Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރެއް މަ ނުކުރާނަމޭ (7)

Psenhi Level 410 Stories100 Comments100 Login
May 6, 2017 5 Mins Read
32 Comments

“ނާން!” އިސްޖަހައިގެން އަހަރެން އިންދާ ޚަލަފް ގޮވާލުމުން އިސްއުފުލާ ބަލާލީމެވެ. މެދުގައި ރަތްކުލައިގެ ބޮޑު ހިތެއް ޖަހާފައި އޮތް ޗޮކްލެޓް ކޭކެއް މޭޒުމަތީގައި ބާއްވާފައި އޮތެވެ. ކޭކުގެ ކައިރީގައި ރަތްރެބްން އައްސާފައިއޮތް ކުޑަ ވަޅިއެއް އޮތެވެ. އެއީ އަހަރެންނަށް އެންމެ މީރު ފްލޭވާރގެ ކޭކެއްކަމުން ވަގުތުން ކުޅު ދިޔާވިއެވެ.

މޭޒުމަތީގައި އޮތް އަހަރެންގެ އަތުގައި ޚަލަފް ހިފާލަމުން އަތަށް ފިތާލިއެވެ. އެއާއާއެކު އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރުތަކަށްވެސް އަސަރުކުރުވައިފިއެވެ.

“ވިލް ޔޫ ބީ މައިން ފޯ އެވަރ ބިއުޓިފުލް؟” ޚަލަފްގެ އެޖުމްލަ ފުރިހަމަ ނުވަނިސް އަހަރެން “ޔެސް” އޭބުނީމެވެ. އަދި އެ ތޫނު ދެލޮލަށް ބަލާލީމެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު އަހަރެންގެ ހިތް އުފަލުން ނަށާކަން އިހްސާސްވިއެވެ. އެހެރެން މިއީ ހަޤީޤަތެއް ބާއޭ ހިތަށްއަރާ ކަނާތު ބޮޑުވާއިނގިލި އަނގައާ ކައިރިކޮށްލީމެވެ.

“ނާން!” އިނގިލީގައި ދަތް ނޭޅެނިސް ޚަލަފްގެ އަޑު ކަންފަތުގައި ޖެހުނެވެ. އަހަރެން ޚިޔާލީ ދުނިޔެއިން ބޭރުވުމުން އިސްއުފުލާ ޚަލަފްއާއި ދިމާއަށް ބަލާލީމެވެ.

“މީޓް މައި ގާރލްފްރެންޑް، ސަރާ! ސަރާ ދިސް އިޒް މައި ލަވިން ބެސްޓް ފްރެންޑް ނާން.” ޚަލަފްގެ ބަސްތައް އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ޚަލަފްގެ ކައިރީގައި ހުރި އަންހެން ކުއްޖާއަށް އަހަރެން ނަޒަރު ހިންގާލީމެވެ. ހަމުގެ ކުލަދޮން ލޫޅާފަތި ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކެކެވެ. ހީލުމުން ކޮލަށް އެޅުނު އަޑިކޮޅުގެ ސަބަބުން ރީތިކަން އިތުރުވެގެންދެއެވެ. ލައިގެންހުރި އަޅިކުލައިގެ ޖިލްބާބާއި ގުޅުވައިގެން ކަޅު ޝޯލްއެއް އަޅާފައިވާއިރު އަނހެންކުދިން ހަސަދަވެރިވާހާ ރީއްޗެވެ. ޚަލަފް ހުރީ ސަރާގެ އަތުގައި ހިފާލައިގެންނެވެ. އަހަރެން ވަގުތުން ފެންކަޅިވިއެވެ. ނަމަވެސް ގަދަކަމުން ހިނތުންވެލަމުން ސަރާއާއި ސަލާމްކޮށްލަން އަތް ދިއްކޮށްލީމެވެ. ސަރާވެސް އަހަރެންގެ އަތުގައި ހިފާލަމުން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދި އަހަރެންގެ ކުރިމައްޗަށް ވާގޮތައް ދެމީހުން ގާތުގައި އިށީނެވެ.

