Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެދެމޭކަލާޔާ ގާތުގާ ވުމަށް (ތިންވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 5, 2017 5 Mins Read
28 Comments

“ނޫން. އަސްލު އަހަރެން މިކޮޅަށް މިއައީ ވެސް މިއަދު. އާލް އަކަށް ވެސް އެކަމެއް ނޭންގޭނެ. އާލް ކާރިއަށް މިއައީވެސް ހޭނެތުނު ފަހުން. އަހަރެން ފެނުނީމަ އާލްއަށް ޝޮކްޖެހޭނެ. އެއީ ކުރީގެ ހަނދާންތައް އާވާތީ.. އުމުރުން ތޭރަ އަހަރުގަ އާލްގެ ރަހުމަތްތެރިން ނާ އާލް ވަނީ ހިނގި އަލިފާނުގެ ހާދިޘާއެއްގަ މަޒީ ހަނދާން ނެތިފަ. އެ ހުރިހާ ކަމަކުން ވެސް އެންމެ ބޮޑުވަރުވީ މަގޭ ދަރިއަށް. ދެއަހަރު ކޯމާގަ އޮތުމަށްފަހު އޯލެވެލް ވެސް ހެދީ ވަރަށް ހާލުން. އެކަމު އެއީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް.
ނަމަވެސް އަހަރެން ފެނުނީމަ އަބަދުވެސް ހޭނެތި، ބިރުގަންނާނެ. އެހެންވެ އާލް އެހެން މީހަކާ ހަވާލު ކުރީ. އޭނަ އާލް ބެލީ މިހުރިހާ ދުވަހު. އެކަމު މިއަދު އަހަރެން ބޭނުމީ ތި ޑޮކްޓަރުގެ އެހީ. އަހަރެންގެ އާލްއަށް އެހީވެދީ..ޑޮކްޓަރުގެ ރައްޓިއްސެއްގެ ގޮތުގައި އާލް ތި ގޭގައި ބަހައްޓަދީ. ހުރިހާ ހަރަދެއް އަހަރެން ކުރާނަން. އެކަމު މި ނިކަމެތި މަންމަޔަށް އެހީވެދީ…”
********
އެދުވަހު ޔުސްރާއަށް އެ މައިމީހާގެ އެދުމަށް ފުރަގަސް ދޭން ނުކެރުނީއެވެ. އެހެން ކަމުން އަލާނިޔާ ހޭއެރުމުން ކުޑައިރުގެ އެކުވެރިޔެއް ކަމަށް ބުނެ އެހީވާން ފެށީއެވެ. ހަގީގަތުގައި ޔުސްރާއަކީ އަލާނިޔާގެ ޑޮކްޓަރަށް ވިޔަސް، މިކަން ވަނީ ވަންހަނާ ކުރެވިފައެވެ.
ކުރީގެ ހަނދާން ތަކުން ނިކުމެ ޔުސްރާ ބެލީ އެންމެ އަވަހަށް ފުރާ ފްލައިޓުން ޖާގައެއް ލިބޭތޯއެވެ. ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު އެކަންވުމުން ޔުސްރާއަށް ބަޔާން ކުރަން ދަތި އުފަލެއް ލިބުނެވެ. އަވަސްއަވަހަށް ދެދުވަހަށް ވާރަށް ހެދުމާ އެއްޗެހި ހަމަކޮށްލަމުން މުލައިލް އަށް މެސެގެއް ކޮށްލިއެވެ.
“ދެ ދުވަހުގެ ދަތުރަކަށް އެބަ ޖެހޭ ދާން..އެންޑް ދިން އޮފާ ގަބޫލް ކޮށްފިން..ދެދުވަހުގެ ފަހުން ތި މަސައްކަތުގަ އަހަރެން ވެސް ބައިވެރި ވާނަން..”ދެތިން ފަހަރު ކިޔާ ލުމަށްފަހު އެ މެސެޖު ފޮނުވާލިއެވެ.
