Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުރިން.. (12)

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
March 9, 2017 8 Mins Read
39 Comments

ސައިބޯ ގަޑިއަށް އެންމެން އައެވެ. ޔައިނާއާއި ޔާއިންވެސްމެއެވެ. އެ ފޭކް ހިނިތުންވުމާއި އެކު އެންމެންނާއި ދެމީހުން ބައްދަލުކުރި އިރު އެ ދެ ހިތުގެ ހާލު ސުމާއަށް އިނގެއެވެ. މާޒިން ދާން ތައްޔާރުވެގެން އިން އިރު ސުމާ މިއަދު ބޭނުންވީ ގޭގައި ހުންނާށެވެ. “ޔާން ކޮންއިރަކުން ދާން ޖެހެނީ؟” މާޒިން އެހިއެވެ. “މެންދުރު” ޔާއިން ޖަވާބު ދިނީ ކުރުގޮތަކަށެވެ. “ޔާލް އިނގޭތަ، ރޭގައި މަންމި ތިބީ މަންމިގެ ދެ ރަންދަރި ކައިރި ނިދާލާފައި، ބައްޕި އާއި ޔާލް މަތިން މަންމި ނެތް ހަނދާންވެސް..” މާޒިން ޝަކުވާކުރާކަހަލަ ގޮތަކަށް އެހެން ބުންޏެވެ. ސުމާ ހަމައެކަނި ހިނިތުންވެލި އިރު ޔާއިން އާއި ޔައިނާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއްވެސް ވެރިނުވެއެވެ. ޔާއިލް ދެލޯ ބޮޑުކޮށްލާފައި ސުމާ ކައިރި އަސްލުހެއްޔޭ އެހިއެވެ. ސުމާ ބޯ ޖަހާލުމުން އޭނާ ތުން އޫކޮށްލިއެވެ. “ކިހިނެއްވީ، މީ މަންމަގެވެސް ދެ ކުދިންނޭ..” ސުމާ ބުންޏެވެ. އެވަގުތު ބުނިއެތި އިނގި ދެމިހުންގެ މޫނަށް ނަޒަރު ހިންގާލެވުނެވެ. ދެމީހުން ދާދި އެއްވަރަކަށް ފުން ނޭވައެއް ދޫކޮށްލިތަން ފެނުނެވެ.

ޔައިނާ ކާން އިން އޫ ތަށިތެރެއަށް ވައްޓާލި އަޑު ވަރަށް ބާރަށް އިވިގެންދިޔައެވެ. އެންމެންވެސް އެދިމާލަށް ބަލައިލިއެވެ. ޔައިނާ އިސްއުފުލާ ބަލާލުމެއް ނެތި ތެދުވެގެން އެތަނުން ދިޔައީ ދުވެފައެވެ. ޔާއިންވެސް ދެފަހަރު ކާލުމަށްފަހު އެތަނުން ދިޔައެވެ. “ކިހިނެއްވީ އެމީހުންނަށް؟” މާޒިން އެހިއެވެ. “ޔަނާ ދެރަވާތީ އުޅެނީ އޮސްޓްރޭލިޔާއަށް ދާތީވެ” ސުމާ އަވަސް އަވަހަށް ބުންޏެވެ. އޭނާވެސް މުޅިން ކެއުން ފޫހިވެއްޖެއެވެ. އެދެމީހުންނާއި މެދު ވިސްނެނީއެވެ..

….

އެއްރެއެވެ. އެއީ ޔައިނާ ފުރަން ދެދުވަހަށް އޮއްވައެވެ. ސުމާ ވިސްނަމުންދިޔައީ އެ ތެދު ހަޤީޤަތް ޔައިނާއަށާއި ޔާއިންއަށް ކިޔައިދޭށެވެ. ދެމީހުން އެގޮތަށް އުޅޭތަން ދެކޭކަށް އޭނާ ބޭނުމެއްނޫނެވެ. ދެމީހުންނަކީވެސް އޭނާ ލޯބިވާ ދެދަރިންނެވެ. ރޭގަނޑު ގަޑީގައި ސުމާ ޓެރެސްއަށް ނިކުމެލީ ތާޒާ ވައި ލިބުމަށްޓަކައެވެ. މާޒިން ހޮސްޕިޓަލަށް ދިޔައިރު ޔާއިންއާއި ޔައިނާ އުޅެނީ ގޭގައެވެ. އޭނާ ޓެރެހަށް ދިޔަވަގުތު އާދައިގެ މަތިން ޔައިނާ އެތާ އިންތަން ފެނުނެވެ. ޔާއިން ތަންކޮޅެއް ބޮޑަށް ފިލާއިންތަން ފެނުނެވެ. ދެމީހުންގެ ހަމަޖެހުމަކީ މިއީއެވެ. ޔައިނާ ކޮންމެ ރެއަކު ޓެރެހުގައި އިނދެ އޭނާގެ ހިތްބަންޑުންކޮށްލާއިރު އެ އަޑުއަހަން ޔާއިން ފިލާ އިންނަނީ ރަނގަޅަށް ވެސް ރޮވިފައެވެ. ސުމާވެސް ސިޑިމަތީ އިށީނެވެ. ހިތުގެ އަޑިން ރޯންފެށިއެވެ. ޔައިނާއާއި ޔާއިންއެކޭ އެއްފަދައިން މިއީ އޭނާއަށްވެސް ދޭ އިމްތިހާނެކެވެ. ޔާއިން އަށް އެ ހަޤީޤަތް އިނގި ކަންތަށް ކުރާނީ ކިހިނެއްބާއޭ ސުމާ ހިތަށް އެރިއެވެ. ނަމަވެސް އޭރުން އެދެހިތް ގުޅޭނެކަން ޔަޤީނެވެ. އޭރުން އެ ލިބޭ އުފާ އެ ހިތި ތެދު މަތިން ހަނދާން ނައްތާލާނެއެވެ.

މާގިނައިރެއްނުވެ ޔައިނާގެ ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ. އޭނާއެކޭ އެއްވަރަށް ސުމާ އަދި ޔާއިންގެ ހިތް ދިޔައީ ރޮމުންނެވެ. އޭނާ އެ ޝަކުވާތަށް ހިއްސާކުރާއިރު އެދެމީހުންވެސް ސިއްރުން އަޑުއަހާ ކަރުނައަޅަމުންދާކަން އޭނާއަށް އިނގޭނެނަމައެވެ.

