Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހުވަފެން (11)

Saandy
March 7, 2017
8 Mins Read
54 Views
54 Comments

ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން ސިހިފައި އޭނާއަށް ޚިޔާލުން ބޭރަށް ނުކުމެވުނެވެ. ޚިޔާލުގެ އެންމެ ފޮނި ހިސާބުން ފޯނެއް އައުމުން ފޫހިވެފައިހުރެ ރިޒްނާ ފޯނަށް ބަލާލިއެވެ. އެވަގުތު ސްކްރީނުން ފެންނަން އޮތް ނަންބަރު ފެނުމުން އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

“ހެލޯ! ރިޒްނާތަ؟ މީ ހޮސްޕިޓަލުންނޭ. ހުޒާމް ހޭއަރައިފި.” ރިޒްނާ ފޯނު ނެގުމާއެކު އެކޮޅުން ބުނެލިއެވެ. އެޔާއެކު ރިޒްނާއަށް ވީގޮތްވެސް ނޭނގުނެވެ. އުފަލުން ގޮސް އޭނާ ހީވަނީ މޮޔަވެދާނެހެންނެވެ.

“ޝަރީއްތާ! ޝަރީއްތާ!” ރިޒްނާ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތީ ޝަރީފާއަށް ގޮވަމުންނެވެ.

“ކިހިނެއްތަ ވީ މާބާރަކަށް ތިގޮވަނީ؟ ތަނެއްގަ ރޯވީތަ؟” ރިޒްނާގެ އަޑަށް ކޮޓަރިން ނުކުތް ޝަރީފާ އަހާލިއެވެ.

“ޒާމް ހޭއަރައިފި. ޒާމް ހޭއަރައިފި. މާތް ﷲ އަހަރެމެންގެ ދުޢާ އިޖާބަކުރައްވައިފި.” ރިޒްނާ އުފަލުން ބުންޏެވެ. ޝަރީފާއަށް ވީއުފަލެއްގެ ބޮޑުކަމުން ވަގުތުން ރޮވިއްޖެއެވެ. އޭނާ އެތައްފަހަރަކު ﷲއަށް ޙަމްދު ކުރިއެވެ. އޭނާގެ ދުޢާ އިޖާބަކުރައްވާ ހުޒާމް އެނބުރި އޭނާގެ ހަޔާތަށް ދެއްވީތީއެވެ.

“ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން. ދެން އެންމެ އިރުކޮޅަކުވެސް ގެއަކު ނުހުރެވޭނެ.” ޝަރީފާ އެހެން ބުނެފައި ރިޒްނާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.

“އެބަ އަންނަން ފޯނާ ހޭންޑްބޭގް ހިފައިގެން.” ރިޒްނާ އެހެން ބުނެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި އެނބުރި އައީ ފޯނު ހިފައިގެންނެވެ.

“ކޮބާ ދަބަސް؟” ޝަރީފާ އެހެން ބުނެލުމުން ރިޒްނާ ބޮލުގައި އަތް އަޅާލިއެވެ. އަވަސްކުރަން ހަދައިގެން އޭނާއަށް އާދެވުނީ އަތްދަބަސް ބާއްވާފައެވެ. ދެން އޭނާ ކޮޓަރިއަށް ވަދެފައި އައީ ފޯނު ބާއްވާފައި އަތްދަބަސް ހިފައިގެންނެވެ. އުފާވެފައި ހުރިވަރުންނާއި ހުޒާމް ދެކިލަން ދާން ބޭނުންވެފައި ހުރިވަރުން އޭނާއަށް ފޯނާއި އަތްދަބަހާއި ދެއެތި ހިފައިގެން ނުކުމެވުނީ ދެތިން ފަހަރު ވަދެ ނުކުމެ ވީފަހުންނެވެ.

ދެމީހުން އަވަހަށް ޓެކްސީއެއް ނަގައިގެން ހޮސްޕިޓަލަށް މިސްރާބު ޖެހިއެވެ. ކާރުގައި އިންއިރު ރިޒްނާ އިނީ ދެއަތް އުނގުޅާލަ އުނގުޅާލައެވެ. ހުޒާމްއާ ވާހަކަދައްކަން ކެތްމަދުވެފައި އިންވަރުން އޭނާއަށް އެދަތުރުގަައި ހޭދަވި ފަސްވަރަކަށް މިނެޓުވެސް ހީވީ އެތައް ގަޑިއިރެއްހެންނެވެ.

“ތި ތަންކޮޅެއް ބާރަށް ދުއްވަބަލަ. މިހާރު ކޮންއިރެއްތަ ދުއްވާތާ؟ ގައިމު ހިނގާފަވެސް މިއަށްވުރެ އަވަހަށް ދެވޭނެ ކަންނޭނގެ. ތަނަކަށް ދާން ލަސްވެގެން އުޅެންޏާ އަދި މިމީހުން ހީވާނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެން. ހައްތާވެސް ލަސްވާނެ ގޮތެއް ހަދޭތޯ ބަލާނީ.” ރިޒްނާ ޑްރައިވަރާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. އެޔާއެކު ޑްރައިވަރ މަގުގެ އެއްފަރާތަށް ކާރު މަޑުކޮށްލިއެވެ.

“ފައިބާ! ހަމަ މިހާރު ފައިބާ!” ޑްރައިވަރ އަމުރުކުރިއެވެ.

“ޑްރައިވަރ! އަޅުގަނޑަށް މަޢާފްކުރައްވާ! ވަރަށް މުހިންމު ކަމަކު ވަރަށް އަވަހަށް ހޮސްޕިޓަލަށް ދާން ޖެހިގެން މިދަނީ. އެހެންވެ މާ ލަސްވާހެން ހީވެގެން ރުޅި އާދެވުނީ. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މަޢާފަށް އެދެން.” ރިޒްނާ މަޢާފަށް އެދުނެވެ. ކާރު ދުއްވަން އިނީ މެދު އުމުރުގެ ހެޔޮ ވިސްނޭ މީހަކަށް ވުމުންވެސް ކަންނޭނގެއެވެ. އޭނާ ރިޒްނާއަށް މަޢާފްކޮށް ޝަރީފާއާއި ދެމީހުން ހޮސްޕިޓަލަށް ގެންގޮސްދިނެވެ. ޑްރައިވަރަށް ފައިސާ ދިނުމަށްފަހު ރިޒްނާ އެތެރެއަށް ހިނގައިގަތްއިރު އޭނާއާއެކު އިތުރު މީހަކު އައިކަންވެސް ހަނދާން ނެތް ކަހަލައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި އެތެރެއަށް ވަދެގެން ދިޔައެވެ. ޝަރީފާވެސް ރިޒްނާގެ ފަހަތުން އެތެރެއަށް ވަނެވެ.

އައިސީޔޫއަކީ އާންމުކޮށް ބަލިމީހާގެ އެހީތެރިންނަށްވެސް ވަދެވޭ ތަނެއް ނޫނެވެ. އަދި އެކަކަށްވުރެ ގިނައިންނެއްވެސް ނުވަދެވޭނެއެވެ. ނަމަވެސް ހުޒާމްގެ ގާތަށް އެކުގައި ވަނުމަށް ޝަރީފާއާއި ރިޒްނާއަށް ހުއްދަ ލިބުނެވެ. ހުޒާމް ހެޔޮ ހާލުގައިވާތަން ފެނުމުން ދެމީހުންނަށްވެސް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ރިޒްނާ ހުޒާމްގެ އަތްތިލައިގައި ހިފާލިއެވެ. އަދި އެއަތް ގެންގޮސް މަޑުމަޑުން އޭނާގެ ތުންފަތުގައި ޖައްސާލިއެވެ.

“އަހަރެން ވަރަށް އުފާވެއްޖެ. ވަރަށް ވަރަށް އުފާވެއްޖެ ޒާމް އެނބުރި އައިމަ. ދެން އަހަރެމެން ދޫކޮށްލާފަ ނުދައްޗޭ.” ރިޒްނާ އެހެން ބުނެލުމުން ހުޒާމް ބޯޖަހާލިއެވެ. ޝަރީފާވެސް އައިސް ހުޒާމްގެ ގައިގައި ކުޑަ ގޮތަކަށް ބައްދާލާފައި އޭނާގެ ހިތުގެ ޝުޢޫރުތައް ބަޔާންކުރިއެވެ. އެވަގުތު ހުޒާމް އައިސީޔޫގެ ދޮރާއި ދިމާއަށް ބަލާލިއެވެ. އޭނާ އެހޯދަނީ ކާކުކަން އެދެމީހުންނަށްވެސް އެނގެއެވެ.

“ކޮބާ ސާރާ؟” ބަލި އަޑަކުން ހުޒާމް އަހާލިއެވެ. އެޔާއެކު ޝަރީފާއާ ރިޒްނާއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. އިރުކޮޅަކު އެދެމީހުން ހިމޭންވެފައި ތިބީ ދޭނެ ޖަވާބެއް ނުވިސްނިފައެވެ. އެކަމުން ހުޒާމްއަށް ކޮންމެވެސް އެއްޗެއް ވިސްނުނެވެ. އަނެއްކާ ސާރާއަށް ކަމެއްވީބާއެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ.

“ކިހިނެއްވީ؟ ކީއްވެ އެއްޗެކޭ ނުބުނެ ތިތިބީ؟ ކޮބާހޭ ސާރާ؟” ހުޒާމް ބަލި އަޑަކުން އަހާލި ނަމަވެސް އެއަޑުގައި ހަރުކަށިކަން އެކުލެވިގެންވެއެވެ.

“ދަރިފުޅާ! އިހަށް ހަމަޖެހިބަލަ. ސާރާ ވީ އޭނަ މަންމަ ބަލިވެގެން ކުއްލި ގޮތަކަށް ރަށަށް ގޮސް. އޭނަ ދަމުން ބުނި ދަރިފުޅަށް ވަރަށް ގިނައިން އޭނަގެ ސަލާމް ބުނެދޭށޭ.” ޝަރީފާ ހުޒާމްއަށް އޮޅުވާލީ އޭނާ ހޭއެރި ވަގުތު އޭނާއަށް ހިތްދަތިކަން ލިބޭނެފަދަ އެއްވެސް ޚަބަރެއް ނުދިނުމަށް ޑޮކްޓަރ އަންގާފައިވާތީއެވެ.

“ރަށަށޭ!؟ އެކަމަކު…” ހުޒާމް ބުނަން އުޅުނު ޖުމްލަ މެދުކަނޑާލިއެވެ.

“އެކަމަކު ކިހިނެއްވީ؟ އޭނަ ރަށަށް ދާނެހެން ހީނުވަނީތަ؟” ޝަރީފާ އެހެން އަހާލުމުން ހުޒާމް ބޯޖަހާލިއެވެ.

“އޭނަވެސް ބުނި ތިމަންނަ ހަނދާން ހުންނަން ފެށީއްސުރެ ދާދި އިހަކަށް ދުވަހާ ޖެހެންދެން ބެލި މީހުންނަށް އެކަހަލަ ގޮތެއް ދިމާވީމަ އެހީތެރިވާންވާނެ ނޫންހޯ. މަންމަވެސް ބުނިން ތީ ރަނގަޅު ވާހަކައެކޭ. ދަރިފުޅަށް ވިސްނޭނެޔޭ.” ޝަރީފާ ވަރަށް މޮޅަށް ވާހަކައެއް ހަދާ ހަމަޖައްސާލިއެވެ. ހުޒާމް އިތުރަކަށް އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ޝަރީފާއާއި ރިޒްނާ އެނބުރި ގެއަށް ދިޔައީ ހުޒާމް ގާތުގައި އަރާމުކޮށްލުމަށް ބުނެފައެވެ. އަދި ފަހުން އަންނާނެ ވާހަކަވެސް ބުނެފައެވެ.

“އަހަރެންނަށް ހަމަ ޔަޤީން ސާރާ ރަށަށް ނުދާނެކަން. އަދި އެވެސް މަންމަ ބަލިވެގެންނޭ ބުނެގެން. އެކަމަކު ކޮންތާކަށްބާ އޭނަ ދާނީ؟ އަނެއްކާ އަހަރެންނަށް މިހެންވީމަ އެކަމުގެ ޒިންމާ އޭނަގެ ބޮލުގައި އަޅުވާފަ ގެއިން ނެރެ އެއްލާލީބާ؟ ނޫން ނޫން. އެހެނެއް ނުވާނެ. އިރާދަކުރެއްވިއްޔާ ސާރާ ހުންނާނީ ހެޔޮ ހާލުގަ.” ހުޒާމް އޭނާގެ ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ. އޭނާ ގަދަވުމުން ސާރާ ހޯދުމެވެ. އެއަށްފަހު އޭނާގެ އަނތްބަކަށް ސާރާ ހެދުމެވެ. މީގެފަހުން އޭނާ އެދެމެދަށް އެއްވެސް ހުރަހެއް އެޅުނަކަ ނުދޭނެއެވެ.

**********

ދުވަސްތައް ފާއިތުވަމުންދެއެވެ. ސާރާއަކަށް އަދިވެސް ހުޒާމްގެ މަތިން ހަނދާން ނައްތައެއް ނުލެވެއެވެ. އޭނާ ރެޔާއި ދުވާލު އެކިއެކި ކަންކަމުގައި މަސްއޫލުވެ އުޅުމަކުންވެސް ހުޒާމްގެ ހަނދާންތަކަކާ ދުރަކަށް ނުދެވުނެވެ. އޭނާ ކިތަންމެ ބޭނުންވިޔަސް ހުޒާމްގެ އަނތްބަކަށްވުމަކީ ވެވޭނެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އޭނާގެ ލޯބި ޤުރުބާން ކުރާށެވެ. ސާރާ ހިފައިގެން އިން ފޮތުގެ ތެރެއިން ހުޒާމްގެ ފޮޓޯގަނޑެއް ނެގިއެވެ. އެއީ ރިޒްނާ ގޮވައިގެން ސިންގަޕޫރަށް ދިޔަ ދަތުރުގައި ނަގާފައިވާ ފޮޓޯއެކެވެ. އޭނާ އެފޮޓޯއަށް ބަލަން އިންއިރު އެދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުން ދިޔައެވެ. އޭނާ މަޑުމަޑުން އެފޮޓޯގަނޑު ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އެވަގުތު އޭނާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އޭނާ ދެލޯ ފޮހެލާފައި ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ އެހޮޓަލުގައި މަސައްކަތްކުރާ ކުއްޖެކެވެ. ކިހިނެއްވީތޯ އަހާލުމުން އޭނާ ދިއްކޮށްލީ ސިޓީ އުރައެކެވެ. އޭނާ އެ ސިޓީ އުރަޔާ ހަވާލުވުމުން އެކުއްޖާ ދިޔައެވެ. އޭނާ އަވަސްއަވަހަށް ކޮޓަރި ތަޅުލާފައި ގޮސް ސޯފާގައި ޖައްސާލިއެވެ. އަދި ސިޓީ އުރަ ކަނޑާ ބަލާލިއިރު އެއީ ފިލްމް ޕްރޮޑިއުސަރެއްގެ ފަރާތުން އައިސްފައިވާ ސިޓީއެކެވެ.

