“ހުމްމް.. މިއީ ދޯ މިވާ ކަމަކީ.. ވަރެއްގެ ލޯތްބެއްތާދޯ.. ހެހެ.. ” ޒުލްފާ ގާތަށް ހިނިއައެވެ. “ހުމްމް.. އެނގޭތަ އަހަރެން އޭނަދެކެ އެހާ ލޯބިވަނީ ކީއްވެގެންކަން ؟ ” މާހާ ސުވާލުކޮށްލިއެވެ. “އުނހު.. ނޭނގޭ..” ޒުލްފާ ބުނެލިއެވެ. ” އެއީ ޒާހިލް އެހެން ފިރިހެންކުދިންނާއި ތަފާތު ވީމަ.. ގިނަ ވަގުތު އަހަރެމެން ތިބެނީ ވާހަކަދައްކަން.. އަހަރެން ވެސް އިންނަނީ އޭނަ ދައްކާ ވާހަކަތައް އަޑުއަހަން.. އަހަންނަށް މާގިނަ ވާހަކަ ނުދެއްކުނަސް ޒާހިލް ވާހަކަދައްކާ ހަދާނެ…. އެގޮތަށް އަސްލު […]
އުފާވެރި މަޖާ ދަތުރަކަށްފަހު އެންމެން ދޯންޏަށް އެރީ މާލެ ދިޔުމަށެވެ. އިޝާ އަޝްފާގު އަތުގައި ހިފައިގެން އެންމެނާއި ދުރުން ވާހަކަ ދައްކަން އިން އިރު އަޝްފާނާއި އަރޫޝާއަށް އެމަންޒަރު ބަލަން ދުރުގައި ތެބެވޭ ވަރެއްނޫނެވެ. ދެމީހުން އެކަކު އަނެކަކާއި ސައްލާ ކުރަމުން ދިޔައީ ދެން ކަންތައް ކުރަންވީ ކިހިނެތް ކަމާއި މެދުގައެވެ. “އެއްކަން ނިމޭއިރަށް ހުވާ އަނެއްކަމެއް ކުރިމަތިވާނެ” އަރޫޝާ ހުރީ ހިތްހަމަނުޖެހިފައިކަން އޭނާގެ އަޑުން ސާފުވެއެވެ. “ރުޝް ބުންޏަސް އަހަންނަކަށް ނުހުރެވޭނެ ބޭބެ ކައިރީ ނުބުނައެއް. […]
އޮފީހަށް ވަންނަން އާއި ޔުއާންފެނި އަންހެންކުދިންގެ ހަރަކާތްތަކަށް ބަދަލު އާއިވަރު ބަލާ ކޮންމެ މީހަކަށްވެސް ފާހަގަ ވާނެއެވެ.ހެދުން ރީތިކޮށްލާ އިސްތަށިގަނޑުވެސް ރީތިކޮށްލަނީ ހަލުވި ކަމާއިއެކުއެވެ.ކަޅު ފަޓުލޫނަކާއި މަޑުނޫކުލައިގެ ގަމީހެއް ލާފައި ހުރިއިރު ޔުއާން މިއަދު ހުރީ ކަރުގައި ގަދަ ނޫ ކުލައިގެ ޓައިއެއް އަޅާލާފައެވެ.އަތުގައި ކަޅު ކުލައިގެ ކޯޓެއް އޮތެވެ.ރެބަން އަވި އައިނުން ލޯ ފޮރުވާލާފައި ހުރިކަން ނަސީބެކެވެ.އެހެންނޫންނަމަ މިހާރުވެސް އެހާވަރުވެފައި ތިބި އެތައް ކުދިންތަކަކަށް އެ ތޫނު ދެލޯ ފެނި ހުރިތަނަށް ނުވެއްޓޭނެ ކަމެއްވެސް ނޭނގެއެވެ.އިށީންދެ […]
“ނާން!” އިސްޖަހައިގެން އަހަރެން އިންދާ ޚަލަފް ގޮވާލުމުން އިސްއުފުލާ ބަލާލީމެވެ. މެދުގައި ރަތްކުލައިގެ ބޮޑު ހިތެއް ޖަހާފައި އޮތް ޗޮކްލެޓް ކޭކެއް މޭޒުމަތީގައި ބާއްވާފައި އޮތެވެ. ކޭކުގެ ކައިރީގައި ރަތްރެބްން އައްސާފައިއޮތް ކުޑަ ވަޅިއެއް އޮތެވެ. އެއީ އަހަރެންނަށް އެންމެ މީރު ފްލޭވާރގެ ކޭކެއްކަމުން ވަގުތުން ކުޅު ދިޔާވިއެވެ. މޭޒުމަތީގައި އޮތް އަހަރެންގެ އަތުގައި ޚަލަފް ހިފާލަމުން އަތަށް ފިތާލިއެވެ. އެއާއާއެކު އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރުވައިފިއެވެ. “ވިލް ޔޫ ބީ މައިން ފޯ […]
ލައިގެންހުރި ހުދު ކުލައިގެ ފަލަމަސްގަނޑާ ހިސާބަށްދާ އަތްދިގު ގަމީހާއެކު ލާފައި ހުރި އައިސްބުލޫ ޖިންސުގައި އެކުއްޖާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ދިގު ފަން ކަޅު ކުލައިގެ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްވެފައި އޮތްއިރު ހީލާ ކޮންމެ ފަހަރަކު އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. އިރުގެ އަލި އެދޮންމޫނަށް އެޅިފައި އޮތްއިރު އެދިގު އެސްފިޔަތަކުން ދެލޯވަނި ފޮރުވާލެވިފައެވެ. “އަފޫ އަތުޖެހިއްޖިއްޔާމު ދުވަސް ދިޔައީ އިނގޭ” އެއަންހެންކުއްޖާގެ ފަހަތުން ދުވަމުން އައި ޒުވާނާ ފެނުމުން […]