ކާއެއްޗެތި އަންނަންދެން ތިންމީހުން ކުޑަކޮށް ވާހަކަދައްކާލީމެވެ. ގިނައިން ވާހަކަ ދެކެވުނީ އެދެމީހުން ބައްދަލުވިގޮތާއި ކުރި މަޖާ ކަންތައްތަކުގެވާހަކައެވެ. އެވަގުތުކޮޅުގެ ތެރޭގައިވެސް ސަރާއަކީ މަޑުމައިތިރި މިޖާޒެއްގެ ކުއްޖެއްކަން އަހަންނަށް ފާހަގަކުރެވުނެވެ. އަހަންނަށްވެސް އިނދެވުނީ ނެގިމަޑުވެފައެވެ.

ކަމުން ގެންދިޔައިރުވެސް ޚަލަފް ގިނައިން ވާހަކަދެއްކީ ސަރާއާއެވެ. ޚަލަފް ކާންއިން ތަށިން ބައެއް ފަހަރު ސަރާއަށް ލަވާތަން ފެނުމުން އަހަރެން ހަނދާނަށް އައީ އަހަންނާއިއެކު ޚަލަފް ކާން އައިސް އެކަކު އަނެކެއްގެ ތަށިން ކާންދިން ދުވަސްތަކެވެ. އަހަންނަށް އިހްސާސް ކުރަވަމުން ދިޔައީ އެކަނިވެރިކަމެވެ. އެދެމީހުންގެ އަމިއްލަ ދުނިޔެއަށް ގެއްލިފާވާއިރު އަހަރެންމީ ނެތް މީހެއްފަދައެވެ.

އަހަރެންގެ ހިތް ހީވަނީ ފަޅައިގެން ހިގައިދާނެ ހެންނެވެ. ނޭވާ ހާސްވާހެން ހީވެއެވެ. ހިތުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން ކެވޭގޮތް ނުވުމުން ކާންއިން ތަށި ދުރަށް ޖައްސާލީމެވެ. ދުރު ބަލަހައްޓައިގެން އިނީ ކުރިމަތިން ފެންނަ މަންޒަރު ދެކެން ލޯ ނުކުޅެދުންތެރި ވުމުންނެވެ.

އަހަރެންގެ ކިބައިގާ އުނިވީ ކޮން ސިފައެއް ހެއްޔެވެ؟ އަހަރެން ސަރާހާ ރީތިނޫންވީމަ ހެއްޔެވެ؟ އަހަރެންގެ ނަސީބުގާ ޚަލަފްގެ ލޯބި ލިޔެވިފާ ނެތީ ހެއްޔެވެ؟ އަހަރެން އަދިވެސް އިންތިޒާރު ކުރަންވީހެއްޔެވެ؟ ކިހާ ދުވަހަކަށް ހެއްޔެވެ؟ ޚަލަފްއެވެ! އަހަރެންގެ ހިތް އަތުލުމަށްފެހު އެހިތް ކުދިކުދި ކުރަނީ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ އަހަރެންގެ ލޮލުން ތި ސޫރައަށް  އެދޭވަރު ނޭނގެނީ ހެއްޔެވެ؟ އަހަރެންގެ މޫނުން ތި ލޯތްބަށް އެދޭވަރު ނުފެންނަނީ ހެއްޔެވެ؟ އަހަރެންގެ އުޅުމުން ތި ހިމާޔަތަށް އެދޭކަން ފާހަގަ ނުކުރެވޭ ހެއްޔެވެ؟ އަހަރެންގެ ޚަލަފްދެކެ އެންމެ ފުރަތަމަ ދުވަހުންސުރެ މިއަދާ ހަމައަށްވެސް ލޯބިވަމެވެ! އެހެނަސް ތިހިތުގާ އަހަންނަށްޓަކާ އެމެޤާމް ދުވަހަކުވެސް ލިބުމެއް ނެތީހެއްޔެވެ؟

“ކައި ނިމުނީތަ؟ ނާން!” ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންދާ ޚަލަފް އަހަންނާއި ސުވާލުކޮށްލިއެވެ. އަހަރެން އާއެކޭ ބުނީ ބޮލުގެ ޢިޝާރާތުންނެވެ.