“ދޫވިޔޭ ހިތާ ޖާނާ، އޭގެ ޒާތުގައި..

ނެތް އުފާތަކެއް އެދިގެން އިންތިޒާރުގައި..” ޔައިނާގެ ރީތި އަޑުން އެބައިތު ކިޔާލިއިރު ވަރަށް އަސަރު ގަދައެވެ. ވޭނެއް އެކުލެވިފައިވެއެވެ. އޭނާ އަށް އަޑުނަގާ ރޮވެގަނެވުނެވެ. ސުމާ ޔާއިންއަށް ބަލައިލިއެވެ. ޔާއިންއެވެ. ޔައިނާ ހުއްޓުވަންދާށެވެ. އޭނާ ހުއްޓުވާށެވެ. އޭނާއަށް ލޯބިވާވަރު އަންގާށެވެ. ޔާއިންއެވެ. ޔައިނާ އަށް ހަމަޖެހުންދޭށެވެ. އަމިއްލަ ނަފްސަށް ހަމަޖެހުން ހޯދާށެވެ. އެވާހަކަތަށް ވީ ސުމާގެ ހިތުގެ ތެރޭގައެވެ. ޔާއިން ކުއްލިއަކަށް ތެދުވިތަން ފެނި ސުމާ ކުޑަކޮށް އެތެރެއަށް ދެމިގަތެވެ. ޔާއިން ޔައިނާއާއި ދިމާލަށް ދިޔަތަން ފެނި ސުމާ ތަންކޮޅެއް ބޮޑަށް އެދިމާލަށް ބަލައިލިއެވެ. ޔާއިން ކުރިންރޭހެން ކަންތަށް ކޮށްފިނަމަ އޭނާ އެދެމީހުންގެ ދޭތެރެއަށް ވަދެ ތެދު އެމީހުންނަށް ހިއްސާކުރަން ނިންމިއެވެ.

ޔާއިން ޔައިނާއާއި އެއްވަރަށް އަރާ ހުއްޓުނެވެ. “ޔަނާ!!” ޔާއިން ގޮވާލިއަޑަށް ޔައިނާ ގެ ރުއިން ކެނޑިގެންދިޔައެވެ. އޭނާ ދެލޯ ފޮހެލަމުން ކުއްލިއަކަށް ތެދުވިއެވެ. “ވަޓްސް ރޯންގް؟ ޔޫ ކޭން ޓެލް މީ.. ތިހެން ރޯތަން ކާކު ދެކެން ބޭނުންވާނީ؟.” ޔާއިން ބުނެލީ އެއްޗެއް ނުވެސް އިނގޭ ފަދަ ގޮތަކަށެވެ. ބުނިގޮތުންވެސް އެ ދެމެދަށް ބޭބެކޮއްކޮގެ ގުޅުން ގަދަކަމުން ވައްދައިފިކަން ސުމާއަށް ހާމަވިއެވެ. “އިނގޭ ތި ރޮނީކީ ދުރަށް ދާން ޖެހޭތީ ކީ ނޫންކަން… ޔަނާއަށް ޝެއަރ ކުރެވޭނޭ ވާހަކަ..” ޔާއިން ޔައިނާއާއި ދިމާލަށް އެނބުރެމުން ބުންޏެވެ. ޔައިނާ ޔަޤީނުންވެސް ޔާއިން ކައިރި އޭނާ ލޯބިވާ ވާހަކަ ނުބުންޏަސް ކޮންމެވެސް ގޮތަކުން އެވާހަކަ ހިއްސާކޮށްލަފާނެކަމަށް އޭނާ އުއްމީދުކުރިއެވެ. އޭރުން އެ ހިތަށް ލުޔެއް ލިބޭނެކަން ޔާއިންއަށް އިނގެއެވެ. ލޯބިވާ މީހެއްގެ ފަރާތުން އެފަދަ އޯގާތެރި ބަސްތަކަށް އަބަދުވެސް އެދެވޭނެއެވެ. ނަމަވެސް ޔާއިންއަށް އެ ބަސްތަކާއި އޯގާތެރިކަން ދެވެން އޮތީ ބޭބެއެއްގެ ނަންބޯޑު ލައިގެންނެވެ.

ޔާއިން ޔައިނާގެ ކޮނޑުގައި ހިފަހައްޓާލަމުން ތަށިމުށިމަތީ ބޭންދިއެވެ. އަދި އޭނާވެސް އިށީނެވެ. އެހާ ކައިރި ތިބެވުމުން ދެމީހުންނަށްވެސްކުރީ ތަފާތު އިހްސާސްއެކެވެ. ނަމަވެސް އެދެމީހުންނަކީ ކެތްތެރިކަމުގެ މިސާލެކެވެ. “ދެން ބުނެބަލަ ވީ ގޮތް….. ތި ހިތަށް ހަމަޖެހުންވެސް ލިބޭނެއެއްނު..” ޔާއިން އެހެން ބުނުމުން ޔައިނާ ތުންފަތުގައި ދަތް އަޅާލިވަގުތު ކަރުނަތަށް ފައިބައިގެން ދިޔައެވެ. “އަނހަ. ދޮންބެ ނުބުނަމެއްނު ތި ކަރުނަތަށް ދައްކާށެކޭ އެއް.. ވީ ގޮތޭ ބުނަންވީ” ހިތްވަރުކޮށްލާފައި ޔާއިން އެހެން ބުނި ވަގުތު ޔާއިންގެ މޫނަށް ޔައިނާ ބަލައިލިއެވެ. ސުމާ އަނގަމަތީ އަތްއެޅިއެވެ. “ކުއްޖެއް ދެކެ ލޯބިވަނީތަ؟” ޔާއިން އެހެން އެހުމުން ޔައިނާ ފުން ނޭވައެއް ލަފާއި އައެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. “ދެން ކީއްވެ ރޮނީ؟ އޭނާ ނުލިބޭނެތީތަ؟” ޔާއިން ދެންވެސް އިސްނަގައި ސުވާލުކުރިއެވެ. އޭނާ ބޭނުންވީ ޔައިނާއަށް ވިސްނައިދޭށެވެ. ޔައިނާ އަނެއްކާވެސް ބޯޖެހިއެވެ.

