Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން (11)

Ryn
March 7, 2017
9 Mins Read
91 Views
32 Comments

ދެމީހުންގެ ހިތުގައިވެސް ވަނީ ޝަކުވާއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެއަށް ދަންނަވަމުން ދިޔައީ ކެތްތެރިކަމަށެވެ.

ސުމާ އާއި މާޒިން ސިޓިންގް ރޫމްގައި ވާހަކަދައްކަން ތިއްބެވެ. މާޒިން ވިސްނަމުން ދިޔައީ ސުމާ ކައިރި އެވާހަކަ ބުނާށެވެ. އެހެނީ މިހާރު އޭނާއަށްވެސް އެ ދެއްކީ ޔައިނާގެ އެކުވެރިއެއްގެ ވާހަކަކަން ޔަޤީންވީމައެވެ. ސުމާވެސް ހިތުލައިގެން ހުރީ މާޒިން ކައިރި އެވާހަކަ ބުނާށެވެ.

“ސުމް… އިނގޭތަ އަސްލު ޔަނާ އެހާ މޫޑީވެފައި ހުރި ސަބަބު؟ އަސްލު އަހަރެން މާ ބޮޑުކަމެއް ނޫނޭ ބުންޏަސް އަހަރެންނަށް ވީ ބޮޑު ކަމަކަށް އެކަމް މިހާރު ޔަޤީންވެއްޖެ އެއީ އަހަރެން ހީކުރިކަހަލަ ކަމެއް ނޫންކަން…” މާޒިން ފެށިއެވެ. ސުމާ ކަނުލާ އަޑުއަހަން އިނެވެ. އެވާހަކައަށް ފަހު ޔާއިންގެ ވާހަކަ ދައްކަން އޭނާ ވިސްނަންފެށިއެވެ.

“އޭނާ ބުނީ އެކުވެރިއެކޭ ކިޔާފަ، އެވަގުތު އަހަރެންނަށް ހީވި އެކުވެރިއެކޭ ކިޔާފަވެސް ދައްކާނީ ޔަނާ އަމިއްލަ ވާހަކަކަމަށް، ދެން މިހާރު ކުދިން ޔޫސް ކުރާ ޓްރިކްއެއްވިއްޔަ އެއީ، އޭނާ ބުނި އެއްޗަކުން އަހަރެން ހަމަ ހައިރާންވި.. އޭނާ ބުނީ އޭނާގެ އެ އެކުވެރިޔާ ލޯބިވިއްޔޯ އޭނާ ދޮންބެދެކެ..” މާޒިން އެހެން ބުނެލުމާއި އެކު ސުމާ ދެލޯ ބޮޑުކޮށްލެވުނެވެ. އަނގައިން ބަހެއް ނުވަތަ ކުރާނެ ހަރަކާތެއްވެސް އޭނާއަކަށް ނޭނގުނެވެ. ސުމާ ތެޅިގަތުމުން މާޒިން ހީކުރީ އޭނާވެސް އެކަން ސީރިއަސްކޮށް ނެގީކަމަށެވެ. އޭނާއަށް ނޭނގެނީ ސުމާ ހަޤީޤަތަށް ޝޮކް ވީސަބަބެވެ. “ނޫނޭ ހާސްނުވޭ، އެކަހަލަ ކަމެއް ނެތް… އައި މީން އަހަރެން ޔަނާގެ ހަރަކާތްތަށް މިދުވަސްކޮޅު ވަރަށް ރަނގަޅަށް ބަލައިފިން، އެކަހަލަ ކަމެއް ނެތް.. ޔަނާ އެހާ މޮޔައެއްނުވާނެއެންނު.. އަހަރެންނަށް އިނގޭ ޔާން އާއި ޔަނާ އަކީ އަސްލު ލެއިން ގުޅިފައި ނެތް ދެ ބޭބެއާއި ކޮއްކޮ ކަން.. މެރީވެސް ކުރެވޭނެކަން.. އެކަމް މިވާހަކަ އިތުރު މީހަކަށް ނޭނގެއެއްނު؟ ޔަނާއަށްވެސް ޔާންއަށް ވެސް ނޭނގެއެއްނު އެހެންވީމަ ޔަނާ އެކަހަލަ ގޮތަކަށް ނުވެސް ވިސްނާނެއެއްނު، ހަޤީޤީ ދޮންބެއަށް ނުވިޔަސް އޭނާއަށް އިނގޭނީ އޭނާ އަކީ ހަމަ ދޮންބެކަމަކަށެއްނު…. އެހެންވެ އެހާ ހަމަޖެހެވުނީ…..” މާޒިން ހަމަޖެހިލަމުން ބުންޏެވެ. ޔައިނާއަށް އަދި ޔާއިންއަށްވެސް އޭނާ ވަރަށް އިތުބާރު ކުރެއެވެ. އަމިއްލަ ބޭބޭ އަށް ނުވިޔަސް އެމީހުން ދެކޭނީ ބޭބެ ކޮއްކޮ ކަމަކަށް ނޫންހެއްޔެވެ؟ އެފަދަ ދަށު ދަރަޖައިގެ އަމަލެއް އޭނާ ނުކުރާނެއެވެ. ސުމާ ފުންވިސްނުމަކަށް ދިޔަވަގުތު މާޒިންއަށް ފޯނެއް އައެވެ. ސުމާ އެ އިންގޮތަށް އިންދާ މާޒިން ވަރަށް އެމަރޖެންސީގައި ހޮސްޕިޓަލަށް ދާން ޖެހިއްޖޭ ކިޔައި ނިކުމެގެން ދިޔައީ ނިކަން އަވަހަށެވެ. އޭނާ ހުރީ ޗުއްޓީގައި ނަމަވެސް މީ ޗުއްޓީގެ ފަހުދުވަހަށް ވެފައި، އޭނާ އަބަދުވެސް އެދިފައި އޮތް ކަމަކީ އޭނާ ޗުއްޓީގައި ހުއްޓަސް އެމަރޖެންސީ ކޭސްއެއްނަމަ އޭނާއަށް ގުޅައިގެން ގެންދިއުމަށެވެ.

