“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެމް ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ. މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. […]
ދުވަހަކީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހެވެ. ފުއްޓަރުފުށީގެ މަދަރްސާގައި އެކަން ފާހަގަކުރެވެމުން ދިޔައިރު، އެމަދަރުސާގެ ގޯތިތެރެވަނީ، އެކި އުމުރުފުރާތަކުގެ މީހުންތަކުން ފުރާލެވިފައެވެ. އެތަނުގައި ގިނައީ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިންނެވެ. ” ޕައްއްއްއް ” ކުއްލިއަކަށް އެއްޗެއް ފަޅައިގެންދާފަދަ ބާރުއަޑެއް ކަންފަތްދޮށުގައި އިވުމުން، ސިހިފައި މާހާއަށް ބަލާލެވުނެވެ. އޭރު، އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އިން ޝިމާޒް އިނީ އަނގަޔަށް ވަރަށް ހެއްވާ ވައްތަރެއް ޖައްސައިގެން، މަލެއްދޭ ފަދައިން ޕިނެއް ދިއްކޮށްގެންނެވެ. ފަޅައިގެން ގޮސްފައިއޮތް މާހާ ގެންގުޅުނު ރަތް ފުއްޕާހަމުގެ […]
ދިޔާންމެން އުޝާމެންވެސް ހާލަތަށް ހޭނިފާއި ވީ ނަމަވެސް އެމީހުންގެ ހަނދާނުންވެސް ދިމްރާގެ ނަން ފިލާ ނުދެއެވެ.އެ އެންމެންވެސް އުއްމީދުގައި ތިބީ ދިމްރާގެ ހަބަރެއްވާނެ ދުވަހަކަށެވެ.އެމީހުން ދިމްރާ ވީތަނެއް ހޯދަން ވަރަށް މަސައްކަތްވެސް ކުރޭމެއެވެ.ދިޔާންވެސް ދާނިޝްމެންނާ ސިއްރުން ދިމްރާގެ ހަބަރެއް ލިބޭތޯ މަސައްކަތް ކުރަމުން ދިޔައިރު އުއްމީދީ އަލިމަގެއް އަދިވަނީ ނުފެނިފައެވެ.ނަމަވެސް އެމީހުން އަދި އުއްމީދު ކަނޑައެއް ނުލައެވެ.ކޮންމެސް ދުވަހަކުން ދިމްރާއާއި ދިމާވެ ހުރިހާ ކަމެއް ހައްލުވާނެކަމަށް އެމީހުން އުއްމީދު ކުރެއެވެ.ދިމްރާގެ ހަނދާންތައް ނުވާކަމަށް ހަދައިގެން ޔުއާން އުޅުނަސް […]
“އަހަރެންގެ ކޮއްކޮއެއް އެފަދަ ދަށު ދަރަޖައަކަށް ނުވެއްޓޭނެ..އެނގިހުރެ އެއްގޭ ދެކުދިންގެ ހަޔާތާ ކުޅެލިއިރު ދިމްރާގެ ލަދު ކޮބާ..އަދި އެވެސް އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ އާއިލާއާ..ޗީ..އަހަރެން މިއަދު ތީ އަހަރެންގެ ކޮއްކޮއެކޭ ބުނަންވެސް ލަދުގަނެއްޖެ..އަދި ބުނަން.. މިއަދަށްފަހު އަހަރެންގެ ކޮއްކޮ ދިމްރާ އަހުމަދު މަރުވެއްޖެ..އަހަރެންގެ ކޮއްކޮއަކީ އެފަދަ ލަނޑެއް ބަޔަކަށް ދޭން ކެރޭނެ ކުއްޖެއް ނޫން” ދާނިޝް ހީވީ ހަމައިން ނެއްޓިފާއި ހުރި ހެންނެވެ.ތެދަށް ބުނަންޏާ އެގަޑީ އޭނާ ހުރީ ރަނގަޅަށްވެސް އަމިއްލަ އިހްތިޔާރުން ބޭރު ވެވިފައެވެ.އެހިތަށް […]
އެވަގުތު ޔާލާގެ ކައިރީ ހުރި އައިދަންއަށްވެސް، އެއަންހެންކުއްޖާ ފެނުނެވެ. ” އޭ.. އައިދަން.. ކިހިނެއްވެފަ ތިހިރީ.. ” “ޔާލާ ދަންނަ ކުއްޖެއްތަ އެއީ؟.. ” ފިރާޝްކުރި ސުވާލަށް ޖަވާބުނުދީ ހުރި އައިދަން ސުވާލުކުރީ ޔާލާއާއެވެ. “ތިބުނީ ދެންމެ ހީލާފައި ދިޔަ ކުއްޖާގެ ވާހަކަތަ؟ ” ޔާލާ ސުވާލުކޮށްލިއެވެ. “އާނ..” އައިދަން ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ. ” އޯހްހް.. އަޅައިގަތީދޯ.. އެއީ އަހަރެންގެ ކިލާހު ކުއްޖެއް.. ވަރަށް ހިތްވެސް ހެޔޮ ކުއްޖެއް އެއީ.. ” ވެގެން އުޅޭގޮތް ޔާލާއަށް […]
