ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އަފްރީން ދެލޯ އުނގުޅަމުން ގޮސް ފާހަނަޔަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮއްލައިގެން އަފްރީން ތިރިއަށް ފޭބީ އާދައިގެ މަތިން ކޮފީތައްޓެއް ބޯލުމަށެވެ. އަފްރީން ކޮފީމަގު ހިފައިގެން ނިކުމެ ގޭގެ ބިއްދޮށް ފަރާތު ބަގީޗާގައި ހުރި ބެންޗެއްގައި އިށީނދެ އިދެ ކޮފީ ބޯންފެށިއެވެ. އޭރު އިރުގެ އަލި ކޮންމެސް ވަރަކަށް ވަނީ ބިމަށް ފޯރާފައެވެ. އެ ބަގީޗާއަކީ އަފްރީންގެ މަންމަ މިޝާ ވަރަށް ރަގަނޅަށް ބަލަހައްޓަމުންދާ ބަގީޗާއެކެވެ. ތަފާތު އެކިވައްތަރުގެ މާގަސް އެތަނުގައި […]
އާރޓިފިޝަލް ބީޗް ސަރަހައްދުގައި ސައިކަލް ޕާކް ކޮށްލުމަށްފަހު ޚަލަފް އަހަރެންގެ އަތުގާ ހިފައިގެން ބްރެކް ވޯޓަރ އާއި ދިމާއަށް މިސްރާބުޖެހިއެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. މިއީ ހުވަފެނެއްބާއޭ ހިތައް އެރުމުން ކަނާތުގެ ޝަހާދަތް އިނގިލީގައި ދަތް އަޅާލީމެވެ. މިއީ ހަޤީޤަތެކެވެ. އެމީހަކާއިއެކު ހުރިހާ ވަގުތެއް ހޭދަކޮށްލުމަށް އިރެއްގާ އަހަރެންގެ ހިތް އެދުނު މީހާއާއި އެކު، ދެމީހުން އެކަނި އެއްމޭޒެއް ދޮށުގައި މިކަހަލަ ތަނަކަށް އާދެވުނީމި އަހަރުތަކެއް ފަހުންނެވެ. އެހެންކަމުން އެރީތި ސޫރައަށް ބަލަހައްޓައިގެން އަހަރެން އިންއިރު ވަށައިގެން […]
ދަތުރުގެ އެއްމެހާ ބައިވެރިން ދޯންޏަށް އަރައި ހަމަޖެހިލިއެވެ. އަޝްފާގު ކުރިން ގޮސް ހުރީ އިޝާއަށް ނުފެންނަ ހިސާބުގައެވެ. އިޝާ ގެންނަން ބަހަނާއަކަށް ދެއްކީ އޮފީސް ދަތުރަކަށް ވުމުން އެންމެން އަންނަން ޖެހޭނެކަމެވެ. އަންނަން ދެކޮޅު ހެދި ނަމަވެސް އަޝްފާގު ނުދާ ވާޙަކަ ބުނުމުން ދޫ ދިނީއެވެ. ދީނާ މިދަތުރުގައި ނުގެންނަން އަރޫޝާމެން ބޭނުންވި ކަމުގައި ވިޔަސް އޮފީސް ދަތުރަކަށް ވުމުން ނައުމަށް އެދެން އެއްވެސް މީހަކަށް ނުކެރުނީއެވެ. އޮފީސް ތެރޭގައި ދެކެވޭ ސިއްރު ވާހަކަތަކުން އިޝާއާއި އަޝްފާގުގެ […]
އެހެންނަމަވެސް، މާހާއަކީ އެފަދަ ކުއްޖެއް ނޫނެވެ. އޭނާ ކިތަންމެ މޮޅަސް، ބޮޑާވެރިކަމުގެ އެއްވެސް ސިފައެއް ނުހުރެއެވެ. އޭނާ، އެކުދިންވެސް ގެންގުޅެނީ ވަރަށް ގާތްކޮށްގެންނެވެ. ޝިމާޒަކީވެސް އެތަނުން ކުއްޖެކެވެ. މާހާގެ ކިލާހު އެކުވެރިއެކެވެ. މާހާ، އެކުދިންނާއި ވާހަކަދައްކައި ހީސަމާސާވެސް އެވަރަށް ކުރެއެވެ. އަދި ފިލާވަޅުވެސް ބުނެދެއެވެ. އެރީތި ސިފަ މާހާގެ ކިބައިގައި ހުރުމުގެ ސަބަބުން އެކުދިންގެ ހިތްތަކުގައިވެސް އެއްވެސް ބުރަކަމެއް މާހާއާއިމެދު ނުވެއެވެ. މާހާގެ އެކުވެރި މޮޅު އެހެން ކުދިން، އެކުދިންނާ މެދު ކަންތައްކުރާގޮތުން އޭނާގެ ހިތްވެސް ނުރުހެއެވެ. […]
ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އަފްރީން ދެލޯ އުނގުޅަމުން ގޮސް ފާހަނަޔަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮއްލައިގެން އަފްރީން ތިރިއަށް ފޭބީ އާދައިގެ މަތިން ކޮފީއެއް ތައްޓެއް ބޯލުމަށެވެ. އަފްރީން ކޮފީމަގު ހިފައިގެން ނިކުމެ ގޭގެ ބިއްދޮށް ފަރާތު ބަގީޗާގައި ހުރި ބެންޗެއްގައި އިށީނދެ އިދެ ކޮފީ ބޯންފެށިއެވެ. އޭރު އިރުގެ އަލި ކޮންމެސް ވަރަކަށް ވަނީ ބިމަށް ފޯރާފައެވެ. އެ ބަގީޗާއަކީ އަފްރީންގެ މަންމަ މިޝާ ވަރަށް ރަގަނޅަށް ބަލަހައްޓަމުންދާ ބަގީޗާއެކެވެ. ތަފާތު އެކިވައްތަރުގެ މާގަސް […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އަލާނިޔާ ރީތިވަމުން ދިޔައީ އެކުވެރިންނާ ބައްދަލު ކޮށްލުމަށް ރަސްފަންނަށް ގޮސްލާށެވެ. ހުދުކުލައިގެ ކްރޮޕް ގަމީސްކޮޅަކާ ކަޅު ސިކިނީ އެއްލައިންހުރި އިރު އެބައްޓަން ރީތި ހަށިގަނޑު ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑަށް އެއްވެސް ގޮތެއް ނުހަދާ މިނިވަންކަމާއެކު ދޫކޮށްލެވިފައިވާއިރު އެ ސާދަކަމަށް އެތައްބައެއް ފިދާވާހާ ވެއެވެ. އަނެއްކޮޓަރީގައި އުޅޭ ޔުސްރާވެސް ރީތިވެލައިން ނިކުތްއިރު ހީވަނީ ހޫރު ޕަރީއެއްހެނެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު ރަތް ލޭކުލަ ޖައްސާލެވިފައިވާ ތުންފަތް އެ ދޮން މޫނު ފުރިހަމަ ކޮށްދީފައިވެއެވެ. ދަނބު […]
އަރްޖޫ ގޯތި ތެރެއަށް ނުކުތީ ގޭތެރެއިން ދިމްރާގެ އެއްވެސް ހިލަމެއް ނުވުމުންނެވެ. ބޭރަށް ނުކުމެ ނަޒަރު ހިންގާލުމާއިއެކު ގޭގެ ގޯތިތެރޭ ހުރި ހުސްތަން ކޮޅުގައި ހަދާފައި ހުރި އަަށި ކައިރީ ދިމްރާ އިށީންދެގެން އިންތަން ފެނުނެވެ.ގޮނޑީގައި އިށީންދެލައިގެން އިންއިރު ދިމްރާގެ ލެޕްޓޮޕް އަށިމަތީ ބަހައްޓާލައިގެން ދިމްރާ އިނީ އެއާ ކުޅޭށެވެ.އަރްޖޫ ގޮވާލުމާއިއެކު ސިހުން ލިބި ދިމްރާއަށް ލެޕްޓޮޕް ލައްޕާލެވުނު ގޮތްވެސް ނޭނގުނެވެ. ”ކީއްވެ ބޮކިވެސް ނުދިއްލާ ކަނު އަނދިރީގަ” އަރްޖޫ އައިސް އަށި ކައިރީ ދިމްރާ އިށީންދެގެން […]
ވަރަށް ގިނައިރު ވަންދެން ތެތް އެއްޗެއްސާއިއެކު ފެންޖަހާ ކުލަޖެހުމުގާ އަހަރެމެން ފުރާގެ ދެތިން ކުއްޖަކާއި ބައިވެރިވެގެން އަހަރެންވެސްއުޅުނީމެވެ. މެންދުރުވާން ގާތްވުމުން ހައްވަދައިތަމެންގެއާއި ދިމާއަށް އެނބުރި ދިޔައީ ތެތްބާލާ ފެންވަރައިގެން ބަދިގެއަށް ވަންނާށެވެ. ދިޔަ މަގުމަތީވެސް ދެޖިންސުގެ ޒުވާނުން ފެން ޖަހާ ކުލަ އުނގުޅާ މަންޒަރު ފެންނަމުން ދިޔައެވެ. ނަމަވެސް މޫނުގައި ރެއިންބޯ ފުއް ޖަހައިގެން ފެންކުލައިން ފެންވަރައިގެން ހުރުމުންހެން ހީވެއެވެ. އަހަރެންގެ ގައިގާ އިތުރަށް ކުލަކޮޅެއް އުނގުޅާލާނެ މީހަކު ނުވިއެވެ. މެންދުރުގެ ކެއުމަށް މަންމަމެންގެ ރައްޓެހިންނާއި އަހަރެން […]
އޭޝް އޭ ބުނެ އަޝްފާގަށް އިގިލި ދިއްކޮށްލިތަން ފެނި އެންމެންގެ ލޯ ބޮޑު ވެގެން ދިޔައެވެ. އެވަގުތު ފެން ކޯވަރެއް ބޯން އިން ފަޒުނާއަށް ކޮށި އަރާގޮތްވިއެވެ. “އޭޝް އޭ” އަޝްފާނާއި އަރޫޝާއަށް ހައިރާންކަމާއި އެކީ އަހާލެވުނެވެ. “އަމްމްމް.. އައި ޝުޑް ގޯ” ހިތުގައި އުފެދުނު ހުރިހާ ޝަކުވާއެއް ބޭރުކޮށްލި އިރު އިޝާއަށް އޭޝްއަކީ ކާކު ކަން ބޭޒާރުކޮށްލެވުނުކަން އެނގި ތިރީ ތުންފަތުގައި ދަތްއަޅައި ގަނެވުނެވެ. “ދަނީ” އިޝާ ރޮބެޓެއްހެން ދާން އުޅުމުން އަރޫޝާ ގޮސް އޭނާ […]