“އޯކޭ އޯކޭ!!މިރޭ ކެއްކުން އޮތީ ބޯއީސްއަށް..މިރޭ އަޅުގަނޑުމެން ތިން ކުދިންނަކީ ގެސްޓުން” އުޝާ ވާހަކަ ދައްކަމުން އައިސް ސޯފާގައި އިށީންދެލިއިރު ހީވީ ކުރިން ދެކެވުނު ވާހަކައިގެ މައުޟޫ އޮޅުވާލުމުގެ ނިޔަތުގައި ވާހަކަ ދެއްކި ހެންނެވެ. އޭރު އުޝާގެ އަތުގެ އިޝާރާތަށް ދިމްރާއާއި ރީމްވެސް އުޝާގެ ކައިރީ ސޯފާގައި އިށީންދެއްޖެއެވެ. “އޯކޭ ޑަން! ހީކުރަނީތަ ފިރިހެނުންނަށް ވީމަ ކައްކަން ނޭނގޭނެކަމަށް..ވެއިޓް އެން ވޮޗް.ތިން ޝެފުންގެ ހުނަރުވެރިކަން މިރޭ ފެނިގެންދާނެ.. ތި މީހުން ކުޅުދިޔަވާނެހާ މީރު ކެއުމެއް ކާން ރެޑީވޭ” […]
ލިޔުންތެރިންނާއި ކިޔުންތެރިންގެ ޚިޔާލުތައް ކޮމެންޓްގެ ޒަރީޔާއިން ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ.
ޔުސްރާ ނިދަން ދިޔައިރުވެސް ވިސްނެނީ ދެން ކަންތައް ވާނެ ގޮތަކާ މެދުއެވެ. މުލައިލްމެންގެ ޓީމާ ގުޅުމަކީ މީހުން މަރަމުން އެގެންދާ މީހާ ހޯދުމަށްފަހު އެއީ ކާސިމް ތޯ ނޫނީ ޔުސްރާ ގެ ހިތުގައި އޮތް ޝައްކު ޔަގީނަށް ބަދަލު ކުރެވިދާނެ ކަމެއްކަމުގައި ޔުސްރާ ދެކުނެވެ. ފަތިހުގެ ފްލައިޓުން ފުރަން ޖެހޭތީ ދަބަސް ތައްޔާރު ކޮށްލުމަށްފަހު ޔުސްރާ ލޯމަރާލިއެވެ. ****** ފަތިހު ފަތިހާ ހޭލެވުނީ ކީއްވެކަމެއް ހުދު އަލާނިޔާއަކަށްވެސް ނޭންގެއެވެ. މިހާރަކަށް އައިސް ހުވަފެނުގައި އަބަދުވެސް ރޫ އޭ […]
ހަވީރުގެ ފިނި ވަގުތުގައި ކަނީރާގޭ ޓެރަސްމަތީ ހުރި މޭޒެއް ކައިރީ ތިން ކުދިން ލެޕްޓޮޕް ހުޅުވައިގެން އެއަށް ގެއްލިފައި އެތިބީ އައި ވަރަށް މުހިންމު އީ މެއިލް އެއް ކިޔާށެވެ. ތިން ކޮފީތަށި މޭޒުގެ އެއްފަރާތުގައި ހުރިއިރު އެންމެންވެސް ތިބީ އެ މެއިލް އަށް ގެއްލިފައެވެ. ޕްރިންސެސް އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ވާތްފަރާތުން އެއްފަރާތް ކޮއްލާފައިވާ އިސްތަށިގަނޑު ފަހަތުން އަޑިއަށްވާ ގޮތައް ހުޅި ޖަހާ، ކަނާތްފަރާތުން ކުޑަކޮއް ވެއްޓިފައިވާ […]
ލިއާ ގެ މި ވާހަކަ ވަރަށް އަވަހަށް ފެނިގެންދާނެ… 🙂 އިންތިޒާރުކޮށްލައްވާ!