ގަޑިން ހަޔެއްޖެހިއިރު ޔުސްރާ ހުރީ ފުރަން މުޅިން ތައްޔާރު ވެގެނެވެ. އަލާނިޔާގެ ކޮޓަރިއަށް ވަތް އިރު އަލާނިޔާ ގަދަ ނިދީގައި އޮތް މަންޒަރު ފެނުމުން ހިނިތުންވެލުމަށް ފަހު ދޮރު ލައްޕާލަމުން ޔުސްރާ ގެއިން ނިކުތީ މިފަހަރު އެ ކަޅު މާޒީ އެއްކޮށް ކޮނެލުމަށް އަޒުމް ކަނޑައަޅަމުންނެވެ.
އެއްވެސް މީހަކަށް އަންގާލުމެއްނެތި ދާންޖެހޭތީ ޔުސްރާ އިނީ ނުހަނު ކަންބޮޑުވެފައެވެ. ނަމަވެސް ޔުސްރާ މިކަން މިކުރަނީ އެންމެންގެ ރައްކަލަކަށޭ ހިތަށްއެރިއެވެ. ބޯޓު ޖެއްސުމާއެކު ޔުސްރާ ވަށައިގެން ވީ މާހައުލަށް ނަޒަރު ހިންގާލިއެވެ. ފެހިކަންގަދަ ގަސްތަކުގެ ސްބަބުން މުޅި މާހައުލު ވަނީ ޖަރީ ކުރެވިފައެވެ. އައްޑޫގެ ހިތްގައިމު މާހައުލު ފެނުން ފުރަތަމަ ފަހަރުކަމުން ޔުސްރާ ހުރީ އާޝޯހު ވެފައެވެ. ދުވަހަކުވެސް ރާއްޖެތެރޭ ރަށަކަށް ނުދާ ކުއްޖަކަށް ވާނީ ހަމަ މިކަހަލަ ގޮތެކެވެ.
ކިތަންމެ އުފާވެ ހިންހަމަ ޖެހިފައި ހުއްޓަސް ޔުސްރާ އެންމެ ސިކުންތެއްވެސް ބޭކާރު ކުރާކަށް ބޭނުމެއްނުވިއެވެ. އެހެން ކަމުން އަވަސް އަވަހަށް މަޒީނާއަށް ގުޅަލިއެވެ. ފޯނު ބޭވުމަށްފަހު ޓެކްސީއަކަށް އެރީ މަޒީނާ ބުނި އެޑްރެހަށް ދާންށެވެ. މާލެއާ އަޅާބަލާއިރު ހުރިހާ ކަމެއްވެސް ކުރަން ފަސޭހަކަން ޔުސްރާއަށް ފާހަކުރެވުނެވެ.
ޓެކްސީ ހުއްޓާލީ ބާ ގެގަނޑެއްގެ ކުރިމައްޗަށެވެ. ހީވާގޮތުން އެއީ މިހާރު އެއްވެސް މީހަކު ދިރިއުޅޭ ތަނެއް ނޫނެވެ. ޓެކްސީ ޑްރައިވަރު ބަރުގޮނު އަޅާލުމުން މައާފަށް އެދި ރުފިޔާ ދިނުމައްފަހު ޔުސްރާ ކާރުން ފޭބިއެވެ. ރަނގަޅަށް ގެ ފެނުމުން ޔުސްރާ ހައިރާން ވިއެވެ. ގޭޣެ އެއްބައި ވަނީ އަނދާ ހުލިވެފައެވެ. ވީރު މިއީ އަލިފާނުގެ ހާދިޘާ ހިނގި ގެއަށް ވެދާނެ ބާއޭ ޔުސްރާ ހިތާހިތާ ސުވާލު ކޮށްލިއެވެ. ކުއްލިއަކަށް މީހަކު ޔުސްރާގެ ކޮނޑުގައި އަތްބާއްލުމުން ފާޑަކަށް ހަޅޭއްލަވައިގަނެފައި ފަހަތަށް އެނބުރުނެވެ. އޭރު މެދުއުމުރުގެ މީހަކު ޔުސްރާގެ ގާތުގައި ހުއްޓެވެ.
