ޔައިނާ އުފުއްލާލައިގެން އުޅުމުގެ ސަބަބުން އޭނާގެ އަނގައިންނާއި ބޮލުން ފޭބި ލޭތަށް ޔާއިންގެ ޓީޝާޓުގެ އިތުރުން އަތުގައިވެސް ހުއްޓެވެ. ގޮނޑީގައި ގައި އިށީނދެ އިން އިރު އޭނާ ދެއަތަށް ބަލަމުން ދިޔައީ ގަބުއަރާފައި އިނދެއެވެ. ޔައިނާއަށް އަނިޔާވިތަން އޭނާއަށް ސިފަވަމުންދިޔައެވެ. އެވަގުތު ދުވެފައި ކަހަލަ ގޮތަކަށް މާޒިންއާއި ސުމާ އައީ އެހަބަރު އެމީހުންނަށް ހޮސްޕިޓަލުގެ މުވައްޒަފެއްގެ ފަރާތުން ލިބުމުންނެވެ. ސުމާ އާއި މާޒިން އައިސް ޔާއިންގެ ދެފަރާތުގައި އިށީނދެ ޔާއިންއަށް ގޮވަމުން ދިޔައިރު އޭނާ އިނީ ހަރަކާތްވެސް […]
ޖެހިގެން އައި ދުވަހު ޝަރީފާއަށް ޝައްކެއްވެސް ނުވާނެހެން ސާރާ ފުރުމުގެ ކަންތައް ރިޒްނާ ހަމަޖެއްސިއެވެ. ޝަރީފާ މެންދުރުފަހު ދޭއްގެ ޚަބަރު ބަލަން އިންދާ ސާރާ ކޮޓަރިން ނުކުތެވެ. ސާރާ ހިފައިގެން ހުރި ފޮށި ފެނިފައި ޝަރީފާއަށް ކޮޅަށް ތެދުވެވުނެވެ. “ދައްތާ! އަހަރެން ދަނީ. ހިތްހެޔޮކުރާތި!” ސާރާ އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން ބުނެލިއެވެ. އޭނާ އެގެއިން ދާކަށް ބޭނުމެއް ނޫނެވެ. މިއަދު އޭނާ އެގެއިން އެދަނީ އިތުރު ގޮތެއް ނެތުމުންނެވެ. އަމިއްލަ ފުރާނައަށްވުރެވެސް ލޯބިވާ ހުޒާމްގެ […]
އަކްރަމް އެނދުމަތީ އިށީދެލަމުން ދެއަތުން މޫނުމަތީ ހުރި ދާތިކިތައް ފޮހެލިއެވެ. އަދި އަވަސް އަވަހަށް ބޭރަށް ނިކުމެ އަޑުއިވޭ ހިސާބުގަ މީހަކު ހުރިތޯ ދެކޮޅު ހޯދާ ބަލާލިއެވެ. މީހަކު ފެންނަށް ނެތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލިއެވެ. މުޅިރޭހެން ޔާނިޝް ހޭދަކުރީ ގެއިންބޭރުގައެވެ. އެބައްޕަގެ މޫނުވެސް ދެކެންބޭނުން ނުވާކަހަލައެވެ. “އައްސަލާމް އަލައިކުމް………” އަމަރް ސަލާމްގޮވާލީ ސިޓިންރޫމްގަ ތިބި ޔާނިޝްއާއި އަޔާން ފެނުމުންނެވެ. “އަހަނ އަމަރް……… ކޮންއިރަކު ރަށަށް އައީ………… އާދޭ އިށީނަން” “އިއްޔެއައީ…….. މިއަދު މީޝާ ޓޭސްޓްގެ ރިޒަލްޓް […]
ދުވަސްތައް ފާއިތުވަމުން ދިޔައީ ނިކަން އަވަހަށެވެ. ކުރިން ހުޒާމް ކުރަމުންދިޔަ ހިތާމަ ކުރާތަނެއް މިހާރަކު ނުފެނެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެއްގެ އަސަރުތަކެވެ. ނަމަވެސް ބަދަލުނުވީ ކުއްލި ކުއްލިއަކަށް އެއަންނަ ސިނގުރުޅިއެވެ. ކިތަންމެ ކުޑަ ކަމަކާވެސް ރުޅި އައިސްދާނެއެވެ. އަދި އެންމެ ހައިރާންވާންޖެހޭ ކަމަކީ އޭނާ ރުޅިއަންނާނީ ކޮންކަހަލަ ކަމަކާކަން އެކަކަށްވެސް ނޭނގޭކަމެވެ. މީހަކު ނޭވާލާ ގޮތަކުންވެސް ރުޅިއައިސްދާނެއެވެ. މިކަމާ ޝަރީފާ ހުންނަނީ ކަންބޮޑުވެފައެވެ. ހަފްތާއެއް ފަހުން ހުޒާމްއާއި ރިޒްނާ ސިންގަޕޫރަށް ފުރީ ރިޒްނާގެ […]
