Skip to content
އެސްފިޔަ

“އެސްފިޔަ”ގެ އައު ޤަވާއިދު

ހ. ޝަރުތުތައް ޤަބޫލުކުރުން:

1. މި ވެބްސައިޓް ބޭނުން ކުރާނީ، ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުން، ނުވަތަ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދާ ފަރާތްތަކުން މިވެބްސައިޓުގެ ދަށުން ނުވަތަ ވެބްސައިޓަށް ނިސްބަތްވާ ނުވަތަ ވެބްސައިޓު ރަމްޒުކޮށްދޭ ހުރިހާ އެއްޗަކާއި ކަމެއް ހިމެނޭ ގޮތަށް، ވެބްސައިޓްގެ އެންމެހާ ކަންކަމާއި އެއްބަސްވެވޭނަމައެވެ.

2. “އެސްފިޔަ”ގެ ޤަވާއިދުތަކަށް އަންނަ އިސްލާހުތައް، ޚިދުމަތް ހޯއްދަވާފަރާތްތަކަށް، އަދި “އެސްފިޔަ” ބޭނުންކުރާފަރާތްތަކާއި ހިއްސާކުރަމުން ގެންދިޔަ ނަމަވެސް، އެންމެ ފަހުގެ ޤަވާއިދުތަކަށް (www.esfiya.com/rules) އަހުލުވެރިވުމަކީ “އެސްފިޔަ”ގެ ޚިދުމަތް ލިބިގަންނަ އަދި ބޭނުންކުރާފަރާތްތަކުގެ ޒިންމާއެކެވެ. އަދި ކޮންމެ ވަޤުތެއްގައިވެސް މިޤަވާއިދުތަކަށް އިސްލާހީ ބަދަލުތައް ގެނައުމުގެ އިޚުތިޔާރު “އެސްފިޔަ” އަށް ލިބިގެންވެއެވެ.

3. “އެސްފިޔަ”ގެ ޚިދުމަތް ލިބިގަންނަ އަދި ބޭނުންކުރާ ފަރާތްތަކުން ޚިދުމަތް ލިބިގަންނަންވާނީ މިކަންތައްތަކަށް އެއްބަސްވާނަމައެވެ. މިވެވޭ އެއްބަސްވުމުގެ ސަބަބުން ތިންވަނަ ފަރާތަކަށް އެއްވެސް ޙައްޤުތަކެއް އަދި ފައިދާއެއްވެސް ނުހޯދޭނެއެވެ.

4. “އެސްފިޔަ” ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ މައްޗަށް މި ޝަރުތުތައް / ޙާލަތްތައް ހިނގާނެއެވެ. އޭގެތެރޭގައި ވެބްސައިޓުގައި ލިޔުންތައް ޝާއިޢުކުރާ ފަރާތްތަކާއި، މައުލޫމާތު ހިއްސާކުރާ ފަރާތްތަކާއި، އެހެން ގޮތްގޮތުންވެސް ވެބްސައިޓަށް ޚިދުމަތް ކޮށްދެއްވާ އަދި ބޭނުންކުރާ ފަރާތްތައްވެސް ހިމެނޭނެއެވެ.

ށ. އާންމު ޤަވާއިދު

1. އެހެންފަރާތްތަކަށް ނިސްބަތްވާ ލިންކް ފަދަތަކެތި މިވެބްސައިޓު މެދުވެރިކޮށް ބޭނުން ކުރެވުނު ނަމަވެސް އެފަދަ ޚިދުމަތްތައް ބޭނުންކޮށްގެން އެއެއްޗެއްގެ ޕްރައިވެސީ ނުވަތަ ދިމާވާ މައްސަލައަކަށް މިވެބްސައިޓްގެ ފަރާތުން އެއްވެސް ޒިންމާއެއް ނުނެގޭނެއެވެ. ތިންވަނަ ފަރާތަކަށް ނިސްބަތްވާ މިފަދަ ޚިދުމަތްތަކާއި، ލިންކް ފަދަ ތަކެއްޗަކީ އެހެންފަރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކެކެވެ. މިފަދަ ޚިދުމަތްތަކަކީ މިވެބްސައިޓުގެ ކޮންޓްރޯލްގެ ދަށުން ދެވޭ ޚިދުމަތްތަކެއް ނޫނެވެ. އަދި އެފަދަ ލިންކަކުން ހޯދާ ޚިދުމަތެއް ނުވަތަ މައުލޫމާތެއްގައި ހުންނަ އެއްވެސް އެއްޗަކަށް ނުވަތަ ލިޔުމަކަށް މިވެބްސައިޓުގެ ފަރާތުން ނުވަތަ މިވެބްސައިޓު މެދުވެރިކޮށް އެއްވެސް އުނިއިތުރެއް، ބަދަލެއް ނުގެނެވޭނެއެވެ. ތިންވަނަ ފަރާތަކުން ފޯރުކޮށްދޭ ޚިދުމަތެއްގެ ބޭނުންކުރާ ހިސާބުން އެކަމަކުން ނުކުންނަ ހުރިހާ ނަތީޖާއަކުން މިވެބްސައިޓު ބަރީޢަވެގެންވެއެވެ.

