ލޯބި އަހަރެން ވާނަމޭ (2)
ލައިގެންހުރި ހުދު ކުލައިގެ ފަލަމަސްގަނޑާ ހިސާބަށްދާ އަތްދިގު ގަމީހާއެކު ލާފައި ހުރި އައިސްބުލޫ ޖިންސުގައި އެކުއްޖާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ ދިގު ފަން ކަޅު ކުލައިގެ އިސްތަށިގަނޑު މުށިކުލައިން ހައިލައިޓްވެފައި އޮތްއިރު ހީލާ ކޮންމެ ފަހަރަކު އެއްކޮލަށް އެޅިގެންދާ އަޑިކޮޅުން އެހިނިތުންވުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެއެވެ. އިރުގެ އަލި އެދޮންމޫނަށް އެޅިފައި އޮތްއިރު އެދިގު އެސްފިޔަތަކުން ދެލޯވަނި ފޮރުވާލެވިފައެވެ. “އަފޫ އަތުޖެހިއްޖިއްޔާމު ދުވަސް ދިޔައީ އިނގޭ” އެއަންހެންކުއްޖާގެ ފަހަތުން ދުވަމުން އައި ޒުވާނާ ފެނުމުން އަމާންގެ ތުންފަތްމައްޗައް ހިނިތުންވުމެއްވެރިވެގެންދިޔައެވެ. “އަހޫ” އަމާން އެޒުވާނާއަށް އަޑުއިވޭވަރަށް ގޮވާލިއިރު އެމޫނުމައްޗަށް ބަލާލި ކޮންމެމީހަކަށް އަމާން އުފާވެފައި ހުރިވަރު އެނގޭނެއެވެ. އަފްރީގެ ފަހަތުން ދުވަމުން ދިޔަ އަފްހަމް ހުއްޓި އަޑު އައި ދިމާލަށް ބަލާލީ ދަންނަ އަޑަކުން އޭނާއަށް ގޮވާލުމުންނެވެ. އަޑުއައި ދިމާލަށް ބަލާލިއިރު އަމާން ފެނުމުން ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” މާން” އަފްހަމް އަމާން އާއި ދިމާލަށް ހިނގައިގަތެވެ. އަދި ދިޔަ ގޮތަށް ގޮސް ދެޒުވާނުން ކޮޑާއި ކޮޑު ޖައްސާ އުޅުނު ގޮތުން ހައިރާންވެފައި ތިބީ އަފްރީން އާއި ލިއުޝާއެވެ. “ދޮންބޭ” އަފްރީން އަފްހަމްއަށް ގޮވާލީ އެއީ ކާކުތޯ އޮޅުންފިލުވުމުގެ ބޭނުމުގައެވެ. އަމާންވެސް އަފްރީންއަށް ބަލާލީ އޭނަ އަފްހަމްއަށް ދޮންބޭ ކިޔާފައި މުހާތަބު ކުރުމުންނެވެ. “އޯ ސޮރީ މިއީ އަމާން.. ދޮންބެގެ ބެސްޓް ފުރެންޑް….އަމާން މިއީ އަހަރެންގެ ކޮއްކޮ އަފްރީން” އަފްރީން އަމާންއާއި ދިމާއަށް ތަންކޮޅެއް ރަގަނޅަށް ބަލާލިއެވެ. ހުދުކުލައިގެ ގަމީހަކާ ކަޅު ޖިންސެއްގައި އަމާން ފެންނަނީ ވަރަށް ސުމާޓްކޮށެވެ. ގަމީހުގެ އަތްކުރި އޮޅަނބޮއްޓާ ހަމައަށް އޮޅާލައިފައިވާއިރު ކަޅުކުލައިގެ ފަން އިސްތަށިގަނޑުވަނީ ޖެލްލައި ރީތިގޮތަކަށް ތަތްކޮށްލާފައެވެ. އަފްރީންވެސް ހިތާހިތުން އަމާންގެ ރީތިކަމަށް ތައުރީފްކޮށްލިއެވެ. “ޑޯންޓް އީޓް ހިމް” އަފްރީން އަމާންއަށް ބަލަންހުރިގޮތުން މަޖާވެލާފައި އަފްހަމް ބުންޏެވެ. އަފްރީން އަމާންގެ ގައިގައި ބޮޑިއެއް އަޅުވާލާފައި އެންމެ ފުރަތަމަ ދިރުވާލާނީ އަފްހަމް ކަމުގައި ބުންޏެވެ. “ތި ދެ މީހުން ވާހަކަ ދައްކާލަ.. އަހަރެމެން އެބަ އަންނަން” ލިއުޝާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އަފްރީން ބުންޏެވެ. “އަނެއްކާ ސުއިސައިޑް މިޝަންއެއްތަ” ލާނެއްވައްތަރަކަށް އަފްހަމް އެހެން ބުނުމުން އަފްރީން އަފްހަމްއަށް ލޯ އަޅާލިއެވެ. “ކޮން އާންސާއެއް ދޭން ތި ވިސްނަނީ؟” ދޮންވެލިގަނޑުމަތީ އިށީންދެފާ އަފްރީން ލިއުޝާ ކުރެން އެއްސެވެ. “ލިއުޝާވެސް ދޮންވެލިގަނޑުމަތީ އިށީންދެފާ އަމާން އާއި ވާހަކަދައްކަން ހުރި އަފްހަމްއަށް ބަލާލިއެވެ. “ޔޭސް އޭ ބުނަން” ލިއުޝާއެހެން ބުނުމާއެކު އަފްރީންއަށް ހީވީ ދެޢީދު އެއްފަހަރާ ލައިގަތްހެންނެވެ. އިންތަނުން ތެދުވެ ލިއުޝާގައިގައި ބައްދާލާފައި އަސްލުހޭ ބުންޏެވެ. “އުޝް އަހަރެންގެ ދޮންބެޔަށްވީތީ ނުޖެހޭނެ އިނގޭ އާނއެކޭ ބުނާކަށް އުޝް ދޮންބެ ބޭނުންނެތަސް ބުނޭ އައި ވިލް އޯލްވޭސް ބީ ވިތް ޔޫ” “އަފޫ އަފޫ އައި އޯލްވެސް ލައިކްޑް ޔޯއަރ ބުރަދާ” “އަސުލުދޯ ދޮގެއްނޫން” ލިއުޝާބޯޖަހާލުމުން އަނެއްކާވެސް އަފްރީން ލިއުޝާ ގައިގައި ބައްދާލިއެވެ. ” ކޮންއިރަކުން ދޮންބެ ކައިރީ ބުނަންތި ވިސްނަނީ؟” މިއަދުވެސް ބުނަން ބޭނުމީ އެކަމަކު…” ”އަމާންދޯ ، ލީވްހިމް ޓުމީ” އެހެންބުނެ އަފްރީން ވެލިގަނޑުމަތިން ތެދުވީ ރަގަނޅު ރޭވުމެއް ވިސްނުމަށް އައުމުންނެވެ. ” ދޮންބޭ އާދެބަ ” އަފްހަމް އާއި އަމާން ކައިރީ ހުއްޓެމުން އަފްރީން ބުންޏެވެ. އަފްރީން އާއި އަފްހަމް އެއްފަރާތަށް ޖެހިތިބެ ވާހަކަ ދައްކަމުން ދިޔައިރު ލިއުޝާގެ ހިތްދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. ސައިކަލުމަތީގައި ހަމަޖެހިލި އަމާން ޖީބަށް އަތް ކޮށްޕާލުމަށްފަހު ފޯނު ނެގީ ފޯނަށް ނޯޓިފިކޭޝަނެއް އައުމުންނެވެ. ފޯނުނަގާ ބަލާލިއިރު އަފްހަމްގެ މެސެޖެއް އިނުމުން ހައިރާންވެފައި ތަންކޮޅެއް ދުރުގަހުރި އަފްހަމްއަށް ބަލާލިއެވެ. އަފްހަމް އިޝާރާތުން މެސެޖް ކިއުމަށް ބުނުމުން އަމާން މެސެޖް ހުޅުވާލިއެވެ.
ބުރޯ ދޭބަލަ އަފޫ ގޯވައިގެން އޭނަ ބުނާތާކަށް އުޝްގެ ބާތުޑޭއަށް އޯޑަރު ކުރި ޕުރެސެންޓް ލިބިއްޖެޔޯ އޭނަ އެފޮރުވަން ޖެހޭ އުޝްއަށް ޝައްކެއްނުވާނެހެން…. ދޭބަ އަފޫ ގޮވައިގެން އެހާ އިރަށް މަދާނަން އުޝްގޮވައިގެން ބުރެއް ޖަހާލަން”
އަމާން އޯކޭ ޖަހާފައި ރިޕުލައިކޮށްލިއެވެ. “އުޝްދޭ އަފްހަމްގެ ސައިކަލަށް އަރަން މާންބެ އަންނާނަން އަފޫ ގޮވައިގެން އޭނަ ގެންފަ ހުރި ކާއެއްޗެހިތަކެއް ހިފައިގެން” ލިއުޝާ އޯކޭއޭ ބުނެފައި ގޮސް އަފްހަމްގެ ސައިކަލު ފަހަތަށްއަރާ އޭނަގެ ގައިގައި ނުޖެހޭ ހިސާބުގައި އަރާ އިށީންނެވެ. އޭރު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. އަފްހަމް އާދައިގެ ސްޕީޑެއްގައި ސައިކަލު ދުއްވާލީ ރަށުގެ އަނެއްކޮޅުގައި އޮންނަ އަތިރިއާ ދިމާލަށެވެ. އަފްރީންވެސް މަޑު ހިނގުމެއްގައި ގޮސް އަމާންގެ ސައިކަލު ފަހަތަށް އަރާ އިށީންނެއެވެ. “އަސްލު ކީއްވެ ދޮންބެ ކައިރީ އަފޫ ތި ދޮގު ހެދީ؟” އަފްރީން ސައިކަލަށް އަރާހަމަޖެހިލުމުން އަމާން ބުންޏެވެ. “އަސްލު ދޮންބެ ކުރިން ރެޔަކު އުޝްއަށް ޕުރޮޕޯސް ކުރީ އުޝް ޖަވާބުދޭންވެގެން ހުރީ މިއަދު އެކަމު އަހަރެމެން ތިބީމަ ބުނަންނުކެރިފަ ހުރީ އެހެންވެ އެދެމީހުންނަށް