“ދަރިފުޅާ..ކިހިނެއްތަ.. މީ މަޒީނައްތަ އޭ…އަސްލު ހިތަށް އަރާފާނެ މިގެޔަށް މިގެނައީ ކީއްކުރަން ބާއޭ..އަސްލު މިތަން ދައްކާލަން ވެގެން. އަދި މިތާ އޮތް ފޮތެއް ނަގަން ވެގެން. ކުރިމައްޗަށް ވާގޮތަށް އެހުރީ ދައްތަމެންގެ ގެ އިނގޭ…އާދޭ އިހަށް މިގެޔަށް.” މަޒީނާ ޔުސްރާގެ ގައިގައި ބައްދާލައިން ހުރެ ވާހަކަ ދެއްކިއިރު ޔުސްރާވެސް މަޒީނާގެ ގައިގައި ބައްދާލިއެވެ.
އެބާ ގެގަނޑުން ވަދެގެން ދިޔައިރު ޔުސްރާ ހުރީ އަންތަރީސްވެ ބަސްހުއްޓިފައެވެ. ރީތި ފަރުނީޗަރު ތަކާއެއްޗެހި އަނދާ ފައިވާ މަންޒަރު ފެނުމުން ހިނގައިފައިވަނީ ކުޑަ ކަމެއް ނޫންކަން އަންދާޒާކޮށްލެވުނެވެ.
މަޒީނާ ހުއްޓުނީ ފޮތްތަކެއް ހުރި ކަބަޑެއްކާރިއަށެވެ. ގިނަ ފޮތްތައް ހަލާކުވެފައި ވީއިރު އެތަނުން އެއްވެސް ގޮތެއްނުވެ އޮތީއެންމެ ފޮތެކެވެ. އެފޮތް ނެގުމަށް ފަހު އަތުގެ އިށާރާތުން ނިކުންނަން ދާން ބުނެލުމުން ޔުސްރާވެސް އެއްވެސް ސުވާލެއް ކުރުމެއްނެތި އެގެއިން ނިކުތެވެ. މަޒީނާ ޔުސްރާ ގޮވައިން ދެންވަނީ އޭޏާގެ ގެއަށެވެ. އާދައިގެ ނަމަވެސް ރީތި ގެއެކެވެ. ބޮޑުކޮތަރީގައި ހުރީ ސަރަންފީއެއްގައި ޔުސްރާ ބޭންދުމަށްފަހު ކަޅުކުލައިގެ އެފޮތް ޔުސްރާއަތަށް ލައިދެމުން ކިޔާލާށޭ ބުނެ މަޒީނާ ވަނީ އެތެރެއަށެވެ. ސުވާލަކަށްފަހު ސުވާލެއް ހިތުގައި އުފެދެމުން ދިޔައިރުވެސް ޔުސްރަ އެއްވެސް ސުވާލެއް ނުކޮށްއިނދެ އެ ފޮތް ހުޅުވާލިއެވެ. އޭގައި ރަންކުލައިގެ ގަލަމަކުން ލިޔެފައިވަނީ “އާލްގެ ޑައިރީ” މިހެންނެވެ.
ޔުސްރާއަށް ހުރިހާ ހަގީގަތެއް އިނގޭނީ މިފޮތުންކަން އެނގުނީ އެހިނދުއެވެ. އަވަސް އަވަހަށް ފޮތތް ކިޔަންފެށީ ފެންނުލިބި އެތަކެއް ޒަމާނެއްވެފައިވާ މީހަކަށް ފެންލިބުމުން ކަންތައްކުރާ އުސޫލުންނެވެ.
************************************************************
މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި އަހަރަށް ވާނެހެން ހާދަ ހީވެއެވެ. އަހަރުގެ އެންމެ ފުރަތަމަ ދުވަހުމިލިބުނީ އަހަރެން އެންމެ ބޭނުންވިކަހަލަ ފޮތެކެވެ. ޑައިރީއެކެވެ. ޖެނުވަރީ އެކެއް އެއީ އަހަރެންނާ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ރުހާގެ އުފަންދުވަސް ކަމުން ދެމީހުންނަށްވެސް ލިބުނީ އެއްކަހަލަ ފޮތެކެވެ. މިއަދު އޮންނަ ޕާޓީއަށްވެސް ލަނީ އެއްކުލައިގެ އެއްވައްތަރު ހެހުދުމެއްކަމަށް ކާފަ އޮތީ ބުނެފައެވެ.
