Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތުގެ އެދުމޭތީ (9 ވަނަބައި)

Maahee Level 110 Stories100 Comments
March 10, 2017 4 Mins Read
18 Comments

މީޝައަށް ހޭލެވުނީ ދޮރުގަ މީހަކު ޓަކިދޭ އަޑަށެވެ. މީޝާ އަވަސް އަވަހަށް ޔާނިޝްގެ ގައިގަ ކޮއްޓަންފެށިއެވެ. އެވަގުތު އެމީހަކު ޔާނިޝްއަށް ގޮވާލިއަޑުއިވުނެވެ. އެއަޑު ޖެހުމާއެކު މީޝާގެ ހަރަކާތްތައް ހުއްޓުނެވެ. ކުރަންވިކަމެއް ނުކުރަންވިކަމެއް ނޭނގުނެވެ.

އާޔާ ތަކުރާރުކޮން ޔާނިޝްއަށް ގޮވާލިއެވެ. މިފަހަރު ޔާނިޝްއަށްވެސް ހޭލެވިއްޖެއެވެ.

“ގުޑް މޯރނިންގް ސުވީޓް ހާރޓް………………”

ޔާނިޝް ދޮރުހުޅުވާލުމުން އާޔާ ބުނެލިއެވެ. އާޔާ އެތެރެއަށްވަދެ ޔާނިޝްގެ ކޮޑަށް އަތްވައްޓާލިއެވެ.

“އާޔާ….. އަހަރެން މިހިރީ އަދި ހޭލައިގެން ފެންވެސް ނުވަރާ……………”

އާޔާގެ އަތް ދުރުކޮއްލަމުން ޔާނިޝް ބުނެލިއެވެ.

“ޔާނިޝް ކޮންމެ ސިފައެއްގަ ހުއްޓަސް އަހަރެން ޔާނިޝްދެކެ ލޯބިވާނަން………”

އާޔާ އަނެއްކާވެސް ޔާނިޝްއާ ކައިރިވާން އުޅުނެވެ. ނަމަވެސް މިފަހަރު ޔާނިޝް ދުރަށް ޖެހިލިއެވެ.

“އަހަރެން އެބަދަން ފެންވަރާލައިގެން………. އާޔާ ދޭ………..”

އާޔާ ދިޔުމުން ފާހާނާގަ ހުރި މީޝާގާތު އާޔާ ދިޔަވާހަކަ ޔާނިޝް ބުނެލިއެވެ.

ގޭގެ އެންމެންތިބީ ހެނދުނުގެ ނާސްތާކުރަން ކާކޮޓަރީގައެވެ. ރަތްކުލައިގެ މާބޮޑިއެއް ހިފައިގެން އައިސްވައިން އަމަރްއަށް އެންމެންގެ ސަމާލުކަން ހުއްޓުނެވެ.

“ހެޕީ ބާރތް ޑޭ މީޝާ……………..”

އަމަރް މީޝާގެ ގާތަށް ހުއްޓި، މާބޮޑި ދިއްކޮއްލަމުން ބުނެލިއެވެ. ޔާނިޝްއަށް ބަލާލަމުން މީޝާ މާބޮޑީގަ ހިފިއެވެ.

“އޭ………… މިއަދު މީޝާ ބަރތް ޑޭ ދޯ……….. ހެޕީ ބާރތް ޑޭ…………”

އަވަސް އަވަހަށް އާޔާ ބުނެލިއެވެ. ގޭގެ އެންމެންހެން މީޝާއަށް ވިޝް ކުރިއެވެ.

“ޔާނިޝް މީޝާއަކަށް ވިޝްއެއް ނުކުރާނަންތަ……………”

ޔާނިޝް ވިޝްނުކޮއް އިނުމުން އަޔާން ސުވާލު ކޮއްލިއެވެ.

“އަހަރެންދޯ………….. އަހަރެން ވިޝް ކުރާނީ ތަންކޮޅެއް ފަހުން…………..”