ސުމާގެ ބޯ ފަޅައިގެން ދާ ވަރުވެގެން ދެފަރާތުން ބޮލުގައި ހިފެހެއްޓިއެވެ. ޔާއިންވެސް ދެއްކީ ހަމަ އެވާހަކައެވެ. ސުމާވެސް މި ކަންތަށް ކުރީ މާޒިން ކުރިހެންނެވެ. ސުމާ ވިސްނާނީ ކޮން ގޮތަކަށް ކަމެއް އެއްގޮތަކަށްވެސް ނޭނގުނެވެ. ޔާއިންއާއި ވާހަކަދައްކަންވީކަންނޭނގެއެވެ. ނޫނެކެވެ. ވާހަކަ ދައްކަންވީ ޔާއިންއަކާއި ނޫނެވެ. ޔައިނާ އާއިވެސްމެއެވެ. އެދުވަހު އެވާހަކަ ދެމީހުން ހިއްސާކުރިނަމަ މިއަދު މިދުވަހެއް ނުޖެހުނީސްކަންނޭނގެއެވެ. ހަޤީޤަތް ހާމަކުރަންވީ ދުވަސް އައިއޭވެސް ސުމާ ހިތަށް އެރިއެވެ. ނަމަވެސް އޭރުން ޔާއިން އޭނާއަށް ގެއްލިދާނެއެވެ. ޔާއިން ވިސްނާނީ ކިހިނެއްހެއްޔެވެ؟ “ނޫން ނޫން.. އަދި ނޭނގެއެއްނު މި ހީކުރާކަހަލަ ކަމަކީ ތެދެއް ކަމެއް… އެމީހުންނާއި ވާހަކަދައްކަންވީ ކަންނޭނގެ” ސުމާ އެހެން ބުނެފައި ސޯފާއިން ތެދުވެ ޔާއިންގެ ކޮޓަރިއަށް ދިޔައެވެ. ޔާއިން އެއް ނެތެވެ. އޭނާ ފާހަނަވެސް ބެލިއިރު އެތާވެސް ނެތެވެ. ޔާއިން ހަމަގައިމުވެސް ބޭރަކަށް ނުނިކުމެއެވެ. ދެން ވީ ކޮންތާކުބާއެވެ.

ސުމާ ގޮސް ޔައިނާ ކޮޓަރި ބެލިއިރު ޔައިނާއަށްވެސް ނެތެވެ. ހިތުގައި ބިރުވެރިކަން އުފެދި ތަފާތު ހިޔާލުތަށް ވަންނަން ފެށިއެވެ. އެވަގުތު ޓެރެސް ދޮރު ހުޅުވާފައި ހުރުމުން ސުމާ ތުރު ތުރު އަޅާ ހާލު އެދިމާލަށް ގޮސް ސިޑިން އަރާ ފަހު ސިޑިމަތީ  ދޮރުގެ އެއްފަޅިއަށް ވާ ގޮތަށް ހުރެ ބޯ ދިއްކޮށްލިއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ދެފައި ވައްކޮށްގެން ރޯން އިން ޔައިނާއެވެ. ޔައިނާ ރޯ އަޑު މުޅި ތާ ހިފާލާފައި ވާއިރު ދެން އޭނާގެ ލޮލުގައި އަޅައިގަތީ ސުމާ އިން ފަޅީގައި ފާރުގައި ލައްގަނެލައިގެން އިން ޔާއިންއެވެ. ޔައިނާ އަށް ޔާއިން ނުފެންނާނެކަން ޔަޤީނެވެ. އެހެނީ އޭނާ އިނީ އަނދިރިތަންކޮޅެއްގައި ކަމުންނާއި ދޮރާއި ދިމާލަށް އަޔަސް ޔާއިން އޭނާއަކަށް ނުފެންނާނެއެވެ. ޔާއިންގެ ނަޒަރު ހުރީ ޔައިނާއަށެވެ. އެދެލޮލުގައިވެސް ވަނީ ކަރުނައެވެ. ސުމާއަނގަމަތީ އަތް އަޅާލަމުން ރޮވުނެވެ. ދެމީހުންގެ ހިތް ސުމާއަށް ރަނގަޅަށް އިވުނުކަހަލައެވެ. ދެމީހުންނަށް ނީވެނިސް ސުމާއަށް އިވިއްޖެއެވެ. ޔާއިން އެ ދުވަހު ބުނިގޮތުގައި އެ އެކުވެރިއާ ލޯބިވަނީ ކޮއްކޮދެކެއެވެ. ނަމަވެސް ކޮއްކޮއަށް އެކަން ނޭނގޭއިރު އޭނާ މުޅިންވެސް ބަލަނީ ބޭބެއެއްގެ ރޯލް އަދާކުރެވޭތޯއެވެ. އެހެންނަމަވެސް އެ އެކުވެރިޔާ ވަރަށް ރޮއެފައި އެ ހިތް ބަދަލުވާނެނަމައޭ ބުނިކަމަށްވެއެވެ. އޭނާ އެގޮތަށް ނުވިސްނިޔަސް ވިސްނެނީއެވެ. ލޮތްބަކީ ފާޑެއްގެ އެއްޗެކޭ އޭނާ ބުނި ހަނދާންވެސް ސުމާއަށްވިއެވެ.

ދެމީހުންގެ ހިތުގައި ޖަހާ ވިންދަކީ އެކައްޗެއްނަމަވެސް އެދެމީހުން ކެތްތެރިކަމާއި އެކު އެ ތިބެނީ ކީއްވެކަން ސުމާ އަށް އިނގި ހާމަވެއްޖެއެވެ. ލޮތްބަކީ ހާދަ ބޭއިންސަފުވެރި އެއްޗެކެވެ. ނަމަވެސް އޭނާ އޭނާގެ ދެދަރިފުޅުގެ ހިތް އެފަދަ ގޮތަކަށް ހަލާކުވިޔަކަ ނުދޭނެއެވެ. އޭނާ ތެދު އަންގާނެއެވެ. އެ ދެމީހުންނަކީ ލޭގެ ގުޅުމެއް ހުރި ބަޔަކަށް ނުވާއިރު ކައިވެނިވެސް ކުރެވޭނެއެވެ. ސުމާ އެވިސްނުމުގައި ހުއްޓާ ސިހުނީ ވަރަށް ބާރަށް ޔައިނާ ރޮއެގަތް އަޑެވެ. އޭނާ ޓެރެހުގައި ހުރި މާބަލް ޓައިލްސްތަށް މަތީ އަތުން ޖަހާލަމުން ދެފައި ގެނެސް މެއާއި ލާ ބޮނޑިކޮށްލަމުން ބޯ އެޅިއެވެ. “ކީއްވެތަ މިހެން މިވީ؟ ކީއްވެތަ؟ ލޯބި ވީ ކީއްވެތަ؟ އެވެސް….އެވެސް އަމިއްލަ ބޭބެދެކެ…..” ޔައިނާ ބާރަކަށް އެހެން ބުނެލި އަޑު މުޅިތާ ގުގުމައިގަތެވެ. އޭނާގެ އަޑުގައިވަނީ ވޭންދެނިވި އިހްސާސްތަކެކެވެ. އެތަކެއް ދުވަހު ފޮރުވާފައިވާ ކަމުގެ ނިޝާނެވެ.