އުމުރުން ތޭރަ އަހަރުވީއިރު އަހަރެން ނަށް މަންމަވެސް ބައްޕަވެސް ފެނުމުގެ ނަސީބު ލިބިފައި ނެތަސް އަހަރެންގެ ނުހަނު ގާތް އެކުވެރިން ނާ ލޯބި ލޯބި ކާފައެއް ހުރެއެވެ. އެކުވެރިންގެ މައިންބަފައިންނާ އާއިލާ މީހުންވެސް އެހާހެވެވެ. ވީއިރު އަހަރެން ގެ ހަޔާތް ބަނަވެގެން ނުދާނެކަން ޔަގީނެވެ.
ރުހާއަކީ އަހަރެންގެ އެންމެ ގާތްއެކުވެރިޔާ ކަމުން އަހަރެމެން ދެމީހުން އަބަދުވެސް އުޅެނީ އެކުގައެވެ. އެކަކުން ފެށިގެން ދެމީހުން އެއްކުލާހެއްގައި ކިޔަވަމުން އައި އިރު އެއްކުލާހަކަށް ނުގޮއްސިއްޔާ އަހަރެމެން ރޮއެގެންވެސް ކުލާސް ބަދަލުވެސް ކުރަމެވެ. ރުހާގެ އިތުރުން އަހަރެންގެ އެންމެ ގާތް އެކުވެރިންނަކީ ލައިތް އަދި މުލައިލް އެވެ. މުލައިލް އަކީ ހަގީގަތުގަ އަހަރެންގެ ހިތުގެ ރާޖާއެވެ. ނަމަވެސް އަހަރެން މިވާހަކަ އެއްވެސް މީހެއްގެ ގާތަކު ނުބުނަމެވެ. މިހާ ކުޑައިރު ލޯބި ވެވިދާނެކަމަށް ގަބޫލު ކުރާނީވެސް އަޅެ ކާކުހެއްޔެވެ؟
އަހަރެން މިއަދު އެންމެ އުފާވަނީ އެމީހުންވެސް މިއަދު އަންނާނެތިއެވެ. އެވަގުތަށް އަހަރެން މި އިންތިޒާރު ކުރަނީ ކެތްތެރި ކަމެއް ނެތިއެވެ. ވަގުތުވެސް އޭގެ އުސޫލުން ހިނގަމުން ގޮސް އަހަރެމެންގެ ޕާޓީ ފެށުނެވެ.ޕާޓީ އޮތީ ރުހާ މެންގެ ގޭގައި ކަމުން އަހަންނަށް ރުހާ ވެސް ފެނުނީ އެތަނުންނެވެ. ކަލާ ނުލުން ޖަރީ ކޮށްފައިވާ ބޮޑު ހެދުމުގައި އަހަރެމެން ދެމީހުންވެސް ހީވަނީ އެއްމާބަނޑު ދެކުދިންހެނެވެ. ނަމަވެސް ރުހާގެ ކަރުގައި އިން ކަޅުތިލައިން އަހަރެމެން ދެމީހން ވަކިކުރަން އިނގޭނެއެވެ. އަހަރެންގެ ނަޒަރު ހުސްކޮށްލައިން ހުރީ ދޮރާ ދިމާއަށެވެ. އެވަގުތު އެތެރެއަށް ވަދެގެން އައި މުލައިލްމެން ފެނުމުން އަހަރެންގެ ހިތަށް ފިނިވިއެވެ. ނޭވާ އަވަސްވެ ހިތުގެ ހިނގުމަށް ބަދަލުތަކެއް އައެވެ. މިއަށް ދެން ފަހެ ކިޔާނީ ލޮއެއްބެއް ނޫންހެއްޔެވެ.