ވިސްނާލަމުން ޔާނިޝް ބުނެލިއެވެ. ޔާނިޝް އެހެންބުނުމުން ރައުފާއަށް އިތުރަށް ވިސްނާލަން މަޖުބޫރު ކުރުވިއެވެ. މީޝާއާއި ޔާނިޝްގެ ވަނީ ކޮންގުޅުމެއްބާއޭ ރައުފާގެ ހިތަށް އެރިއެވެ. ޔަގީންކޮއްފަނޫނީ އަޔާން ގާތު ބުނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ކުންހީއެއް ކުރެވިދާނެތީއެވެ.

“އަހަރެން ދެންގޮސްލީ…… އަދި މީޝާއަށް ވަރަށް ބޮޑު ޝަޕްރައިޒްއެއް އެބައޮތް ހަވީރު….. އަހަރެން ގުޅީމަ އަންނައްޗޭ…………….”

މީޝާގާތު ސަޕްރައިޒްއެއް އޮތް ވާހަކަ ބުނުމައްފަހު އަމަރް ނިކުމެގެން ދިޔައެވެ. ނަމަވެސް ޔާނިޝް އަމަރްއަށް އެފުރުސަތު ދޭކަށް ބޭނުމެއް ނުވެއެވެ. އެހެންކަމުން ޔާނިޝްވެސް މީޝާއަށް ސަޕްރައިޒްއެއް ތައްޔާރުކުރަން ވިސްނިއެވެ. އަވަސް އަވަހަށް ސައިބޯލައިގެން ޔާނިޝްދިޔައެވެ.

އެންމެން ސައިބޮއެ ނިމުމުން، ތަށިތަށް ނެގުމަށްފަހު މީޝާ ދިޔައީ ކޮޓަރިއަށް ވާހަކަ ފޮތެއް ކިޔާލާށެވެ. އަލަމާރިން ވާހަކަފޮތެއް ނަގަންއުޅުން މީޝާގެ ލޮލުގަ އަޅައިގަތީ ޓުރެސިން ޓޭބަލް މަތީ ބާއްވާލާފައޮތް މާބޮޑިއެވެ. މީޝާގޮސް ރަތްކުލާ މާތަކުން ފުރިފައޮތް މާބޮޑިނަގާ ވަސްބަލާލިއެވެ. އެވަގުތު ފަތްޖަހާލާފައޮތް ހުދުކުލައިގެ ކާޑެއް މާބޮޑިތެރެއަށް ޖަހާފައިންތަން މީޝާއަށް ފެނުނެވެ. އަވަސް އަވަހަށް ކާޑުނަގާ ހުޅުވާލިއެވެ. ރަތްކުލާ މާތަކުގެ މެދުގަ ލިޔެފައިން ލިޔުންކޮޅު މީޝާ ކިޔާލިއެވެ.

“ހޭވް އެ ސުވީޓެސްޓް ބާރތް ޑޭ މައި ސުވީޓް ހާރޓް……. ހެޕީ ބާރތް ޑޭ…….. މީޝާގެ ބާރތް ޑޭގަ އަހަރެންގެ ފަރާތުންދޭ ފުރަތަމަ ގިފްޓު މީ….. އެކަމަކު އަދި ވަރަށް ބައިވަރު ސަޕްރައިޒް އެބަހުރި…. 2 ޖަހާއިރު ޓެރަސްމަތީ އަހަރެން މީޝާއަށް އިންތިޒާރު ކުރާނަން….. ލޯބިވާ ޔާނިޝް……”

ކާޑު ކިޔާނިމުން އިރު މީޝާގެ ތުންފަތް މައްޖަށް ހިނިތުންވުމެއް ވެރިވެފަ ހުއްޓެވެ. ވީއުފަލެއްގެ ބޮޑުކަމުން މާބޮޑީގަ ބައްދާލިއެވެ.

ޔާނިޝްގެ ދެވަނަ ގިފްޓަކީ ކޮބާތޯ ބަލާލުމަށް މީޝާހުރީ ކެއްމަދުވެފައެވެ.

