Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވަާނަމޭ (2)

Aisha Level 3100 Comments10 Stories100 Login
May 6, 2017 3 Mins Read
16 Comments

ލައިގެންހުރި ހުދު ކުލައިގެ ފަލަމަސްގަނޑާ ހިސާބަށްދާ އަތްދިގު ގަމީހާއެކު ލާފައި ހުރި އައިސްބުލޫ ޖިންސުގައި އެކުއްޖާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ދިގު ފަން ކަޅު ކުލައިގެ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްވެފައި އޮތްއިރު ހީލާ ކޮންމެ ފަހަރަކު އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. އިރުގެ އަލި އެދޮންމޫނަށް އެޅިފައި އޮތްއިރު އެދިގު އެސްފިޔަތަކުން ދެލޯވަނި ފޮރުވާލެވިފައެވެ. “އަފޫ އަތުޖެހިއްޖިއްޔާމު ދުވަސް ދިޔައީ އިނގޭ” އެއަންހެންކުއްޖާގެ ފަހަތުން ދުވަމުން އައި ޒުވާނާ ފެނުމުން އަމާންގެ ތުންފަތްމައްޗައް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. “އަހޫ” އަމާން އެޒުވާނާއަށް އަޑުއިވޭވަރަށް ގޮވާލިއިރު އެމޫނުމައްޗަށް ބަލާލި ކޮންމެމީހަކަށް އަމާން އުފާވެފައި ހުރިވަރު އެނގޭނެއެވެ. އަފްރީގެ ފަހަތުން ދުވަމުން ދިޔަ އަފްހަމް ހުއްޓި އަޑު އައި ދިމާލަށް ބަލާލީ ދަންނަ އަޑަކުން އޭނާއަށް ގޮވާލުމުންނެވެ. އަޑުއައި ދިމާލަށް ބަލާލިއިރު އަމާން ފެނުމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” މާން”  އަފްހަމް އަމާން އާއި ދިމާލަށް ހިނގައިގަތެވެ. އަދި ދިޔަ ގޮތަށް ގޮސް ދެޒުވާނުން ކޮޑާއި ކޮޑު ޖައްސާ އުޅުނު ގޮތުން ހައިރާންވެފައި ތިބީ އަފްރީން އާއި ލިއުޝާއެވެ.  “ދޮންބޭ” އަފްރީން އަފްހަމްއަށް ގޮވާލީ އެއީ ކާކުތޯ އޮޅުންފިލުވުމުގެ ބޭނުމުގައެވެ. އަމާންވެސް އަފްރީންއަށް ބަލާލީ އޭނަ އަފްހަމްއަށް ދޮންބޭ ކިޔާފައި މުހާތަބު ކުރުމުންނެވެ. “އޯ ސޮރީ މިއީ އަމާން.. ދޮންބެގެ ބެސްޓް ފުރެންޑް….އަމާން މިއީ އަހަރެންގެ ކޮއްކޮ އަފްރީން” އަފްރީން އަމާންއާއި ދިމާއަށް ތަންކޮޅެއް ރަގަނޅަށް ބަލާލިއެވެ. ހުދުކުލައިގެ ގަމީހަކާ ކަޅު ޖިންސެއްގައި އަމާން ފެންނަނީ ވަރަށް ސުމާޓްކޮށެވެ. ގަމީހުގެ އަތްކުރި އޮޅަނބޮއްޓާ ހަމައަށް އޮޅާލައިފައިވާއިރު ކަޅުކުލައިގެ ފަން އިސްތަށިގަނޑުވަނީ ޖެލްލައި ރީތިގޮތަކަށް ތަތްކޮށްލާފައެވެ. އަފްރީންވެސް ހިތާހިތުން އަމާންގެ ރީތިކަމަށް ތައުރީފްކޮށްލިއެވެ.  “ޑޯންޓް އީޓް ހިމް” އަފްރީން އަމާންއަށް ބަލަންހުރިގޮތުން މަޖާވެލާފައި އަފްހަމް ބުންޏެވެ. އަފްރީން އަމާންގެ ގައިގައި ބޮޑިއެއް އަޅުވާލާފައި އެންމެ ފުރަތަމަ ދިރުވާލާނީ އަފްހަމް ކަމުގައި ބުންޏެވެ. “ތި ދެ މީހުން ވާހަކަ ދައްކާލަ.. އަހަރެމެން އެބަ އަންނަން” ލިއުޝާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އަފްރީން ބުންޏެވެ. “އަނެއްކާ ސުއިސައިޑް މިޝަންއެއްތަ” ލާނެއްވައްތަރަކަށް އަފްހަމް އެހެން ބުނުމުން  އަފްރީން އަފްހަމްއަށް ލޯ އަޅާލިއެވެ. “ކޮން އާންސާއެއް ދޭން ތި ވިސްނަނީ؟” ދޮންވެލިގަނޑުމަތީ އިށީންދެފާ އަފްރީން ލިއުޝާ ކުރެން އެއްސެވެ. “ލިއުޝާވެސް ދޮންވެލިގަނޑުމަތީ އިށީންދެފާ އަމާން އާއި ވާހަކަދައްކަން ހުރި އަފްހަމްއަށް ބަލާލިއެވެ. “ޔޭސް އޭ ބުނަން” ލިއުޝާއެހެން ބުނުމާއެކު އަފްރީންއަށް ހީވީ ދެޢީދު އެއްފަހަރާ ލައިގަތްހެންނެވެ. އިންތަނުން ތެދުވެ ލިއުޝާގައިގައި ބައްދާލާފައި އަސްލުހޭ ބުންޏެވެ. “އުޝް އަހަރެންގެ ދޮންބެޔަށްވީތީ ނުޖެހޭނެ އިނގޭ އާނއެކޭ ބުނާކަށް އުޝް ދޮންބެ ބޭނުންނެތަސް ބުނޭ އައި ވިލް އޯލްވޭސް ބީ ވިތް ޔޫ” “އަފޫ އަފޫ އައި އޯލްވެސް ލައިކްޑް ޔޯއަރ ބުރަދާ” “އަސުލުދޯ ދޮގެއްނޫން” ލިއުޝާބޯޖަހާލުމުން އަނެއްކާވެސް އަފްރީން ލިއުޝާ ގައިގައި ބައްދާލިއެވެ. ” ކޮންއިރަކުން ދޮންބެ ކައިރީ ބުނަންތި ވިސްނަނީ؟” މިއަދުވެސް ބުނަން ބޭނުމީ އެކަމަކު…” ”އަމާންދޯ ، ލީވްހިމް ޓުމީ”  އެހެންބުނެ އަފްރީން ވެލިގަނޑުމަތިން ތެދުވީ ރަގަނޅު ރޭވުމެއް ވިސްނުމަށް އައުމުންނެވެ. ” ދޮންބޭ އާދެބަ ” އަފްހަމް އާއި އަމާން ކައިރީ ހުއްޓެމުން އަފްރީން ބުންޏެވެ. އަފްރީން އާއި އަފްހަމް އެއްފަރާތަށް ޖެހިތިބެ ވާހަކަ ދައްކަމުން ދިޔައިރު ލިއުޝާގެ ހިތްދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. ސައިކަލުމަތީގައި ހަމަޖެހިލި އަމާން ޖީބަށް އަތް ކޮށްޕާލުމަށްފަހު ފޯނު ނެގީ ފޯނަށް ނޯޓިފިކޭޝަނެއް އައުމުންނެވެ. ފޯނުނަގާ ބަލާލިއިރު އަފްހަމްގެ މެސެޖެއް އިނުމުން ހައިރާންވެފައި ތަންކޮޅެއް ދުރުގަހުރި އަފްހަމްއަށް ބަލާލިއެވެ. އަފްހަމް އިޝާރާތުން މެސެޖް ކިއުމަށް ބުނުމުން އަމާން މެސެޖް ހުޅުވާލިއެވެ.