އަހަރެމެން ފެނުމުން މުލައިލް އައިސް އަހަރެމެން ދެމީހުންގެ ކޮނޑަށް އަތްވައްޓާލަމުން ދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. “މައި ޓޫ ޕްރިންސެސް އަށް ހެޕީ ބާރތްޑޭ..” ޕްރިންސެސް އޭ ބުނުމުން އަހަރެން ނުހަނު އުފާވިއެވެ. މުލައިލްގެ މަޖާ މިޒާޖަކީ އަހަރެން އެންމެ ގަޔާވާ އެއްކަމެވެ. ދެން ހުންނާނީ ލައިތްއެވެ. އޭނާއެކޭ މަންމަނެކޭ އެއްފަދަ ވާނެއެވެ. އަނގައިން ބުނެލާނީ މަދު ފަހަރަކުއެވެ. ނަމަވެސް މާބޮޑަށް ހާސްވެ ކަންބޮޑޫ ވެއްޖެ ނަމަ އެ އަނގަގަނޑު ނުވެސް ލެއްޕޭނެއެވެ. އަހަރެމެން އެންމެން ނަކީވެސް ތަފާތު ނަމަވެސް ވަރަށް ލޯބިން ގުޅިގެން އުޅޭ ހަތަރު މީހުންނެވެ.
ހީކުރިގޮތަށް ދުވަސް ދިޔައީ ވަރަށް ފުރިހަމަޔަށެވެ. މަޖަލާ ސަކަރާތުގައެވެ. ނަމަވެސް އެވަރުވެސް އަހަންނަކަށް ނުފުދުނެވެ. އެހެން ކަމުން އަހަރެން ބެލީ މިރޭ ރުހާއަށް އަހަރެމެންގެ ގޭގައި ނިދޭނެ ގޮތެއް ހަމަޖެއްސޭ ތޯއެވެ.”މަރީނައްތާ…އާލް އެބައޮތް ވަރަށް ބޮޑު ކަމަކު ކިޔަންވެފަ..އަމްމްމް..މިރޭ ރޫއަށް އާލް މެންގެ ގޭގަ ނިދިދާނެތަ؟ ޕްލީޒް..މަރީނައްތާ..ނޫނެކޭ ނުބުނައްޗޭ..” އަހަރެން އެއްނޭވާ މަތިން އަވަސް އަވަހަށް އެހެން ބުނެލީ ލޯ މަރާލައިން ހުރެއެވެ. އެވަގުތު އަހަންނަށް އިވުނީ ރޫގެ މަންމަ ހޭންފެށިއަޑެވެ.” ސާބަސް އާލް ދަރިޔާ.. ދެން އަހާކަހަލަ ސުވާލެއްތަ ތީ.. ބުނީމެއްނު މަންމި ކިޔާށޭ.. އަދިވެސް އާލް ނުކިޔާ އެހެނެއް.. ދެން ތިހެން ހަދަންޔަކާ ނުފޮނުވާނަން.” އަހަރެން ހީލަމުން ދެން ނޫން މަން މީ އޭ ކިޔާ އަޑުގަދަ ކޮށްލުމުން މަރީނައްތަ ބައްދާލިއެވެ. އަހަރެން އަބަދުވެސް އެންމެން އެހާ އަޅާލާ ލޯބިދޭތީ ހައިރާން ވެއެވެ. އަދި ނުހަނު އުފާވެސް ވެއެވެ.
ޕާޓީ ނިމި އެންމެންތައް ދިޔުމުންވެސް މުލައިލް އާ ލައިތް މަޑުކުރިއެވެ. މުލައިލްގެ ކަމަކަށް އޮތީ އަހަރެމެން ދެމީހުންނާ ބެހުމެވެ. “އޭ..މުސްކުޅި ވަނީނު..ހެހެހެ.. އަހަރެމެން މާޔަންގް ވީމަ ވަރަށް ޖޭ ވޭ ދޯ…” ރުހާ އަކީ ވަރަށް މަޑުން ހުންނަ ކުއްޖެއް ނަމަވެސް މުލައިލް ދައްކާ ވާހަކަތަކަށް އަބަދުވެސް ރައްދު ދޭނެއެވެ. މިފަހަރުވެސް ވީހަމަ އެހެންނެވެ. ރޫ ބުނެލި އެއްވެސް އެއްޗަކަށް ސަމާލު ކަމެއް ނުދިން މުލައިލް އަހަރެން ގެ އަތުގައި ކުއްލިއަކަށް ހިފާލުމަށްފަހު ދަމާފައި ދުރަށް ގެންދިޔައެވެ.