“ކާރެއް ނަގައިދެންތަ؟” ތިރިއަށް ފޭބުމަށްފަހު ޚަލަފް ސުވާލުކުރިއެވެ. އަހަރެން ހިނގާލާފައި ދާނީ ކަމަށް ބުނުމުން “އޯކޭ” އޭ ބުނެ ސަރާގެ އަތުގައި ހިފައިގެންގޮސް ޚަލަފް އެރީ ސައިކަލަށެވެ.

“ބާއި! ގުޑް ނައިޓް.” އޭބުނެ ދެމީހުން ސައިކަލްގާ ދިޔައިރު އަހަންނަށް ހުރެވުނީ ހުރި ފިޔަވަޅުމަތީ އެދިމާއަށް ބަލަހައްޓައިގެންނެވެ. ދެން މަޑުމަޑުން ކުރިއަށް ހިނގައިގަނެވުނީ މަންޒިލެއް ނެތް މުސާފިރެއް ފަދައިންނެވެ.

އަހަރެން ހިނގަމުން ހިނގަމުންގޮސް މަޑުކޮށްލެވުނީ ރަސްފަންނު ކައިރީގައެވެ. އޭރު އުޑުމަތި ބަނަކޮށް ދުނިޔެމަތި އަނދިރި ކޮށްލައިފިއެވެ. އަހަރެން މަޑު ހިނގުމެއްގައިގޮސް މޫދާއި މާ ދުރުނޫން ހިސާބެއްގާ އިށީނދެލީމެވެ. އެއާއި އެކު ވާރޭވެހެން ފަށައިފިއެވެ.

ކޮނޑުގައި އޮތް ދަބަސް އުނގައްލުމަށްފަހު ދެކަކޫ ގެނެސް މެއާލާ ފިއްތާލެވުނީ މެއަށް ކުރަމުންދިޔަ ބާރުގެ ސަބަބުން ލުޔެއް ލިބޭތޯއެވެ. އަޑުން އަޑު ނަގާ ބާރަށް ރޮއިގަނެވުނީ ހިތުގައި އަޅަމުންދާ ވޭނަށް ކެތްނުވެގެންނެވެ. ނަމަވެސް އެއަޑު އަހާނެ އިތުރު މީހަކު އެތާކު ނެތެވެ. ވެހެމުންދިޔަ ވާރޭވެސް އެވަގުތު ބޯކޮށްލީ އެ ރުއިމުގާ ބައިވެރިވާ ފަދައިންނެވެ. އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ވާރެއާއި އެކުވަމުން ދިޔައިރު އެ ކަރުނައަށް ނިމުމެއް ނާދެއެވެ. ރޮއިގެން ލޮލުން ކަރުނަ ހުސްވާނެނަމަ އަހަރެންގެ ލޮލުން މިރޭ ކަރުނަ ހުސްވީހެވެ.

އަހްންނަށް ދަނާލާއި ހިސާބަށް ދެވުނުއިރު ގަޑިން ބާރަ ޖަހައިފިއެވެ. އޭރުވެސް ތުނިކޮށް ވާރޭ ވެހެމުންދެއެވެ. ގޭޓުގެ ކައިރީގައި ހުއްޓިލުމާއިއެކު އެތެރޭގައި ހުރި ވޮޗަރު އައިސް ދޮރު ހުޅުވައިދީފިއެވެ. އަހަރެންގެ ހާލަށް އޭނަވެސް ހަމްދަރްދީ ވާފަދައެވެ. އަހަރެން އޭނައަށް ޝުކުރު އަދާކުރުމަށްފަހު އެތެރެއަށް ހިނގައިގަތީމެވެ.