“އަޅޭ……….. ހާދަ ބޯރިން ދުވަހެކޭ…… ޔާނިޝްވެސް ނެތްގެޔަކު……..”

ކޮޓަރިން ނިކުންނަށް ދިޔަ މީޝާ ހުއްޓުނީ އާޔާ އައިސް ކޮޓަރިއަށް ވަނުމުންނެވެ. މީޝާ ނޫންކަމަށް ހަދާލަމުން އާޔާއަށް ހިނިތުންވެލިއެވެ.

“މީޝާ ތިދަނީ ކޮންތާކަށް…………….”

މީޝާ ކޮޓަރިން ނުކުންނަށް އުޅުމުން އާޔާ ސުވާލު ކޮއްލިއެވެ.

“އަހަރެން……. އަހަރެން މިދަނީ ޓެރަސް މައްޗަށް……………”

އެބުރި އާޔާއާ ދިމާލަށް ބަލާލަމުން މީޝާ ބުނެލިއެވެ.

“ހިނގާ………… އަހަރެންވެސް ދާނަން………….”

ބޭރަށް ނުކުންނަށް ހިނގައިގަންނަމުން އާޔާ ބުނެލިއެވެ.

“އާޔާ ކީއްކުރަށް………. އައި މީންސް…….. އަހަރެން މިދަނީ ފޮތެއް ބަލައޭ ……… ވަރަށް އަވަހަށް އަންނާނަން……………..”

މީޝާ މިހެންބުނުމުން އާޔާ އިތުރަށް އެއްޗެކޭ ނުބުނެއެވެ.

ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮއްލަމުން މީޝާ ކޮޓަރިން ނިކުތެވެ. މީޝާ ޓެރަސް މައްޗަށް އެރިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެކި ދިމަދިމާ ހޯދަމުން ދަނިކޮން ސޯފާކައިރީ ބަހައްޓާފަހުރި ކުޑަ މޭޒްމަތީއިން ރަތްކުލައިގެ ބާރްސަލް މީޝާގެ ލޮލުގަ އަޅައިގަތެވެ. އަވަސް އަވަހަށް މީޝާގޮސް ޕާރްސަލްނެގިއެވެ.

“މައި ޑާރްލިންގ ވައިފް……… އައި ފީލް ލަކީ ހޭވިން ޔޫ އިން މައި ލައިފް…… އައި ލަވް ޔޫ ސޯ މަޗް…….. ހެޕީ ބާރތް ޑޭ……….. ލޯބިޔާ ޔާނިޝް……………..”

ޕާރްސަލް މަތީ ތަތްކޮށްލާފައިން ނޯޓްކޮޅު މީޝާ ވަރަށް ފަރުވާތެރި ކަމާއެކު ކިޔާލިއެވެ. އަދި ޕާރުސަލް ކެޑުމައިގެން އަވަސްވެގަތެވެ. ޕާރްސަލްތެރޭ އޮތް ރަތްކުލައިގެ ހެދުންނަގާ ނިއުޅާލިއެވެ. މީޝާގެ އިސްކޮޅަށްހުރި ހެދުމެކެވެ. ހެދުންމަތީ އަޅާފައިވާ ކަޅުކުލައިގެ ރޭދާތަކުން ހެދުން އިތުރަށް ފުރިހަމައެވެ.

ޔާނިޝްގެ ސަޕްރައިޒްތަކުން މީޝާގެ ހިތްއުފަލުން ނަށަމުން ދިޔައެވެ. ހެދުންފަތްޖަހާ ޕާރްސަލްއަށް ލާންއުޅުން ވަގުތު އިތުރު ނޯޓްކޮޅެއް ޕާރްސަލް ތެރެއިން މީޝާއަށް ފެނުނެވެ. އަވަސް އަވަހަށް ނަގާ ކިޔާލިއެވެ.