“އާލް…އަމްމް.. އަހަރެން މިއުޅެނީ ވަރަށް ބޮޑު ކަމަކު ކިޔަން..އަސްލު ދޯ..އެއީ އާލް..ގެ ބެސްޓް ފްރެންޑް ރުހާ..އަހަރެމެންގެ ރޫ…”
އަހަރެންނަށް މި އަޑު އިވެނީ ރަނގަޅައްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެވަގުތު ފައިބަން ތައްޔާރު ވެފައިވާ ކަރުނަތަށް ފޮރުވާލަމުން އަހަރެން އަނެއްފަރާތަށް އެނބުރިލީ އަހަރެންގެ ހިތުގެ ހާލު މުލައިލް އަށް ބޭޒާރު ވެދާނެތިއެވެ. ތަގުދީރުގެ މިރޭވުމާ މެދު އެވަގުތު އަހަނަށް ހާސްފަހަރު ޝަކުވާކޮށްލެވުނެވެ.”އާލް.. ހިންހަމަ ނުޖެހުނީތަ؟” ހާސްވެފައި ހުރި މުލައިލް އެހެން އަހާލުމާއެކު އަހަންނަށް ހަމަހޭވެރިކަން ލިބުނެވެ.
“ހެހެ.. ނޫން. އެކަމް ވަރަށް ހިތުގަ ޖެހިއްޖެ. ހިތް ހީވީ ކުދިކުދި ވީހެންހަމަ. މުލް ކީއްވެ ކުރިން ނުބުނީ. އަހަރެން ތި ގުޅުމަށް ވަރަށް ގަބޫލު އިނގޭ..އެކަމް ކުރިން ބުނިނަމަ މިހެނެއް ނުވީސް ކަންނޭންގެ.” އަހަރެން ހިތުގަވާ ޝަކުވާ ކޮންމެސް ސިފައެއްގައި ބޭރުކޮށްލީމެވެ. ދާދި ގާތުން މުލައިލްގެ ހުނުމުގެ އަޑު އިވުނެވެ. ކަރުނަތަށް ފުހެލަނިކޮށް މުލައިލް އަހަރެން ގެ ގައިގައި ބައްދާލީ ވަރަށް އުފާވެއްޖޭ ބުނަމުންނެވެ. އަހަރެން ވެސް ހިތްދަތި ގޮތަކަށް އެހީލުމުގައި ބައިވެރި ވެލީމެވެ.
އަހަރެމެން ދެމީހުން ރޫމެން ކާރިޔައަށް ދިޔައިރު މަންމި ވެސް ހުއްޓެވެ. އަދި ލަސްނުކޮށް ގެޔއަށް ދާށޭ ބުނެ ކޮޓަރިއަށް ވަނެވެ. މުލައިލްވެސް މިރޭ އަށަކަށް ތިގޭދޮށަށް ދާނަމޭ ބުނެއެއްލޯ މަރާލަމުން ލައިތް ގޮވައިން ގެޔަށް ދިޔައެވެ. އަހަރެންވެސް ހީލަމުން ރޫގެ އަތުގައި ހިފާލައިން ގެއިން ނިކުތީ ހިތާމަތަށްހިންދާލަމުންނެވެ. އަހަރެން ހިތުން މިރޭ ވެގެން ދާނީ އުފާވެރި ރެއަކަށެވެ. އެއީ ރޫއާދެމީހުން އެއްކޮށް މަޖާކޮށްލުމަށްފަހު އެއްކޮށް ނިދާލެވޭނެތީއެވެ. ނަމަވެސް އަހަންނަށް ނޭންގުނީ އަހަންނަށް ދެވުނު ދައުވަތުގެ ސަބަބުން ކުރިމަތިވެދާނެ ބިރުވެރިކަމެވެ. އެތައްބައެއްގެ ފުރާން ނުރައްކަލަށް ހުށަހެޅިގެންދާކަމެވެ.
ނުނިމޭ….