— ސިޓީ —

ސާރާއަށް،

އަހަރެންނަކީ އިންޑިއާގެ ފިލްމް ޕްރޮޑިއުސަރަކީމެވެ. އަހަރެންގެ އާ ފިލްމަށް ބޭނުންވަނީ ޒުވާން އާ ތަރިންނެވެ. އެގޮތުން އަހަރެމެން ހޯދަމުން ދިޔަ ހޯދުންތަކުން އަހަރެމެންނަށް ވަނީ ސާރާ ފެނިފައެވެ. ސާރާއަކީ އެކްޓްކުރުމުގެ ހުނަރު ޤުދުރަތުން ލިބިފައިވާ ވަރަށް ހުނަރުވެރި އެހާމެ ރީތި ކުއްޖެއްކަމަށް އަހަރެމެންގެ ޓީމަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން އަހަރެންގެ އާ ފިލްމުން ސާރާއަށް ފުރުސަތެއް ދޭން އަހަރެން ބޭނުމެވެ. މިކަމާމެދު ސާރާ އެދޭގޮތެއް އަހަރެންނަށް އަންގާލަދިނުން އެދެމެވެ.

– ޝާހިދު ޚާން (ފްރޮޑިއުސަރ) –

ސިޓީ ކިޔާ ނިމުމާއެކު ސާރާއަށް އުފަލުން ފުމެން ފެށުނެވެ. އޭނާ އަވަހަށް ފޮތުގެ ތެރެއިން ހުޒާމްގެ ފޮޓޯ ނެގިއެވެ. އަދި ހުޒާމްގެ ފޮޓޯއާއި އެވާހަކަ ހިއްސާކުރިއެވެ.

“ޒާމް! މިއަދު އަހަރެން ވަރަށް އުފާވެއްޖެ. ޒާމް ހުރިނަމަ އަދި މިއަށްވުރެވެސް އުފާވީސް. އަހަރެންގެ ހުވަފެން ހަޤީޤަތަކަށް ވާން އުޅެނީހެން ހީވަނީ. އަހަރެން އަބަދުވެސް ބޭނުންވަނީ މަޝްހޫރު ފިލްމީ ތަރިއަކަށް ވާން. އެނގޭތަ؟ މިއަދު އަހަރެންނަށް ފިލްމް ޕްރޮޑިއުސަރެއްގެ ސިޓީއެއް ލިބިއްޖޭ. އޭނަ ދެން ހަދާ ފިލްމުން އަހަރެންނަށް ފުރުސަތެއް ދޭން ބޭނުންކަމަށް ބުނެފަ އޮތީ.”

ސާރާ އެސިޓީގައި އޮތް ފޯނު ނަންބަރަށް ގުޅާލިއެވެ. އޭނާ ކުރިމަތިލާން މިއުޅޭ ކަންތަކުގެ ބޮޑުކަން ހިތަށް އަރާފައި އޭނާ ހުރީ ވަރަށް ފިނިވެފައެވެ. ނަމަވެސް މިއީ ކުޑައިރުއްސުރެ ފެށިގެންވެސް އޭނާ އެންމެ ކުރާހިތްވާ އަދި ދެކެމުން އައި ހުވަފެންކަމަށްވުމުން އޭނާ މިކަން ކުރަންވެސް ބޭނުންވެއެވެ. އިރުކޮޅަކު ރިންގުވުމަށްފަހު އެކޮޅުން ފޯނު ނަގައިފިއެވެ. ފޯނު ނެގީ ސީދާ ޝާހިދު ޚާންއެވެ. އޭނާ ސާރާގެ ހާލު އޮޅުންފިލުވާ އެތައް ވާހަކައެއް ދެއްކިއެވެ. ގާތްގަނޑަކަށް ފަންސަވީހަކަށް މިނެޓު ވާހަކަ ދެއްކުމަށްފަހު ދެމީހުން ފޯނު ބޭއްވީ ބައްދަލުކުރާނެ ތަނަކާއި ގަޑި ހަމަޖައްސާފައެވެ.

ދެދުވަހެއް ފަހެވެ. އާދައިގެ މަތިން ސާރާ އިނީ ވާހަކައިގެ ތެރެއަށް ގެއްލިފައެވެ. މިހާރު ފެންވަރަން ދާންވެސް ދެތިން ފަހަރަކު އުޅެފިއެވެ. އެކަމަކު ކިޔަން އިން ވާހަކަ ފޮތުގެ ޝައުޤުވެރިކަމުން ފޮތް ދޫކޮށްލާފައެއް ނުދެވުނެވެ. ބިރުވެރި ވާހަކައަކަށް ވުމުން އަދި މާބޮޑަށް ޝައުޤުވެރިވިއެވެ. އޭނާ ކިޔަން އިނީ ކިޔަން ފަށާފައި އެއްކޮށް ނިންމާނުލާ ދޫކޮށްލާހިތްވާ ކަހަލަ ވާހަކައެއް ނޫނެވެ. އެއީ ބިރުވެރިކަމުން ފުރިފައިވާ ފާޠިމަތު ނަހުލާގެ މަންޖެ ވާހަކައެވެ. ފޮތް ކިޔަމުން ދިޔައިރު ސާރާއަށް ދޭތެރެ ދޭތެރެއިން ފަރާތް ފަރާތަށް ބަލާލެވެއެވެ. ހަމަ ކައިރީގައި މީހަކު އުޅޭހެން ހީވަނީއެވެ. އެހާވެސް ބޮޑަށް އޭނާއަށް އިނީ ވާހަކައިގެ ތެރެއަށް ވަދެވިފައެވެ. އެހެން އިންދާ ކުއްލިއަކަށް ފޯނުގެ ރިންގު އަޑާއެކު އޭނާ ސިހުނުވަރުން ހަޅޭއްލަވައިގެންފައި ފޮތްވެސް އެއްލިއްޖެއެވެ. ފުން ނޭވައެއްލަމުން އޭނާ މޭގައި އަތްއަޅާލިއެވެ. އަދި ނޭވާ ހަމައަކަށް އަޅުވާލަމުން ފޯނަށް ބަލާލިއިރު ގުޅަނީ ސަލީމްއެވެ. އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ.

“ހެލޯ! ބިޒީތަ؟” ސަލީމް އަހާލިއެވެ.

“ނޫން. ބިޒީއެއް ނޫން. ހަމަ އިނީ.” ސާރާ ބުނެލިއެވެ.