އެނދުމަތީ ދެފަރާތައް ފުރުޅިލަ ފުރުޅިލާ އަހަންނަށް އޮވެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. ލޮލުން ނިދީގެ އަސަރުވެސް ފެންނަން ނެތްއިރު އަދިވެސް ލޮލުން ހޯސްލާފައި ފައިބަމުންދާ ކަރުނައަށް ބަދަލެއް ނާދެއެވެ. ގިނައިން ރުއިމުގެ ސަބަބުން ދެލޯ ދުޅަވެފާވާއިރު ލޮލުގާ ރިހުމެއް ހުއްޓެވެ. ނަމަވެސް ހިތުގައިވާ ރިހުމާއި އަޅާކިޔާއިރު އެއީ އެއްވެސް އެއްޗެއްނޫނެވެ.

“ގުޑް މޯނިން!” ގަޑިޖެހިފައި ހުރުމުން ބާރު ސްޕީޑެއްގައި ހިނގާފައި ދަނިކޮށް ޚަލަފްގެ އަޑު އިވުމުން އަހަންނެށް ބޭއިޚްތިޔާރުގާ ހުއްޓިލެވުނެވެ. “މޯނިން” އޭ ބުނެ ގަދަކަމުން ހިނިތުންވެލަމުން އަހަރެން އަނެއްކާވެސް ހިނގައިގަތީމެވެ. މިއަދަކީ އަހަރެން މި ކޯހުގެ ކްލާހަކަށް ގަޑިޖެހިގެންދާ ފުރަތަމަ ދުވަހެވެ. އެހެން ކަމުން ދެން އިތުރަށް މަޑުކުރަން އަހަރެން ބޭނުމެއްނުވިއެވެ.

ކްލާސް ނިމިގެން ލައިބްރަރީއަށް އަހެރެން ދިޔައީ އެތަނުން ޚަލަފްއާއި ދިމާވާނެކަން އެނގޭތީއެވެ. ޚަލަފްގެ ގަޑިތައް މިއަދު ފެށޭނީ މެންދުރު ކަން އަހަންނަށް އެނގެއެވެ.

ފަރސްޓް ފްލޯގައި އެކަނިން މޭޒެއްގެ ދޮށުގައި އެއިނީ ދެވަނަ މީހެއްނޫނެވެ. “ޚަލަފް! ދެން ކިޔާބަލަ!” އަހަރެން ނެތް ހިތްވަރުލާފާ ޚަލަފްއާއި ވާހަކަ ދައްކަންފެށީ އެއްވެސް ކަމެއް ނުވާކަމަށް ހެދެމުންނެވެ.

ޚަލަފް އަހަންނާއި ދިމާއަށް ބަލާލުމާއިއެކު ފުރަތަމަވެސް ފާހަގަވީ އަހަރެންގެ ރަތްވެ ދުޅަވެފައިވާ ދެލޮލެވެ. “މިއުޅެނީ ލޯ  ކަހާތީ ވާރޭފެނަށް އެލާޖިކްވީ ކަންނޭނގެ.” ސުވާލެއް ކުރިމަތި ކުރުމުގެ ކުރިން އަހަރެން ކްލާސްކުދިންގެ ގާތުގައިވެސް ބުނިގޮތަށް ބުނެލީމެވެ.

“ސޮރީ! ރޭގަ ވާރެއާ ތެމުނީ ދޯ. އެން ނައު ޑޯންޓް ސޭ ކޮޒް އޮވް މީ ނާންގެ ފޯނުވެސް ފެންވަދެގެން ހަލާކުވީއޭ.” ޚަލަފްގެ ދެރަވާކަން ދައްކާލަމުން ބުނެލިއެވެ. އަހަރެންގެ ހަމަހިމޭންކަމުން ޚަލަފްއަށް ޖަވާބު ލިބިއްޖެއެވެ. އެތަށް ފަހަރު ބުނުމުންވެސް ފޯނު ގަނެދޭ ޚިޔާލު ބަދަލެއް ނުކުރިއެވެ.

