެ.
“ދެން ހިނގާބަލަ. ދިޔައިމަ އެނގޭނެއެއްނު.” ރިޒްނާ ކުރުނުކޮށް ކިޔަން ފެށުމުން ހުޒާމް ދާން އެއްބަސްވިއެވެ.
“ރިޒޫ ބޭރުގަ މަޑުކޮށްލާ. އަހަރެން މި ނިކުންނަނީ ރީތިވެލައިގެން.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ބޯޖަހާލާފައި ބޭރަށް ނުކުތެވެ. އިރުކޮޅެއް ފަހުން ހުޒާމް ނުކުތީ ރީތިވެލައިގެން އެއްޗެހިވެސް ބަދަލުކޮށްލައިގެންނެވެ. ގަދަ ނޫކުލައިގެ އަތްދިގު ގަމީސް އުޅަނބޮށްޓާއި ހަމައަށް އޮޅާލާފައި ހުރިއިރު ލައިގެން ހުރީ ކަޅުކުލައިގެ ފަޓުލޫނެކެވެ. ހުޒާމް އެއެއްޗެހި ލައިގެން ހުރުމުން ރިޒްނާ ވަރަށް އުފާވިއެވެ. އެއީ ސިންގަޕޫރަށް ދިޔަ ދަތުރުގައި އޭނާއަށް ރީތިވެގެން ހުޒާމް ގަތް ގަމީހަކާއި ފަޓުލޫނެކެވެ.
ފަނަރަ ވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ދާން ބޭނުންވި މަންޒިލަށް ދެވިއްޖެއެވެ. ހުޒާމް އިނީ ވާނުވާ ނޭނގިފައެވެ. ރިޒްނާ އޭނާ ގޮވައިގެން މިތަނަށް އެއައީ ކީއްކުރަންބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެކަމަކު ރިޒްނާ އޭނާ ލައްވާ ވަޢުދުކުރުވާފައި ވަނީ އެއްވެސް ސުވާލެއް ނުކުރުމަށެވެ. އެހެންކަމުން އޭނާއަށް ސުވާލެއްވެސް ކުރެވޭކަށް ނެތެވެ. ރިޒްނާއަށް އިތުބާރުކޮށް އޭނާ ރިޒްނާއާއެކު އެތެރެއަށް ވަންނަން ހިނގައިގަތެވެ. ލިފްޓަށް އަރައިގެން ޓެރަސްއަށް ދިޔައިރު އެތަން ހުރީ އެއްކޮށް އަނދިރިކޮށްލާފައެވެ. ރިޒްނާއާ ސުވާލެއް ކޮށްލަން އެނބުރިލި ތަނާ ކުއްލިއަކަށް ނިވި ދިއްލެން ފެށި ބޮކިފަތިތަކުގެ އައްޔާއެކު އިވުނީ އެންމެން އެއްފަހަރާ “ސަޕްރައިޒް!!” އޭ ބުނެލި އަޑެވެ. އެތާގައި އޭނާގެ އޮފީހުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ތިއްބެވެ. ޝަރީފާވެސް އެތާ ހުރުމުން އޭނާގެ ހައިރާންކަން އިތުރުވިއެވެ. ޝަރީފާ ދިޔައީ ޒުބޭދާގެ ގެއަކަށް ނޫން ހެއްޔެވެ؟
“މަންމަ މިތާ؟” ހުޒާމް ހައިރާންކަމާއެކު އަހާލިއެވެ.
“އާނ. މަންމަ ޒުބޭދާމެން ގެއިން ގެއަށް އައިތަނާ ރިޒޫއާ ދިމާވެގެން ބުނީ ދަރިފުޅަށް ނޭނގި އަވަހަށް މިތަނަށް އަންނާށޭ. ދަރިފުޅުގެ އުފަންދުވަސް ވީމަ ސަޕްރައިޒް ޕާޓީއެއް ބާއްވަނީއޭ. ރިޒޫ އަންނާނަމޯ ދަރިފުޅު ގޮވައިގެން އިރުކޮޅަކުން. އެހެންވެ މަންމަ އައީ މިތަނަށް.” ޝަރީފާ އޮޅުންފިލުވައިދިނެވެ.
“އެހެންވީމަ ރިޒޫ ވަރަށް ޕްލޭންކޮށްގެން ކޮށްފަ އޮތް ކަމެއްތާ މީ.” ހުޒާމް ހިތާހިތާ ކިޔާލިއެވެ. އެވަގުތުވެސް އޭނާއަށް ސާރާ ނެތުމުގެ ފަޅުކަން އިހުސާސްވިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށްވެސް. ޚާއްސަކޮށް ރިޒޫއަށް. ވަރަށް ބޮޑު ސަޕްރައިޒެއް ތިދިނީ.” ހުޒާމް އެހެން ބުނެލާފައި ރިޒްނާ ގޮވައިގެން އެއްފަރާތަކަށް ޖެހިލިއެވެ.