“ދެން، ޔަނާ.. ސީ! ލައިފްގައި ބައިވަރު މީހުންނާއި ދިމާވާނެ، އެއްބައި މީހުންނަކީ އުމުރަށް އެކީ ވާނެ މީހުން، އަނެއްބައި މީހުންނަކީ ހިނދުކޮޅަކަށް ލައިފްގައި ތިބޭ މީހުން… އެން އަމް ޝުއަރ ޔަނާދެކެ ލޯބިވާނެ ކުއްޖެއް އަންނާނެކަން، އަދި އުމުރު ހުހެއްނުވެއެއްނު ދޯ؟ އެ ކުއްޖާ ލޯބިދޭނީ ޔަނާގެ ތިހިތުން ޖާގަ އެއް ހުސްކުރާވަރަށް… އެން ޔަނާ ދެކެ ލޯބިވާނެ މުޅި އުމުރަށްވެސް… އިނގޭ؟  އަދި ތިހެން ރޯކަށް ނުވެއެއްނު.. ބަލާ ދޮންބެވެސް، އަމް 25 ބަޓް އަމް ކޫލް..” ޔާއިން ބުނެލީ ގަދަކަމުން ހިނިތުންވެލާފައެވެ. އޭނާ ހިތުން ޔައިނާގެ ހިތާމަ ދުރުކުރަން އުޅެވުނަސް އޭނާއަށް ނޭނގޭކަމަކީ އިތުރަށް އޭނާއަށް އެ ހިތް ހަލާކު ކުރެވޭކަމެވެ. ސުމާ އަށް އިތުރަށް ކެތެއްނުވިއެވެ. އެދެމީހުންހާ އޭނާ ކެތްތެރިއެއްނޫނެވެ. އަދި ހިތްވަރުގަދައެއްވެސް ނޫނެވެ.

ސުމާ ތެދުވެފައި ޓެރެސްގެ ދޮރުމައްޗަށް އެރިއެވެ. “އެކަމް އައި ލަވް ހިމް އަލޮޓް.. އިތުރު މީހެއްދެކެ ނުއެއް ވެވޭނެ، އިތުރު މީހެއް ބޭނުމެއްވެސް ނޫން… އައި ލަވް ހިމް އަލޮޓް…” ޔައިނާ ބުންޏެވެ. “އައި ނޯ، ތި ކަރުނަތަށްވެސް އެކަމަށް ހެކިވެޔޭ އެބަ، އެކަމް ބުނަން ޔަނާ، ލައިފް އަކީ މީ.. ޔަޕް ދިސް އިޒް ހައު ވީ ލިވް.. ކަމެއް ދިމާވީމަ ޖެހޭނީ ކުރިމަތިލާން… ވީކް ޕޮއިންޓް ތަށްވެސް އަންނާނެ، އެކަމް ޖެހޭނީ ހިތްވަރު ކުރަން” ޔާއިން ވިސްނައިދިނެވެ. “ޔާއިންއަށް ހީވޭތަ ތިހެން ކިޔައިގެން ތި އޭނާގެ ހިތަށްހަމަޖެހުމެއް ދެވެނީހެން؟” ދެމީހުން އެކީ ސިއްސައިގެން ދިޔައީ ސުމާގެ އަޑުއިވިފައެވެ. ދެމީހުން ދެލޯ ބޮޑުވިއެވެ. އެ ޖުމްލައިން ނަގާނެ މާނައެއް އެ ދެމީހުންނަށްވެސް ނޭނގުނެވެ. ސުމާ އެދެމީހުންނާއި ކައިރިވި ވަރަކަށް ދެމީހުންގެ ހިތް ދިޔައީ ތެޅެމުންނެވެ.

އޭނާ ގޮސް އެދެމީހުން ކައިރި އިށީނެވެ. ދެމީހުން ތިބީ ޝޮކެއްގައެވެ. “ޔާއިން! ތިހެން ހަދައިގެން ތި އޭނާގެ ހިތް އިތުރަށް ހަލާކުކޮށްލަނީ..” ސުމާ ބުނެލީ ޔާއިންއަށް ބަލައިލަމުންނެވެ. އެ ޖުމްލައިންވެސް ވަކި ސުމާއަށް ތެދު އިނގޭކަމަކަށް ޔާއިންވެސް ޔައިނާވެސް ހިއެއްނުކުރެއެވެ. އެދެމީހުންވެސް ހީކޮށްގެން ތިބީ ފަހުން ދެއްކި ވާހަކަތަށް އިވުނީކަމަށެވެ.

ޔައިނާ އިސްޖެހިއެވެ. “މަންމައަށް އިނގޭ ހުރިހާ އެއްޗެއް….” ދެމީހުންގެ މޫނަށް ބަލާލަމުން ސުމާ ބުނެލިވަގުތު ދެމީހުންނަށް ސިހިގެންދިޔައެވެ. އެއްފަހަރާ ސުމާގެ މޫނަށް ބަލައިލެވުނެވެ. ޔާއިންގެ ހިތް ތެޅިގެންދިޔައެވެ. ސުމާ އަށް ހުރިހާ އެއްޗެއް އިނގިއްޖެނަމަ އެ ދެމީހުންވެސް ބޭޒާރުވީއެވެ. ޔައިނާ ތެޅިގަނެވުނީ ސުމާއަށް އެ ހަޤީޤަތް އިނގި އޭނާ ދެކެ ރުޅިއަންނާނެކަމަށެވެ.

ސުމާ ފުން ނޭވައެއް ދޫކޮށްލީ ހަމަޖެހޭށެވެ. އޭނާ ރޮވެގެން ވާނެކަމެއް ނޯންނާނެކަން އިނގޭތީއެވެ. “ޔައިނާ!! ޔާއިން!! މަންމައަށް އިނގޭ ތި މީހުންގެ ސިއްރު، އަދި ޔައިނާއަށްވެސް އަދި އަދަށް ދާންދެންވެސް ނޭނގޭ ސިއްރު، އެހެންނު ޔާއިން؟” ސުމާ ޔާއިންއަށް ބަލާލަމުން އެހެން ބުންޏެވެ. ޔާއިން ދެލޯ މަރާ ތަގުޅިކުރިއެވެ. ޔައިނާ ވެސް އިސްޖަހާލިއެވެ. ނަމަވެސް ސުވާލު އުފެދުނީ ސުމާ އެ ދެއްކި ސިއްރަކީ ކޮން ސިއްރަކާއި މެދުގައެވެ. ސުމާ އަށް ހުރިހާ އެއްޗެއް އިނގިއްޖެކަން ޔާއިން އަށް އިނގުމުން އޭނާ ލަދުގަތެވެ.