2. ވެބްސައިޓުގެ ހުއްދަނެތި ވިޔަފާރީގެ އުސޫލުން ޚިދުމަތް ދިނުމާއި، އެހެން ފަރާތަކަށް މިވެބްސައިޓުގެ ޚިދުމަތެއް ވިއްކުންފަދަ ވިޔަފާރީގެ އެއްވެސް މުޢާމަލާތަކަށް ވެބްސައިޓުގެ ޚިދުމަތްތައް ބޭނުންކޮށްގެން ނުވާނެއެވެ.

3. ވެބްސައިޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން، ތިންވަނަ ފަރާތެއްގެ އެއްޗެއް، ލިޔުމެއް ނުވަތަ ލިންކެއް، އެފަރާތުގެ ހުއްދަނެތި ބޭނުން ނުކުރުމަށް އެއްބަސްވެއެވެ.

4. ވެބްސައިޓުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުން، މިވެބްސައިޓުގެ ސެކިއުރިޓީއާއި ގުޅޭ ކަންތައްތަކަށް ބެހި، ދަތިކުރުމުގެ އެއްވެސް ކަމެއް ނުކުރުމަށް އެއްބަސްވެއެވެ.

5. ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ޚިދުމަތެއްގެ ބޭނުންކުރާއިރު ވެބްސައިޓުން ޚިދުމަތް ހޯދާ އެހެން ފަރާތްތަކުން ޝާއިޢުކުރާ ލިޔުންތަކާއި، ލިންކްތައް ބޭނުންކުރުމުން ދިމާވާއެއްވެސް ކަމެއްގެ ޒިންމާއެއް މިވެބްސައިޓުން ނުނަގާނެކަން ދެނެގަންނަންވާނެއެވެ. އަދި މިކަމުގެ ސަބަބުން ދިމާވާ ޤާނޫނީ އެއްވެސް މައްސަލައަކަށްވެސް މިވެބްސައިޓުން ޒިންމާއެއް ނުނަގާނެއެވެ.

6. މިވެބްސައިޓުގައި އެކައުންޓެއް ހުޅުވާ ކޮންމެ ފަރާތަކަށްވެސް ވާހަކަ، ޅެން، ލިޔުން، ފަދަ ތަކެތި ހުށަހެޅިދާނެއެވެ. ޚިދުމަތް ހޯދާ ފަރާތްތަކުން ވެބްސައިޓުގައި ޝާޢިޢުކުރާ ލިޔުންތަކާއި، ވާހަކަ ފަދަ ތަކެތީގެ ޒިންމާ ނަގަންޖެހޭނީ އެއެއްޗެއް ހުށަހެޅި ފަރާތަކުންނެވެ. މިފަދަ ތަކެތީގެ ތެދުކަމާއި، ޞައްޙަ ކަމުގެ ޔަޤީންކަން ވެބްސައިޓަށް ދެވޭކަށް ނޯންނާ ނެއެވެ.

7. “އެސްފިޔަ” އަށް ހުށަހަޅާ ކޮންމެއެއްޗެއް ބޭނުންކުރުމާއި، “އެސްފިޔަ”އިން އަލުން އެއެއްޗެއް ބޭނުން ކުރުމާއި، އެހެންފަރާތްތަކާއި ހިއްސާ ކުރުމާއި، ޕަބްލިޝް ކުރުމުގެ ފުރިހަމަ ބާރާއި ޙައްޤު “އެސްފިޔަ” އަށް ލިބިގެންވެއެވެ.