“ރިޒޫ ކީއްވެ މިރޭ ކަމެއް އޮތް ވާހަކަ އަހަރެންނަށް އަންގާނުލީ. ނޫންނަމަ އަހަރެން މިރޭ އެއްކޮށް ފްރީ ކޮށްލީމުސް. އަހަރެން ނުވައެއް ޖަހާއިރަށް ވަރަށް މުހިންމު މީޓިންގއެއްވެސް އެބައޮތް. ކެންސަލް ކޮށްލެވޭ ވަރަށްވުރެ މާ މުހިންމު މީޓިންގއެއް އެއީ. ވަރަށް ބޮޑަށް ސޮރީ އިނގޭ ރިޒޫ. އަހަރެން ކޮންމެހެންވެސް ދާން އެބަޖެހޭ.” ހުޒާމް އެހެން ބުނެލުމުން ރިޒްނާގެ މޫނުގެ ކުލަ އޮއްސިގެން ދިޔައެވެ. އޭނާ މިރެއަށްޓަކައި ކުރި ހުރިހާ އުއްމީދެއް ފެނަށްވެގެން ދިޔައީއެވެ. ނަމަވެސް އޭނާ ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވިއެވެ.
“އަޅޭ. އަންގާލެވުނުނަމަ ދޯ؟ ދެން އެހާ މުހިންމު މީޓިންގއެއް ވިއްޔާ ވާނީ ދާން. އަވަހަށް ދޭ އިނގޭ. މިހާރު އެހެރަ އަށްގަޑި ބައިވީ. އެކަމު ކޭކް ފަޅާލާފަ ދާން މަޑުކޮށްލަންވީނު.” ރިޒްނާ އެހެން ބުނެލުމުން ހުޒާމް ބޯޖަހާލިއެވެ. އަދި އަވަހަށް ކޭކް ގެނައުމަށް އެދުނެވެ. ކޭކް ގެނައުމުން އަވަހަށް ކޭކް ފަޅާލާ ހަދާފައި ހުޒާމް ދިޔައީ ސަޕްރައިޒަށްޓަކައި އެންމެނަށް ޝުކުރު އަދާކޮށް، ވަގުތު ތަން ނުދިނުމުގެ ސަބަބުން އެކަމުގައި ބައިވެރިވެވެން ނެތީތީ މަޢާފަށް އެދިފައެވެ.
**********
ސާރާ އިނީ ޝާހިދުގެ ފިލްމް ސްޓޫޑިއޯގައެވެ. އޭނާ ހިންދީ ބަސް ދަސްކުރުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އޭނާގެ ފުރަތަމަ ފިލްމުގެ ޝޫޓިންގ ފެށެން ދެމަހަށް ވެފައިވާތީއެވެ. އެފިލްމު ކުޅެން ލިބުމުން އޭނާ އިންތިހާއަށް އުފާވިއެވެ. ނަމަވެސް ހުޒާމްއާ ދުރުގައިވުމުން އެހިތަށް ކުރަމުންދިޔަ އަސަރުތައް އެހެން މީހުންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ މިއަދަކީ ހުޒާމްގެ އުފަންދުވަހެވެ. އޭނާ ހުޒާމްއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަން ބޭނުންވެއެވެ. ނަމަވެސް އޭނާ މިއަދު އެހުރީ މާދުރުގައެވެ.
“ހެޕީ ބާރތު ޑޭ ޒާމް! އަބަދުވެސް ވަރަށް ލޯބިވޭ. އެކަމަކު މިއަދު އަހަރެންނަކަށް ހުޒާމްގެ ގާތުގައި ހުރެވޭކަށް ނެތް. އައިމް ސޮރީ ޒާމް!” ސާރާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ ގޮނޑީގެ ފަހަތުގައި ޖަހާލުމުން ސިހިފައި ދެލޯ ފޮހެލިއެވެ. ދެން އަވަސްއަވަހަށް ފަހަތް ބަލާލިއެވެ. އެޔާއެކު އޭނާއަށް ލިބުނީ ހައިރާންކަމެކެވެ.
“ސަލީމް! މިތާ!؟ މިތާ ކީއްކުރަނީ!؟” ސާރާ އަހާލިއެވެ.