“އަހަރެން ދެކުނީމޭ ޝުބާ އަތިރިމައްޗާ ދިމާލުން އައިސް ގޭގެ ފުރާޅަށް އަރާތަން..” ރޫޝިން އެހެން ބުނެލުމުން ސިހިފައި އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އޭނާއަށް އެއީ އަހަރެން ކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހުރީވެސް މޫނު ނިވާކޮށްގެން ވިއްޔާއެވެ. ހަދާނެގޮތް ހުސްވެފައި އަހަރެން ރޫޝިންއާ ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ. “ބުނޭ.. ކޮންތާކުން ތިއައީ؟ އެވެސް މިއޮއް ދަންވަރު ގަޑީގަ.. އަނެއްކާ.. ތީ..ތީ ވަގެއްތަ؟ ތަނަކުން ވައްކަންކޮށްގެންތަ ތިއައީ؟” ހިނދެއް ހިނދަކަށް ރޫޝިންގެ އަޑު ބާރުވަމުން […]
ޔާއިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ރުޅިއާދެވުނީ އެ ޕާޓޭ މީހާއަށްވުރެ ބޮޑަށް ޔައިނާ ދެކެއެވެ. ނަމަވެސް ކުރިމަތީ ޔާއިލް އިންގޮތް ފެނި އޭނާ ފުންނޭވައަކާއި އެކު ރުޅި މަތަކުރިއެވެ. “އެހެންތަ.. އެހެންވިއްޔާ ދޮންބެ ތިކަން ބަލާނަން އިނގޭ.. ދޮންތި އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ދޮންބެ ކައިރި ބުނައްޗޭ.. އެންޑް ޔެސް ދޮންބެއަށް އެއްވެސް އެއްޗެއް ނުފޮރުވާތި އިނގޭ..” ޔާއިން ޔާއިލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޔާއިލް ހަމަޖެހެވުނީ ދެނެވެ. ހިތުގައިވާ އުދާސްތަށް ފިލިއެވެ. އަދި ޔާއިން އެކަން […]
“މިހާ އަވަހަށް ހުވަފެން ބަލަން ފެށީތަ؟ އަދި އެވެސް ދުވާލު ގަޑީގަ.” ހުޒާމް އެހެން ބުނެލުމުން ވަގުތުން ރިޒްނާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ޚިޔާލީ ވާފަށް މި އެއްލުނީ މާދުރަށެވެ. އަދި މިއުޅެވެނީ ހުޒާމް ގާތު އެވާހަކަ ނުވެސް ދެއްކިގެންނޭ ރިޒްނާގެ ހިތަށްއެރިއެވެ. ނަމަވެސް ހުޒާމްގެ ގާތުގައި އެވާހަކަ ދައްކާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އެވާހަކަ ބުނުމުން ހުޒާމް ކަންތައް ކުރާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އެންމެފަހުން އޭނާ […]
“ރިޒޫ! އޭނަ ކައިރިން ވަރިވޭ! އަނިޔާކުރާ ފިރިއަކާއެކު އުޅުމަކީ ރައްކާތެރިކަމެއް ނޫން. އަދި އެއީ ދީނީ ގޮތުން ހުއްދަކަމެއްވެސް ނޫން.” ހުޒާމް އެހެން ބުނެލުމުން ރިޒްނާ ހުޒާމްއާ ދުރުވެލަމުން ހުޒާމްއަށް ބަލާލިއެވެ. “އަހަރެންވެސް ބޭނުން. އެކަމަކު އޭނަ ކައިރިން ވަރިއެއް ނުވެވޭނެ.” ރިޒްނާ އެކަމަށް ކިތަންމެ އެދުނަސް އޭނާގެ އަޑުން އެކަމުގައި އޭނާގެ އެއްވެސް އުއްމީދެއް ނެތްކަން އެނގެއެވެ. “އެކީއްވެ؟” ހުޒާމް ބޭނުންވީ އެކަމުގައި ރިޒްނާގެ ވިސްނުން ހުރިގޮތެއް ބަލާށެވެ. “އޭނަ އަހަރެން ވަރިއެއް ނުކުރާނެ.” ރިޒްނާ […]
ވެއްޓިފައިވާ އެ ކާކުކަން ނޭނގޭ މީހާގެ މޫނު މަތިން ވެސް އޭރު ފާޅުވަމުން ދިޔައީ ހައިރާން ކަމާއި ބިރުވެރި ކަމެވެ. އޭނަގެ ނޭފަތާއި ތުންފަތް ވަނީ ފަޅައިގެން ގޮސްފައެވެ. އޭރު ހޯސްލައިފާ ލޭތަށް އޭނަގެ ނޭފަތުންނާއި އަނގަ އިން އަންނަމުން ދެޔެވެ. އެވަރުން ވެސް އަހަރެންގެ ހިތް ހަމަ އެއްނުޖެހުނެވެ. އަހަރެންގެ ބޯމަށްޗައް ދަމާލައިފާ ހުރި ގޮނޑި އަތަށް ބާރުލައި އެ ނުދަންނަ މީހާގެ މޫނާ ދިމާޔަށް ތިރި ކޮށްލީމެވެ. އެމީހަގެ ބޯ މަށްޗައް ގޮނޑި ތިރިވީ […]