ޔައިނާ އަށް އެދުވަހު އޭނާގެ ޑިއުޓީ އޮތް ގޮތް އިނގިގެންދިޔައެވެ. އަދި އެކި ދުވަސްދުވަހަށް ބަހާލެވިފައިވާ ގޮތް އިނގުނެވެ. ފުރަތަމަ ދުވަހެއްކަމަކު އޭނާއަށް އެހާ އުނދަގުލެއް ނޫނެވެ. ބްރޭކްއެއް ނަގާލަމުން ޔައިނާ ކެބިން އިން ނިކުމެފައި ކައިރި ހުރި ކެބިން ހުޅުވިއެވެ. އެވަގުތު ހައިފާވެސް ހުރީ ބްރޭކްއަށް ތައްޔާރުވެގެންނެވެ. ދެމީހުންވެސް ތިބީ ބްރޭކް ނަގާނެ ގަޑިއެއް ކިޔައިގެންނެވެ. ދެމީހުން ހިނިތުންވެލަމުން ކެންޓީންއަށް ދިޔައެވެ. “ސޯ މިތަނަށް ވަނީ މަމްމެން ވޯރކް ކުރާތީ ދޯ.. ކޫލް… އަހަރެން ބައްޕަވެސް […]
އެސްފިޔައިގެ މެމްބަރުންނަށް ވާދަވެރި މާހައުލެއް ހޯދައިދިނުމުގެ ގޮތުން މެމްބަރުންނަށް ޕޮއިންޓްލިބޭ ނިޒާމެއް މިވަނީ ތަޢާރަފްކޮށްފައެވެ. މިސިސްޓަމްގެ ދަށުން ޕޮއިންޓް ލިބޭނީ އެސްފިޔަގައި ރެޖިސްޓަރ ކޮށްފައިވާ މެމްބަރުންނަށެވެ. ޕޮއިންޓް ލިބޭނީ ހަމައެކަނި ލޮގިންވެފައިވާނަމަ އެވެ. ކޮންމެ މެމްބަރަކަށްވެސް ލިބިފައިވާ ޕޮއިންޓް ، އެ މެމްބަރެއްގެ ނަމާއި ދިމާލުން ފެންނަން ހުންނާނެއެވެ. މިގޮތުން މެމްބަރުން ހުށަހަޅާ ވާހަކަ ނުވަތަ ލިޔުންތަކާއި، ޙިޔާލު ފަދަ ތަކެއްޗަށް ބިނާކޮށް ތިރީގައިވާ އުސޫލުގެ މަތިން ޕޮއިންޓް ދެވިގެން ދެވިގެންދާނެއެވެ. މިޕޮއިންޓް ސިސްޓަމްގައި ހިމެނެނީ މައިގަނޑު […]
ފަރްހީންގެ ކުރިމަތީ އެހުރީ ބޮޑު އިސްކޮޅުން ދިގު ވަރުގަދަ ފިރިހެނެކެ. ދޮރު ވެސް ހުރީ ނިޒާމްގެ ފުރަގަހަށް ވާގޮތަށެވެ. ދެން ސަލާމަތެއް ނުވެވޭނޭ ފަރްހީންގެ ހިތް ބާރަށް ގޮވަމުން ދިޔައެވެ.”އޭ…ކޮބާ ކިހިނެއްވަނީ އެމަންޖެ؟ އަޅެ ރަންގަނޑެއް ނޫންތަ އެއީ…މި ލިބެންޏާ އެމަލުން ފޮނި ބޯލަން ހަމަކިތަންމެ ވަރަކަށްވެސް ލިބޭނެ އިނގޭ” އަތުން ހަރަކާތުން ފައިސާ ދައްކާލަމުން ނުބައި ގޮތަކަށް ނިޒާމް ބުނެލިއެވެ. ނިޒާމް އެހެން ބުނުމުން ފަރްހީން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ހަމަޖެހުމުގެ ގޮތް ދައްކަމުން […]
ގެއަށް ގޮސް އެންމެން ފެންވަރައިގެން ކާން އައުމަށް މާޒިން ބުންޏެވެ. އޭރު ހަވީރުވެއްޖެއެވެ. ޔައިނާ ކޮންމެހެން ކާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ފެންވަރައިގެން ނިކުތް ގޮތަށް ނަމާދުކޮށްގެން ނިދީއެވެ. ސުމާ ބަލައި އައި އިރު ޔައިނާ އޮތީ ނިދާފައެވެ. އެހެންކަމުން އަޅައިނުލާ ގޮސް ކެއުމައިގެން އުޅުނެވެ. ޔާއިންގެ މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. 3 އަހަރު އެކަނި އުޅުމަށްފަހު އަނެއްކާވެސް އެންމެންނާއި އެކު އުޅެވޭނެތީއެވެ. “އެންމެ ފުރަތަމަ ކަމަކަށް ޔާލް ގެ ސުކޫލް ކަންތަކާއި އުޅެންވީ…” ސުމާ ބުންޏެވެ. […]
“ހޫމް. ހަމަ މިހާރު.” ހުޒާމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ހައިރާންވެފައި ހުރެ ސާރާ ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި ހުޒާމްއާއެކު ސިޓިންގރޫމަށް ނުކުތެވެ. “ނިޔާޒްބޭ!” ހުޒާމް ސޯފާގައި އިން ނިޔާޒަށް ގޮވާލިއެވެ. އޭނާ އެނބުރި ބަލާލުމާއެކު ސާރާ ފެނިފައި އޭނާއަށް ކޮޅަށް ތެދުވެވުނެވެ. މިހުރިހާ ދުވަހު ސާރާ މިހުރީ ހުޒާމްގެ ބެލުމުގެ ދަށުގައިތާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއަށް އޭނާގެ ދަރިފުޅު މި ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. ފެނުނުއިރު އެދަރިފުޅު އެހުރީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ […]