“އަހަރެން މަސައްކަތް ކުރަނީ މިތާ. ޝާހިދު ސަރއާއެކު. އަހަރެންނަކީ ޓެކްނިކަލް ޓީމް މީހެއް. އަދި ތިފިލްމްގެ ލީޑް އެކްޓަރ.” ސަލީމް އެހެން ބުނެލުމުން ލިބުނު ހައިރާންކަމުގައި ސާރާއަށް އަނގަމަތީ އަތްއަޅާލެވުނެވެ.
“އޯހ މައި ގޯޑް!! އަސްލުވެސްތަ؟” ސާރާ އުފާވެލާފައި އަހާލިއެވެ. މިދިމާވީ މާ ރަނގަޅަށްތާއޭ އޭނާގެ ހިތަށް އެރިއެވެ.
“އާނ. ކީއްވެ ދޮގު ހަދަންވީ؟” ސަލީމް އެހެން ބުނެލުމުން ސާރާވެސް އެކަމާ އެއްބަސްވެލިއެވެ.
“އަހަރެން އަދި ނުބުނާ ވާހަކައެއް ބުނަންތަ؟” ސަލީމް އެހެން އަހާލުމުން ސާރާ ބޯޖަހާލިއެވެ.
“ސާރާ ހިތަށް އަރާ ދޯ ޝާހިދު ސަރއަށް ކިހިނެއްބާއޭ ސާރާ އެނގުނީ؟” ސާރާ ބޯޖަހާލިއެވެ.
“އެއީ އަހަރެން ކުރި ކަމެއް.” އެހެން ބުނެފައި ސަލީމް އެކަން ވީގޮތް އޮޅުންފިލުވައިދިނެވެ. އޭނާ ސާރާ ޕާކުގައި އިންދާ ވީޑިއޯކުރި ވާހަކައެވެ. އަދި ޝާހިދުއަށް ދެއްކުމުން ޝާހިދުއަށް ސާރާ އެފިލްމަށް ލާން ކަމުގޮސްގެން އުޅުނު ވާހަކައެވެ. ވީގޮތް އެނގުމުން ސާރާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިފަދަ ގޮތަކަށް އޭނާގެ ނަސީބު އަތުގައި ހިފާފާނެ ކަމަކަށް އޭނާއަށް ހީކުރެވިފައެއް ނެތެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ.
“ސާރާ ރޮނީތަ؟” ސަލީމް އެހެން އަހާލުމުން ސާރާ ނޫނެކޭ ބުނެލިއެވެ.
“އުފަލުން ރޮވުނީ. ތޭންކްސް! ވަރަށް ބޮޑަށް ތޭންކްސް!” ސާރާ ދެލޯ ފޮހެލަމުން ބުނެލިއެވެ.
“ކޮންކަމަކާ؟” ސަލީމް އަހާލިއެވެ.
“މީ އަހަރެން ކުޑައިރުއްސުރެވެސް އެންމެ ކުރާހިތްވި ކަންތައް. ހިއެއް ނުކުރަން ދުވަހަކުވެސް މިކަހަލަ ފުރުސަތެއް ލިބޭނެ ކަމަކަށް. އެކަމް ސަލީމްގެ އެހީއާއެކު މިއޮތީ މިފުރުސަތުވެސް ލިބިފަ. އެހެންވެ.” ސާރާ ހިނިތުންވެލަމުން ބުނެލިއެވެ.
“އެކަމަކު އަހަރެން އައި އިރުވެސް ސާރާ އިނީ ރޯން. އަހަރެން ގާތު ނުބުނެވޭނެތަ ވީގޮތެއް؟” ސަލީމް އެހެން އަހާލުމުން ސާރާ ކުރު ގޮތަކަށް ކަންތައް ވީގޮތް ކިޔައިދިނެވެ.
“އެހެންތަ؟ ތިވީ ހާދަ ދެރަ ގޮތެކޭ. އެކަމް ދެން ތިހެން ދެރަވެފަ ނުހުންނައްޗޭ.” ސަލީމް އެހެން ބުނެލުމުން ސާރާ ހިނިތުންވެލިއެވެ.
“އަދި އަހަރެންވެސް މިހިރީނު.” ސަލީމް ސަމާސާ ރާގެއްގައި އެހެން ބުނެލުމުން ސާރާއަށްވެސް ހެވުނެވެ. އެގޮތުގައި ދެމީހުން އެތައް އިރެއް ވަންދެން ވާހަކަދައްކަން ތިއްބެވެ.