“ތައްޔާރު ނުވަންތަ؟ ބުނީމެއްނު މިއަދު ޝާހިދު ޚާންއާ ބައްދަލުކުރަން ދާންޖެހޭ ވާހަކަ.” ސަލީމް އެހެން ބުނެލުމާއެކު ސާރާ ފުންމައިގެން ތެދުވިއެވެ. ތެދެކެވެ. އޭނާ އެހުރީ އެކަމުގެ މަތިން ހަނދާން ނެތިފައެވެ. ސަލީމް ގުޅިކަން ނަސީބެކެވެ. ނޫންނަމަ މިލިބުނު ފުރުސަތު އޭނާގެ އަތުން ބީވެދިއުން ވަރަށް ގާތެވެ.

“އޭތް. ވަރަށް ބޮޑަށް ތޭންކްސް އިނގޭ. އަހަރެން މިހިރީ ހަނދާންވެސް ނެތިފައޭ. ނަސީބެއް ސަލީމް ގުޅިކަން. ނޫންނަމަ ނޭނގެ ވާނެ ގޮތެއްވެސް. އޯކޭ. މިދަނީ ފެންވަރަން. ފަހުން ގުޅާނަން އިނގޭ.” ސާރާ އެއްނޭވައިން ހުރިހާ އެއްޗެއް ކިޔާލާފައި ފޯނު ބޭއްވިއެވެ. އެވަގުތު ދެންމެގައި ހިނގި ހާދިސާގެ މަތިން ހަނދާންވެ އޭނާ ގާތަށް ވަރަށް ހިނިއައެވެ. ފޮތް ނަގައި މޭޒުމަތީގައި ބާއްވާފައި އަވަސްއަވަހަށް ތުވާލި ހިފައިގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ.

ފެންވަރައިގެން ނުކުމެ އޭނާ އަލަމާރި ހުޅުވާލިއެވެ. ލާނެ ހެދުމެއް ކަނޑައަޅަން އޭނާއަށް އުނދަގޫވިއެވެ. ވަރަށް ވިސްނާލާފައި އޭނާ ގޮތެއް ނިންމިއެވެ. އޭނާ އަލަމާރިން ނެގީ ގަދަ ދަނބުކުލައާއި ގަދަ ރީނދޫ ކުލައިގެ ދޯޕައްޓާ ހެދުމެކެވެ. ހެދުމުގެ މޭމަތިން ތިރިއަށް މެދުން ފަޅާލާފައިވާއިރު ހެދުމުގެ މޭމަތި ވަނީ އެސްތަކަކުން ޖަރީކުރެވިފައެވެ. ހެދުމުގެ ފަޅާފައިވާ ތަނުގެ ކައިރިމަތި ވަނީ ރޭނދާ އަޅާ ފަރުމާކޮށްފައެވެ. އެ ހެދުމަކީ އޭނާގެ އުފަންދުވަހު ހުޒާމް އޭނާއަށް ދީފައިވާ ހެދުމެކެވެ. އެދެމީހުން އެންމެފަހުން ދުއްވާލަން ދިޔަ ރޭ ސާރާ ލީވެސް އެހެދުމެވެ. ހެދުން ގަޔަށް މަހާލުމަށްފަހު ސާރާ އޭނާގެ ދިގު އިސްތަށިގަނޑުގައި ފުނާ އަޅާލާ އޮމާންކޮށްލިއެވެ. އެއަށްފަހު ލުއި މޭކަޕެއް ކޮށްލިއެވެ. ހިތްހަމަޖެހޭވަރަށް ތައްޔާރުވެވުމުން ގަޑި ބަލާލިއިރު ހަވީރު ހަތަރެއް ޖަހަން ފަނަރަ މިނެޓަށްވީއެވެ. ޝާހިދުއާ ބައްދަލުކުރަން ދާންޖެހެނީ ހަތަރުގަޑި ފަނަރައަށެވެ. އޭނާ ދާންޖެހޭ ތަނަކީ ވަރަށް ދުރު ތަނަކަށްވުމުން އޭނާ އަވަސްއަވަހަށް ދާންވެގެން ނުކުތެވެ.

ބޭރަށް ނުކުމެފައި އޭނާ ސަލީމްއަށް ގުޅާލިއެވެ. ދެތިން ފަހަރަކު ގުޅާލިފަހުން ސަލީމް ފޯނު ނެގިއެވެ. އަދި ބިޒީކަމަށް ބުނެލިއެވެ. އެއަށްފަހު ސާރާއަށް ކާމިޔާބަށް އެދޭ ވާހަކަ ބުނެފައި ފޯނު ބޭއްވިއެވެ. ސާރާ އަވަހަށް މަގުމައްޗަށް ނުކުމެ އޮޓޯއެއް ނަގައިގެން އޭނާގެ މަންޒިލަށް ދަތުރު ފެށިއެވެ. އޭނާ އިނީ ފިނިވެފައެވެ. އޭނާއަށް މިކަން ކާމިޔާބު ވާނެބާއެވެ. ޝާހިދު ބުނެފައިވާ ގޮތުގައި އޭނާއަށް ސާރާ ފެނުނީ އޮޑިޝަންއަކަށް އިޢުލާންކުރަން ތައްޔާރުވަމުން ދަނިކޮށެވެ. ނަމަވެސް ސާރާ ފެނުމުން އޭނާ އޮޑިޝަންގެ ކަންތައް ފަސްކޮށްލީއެވެ. ސާރާ ފިލްމަށް އެއްބަސްވެއްޖެނަމަ އޮޑިޝަންއަކާނުލާ ތަރިން ހަމަޖެހޭނެއެވެ. ނޫންނަމަ ތަރިން ހޮވާނީ އޮޑިޝަންއަށްފަހު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ބައްދަލުކުރަން ހަމަޖެހިފައިވާ ތަނަށް އާދެވުމުން ސާރާ ޝާހިދަށް ގުޅާލިއެވެ. އަދި އޭނާ އެތަނުގައި ހުރިކަމަށް ބުންޏެވެ. އިރުކޮޅެއްނުވެ ބޮޑު ބަނޑެއްލާފައި ހުރި ފަލަފަލަ ފިރިހެނަކާއި އާދައިގެ އިސްކޮޅެއް ހުރި ޖާނުން ވަރުގަދަ ފިރިހެނަކު ނުކުތެވެ. ފަލަ މީހާއަށް އާދައިގެ ވަރަށްވުރެ ކަޅު ހަންގަނޑެއް ލިބިފައިވާއިރު ބޮލުގައި އެންމެ އިސްތަށްޓެއްވެސް ނެތެވެ. ބަލާބެލުމަށް އޭނާގެ އުމުރު ސާޅީހަށްވުރެ މައްޗަށް ގޮސްދާނެހެނެއް ހިއެއްނުވެއެވެ. ދެން ހުރީ ޔޫރަޕްގެ ދޮންކަން ލިބިފައިހުރި ބައިމަތި ފުޅާ ރީތި ޒުވާނެކެވެ. ވަރުގަދަ އިސްތަށިގަނޑު ރީތި ގޮތަކަށް ކޮށާލާފައިވާއިރު އަޅާފައި ހުރި ހެދުމުން އެއީ އެފަލަ މީހާގެ ބޮޑީގާރޑްކަން އެނގެއެވެ. އެހެންކަމުން އެ ފަލަ މީހާއަކީ ޝާހިދު ޚާންކަން ސާރާއަށް ދެނެގަނެވުނެވެ.