“އަހަރެން އުއްމީދު ކުރަން މީޝައަށް މި ގިފްޓުވެސް ކަމުދިޔަކަމަށް……….. އެކަމަކު އަދި އަހަންނާ ބައްދަލުކޮއްލަން ކުޑަ އިންތިޒާރެއްކޮއްލާ……….. ރައުފާމެން ގެ ކައިރީ ބީޗްގަ އަހަރެން މީޝާއަށް އިންތިޒާރު ކުރާނަން……… ހަވީރު 4 ޖަހާއިރު ތިހެދުން ލައިގެން އަހަންނާ ބައްދަލުކުރަން އާދޭ………. ލަވް ޔޫ………….”

“ދެން ނޫން ޔާނިޝް……….. އިތުރަށް އިންތިޒާރު ނުކުރުވާ………… ލަވް ޔޫ ޓޫ………”

މީޝާއަށް މިހެން ބުނެވުންތަނާހެން ފޯން ރިންގް ވާންފަށައިފިއެވެ.

“ހެލޯ ބާރތް ޑޭ ގާރލް………….. އަހަރެންގެ ގޭގަ މީޝާއަށް ވަރަށް ބޮޑު ސަޕްރައިޒްއެއް އެބައޮތް………… ހަވީރު 4 ޖަހައިރު ދާނަންބަލައި…………….”

މީޝާއަށް އެއްޗެއް ނުބުނެވެނިސް އަމަރް ވާހަކަ ދެއްކިއެވެ.

“4 ޖަހާއިރުއޭ………. އެގަޑީ ޔާނިޝްބުނި ބީޗްއަށް އަންނާށޭ…………..”

މީޝާ އަމަރްއަށް ބުނެލަދިނެވެ.

“އޯ………. މީޝާ ބޭނުންގޮތެއް އޮންނާނީ……. އެކަމަކު އަހަރެން މީޝާއަށް ވަރަށް އިންތިޒާރު ކުރާނަން……………”

މިހެންބުނުމަށްފަހު އަމަރް ފޯން ކަޑާލިއެވެ. މީޝާ ހަދާނެ ގޮތަކާ ދޭތެރޭ ވިސްނާލިއެވެ.

4 ޖެހުމުގެ ކުރިން މީޝާ ޔާނިޝްދިން ހެދުންލާ ރެޑީވެލިއެވެ. އަމަރްގެ ފޯންކޯލްއެއް މީޝާއަށް އައީ އެވަގުތެވެ.

“ކޮބާ……. ކޮންގޮތެއް ޑިސައިޑް ކުރީ………….”

މީޝާ ފޯން ނެގުމުން އަމަރް ސުވާލުކޮއްލިއެވެ.

 

“އަމަރް އާދޭ އަހަރެން ބަލައި………. އަހަރެންދާނީ ތިގެޔަށް…………”

މީޝާ މިހެންބުނުމުން އަމަރް ވަރަށް އުފާވިއެވެ. އަދި މީޝާގެ އުފަންދުވަހު އަމަރްގެ ހިތުގަވާ ލޯބި މީޝާއަށް ހާމަކުރަން އަމަރްނިންމިއެވެ.

މީޝާ އަމަރްގެ ގެޔަށްވަދެ ނަޒަރުހިންގާލިއެވެ. ސިޓިންރޫމް މެދުގަ ބަހައްޓާފަހުރި މޭޒުމަތީ ބޮޑު ކޭކްއެއް އިނެވެ. އެކިދިމަދިމާލުން ފެންނަނީ ރަތްކުލައިގެ މާބޮޑިތަކެވެ. ވަދެގެންދިޔައިރު ފައިގަޖެހެމުން ދާ ފުއްޕާހަންތަކަށް މީޝާބަލާލިއެވެ.

“އާދޭ ކޭކް ފަޅަން………………”

ރަތްކުލައިގެ ރެބަންފަށެއް އައްސާލާފައޮތް ކުޑަވަޅިއެއް މީޝާގެ އަތަށް ދެމުން އަމަރުބުނެލިއެވެ. މީޝާ އަމަރްއަށް ބަލާލަމުން ކޭކް ފޮއްޗެއް ނައްޓުވާލިއެވެ. އަމަރްއަށް ކޭކް ކޮޅެއްދިނުމައްފަހު މީޝާވެސް އެތިކޮޅެއް ރަހަބާލިއެވެ.