ޚަލަފްގެ އެ ދަތުރަށްފަހު ޚަލަފް އަހަންނާއި ދުވަހެއް ދުވަހަކަށް ދުރުވަމުން ދިޔައެވެ. ދެމީހުން ބައްދަލުވާ މަދު ފަހަރެއްގައިވެސް އެދުލުން ސަރާގެ ނަން އަވަސް އަވަހަށް ބޭރުވަމުން ދިޔައިރު އަހަރެންގެ ހިތް ކަތިލެވެމުން ދިޔައެވެ.

ސަރާއަކީ ޚަލަފްގެ ޕާރފެކްޓް ގާރލް ކަމަށް އަބަދުވެސް ބުނަމުންދެއެވެ. ސަރާއާއި ދިމާވިގޮތް ޚަލަފް އަހަންނަށް ކިޔާދިނުމުން ޚަލަފްގެ ހިތުގައި އެހެން ދެވަނަ ފަރާތަކަށް ޖާގައެއް ނޯންނާނެޔޭ އަހަރެންގެ ހިތް ބުނަމުން ގެންދިޔައެވެ.

ޚަލަފްއަށް ސަރާ ފުރަތަމަ ފެނުނު ދުވަހުވެސް އެއީ ވަރަށް އެކަނިވެރި ކުއްޖެއްކަން ޚަލަފްގެ ހިތް ބުނެދިންކަމާއި އާދުގެ ފަރާތުން ސަރާގެ މައުލޫމާތު އިތުރަށް ހޯދީ ސަރާއާއި ދޭތެރޭ ޝައުޤުވެރިކަން އުފެދިގެން ކަމުގައި ބުންޏެވެ.

“އެއީ ވަރަށް ނިކަމެތި ކުއްޖެއް. ސަރާގެ ބައްޕައަކީ އަންހެނެއްގެ މައްސަލައިގާ އެރަށަށް އަރުވާލާފަހުރި މީހެއް ކަމަށް އާދުބުނީ. ސަރާގެ މަންމަ އޭނައާއި ކާވެނިކުރީ މައިންބަފައިންގެ ނުގަބޫލުގައި ކަމަށާއި އެއަށްފަހު އެމީހުން ސަރާގެ މަންމައާއި ގުޅުން ކަނޑާލީކަމަށްވަނީ. ދޮންތަ ފިޔަވާ. ދޮންތައެއީ ސަރާގެ މަންމަގެ ކޮއްކޮއެއް. ސަރާގެ އުމުރުން އެންމެ ދެއަހަރުގައި ބައްޕަ މިނިވަންވުމުން މަންމަ ވަރިކޮށްލާފަ ދިޔައީކަމަށާއި އެއަށްފަހު މިއަދާއި ހަމައަށްވެސް އެއްވެސް ޚަބަރެއް ނުވާކަމަށްވަނީ. އެދުވަހުން ފެށިގެން ސަރާއާއި ކޮއްކޮ މާޒިން އަދި މަންމަ ބަލަމުންގެންދަނީ ދޮންތައާއި އޭނާގެ ފިރިމީހާ. އެމީހުން ބައްޕައާއިއެކު އުޅުނުއިރު ދިރިއުޅުނީ ކުއްޔަށް މީހެއްގެ ގޭގައިކަމަށް ވަނީ. ނަމަވެސް މިހާރު ދޮންތަބޭގެ ގޭގައި އެންމެން އުޅެނީ. ސަރާގެ މަންމަ އެއްފަހަރަކު ވަރަށް ބަލިވެގެން މާލެ ގެނެސް ޓެސްޓްތައް ހެދިއިރު ހިތުގެބަލި ހުންނަކަމަށް ބުނީ. އޭގެފަހުންނޯ ސަރާ އެހާ މަޑުމައިތިރިވެފަ ބަސްމަދުވެފަ ހުންނަނީ. އޭނައަށް އަބަދުވެސް ހީވަނީ މަންމަ އޭނާ ދޫކޮށްފައި ދާންއުޅޭހެން. އަހަރެންވެސް ވަރަށް ހިތްވަރުދެން ސަރާއަށް. އެއީ ވަރަށް ބަސްއަހާ ކުއްޖެއް. ވަރަށް  ކިޔެވުމަށްވެސް މޮޅު. އޭލެވެލް ހަދަން ބޭނުންނުވާތީ ރަށު ސްކޫލްގަ ވަގުތީ ޓީޗަރަކަށް އުޅެނީ. އަހަރެން ވަރަށް ކިޔައިގެން ޑޮކްޓަރަށް ދައްކާލަން އެއައީވެސް އަބަދު ބޮލުގައި ރިއްސާތީ. އޭނާ ވަރަށް ފޫހިވާނެ މާލެދެކެ. އެއީ އޭނާގެ ބައްޕައަކީ މާލޭ މީހެކޭ މީހުންކިޔާތީ. އަދި އޭގެފަހުން ދުވަހަކުވެސް ނުދެކެމޯ ބުނީ. ދެކެން ބޭނުމެއްވެސް ނުވެއޯ. އަދި ފެނުނަސް ނުވެސް އެނގޭނެޔޯ.” ޚަލަފް ސަރާގެ ދިރިއުޅުން ކުރު ގޮތަކަށް ކިޔާދިނުމުން އަހަރެންގެ ހިތް ސަރާއަށްޓަކާ ހަމްދަރުދީން ފުރުނެވެ.