8. “އެސްފިޔަ” އަށް ހުށަހަޅާ ވާހަކައާއި ލިޔުން ފަދަ ތަކެއްޗަކީ އެބޭނުން ކުރުމުގެ ބާރާއި، ޙައްޤު ހުށަހަޅާ ފަރާތައް ލިބިގެންވާ އެއްޗެއްކަމަށް އެހުށަހަޅާ ފަރާތުން އެއްބަސްވެއެވެ. “އެސްފިޔަ”ގެ ޚިދުމަތް ހޯދާ ފަރާތްތަކުން ހުށަހަޅާ އެއްވެސް އެއްޗެއްގެ ޒިންމާ ވެބްސައިޓުގެ ފަރާތުން ނުނަގާނެއެވެ. އަދި އެހުށަހަޅާ އެއްޗެއްގެ ސަބަބުން އެހެންފަރާތެއްގެ ޒާތީ ނުވަތަ މަޞްލަހަތު ގެއްލޭނަމަ އެލިޔުމެއް ނުވަތަ އެހެންވެސް އެއްޗެއް ވެބްސައިޓުން ނެގުމުގެ ހައްޤު “އެސްފިޔަ ޓީމް” އަށް ލިބިގެންވެއެވެ.

9. ވެބްސައިޓުގައި ބޭނުންކުރާ އެކައުންޓެއް މެދުވެރިކޮށް މަސްލަހަތު ނަގާލަން މަސައްކަތްކޮށް، ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާނަމަ އެއެކައުންޓެއް ބާތިލްކޮށް އިތުރަށް ވެބްސައިޓުގެ ޚިދުމަތް ހޯދުމުން މަޚްރޫމްކުރުމުގެ ޙައްޤު “އެސްފިޔަ ޓީމް” އަށް ލިބިގެންވެއެވެ.

ނ. ވެބްސައިޓަށް ރެޖިސްޓަރ ކުރުން

1. ވެބްސައިޓުގެ ބައެއް ޚިދުމަތްތައް ހޯދުމަށްޓަކައި މިވެބްސައިޓަށް ނިސްބަތްވާ އެކައުންޓެއް ހުޅުވަންޖެހޭނެއެވެ.

2. “އެސްފިޔަ” އަށް ލޮގިން ކުރުމުގައި ބޭނުންކުރަންވާނީ އެފަރާތަކުން ރެޖިސްޓަރކޮށްފައިވާ އެކައުންޓެކެވެ.

3. އެހެންފަރާތަކުން ހުޅުވާފައިވާ އެކައުންޓެއް ބޭނުންކުރުމާއި، އެހެންފަރާތަކަށް ތިބާގެ އެކައުންޓްގެ މަޢުލޫމާތު ހިއްސާކޮށްގެން ނުވާނެއެވެ.

4. ޚިދުމަތް ހޯދުމަށްޓަކައި ބޭނުންކުރާ އެކައުންޓްގައި ކޮންމެ ފަރާތަކުންވެސް، އެފަރާތެއްގެ ފުރިހަމަ ތެދު މަޢުލޫމާތު ބަޔާންކުރައްވަންވާނެއެވެ. މިގޮތުން، ދީފައިވާ އެއްވެސް މަޢުލޫމާތަކީ ސައްޙަ މަޢުލޫމާތެއް ނޫންކަން ފާހަގަ ކުރެވިއްޖެނަމަ އެ އެކައުންޓެއް ސަސްޕެންޑް ކުރުމުގެ ޙައްޤު “އެސްފިޔަ ޓީމް” އަށް ލިބިގެންވެއެވެ.

5. އެކައުންޓެއް ހުޅުވުމަށްފަހު އެއެކައުންޓެއް މެދުވެރިކޮށް ކުރިއަށްގެންދާ ކޮންމެ ކަމެއްގެވެސް ޒިންމާ އެކައުންޓްގެ ވެރިފަރާތުން ނަގަންޖެހޭނެއެވެ. އަދި އެކައުންޓްގެ ސަލާމަތާއި ރައްކާތެރިކަމަށް ޕާސްވޯޑް ނުވަތަ ބޭނުން ކުރާ ކޯޑްއެއްގެ ރައްކާތެރިކަން އެކައުންޓްގެ ވެރިފަރާތުން ބަލަހައްޓަންވާނެއެވެ. އެކައުންޓްގެ ސެކުރިޓީއަށް ނުވަތަ ހުއްދަނެތި އެހެންފަރާޓަކުން ތިޔަފަރާތުގެ އެކައުންޓެއް ބޭނުން ކުރާނަމަ، ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ވީއެންމެ އަވަހަކަށް އެކަން “އެސްފިޔަ ޓީމް” އަށް އަންގަންވާނެއެވެ.