“އަހަރެންދެން ދަނީ………………”

މީޝާހުރީ ޔާނިޝްގެ ގާތަށްދިޔުމަށް ލަސްވެފައެވެ.

“މީޝާ…… އަހަރެން ވަރަށްބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް……….”

މީޝާ ނުކުންނަށް ހިނގައިގަތުމުން އަމަރް ބުނެލިއެވެ. ތެޅިތެޅިއޮތް ހިތަކާއެކުއެވެ.

“މީޝާ……….. އަހަރެން އެންމެ ކުރިންސުރެވެސް ދެކުނީ މީޝާތީ އަހަރެންގެ އެންމެގާތް މީހާކަމުގަ…… އަހަރެން މީޝާއަށް އެއްވެސް އިރަކު ދޮގުހަދާ، އޮޅުވާލާފަކާ ނޯންނާނެ…….. އެކަމަކު އެންމެކުރިން ސުރެވެސް އަހަރެން މީޝާއަށް ކަމެއް ސިއްރުކުރިން….. އަހަރެން ބޭނުންވަނީ މިއަދު އެކަންތައްވެސް ހާމަކުރަން……….”

އަޑުމަޑުން މީޝާގެ ގާތަށް ހިނގަމުން އަމަރް ކިޔައިދެމުން ދިޔައެވެ.

“އަމަރް……… އަހަރެންވެސް ވަރަށް ބޮޑު ކަމެއް އަމަރްއަށް ސިއްރުކުރިން…….”

މީޝާ މިހެންބުނުމުން އަމަރްގެ ހިތްބޭނުންވީ ފުރަތަމަ އެކަމެއް އެނގުމެވެ.

“ކޮންކަމެއް……………………….”

އަމަރްހުރީ ހިތްއަވަސް ވެފައެވެ.

“އަމަރް……… އަހަރެން……….. އަހަރެން ޔާނިޝްއާ…… ޔާނިޝްއާ މެރީކޮއްފިން………”

މީޝާ މިހެންބުނުމުން ޔާނިޝްއަށް ހީވީ މުޅިގެވެސް އެބުރިގަތްހެންނެވެ. ބޮލުގަ ނޭނގޭ ރިހުމެއް އުފެދުނެވެ. އިތުރަށް ބުނަންވި އެއްޗެއް އަމަރްއަކަށް ނޭނގުނެވެ.

“އަމަރްކޮންކަމެއް ސިއްރުކުރީ………………….”

އަމަރް އެއްޗެއް ނުބުނެހުރުމުން މީޝާ އަހާލިއެވެ.

“އަހަރެން………. އަހަރެން ކުއްޗެއްދެކެ ވަރަށް ލޯބިވޭ……. އެވާހަކަ ނުބުނެވި އޮތީމަ…….”

އަމަރް ކުޑަކޮން ބުނެލަދިނެއެވެ.

“އޯ…….. އެހެންތަ………… އަހަރެންދެން ދަނީ…………………”

މީޝާ ނިކުމެގެން ގޮއްސިއެވެ. އަމަރްގެ އުންމީދުތައް ފުޑުފުޑު ކުރަމުންނެވެ.