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އިންތިޒާރެއް މަ ނުކުރާނަމޭ (6)

Next

ދުރުގައިވިޔަސް…(16ވަނަ ބައި)

Next
May 6, 2017

ދުރުގައިވިޔަސް…(16ވަނަ ބައި)

Previews
May 5, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (6)

28 Comments!

  1. imagination says:
    May 5, 2017 at 5:22 pm

    miothy thinvana bai.. hope u like this part too.. and mibain feshigen dhen meege zaathuga biruveri and disgusting parts e feshuni ingey… hehe sorry kudakoh kuruvima. in sha allah sunday ge parts dhiguvaane

    1. pritty hajja says:
      May 7, 2017 at 2:42 am

      v nice ingey.. n loved it so much. first impresstion of me towards this and its lovely

  2. Anonymous says:
    May 5, 2017 at 5:40 pm

    Mi bai thankolheh kuru…ehn bai thakh vure..
    =Tinkerbell=

  3. naan says:
    May 5, 2017 at 6:13 pm

    So excited to read next part

    1. imagination says:
      May 5, 2017 at 10:19 pm

      alhey.. hehe sunday ga libeyne in sha allah.. thanks naan <3

  4. Zail says:
    May 5, 2017 at 6:46 pm

    Finally next part kiyaalan libihje…vrh salhi..hehe..aneh part kiyaalaahithun mihury varah..

    1. imagination says:
      May 5, 2017 at 10:21 pm

      awwn… <3 <3 thanks zail???

  5. Saandy says:
    May 5, 2017 at 6:48 pm

    V salhi mibaives… Aslu kihineh hin’gaa haadhisaaehbaa e’ee… Ekan en’gey hithun v keiymadhuvejje… Next partah eba v inthizaaru kurevey… Keep it up Imagination 🙂
    Imagination buni page eh nufenunu… Link share kolladheebala 🙂

    1. imagination says:
      May 5, 2017 at 10:23 pm

      aslu miadhu fb ah ehgothakah ves nuvadhevey thi miulheni….next part ga in sha allah share kohllanan…thanks a lot saandy ??

  6. Rose says:
    May 5, 2017 at 6:54 pm

    Haadha kurukoh, ekam V reethi ??