ސުމާ ޔާއިންއަށް ބަލާލުމާއި އެކު އޭނާއަށް ލިބުނު ސިހުން ފެނި ޔާއިން އެ ހެދީ ތެދުކަން އިނގުނެވެ. އޭނާއަށް ޔައިނާ ލޯބިވާކަމެއް ނޭނގެއެވެ. ޔައިނާ އާއި ދިމާލަށް ޔާއިން ދެލޯ ބޮޑުކޮށްލައިގެން ބަލަން އިންއިރު އެދެލޮލުން ކަރުނަ އާދެއެވެ. ސުމާ އަނގަމަތީ އަތްއަޅާލަމުން ރޯންފެށީ އެދެހިތަށް ވާ ތަދު އިހްސާސްވީމައެވެ. އެ ދެހިތްވެސް ކުށްވެރިކުރާނީ އަމިއްލަ ނަފްސްކަން ޔަޤީނެވެ.

ޔާއިން ޔައިނާއަށް ބަލަންއިނީ ގަބޫލުނުކުރެވިފައެވެ. އޭނާ މިތާ އައިސް އިންތަނާ ޔައިނާ ރޯން ފެށީ ކުއްލިއަކަށެވެ. އޭނާއަށްވެސް ރޮވުނި ޔައިނާ އެހާ ހިތްދަތިކޮން ރޯތަން ފެނިފައެވެ. މެޔާލާ ބޮނޑިކޮށްލަން އެދުނަސް އެކަން އޭނާއަށް ވާ ނުއެއްކުރެވޭނެއެވެ. ދެންމެ އެ ބުނި ބަސްތަށް އޭނާގެ ކަންފަތުގައި ގުގުމައިގަތް ވަގުތު ޔައިނާއާއި ޔާއިންގެ ކޮންމެ ބައްދަލުވުމެއް،  ކޮންމެ ކަމެއް ސިފަވަމުން ދިޔައެވެ. އެއީ އޭނާއަށް ނޭނގޭ ހަޤީޤަތެކެވެ. އަދި ހީވެސްނުކުރާހާ ކަމެކެވެ. އެ ދެހިތް ގޮވަމުން ދިޔައީ އެކައްޗަކަށް ނަމަވެސް ދުނިޔެވީ ހަޤީޤަތެއް އެދެމީހުންނަށްވެސް ފޮރުވައެއް ނުލެވޭނެތާއެވެ.

“ކީއްވެތަ މި ހިތް ދެވުނީ ދުވަހަކުވެސް.. ދުވަހަކުވެސް ނުލިބޭނެ މީހަކަށް؟؟ ކީއްވެތަ؟؟؟ މިއީ ދުނިޔޭގައި ވާނެ އެންމެ ބޮޑު ފާފައިގެ ތެރެއިން ފާފައަކަށް ވާއިރު މިގުޅުމަށް އިތުރު ނަމެއް ދޭން މި ހިތް އެދެނީ ކީއްވެތަ؟ ޔާ ﷲ ކީއްވެތަ މި ހިތަށް ލޯބިވާން ދަސްކޮށްދިނީ؟ ފުރަތަމަ ނަޒަރުންވެސް، ފުރަތަމަ އެ ބެލުމުންވެސް.. ކީއްވެތަ؟؟ އެއީ ބޭބެއޭ… އީމާންތެރިކަން ކުޑަކޮށްވެސް މިހިތުގައި ނެތީމައެއްނު އަމިއްލަ ބޭބެދެކެ ލޯބިވާނީ؟؟ ޔާ ﷲ މި އަޅާއަށް ކޮން ކުށެއްކުރެވިގެންތޯ އެހާ ބޮޑު ފާފައެއް މެދުވެރިވެދާނެ ފަދަ އިހްސާސްތަށް މިހިތުގައި އާލާވީ…. މިއަޅާގެ ކުށަކީ ކޮބާތަ؟؟ އެންމެ ފުރަތަމަ ލޯބި އެ ލަފްޒް ދަސްވީވެސް އެ ބަލައިލުމުން…. އެންމެ ފުރަތަމަ އެ އިހްސާސް އަކީ ކޮބައިކަން އިނގުނީވެސް… 6 އަހަރު… 6 އަހަރު އެމީހެއްގެ ލޯބީގައި ތެޅި ފޮޅޭއިރު މިއީ އަމިއްލަ ލޭ ހިނގާ ބޭބެކަން މިހިތަށް ހަމަ ނޭނގެނީތަ؟؟؟ މިއީތަ މި ދުނިޔޭގައި އެންމެން ކިޔާ ލޮތްބަކީ؟ ލޮތްބަކީ ވަރަށް މާތް އެއްޗެކޭ ބުނާއިރު މީތަ އެ މާތްކަމަކީ.. މީތަ؟” ޔައިނާ ހިތުގައި ވީ ހުރިހާ އުދާހެއް ނެރެމުން ދިޔައިރު އޭނާއަށް ފަހަތުގައި ޔާއިން އަދި ސުމާ ހުރިކަމެއްވެސް ނޭނގެއެވެ. އޭނާ ރޮއެ ރޮއެފައި އެ ވާހަކަދެއްކީ އެ ފޮރުވައިގެން އިތުރަށް ނީނދެވޭތީއެވެ. ޔާއިން އިރު އިރުކޮޅާ އޭނާ ގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ދެއަތުން ފޮހެމުންދިޔައެވެ.