“އައްސަލާމް ޢަލައިކުމް! މީ ޝާހިދު ޚާން.” ސަލާމަށް އަތް ދިއްކޮށްލަމުން އެފަލަ މީހާ ތަޢާރަފުވެލީ އިނގިރޭސި ބަހުންނެވެ.

“ވަޢަލައިކުމުއްސަލާމް! މީ ސާރާ.” ސާރާވެސް ތަޢާރަފުވެލިއެވެ.

“ހިނގާ އެތެރެއަށް.” ޝާހިދު އެތެރެއަށް އިޝާރާތްކުރަމުން ބުނެލިއެވެ. ސާރާ ކިޔަމަންތެރިކަމާއެކު އޭނާގެ ފަހަތުން އެތެރެއަށް ވަތްއިރު އޭނާގެ އަތްފައި ފިނިވެގެން ހީވަނީ ގަނޑު ފެންކޮޅެއްހެންނެވެ. އެތެރެއަށް ވަންނަމުންދިޔަ ވަރަކަށް އޭނާއަށް އެނގެމުން ދިޔައީ އެއާދެވުނީ ސްޓޫޑިއޯއަކަށްކަމެވެ. އޭރު އެކި މީހުން އެކި މަސައްކަތުގައި އުޅޭތަން ފެނެއެވެ. ޝާހިދު އެތަނުގެ ނަން ބުނިއިރު އޭނާއަށް އެއީ ސްޓޫޑިއޯއެއްކަން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ ސާރާގެ ހިތަށް އެރިއެވެ. ކޮންމެއަކަސް މިއޮތީ މިތަނަށްވެސް އާދެވިފައިތާއެވެ. އެތަނުގައި މަސައްކަތްކުރަމުން ދިޔަ ޓީމަށް ބަލާލުމުން އޭނާ ހައިރާންވިއެވެ. ގައިމުވެސް ފަންސާހަކަށް މީހުން އެވަގުތުވެސް އެތާގައި މަސައްކަތުގައި އުޅޭނެއެވެ. ރާއްޖެއާއި މުޅިން ތަފާތެވެ.

ސާރާއަށް ހީވީ މިއުޅެވެނީ ހުވަފެނެއްގައިހެންނެވެ. އޭނާ ޔަޤީންކޮށްލުމަށް އަތުގައި ވިކައިވެސްލިއެވެ. ނޫނެކެވެ. ހުވަފެނެއް ނޫނެވެ. ހަމަ ހަޤީޤަތެކެވެ. ޝާހިދު ގޮސް ވަނީ ބޮޑު ކޮޓަރިއަކަށެވެ. އެއީ މީޓިންގ ރޫމެވެ. ޝާހިދު، މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީންނަމުން ސާރާއަށް އިށީނުމަށް އިޝާރާތްކޮށްލިއެވެ. ސާރާ ކިޔަމަންތެރިކަމާއެކު ގޮނޑީގައި އިށީނދެލިއެވެ.

“ޕާރޕެކްޓް!” ޝާހިދު ބުނެލިއެވެ. ޝާހިދު އެހެން އެބުނީ ކީއްވެކަމެއް ސާރާއަކަށް ނޭނގުނެވެ. އެހެނެއްކަމަކު އެއީ ކީއްވެތޯ އަހާލާކަށް އޭނާއަކަށް ނުކެރުނެވެ. ފުރަތަމަ ފަހަރުކަމަށްވުމުން އޭނާ އިނީ ފިނިވެފައެވެ. ޝާހިދަށް ސާރާގެ ނުތަނަވަސްކަން ފާހަގަވިއެވެ. އެހެންކަމުން ޝާހިދު، ފުރަތަމަ ސާރާގެ ނުތަނަވަސްކަން ކަނޑުވާލަން ފިލްމުގެ ވާހަކައެއް ނުދައްކައެވެ. އޭނާގެ ހާލު އޮޅުންފިލުވާލާފައި ފޯނުން މީހަކަށް ގުޅާލިއެވެ. އަދި މީޓިންގ ރޫމަށް ކޮފީއާއި ހެދިކާ ގެނައުމަށް ބުންޏެވެ.

ފޯނު ބޭއްވުމަށްފަހު ޝާހިދު ސާރާގެ ދިރިއުޅުމުގެ ބައެއް ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރިއެވެ. މީހަކާ އިނދެގެންތޯ ނޫނީ ކުއްޖަކާ ރައްޓެހިވެގެންތޯ އަހާލުމުން ސާރާއަށް ފުރަތަމަ ވިސްނުނީ މުޅިން އެހެން ގޮތަކަށެވެ. އެއަށް ޖަވާބެއް ނުދީ އިރުކޮޅަކު މަޑުކޮށްލުމުން ޝާހިދު އެސުވާލު ކުރި ސަބަބު އޮޅުންފިލުވައިދިނެވެ. އޭނާ އެސުވާލު ކުރީ ސާރާ މީހަކާ އިނދެގެން އުޅޭނަމަ ފަހަރުގައި ފިރިމީހާ ނުޤަބޫލުވުންފަދަ ކަމެއް ދިމާވެދާނެތީކަމަށް ބުންޏެވެ. ސާރާ އޭނާގެ އެކަހަލަ އެއްވެސް މީހަކު ނެތްކަމަށް ބުންޏެވެ. ތަޢުލީމީ ދުވަސްވަރު ތަމްސީލު ކުޅުން ކަހަލަ ކަމެއް ކުރިންތޯ ސާރާ ގާތު ޝާހިދު އަހާލުމުން ސާރާ ނޫނެކޭ ބުނެލިއެވެ.

ސާރާއަށް ހީކުރެވުނީ އޭނާ އެހެން ބުނުމުން އޭނާއަށް ޝާހިދުގެ އާ ފިލްމުން ފުރުސަތު ނުލިބޭނެ ކަމަށެވެ. ނަމަވެސް ކަންތައްވީ އޭނާއަށް ހީކުރެވުނު ގޮތަކަށް ނޫނެވެ. ޝާހިދު އޭނާގެ އާ ފިލްމުން ސާރާއަށް ފުރުސަތު ދިނުމުން ސާރާއަށް ވަރަށް ބޮޑު އުފަލެއް ލިބުނެވެ.