ލައިގެންހުރި ހުދު ކުލައިގެ ފަލަމަސްގަނޑާ ހިސާބަށްދާ އަތްދިގު ގަމީހާއެކު ލާފައި ހުރި އައިސްބުލޫ ޖިންސުގައި އެކުއްޖާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ދިގު ފަން ކަޅު ކުލައިގެ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްވެފައި އޮތްއިރު ހީލާ ކޮންމެ ފަހަރަކު އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. އިރުގެ އަލި އެދޮންމޫނަށް އެޅިފައި އޮތްއިރު އެދިގު އެސްފިޔަތަކުން ދެލޯވަނި ފޮރުވާލެވިފައެވެ. “އަފޫ އަތުޖެހިއްޖިއްޔާމު ދުވަސް ދިޔައީ އިނގޭ” އެއަންހެންކުއްޖާގެ ފަހަތުން ދުވަމުން އައި ޒުވާނާ ފެނުމުން […]
“ނޫން. އަސްލު އަހަރެން މިކޮޅަށް މިއައީ ވެސް މިއަދު. އާލް އަކަށް ވެސް އެކަމެއް ނޭންގޭނެ. އާލް ކާރިއަށް މިއައީވެސް ހޭނެތުނު ފަހުން. އަހަރެން ފެނުނީމަ އާލްއަށް ޝޮކްޖެހޭނެ. އެއީ ކުރީގެ ހަނދާންތައް އާވާތީ.. އުމުރުން ތޭރަ އަހަރުގަ އާލްގެ ރަހުމަތްތެރިން ނާ އާލް ވަނީ ހިނގި އަލިފާނުގެ ހާދިޘާއެއްގަ މަޒީ ހަނދާން ނެތިފަ. އެ ހުރިހާ ކަމަކުން ވެސް އެންމެ ބޮޑުވަރުވީ މަގޭ ދަރިއަށް. ދެއަހަރު ކޯމާގަ އޮތުމަށްފަހު އޯލެވެލް ވެސް ހެދީ ވަރަށް ހާލުން. […]
ހެނދުނު ހޭލިއިރު ބޮލަށް ބަރުވެފާ ހުރުމުން ބޭސްކައިގެން އަނެއްކާވެސް އޮށޯވެލީ އިރުކޮޅަކުން ފެންވަރަން ދާށެވެ. ނަމަވެސް ކްލާހަށްދާ ގަޑި ގާތްވިއިރުވެސް ބޮލުން ރިހުން ފިލާގޮތެއް ނުވިއެވެ. އެންމެފަހުން ވަރަށްގިނައިން ހޮޑު ލެވުމަށްފަހު ބޮލުން ރިހުން ލުއިވިއެވެ. އަހަރެން މިއަދު ކްލާހަށް ނުދެވޭނެ ވާހަކަ މަލީ ގާތުގައި ބުނުމަށްފަހު ތިރިއަށް ފޭބީ ގައިގާ ވަރުޖައްސާލަން ލުނބޯފެނި ތައްޓެއް ބޯލާށެވެ. ބަދިގެއިން ނިކުމެ ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު އަހަންނަށް ދޮރުމަތީ ހުއްޓިލެވުނީ ފޮށްޓެއް ހިފައިގެން ދަނާލަށް ވަދެގެން އެއަންނަ […]
ތެމި ފޯވެގެން ހުރެ ޔުއާން އައިސް ގެއަށް ވަނީ ކަންބޮޑުވެފާއި ޒީނަތު ސިޓިންރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. ދަރިފުޅު ހުރި ހާލު ފެނި ޒީނަތުގެ ހިތަށް ނުބާއިގޮތެއް ވެގެން ދިޔައެވެ.ޖެހި ބުދެއްހެންހުރެ އާއި ޔުއާންއަކަށް އޭރު އަދި ޒީނަތުއެއް ނުފެނެއެވެ.ޒީނަތު ގޮވާލުމުން ސިހުން ލިބިގެން ދިޔައީ އެހެންވެއެވެ. “ދަރިފުޅު ކާރުގައޭނުން ދިޔައީ..ދެން ކީއްވެ ތެމިގެން ތިޔައީ..ކޮބާ ކާރު؟” “ކާރު ހަލާކުވެގެން ބާއްވާފަ މިއައީ..ސްކޫޕް ކައިރީގަ” “ހޫމް!މާދެން ރަނގަޅު ކޮށްފަ ގެނެސްދޭށޭ ބައްޕަ ކައިރީ ބުނާނަން..ދެންދޭ އަވަހަށް […]