6. ތިޔަފަރާތަށް ނިސްބަތްވާ އެކައުންޓެއް ހުއްދަނެތި އެހެން ފަރާތަކުން ބޭނުންކުރިނަމަވެސް އެފަދަ ކަމެއްގެ ސަބަބުން ކުރިމަތިވާ ނުރަނގަޅު ނަތީޖާއަކަށް މިވެބްސައިޓުން ޒިންމާއެއް ނުނަގާނެއެވެ.

7. އެއްވެސް ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި މިވެބްސައިޓުގެ އެކައުންޓެއް ބޭނުންކުރާނަމަ ވަގުތުން އެއެކައުންޓެއް ބާތިލްކުރުމުގެ ޙައްޤު “އެސްފިޔަ ޓީމް” އަށް ލިބިގެންވެއެވެ.

8. އެކައުންޓްގެ ވެރިފަރާތަށް އެންގުމަކާނުލާ ވެބްސައިޓްގެ އެކައުންޓެއް ބާތިލްކުރުމުގެ ޙައްޤު “އެސްފިޔަ ޓީމް” އަށް ލިބިގެންވެއެވެ.

ރ. ލިޔުންތެރިން

1. ކޮންމެ ފަރާތަކަށްވެސް ރެޖިސްޓަރ ވުމަށްފަހު “އެސްފިޔަ”އަށް ވާހަކަ ނުވަތަ ލިޔުން ހުށަހެޅޭނެއެވެ.

2. “އެސްފިޔަ”އަށް ޝާއިޢު ކުރުމަށް ފޮނުވާ ލިޔުންތައް ވާންޖެހޭނީ ތިރީގައި ބަޔާންކޮށްފައިވާ ގަވައިދުތަކާއި ހިލާފުނުވާ ލިޔުމަކަށެވެ.

2.1. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނަކާއި ޙިލާފަށް އެއްވެސް ވާހަކައެއް، ލިޔުމެއް، ފޮޓޯއެއް، ކުރެހުމެއް ފަދަ އެއްޗެއް އެއްވެސް މެމްބަރަކު ހުށަހަޅައިގެން ނުވާނެއެވެ.

2.2. “އެސްފިޔަ”އަށް ހުށަހަޅާ އެންމެހާ ވާހަކައާއި ލިޔުން ފަދަ ތަކެއްޗަކީ އެހެން ފަރާތެއްގެ ލިޔުމެއް ނުވަތަ ލިޔުންތަކެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް ނަމަ، އަސްލަކަށް ބެލި ލިޔުމެއް ނުވަތަ ލިޔުންތަކުގެ ނަމާއި، އެއީ ތަރުޖަމާއެއްނަމަ ތަރުޖަމާއެއްކަމާއި، އަދި ތަރުޖަމާކުރި އަސްލު ލިޔުމުގެ ނަމާއި ލިޔުނު ފަރާތް އެނގެން އޮންނަން ޖެހޭނެއެވެ.

2.3. އެހެން ލިޔުންތެރިއެއްގެ ލިޔުމެއް ހުށަހަޅާނަމަ އެލިޔުމެއް ހުށަހަޅަންވާނީ އޭގެ ވެގިފަރާތުގެ ހުއްދަ ލިބިގެން، އެ ލިޔުނު ފަރާތް އެނގޭނެ ގޮތަށެވެ.

2.4. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހިންގެ ޒަމާންވީ ރީތި އާދަކާދަތަކުގެ ޙުރުމަތްތެރިކަން ކެނޑޭ ފަދަ ލިޔުމެއް ހުށަހަޅައިގެން ނުވާނެއެވެ.

2.5. ދީނީ ގޮތުން މީސްތަކުންގެ މެދުގައި ޚިލާފް އުފެދޭ ބާވަތުގެ މައްސަލަތަކާއި ބެހޭގޮތުން ވާހަކައާއި ލިޔުން ހުށަހެޅުމާއި އަދި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތަށް އެއްވެސް އުނިކަމެއް ލިބިދާފަދަ ލިޔުމެއް ، ފޮޓޯއެއް ނުވަތަ ކުރެހުމެއް ފަދަ އެއްޗެއް ހުށަހަޅައިގެން ނުވާނެއެވެ.