“ޔައިނާ ޔާއިން ދެކެ ލޯބިވާކަމާއި.. ޔާއިން ޔައިނާ ދެކެ ލޯބިވާކަންވެސް އިނގޭ..  ޔައިނާއަށް އެކަން ސިއްރުވެފައި އޮތަސް މަންމައަށް އެކަން އިނގިއްޖެ…” ސުމާގެ ކޮންމެ ބަހެއް ވެސް ދިޔައީ އެތަކެއް ގޮތަކުން އެ ދެމީހުންނަށް އަނިޔާދެމުންނެވެ. ފަހު ދެ ޖުމްލައާއި އެކު ޔައިނާ ދެލޯ ބޮޑުކޮށްލާފައި ޔާއިންއަށް ބަލައިލިއެވެ. ޔާއިން އިނީ އިސްޖަހާލައިގެންނެވެ. ޔައިނާ އަނގަމަތީ އަތް އެޅިއެވެ. ތަޤުދީރު މި ކުޅެނީ ކޮންކަހަލަ ކުޅިވަރެއްހެއްޔެވެ؟ ދެލޯބިވެރިން ގެ ގުޅުމަށް މިދިނީ ކޮންގުޅުމެއްހެއްޔެވެ؟ ޔައިނާ އަށް ރޮވުނެވެ. ސުމާ ކެތްކޮށްލައިގެން އިން އިރު ޔާއިން އިސްއުފުލާ ބަލައިވެސް ނުލައެވެ.

“ތި ދެމީހުން ލޭގެ އެއްވެސް ގުޅުމެއް ނެތް..” ދެލޯ މަރާލާފައި ސުމާ އެހެން ބުނެލުމާއި އެކު ޔާއިން އާއި ޔައިނާ އެއްފަހާރާ ސުމާއާއި ދިމާލަށް ބަލައިލިއެވެ. އޭރު މެރިފައިވާ ސުމާގެ ދެލޮލުން ކަރުނަ އަންނަތަން ދެމީހުންނަށްވެސް ފެނުނެވެ. “މަންމާ!” “މަންމާ!” ދެމީހުންނަށް އެކީ އެހެން ބުނެލެވުނީ އިތުރު ތަފްސީލް ބޭނުންވާތީއެވެ.

“އާނ… ޔާން.. ޔަނާ… ތީ އަސްލު ކޮއްކޮ ބޭބެއެއްނޫން… ޔާން… އަމް ސޮރީ… އައި ލަވް ޔޫ.. ތީ މަންމަ އެންމެ ލޯބިވި މަންމަގެ ދަރިފުޅަކީ.. މަންމަގެ ރަންދަރިއަކީ ތީ… އެންޑް އަބަދުވެސް ވާނީ ހަމައެކަނި މަންމަގެ ދޮށީ ދަރިފުޅަށް.. މާފުކުރޭ ޔާން… ޔާން އަކީ މަންމަ ގެ ދޮންތަގެ ދަރިފުޅު.. ދޮންތަ ޔާން ވިހެއުމުގެ ތެރެއިން ނިޔާވީ، ޔާން ބައްޕަ އެވަގުތު ޝޮކެއްޖެހިފައި ނިޔާވި އިރު ޔާންގެ ހަމައެކަނި މީހަކަށް ހުރީ މަންމަ…ދެން ބޮޑުދައިތަ އެއް ބައްޕަ ފަރާތު އެކަމް މަންމަ ހުރީ ގާތް މީހަކަށް، ބަލަދުވެރިވާނެ، އޭރު މި މަންމައަށް އެންމެ 19 އަހަރު.. ގަބޫލުކުރޭ ޔާން، ޔާން މިދެއަތަށް ލީ ދުވަހުން ފެށިގެންވެސް އަޒުމް ކަނޑައެޅިން ޔާން އަކީ ހަމައެކަނި އަހަރެންގެ ދަރިފުޅެއްކަމަށް އަދި އެއްވެސް ތަފާތެއް ނުކުރުމަށް.. މައިވަންތަ ގުޅުމެއް ނެތަސް އެންމެ ފުރަތަމަ އެ އިހްސާސްކޮށްދިނީ ޔާން.. އެހެންވެ ޔާން ސްޕެޝަލް އީ.. މަންމަ ޔާން ދެކެ ލޯބިވަނީ އެންމެ ބޮޑަށް…… ޔާން އެންމެ ކުޑައިރުން ފަށައިގެން ތިވަރު ކުރީ ދެވޭނެ ހުރިހާ ލޮތްބެއް ދީގެން…. ބައްޕައަށްވެސް އިނގޭނެ ހަޤީޤަތް.. މަންމަ އުމުރުން 14 އަހަރުގައި ބައްޕަދެކެ ލޯބިވެވުނު އެކަމް ބައްޕައެއް ނުލިބުނު، އޭގެ ފަހުން މެލޭ އަށް ބަދަލުވީ.. ޔާންގެ އުމުރުން 3 އަހަރުގައި މާލެ އައިތަނާއި ބައްޕައާއި ދިމާވީ.. ޔާން ބައްޕައާއި ހެދި ހުންނަނީ މޮޔަވެފައި… ދެމީހުންގެ މެދުގައި އޮތް ހަމަނުޖެހުން ފިލީވެސް ޔާންގެ ސަބަބުން.. އެއަށްފަހު މެރީކުރީ.. ދެމީހުންވެސް ވައުދުވިން ޔާންއަށް ދުވަހަކުވެސް މަންމައާއި ބައްޕަގެ ލޯބި އުނިވިޔަ ނުދިނުމަށް.. ދުވަހަކުވެސް އެކަން އިހްސާސްވިޔަ ނުދިނުމަށް.. އަމިއްލަ ދަރިން ލިބުނަސް ޔާން އަކީ އަހަރެމެން ދެމީހުންގެ ދޮށީ ދަރިފުޅަށް ވުމަށް…. ޔާން ގަބޫލުކުރޭ.. މަންމަވެސް ބައްޕަވެސް ޔާން ދެކެ ވަރަށް ލޯބިވޭ.. މަންމައަކު ދަރިއަކަށް ވާނެ ހުރިހާ ގުރުބާނީއެއް މަންމަ ވިން ޔާންއަށް ޓަކައި ހަމަ އެހެންމެ ބައްޕަވެސް… ގަބޫލުކުރޭ ޔާން….” ސުމާގެ އަޑު ބެދުނެވެ. އޭނާއަށް ރޮވުނެވެ. ޔާއިން އާއި ޔައިނާ ތިބީ ސިހިފައެވެ. އެދެމީހުންގެ ލޮލުންވެސް ދިޔައީ ކަރުނަ އަންނަމުންނެވެ.