ޕުރައިވެސީ ދޭންވެގެން ދޮގު ހެދީ” އެހެންދޯ އެހެންވީމަ އަހޫ އަށް ކަމުގޮސްގެން މިއުޅެނީ އުޝް ދޯ…” އަފްރީން އާއިކޭ ބުނީ ހިނިތުންވެލަމުންނެވެ. “ކޮންމެ ގޮތެއް ވިޔަސް އެމީހުންނަށް ޕުރައިވެސީދެވިއްޖެ… ދެން އަހަރުމެން ކީއްކުރާނީ؟” އަފްރީން ދެކޮނޑު އަރުވާލީ ނޭނގޭ ބުނުމުގެ ގޮތުންނެވެ. އޭރު ގަޑިން ފަސްގަޑި ބައިވެއްޖެއެވެ. އަތިރީގާ އުޅުނު ދެތިން މީހުންވެސް އޭރުވަނީ ގެޔަށް ދިއުމަށް މިސްރާބު ޖަހާފައެވެ. “ސައިކަލު ދުއްވަން އިނގޭތަ؟” ދައްކާނެ ވާހަކައެއް ނޭނގުމުން އަމާން އަފްރީން ކުރެން އެއްސެވެ. “ނޭނގެ ދޮންބެ ކައިރީ އަފޫއަށް ދަސްކޮށްދޭށޭ ބުނީމަ އެންމެ ދުވަހަކު ގޮވައިގެންދިއައީ” “އެހެންތަ.. ސައިކަލެއް ހުރޭތަ؟” “އާން އަފޫ އަތުގަވެސް ހުންނާނެ ސައިކަލެއް އެކަމު ދުއްވަން ނޭނގެންޏާމު ކީއްކުރާނީ ދޯ” “އާން..އުޝްވެސް ބުނި ދަސްކޮށްދޭށޭ ދެން އެކަމު އިހޫ ހުއްޓާ ނުޖެހޭނެތާ އަހަރެން ދަސްކޮށްދޭކަށް” “އާން ދެން ނުޖެހޭނެ އެމަންޖެޔަށް ކަމެއްކޮށްދޭކަށް” އަފްރީން އެހެންބުނި ގޮތުން އަމާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
އަފްހަމްގޮސް ސައިކަލު މަޑުކޮށްލީ މޫދުފެންނަންއޮތް ދިމާލަކަށެވެ. އޭރު އިރުގެ ހޫނުކަން ކެޑި މުޅިތަނަށް ވަނީ އޮރެންޖު ކުލަ ވެރިވެފައެވެ. ޖެހެމުންދިޔަ މަޑުމަޑު ރޯޅިތަކުން ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދޭނެކަން ޔަގީނެވެ. ލިއުޝާ ސައިކަލުން ފައިބައިގެންގޮސް އަފްހަމްއާއި ފުރަގަސްދީފައި މޫދާ ކުރިމަތިލީ އަފްހަމްއަށް ޖަވާބުދޭނެ ގޮތަކާމެދު ވިސްނަމުންނެވެ. އަފްހަމް ސައިކަލުން ފައިބައިގެންގޮސް ލިއުޝާގެ ފުރަގަހުގައި ހުއްޓިލިއެވެ. ލިއުޝާ ފުރަގަހަށް އެބުރުނީ އަފްހަމް އޭނާގެ ކައިރީގައި ހުރިކަހަލަ އިހްސާސްއެއްވުމުންނެވެ. އޭނަ އެބުރިލުމާއެކު ޖެހުނީ އަފްހަމްގެ ގައިގައެވެ. ލިއުޝާ ބުނަން ޖުމްލަ ކަރުތެރޭގައި ތާށިވީ އަފްހަމްއާއި އެހާ ގާތުގައިހުރެވުމުންނެވެ. ނަމަވެސް ހިތްވަރު ކޮއްފައި އެއްޗެއް ބުނެވޭތޯ މަސައްކަތްކުރިއެވެ. “އަ… އަހަރެން ބު… ބުނަން އުޅުނީ..” އަޅައަޅައިގަންނަމުންވެސް ބުނަންއުޅުނު ޖުމްލަ މެދުކެޑުނީ އަފްހަމް ވާހަކަދަށްކަން ފެށުމުންނެވެ. “ބުނަން އުޅުނީ” ލިއުޝާގެ ދަތްދޮޅީގައި ހިފާ އުފުލާލައިފައި ލިއުޝާ އާއި ހަތަރުކަޅި ހަމަކޮށްލަމުން އަފްހަމް ބުންޏެވެ. “އާއިކޭތަ؟” ދެންވެސް ވާހަކަ ދެއްކީ އަފްހަމްއެވެ. ލިއުޝާ އެސްފިޔަތަށް ތިރިކޮށްލަމުން ބޯޖަހާލިއެވެ. އަފްހަމް ވަގުތުން ލިއުޝާގެނެސް އެނާގެ އަތުތެރޭ ހައްޔަރުކޮށްލިއެވެ. “އައި ލަވްޔޫ އުޝް އައި ލަވް ޔޫ ސޯމަޗް” “އައި ލަވްޔޫ ޓޫ” “ކިކޭ އަދި އެއްފަހަރު ބުނެބަލަ” އަފްހަމް ލިއުޝާ އާއި ދުރުވެލަމުން އޭނާ ކުރެން އެއްސެވެ. “އައި ލަވްޔޫ ޓޫ” ލިއުޝާ ދެވަނަ ފަހަރަށް އެބަސް ތަކުރާރުކޮށްލިއެވެ. އަފްހަމްގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެވަގުތު އޭނާއަށް ލިބުނު އުފާ ދުލުން ބަޔާން ކުރަންވެސް ދައްޗެވެ. އޭނާ ލިއުޝާ އުފުލާލާފައި އެބުރިލީ އަމަލުންވިޔަސް އެއުފާ ބަޔާންކޮއްދެވޭތޯއެވެ. އެވަގުތު ފަޒާގައި ގުގުމައިގެން ދިޔައީ ދެޒުވާނުންގެ ހުނުމުގެ އަޑެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.




