“ވަޓް ދަ ހެލް” ގަމީހު ގޮއްތަށް އަޅުވަން ހުރި ޔުއާންގެ އަނގައިން އެބަސްތައް ބޭރުވީ ނުވިސްނާ ހުއްޓާ ކެބިން ދޮރު ހުޅުވާލުމުން ލިބުން ސިހުމުގައެވެ.ސިހިފައި އެނބުރި ބަލައިލެވުމާއިއެކު ދޮރުން ވަތް ދިމްރާފެނި ޔުއާންގެ ބުމަ ގޮއްޖެހިގެން ދިޔައެވެ.އޭރު ދިމްރާވެސް ފެނުނު މަންޒަރުން ހުރީ ހުއްޓުން އަރާފައެވެ. ޔުއާން އަވަސް އަވަހަށް ގަމީސް ގޮއްތަށް އަޅުވާލުމަށްފަހު ގޮނޑީގައި އިށީނެވެ.ދިމްރާވެސް އެއާއެކު ހޭވެރިކަންވުމުން އަވަހަށް ގޮސް ޔުއާންގެ މޭޒުގެ އަނެއްފަރާތުގައި ހުރި ދެގޮނޑިންކުރެ ގޮނޑިއެއްގައި އިށީނެވެ.ރުޅިއައިސް ބުމަ ގޮއްޖަހާލާފައި އިން […]
ލާންޗު އައިސް ފަޅުން ވަތް މަންޒަރު ބަލަން އިން ދިމްރާއަށް ކުރެވިގެން ދިޔައީ ބަޔާން ކުރަންދަތި ޝޫއުރުތަކެކެވެ.ކުރެވިގެން ދިޔައީ އަމިއްލަ ވަޒަނަށް އާދެވުނު ކަމުގެ އިހްސާސެކެވެ.އިރެއްގައި އެ މާލެއަކީ އޭނާއަށް އާ ތަނަކަށްވިއަސް މިއަދު އެއީ އޭނާއަށް އާ މަންޒިލެއް ނޫނެވެ.މޫނުމަތިން އެކަން ނުދައްކާ އިނަސް މިއަދު އެ މާލެއަށް އާދެވުމުން އޭނާ އިނީ އިންތިހާއަށް އުފާވެފައެވެ. ވާނީވެސް އެހެންތާއެވެ.އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ހަނދާންތައް ވަނީ އެ މާލޭގައެވެ.އޭނާ އެންމެ ލޯބިވާ މީހުންތައް އުޅޭ މަންޒިލަކީ […]
“ތިހާ މަޑުން ގޮވައިގެން ޚަލަފްއަށް އަޑެއް ނީވޭނެ ދޯ؟” ޝަމްމުގެ އަޑު ކަންފަތްދޮށުން އިވުމުން އަހަރެން ފަހަތަށް މޫނު އަނބުރާލީމެވެ. ތަޤްދީރު އަހަންނާ މިކުރަނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އަހަރެންގެ އެންމެ ކައިރީގައި ވާއިރުވެސް މިހިތުގައި ވިންދުޖަހަމުން މިދަނީ އެހެން މީހަކަށް ހެއްޔެވެ؟ އަހަރެންގެ ހަށިގަނޑުގައި ޝަމްމު ބީހިލުމުން އެއީ ޚަލަފްއަށް ވެދާނެކަމަށް ހީކުރެވުނީ ކީއްވެހެއްޔެވެ؟ “ޚަލަފް! މީނަވެސް ބައިވެރިކޮށްބަލަ. ޝަމްމުއަށް އެނގެއޭ މަސްބާނަން ދާހިތުން ޚަލަފްކައިރީ ބުނަން ނުކެރިގެންކަން ނާން ތިއުޅެނީ” […]