އަހަރެން ޚަލަފްދެކެ ކިތަންމެ ލޯބިވިއަސް ސަރާހުރި މަޤާމަށް އަންނަން ދެން ބޭނުމެއްނޫނެވެ! ޚަލަފްގެ ލޯތްބަކީ ސަރާއެވެ! ސަރާއަކީ ނިކަމެތި ކުއްޖަކަސް ހުރިހާ ގޮތަކުންވެސް ޚަލަފްއާއި ގުޅޭ ރީތި ހިތްހެޔޮ ކުއްޖެކެވެ. އެފަދަ ކުއްޖަކު ދޫކޮށްލާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. އެދެމެދަށް ދުވަހަކުވެސް ނުވަނުމަށް އަހަރެން އަމިއްލަ ނަފްސަށް ވިސްނާދެމުން ޚަލަފްއާއި ދުރަށްދާން މަސައްކަތް ކުރީމެވެ.

ނަމަވެސް ކުރި ހުރިހާކަމެއްވީ ބޭކާރެވެ. ސަރާ އެނބުރި ރަށަށް ދިއުމުން އަހަރެންގެ ކުރީގެ ޚަލަފް އެނބުރި އައިފަދައެވެ. ސަރާއަށް ގުޅަނީ ހަމައެކަނި ރޭގަނޑު ނިދަން ދިއުމަށްފަހުކަމުނަ އެހެން ހުރިހާ ވަގުތެއް އެކުގާ ހޭދަކުރެވެންފެށީ ހިތަށް ބާރުފޯރުވަން އުނދަގޫކަމަކަށް ވެފައި ވުމުންނެވެ. ޚަލަފްއާއި ދުރުވަން މަސައްކަތް ކުރި ވަރަކަށް އިތުރަށް ގާތްވަމުން ދެވުނީ އަމިއްލަ ބާރުގައެއްނޫނެވެ. ޚަލަފް ގެއްލެން އުޅޭހެން ފީލްވާ ކޮންމެ ފަހަރަކު ބާރަށް އެހަށިގަނޑުގާ ބައްދާލެވެނީ ދުރަށް ނުދާށޭބުނަން ދޫ ނުކުޅެދޭތީއެވެ. ބައެއްފަހަރު ޚަލަފްގެ ކޮލަށް  ލޯބިން ބޮސްދެވެނީ ހިތުގައި ހިނގަމުންދާ އިޙްޞާސްތައް ކޮންޓްރޯލް ނުވުމުންނެވެ. ބަދަލުގައި ޚަލަފްވެސް އަހަރެންގެ ކޮލުގައި ކިތަންމެ ފަހަރަކު ބޮސްދެއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަންނާއި ޚަލަފް ހިނގާލަން ނިކުތީ ބޭރުމަގަށެވެ. ދެމީހުން ހިނގަމުން ހިނގަމުންގޮސް އުސްފަސްގަނޑާއި ހަމައަށް ދެވުމުން އަހަރެން ބޭނުންވީ ގާގަނޑުމަތީ އިށީނދެލާށެވެ. ޚަލަފް އަހަރެން ގޮވައިގެންގޮސް އިށީނީ ފުދޭވަރަކަށް އަނދިރި ހިސާބެއްގައެވެ.