“ސާރާއަކީ ޤުދުރަތުން ވަރަށް ފުރިހަމައަށް އެކްޓިންގ ހުނަރު ލިބިފަ ހުރި ކުއްޖެއް. ސާރާއަށް މިދާއިރާއިން ކުރިމަގު އެބައޮތް. އެކަން އަހަރެން ބެލި އެންމެ ވީޑީއޯއަކުންވެސް ޔަޤީންވެއްޖެ.” ޝާހިދުގެ އެންމެފަހު ޖުމްލައިން ސާރާ ވަރަށް ހައިރާންވިއެވެ. އޭނާއަކީ ކުރިން ދުވަހަކުވެސް އެކްޓްކުރި މީހެއް ނޫންވިއްޔާއެވެ. ދެން ޝާހިދު އެ ދައްކަނީ ކޮން ވީޑިއޯއެއްގެ ވާހަކައެއްބާއެވެ. ސާރާ ހައިރާންވެފައި އިނުމުން ޝާހިދު އޭނާގެ ލެޕްޓޮޕް ހުޅުވާލާފައި އަޅުވާލީ ވީޑިއޯއެކެވެ. ސާރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއީ އޭނާ ޕާކުގައި ވާހަކަ ކިޔަން އިން ދުވަހުގެ ވީޑީއޯއެކެވެ. އޭނާ ގެއަށް ދާން ތެދުވި ވަގުތު އޭނާއަށް މީހަކު ގަސްތަކާ ނިވާވިތަން ފެނުނެވެ. އެވީޑިއޯއަކީ އެމީހާ ކުރި ވީޑީއޯއެއްބާއެވެ. އެއީ ކާކުބާއެވެ. އެއީ ކޮންމެ މީހަކަށްވިޔަސް އެމީހާއަށް ހިތުގެ އަޑިން ޝުކުރު އަދާކުރިއެވެ. އޭނާގެ ހުވަފެނުގައި ކުލަޖެއްސުމަށް އެހީތެރިވެދިނީތީއެވެ. ސަޔަށް އިންސާފުކުރަމުން ދިޔައިރު ޝާހިދު ސާރާއަށް ފިލްމުގެ ކުރު ޚުލާސާއެއް ކިޔައިދިނެވެ. އަދި އެފިލްމުގައި ސާރާގެ ގައިގޯޅި އެއްވެސް މަންޒަރެއް ނުހިމެނޭނެކަމުގެ ޔަޤީންކަންދިނެވެ. އެހެންކަމުން ސާރާ އެފިލްމާ ނުހަނު ގަޔާވިއެވެ. އެދުވަހުގެ ބައްދަލުވުން ނިންމާލީ ސާރާ އެފިލްމަށް އެއްބަސްވެ ދެން ބައްދަލުކުރާނެ ދުވަހެއް ކަނޑައެޅުމަށްފަހުގައެވެ.

**********

ހުޒާމްގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އާދެއެވެ. ނަސީބު ރަނގަޅުކަމުން ހުޒާމްގެ ހަނދާނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. މަސްދުވަސް ވަންދެން ކޯމާގައި އޮތުމުގެ ސަބަބުން ހިކިފައިވާ ހަށިގަނޑުގެ ރޫފަ މަޑުމަޑުން ރަނގަޅުވަމުން އާދެއެވެ. މަދުމަދުން މޫނުމަތިން ހިނިތުންވުން ފެންނަމުންދެއެވެ. މޫނުމަތިން ހިނިތުންވުން ދައްކައިގެން ހުރިނަމަވެސް އޭނާގެ ހިތް ރޮމުންދާކަން އެނގޭނީ ކާކަށް ހެއްޔެވެ؟ ހުޒާމް ކުރީގެ ހާލަތަށް ރުޖޫޢަވަމުން އަންނާތީ ރިޒްނާ ހުންނަނީ ހިތްހަމަޖެހިފައެވެ. އޭނާ ސާރާގެ ވާހަކަ ނުދައްކާތީ ރިޒްނާއަށް ލިބޭ އުފާ ދެގުނައެވެ. އެހެންކަމުން އޭނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު ރޯވަމުން ދިޔައެވެ.

ހުޒާމް ރަނގަޅުވަމުން އަންނާތީ އުފާވިއެއްކަމަކު ޝަރީފާ ހުންނަނީ ނުތަނަވަސްވެފައެވެ. ހުޒާމްގެ ހިތުގެ ހާލަތު އޭނާއަށް އެނގެއެވެ. ހުޒާމްގެ ހިތުގެ ރިހުން އޭނާއަށް އިހުސާސްކުރެވެއެވެ. ހުޒާމްއަކީ އޭނާ ބަނޑުއަޅާ ވިހޭ ދަރިއަކަށް ނުވިޔަސް އޭނާ ހުޒާމްދެކެ ލޯބިވަނީ އަމިއްލަ ދަރިއަކުދެކެވެސް މަޔަކު ވާނެފަދަ މަތިވެރި ލޯތްބެކެވެ. ސާރާގެ މައްޗަށް ހުޒާމްގެ ހިތުގައިވަނީ ހަމައެކަނި ހަމްދަރުދީ ނޫންކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އޭނާ ބޭނުންވަނީ ހުޒާމް ލޯބިވާ ކުއްޖާ ހުޒާމްއަށް ލިބޭށެވެ. އެހެންކަމުން އޭނާ ހުޒާމްއާ އެވާހަކަ ދައްކަން ނިންމިއެވެ. ނަމަވެސް އޭނާއަށް ހުޒާމްއާ މިނިވަންކަމާއެކު ވާހަކަދައްކާލެވޭނެ ފުރުސަތެއް ލިބުނީ އޭގެ ދެދުވަސް ފަހުންނެވެ.

ހުޒާމް ގެއަށް އައީ ހަވީރު ހަތަރެއް ޖެހި ފަހުންނެވެ. އޭރު ރިޒްނާ ގެއަކު ނެތެވެ. ޝަރީފާ އިނީ ސޯފާގައި ޚިޔާލަކަށް ގެއްލިފައެވެ. ސޯފާ ހުރީ ދޮރާއި ފުރަގަސްވާ ގޮތަށްކަމަށްވެފައި ޝަރީފާ ވިސްނުމަކަށް ގެއްލިފައި އިނުމުގެ ސަބަބުން ހުޒާމް އައިކަމެއް އޭނާއަކަށް ނޭނގެއެވެ. ހުޒާމް މަޑުމަޑުން އައިސް ޝަރީފާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެޔާއެކު ސިހިފައި ޝަރީފާ ބަލާލިއެވެ. އަދި ހުޒާމް ފެނުމާއެކު ގަދަކަމުން ހިނިތުންވެލިއެވެ.

“މަންމާ! ކިހިނެއްވެފަ ތިއިނީ؟” ހުޒާމް އަހާލިއެވެ.

“މިދެން މާބޮޑު ކަމެއްނުވޭ. ހަމަ އިނީ.” ޝަރީފާއަކަށް ހުޒާމް ގާތު ސާރާގެ ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގުނެވެ.

“އެހެން ނުވާނެ. ކޮންމެވެސް ކަމެއްވެއްޖެ. ބުނެބަލަ އަހަރެން ގާތު.” ހުޒާމް އައިސް ސޯފާގައި އިށީނދެލަމުން ބުނެލިއެވެ.

“މީ.. ދަރިފުޅު މިހާރަކަށް އައިސް ކަމަކާ ވަރަށް ވިސްނާކަން މަންމައަށް ފާހަގަކުރެވޭ. އެހެންވެ އެކަމާ މި ވިސްނެނީ. މަންމަ ގާތު ބުނެބަލަ. ކޮންކަމަކާތަ މާބޮޑަށް ތި ވިސްނަނީ؟” ޝަރީފާ އެހެން ބުނެލުމުން ހުޒާމް ޝަރީފާއަށް ބަލާލިއެވެ. އޭނާގެ ކޮންމެ އިހުސާސެއް ޝަރީފާއަށް ދެނެގަނެވެއެވެ. ލޭގެ ގުޅުމެއް ނެތްނަމަވެސް އެއީ ދަރި ކުލުނު ޖެހުމުން ވާގޮތެއްކަން ޔަޤީނެވެ.