ޔާއިން ހަދަންވީގޮތެއް ނޭނގުނެވެ. ލޯބިވާ ކުއްޖާ ލިބުނީތީ އުފާވާންވީ ކަމެއް ނުވަތަ މަންމައާއި ބައްޕައާއި ގުޅުމެއް ނެތްކަމުގެ ހިތި ތެދު އިނގި ދެރަވާންވީ ކަމެއް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް އޭނާ އެންމެ ކުޑައިރުންސުރެ މަންމައާއި ބައްޕަގޮތުގައި އެމީހުން ދެކުނުއިރު މިއަދުވެސް އޭނާ ދެކޭނީ ހަމައެފަދައިންނެވެ. ގުޅުމެއް އުފެދިފައި ނެތެއްކަމަކު އެދެމީހުން އޭނާ ދެކެ ވާ ލޯބި އޭނާއަށް އިނގެއެވެ. “މަންމާ…! ތިބުނީ.. ތިބުނީ އަޅުގަނޑާއި ޔަނާ…” ޔާއިންއަށް އިތުރަށް ފުރިހަމައެއް ނުކުރެވުނެވެ. ސުމާ ބޯޖަހާލިއެވެ. ޔާއިން ޔައިނާއަށް ބަލާލިއިރު އެދެލޮލުގައި ވަނީ ކަރުނައެވެ.. “އާނ ދަރިފުޅާ… ތި ދެމީހުންގެ ދޭތެރޭ އޮތް ގުޅުމަކީ ބޭބެ ކޮއްކޮ ގުޅުމެއް ނޫން.. ތި އިހްސާސް އާއި ތިކަމުން އުފެދޭނެ ގުޅުމަކީ ހަލާލް އަދި ސައްހަ ގުޅުމެއް…..” ސުމާ ބުންޏެވެ.

ޔާއިންއާއި ޔައިނާ އެކަކު އަނެކަކާއި ދިމާ ބަލަން ތިބެވުނީއެވެ. ހަރަކާތް ހުއްޓިފައެވެ. ބަސްހުއްޓިފައެވެ. “ޔާން… ޔާން މަންމަ ދެކެ ރުޅިއެއް ނާދޭ ދޯ؟ ޔަނާވެސް ނާދޭ ދޯ؟ ދެމީހުންނަށް އެހާ ބޮޑު އަނިޔާއެއް ދެވުނީ ތީ ވަރަށް ބޮޑަށް ސޮރީ…. މަންމަގެ ސަބަބުން ވީ ކަމެއް މީ… 6 އަހަރު ދެމީހުން ތި ތިބީ…. ހިތަށް އަނިޔާދީ އަމިއްލަ ނަފްސަށް އަނިޔާދީ…. އަމް ސޮރީ..” ސުމާ ޔައިނާ އަށާއި ޔާއިންއަށް ބަލާލަމުން ބުންޏެވެ. ޔައިނާ ކުއްލިއަކަށް ސުމާގެ ގައިގާ ބައްދައިގަނެފައި ރޮއެގަނެވުނެވެ. ހިތަށް ހަމަޖެހުމެއްލިބުނެވެ. ކުއްލިއަކަށް ޔާއިންވެސް ސުމާގެގައިގާ ބައްދައިގަތެވެ. އޭނާ އޮތީ ސުމާގެ ކަނާތްފަޅީ ކޮނޑުގައި ބޯ އަޅާލައިގެން ޔައިނާއާއި ސުމާ އާއި ދެމީހުންގެ ގައިގާ ބައްދާލައިގެންނެވެ. ޔައިނާ އޮތީ ސުމާގެ ވާތު ކޮނޑުގައި ބޯ އަޅާލައިގެންނެވެ. “ދެމީހުންވެސް މާފްކުރީތަ؟” ސުމާ އަހާލީ ދެމީހުން ބޮލުގައި ފިރުމަމުންނެވެ. ދެމީހުން އެކީ ބޯޖަހާލިއެވެ.

“ޔާން.. މަންމައާއި ބައްޕައަކީ ހަމަ ޔާންގެ މަންމައައި ބައްޕަކަން ގަބޫލުކުރާނަން ދޯ؟” ސުމާ އަހާޅުމުން ޔާއިން އާއެކޭ ބުންޏެވެ. އިރުކޮޅަކު ދެމީހުން އެހެން ތިބުމަށްފަހު ސުމާއާއި ދުރުވިއެވެ. ސުމާ ޔައިނާއާއި ޔާއިންގެ ދެލޮލުން ފޭބި ކަރުނަތަށް ފޮހެލަދިނެވެ. “ޔަނާއަށް ޓަކައި ޔާން  ނޫން ދެން އެހެން ކާކު ހުރީ ޕާރފެކްޓް މީހަކަށްވެސް، އަދި ޔާން އަށް ޔަނާ އަށްވުރެ ޕާރފެކްޓް ކުއްޖެއް ނުވެސް ލިބޭނެ… މަންމަ އަބަދުވެސް ހިތަށް އަރާ، ޔާން ގެންނަ ކުއްޖާ އަށް ޔަނާ ގޮތަށް ލޯބިދޭނަމޭ، އަދި ޔަނާ އިންނަ ކުއްޖާއަށް ޔާންމެން ގޮތަށް، ކިހިނެއް އިނގޭނީ ފަހުން ހަމަ އެ ދެކުދިންނަކީ އެކަކަށްވެދާނެކަމެއް..” ސުމާ ހިނިތުންވެލާފައި އެހެން ބުނެލުމުން އެދެމީހުންގެ ގުޅުމަށް ސުމާ އެއްބަސްކަން ދެމީހުންނަށްވެސް އިނގުނެވެ.  ޔައިނާ ހިތުގައިވާ ޝަކުވާތަށް ޔާއިންއަށް އިއްވަން ބޭނުންވިއެވެ. އެ ހިތުގެ ޝިފާއަކަށް ޔާއިންގެ ފޮނި ފޮނި ބަސްތަކަށް އެދެވެމުންދިޔައެވެ