އަހަރެން ޚަލަފްގެ މޫނަށް ބަލާލީމެވެ. އެހާ ކައިރިން އެ ތޫނު ނަޒަރު އަހަރެންގެ މޫނަށް ހުއްޓިފައިވާތަންފެނި އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ބޭއިޚްތިޔާރުގައި ޚަލަފްގެ މޫނުގެ ދެފަރާތުން ހިފާ އަހަރެންގެ ނޭފަތް ޚަލަފްގެ ނޭފަތުގައި ޖައްސާލެވުނެވެ.

“އައި ލަވް ޔޫ” ވައިއަޑުން އަހަންނަށް ބުނެލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ލޯބި އަހަރެން ވަާނަމޭ (2)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (28)

Next
May 6, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (28)

Previews
May 6, 2017

ލޯބި އަހަރެން ވަާނަމޭ (2)

32 Comments!

  1. Mary says:
    May 6, 2017 at 4:08 pm

    V rythi

    1. Cenhi says:
      May 6, 2017 at 4:15 pm

      Thnkx Mary

  2. cya says:
    May 6, 2017 at 4:14 pm

    Me 1 st dho story v salhi

    1. cenhi says:
      May 6, 2017 at 4:39 pm

      Thnkx cya

    2. ravi says:
      May 6, 2017 at 4:42 pm

      nop 2 nd ^_^

    3. ravi says:
      May 6, 2017 at 4:45 pm

      Wow …. vahrah ehn kahalah feeling eh ehbahvih mi part kiyamun dhiyahiruh !!! This is just great!! will wait for next part!!

    4. cenhi says:
      May 6, 2017 at 5:15 pm

      Thnkx Ravi. Anekka konkahala feeling eh? Ethanun kujjaka hihkeetha?

  3. Chum handi says:
    May 6, 2017 at 5:02 pm

    Oo laa laaa…. haadha salhi yey…. waiting for the next part…..

    1. cenhi says:
      May 6, 2017 at 5:16 pm

      Thnkx chum handi. Hmm inthizaaru kurahchey

  4. ReeXa says:
    May 6, 2017 at 5:34 pm

    Varah reethi mi part vx.. keep it up.. Waiting for the next part. ..

    1. cenhi says:
      May 6, 2017 at 6:02 pm

      Thnkx ReeXa

  5. me says:
    May 6, 2017 at 5:37 pm

    kamaku nudhey.. meeky europe eh noon dhw europe style ah gls boys kiss koh hug koh ulheykah.. rahtehi nuve.. ethaa ves rahtehi vegen ulhey 2 meehun kannenge ekahala kanthah kurany.. mee dhen bodu varu.. mihaaru bodethi va kudhin ulhey goitha mee anehka.. adhi buneln. dhanaal ah vadheveyny reygandu 11 vandhen.. 11 ge fahun nuvadheveyne.. dhen miee hiyaaly vaahaka eh v ma ok ey ves bunevidhaane 12 vandhen ulhefa ves vannan.. bt kurin ai scene ehga bunefa vany boys n grls vaahaka dhahkan thibun ves manaa vaahaka..