ކޮޓަރިއަށްވަތް އަފްހަމް ހުރީ މަޑު ރާގެއް އަޅުވާލައިފައެވެ. އެނދުމަތީގައި އޭނާގެ ހަރަކާތްތައް ބަލަން އަފްރީން އިންކަންވެސް އޭނާއަށް ރޭކާއެއްނުލިއެވެ. ދެފައިވަށްކޮށްލައިގެން އެނދަށްއަރާއިން އަފްރީންއީނީ އަފްހަމް އުޅޭގޮތުން އަނގަހުޅުވިފައެވެ. އޭނައަށް ދެތިން ފަހަރަކު އިނގިލީގައި ދަތްވެސް އެޅިއްޖެވެ. އަފްހަމް ދިޔަގޮތަށް ގޮސް އޭނާގެ ކުލޯސެޓައަށް ވަނީ ލާންކަމުދާ ކަހަލަ ގަމީހެއް ހޯދުމަށެވެ. އެކަމަކު އެހާގިނަ ގަމީހާ ޓީޝާޓު ހުރިއިރުވެސް އޭނާއަށް ކަމުދާއެކައްޗެއް ފެނުނުކަމަކަށް ނުވިއެވެ. “ދޮންބޭ” އަފްހަމް ސިއްސައިގެން ދިޔައީ ކައިރީ ހުރެ އަފްރީން ވަރަށް ބާރަށް އޭނައަށް […]
ޝެލީގެ ފަރާތުން ޚަލަފްގެ ކާވެނި ސަރާއާއި ކުރެވުނުކަން އެނގުނު ދުވަހުން ފިށިގެން އަހަރެން ވާނީ އަމިއްލަ ނަފްސަށް ވަޢުދެއް ވެފައެވެ. ދެން ދުވަހަކުވެސް ފަސްއެނބުރި ނުބެލުމަށެވެ. މާޒީ ހަނދާންކޮށް ކަރުނަ ނޭޅުމަށެވެ. ނަމަވެސް މިހާތަނަށްވެސް އަހަންނަށް ކުރެވުނުހާވެސް ކަމަކީ ކޮންމެވެސް ދުވަހަކުން ޚަލަފް އެނބުރި އަންނާނެކަމަށް އިންތިޒާރުކުރުމެވެ. ނަމަވެސް ދެން އިތުރަށް އިންތިޒާރުކުރުމުގެ މާނައެއް ކޮބާހެއްޔެވެ؟ އަހަރެން ޝަމްމުއާއި މެރީކުރަން ރެޑީކަމަށް ބުނުމުގެ ކުރިން އަހަރެންގެ ފުރަތަމަ ލޯބި ބީވެގެން ދިޔަގޮތް ކުރުގޮތަކަށް ޝަމްމުއަށް ކިޔީދިނީމެވެ. އަދި […]
“އޭނާ އުޅޭ ގެއެއް ބަލާތި..މިރޭ އޭނަ ފުނޑާލަން ޖެހޭނެ” ދިމްރާގެ އަތުގައި ހިފައިގެން ދަމަމުން އައިސް މައިހާން ވާހަކަ ދެއްކީ ދުރުގައި ތިބި އޭނާގެ ގޭންގުގެ މީހުން ކައިރިއަށް އައިސްފައެވެ. “އޭނާ ގައިގަ އަތްނުލާތި” މައިހާން އަދި ދެންތިބި މީހުން ހައިރާންކޮށްލީ ދިމްރާ ކުއްލިގޮތަކަށް އެހާ ރުޅިގަދަވެފައި ހަޅޭއްލަވައިގަތީމައެވެ.ލިބުން ސިހުމުގައި މައިހާންއަށް ދިމްރާގެ އަތުންވެސް ދޫކޮށްލެވުނެވެ.އެހެންޏާ އޭނާއަށް ދިމްރާގެ ފަރާތުން ފެނިފައިނުވާ އަމަލެއް ފެނުމުން އޭނާއަށް ހައިރާންކަން ލިބުނެވެ.މިވީ ދެމަސްދުވަސްތެރޭ މައިހާން އެހާވަރު ކުރާއިރުވެސް ދިމްރާގެ ކިބައިން […]