“ބޭބޭ އިޝާ ބާތްޑޭ އެބައާދެއެއްނު ހިގާބަލަ ކަމެއް ރާވަން” ހެދުނު ސައި ބޯން އިން އަރޫޝާއާއި ދިމާލަށް ހައިރާންކަމާއި އެކު ބަލައިލެވުނީ ކުއްލިއަކަށް އޭނަ ކައިރީ އިޝާގެ ވާހަކަ ދައްކަން ފެށުމުންނެވެ. “ކީއްކުރަން… އިޝާ. އަމްމް. ބޭބެ” އަޝްފާގަށް ބުނެވުނު ނުބުނެވުނު އެއްޗެއް ނޭނގި އަނގައޮޅޭ ގޮތްވިއެވެ. “ހާދަ ވަރެއް ތިވަނީ. އަނެއްކާ ކޮށި އެރީތަ” އަޝްފާގަށް ވީ ގޮތް ފެނި އަރޫޝާއަށް ހެވުނެވެ. “ނޫނޭ.. ކީއްކުރަން ބޭބެ ކައިރީ އިޝާގެ ވާހަކަ ތިދައްކަނީ އައުޓް އޮފު […]
އާމިލް ކޮޓަރިން ނުކުމެ ތިރިއަށް ފޭބިއިރު ސިޓިންރޫމް ސޯފާގައި ގާތްގާތުގައި އިިށީންދެލައިގެން ޔުއާންއާއި ދިމްރާ ތިއްބާ ފެނުނެވެ.”ތަންބްސް ފައިޓް” ގޭމް ކުޅެމުން ދިޔައިރު ދިމްރާ އިނީ ހީހީ ހަލާކުވާ ވަރުވެފައެވެ.ޔުއާންގެ މޫނު މައްޗަށް ބަލައިލުމުން ޔުއާންވެސް އިނީ މަޖާ ވެފައިކަން ހާމަ ކޮށްދެއެވެ.އެފޯރީގައި ތިބި ދެމީހުންނަށް ދުރަށް ޖެހިލެވުނީވެސް އާމިލު އައިސް އެތަނުން ސޯފާއެއްގައި އިށީންދެލުމުންނެވެ. “އަނހަ!ސައިބޯންތަ ތިއައީ..ވަރަށް ދޮރުގަ ޓަކިވެސް ޖެހިން..ނުހުޅުވީމަ ހީކުރީ ނިދީކަމަށް” ދިމްރާ ފުޅާ ހިނިތުންވުމަކާއިއެކު އާމިލުއާއި ވާހަކަ ދެއްކިއެވެ.އޭރު މަޖާ މޫޑެއްގައި […]
” ޕައްއްއްއް ” ކުއްލިއަކަށް އެއްޗެއް ފަޅައިގެންދާފަދަ ބާރުއަޑެއް ކަންފަތްދޮށުގައި އިވުމުން، ސިހިފައި މާހާއަށް ބަލާލެވުނެވެ. އޭރު، އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އިން ޝިމާޒް އިނީ އަނގަޔަށް ވަރަށް ހެއްވާ ވައްތަރެއް ޖައްސައިގެން، މަލެއްދޭ ފަދައިން ޕިނެއް ދިއްކޮށްގެންނެވެ. ފަޅައިގެން ގޮސްފައިއޮތް މާހާ ގެންގުޅުނު ރަތް ފުއްޕާހަމުގެ އެތިކޮޅުތައްވެސް ބިންމަތީގެ އެކި ދިމަދިމާއަށް އެޅިފައިއޮތެވެ. ޝިމާޒް އިންގޮތް ފެނުމުން މާހާއަށް ބިނދެބިނދެފައި ވަރަށް ބާރަށް ހޭންފެއްޓުނެވެ. މާހާ ކިތަންމެ ވަރަކަށް އަދި ކިތަންމެ ގިނައިރަކު ހޭންއިނަސް […]
“މަޑުން ހުރެބަލަ. މަ ކީއްކޮށްގެންތަ ތި އުޅެނީ” އަޝްފާންގެ ރުޅިގަނޑުވެސް މަތަކުރެވޭ ގޮތް ނުވިއެވެ. ހިތުގައި ބަދަލް ހިފުމުގެ ރޫހު އާލާވިއެވެ. …….. “ކޮން އަޑެއްތަ އެއިވެނީ” އޮފީހަށް އަލަށް ވެއްދި ދެކުދިންނަށް އޮފީހުގެ މާހައުލު ކިޔާދެމުން ގޮސް އަޝްފާންގެ ކެބިންއާއި ހަމަވި އިރު އިވުނު އަޑުފައްގަނޑަކުން ކޮންމެވެސް ކަމެއް ވެއްޖެކަމުގެ އިހުސާސް އަރޫޝާއަށް ވިއެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ހަޅޭއްލަވައި ނުގަނެވުނީ ކިއިރާއެވެ. އަޝްފާގު ބިންމަތީ ބަނޑުގައި އަތް އަޅައިގެން ވޭނުގައި […]