    1. cenhi says:
      May 6, 2017 at 6:01 pm

      He he v bokoh vaarey vehifa themigen aeema gaudvs sympathyvegen vahdhafane dhw dhanalah. Baeh fahar imp kamehga bunelafa dhiyaeemaves 12ge fahun vahdha dhanalah. N thnkx 4 da comment me

  6. Coco says:
    May 6, 2017 at 6:08 pm

    Omg this is my life hadhaan nahtaalan beynun vaa varaka boda hadhaan vany I hate love for some reason coco ah ves e kujja coco kairiya annane kama inthizaaru kureveny but Naan is so brave she moved on

    1. cenhi says:
      May 6, 2017 at 6:14 pm

      Sry coco handhan nahthalan beynunva kameh handhan kohdhevuniyya. Coco ves move on kobbala dhn. He he thnkx 4 da comment

    2. cenhi says:
      May 6, 2017 at 6:16 pm

      O may b thi inthixaruge nimun ufaaverives vedhane dhw. 🙂

    3. Coco says:
      May 6, 2017 at 7:23 pm

      Hehehe yh btw I m a girl

  7. Aisha says:
    May 6, 2017 at 6:59 pm

    Woww.. Varah reethi ? konirakun next part

    1. Cenhi says:
      May 6, 2017 at 7:06 pm

      Thnkx Aisha. Nenge bunaka. Tommorow may b

  8. Littu says:
    May 6, 2017 at 7:12 pm

    Shaabahey thikuraa hivaran

    1. Cenhi says:
      May 6, 2017 at 7:43 pm

      Cenhi ahtha noony Naan ahtha?

  9. Arkaa says:
    May 6, 2017 at 7:30 pm

    Hehe adhi mikohlevuny kannege mi story ah comment eh..ekm mi story kiyan hama …n vrh reethi..wen next part?

    1. Cenhi says:
      May 6, 2017 at 7:43 pm

      thnkx may b tommorow

  10. Littu says:
    May 6, 2017 at 8:22 pm

    Cenhi dhoonee

    1. cenhi says:
      May 6, 2017 at 8:28 pm

      Ehenth. Thnkx

  11. ithoo says:
    May 7, 2017 at 1:55 am

    Wow..nice mi part vx dearr..keep it up cenhi ????

    1. cenhi says:
      May 7, 2017 at 5:11 am

      Thnkx ithoo

  12. Yal says:
    May 7, 2017 at 8:36 am

    aharenge dhiriulhumaa vv gulhun ebahuri…hama naan ah thi dhimaavi goiyy aharennah ves dhimaavii…aharenves bunaanee hama thihen inthizaareh ma nukuraanamey…

    1. cenhi says:
      May 7, 2017 at 11:32 am

      Good. Yal thi bunany hama rangalhah. Ekm dheraee Ehen bunyas asl egothah amal nukureveythy ginafahar. Thnkx 4 da comment yal. Mihar EBA heevey hageegy vahakaehen miliyeveny

    2. Yal says:
      May 7, 2017 at 7:02 pm

      baeh kudhin dhw…huriha kudhinneh nun..ehnnu cenhi…

  13. nonns says:
    May 7, 2017 at 5:14 pm

    V reethi mi part ves. Khalaf and naan gulhuvachey ending ga kommeves gotheh hadhaafa namaves. When next part?? 😀

    1. Cenhi says:
      May 7, 2017 at 5:58 pm

      Thnkx. Khàlaf n Naan dhw. Let’s c

Comments are closed.

Next Episodeއިންތިޒާރެއް މަ ނުކުރާނަމޭ (8)←


All Right Reserved!