… މާޒީގެ ޞަފްހާތަކަށް ގެއްލިފާ އަހަންނަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެ ހިތްދަތި ދުވަސްތައް ހަނދާންވުމުން އަނެއްކާވެސް އަހަރެންގެ ލޯ ކަރުނުން ފޯވިއެވެ. ޚަލަފްގެ ހިތުގައިވެސް އަންނަށްޓަކައި ތެދުވެރި ލޯތްބެއް ވާކަމާއި އެދުވަހު ޚަލަފް އެގޮތަށް ކަންތައް ކުރީ ސަރާގެ ބަލިހާލުގެ ސަބަބުންކަން އެނގުމުން ކޮންމެސްވަރެއްގެ ހިތްހަމަޖެހުމެއް ހިތަށް ލިބުނެވެ. ނަމަވެސް ޙާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. ޚަލަފްއެކޭ އެއްފަދައިން އަހަރެންގެ ދިރިއުޅުމަށްވެސް ގިނަ ބަދަލުތަކެއް އައިސްފައިވެއެވެ. އަހަރެންގެ އެކަނިވެރި ޙަޔާތް އުފާވެރި ދިރިއުޅުމަކަށް […]
” ޒުލްވެސް މިގޮތަށް ބަލައްޗޭ އިނގޭ.. އޭރުން އަނެއްހެން މައްސަލައެއް ޖެހުނަސް ބޮޑު ގެއްލުމެއް ނުލިބޭނެ .. ” މާހާ އެހެން ބުނެލީ ޒުލްފާއަށްވެސް ދެރަގޮތެއްވާން ނޭނދޭތީއެވެ. ” އެހެންވީމަ ދެން އެވާހަކައެއް ނުދައްކާނަން.. އެނގޭތަ.. ކުރީދުވަހު އޭނާއަށް ލަނޑެއް ލިބުނޭ.. އޭނަ ހަމަ ވާހަކަދައްކަން ފައްޓާއިރަށް އެތަނަށް އައި މަދިރިތަކެއް އައިސް ހެފީ އޭނަ ގައިގަ.. އަހަރެން ގައިގަ އެންމެ މަދިރިއެއްވެސް ނުހަފާ.. މަދިރި މަރާފަ އޭނައަށް އަވަދި ނުވޭ.. މަދިރި ހަފާތީ މަދިރިއަށް އެއްޗިހި […]
ފަރީޝާ ދިން ގަމީސްތަކެއް އިސްތިރިކުރުމަށްފަހު ދިމްރާ ޔުމާންގެ ކޮޓަރިއަށް ވަނީ އެ ގަމީސްތައް ކަބަޑަށް ލާށެވެ.އޭރު ޔުމާން ޑިއުޓީ ނިންމާފައި އަންނަ ގަޑި ކައިރިވެފާއި ހުރީތީ އޭނާ ހުރީ ރަނގަޅަށްވެސް ޖެހިލުންވެފައެވެ.އެހެންކަމުން އޭނާ އަވަސް އަރުވާލާފައި މަސައްކަތްކުރީ އެ ގަމީސްތައް ކަބަޑަށް ލާފައި ނުކުންނާށެވެ.އޭނާ އެކަނި ހުންނައިރު ޔުމާންގެ އަމަލުތައް ހުންނަ ގޮތުން އޭނާ މިހާރު އަސްލަށްވެސް ޖެހިލުންވެއެވެ. ޔުމާންގެ އެ ބަސްތަކާއި އަމަލުތައް ބޭނުންކޮށްގެން ހީވަނީ ދިމްރާ އެގެއިން ފޮނުވާލަން މަސައްކަތް ކުރާ ހެންނެވެ.އެކަމަކު ޔުމާން […]