ބުރޯ ދޭބަލަ އަފޫ ގޯވައިގެން އޭނަ ބުނާތާކަށް އުޝްގެ ބާތުޑޭއަށް އޯޑަރު ކުރި ޕުރެސެންޓް ލިބިއްޖެޔޯ އޭނަ އެފޮރުވަން ޖެހޭ އުޝްއަށް ޝައްކެއްނުވާނެހެން…. ދޭބަ އަފޫ ގޮވައިގެން  އެހާ އިރަށް މަދާނަން އުޝްގޮވައިގެން ބުރެއް ޖަހާލަން”

އަމާން އޯކޭ ޖަހާފައި ރިޕުލައިކޮށްލިއެވެ. “އުޝްދޭ އަފްހަމްގެ ސައިކަލަށް އަރަން މާންބެ އަންނާނަން އަފޫ ގޮވައިގެން އޭނަ ގެންފަ ހުރި ކާއެއްޗެހިތަކެއް ހިފައިގެން” ލިއުޝާ އޯކޭއޭ ބުނެފައި ގޮސް އަފްހަމްގެ ސައިކަލު ފަހަތަށްއަރާ އޭނަގެ ގައިގައި ނުޖެހޭ ހިސާބުގައި އަރާ އިށީންނެވެ. އޭރު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. އަފްހަމް އާދައިގެ ސްޕީޑެއްގައި ސައިކަލު ދުއްވާލީ ރަށުގެ އަނެއްކޮޅުގައި އޮންނަ އަތިރިއާ ދިމާލަށެވެ. އަފްރީންވެސް މަޑު ހިނގުމެއްގައި ގޮސް އަމާންގެ ސައިކަލު ފަހަތަށް އަރާ އިށީންނެއެވެ. “އަސްލު ކީއްވެ ދޮންބެ ކައިރީ އަފޫ ތި ދޮގު ހެދީ؟” އަފްރީން ސައިކަލަށް އަރާހަމަޖެހިލުމުން އަމާން ބުންޏެވެ. “އަސްލު ދޮންބެ ކުރިން ރެޔަކު އުޝްއަށް ޕުރޮޕޯސް ކުރީ އުޝް ޖަވާބުދޭންވެގެން ހުރީ މިއަދު އެކަމު އަހަރެމެން ތިބީމަ ބުނަންނުކެރިފަ ހުރީ އެހެންވެ އެދެމީހުންނަށް ޕުރައިވެސީ ދޭންވެގެން ދޮގު ހެދީ” އެހެންދޯ އެހެންވީމަ އަހޫ އަށް ކަމުގޮސްގެން މިއުޅެނީ އުޝް ދޯ…”  އަފްރީން އާއިކޭ ބުނީ ހިނިތުންވެލަމުންނެވެ. “ކޮންމެ ގޮތެއް ވިޔަސް އެމީހުންނަށް ޕުރައިވެސީދެވިއްޖެ… ދެން އަހަރުމެން ކީއްކުރާނީ؟” އަފްރީން ދެކޮނޑު އަރުވާލީ ނޭނގޭ ބުނުމުގެ ގޮތުންނެވެ. އޭރު ގަޑިން ފަސްގަޑި ބައިވެއްޖެއެވެ. އަތިރީގާ އުޅުނު ދެތިން މީހުންވެސް އޭރުވަނީ ގެޔަށް ދިއުމަށް މިސްރާބު ޖަހާފައެވެ. “ސައިކަލު ދުއްވަން އިނގޭތަ؟” ދައްކާނެ ވާހަކައެއް ނޭނގުމުން އަމާން އަފްރީން ކުރެން އެއްސެވެ. “ނޭނގެ ދޮންބެ ކައިރީ އަފޫއަށް ދަސްކޮށްދޭށޭ ބުނީމަ އެންމެ ދުވަހަކު ގޮވައިގެންދިއައީ” “އެހެންތަ.. ސައިކަލެއް ހުރޭތަ؟” “އާން އަފޫ އަތުގަވެސް ހުންނާނެ ސައިކަލެއް އެކަމު ދުއްވަން ނޭނގެންޏާމު ކީއްކުރާނީ ދޯ” “އާން..އުޝްވެސް ބުނި ދަސްކޮށްދޭށޭ ދެން އެކަމު އިހޫ ހުއްޓާ ނުޖެހޭނެތާ އަހަރެން ދަސްކޮށްދޭކަށް” “އާން ދެން ނުޖެހޭނެ އެމަންޖެޔަށް ކަމެއްކޮށްދޭކަށް” އަފްރީން އެހެންބުނި ގޮތުން އަމާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