2.6 “އެސްފިޔަ”އަށް ހުށަހަޅާ ލިޔުންތަކާއި ވާހަކަތަކުގެ ކަވަރފޮޓޯ އާއި، އެހެނިހެން ފޮޓޯއާއި ކުރެހުންތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހިންގެ ޒަމާންވީ ރީތި އާދަކާދަތަކުގެ ޙުރުމަތްތެރިކަން ކެނޑޭ ފަދަ އެއްޗަކަށް ވެގެން ނުވާނެއެވެ.

2.7. “އެސްފިޔަ”އަށް ހުށަހަޅާ ވާހަކަ އާއި ލިޔުންތަކުގައި ﷲ ގެ އިސްމަފުޅާއި ކީރިތި ޤުރުއާނުގެ އާޔަތެއް/ އާޔަތެއްގެ ބައެއް، ނުވަތަ ކީރިތި ރަސޫލާގެ ހަދީޘްއެއް/ ހަދީޘްއެއްގެ ބައެއް ވިޔަސް ލިޔާނަމަ ލިޔެފައި އޮންނަން ޖެހޭނީ ޢަރަބި އަކުރުން ސާފުކޮށް ކިޔަން އެނގޭ ގޮތަށް ފިލިޖަހާފައެވެ.

2.8. އެއްވެސް ލިޔުމެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ސިޔާސީ މަޞްލަޙަތަކަށް މަންފާއެއް އަދި އުނިކަމެއް ލިބޭނެފަދަ ލިޔުމެއް ހުށަހަޅައިގެން ނުވާނެއެވެ.

2.9. އެއްވެސް މީހެއްގެ ކަރާމަތަށާއި، އަބުރާއި ޢިއްޒަތަށް އުނިކަމެއް ލިބޭފަދަ ލިޔުމެއް ހުށަހަޅައިގެން ނުވާނެއެވެ.

3. ލިޔުންތެރިން ހުށަހަޅާ ލިޔުމަކާބެހޭ ހުރިހާ ޒިންމާއެއް އުފުލާނީ، އެލިޔުމެއް ހުށަހެޅި ފަރާތަކުންނެވެ.

4. އެހެން ފަރާތްތަކުގެ މަސައްކަތްތައް ނަކަލުކޮށް އަމިއްލަ ލިޔުމެއްގެ ގޮތުގައި ގެނެސްދޭ ފަރާތްތަކުގެ އެކައުންޓް ސަސްޕެންޑް ކުރެވޭނެއެވެ. އަދި އެފަދަ ހުރިހާ ލިޔުންތަކެއް “އެސްފިޔަ”އިން އުނިކުރެވޭނެއެވެ.

5. “އެސްފިޔަ”އަށް ހުށަހަޅައިފައިވާ އެއްވެސް ލިޔުމަކަށް އުނިއިތުރެއް ގެނެވޭނީ، އެލިޔުމެއް ހުށަހެޅި ވަގުތުން ފެށިގެން 24 ގަޑިއިރު ތެރޭގައެވެ. މިމުއްދަތު ހަމަ ވުމަށްފަހު އެއްވެސް ސަބަބަކާހުރެ ލިޔުމަކަށް ބަދަލެއް ގެނެވޭނީ ހަމައެކަނި “އެސްފިޔަ ޓީމް”އަށެވެ. ލިޔުންތެރިއަކު އެއްވެސް ބަދަލެއް ގެންނަން ބޭނުންވެއްޖެ ނަމަ އެކަން ހުށައަޅަންވާނީ “އެސްފިޔަ ޓީމް”އަށް އީމެއިލް އަކުންނެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

ބ. ޚިޔާލު ހުށަހެޅުން

1. ކޮންމެ ފަރާތަކަށްވެސް މިވެބްސައިޓްގައި ޝާއިޢު ކޮށްފައި ހުންނަ ލިޔުންތަކަށް ޙިޔާލު ފާޅު ކުރެވޭނެއެވެ.

2. ހިޔާލުގެ ގޮތުގައި ބަލައިގަނެވޭނީ އެލިޔުމަކާއިމެދު އެމީހެއްގެ ޝޫއޫރު ނުވަތަ ދެކޭގޮތް ފާޅުކޮށް ލިޔެފައިވާ ހިޔާލެވެ.