ދޮންވެލިގަނޑުމަތީ ދުވަމުންގޮސް މީޝާ ހުއްޓުނީ ޔާނިޝްބުނި ދިމާ ބީޗްގައެވެ. އޭރު ޔާނިޝް މީޝާގެ އިންތިޒާރުގަ ހުއްޓެވެ. ކަޅުކުލައިގެ ޖިއްސަކާ ރަތްކުލައިގެ ގަމީހެއްލައިގެން ހުރިއިރު ޔާނިޝްގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޔާނިޝްގެ ފަހަތުން ރަތްފިނިފެންމަލުގެ ފިޔައިން ވެލިގަނޑު މަތީ ހަދާފައިވާ ބޮޑުހިތެއް މީޝާއަށް ފެނުނެވެ. ޔާނިޝް މީޝާގެ އަތުގަ ހިފައިގެންގޮސް ހިތުގެ ތެރެއަށް ހުއްޓުނެވެ. ޔާނިޝް އެއްކަކޫ ޖައްސާ އިށީދެލަމުން ޖީބުގައޮތް އަނގޮއްޓި މީޝާއާ ދިމާލަށް ދިއްކޮއްލިއެވެ.

“ހެޕީ ބާރތް ޑޭ……………”

މީޝާގެ އިނގިލީ އަނގޮއްޓި އަޅުވާލަމުން ޔާނިޝް ބުނެލިއެވެ. މީޝާހުރީ ވަރަށް އުފަލުންނެވެ. ޔާނިޝް ތެދުވުމުން މީޝާ ޔާނިޝްގެ ގައިގަބާރަށް ބައްދާލިއެވެ.

ރޭގަނޑުގެ ވަގުތެވެ. ގޭއެންމެންތިބީ ޔާނިޝްއާއި އާޔާގެ ކައިވެނީގެ ވާހަކަ ދައްކާށެވެ.

“އެކަމަކު އަހަރެން މެރީ ކޮއްފަ މީޝާ މެރީ ނުކޮއްހުރީމަ އެހާ ހެޕީއެއްނޫން…………..”

އާޔާ ދެރަވެލަމުން ބުނެލިއެވެ. މީޝާ ތެޅިގަންނަމުން ކަހަލަގޮތަކަށް އާޔާއަށް ބަލާލިއެވެ.

“ތިކަންވެސް އޮންނާނީ ހަމަ ޖައްސާފަ………….”

ހީލަމުން އަޔާން ބުނެލިއެވެ. ޔާނިޝް އަޔާންއަށް ބަލާލީ އަޔާންބުނި އެއްޗެއް ޔަގީން ކޮއްލާށެވެ.

“މިތާ އެބައުޅޭ އަކްރަމްބެ ރައްޓެއްސެއްގެ ދަރިއެއް…… ވަރަށް ރަނގަޅު ކުއްޖެއް…….. މީޝާއަށް ހަމަ ޕަރްފެކްޓު ވާނެ……………..”

ބޭއިހްތިޔާރުގައި މީޝާއާއި ޔާނިޝް އެކަކު އަނެކަކަށް ބަލާލިއެވެ. ކަންބޮޑުވުމުގެ ނަޒަރަކުންނެވެ.

“އާހިލް………. އާދެބަލަ…………..”

ދުރުގަހުރި ޒުވާނަކަށް އަޔާންގޮވާލިއެވެ. އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ދުރުންއައި ޒުވާނަކު އަޔާންގެ ކައިރިއަށް ހުއްޓުނެވެ. ޔާނިޝް އެޒުވާނާއަށް ބަލާލިއެވެ. ދިގު އިސްކޮޅެއްހުރި މިޒުވަނާގެ ބުޅި ސިސްތަށި ގަނޑުވަނީ ފަހަތުން އައްސާލާފައެވެ. ޔާނީޝް އަނެއްކާވެސް މީޝާއަށް ބަލާލިއެވެ.

“މީ އާހިލް…………. އާހިލް…… އެއީ މީޝާ………….”

އަޔާން އާހިލް ތައާރަފް ކޮއްލަދިނެވެ. ޔާނިޝްއަށް އިނީ ދައްކާނެ ބަހަނާއެއްވެސް ނޭނގިފައެވެ. މީޝާއަށް އިދެވުނީ ޔާނިޝްގެ ހިމާޔަތަށް އެދިއެދިއެވެ.                     ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maahee

Level 110 Stories100 Comments

Please Give Me Your Comments and Advice......???