ދެމީހުންނަށް ހޭވެރިކަންވީ އެންމެން އެއްފަހަރާ ހަޅޭއްލަވައިގަތުމުންނެވެ. އެންމެން ފޯރިނަގާފައި ސަކަރާތް ޖަހަމުން ދިޔަ އިރު އަމާންވެސް އުޅުނީ ހަޔާ ކޮނޑަށް ލައިގެންނެވެ. ހަޔާ އެނާގެ އަތުތެރޭގައި ގެންގުޅެލާގޮތުން ހުދު ހަޔާވެސް ހުރީ އަޖައިބުވެފައެވެ. 6 ޖެހުމުން ހުރިހާ ފިރިހެންކުދިން ގެޔަށްދިޔައީ ހުރިހާ އަންހެންވެރިން ގެއަށްލާފައެވެ. އަމާންވެސް ހަޔާ ގެއަށްލާފައި ގޮސް އޭނާވެސް ގެއަށްވަދެ ފެންވަރާލައިގެން އެނދުގައި ޖައްސާލިއިރު އެތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. ދެލޯމަރާލައިގެން އޮތްއިރު މިއަދުވީ ހުރިހާކަމެއް ހަނދާންކުރަމުން ދިޔައެވެ. “ދަރިފުޅާ” ދޮރުގައި ޓަކިޖަހާލަމުން ޒުބޭދާ އަމާންއަށް […]
“އާލް..ދެން ކިހިނެއް އަހަރެމެން ހަދާނީ..މުލް މެން ކާރިއަކުވެސް ނުބުނެވޭނެ. އަހަރެމެންވެސް އެގޮތަށްތަ މަރުވެގެން ދާނީ..ނޫން އާލް…ނޫން…އެއީ އަޅެ ކޮންކަހަލަ މީހެއް. އިންސާނުންތަކެއް ނޮޅާލައިގެން އެކި ގުނަވަންތަކޭ އެކަނީ..އާލްގެ މަންމަ އާ ބައްޕަވެސް.. ދެން އަހަރެމެން…ނޫން އާލް.. އަހަރެން ބޭނުމެއް ނޫން މިހެން ވާކަށް އަހަރެން ބޭނުމެއް ނޫން އާލްއާ ވަކި ވާކަށް އަހަރެންގެ މަންމަ….ވެސް..ނޫން……!!!!!” ރޭގަނޑުގެ އެ ހަމަހިމޭން ވަގުތުވެސް އަހަރެމެންގެ ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. އެންމެން އެންމެ ހިތްހަމަ ޖައްސާލައިގެން ނިދާވަގުތު އަހަރެމެން ދެމީހުންގެ […]
ދިމްރާއަށް އެ އެއްޗެހި ދަސްކުރަން ހުއްޓާ އިތުރު މެސެޖެއް އާއި އަޑު އިވިގެން ދިޔައެވެ.އެހެންކަމުން އަވަސް އަވަހަށް ގޮސް ބަލައިލިއިރު F-83 ނަންބަރު ފައިލް ދިނުމަށް ޔުއާން މެސެޖު ކޮށްލާފައި އޮތެވެ.އެއާއެކު ވަގުތުން ދިމްރާ އެ ފައިލް ހޯދާފައި ފައިލް ލާން ހާއްސަ ކޮށްފައިވާ ޖާގަޔަށް ފައިލް ލިއެވެ.ދެމިނެޓުވެސް ނުވާނެއެވެ. ވީއިރު ޔުއާން އިންނާނީ މިހާރު ރަނގަޅަށްވެސް ހައިރާންވެފައެވެ.ލިބުނު ކާމިޔާބުގައި ދިމްރާ ކުޑަކޮން ނަށާލާފައި ގޮސް ގޮނޑީގައި އިށީނެވެ. “މީޓިންއެއް އެބައިން ދިހަ މިނެޓް ތެރޭ..މުނާޒު ކައިރިއަށް […]
އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ. މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ. […]