Hi guys miyothiee 2nd part up kurevefa.. Sorry 4 the delay I get aslu Aisha raahjeinn beyruga ulheethiee kanneige up eh nuvi ihya ves ulhe ulhe really sorry guys.. Hope u will like this part too.. Enjoy ?
Yeyy… Me first
Oh yes u r firs zish ?
Wow ❤️Vrh salhi
Thanks niher ??
vvvvvv salhi.when is the next part ?
Insha Allah Monday genesdheynan
Wowww. Vvv reethi. Kon irakun next part up kohdheyny. I cant wait!!!!
Thank u so much nonns.. Iraadha kurehvieeaa Monday ga genesdheynan ?
Next part up kodheeba
Time vaa varakun hama miliyaniee mu.. Insha Allah mondayga genesdheynan
Woww…mi part vx salhi ingeyy ??
Thank yuh ithoo.. I really love u r story its one of my favorite ?
Awwhh..glad to hear that..thanxx dearr..n wc ingeyy????
vvv reethi next part koniraku
Thanks maree glad u like it.. Iraadha kurehvieeaa mondayga genesdhenan
Kokko raajjein beyrugaey kiyaafa foninukandaa
Mithaa thiby liyan kiyan neygey thaakun thaaku nujehey myhuneh noon
Online koh kuraa kameh dhuniyege komme thaaku ves vaane
LOL
Hibiscus mithaaga vaa gothehge eiee iruohsunieema dhivehi site thakah ves nuvadheve baehfaharu dhen Aisha ah heevaa goiy mi buniee Aisha liyheninmunuhaa avahakah up kuran ekamu mendhuru fahun up kurieema nufeney site akah vaahakaeh
woah…. vrh salhi… ekam keehve dhevana faharah ves eba oii hama mipart up vefa… btw whn nxt prt…
Thanks chum handi.. Neyge aslu Aisha akah vaagotheh ihya haveeru up kureemaves nufene site akah vaahakaeh miadhu mendhuru ulhegen up viee.. Really sorry 4 that
Haadha varakah up kohfah meeni
Aslu neyge kiehvekameh varah udhagulun up vieeves.. Sorry 4 that
Mashaa Allah!!! this is just amazing… keep it up !!
Thank u ravi happy to hear that.. ?
Salhi ey manjjey ???
Waiting for the next part luv ??
Thank u so much Fiu ????
Really loved it..❤❤ when next part.
Glad u like it natha? next part upload eh nuvi Sarah try kurin ekamu nuvi.. Insha allah maadhan genesdheveytho balaanan
Wow this is amazing… ????