“މި ވިސްނެނީ ސާރާއާ ދޭތެރޭ. އޭނަ ދެން އަންނާނެބާއޭ މި ހިތަށް އަރަނީ.” ހުޒާމް ހަޤީޤަތް ހާމަކުރިއެވެ.

“މަންމައަށްވެސް ވަރަށް ވިސްނޭ ސާރާއާ ދޭތެރޭ. އޭނަ ކުއްލިއަކަށް ގެއިން ނުކުމެގެން ދިއުމާއި ދިޔަ ތަނެއް ނުބުނުމާ މިކަހަލަ ކަންތައްތަކުން މަންމައަށް ހީވަނީ ކޮންމެވެސް ގޯހެއް އެބަ އުޅޭހެން.” ޝަރީފާ އެހެން ބުނެލުމުން ހުޒާމް ބަލާލީ ހައިރާންކަމާއެކުގައެވެ.

(ނުނިމޭ)

15
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ކުއްވެރިޔަކީ؟ (ތިންވަނަ ބައި)

Next

ދެގަޑި ތިރީސް 2:30

Next
March 7, 2017

ދެގަޑި ތިރީސް 2:30

Previews
March 6, 2017

ކުއްވެރިޔަކީ؟ (ތިންވަނަ ބައި)

54 Comments

  1. poohbear says:
    March 7, 2017 at 7:11 am

    reethi.

    1. Saandy says:
      March 8, 2017 at 12:13 am

      ޝުކުރިއްޔާ

  2. Ss says:
    March 7, 2017 at 7:36 am

    Hus hasaru kamaku nude ma beykaaru bai ginaee

    1. Saandy says:
      March 8, 2017 at 12:12 am

      ބޭކާރު ބައޭ ބުންޏަސް ނޭނގޭނެ ރަނގަޅުކޮށްލާކަށް… ބޭކާރު ބައިތައް ބުނެލަދިނީމަ ރަނގަޅުކޮށްލަން އެނގޭނީ

  3. Naxy says:
    March 7, 2017 at 7:37 am

    Vvvvv reethi… kon irakun next part up kohdheynee

    1. Saandy says:
      March 8, 2017 at 12:14 am

      ޝުކުރިއްޔާ! މާދަމާ ހެނދުނު އަޕްވާނެ

  4. Unko says:
    March 7, 2017 at 7:58 am

    V v reethi… Alhe thankolheh avahah nxt upload kurahchey… plxxx… ?????

    1. Saandy says:
      March 8, 2017 at 12:14 am

      ޝުކުރިއްޔާ! މާދަމާ ހެނދުނު އަޕްވާނެ

  5. xim says:
    March 7, 2017 at 8:08 am

    v reethi……whn next part?????

    1. Saandy says:
      March 8, 2017 at 12:11 am

      މާދަމާ

  6. Maree says:
    March 7, 2017 at 8:11 am

    vvvvv reethi

    1. Saandy says:
      March 8, 2017 at 12:15 am

      ޝުކުރިއްޔާ މަރީ

  7. Eleesha ? says:
    March 7, 2017 at 8:19 am

    Rajje kujjeh..evxx adhii asaasee thauleemaa hisaabah kiyavaafa hurii kujjeh…. Dhen e kujjaa ah film kulhen libenee….hahaa thatxx so funny…such things happen in only sandy’s storys only…lol

    1. Kiyaa Meehaa says:
      March 7, 2017 at 9:38 am

      Kamaku dhw majaa category ah laafa einy… Asaasy thauleemuge vaahaka in bai badhalukollaafa innathaa kon ireh mihaaru..

    2. Ayanii says:
      March 7, 2017 at 10:40 am

      A big LOL……???????????????

    3. Yook says:
      March 7, 2017 at 10:43 am

      Majaa category ah dhaahaa majaehvxx nooon…??

    4. Saandy says:
      March 8, 2017 at 12:21 am

      ޝުކުރިއްޔާ އެލީޝާގެ ކޮމެންޓަށް… އަސާސީ ތަޢުލީމޭ ޖެހިފަ އިނީ އޮޅުމަކުން.. އޭރުވެސް ވިސްނީ ގްރޭޑް ހަތަކާ ހަމައަށް ކިޔަވާފަ ހުރި ކުއްޖަކަށް ސާރާ ހަދަން… ދެން ބުނެލަން އޮތީ ފިލްމު ކުޅެން ލިބެނީ ކިޔަވައިގެން ތިބޭ މީހުންނަކަށް ނޫނޭ.. ނުކިޔަވާ އުޅޭ ބައިވަރު މީހުން އުޅޭ ފިލްމު ކުޅެން… އެއީ ހުނަރުވެރިކަމަށް ނޫނީ ރީތިކަމަށް ބަލާފަ ހޮވާ ހޮވުމެއް… އަދި ރާއްޖެ މީހުން ބޭރުގެ ފިލްމުގަވެސް އެބަ ހަރަކާތްތެރިވޭ އެބަ… އެންމެ މުހިންމު ޕޮއިންޓަކީ މީ ޚިޔާލީ ވާހަކައަކަށް ވުން… އެހެންވީމަ ސާންޑީއަކަށް ހީއެއްނުވޭ އެތަންކޮޅު ހަމަނުޖެހޭ ހެންނެއް… އެކަމްވެސް ހުންނާނެ ހަމަނުޖެހޭ ތަންތަން… އެކަން ހިތުގެ އަޑިން ޤަބޫލުކުރަން

  8. Kiyaa Meehaa says:
    March 7, 2017 at 9:23 am

    WOW!! V salhi mi baives… next partah eba v inthizaaru kurevey…

    1. Saandy says:
      March 8, 2017 at 12:21 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްވާނެ

  9. Aashoo says:
    March 7, 2017 at 11:00 am

    Saaraa aky nikametgi fageereh. Kihineh eha gina dhuwahu ekani maa ekani india ga hotel room eh kuyyah hifaigen ulheny??? nd rizna eha rulhi anna iru heenuvey saaraa ah kharadhu kuraanehen

    1. Hello says:
      March 7, 2017 at 1:01 pm

      Saara dhurug bahattan beynumiyya haradhu kohfaanennu

    2. Saandy says:
      March 8, 2017 at 12:22 am

      ޝުކުރިއްޔާ އާޝޫގެ ޚިޔާލަށްވެސް… އަދި ތިކަމުގެ ހަޤީޤަތްވެސް އެނގޭނެ

  10. xXx says:
    March 7, 2017 at 12:30 pm

    Saandy mee haadha majaa vaahakaekey…

    1. Saandy says:
      March 8, 2017 at 12:23 am

      ޝުކުރިއްޔާ

  11. neygea says:
    March 7, 2017 at 1:13 pm

    Rajjea kudhin indhi film kulheytha. .?

    1. Saandy says:
      March 8, 2017 at 12:24 am

      އެ ކުޅެނީތާ… މީ ޚިޔާލީ ވާހަކައެކޭ ބްރޯ… ހަޤީޤަތެއް ނޫނޭ

  12. Aree says:
    March 7, 2017 at 1:22 pm

    mihaaru reecheh noon
    Maa imaginary!