ކޮންމެ ލަފްޒަކާއި އެކު ޔާއިންގެ ހިތް ކަތިލަމުން ދިޔައިރު ސިޑިމަތީ ފިލާ ހުރި ސުމާގެ ހާލަކީވެސް އެއީއެވެ. އޭނާ ސިޑިން ފައިބާއިރު ހިފަހައްޓާ ލަކުޑިއެއްހެން އިން ތަނެއްގައި ލައްގަނެލަމުން އިށީނެވެ. އަނގަމަތިން އަތް ނުނަގަ ރޯން އިނީ އޭނާ އިންކަން އެމީހުންނަށް ނާންގާށެވެ. އޭނާ އިންތަނުން ޔައިނާވެސް އަދި ޔާއިންވެސް ފެނެއެވެ. އެތަކެއް އަހަރު ފަހުން ފުރަތަމަ ފަހަރަށް ޔާއިން އެހާ ހިތްދަތިކޮށް ރޯތަން ފެނި އެ ހިތަށް ކެތެއްނުވިއެވެ. ޔާއިންއަކީ ފިރިހެނަކަށް ވާއިރު އެވަރަށް މީހަކު ރޯނީ ކިހާ ވަރަކަށް ހިފަހައްޓާލައިގެން ހުރެވުނީބާއޭ އޭނާ ހިތަށް އެރިއެވެ.

ޔައިނާ ޔާއިން އާއި މެދު އެންމެ ފުރަތަމަ އެކަހަލަ ނަޒަރަކުން ދެކުނީ 6 އަހަރު ކުރިންނެވެ. އެއީ އޭނާއަށް 14 އަހަރުގައެވެ. ސުމާ އަށް ސިފަވީ ސުމާ އާއި މާޒިންގެ ހަޔާތެވެ. އެ އުމުރުގައި މާޒިން ދެކެ ލޯބި ވެވުނު ގޮތާއި މާޒިން ނުލިބި އޭނާއާއި ވަކިވިގޮތެވެ. އޭނާ ރުއި ރުއިމެވެ. ޔައިނާ އަކީ ހިތްވަރުގަދަ ކުއްޖެއްކަމާއި މެދު ޝައްކެއް ނެތެވެ. ޔައިނާ މި ހުރިހާ އަހަރު އެހުރިހާ ކަމެއް ފޮރުވާލައިގެން އެ ހުރީ ކިހާ ކުޅަދާނަވީމަހެއްޔެވެ؟ ކިހާ ހިތްވަރު ހުރީމަހެއްޔެވެ؟ ނަމަވެސް އެ 6 އަހަރު އެ އިންތިޒާރު އެކުރިވެސް ކާކަށް ހެއްޔެވެ؟ ދުނިޔޭގެ އެންމެންވެސް ދެކޭ އޭނާގެ ދޮންބެއާއެވެ.

ޔައިނާ ދެފަހަރު ތަށިމުށިމަތީ ޖެހިއަޑު އިވުނެވެ. ދެން އިވުނީ އޭނާ ހަޅޭލަވައިގަތް އަޑެވެ. ދެން އިވުނީ އޭނާ ރޮއެގަތް އަޑެވެ. ކުއްޖަކު މޮޔަވިއްޔާ ޔައިނާ ވާނެކަން ޔަޤީނެވެ. އެވަރަށް އޭނާ ކެތްކޮށްފިތާއެވެ.

ޔާއިންއަށް އިތުރަށް ކެތްކުރާކަށް ނުކެރުނެވެ. ދެލޮލުން ކަރުނަތަށް ފޮހެލުމަށްފަހު އޭނާ ތެދުވެ ޔައިނާއާއި ދިމާލަށް ދިޔައީ އާދައިގެ ގޮތަކަށެވެ. އަނދިރިކަމުން މޫނުމަތި ނުފެންނާނެކަން ޔަޤީނެވެ. ކޮންމެޔަކަސް ކިތަންމެ ލޯބިވިޔަސް ދެމީހުންގެ މެދުގައި އިތުރު ގުޅުމެއް ނުއުފެދޭނެކަން ދެމީހުންވެސް ގަބޫލުކުރަން ޖެހޭނެތާއެވެ. ޔާއިންއަށް ދެންމެ ޔައިނާ ކީ އެއްޗެހި އިނގޭކަމަށް އޭނާ ހަދާކަށް ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ ޔައިނާ އޭނާ މަތިން ހަނދާން ނައްތާލާ އާ ދިރިއުޅުމެއް ފަށަން ހިތްވަރެއް ދޭށެވެ.. މިހާރު ބޭރަށް ކިޔަވަންދާންވެސް ކައިރިވީތާއެވެ.

ޔާއިން ޔައިނާއާއި ދާދި ކައިރި މަޑުކޮށްލުމަށްފަހު ޔައިނާގެ ކޮނޑުގައި އަތް އެޅިއެވެ. ސުމާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނާއަށް ހީވީ ޔާއިން އޭނާ ކައިރި ތެދަށް ބުނަން އުޅެނީހެންނެވެ. ޔައިނާ ސިހިފައި އިސްއުފުލާ ބަލާލިއިރު ޔާއިން ފެނި ބިރުން ރޫރޫ އެރިއެވެ. އަދި އަވަސް އަވަހަށް ލޯ ފޮހެލަމުން ތެދުވިއެވެ. “ކިހިނެއްވީ؟ ކަމެއް ވީތަ؟ އަނެއްކާވެސް ޕާޓޭ މީހަކު….؟؟” ޔާއިން އިނގޭކަމަކަށް ނުހެދުމުން ސުމާގެ ހިތް ރަނގަޅަށްވެސް ރޮއްވާލައިފިއެވެ. އެދެމީހުން ޤުރުބާންވާތަން ބަލާކަށް ސުމާ އަށް ހުންނާކަށް ނުކެރޭނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ތެދު ބުނާނީ ކިހިނެއްހެއްޔެވެ؟ ސުމާގެ ބޯ ރަނގަޅަށްވެސް ފަޅައިގެން ގޮއްސިއެވެ. ނަމަވެސް މިވަގުތު ޔަޤީނުންވެސް އެންމެ ސަކަރާތްވެފައި ހުންނާނީ ޔާއިން ކަންނޭނގެއެވެ.

ޔައިނާ ޔާއިންއަށް ބަލަންހުރިގޮތުން ޔާއިން ހިންދިރުވާލިއެވެ. އެދެމީހުންގެ ހިތް ދުވަހަކުވެސް އެކައްޗަކަށްނުވާނެއެވެ. “ނޫން.. ކަމެއް ނުވޭ… އެންމެން މަތިން މިސްވާނެތީވެ، ވަރަށް މަދު ދުވަސްކޮޅެއް އިނީ އެއަށްފަހު ޖެހޭނެ ފުރަން.. އެހެންވެ…” ޔައިނާ ދެލޯ ފޮހެލަމުން އެހެން ބުނެލީ ހީލާފައެވެ. އޭނާ ބިރުގަތީ ޔާއިންއަށް އެއްޗެއް އިވުނުކަމަށެވެ. ނަމަވެސް އޭނާ ހަމެޖެހިފައި ހުރިކަހަލަ ގޮތަކަށް އެހެން އެހެމުން ނޭނގޭކަމަށް ޔަޤީންވިއެވެ. ނަމަވެސް އެ މޫނު ޔައިނާއަށް ސާފްކޮށްފެނުނު ނަމަ ހުރިހާ ސިއްރެއް ބޭޒާރުވީހެވެ.