3. “އެސްފިޔަ”އަށް ކިއުންތެރިން ފޮނުވާ ޚިޔާލުތަކުގެ ތެރެއިން ތިރީގައިވާ ފަދަ ޚިޔާލުތައް ޝާއިޢު ނުކުރުމުގެ އިޚުތިޔާރު “އެސްފިޔަ ޓީމް” އަށް ލިބިގެންވެއެވެ.

3.1. ލިޔުން ނުވަތަ ވާހަކައާއި ނުގުޅޭ ޚިޔާލުތައް

3.2. ހުތުރު ބަހުންނާއި މަސްލަހަތު ގެއްލޭގޮތަށް ލިޔެފައި ހުންނަ ޚިޔާލުތައް.

3.3. އިސްލާމް ދީނާ ޚިލާފު އަދި އިސްލާމް ދީނާ ދެކޮޅު އަމަލުތަކަށް ގޮވާލައި އެފަދަ ކަންކަމަށް ހިތްވަރު ދީފައި ހުންނަ ޚިޔާލުތައް

3.4. ދީނުގައި ޚިލާފު ހުންނަ މައްސަލައެއްގައި ވަކި ގޮތެއް ރަނގަޅުކޮށް އަދި އެހެން ގޮތްތައް ގޯސްކޮށްފައި ހުންނަ ޚިޔާލުތައް

3.5. ވަކި މީހަކަށް ނުވަތަ ވަކި ފަރާތަކަށް ޒާތީ ގޮތުން ނިސްބަތްކޮށްފައި ހުންނަ ޚިޔާލުތައް

3.6. އަނެކުންގެ ހައްގުތަކަށް އަރައިގަތުމަށް ގޮވާލައި ނުވަތަ ހިތްވަރު ދީފައި ހުންނަ ޚިޔާލުތައް

3.7. އަނިޔާވެރިކަމާއި މާރާމާރީއާއި ހަމަނުޖެހުންތަކަށް ހިތްވަރުދީ ނުވަތަ އެފަދަ ކަންކަމަށް ގޮވާލާ ޚިޔާލުތައް

3.8. ގާނޫނާއި ގަވާއިދުތަކާ ޚިލާފުވާން ގޮވާލައި ނުވަތަ ހިތްވަރު ދޭ ޚިޔާލުތައް

3.9. އެއްވެސް ކަމަކަށް އިންޒާރެއް ދީ ނުވަތަ ބިރު ދައްކަން ލިޔާ ޚިޔާލުތައް

3.10. ވަކި ފަރާތެއް އިޝްތިހާރުކުރާށާއި ވަކި ކަހަލަ އުފެއްދުމެއް އިޝްތިހާރުކުރަން ލިޔާ ޚިޔާލުތަކާއި ވަކި އުފެއްދުމެއް ނުވަތަ ވަކި ފަރާތެއް ބަދުނާމްކުރަން ލިޔާ ޚިޔާލުތައް

3.11. އާންމު މުޖުތަމައު ގަބޫލްނުކުރާ އަދި ގަދަރު ވެއްޓޭ ފަދަ ވަނަންތަކުގައި ފޮނުވާ ޚިޔާލުތައް

3.12. ޖިންސީ އަދި ބަދުއަޚުލާގީ ވާހަކަތަކާއި ހަޑިހުތުރު ބަހުން ލިޔެފައި ހުންނަ ޚިޔާލުތައް. އަދި އެފަދަ ކަންކަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ޚިޔާލުތައް

3.13. ވަކި ގައުމެއްގެ ބަޔަކު، ނުވަތަ ވަކި ޖަމާއަތެއްގެ ބަޔަކު ނުވަތަ ވަކިވަކި ފަރުދުންގެ ހުރުމަތަށް އުނިކަމެއް ލިބިދޭ ފަދަ ޚިޔާލުތައް

3.14. އެއްވެސް މީހަކާ ނުވަތަ އެއްވެސް ޖަމާއަތަކާ ނުވަތަ އެއްވެސް ކަމަކާ ބެހޭ ގޮތުން، ސާބިތު ނުހިފޭ ފަދަ ދޮގު ތުހުމަތުކޮށް ލިޔާ ޚިޔާލުތައް.