    1. Saandy says:
      March 8, 2017 at 12:25 am

      ޝުކުރިއްޔާ އަރީގެ ޚިޔާލަށް… ވާހަކަ ކިޔާލީމަ އުފާވެއްޖެ

  13. Anonymous says:
    March 7, 2017 at 1:42 pm

    Kaleymen anganuthalha thibebala gamaaruvias theebodhuvar bala vaahaka liuntheriyaa ah vaahaka kuriyahgendhaane gothaa vaahaka ninmaanegoiy ingeynee kaleymennakanoon vaahaka hama v reethi kuriyah saandy

    1. Saandy says:
      March 8, 2017 at 12:39 am

      ޝުކުރިއްޔާ އެނޮނީމަސް! އެކުދިން ކިޔާ އެއްޗިއްސާ އެހާބޮޑަށް އަޅާނުލާ… ސާންޑީ މިވާހަކަ ގެންދަން ބޭނުންވި ގޮތަށް ލިޔެ ނިންމާފަ އޮންނާނީ… ދެން އެންމެ އަކުރަކަށްވެސް ފިއްޔަކަށްވެސް ބަދަލެއް ނުގެންނާނަން

  14. rim says:
    March 7, 2017 at 2:48 pm

    V v v reethi konirakun anehbai genedheynii

    1. Saandy says:
      March 8, 2017 at 12:26 am

      ޝުކުރިއްޔާ ރިމް! މާދަމާ ހެނދުނު އަޕްވާނެ

  15. usha says:
    March 7, 2017 at 2:50 pm

    mee hama copy cat..thankolheh kurin keeh hama mihen dhivehi ahhen kuhjjeh india ah goss film kulhey story eh..keekey dhen bunaany wehjjehnu dhen mikah huhtaalaafa ehen kameh kurah.kuda kudhinwes liyaane miah wure hamajehey gothakah.copy kuriyas boduwaru mulhin eki waahakaige baithah laageh liyefa.liyun hutaalaafa film kulhen nikunnah gowaalah????????????????�??? hamhhahahahahahahahahahahah copy cat

    1. Saandy says:
      March 8, 2017 at 12:27 am

      އުޝާ ތިވާހަކަ ކީ އެޕްބީ ގްރޫޕަކުން ކަމަށްވަންޏާ ބުނެލަން އޮތީ ނޭނގި ވިޔަސް ތިއޮތީ ސާންޑީގެ ވާހަކައެކޭ ކިއިފަ… ވަރަށް ސަލާމް

    2. Kiyaa Meehaa says:
      March 8, 2017 at 5:08 am

      Ushaage comments kiyaafa eba en’gey hama zaathy vefakan.. nikan hama nujehey thanthan Saandy ah bunedheebala.. eyrunthaa eynayahves rangalhu kuran en’geyny.. ekahala kankan bunedheyn neyngun e ee Ushaage e fenvaru neikan angaidhey kameh.. so pls stop try to demotivate the writer..

  16. sannu says:
    March 7, 2017 at 2:53 pm

    reeth… next part upload kohdheebaa saandy… plxx varah avahah

    1. Saandy says:
      March 8, 2017 at 12:30 am

      ޝުކުރިއްޔާ ސަންނު! މާދަމާ ހެނދުނު އަޕްވާނެ

  17. saara says:
    March 7, 2017 at 4:22 pm

    Mihaaru grade 7.ah kiyevias Eng ah v.molhuvaane.konmehen male vaakah nujehey.

    1. Saandy says:
      March 8, 2017 at 12:30 am

      ރަނގަޅު ވާހަކައެއް ސާރާ ތިބުނީ

  18. Aashy says:
    March 7, 2017 at 6:24 pm

    Saara eha madumaithiri rangalhu kujjaves film kulheneetha

    1. Saandy says:
      March 8, 2017 at 12:31 am

      ޔެސް! އެ ކުޅެނީތާ

  19. Amin says:
    March 7, 2017 at 8:23 pm

    Mi vaahaka akee childish hama nu jehey vaahaka eh..but sandy kuraa hih varah Saab’s dheyn jehey.. Negtv comment kuraa beyfulhunves vaahaka kiyathee tha engenee hama nu jehey kan.. Alhe egotha comment nujoh vaahaka liyan v ehnu.. Furathama hama ehvves meehaka perfect koh nuliyeveyne.
    ehn noon nama vihaa Iran insaanunna hingeyne ehnu.. Madu madun kurin araanee.. Sandy thi kuraa hih vara hama saabas.. Adhi faadu kiya meehun kiyaane Emma haas vaane kameh neh.. Kurin ah dhaan v

    Miah vure rangalha aneh part liye veytho balan v.. Hih vara eku massakaiy kura kujjaka kaamiyab vaane
    . wish u all the best

    1. Saandy says:
      March 8, 2017 at 12:33 am

      ޝުކުރިއްޔާ އަމީން ތިދިން ހިތްވަރަށް… އެކަމް ބުނެލަން ބޭނުންވަނީ ހަމަނުޖެހެޔޭ ނުބުނެ ހަމަނުޖެހޭ ތަންތަން ބުނެދޭށޭ… އޭރުންނޭ ރަނގަޅުކުރަން އެނގޭނީ… މިސާލަކަށް ސުކުން މައްސަލަ ހުއްޓޭ ބުނެފަ ހުރި ތަންތަން ނުބުނެދެންޏާ ކިހިނެއްތޯ ރަނގަޅުކުރާނީ؟ އަދިވެސް އެއްފަހަރު ތިދިން ހިތްވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

  20. You says:
    March 7, 2017 at 9:15 pm

    Dhn vara reethi ekm India ga film kulha thi v foohi mihaaru v foohi vejja thi India a a eee maa miyadhu hama ego tha ka ves kiyaa hie nun va mi keeee?

    1. Saandy says:
      March 8, 2017 at 12:35 am

      ޝުކުރިއްޔާ ޔޫއަށް! އުއްމީދުކުރަން ވާހަކަ ނިމެންދެން ކިޔާލާނެކަމަށް

  21. Mary says:
    March 7, 2017 at 10:36 pm

    Saara Grade 7 aa hamayahkiyavaafaey huree ehenveema igeyne English kudakoh dhen India ah gos dhuvasveema bodukoh igunee saaraage reethikamun filmukulhen furusathu libunee vvvvvv reethi vaahaka vv kiyaahithvey mivaahaka ????

    1. Saandy says:
      March 8, 2017 at 12:35 am

      ޝުކުރިއްޔާ މަރީ

  22. Baby girl says:
    March 8, 2017 at 2:00 am

    Sorry saandy. Mi dhe dhuvahu bxykoh ulhunyma storyves nukiyey adhi.. Ekamves ingey story reethi vaanekan.. Missed you

  23. ❤️ Mimmi ❤️ says:
    March 8, 2017 at 2:05 am

    Wow ❤️ ❤️ ❤️

    1. Saandy says:
      March 8, 2017 at 12:50 pm

      ޝުކުރިއްޔާ މިންމި

  24. zagambo bagombo says:
    March 8, 2017 at 6:31 am

    Wow varah reethi keep it up saandy

    1. Saandy says:
      March 8, 2017 at 12:49 pm

      ޝުކުރިއްޔާ

  25. xeyboo says:
    March 17, 2017 at 8:32 pm

    reethi

    1. Saandy says:
      March 17, 2017 at 11:32 pm

      ThanQ Xeyboo 🙂

Comments are closed.

All Right Reserved!