އަފްހަމްގޮސް ސައިކަލު މަޑުކޮށްލީ މޫދުފެންނަންއޮތް ދިމާލަކަށެވެ. އޭރު އިރުގެ ހޫނުކަން ކެޑި މުޅިތަނަށް ވަނީ އޮރެންޖު ކުލަ ވެރިވެފައެވެ. ޖެހެމުންދިޔަ މަޑުމަޑު ރޯޅިތަކުން ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދޭނެކަން ޔަގީނެވެ. ލިއުޝާ ސައިކަލުން ފައިބައިގެންގޮސް އަފްހަމްއާއި ފުރަގަސްދީފައި މޫދާ ކުރިމަތިލީ އަފްހަމްއަށް ޖަވާބުދޭނެ ގޮތަކާމެދު ވިސްނަމުންނެވެ. އަފްހަމް ސައިކަލުން ފައިބައިގެންގޮސް ލިއުޝާގެ ފުރަގަހުގައި ހުއްޓިލިއެވެ. ލިއުޝާ ފުރަގަހަށް އެބުރުނީ އަފްހަމް އޭނާގެ ކައިރީގައި ހުރިކަހަލަ އިހްސާސްއެއްވުމުންނެވެ. އޭނަ އެބުރިލުމާއެކު ޖެހުނީ އަފްހަމްގެ ގައިގައެވެ. ލިއުޝާ ބުނަން ޖުމްލަ ކަރުތެރޭގައި ތާށިވީ އަފްހަމްއާއި އެހާ ގާތުގައިހުރެވުމުންނެވެ. ނަމަވެސް ހިތްވަރު ކޮއްފައި އެއްޗެއް ބުނެވޭތޯ މަސައްކަތްކުރިއެވެ. “އަ… އަހަރެން ބު… ބުނަން އުޅުނީ..” އަޅައަޅައިގަންނަމުންވެސް ބުނަންއުޅުނު ޖުމްލަ މެދުކެޑުނީ އަފްހަމް ވާހަކަދަށްކަން ފެށުމުންނެވެ. “ބުނަން އުޅުނީ” ލިއުޝާގެ ދަތްދޮޅީގައި ހިފާ އުފުލާލައިފައި ލިއުޝާ އާއި ހަތަރުކަޅި ހަމަކޮށްލަމުން އަފްހަމް ބުންޏެވެ. “އާއިކޭތަ؟” ދެންވެސް ވާހަކަ ދެއްކީ އަފްހަމްއެވެ. ލިއުޝާ އެސްފިޔަތަށް ތިރިކޮށްލަމުން ބޯޖަހާލިއެވެ. އަފްހަމް ވަގުތުން ލިއުޝާގެނެސް އެނާގެ އަތުތެރޭ ހައްޔަރުކޮށްލިއެވެ. “އައި ލަވްޔޫ އުޝް އައި ލަވް ޔޫ ސޯމަޗް” “އައި ލަވްޔޫ ޓޫ” “ކިކޭ އަދި އެއްފަހަރު ބުނެބަލަ” އަފްހަމް ލިއުޝާ އާއި ދުރުވެލަމުން އޭނާ ކުރެން އެއްސެވެ. “އައި ލަވްޔޫ ޓޫ” ލިއުޝާ ދެވަނަ ފަހަރަށް އެބަސް ތަކުރާރުކޮށްލިއެވެ. އަފްހަމްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެވަގުތު އޭނާއަށް ލިބުނު އުފާ ދުލުން ބަޔާން ކުރަންވެސް ދައްޗެވެ. އޭނާ ލިއުޝާ އުފުލާލާފައި އެބުރިލީ އަމަލުންވިޔަސް އެއުފާ ބަޔާންކޮއްދެވޭތޯއެވެ. އެވަގުތު ފަޒާގައި ގުގުމައިގެން ދިޔައީ ދެޒުވާނުންގެ ހުނުމުގެ އަޑެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

އެކަނިވެރިކަން..

Next

އިންތިޒާރެއް މަ ނުކުރާނަމޭ (7)

Next
May 6, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (7)

Previews
May 6, 2017

އެކަނިވެރިކަން..

16 Comments!

  1. kade says:
    May 6, 2017 at 1:52 pm

    Beautiful chapter I love it

    1. Aisha says:
      May 6, 2017 at 6:24 pm

      Thank u kade really means a lot ?

  2. Pinkish says:
    May 6, 2017 at 2:35 pm

    Pinkish ah v kamudhey mivaahaka… v v v reethi kuriah dhaa goiy… keep it up dear.. ?

    1. Aisha says:
      May 6, 2017 at 6:26 pm

      Thanks u pinkish.. Varah ufaa vehje reethi vaahaka bunieema ?

  3. Someone says:
    May 6, 2017 at 2:36 pm

    Kurinn ves in part mee….

    1. Aisha says:
      May 6, 2017 at 6:28 pm

      Yah I know dear aslu raahjega eh Aisha ulhenieekiee dhen haveeeu vieema nuvey up eh dhen vaahaka upload nuvieemaiyadhu mendhuru try kohlieema up view dhen fahun beli iru inee dhe part up vefa really sorry 4 that ?

  4. Rainy princess says:
    May 6, 2017 at 2:40 pm

    Wow vara reethi stry eh…next part kon dhuvahaku??

    1. Aisha says:
      May 6, 2017 at 6:29 pm

      Insha Allah Monday genesdheynan

  5. Sifaa says:
    May 6, 2017 at 2:50 pm

    Keeve gentha repeat koh up kuranee… New part eh upkohladheebala….

  6. Aisha says:
    May 6, 2017 at 6:30 pm

    Sorry sifaa asluga ihya haveerun ves up kurin ekamu nuveh feney dhen miahdhu mendhuru kureema upload viee fahun balaali iru inn dhe faharah up vefa really sorry

  7. Niher says:
    May 8, 2017 at 11:34 am

    Just wow ❤️I love it

    1. Aisha says:
      May 8, 2017 at 8:54 pm

      Thank u dear ?

  8. shhhh says:
    May 8, 2017 at 6:19 pm

    Khbaa next part

    1. Aisha says:
      May 8, 2017 at 8:55 pm

      Next part up nuvi miadhu ulhe ulhe ves insha Allah maadhan konmehemeh hadhaafaves up kohladheynan

  9. cya says:
    May 8, 2017 at 7:15 pm

    Kobaa next part

    1. Aisha says:
      May 8, 2017 at 8:57 pm

      Esfiya ah vaahaka upload nuvegen miulheniee really sorry maadhan balaanan konmeheneh hadhaafa ves vaahaka up kureveytho

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (3)←


All Right Reserved!