ޅ. ރިޕޯރޓް ކުރުން

1. “އެސްފިޔަ” އަށް ހުށައަޅާފައިވާ ލިޔުމަކާއިމެދު ނުވަތަ ޚިޔާލަކާއިމެދު އެއްވެސް ޝަކުވާއެއް އޮވެއްޖެނަމަ، ލިޔުމެއް ނުވަތަ ޚިޔާލެއް ޝާއިޢުކުރިތާ އެއްމަސް ދުވަހުގެ ތެރޭގައި އެކަން “އެސްފިޔަ ޓީމް” އަށް އަންގަންވާނެއެވެ. އެމުއްދަތުގެ ފަހުން ކުރާ ޝަކުވާތައް ބަލައި ނުގަނެވޭނެއެވެ. ނަމަވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އަބުރަށް ގެއްލުމެއް ލިބޭފަދަ ލިޔުމަކަށް ނުވަތަ ޚިޔާލަކަށް ވެއްޖެނަމަ، އެލިޔުމެއް “އެސްފިޔަ”އިން އުނިކުރެވޭނެއެވެ.

2. “އެސްފިޔަ”ގެ ގަވައިދުތަކާއި ހިލާފް ލިޔުމެއް ނުވަތަ ޚިޔާލެއް ޝާއިޢުކޮށްފައިވަނަމަ ލަސްނުކޮށް، ވީއެންމެ އަވަހަކަށް “އެސްފިޔަ ޓީމް” އަށް ރިޕޯޓް ކުރައްވާށެވެ. “އެސްފިޔަ ޓީމް” އިން އެ ލިޔުމެއް/ ޚިޔާލެއް ރިވިއު ކުރުމަށްފަހު ފިޔަވަޅު އަޅާނެއެވެ.

3. “އެސްފިޔަ”ގައި ޝާއިޢުކޮށްފައިވާ އެއްޗަކާމެދު އެއްވެސް މައްސަލައެއްވާނަމަ އެކަން ރަސްމީކޮށް “އެސްފިޔަ ޓީމް” އަށް އަންގަންވާނެއެވެ. ރަސްމީކޮށް އެންގި ކަމުގައި ބެލެވޭނީ “އެސްފިޔަ”ގެ އީމެއިލް [email protected] އަށް އީމެއިލް ކުރުމުންނެވެ. މިގޮތަށް ކުރާ އީމެއިލްގައި، އެލިޔުމެއްގެ ލިންކާއި، މައްސަލަ ސާފްކޮށް ބަޔާން ކުރަންވާނެއެވެ.

4. “އެސްފިޔަ”އަށް ހުށައަޅާ ލިޔުންތަކާއި ޚިޔާލުތައް ޝާއިޢު ކުރުމާއި ނުކުރުން، އަދި އެޑިޓްކުރުމުގެ ޙައްޤު “އެސްފިޔަ ޓީމް” އަށް ލިބިގެން ވެއެވެ.

ކ. “އެސްފިޔަ ޓީމް”

1. “އެސްފިޔަ”އިން މުޢާމަލާތުކުރާނީ ހަމައެކަނި ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އަދި ފޯން ނަންބަރުންނެވެ.

2. އެއްވެސްކަހަލަ މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ ވެބްސައިޓް ބޭނުންކުރުމުގައި އެއްވެސްކަހަލަ ދަތިކަމެއް ކުރިމަތިވެއްޖެނަމަ ވީއެންމެ އަވަހަކަށް “އެސްފިޔަ ޓީމް” އަށް ރިޕޯޓް ކުރައްވާށެވެ.

3. “އެސްފިޔަ”ގެ ނަމުގައި ތަފާތު އެހެން ނަންބަރު އަދި އީ.މެއިލްތަކުން ފޮނުވާ އެއްވެސް އެއްޗެއް ބަލައި ނުގަންނާށެވެ.

އީ.މެއިލް : [email protected]
ފޯން ނަންބަރު: 7997991
ކާމިޔާބު ލިޔުންތެރިންތަކެއް އުފެއްދުމަށް “އެސްފިޔަ ޓީމް” އަށް އެހީތެރި ވެދެއްވާށެވެ.
ކުރިމަގުގައި ދިމާވާ ކަމަކާއި ގުޅިގެން، “އެސްފިޔަ”ގެ ހަމަތަކަށް އިޞްލާހާއި ތަރައްޤީ އައުމަކީ އެކަށީގެންވާ ކަމެކެވެ.
10 މާރިޗް 2017

Comments (22)

  1. poohbear

    esfiyain mihaarakah ais vaahakathah upload vun las vumaai gulhigen alhugandu varah hithaama kurameve.ehen kamun vaahaka upload vaane avas gotheh hadhaa dhehvaifinama alhugandu varah shukuruveri vaanameve.