“ނުވާނެ ތިކަމެއް…” ތިން މީހުން ސިހުނީ ދޮރުމަތީ ހުރި މާޒިން އެހެން ބުނި އަޑަށެވެ. އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. ޔައިނާ އާއި ޔާއިން ދެލޯ ބޮޑުވިއެވެ. ތިންމީހުން އެކީ ތެދުވިއެވެ. “އެދެމީހުން މެދުގައި ގުޅުމެއް ނެތްކަން އިނގެނީ މި އާއިލާއަށް އެކަނި، ދުނިޔޭގެ އެންމެން ބުނާނީ ކީކޭ؟ އެންމެން ދެކޭނީ މީ ހަމަ ކޮއްކޮބޭބެ ގޮތަކަށް ނޫންތަ؟ އެންމެންގެ ތެރޭގައި އަހަރެމެންގެ ނަން ވެއްޔާ މޮޑެވިގެން ދާނެ، ކޮންމެ މީހެއްގެ ކަންފަތް ބުޑުގައި ގޮސް އަހަރެމެންނަށް ބުނެވޭނެތަ ޔާއިން އަކީ އަހަރެމެން ދެމީހުންގެ ދަރިއެއް ނޫނޭ؟ އޭނ؟؟ މިއީ ދުވަހަކުވެސް ވާނެކަމެއް ނޫން.. ސުމާ މިކަމަށް އެއްބަސްވީމަވެސް އަހަރެން އަޖައިބުވެއްޖެއިން.. ތި ތިން މީހުންވެސް ތިކަން ހަމަ މިހަރު ހިތުން ފޮހެލާ… އަހަރެން ރުހުމުގައި ދުވަހަކުވެސް ތިކަން ވިޔަކަ ނުދޭނަން…” މާޒިންގެ އެބަސްތަށް ޔައިނާ އާއި ޔާއިންގެ ހިތްކަތިލަމުން ދިޔައިރު ސުމާއަށް ހުރީ ގަބޫލުނުކުރެވިފައެވެ. އެއީ ހަމައޭނާގެ މަޒިންތޯ ހިތާއި ސުވާލުކޮށްލެވުނެވެ.

“މާޒިންއެއް ނޫންތަ އަބަދުވެސް މި މީހުންނަށް ދަސްކޮށްދެނީ ދުނިޔޭގައި މީހުންގެ ވާހަކަތަށް ދައްކައިގެން ދުނިޔެއަކު ނޫޅެވޭނޭ.. މިއަދު ހަމަ މާޒިން…………..” “އާނ.. އެކަމް އެއީ ބައެއް ހާލަތްތަކުގައި.. މި ހާލަތުގައި ވާނެ ގޮތް އިނގޭތަ؟ އެންމެންގެ ތެރޭ ޔަޤީނުންވެސް އަހަރެމެން ބަދުނާންވާނެ…. ޔާއިންގެ ކޮންމެ ޑޮކިޔުމެންޓެއް ބެލިޔަސް އޭގައި މަންމައާއި ބައްޕައެއްގެ ގޮތުގައި ތިބޭނީ އަހަރެމެން ދެމީހުން…. މުޅި ދުނިޔެ ގަބޫލުކުރާ އެއްކަމެއް އެއީ މިއީ ކޮއްކޮ ބޭބެކަން… އަދި ބުނަން.. ލޭގެ ގުޅުމެއް ނެތަސް އެދެމީހުން ބޮޑުވީ އެކަކު އަނެކަކަށް ކޮއްކޮ ބޭބެ ކިޔައިގެން، އަހަރެން ހިއެއްނުކުރަން އެފަދަ ގުޅުމަކަށް ދެމީހުންވެސް ބޭނުންވެދާނެކަމަކަށް.. ޔަނާ އެ ދުވަހު އެހެން ބުނީމަވެސް ވަރަށް ފަހުރުވެރިވެލާފައި އަމިއްލަ ނަފްސަށް ބުނިން ޔަނާ އެހެންނެއް ނުވާނެޔޭ.. ޔަނާ ޔަޤީނުންވެސް އެ ދެއްކީ އެކުވެރިއެއްގެ ވާހަކައޭ….” މާޒިން ރުޅި އަންނަންފެށިއެވެ. ސުމާ އިސްޖަހާލައިގެން ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނީ އެ ދައްކަނީވެސް މުޅިން ތެދުވާހަކައެއްކަން އިނގޭތީއެވެ. ޔައިނާ އާއި ޔާއިންގެ ހިތުގައި ވީ ޝަކުވާއެވެ. އެދެމީހުން ގުޅޭނެކަމުގެ އުއްމީދު ލިބި އެ އުފާ ފާހަގަވެސް ނުކުރަނިސް މިޖެހުނީ އެކަން ހަނދާން ނައްތާލާށެވެ. ޔައިނާއަށް ކެތެއްނުކުރެވުނެވެ.

“ނޫން.. ބައްޕާ ޕްލީސް ނޫން… އަޅުގަނޑު ދުވަހަކުވެސް ހަނދާނެއް ނުނައްތާލަން އެއީ އަޅުގަނޑު ބޭބެކަން.. އެގޮތަށް އިހްސާސްވިޔަސް މަޑުންހުރީ.. ބައްޕާ ޕްލީސް ތިހެން ނުހަދާ.. އަޅުގަނޑު ވަރަށް ލޯބިވޭ ޔާން ދެކެ.. ބައްޕަ ވިސްނާލަބަލަ އެއްފަހަރުވެސް، އަޅުގަނޑަށް އެ އިހްސާސްބަދަލު ކުރެވޭނަމަ ކުރިސް، އެކަމާއި މިހިތަށް ތަދުވި ވަރު ދެނެވޮޑިގެން ވާނީ އެންމެ ފަރާތެއް… މިއަދު އަޅުގަނޑަށް އެ އުފާ ލިބުމުގެ ހައްޤު އޮތް އިރު ބައްޕަ އެކަމާއި ތި ދުރުކުރަނީ ކީއްވެ؟ ބައްޕާ ޕްލީސް ތިހެން ނުހަދާ…… އަޅުގަނޑަކަށް ދެން ކެތެއްނުވާނެ.. އަޅުގަނޑު ކެތްތެރިކަން ކޮޅުން ލައިފި.. މި ހުރިހާ އަހަރު ކެތްކުރީ ބޭބެއެކޭ ހިތާ، އެކަމް ދެން އެގުޅުން ނެތްކަން އިނގުމުން ނުވާނެ.. ބައްޕަ ޕްލީސް..” މާޒިންގެ ފައިބުޑަށް ވެއްޓިގަންނަމުން ޔައިނާ ރޯން ފެށިއެވެ. ލޮތްބަށް އެދި އާދޭސްކުރަންފެށިއެވެ. އެ މަންޒަރު ބަލަން ސުމާއާއި ޔާއިންއަށް ތިބެވުނީއެވެ. ޔާއިންގެ ހިތް ކަތިލެވެމުންދިޔައެވެ. ފަޅިފަޅިވަމުންދިޔައެވެ. ނަމަވެސް އޭނާ ސިކުނޑި ބޭނުން ކުރަމުންދިޔައެވެ. ވިސްނަމުންދިޔައެވެ.