Other Articles

Previous

ހުވަފެން (14)

Next

“އެސްފިޔަ”ގެ އައު ޤަވާއިދު

Next
March 10, 2017

“އެސްފިޔަ”ގެ އައު ޤަވާއިދު

Previews
March 10, 2017

ހުވަފެން (14)

18 Comments!

  1. ??? says:
    March 10, 2017 at 10:48 am

    Very nice. I’m first right

    1. Maahee says:
      March 12, 2017 at 8:08 am

      Thanks ???……..

  2. XaRee says:
    March 10, 2017 at 11:26 am

    Varah reethi. . When next part..

    1. Maahee says:
      March 12, 2017 at 8:09 am

      Thanks XaRee……..

  3. hi says:
    March 10, 2017 at 1:00 pm

    Varah salhi mipartves

    1. Maahee says:
      March 12, 2017 at 8:09 am

      Thanks hi……..

  4. Aish says:
    March 10, 2017 at 2:51 pm

    Dhn varah fake

    1. Mine says:
      March 10, 2017 at 5:06 pm

      Asl vs ehaa hama nujehey

    2. Maahee says:
      March 12, 2017 at 8:10 am

      Thanks Story kiyaalaafa Comment eh kohlyma…….. will try to improve………

  5. Aashoo says:
    March 10, 2017 at 6:27 pm

    Dhen haafha findi ey dho. Bunan veenu thedhah.. Fahun enguneema ayaan n aayaa ves kiha hurt vaane

  6. haw shia shaba shi r says:
    March 10, 2017 at 11:51 pm

    Asluga ehaabaivaru meehun ulhey ge eh ga kihineh married kohgen sihrun ulhevenee,anehkaa meehakah nefeney,shahkehves nuvey,ehen v ma haw ah ves thankolheh odd gotheh ebahuri,ee haw ah ves kiyqmun dhiyairu faagaka vi kameh c ma bunelee

    1. Maahee says:
      March 12, 2017 at 8:12 am

      Thanks hama thi Comment ah vx………..

  7. Aysha says:
    March 11, 2017 at 12:44 pm

    Vrh salhi mi partvx … Wow!!!! ??

    1. Maahee says:
      March 12, 2017 at 8:11 am

      Thanks Aysha………..

  8. Zaain says:
    March 12, 2017 at 3:26 pm

    Maaheee… My dear… pls Story rangalhu kuran ulheba… speling mistake vs v gina… anyways ebai ehah baahvaa… story v ordinary Maahee… v hama nujeheyhen heevany… kiyaalaairuvs sauguverikan v kuda… Guduraty sifakurumey vs netyma kanneyge ehaa perfect kamahvs nudahkany… Catagary aky loabi.. hitaama dho So v powerful vaan jeheyne aslu… realy Maahee… pls…. mihaaru dn tioty maabodahvs Sahkaa vahum ufedenjehey hisaabu aihsa… bt stil no one knws anything…. v reetikoh gendeveyne story eh hen Zaain ah heevany… Pls pls Maahee… B careful Nxt time… never give up pls pls… if u give up means we ol v Sad… Kyp it up dear…

  9. sanam says:
    March 27, 2017 at 12:14 pm

    kn irak nxt part ….varah reethi mi part

  10. Nooo says:
    March 28, 2017 at 12:43 pm

    Alhe koberr next part dear

  11. Anonymous says:
    May 28, 2017 at 7:55 pm

    next part upload kuraane dhuvahakah unmeedhu kuran. and upload nukurevunas reason comment eh ga bunelun v ragalhuvaane. eyrun kiyuntherin ah ves vaahaka ah inthizaaru kuran ehgeyny. unmeedhukuran vaahaka nimendhen upload kuraane kamah adhi mi comment ah liyuntheriyaaage reply ah libeyne kamah
    =thibeyfulhaage mi vaahaka ah inthizaaru kuraa kiyuntheriyeh=

Comments are closed.

Next Episodeހިތުގެ އެދުމޭތީ (އެބުރި އަންނަނީ)←


All Right Reserved!