  7. Shaa says:
    May 5, 2017 at 7:25 pm

    Salhi.haadha kurukoh

    1. imagination says:
      May 5, 2017 at 10:27 pm

      sorry shaa…. in sha allah dhen eheneh nuvaane… thanks a lot ?

  8. Maree says:
    May 5, 2017 at 7:33 pm

    vv reethi

    1. imagination says:
      May 5, 2017 at 10:30 pm

      awwn.. thanks maree ?

  9. luhan says:
    May 5, 2017 at 8:01 pm

    V kiya hithun indha nimuny…Nxt prt thankolheh dhigukoh genesdheythi ingey..V salhi…??

    1. imagination says:
      May 5, 2017 at 10:29 pm

      labba. next part in sha allah dhiguvaane ingey .. and thanks for the loabi comment ingey.. ???

  10. Jjeyツ says:
    May 5, 2017 at 8:52 pm

    Alhey! Eyoh interesting koh kiyan huhta enimuni?. V nice mi part vs. V intersting ingey. But adhi vs ‘gen’ use kuran jehey than than rangalhu nukoh hureema v alhaiganey. Hope next part ga rangalhu kuraanekamah.?. Looking forward for next part dear.? keep up the good work ingey?❤?

    1. imagination says:
      May 5, 2017 at 10:32 pm

      awnn.. thanks v bodah.. and v balah ekan rangalhu kureveythoa ingey.. aslu binaaa kuranivi faadukiyumaki komme story akah ves varah muhinmmu ehcheh.. and i really like you. because imagination demotivate nukoh v salhikoh mahssalathah kiyaa dheythi.. thanks v bodukoh ??????

  11. nonns says:
    May 5, 2017 at 9:31 pm

    Wow. That means varah interesting and scary vaaneyey dhw dhen anna part thah. Btw stry varah reethi but varah short

    1. imagination says:
      May 5, 2017 at 10:34 pm

      labba.. ehehehe..thanks a lot ?dhen ehen nuvaaane ingeyy?

  12. reader says:
    May 5, 2017 at 9:37 pm

    Mi story in vaanuvaaaehves neygeyy v wai

    1. imagination says:
      May 5, 2017 at 10:39 pm

      alhey.. mihaathanah vefa oi gothaki meega main boy akah ulhey mulail ulheni psychopath serial killer eh hoadhan. dhen uheni aal. a lawer she meets hashir kiyaa bos eh. dhen ulheyne laith kiyaa boy ehves. ei ves e squad. dhen ulheyni film star eh. eyna ei film industryga work kuraa v mashhooru kuhjjeh. dhen innani aal ge doc ge part. eyna ulheyni aal men ge past ga hingaafa oi biruveri kameh hoadhan vegen.. hope u read the next part too. ???

    2. imagination says:
      May 5, 2017 at 10:40 pm

      haashir kiyaa boy eh ***

  13. ithoo says:
    May 5, 2017 at 10:21 pm

    V v reethi mi part vx..n idea ithoo ah v salhi dear..keep it up imagination ????

    1. imagination says:
      May 5, 2017 at 10:41 pm

      loabi loabi stories liya loabi loabi ithoo ge thi loabi comment ah varah bodah shukurihyaa ?????

  14. lu says:
    May 5, 2017 at 11:09 pm

    cant wait for next part..varah interesting story eh..

    1. imagination says:
      May 6, 2017 at 12:40 pm

      awwn… thanks ingeyy ??

  15. pritty hajja says:
    May 7, 2017 at 2:40 am

    OMG… reethikern. cant wait for the next episode..
    #imagination kon dhuvas thaker ger mivaahaker update kurany… v nice, n kiyaahithun kether nukurever… first time im reading a story by imagination and it really impressed me.. loved this so much… v molhu ingey.. heeverny v nice verne hern nimun… nuhuter eh oh nimern dhenr kiyaa hihverny. ♥♥♥♥?????????????????????????????

Comments are closed.


All Right Reserved!