“ޔައިނާ!! ދެންވެސް ކެތްކުރޭ ބޭބެއެކޭ ހިތާ އަދި ހިތުން ތި ކަންތަށްގަނޑު ފޮހެލާ… ޔައިނާ ވިސްނާލަބަލަ، ނަމުގެ ފަހަތަށް ބައްޕަ ނަން ދެމިހުންގެ ނެތަސް،  ދެމީހުންވާނީ ހަމަ އަހަރެންގެ ދެ ދަރިންނަށް.. އިނގިއްޖެއެއްނު.. ލޭގެ ގުޅުމެއް ނެތަސް ކައިވެނި ކުރެވެން އޮތަސް ވަރިހަމަ، އެހެރީ އަހަރެންގެ ދޮށީ ދަރިފުޅު ތީ އެނާގެ ކޮއްކޮ.. އިތުރު ގުޅުމެއް މި ދޭތެރެއަކު ނޫފެދޭނެ…. ހަނދާން ބަހައްޓާތި!!” މާޒިން ބުނެލީ ޔައިނާ އާއި ދުރަށް ޖެހިލަމުންނެވެ. ޔާއިން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. މާޒިން އާއި ސުމާ އޭނާއާއި ގުޅުމެއް ނެތަސް އޭނާއަށް ޓަކައި ވެދިން ގުރުބާނީތަށް  ހަނދާން ނައްތާލާކަށް ބޭނުމެއްނޫނެވެ. ހަމައެހެންމެ ލޯބިވާ ޔައިނާ ގެ ހިތް ހަލާކުކޮށްލާކަށް ބޭނުމެއްނޫނެވެ. ޔާއިންގެ ބޯ ފަޅައިގެން ދިޔަޔަސް އޭނާ އަށް ނިންމުމެއް ނިންމުނެވެ.

“ބައްޕާ….. ހާސްނުވޭ… މިދެމެދަކު އިތުރު ގުޅުމެއް ނުއުފެދޭނެ… އެ ފުރުސަތު އަޅުގަނޑެއް ނުދޭނަން.. ބައްޕައާއި މަންމަ އަޅުގަނޑަށް ވެދިން ގުރުބާނީ ދުވަހަކުވެސް ހަނދާނަކުން ނުފިލާނެ، އަޅުގަނޑާއި ގުޅުމެއް ނެތް އިރު ބައްޕަ އަޅުގަނޑާއި ދިމާލަށް ދޮށީ ދަރިފުޅޭ ބުނިކަމަށްޓަކައި ޝުކުރުވެރިވަން.. ބައްޕާ! ވައުދު މިވަނީ ބައްޕަ ގަބޫލު ނޫންއިރަކު މި ގުޅުމެއް ނޫފެދޭނެ، އަދި އަޅުގަނޑު އަބަދުވެސް ހުންނާނީ ބައްޕަގެ ދޮށީ ދަރިފުޅުގެ ގޮތުގައި، މިކަން ދުވަހަކުވެސް ނުވާނެ….. މިއީ އަޅުގަނޑަށް ވެވޭނެ ކުޑަ ކުޑަ ގުރުބާނީއެއްކަމަށް ހިތަށް އަރާލާ… އަޅުގަނޑު ވަރަށް ލޯބިވޭ މަންމައާއި ބައްޕަދެކެ..” ޔާއިން އެހެން ބުނެލުމާއި އެކު ސުމާ އާއި ޔައިނާ ދިޔައީ ސިހިގެންނެވެ. ސުމާ އަށް މާޒިންއާއި ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނަސް ހިތުން އެތަކެއް ފަހަރު ޔާއިން އެ ނިންމި ނިންމުން ބަދަލުކުރުމަށް އާދޭސްކުރަމުންދިޔައެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ލޯބިވޭ (4)

Next

ޢަޞްރު (ފަންސާސްއެއްވަނަ ބައި)

Next
March 10, 2017

ޢަޞްރު (ފަންސާސްއެއްވަނަ ބައި)

Previews
March 9, 2017

ލޯބިވޭ (4)

39 Comments!

  1. Ryn says:
    March 9, 2017 at 1:19 pm

    Salaam. ????
    Tc and, c u guys sat ga. ??

  2. dream says:
    March 9, 2017 at 1:39 pm

    vaahaka nimunytha ekkon

  3. Shaal says:
    March 9, 2017 at 1:42 pm

    No no no.. ryn thihen nuhadhaa.. e dhemyhun gulhuvaabala plz plx..????

  4. Riff Rif says:
    March 9, 2017 at 1:46 pm

    Wow…..v salhi…❤?❤

  5. You says:
    March 9, 2017 at 1:48 pm

    V nice

  6. sam says:
    March 9, 2017 at 1:49 pm

    Ooooh happy kohlaaaafa sad kohly vvvvv lobi igey ryn please up next part waiting waiting

  7. Fan says:
    March 9, 2017 at 1:50 pm

    Speechless and heart breaking ..v reethi ekam ☺️❤️

  8. vishaa says:
    March 9, 2017 at 1:52 pm

    vara rethi…dhen alhe eidhemeehun gulhuvaabala..keep it up

  9. Niky love story says:
    March 9, 2017 at 1:52 pm

    Alhey ?????cry cry ?????heart touching???