އެ ޖަވާބުން ސުމާ އާއި ޔާއިން ގެ ހިތަށް ތަދުވިއެވެ. ކީއްވެހެއްޔެވެ؟ މިފަދަ އިމްތިހާނު އެ ދެއްވަނީ ކިއްވެހެއްޔެވެ؟ ހިތުގައި ވާ އެއްޗަކީ ދުލުން ބުނާ އެއްޗެހި ތަފާތު ވާކަހަލަ ހާލަތްތަށް އަންނަނީ ކީއްވެހެއްޔެވެ؟ އެއީ ހިތަށް އެތަށް ގޮތަކުން އަނިޔާ ދޭ ކަމެކެވެ. “އެހެންތަ، ދޭ ދެން ނިދަން… ލަސް ވެއްޖެއެއްނު..” ޔާއިން ޔައިނާ ފޮނުވާލަން ބޭނުންވެގެން ބުންޏެވެ. ހަމަ މިގަޑީގައި އޭނާ ގައިގާ ބައްދައިގަންނަން ހިތް އެދުނަސް އޭނާ ވަނީ މަޖުބޫރުވެފައެވެ. ދުވަސްކޮޅެއް ފަހުން ޔައިނާ ދިޔައީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަންނޭނގެއެވެ.

ޔައިނާ ޔާއިންއަށް ބަލަހައްޓައިގެން ހުރުމަށްފަހު ބޯ ޖަހާލައިފައި ދާން ހިނގައިގަތެވެ. ސުމާ އެތަނުން ފައިބައިގެން  ގޮސް ސިޑިއާއި ނިވައިވިއެވެ. ޔައިނާ ރޮމުން ރޮމުން ކޮޓަރިއަށް ދިޔައިރު ޔާއިން ނައުމުން ސުމާ މައްޗަށް އަރާ ބަލާލިއިރު އޭނާ ހުރީ ރެއިލިންގައި އަތް އަޅުވާލައިގެންނެވެ. ޖެހި ޖެހީނުން ރެއިލިންގައި ގޮށްމުށުން ޖަހާ މުޅި ތަން ގުޑުވާލީ އޭނާ އައި ރުޅިންނެވެ. ތަޤުދީރު އޭނާ އާއި ކުޅުނު ކުޅިވަރުގެ ސަބަބުންނެވެ. އޭނާއަށްވުރެ ބޮޑަށް ޔައިނާއާއި މެދު ވިސްނިއެވެ. ޔައިނާ ހިތް ހަލާކުވާ ގޮތަށް ކަންވީ ކީއްވެހެއްޔެވެ؟

“ކީއްވެތަ؟ ޔައިނާ އަށް މިހާ ބޮޑު އަދަބެއް ލިބެން ޖެހުނީ.. ކީއްވެތަ؟ ޔައިނާއަށް އިނގޭކަށް ނުޖެހޭނެ މިހިތުގައި އޭނާއަށް ޖާގައެއް އޮތްކަމެއް، ނުވެސް އިނގޭނެ….އެކަމް…. ޔައިނާ!! ޔާ ﷲ ކޮންފަދަ އިމްތިހާނެއް.. ޔައިނާއަށް ނޭނގުނަސް ޔައިނާ އެކޭ އެއްވަރަށް މިހިތް މި ގޮތަށް ޔައިނާއަށްޓަކައި ތެޅޭތާ 6 އަހަރު ވަނީ… ޔައިނާ ބުނިފަދައިން މިއީތަ މި ބުނާ މާތް ލޮތްބަކީ… މާތްވެގެން ގޮސް މިފަދަ ގުޅުމެއްގެ ތެރެއަށް މިވަނީ….. އޭނާވެސް އަހަރެން ފަދައިން އަމިއްލަ ނަޒަރުން ދަށުދަރަޖައަކަށް ވާނީ ވެއްޓިފައި.. އެކަމް އެއި އަހަރެން ބޭނުންވާ ގޮތެއް ނޫން… އެއީ އަހަރެންގެ ކޮއްކޮ، އެންމެ ލޯބިވާ އަންހެން ކުއްޖާ، އޭނާއަށް މި ލޮތްބާއިނުލާ އުޅެން ދަސްކޮށްދިނުމަކީ އަހަރެންގެ ޒިންމާއެއް..އެކަމް ހައިރާންވަނީ މިގުޅުމަކީ ކޮން ގުޅުމެއްކަން އިނގޭއިރުވެސް މި ދޭތެރޭ އެ އިހްސާސްތަށް އުފެދުނީމަ… ކީއްވެތަ..” ޔާއިން ގެ އަޑު ކުރެހިގެން ދިޔައެވެ. ހަމައެވަގުތު ގޮސް ޔާއިންގެ ގައިގާ ސުމާ ބައްދާލާފައި ތެދު ބުނަން ބޭނުންވިއެވެ. ނަމަވެސް އޭނާ އަށް ވަގުތު ބޭނުންވެއެވެ. ވިސްނަން ވަގުތު ބޭނުންވެއެވެ.

އިތުރަށް ކޮށްޅަންހުންނަންވެސް ސުމާއަށް އުނދަގޫވިއެވެ. އޭނާ މަޑުމަޑުން ސިޑީން ފައިބާފައި ކޮޓަރިއާއި ދިމާލަށް ގޮސް ފާހަނައަށް ވަނެވެ. ހަމައެވަގުތު އަޑުން އަޑުނަގާ ރޮއެގަނެވުނެވެ. ހުރިތަނަށް ތިރިވެ މޫނުމަތީ އަތް އަޅާލެވުނެވެ. އެދެމީހުން އެ ކުރިމަތި ލާ އިމްތިހާނަކީ ކިތަންމެހާވެސް އުނދަގޫއެއްޗެކެވެ. ޔައިނާ އަށް ވާނެ ވަރާއި ޔާއިންގެ އިހްސާސްތަށް ސުމާއަށް އިނގިގެންދިޔައެވެ. އެ ހަޤީޤަތް އެމީހުންނަށް އަންގާ ދެމީހުން ގުޅުވަންވީއެވެ. ޔަޤީނުންވެސް ޔާއިން އުފާވާނެއެވެ. އަދި ސުމާ މެންނަށް އެ ހަޤީޤަތް ފޮރުވަން މެދުވެރިވި ގޮތް ވެސް ގަބޫލުކުރާނެއެވެ.