ދުނިޔެ އަކީ ހުވަފެނީ ޢާލަމެކޭ މީހުން ބުނެ އުޅެއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމަކީ ކޮންމެ ހިނދުކޮޅެއްގެ ޙަޤީގަތެވެ. އުފަންވީއްސުރެ މިއަދާހަމައަށް އަހަރެންގެ ހަމައެކަނި ހުވަފެނީ ޢާލަމަކީ، މީހުންނާއި އެކަހެރިވެ ހޭދަކުރާ ވަގުތުތަކެވެ. މިފަދަ ކޮންމެ ވަގުތަކީވެސް އަހަރެންނަށް އާހުވަފެނެއް ދައްކާފަދަ ޖާދޫއެކެވެ. އުއްމީދުކުރެވެނީ އަދި އިންތިޒާރުކުރެވެނީވެސް، ތަޤްދީރުގެ ފަންސުރުން އެހުވަފެންތަކުގައި ކުލަޖެއްސޭނެ ދުވަހަކަށެވެ. ކޯރުގެ އަނެއްފަރާތުގައި، ދުނިޔެއިން ލިބެން އޮތްހައި އުފަލެއް، އަހަރެންނަށް އިންތިޒާރު ކުރާ ކަހަލައެވެ. އެފަރާތަށް ދެވޭނީ ކޮންދުވަހަކުންބާއެވެ. އެ ހުވަފެނީ ޢާލަމުގައި، އިރުގެ ރަން ދޯދިން ފެންވަރަމުން، އެކިކުލަކުލައިގެ މާތަކުން ޖަރީވެފައިވާ ބަގީޗާއެއްގެ މެދުގައި، ދެއަތް […]
ރަސްފަންނަށް ދެވުނުއިރު ނުވައެއް ޖަހަން ފަސް މިނެޓް ހުއްޓެވެ. އޭރު މަމްދޫހު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ސާރާއާއި ހުޒާމް ފެނުމާއެކު މަމްދޫހު އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ. ސާރާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީ ވާންއުޅޭ ގޮތެއް ނޭނގޭތީއެވެ. މަމްދޫހު އައިސް ހުއްޓުނީ ސާރާގެ ކުރިމަތީގައެވެ. “ވަރަށް އުފާވެއްޖެ ސާރާ އައީމަ. އަހަރެން ހިއެއްނުކުރަން އަންނާނެ ކަމަކަށްވެސް.” މަމްދޫހު ބުނެލިއެވެ. “އަހަރެންނަކީ ވަޢުދެއް ވެފަ އެކަން އުވާލާ މީހެއްނޫން. ދެން ބުނެބަލަ. ކީއްކުރަން މިތަނަށް އަންނަން ބުނީ؟” […]
ސުމާ އަށް މާޒިންއާއި ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނަސް ހިތުން އެތަކެއް ފަހަރު ޔާއިން އެ ނިންމި ނިންމުން ބަދަލުކުރުމަށް އާދޭސްކުރަމުންދިޔައެވެ. މާޒިން ހިތްހަމަޖެހުނުތަން ފެނުނެވެ. އޭނާ އަބަދުވެސް ޔާއިންދެކެ ލޯބިވާއިރު މިފަހަރުވެސް ޔާއިން އޭނާ ގެ ނަން ވެއްޔާއި މޮޑުމުގެ ފުރުސަތު ލިބުނަކަ ނުދިނެވެ. މާޒިން އަށް އެ ނިންމުން ކިތަންމެ ހިތްދަތިވިޔަސް އޭނާ އެ ގުޅުމަށް ކިތަންމެ އާބަސް ބުންޏަސް މި ދުނިޔޭގައި އެދެމީހުންނަށް އެކީ އުޅެން އުނދަގޫވާނެކަން މާޒިންއަށް އިނގެއެވެ. ޔައިނާ ދެދުވަސްފަހުން […]
“ޒާމް! ރިޒޫއާ ދިމާއަށް އެއްޗެހި ނުކިޔައްޗޭ.” ސާރާ ކާރުގައި އިނދެފައި ބުނެލުމުން ހުޒާމް “ހޫމް”އެކޭ ބުނެލިއެވެ. މާދިގު ދަތުރަކާނުލާ ގެއަށް އާދެވިއްޖެއެވެ. އެ ބޮޑު ގޯތިތެރެއިން ކުރިއަށް ގޮސްގޮސް ހުރެފައި ސާރާ ހުއްޓުނެވެ. ހުޒާމްއަށް ސާރާގެ ހާލަތު ދެނެގަނެވިގެން އެއަތަށް ފިތާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނަމުންނެވެ. ދެމީހުން އެކުގައި ގޮސް ދޮރުގެ ބެލް އަޅާލިއެވެ. ސާރާ ނޭވާ ހިފަހައްޓާލީ އެއީ ރިޒްނާއަށް ވެދާނެތީއެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލީ ޝަރީފާއެވެ. “އަނހަ […]