**********
ހުޒާމްއާއި ސާރާއާއި ރިޒްނާ ފަރުބަދައަކަށް އަރަމުން ދިޔައެވެ. އެންމެ މަތީގައި ހުރީ ހުޒާމްއެވެ. ސާރާއާއި ރިޒްނާ ތިބީ ދާދި އެއްހަމައެއްގައެވެ. ފަރުބަދައިގެ ގާތްގަނޑަކަށް މެދާއި ހަމައަށް އެރިފައި ހުއްޓާ ރިޒްނާ ހުޒާމްއަށް ބަލާލިއެވެ. އޭރު ހުޒާމް ހުރީ އެމީހުންނަށްވުރެ ފަސްވަރަކަށް ފޫޓް މަތީގައެވެ. ދެން ބަލާލީ ސާރާއަށެވެ. ވިހަ ގޮތަކަށް ހީލާފައި ސާރާގެ ކޮނޑުގައި އަޅާ ކޮއްޕާލިއެވެ. ސާރާގެ ހަޅޭކުގެ އަޑާއެކު ހުޒާމްއަށް ބަލާލެވުނެވެ. އޭރު ސާރާ ތިރިއަށް ވެއްޓެމުން ދިޔަތަން ފެނުނެވެ.
“ސާރާ…!!” ހުޒާމްއަށް ހަޅޭއްލަވައިގެންފައި ނިދިން ހޭލެވުނެވެ. އޭރު އޭނާއަށް ވަނީ ދަލުން ފެންވެރިފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުން އޭނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ހިތުގެ ތެޅުން ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ. އޭނާއަށް އެފެނުނު ހުވަފެނާއި ދޭތެރޭ ވިސްނާލެވުނެވެ.
“މިފެނުނީ ކޮންކަހަލަ ހުވަފެނެއް؟ އަނެއްކާ ސާރާއާ އަހަރެންނާ ދެމީހުން ދުރުކުރި މީހަކީ ރިޒޫބާ؟ ނޫން. ޤަބޫލެއް ނުކުރެވޭ. ރިޒޫއަށް މިހާރަކަށް އައިސް މިއުޅޭ ބަދަލުތަކަކީ އަހަރެން ސާރާދެކެ ލޯބިވުންތަ؟ ނޫން. އެހެނެއް ނުވާނެ. އަހަރެން ސާރާދެކެ ލޯބިވާކަން އެނގޭނެ ހަމައެކަނި މީހަކީ މަންމަ. ގައިމުވެސް މަންމަ އެއްވެސް މީހަކު ގާތު އެވާހަކައެއް ނުބުނާނެ. ސާރާ ގާތުވެސް އަހަރެންނެއް ނުބުނަން. އެހެންވީއިރު ރިޒޫއަކަށް އަމުދުން ނޭނގޭނެ. ހުވަފެނަކީ ބިލާހެއް. ބިލާހެއް. މީ ހުސް ވަހުމް.” ހުޒާމް އޭނާގެ ހިތަށް ވިސްނައިދިނެވެ.
ހުޒާމް ފުން ނޭވައެއްލަމުން ގަޑި ބަލާލިއެވެ. އޭރު ގަޑިން އެގާރަވެސް ޖަހައިފިއެވެ. އޭނާ ކުއްލިއަކަށް ރިޒްނާ މަތިން ހަނދާންވެގެން ރިޒްނާގެ ކޮޓަރިއަށް ބަލާލިއިރު އެކޮޓަރިން އެއްވެސް ވަރެއްގެ އަލިކަމެއް ފެންނާކަށް ނެތެވެ. ހަވީރު ފަހެއް ޖަހަނިކޮށް ބޭރަށް ދިޔަގޮތަށް އަދިވެސް ރިޒްނާ ގެއަށް ނާންނަނީބާއޭ އޭނާގެ ހިތަށް އެރިއެވެ. އެކަމާ އޭނާ ހިސާބަކަށް ހިތްހަމަވެސް ނުޖެހުނެވެ. ދަންވަންދެން ބޭރުގައި އުޅުމަކީ އޭނާ ރުހޭކަމެއް ނޫނެވެ. ޚާއްސަކޮށް އަންހެންކުދިންނެވެ. އަންހެންކުދިންނަށް ގިނަ ފަހަރަށް ބޮނޑި ލިބިފައި ހުންނަނީ އެކަހަލަ ކަންތައްތަކުންކަމަށް އޭނާ ޤަބޫލުކުރެއެވެ.