ސުމާ ގެ ރުއިން ކޮންޓްރޯލްވީ އެތަށް އިރެއްފަހުންނެވެ. އޭނާ މޫނު ދޮވެލުމަށްފަހު ނިދަން ތައްޔާރުވިއެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ ދެދަރިފުޅުގެ ހާލު ބަލާލަން އޭނާ ބޭނުންވިއެވެ. ކޮޓަރިން ނިކުމެ ސުމާ އެންމެ ފުރަތަމަ ބަލައިލީ ޔާއިންގެ ކޮޓަރިއެވެ. ޔާއިން އެނދުމަތީ ފުން ވިސްނުމެއްގައި އޮތެވެ. “ދަރިފުޅާ!! ނުނިދަންތަ؟” ސުމާ އަޑަށް ކުޑަކޮށް ބާރުލަމުން ބުނެލީ ރުއިމުގެ ސަބަބުން އޭނާ އަޑު ކުރެހިފައި ހުރުމުންނެވެ. ޔާއިން ސިހިފައި ތެދުވިއެވެ. “މިއުޅެނީ ނިދަން….” ޔާއިން ގެ އަޑު މަޑެވެ. “އެހެންތަ، އަވަހަށް ނިދާލާ…” ސުމާ ޔާއިންގެ ބޮލުގައި ފިރުމާލަމުން ނިތުގައި ބޮސްދިނެވެ. އަދި އެތަނުން ނިކުމެ ޔައިނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

މަޑު މަޑުން ދޮރު ހުޅުވިއިރު ޔައިނާ އިނީ ތަޅުންގަނޑުމަތީ ފާރުގައި ލައްގަނެލައިގެންނެވެ. އޭނާ އަދިވެސް ރޮނީކަން ޔަޤީނެވެ. ދެފައި ކައިރިކޮށްލައިގެން ކަކޫ މަތީ އަތް އަޅުވާލައިގެން އިން އިރު އޭނާގެ ބޯ ހުރީ ހޭވިފައެވެ. ސުމާ ހިތާއި ވީ ދިމާލުގައި އަތް އަޅާލަމުން ދޮރު ލެއްޕިއެވެ. އަދި ޓަކި ޖަހާލީ ޔައިނާ އެގޮތަށް ރޯތަން ދެކެން އޭނާ ބޭނުންނުވާތީއެވެ. އެވަގުތު ޔާއިން އޭނާ ގެ ކޮޓަރިން ނިކުތްތަން ފެނި ސުމާ އޭނާއަށް ގޮވިއެވެ. ޔާއިން ހަމަޖެހިލާފައި އައިސް ސުމާ ކައިރި މަޑުކޮށްލިއިރު ހުރީ ސުވާލުމާކެއްގެ ތެރޭގައެވެ. އޭގެ އިރުކޮޅެއްފަހުން ޔައިނާ ދޮރު ހުޅުވިއިރު އޭނާ ހުރީ ރަނގަޅަށް މޫނުދޮވެލައިގެން ބޯވެސް ރީތިކޮށްލާފައެވެ.. “އަދިވެސް ނުނިދާތަ ދަރިފުޅު..” ސުމާ އެހިއެވެ.”ނިދަން މިއުޅެނީ…” ޔައިނާ އެހެން ބުނެފައި ޔާއިންއަށް ބަލައިލިއެވެ. އޭރު ޔާއިންވެސް ހުރީ ޔައިނާއަށް ބަލަހައްޓައިގެންނެވެ. ދެމީހުން ވަގުތުން އިސްޖެހިއެވެ. “މަންމަ މިރޭ އެކަނިވީމަ ނުނިދިގެން މިއުޅެނީ…..” ސުމާ ބުންޏެވެ. ޔާއިން ދާން ހިނގައިގަންނަން އުޅުމުން ސުމާ ހުއްޓުވިއެވެ. “ހިނގާ އެތެރެއަށް މަންމަ މިއަދު ބޭނުމީ ޔަނާ އާއި ޔާން ކައިރި އިނދެލަން….. ޔަނާ ދުވަސްކޮޅަކުން ދާނެ، މިގޮތަށް އަބަދަކު ވަގުތެއް ހޭދައެއްނުކުރެވޭނެއެއްނު ދޯ..” ސުމާ ހިނިތުންވެލާފައި އެހެން ބުންޏެވެ.

ޔައިނާ ދޮރު ބޮޑަށް ހުޅުވާލުމުން ސުމާ އެތެރެއަށް ވަނެވެ. ޔާއިން ނުވަނަން ހުރުމުން ސުމާ އޭނާގެ އަތުގައި ހިފަހައްޓަމުން ވެއްދިއެވެ. ސުމާ އުޅޭގޮތުން އެދެމީހުންނަށް ޝައްކެއްވެސް ނުވިއެވެ. އެހެނީ އޭނާ ބުނިގޮތުން ދެމީހުންވެސް އެކަން ގަބޫލުކުރިފަދައެވެ. ސުމާ އަށް އިނގެނީ އޭނާގެ ދެދަރިން ވެސް މިރޭ ރުއިމުގައި ހޭދަކުރާނެކަމެވެ. އޭނާ ބޭނުންވީ އޭނާ ކައިރި ބައިންދައިގެން ދެމީހުން ނިންދަވާށެވެ. އޭނާއަށް ހަމަޖެހެވޭނީ އޭރުންނެވެ. ދެމީހުންގެ ހިތްހަލާކުވުމުގައި ކުށްވެރިކުރެވޭނީވެސް ހަމަ ސުމާމެންނެވެ.