  2. Dhana nudhana

    Aaanekey Aaanekey alhugandu thi vaahaka ah thaaeedhu kurameve.

  3. aharen ge hiyaal

    Esfiya site kuri ah gendhiumah masahkaiy kuraa beyfulhunnah kohmes inaayatheh dinun edhemeve.. misaalakah vaki varakah vaahaka liyefa thibey kudhinnah.. nuny esfiyain fehna gothakah.. aslu vaahaka liyaa kudhinge sababun esfiya site ah varah faidhaa libeynekan yagyneve.. shukuriyyaa..

  4. Akkyy

    Mihaaruves vadhevey gothah ithuru kameh nukoh esfiya ah vadheveyne thw hama. Admin

    1. Admin
      Akkyy

      yes. nothing has changed on that part 🙂

  5. iffa

    ESfiya ga vaahaka liyaa besfulhun liyamun dhaa vaahaka nunimma ehen vaahaka e fahttumaky thiya faraathun balan jeheakame.. Vaahaka ninmuma fahu noony ehen vaahaka e nuliyeveane gotha gavaaidhe inna nama kudako ragalhu vees kan yageen.. Sababaky Alhugadu kiyaa gina vaakhaka tha fahttaafa nunimma huttaalaafa vaathy..Adhi nuliyeveny keevve kan ves angaalaanama ragalhuvees.. V dheravea migotha kantha vamun dhaathy liyun therin ge faraathun..

  6. ?

    Gadha Admin

  7. R...a

    Ma ves thikamah thaa eedhu…

  8. Shif

    Liyan fashaa vahaka nimeyne gothah liyuntherinah usooleh othun rangalhu, kiyun thering esfiya dheke foohi nuvaa gothah

  9. Ryn

    Thanks admin. ☺ and I truly appreciate and agree with u. Actually a lot of readers and writers needed this, including me. So thank you. Will try my best as a reader and writer to agree nd go on with each and every thing u just told. Thank you. ??❤

  10. Manje is Back

    Adminoo .. Kalo magolaa mi liyun dhigukamun ehkosheh nukiyan .. ehbbai kiyuny .. ??? Admin teamah hama saabahaa ahsaribaheve .. admin ah gina dharin dhehvaa dharin ge faraathun balaa nujahsavaandhey . . Aameen ???

    1. ?shue?
      Manje is Back

      Lol ??

  11. tech...

    Where is my comment admn..

  12. Anonymous

    Aslu meehunge massakkaiy copy kurun ee esfiyaga enme bodu issue akee…ekan huttuveynethi suvaalakee…mihaaruves saandy e liya huvafenge kureekolhu alhaa kiyaabala eeram aa…kithan baitho evaahaka hurigothah copykohfa huree…dhen yashaf naanaane dho massala hushahalhaakah…kiyuntherin massala hushahelhiyas admin balaigannan jeheyne kamah gaboolukuranee…ehen noonee mi rules akee beykaaru echcheh

  13. tech...

    Ok… Let it go?

  14. imagination

    in sha allah lhugandu thihurihaa kamakah follow kuraanan..ekm please alhuganduge vaahaka liyefa review ah dhinyma thankolheh avahah publish kohlla dhyba

  15. xeybooo

    🙂

  16. xeyboooo

    🙂

  17. Apherna c

    Ba eh writers ge vaahaka liyumuge fenvaru v dhah… aneh bai writers hama ok.. writers gothuga liyuntheri kamuge gavaaidhu thah ngey bayaku vaahaka liyumah furusathu dheyn feney..

  18. sonaalee

    Mi site liyamun dhaa vaahaka vanhanaa…mihaaru huttaalevvee keeve gen kan egilavvaatho..aee massala akee nikan foareega fashaane..kuriah gendhaakah nukereyne..egothah hadhanyaa furusathu nudheeba..konmeves harudhanaa usooluthakeh gengulhun v muhinmu..

  19. Zaain

    gud kyp it up….

  20. Sharu Sharu

    Varah ragalhu. Namaves esfiya ga liyan fashaa vaahaka thah nunimi vaanuvaa nayge. Mihithuge fasaana ah veegohves nayge keehvegen. Alhugakee varah vaahaka kiyaa hiiyyvaa meeheh. Varh dheravey vaahaka thah nuninnmaa vaanuvaa naygumun. Vaahaka uplod vaaleh las kamun baeh faharu rulhives aadhevay . Ummeedhu kuran ragalhuvaane kamah?

Comments are closed.