ރިޒްނާއަކީ އޭނާއާ ތިމާގެ އެއްވެސް ގުޅުމެއް ހުރި މީހަކަށް ނުވުމުން އޭނާއަށް ރިޒްނާގެ މައްޗަށް ބާރެއް ނުހިންގޭނެއެވެ. ނަމަވެސް ރިޒްނާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށްވެފައި އޭނާގެ ބެލުމުގެ ދަށުގައި ހުރި މީހެއްކަމުން، ރިޒްނާގެ ފަރާތުން ނޭދެވޭ ކަމެއް ފެންނަނަމަ އެކަމެއް ހުއްޓުވަން މަސައްކަތް ކުރަންޖެހޭނެކަމުގައި އޭނާ ދުށްޓެވެ. އެހެންކަމުން އޭނާ ނިންމީ ރިޒްނާ އައުމުން އެވާހަކަ ދައްކާފައި ނޫނީ ކޮޓަރިއަށް ނުދާށެވެ. ކިތަންމެ ދަންވިޔަސްވެހެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.






Vvv salhi
ޝުކުރިއްޔާ ފަސީ
Aaaawesome. ??❤
ޝުކުރިއްޔާ ރީން
V kiyaalan faseyha vaahaka eh.. salhi
ޝުކުރިއްޔާ މާޝާ
Saleem khan is film actor..n he worked in Maldives for 10yrs..
I cant believe that…
Happens only in Sandy’s story
?????
???????????
Saleem baiii…!!!! ??
Mee v zaathy meehehkan eba en’gey comment thakun… maybe dho eyna Raajjeyga work kohfa dhiya fahun film kulhen feshy kamahves
??????
Maybe, he is a worker in maldives and got famous like chaii wala..n after that he got an opportunity to become an actor in India!
Ebain dhw bunefa kurin eyna work kuree technical baiga ey
ހެހެހެ އެލީޝާ! ވެދާނެއެއްނު ޗާއިވާލާ ހެން ވީކަމަށްވެސް… އަދި އެކަން ވީގޮތްވެސް އެނގޭނެ
vvv reethi
ޝުކުރިއްޔާ މަރީ
Dhn rizuge hageegai hoadhaba rizu bust kohlaa
ޝުކުރިއްޔާ އައިޝް! އެކަންވެސް އަދި އެނގޭނެ
This is my first comment to this story but most of the people are saying this is a copy. Why is it? Vaahaka reethi but ehn comment koffa hunnaathi writer ge baheh beynun
ޝުކުރިއްޔާ އަރަމް! 9ވަނަ ބައިގަ ސާންޑީ އޮންނާނެ ތިސުވާލަށް ވަރަށް ތަފްސީލުކޮށް ޖަވާބު ދީފަ… ދެން އިތުރަށް ބުނާނެ އެއްޗެއް ނެތް
Mashaa Allah v reethi mi part ves,keep it up
ޝުކުރިއްޔާ
heyo nuvaane konmeves kuhjaku ” Beynun vany Yaaraa ” E vaahak ehkko kiyaaleveyne gotheh buneladheebala .. Link dheebala .. Aadhes kohfa mibunany .. I beg
Aee lara ge vaahaka eh dho
މަންޖޭ! ލާރާގެ “ބޭނުންވަނީ ޔާރާ” އެއްވެސް ސައިޓެއްގަ މިހާރު ނީންނާނެޔޯ ލާރާ ބުނީ
WOW!! V salhi… dhen avahah Riznage kanthah bust kollaba… eyrun dhen bodah salhivaany
ޝުކުރިއްޔާ ކިޔާ މީހާ
Vrah salhi…. Varah reethi ….
ޝުކުރިއްޔާ ސްވީޓް ގްރިލް
eyy.. varah salhi ingey.. avahah rizoo bust kohlan v.. noony saaraage mauloomaathu konmes gothakun zaam ah ingen v.. eyrun adhi maa salhi vaane… dhw kiyaameehun…
Dhen ekan engeyne kan yagynehnuu.. ekanthahthah falhaa araa duvahakun salhivaaney bnebala
ޝުކުރިއްޔާ ސަންނު! ދެން މާގިނަ ދުވަހެއްނުވެ އެކަންވެސް އެނގޭނެ
Saaaannnndddyyyyy mi vaahaka haadha reeccheyyyyyy cant wait for next partt ❤❤❤❤
ޝުކުރިއްޔާ ކިއުޓީ ޕައި… މާދަމާ ހެނދުނު އަޕްވާނެ
Vaahakah rangahla nukiyaa comnent nukurey “saandy” ge vaahakah vara salhi ahvaha up kohla dhee bala next part
ޝުކުރިއްޔާ އެސްފިޔަ! އަޕްކޮށްފަ އިންނާނެ… ކޮންމެ ދުވަހަކު ހެނދުނު އާބައި ކިޔާލަން ލިބޭނެ
salhi..interesting.
ThanQ Xeyboo 🙂