ސުމާ ގޮސް ޔައިނާގެ އެނދުމަތީ މެދުގައި އިށީނދެ ލައްގަތެވެ. ބޮޑު އެނދެއްކަމުން ތިން މީހުންނަށްވެސް ފަސޭހައިން އޮވެވޭނެއެވެ. ސުމާ ކަނާއަތް ފަޅިއަށް އިޝާރާތްކުރަމުން ޔާއިންއަށް ގޮވާލީ ބާލިސް އެފަޅީގައި ބާއްވާފައެވެ. އަދި ވާތް ފަޅީ ބާލީހެއް ބާއްވަމުން ޔައިނާއަށް ގޮވިއެވެ. ޔާއިންއާއި ޔައިނާ އެކަކު އަނެކަކާއި ދިމާލަށް ބަލާލުމަށްފަހު ގޮސް އޮށޯތީ އެފަދަ އޯގާތެރި އަތަކަށް ބޭނުންވެފައި ވާލެއް ބޮޑުކަމުންނެވެ. ދެމީހުން އޮށޯތުމާއި އެކު ސުމާ ދެމީހުންގެ ބޮލުގައި ފިރުމަމުން ދިޔައެވެ.  އޭނާ ހެޑުބޯޑް މަތީ ލައްގަނެލީ ދެމީހުންވެސް ލޯ މަރާލިތަން ފެނުނީމައެވެ. ސުމާ އެހެން އިނދެގެން އެދެމީހުންގެ ކުޑައިރުގެ ވާހަކަ ހެވިފައި ކިޔައިދެން ފެށިއިރު އެ ދެލޮލުގައިވަނީ ވޭނީ ކަރުނައެވެ. ޔައިނާ ސުމާގެ ގައިގާ ބައްދާލީ ރޮވެން ހުޅޭހެން ހީވާތީއެވެ. ޔާއިންވެސް ސުމާގެ އަތް ނަގާ އެއަތުގައި ހިފަހައްޓާލައިގެން އޮތެވެ. ސުމާގެ ސަބަބުން އެ ދެމީހުންނަށް އަރާމްކޮށް ނިދުނެވެ. ސުމާ އަށް ވެސް ނިދުނީ އެހެން އިށީނދެ އިންދާއެވެ.

…..

މާޒިން އާއިރު ދަންވަރު 2 ޖަހާ ބޮޑުވެއްޖެއެވެ. ސުމާ ނުފެނިގެން އޭނާ ކޮޓަރިތަށް ބަލަނިކޮށް ފެނުނީ ޔައިނާ ގެ ކޮޓަރިތެރޭ އިންދައެވެ. ސުމާ ހެޑްބޯޑުމަތީ ނިދިފައި އޮތް އިރު ޔާއިންއާއި ޔައިނާ އޭނާގެ ދެފަޅީގައި ނިދާފައި ތިއްބެވެ. މާޒިން ހިނިތުންވެލުމަށްފަހު ކޮޓަރި ދޮރު ލައްޕާލާފައި އޭނާގެ ކޮޓަރިއަށް ގޮސް ނިދަން އަރައިފިއެވެ.

ހެނދުނެވެ. ސުމާއަށް ހޭލެވުނީ އެގޮތަށް އޮއްވައެވެ. އޭރު  ޔައިނާއާއި ޔާއިން ފުން ނިންޖެއްގައި ތިއްބެވެ. އޭނާ ވަރަށް މަޑު މަޑުން ތެދުވެ އެތަނުން ދާން ހިނގައިގަތެވެ. އަދި އެމީހުންނަށް ހޭލެވިދާނެތީ ދޮރު ވެސް މަޑުން ލައްޕާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އޭރު މާޒިން ތައްޔާރު ވާން ހުއްޓެވެ. “މިއަދު ދެ ރަންދަރިން ކައިރި ނިދި ދުވަހެއްތަ؟ ފިރިމީހާ މަތިން ހަނދާންވެސް ނުވި ދޯ..” މަޖާ ރާގެއްގައި މާޒިން އެހެން ބުނެލިނަމަވެސް ސުމާއަކަށް މަޖައެއްނުވިއެވެ. ހަމައެކަނި ހިނިތުންވެލީއެވެ. “މާޒިން! އަހަރެންނަށް ހީވަނީ ޔާން ގެ ވާހަކަ ބުނަންވީ ހެން، ޔާން އަކީ އަހަރެމެންގެ ދަރިފުޅު ނޫންކަން… އޭނާއަށް އެ ހަޤީޤަތް އިނގެން ޖެހޭނެއެއްނު…” ސުމާ ބުނެލީ އާދައިގެ ގޮތަކަށެވެ. މާޒިންގެ ނިންމުން ބަލާލުމަށެވެ.

“އުނހު…. އިނގޭ ދެން އެކަން ނުފޮރުވޭނެކަން އަބަދަކަށް، އެކަމް އެވާހަކަ ބުނާނެ ވަގުތެއް އަންނާނެ، އެ ރަނގަޅު ވަގުތުގައި އެވާހަކަ ބުނާނީ، މީ އަދި އެ ވަގުތެއް ނޫން..” މާޒިން ބުނެލިއެވެ. ސުމާ އިތުރު އެއްޗެއް ނުބުނެ ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ. މާޒިންއަށް ނޭނގުނަސް މިހާރު އެ ވާހަކަ އިނގެން ޖެހޭ ވަގުތު ފާއިތުވެގެން ހިނގައްޖެއެވެ. އެވާހަކަ އިނގެން ޖެހޭ ދުވަހަކީ މީގެ 6 އަހަރު ކުރިއެވެ. އޭރު އެވާހަކަ އިނގުނުނަމަ މި ދެހިތް މިވަރަށް ތެޅި ފޮޅޭކަށް ނުޖެހުނީއެވެ. އެދެމީހުންނަށްވެސް އެދެވޭ އަނިޔާގައި މާޒިންއާއި ސުމާގެ އަތެއް ވާކަން ސުމާއަށް ރަނގަޅަށް އިނގެއެވެ.