  10. names says:
    March 9, 2017 at 1:57 pm

    Vvvv. Salhi… keep it up……. ryn..
    Me dhow first…

  11. Neyngey sifakuran says:
    March 9, 2017 at 2:01 pm

    Ryn keehvetha ehaa haasaru dhigu kurany.. Maa beykaaru vaahaka gina kohfa hunnany. Liyan nujehey kanthahves maa details kohlaafa. Dhen rynge storyge concept reethi. Ekam sifa kurumeh nuhurey ehves varakah. Ryn alhe shineg story kiyaalaba. Eyge konme jumlaehves ehaa fashuvikoh genesdheefa innaany. Ehn fashuvi kuran try kohba.. Meege molhu kamaky gina vaahaka liyumeh nuun. Ekam fashuvikoh reethikoh kiyun therin hiyhama jehey gothah story liyun. Take it positively

    1. Anonymous says:
      March 9, 2017 at 11:03 pm

      Agree

    2. Anonymous says:
      March 9, 2017 at 11:05 pm

      Suma he nephew e firihen kujja akee; e dhemeehun vsanee first cousin ah so kaiveni halaalu vaane

  12. thaath says:
    March 9, 2017 at 2:23 pm

    Dhontha ge dharifulhaa kaiveni sahha vaanetha

    1. Aakee says:
      March 9, 2017 at 2:32 pm

      yes vaane …

    2. ? says:
      March 9, 2017 at 3:03 pm

      Yup vaane.. Ekam aee emme gaiykoh.. Dhebenge dhedharin aee.. So its possible.. Aneiyka mivahakagai mikan juvabakah hadha nulaathi.. Kaiveni filaa valhu fahtaanee eh noon.. Ok

    3. lol says:
      March 9, 2017 at 3:06 pm

      Dhonthage dhariyaa keehve sahha vaany. Dhontha vaany ehbandu ehbafaa meehakahnu. Eynage dharivaany nephew or niece akahnu. So haraam vaane. Ekam cousin viyyaa kaiveni sahha vaane

    4. Marriage says:
      March 9, 2017 at 3:52 pm

      Lol ah thi othee engifa. Nephew or niece ah vaanee when for example my sister ah baby eh libuneema that baby will be my nephew or niece.
      And mi story ga yaan akee suma ge dhonthage kid ah veema yaan vaanee suma ge nephew ah. So suma ge daughter yanaa vaanee yaan ge cousin akah.
      Lol ah bunelan othee Hama Lol ey
      Meega kaiveni halaal vaane. Hurihaa kudhinnah understand vehje kamah heekuran

    5. Aanaa says:
      March 9, 2017 at 3:54 pm

      Kihaa dhera kameh dho yaain vaany suma ge nephew ashey..
      Yaina and Yaina eyee cousins ey. So sahha vaaney

    6. unknown says:
      March 9, 2017 at 7:21 pm

      dhontha ge dharinna suma ge dharinna vaany cousin ah.ehen veema sahha vaane

  13. who am i? says:
    March 9, 2017 at 2:35 pm

    wow salhi ???

  14. shaai says:
    March 9, 2017 at 3:00 pm

    Rohvaalafa thi ninmaaly….
    Avahah uploadkohdhehche inge

  15. rim says:
    March 9, 2017 at 3:39 pm

    V v v v vreethi konirakun nexpart upvaanii

  16. Ilut says:
    March 9, 2017 at 3:40 pm

    Sahha vaane cause niece and nephew ah vaanee ehbadu ehbafaa meehunge dharinnaa thimaa aa and thimaage ehbadu meehaa aa thimaage dharin vaany cousins ah..so its sahha..

  17. Ilut says:
    March 9, 2017 at 3:41 pm

    Thimaage ehbadu meehaage dharin naa thimage dharin***

  18. Bubbly says:
    March 9, 2017 at 4:42 pm

    Suma aa Yaain aa evves gulhumeh nethey eothy keevve? Suma ge dhontha ge dharifulhu vaany Suma ge nephew akah nuntha? Nephew aa kaivenivs sahha eh nuvaannu. So, aailee evves gulhumeh noave ekey nubuneveynnu…
    P.S. I’m not talking about Yaain and Yaina; they’re cousins, so of course they can marry

  19. Ssaahh says:
    March 9, 2017 at 4:57 pm

    Heart touching ????

  20. kiya says:
    March 9, 2017 at 5:10 pm

    Vvvv salhi next part koniraku

  21. ReeXa says:
    March 9, 2017 at 5:56 pm

    Thihen e dhemeehunnah nahadhaa.. heyo nuvaane ehn yaanaa aa yaanish dhurukuran:-(:'( anyway story is awesome

  22. Ohhh says:
    March 9, 2017 at 6:07 pm

    Kon zuvaabeh kuraakah..
    Dheben ge dhe dhari ey aee..
    Kaiveni sahha vaane..
    Aee emme kaarin kaiveni kureveyne goii..

    1. Dhw says:
      March 9, 2017 at 7:11 pm

      Neygea kon suvaabeh kuraakantha.?avahan dheameehun kaiveni kurea vry gon hadaaba ??story ga

  23. Shanna says:
    March 9, 2017 at 10:26 pm

    Ryn loabi… usually i enjoy reading and seldom leave a comment.. but thought will correct a mistake you are doing, as you are one of my favourite author…
    As Yaain and Yaina are cousins, they will be considered as relatives.. so leyge gulhun onnaane… aslu rangalhu gothakee rahimuge gulhumeh edhemedhuga nethey.. hope you’ll correct it baby… keep up the excellent job dhooni… ❤❤❤

  24. yashmaa says:
    March 9, 2017 at 10:38 pm

    Dhen v ladhuvethi feel eh vany.. kokko beybw kiyaigen thibegen.. dhonbe kiyany.. thi demyhun gulhuvan ma v foohivey.. ladhun halaak vaahaa vey..

  25. eemiyaa says:
    March 9, 2017 at 11:36 pm

    Nice

  26. haw shia shaba shi r says:
    March 10, 2017 at 12:32 am

    Mashaa Allah v v v v v v v v reethi mi part ves,moyavanee kiyaa hithun,plx nest part soon ,heart is beating too fast,heevanee real life ga vegen ulhey kameh hen,hama habey

  27. Ain says:
    March 10, 2017 at 11:53 am

    Saturday annandhen madukuran tha jeheyny, ? ryyyyyyyyyyynnnnnn…….

  28. Ish says:
    March 10, 2017 at 2:08 pm

    Kommes kugjjei suggest koh dheeba kiyaane reethi story eh suthor ge namaa eky. And mi story varah reethi

    1. ? says:
      March 11, 2017 at 12:16 am

      Layaal n shine men meehunge stories thah varah nice.. Give a try

  29. Ain says:
    March 11, 2017 at 11:24 am

    Shine ge “kuhveri loabi” ish..

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން (13)←


All Right Reserved!