…

ޔާއިން ދެފަހަރު ތޯ ތަޅުވާލުމަށްފަހު ލޯ ހުޅުވިއެވެ. އެވަގުތު ލޯ ކުރިމަތީ ނިދާފައި އޮތް ޔައިނާ ފެނި ދެލޯ ބޮޑުވިއެވެ. ރޭ ވީ ކަންތަށް ހަނދާންވުމާއި އެކު ސުމާ ކޮބައިތޯ ބަލައިލިއެވެ. ސުމާއެއް ނެތެވެ. ޔާއިން އަނެއްކާވެސް ނިދާފައި އޮތް ޔައިނާއަށް ބަލައިލިއެވެ. އޭނާ ޔައިނާގެ މޫނުމަތީ ފިރުމާލަން ބޭނުންވިއެވެ. އެހާ ބޮޑު ވޭނެއް އެފަކީރަށް ލިބޭތީވެ އޭނާއަށް ހަމްދަރުދީވެވުނެވެ. ކޮންމެ ކަމެއްގައިވެސް ހިކުމަތަކާއި ސަބަބުތަކެއް ވާކަން ޔާއިންއަށް އިނގުނަސް މިގޮތަށް ދެހިތް ހަލާކު ކުރުމުގެ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. ނޭދެވޭ ގުޅުމެއް އުފެދޭ ކަހަލަ އިހްސާސްއެއް އާލާކޮށް ރޮއްވުމުގެ ސަބަބަކީ ކޮބައިބާއެވެ؟ މޮޅަށް ދެނެވޮޑިގެން ވާނީ މާތް ﷲ އެވެ. މިކަމުގައިވެސް ހިކުމަތެއްވާނެއެވެ. ނަމަވެސް ޝަކުވާކުރެވުނެވެ. އަމިއްލަނަފްސަކަށް ނޫނެވެ. ޔައިނާއަށް ޓަކައެވެ. އެ ހިތުގައި އަޅާނެ ވޭން އިނގޭތީއެވެ. ޔާއިން ފުން ނޭވައެއް ލުމަށްފަހު ތެދުވެ ހިނގައިގަތީ އެތަނުން ދާށެވެ.

93
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އެއީ ކީއްވެ 8

Next

އެޕާރޓްމަންޓް 4ބީ…..

Next
March 7, 2017

އެޕާރޓްމަންޓް 4ބީ…..

Previews
March 7, 2017

އެއީ ކީއްވެ 8

32 Comments

  1. Ryn says:
    March 7, 2017 at 6:21 pm

    Salaam.. Hykuran mi part vx hurihaa kudhin ah rythi vaane kamah. And bunelan beynunvany rynge radio drama ge storyvx mi site ah up kuraanamey but after doing a lot of editing cx drama ah ihnaany bodah narration thah madhukhfa ehnu so have to put a lot of details and less dialogues so will need to edit. Anyway tc 😉 ??

  2. sha who says:
    March 7, 2017 at 6:26 pm

    M de first dho..v salhi ingeyy..kyp it up

  3. Niky love story says:
    March 7, 2017 at 6:38 pm

    Nice mi part ves.ronvaa laafi

  4. bodu handi says:
    March 7, 2017 at 6:40 pm

    ryyyyn kobaatha handi thah govaaves nulaa

    1. bodu handi says:
      March 7, 2017 at 6:44 pm

      🙁

  5. Liixxii says:
    March 7, 2017 at 6:40 pm

    Varah reethi mi vaahaka… Hama rovijje mi bai kiyaafa… Waiting for the next part ??

  6. Shaa says:
    March 7, 2017 at 6:46 pm

    V nice story pls avaha up date kodeebala…. Great job…

  7. Girl says:
    March 7, 2017 at 6:46 pm

    Wow…speechless hama..?

  8. shu says:
    March 7, 2017 at 7:01 pm

    Hmmmm varah reethi

  9. Raii handi says:
    March 7, 2017 at 7:04 pm

    ?? Ryynnn
    Mi part kiyaafa hama rovijje
    When is next part

  10. 9195341 says:
    March 7, 2017 at 7:15 pm

    Varah nice mi part vx when is the nxt part waiting waiting

  11. Sha says:
    March 7, 2017 at 7:21 pm

    Thikahala naseebeh Gina mieehunakah nulibeyne enme loabivaa mihaa thimaadheke loabivun eiee konme mieehaku ves dhekeyne huvafeneh

  12. Aisha says:
    March 7, 2017 at 7:23 pm

    Varah reethi mi part ves.. ryn u r too gud ?

  13. sam says:
    March 7, 2017 at 7:32 pm

    Hih rovaaaleyfi sure vvv lovely mi part ves????? please up next part

  14. imagination says:
    March 7, 2017 at 8:00 pm

    wooowww <3

  15. Aish says:
    March 7, 2017 at 8:02 pm

    Reethi ekam maa beykaaru vaahaka gina

  16. Someone says:
    March 7, 2017 at 8:10 pm

    Varah reethi mi part. Kiyaafaves hama rangalhah rovijje! ?? Anyways waiting for the next part! ???

  17. Riff Rif says:
    March 7, 2017 at 8:45 pm

    Dhn avahah sumko kiyaa dhybala aslu…

  18. Shaai says:
    March 7, 2017 at 8:50 pm

    Evves kujjeh bunedhyba maldives ga kaivenyge ran hadhaidhey place eh. Or website ehge name. Plx.

    1. Aanaa says:
      March 8, 2017 at 10:14 pm

      Kaiveneege ran jahaafa fb search kobbala

  19. Naa says:
    March 7, 2017 at 9:18 pm

    Ryn how many episodes have you planned to write in this story?

  20. haw shia shaba shi r says:
    March 7, 2017 at 9:37 pm

    Mashaa Allah haadha reachey mi part ves,keep it up

  21. Purplish says:
    March 7, 2017 at 10:42 pm

    Fb innaane shuhail kiyaa meeheh ran hadhaidhey

  22. eemiyaa says:
    March 7, 2017 at 11:53 pm

    Love this story

  23. Afaa says:
    March 8, 2017 at 12:19 am

    Wow.? ? ??

  24. Ulya says:
    March 8, 2017 at 5:14 am

    ????

  25. ❤mixoo says:
    March 8, 2017 at 9:27 am

    varah salhi..
    waiting for the next part.

  26. Binary1010 says:
    March 9, 2017 at 2:56 am

    Yaina men Dua dhannavaalan iru dhannavaalan goiy kamaku nudhey.. Heevany dhuniye dheke foohive minvarah eemaan nuvaa baeh hen… Ekamah halleh dhevvun edhi dho dua dhannavan jeheyny… Rangalhu kohlaathi…

    1. yashmaa says:
      March 9, 2017 at 12:58 pm

      Yes ahahnanvx ethan vv kamu nudhey.. vaahaka ehga viyas mi dekeveny aharmn hehdevi faraathuge vaahaka.. so b carefull ryn

  27. Ain says:
    March 9, 2017 at 11:32 am

    Haadha las vaahen hyveyey ryn. .
    Next part konirakun tha up kurany.. ?

  28. angel says:
    March 22, 2017 at 11:25 am

    Awesome story

  29. rym says:
    May 3, 2017 at 4:07 am

    v reethi mi part hama ragalhah vx rovijje

Comments are closed.

All Right Reserved!