“ހުމްމް.. މިއީ ދޯ މިވާ ކަމަކީ.. ވަރެއްގެ ލޯތްބެއްތާދޯ.. ހެހެ.. ” ޒުލްފާ ގާތަށް ހިނިއައެވެ. “ހުމްމް.. އެނގޭތަ އަހަރެން އޭނަދެކެ އެހާ ލޯބިވަނީ ކީއްވެގެންކަން ؟ ” މާހާ ސުވާލުކޮށްލިއެވެ. “އުނހު.. ނޭނގޭ..” ޒުލްފާ ބުނެލިއެވެ.
” އެއީ ޒާހިލް އެހެން ފިރިހެންކުދިންނާއި ތަފާތު ވީމަ.. ގިނަ ވަގުތު އަހަރެމެން ތިބެނީ ވާހަކަދައްކަން.. އަހަރެން ވެސް އިންނަނީ އޭނަ ދައްކާ ވާހަކަތައް އަޑުއަހަން.. އަހަންނަށް މާގިނަ ވާހަކަ ނުދެއްކުނަސް ޒާހިލް ވާހަކަދައްކާ ހަދާނެ…. އެގޮތަށް އަސްލު ވާހަކަ ދައްކަން ތިބެން މާރަނގަޅު.. އޭނަ ކިޔާނީ އެގޭގަ އުޅޭ މީހުން ކުރާ ކަންތައްތަކާ އޭނަ އުޅޭ ގޮތްތަކާ ކުރި ކަމަކާ .. އެކަހަލަ ވާހަކަތަކެއް.. އެކަމަކު ފޫއްސެއްވެސް ނުވެއޭ.. އެހެން ފިރިހެންކުދިން އުޅޭހެން އުޅެން އުޅެފިއްޔާ، މަ އޭނަ ދެކެ ކިތަންމެ ލޯބިވިއަސް އޭނައާ ރުޅިވާނަން.. އޭނަ ހިޔެއް ނުކުރާނެ މަ ރުޅިވާނެ އެކޭވެސް.. އޭނަ ސިގިރެޓް ނުބޯކަންވެސް އެއީ ހަމަ ނަސީބެއް.. އެހެންވިއަސް ހަމަ ރުޅިވާނަން.. އޭނައަކަށްވެސް ނޭނގޭނެ މިހެން ވެއްޖިއްޔާ މަ، އޭނައާ ރުޅިވާނަން ކަމެއްވެސް.. އެމީހުން ހީކުރަނީ އެކުރެވެނީ ވަރަށް ކުޑަކުޑަ ކަމެކޭ.. މަށެއް ނުކިޔާދެންވިއްޔަ.. މަ މި ކިޔާދެނީ ހަމައެކަނި ޒުލްއަށް.. ދެންވެސް ކުރިއަށް އޮތްތާވެސް އޭނަ ސިގިރެޓް ބޮއިފިއްޔާ މަ ރުޅިވާނަން.. މަ ވަރަށް ފޫހިވޭ ސިގިރެޓް ބޯމީހުންދެކެ.. އޭނައާއެކީ އުޅޭ ބައެއް މީހުން ހަމަ ގައިމުވެސް އެކަންތައް ކުރޭ.. މަށަށް އޭނަ އެކަންތައް ކުރާ ކަން އެނގިއްޖިއްޔާ ދޯ ރުޅިވެވޭނީވެސް.. އަދި ނީވޭ އެކަހަލަ އަޑެއް.. އެކަމަކު ކުރަންޏާ ހީވަނީ އެނގޭނެ ހެން.. މަ ދަންނަ މީހުންވެސް އޭނައާ އެކީ އުޅޭ ވިއްޔަ… އެމީހުން މަ ކައިރީ ބުނާނެއޭ .. އޭރުން މަށަށްވެސް އެ އެނގުނީ.. އޭނައަށް މަށަށް ނޭނގޭ ގޮތެއްވެސް ނުހެދޭނެ.. ކޮންމެ ގޮތެއް ވިއަސް އެނގޭނެ.. ކޮންމެވެސް ވަރަކަށް މަށާ ތިމާގެ ކަމުގެ ގުޅުން ހުންނަ ކުދިންނަކީ ވެސް ހަމަ އޭނަގެ ރައްޓެހިންނޭ.. އެހެންވީމަ .. އެހެންމީހަކު ނުބުންޏަސްވެސް އެމީހުންވެސް ބުނާނެ.. މިވަރަށް ބަލާފައޭ މަ އޭނަ އާ މި ރައްޓެހިވީވެސް.. އޭނައަކަށް ނޭނގޭނެ މަ މިވަރަށް އަސްލު ބެލިކަމެއްވެސް.. ކޮންމެ ގޮތެއްވިއަސް މިވަރަށްވެސް ބަލަން ޖެހޭވިއްޔަ.. މަ ކުއްޖަކާ ރައްޓެހިވީވެސް މި އަދި އަލަށް.. އޭނަ އުޅޭ ގޮތަކުން އޭރަށް އޭނަ ދެކެ އެމީހުންވެސް ރުޅި އަންނާނީ.. އެމީހުންނަށް ނޭނގޭ ގޮތެއްވެސް އޭނައަކަށް ނުހެދޭނެ.. އެމީހުންގެ ރައްޓެހިންވެސް ބައިވަރު.. އޭރަށް އޭނައަށް އެގެއްލުނީ ވެސް ރައްޓެހިންތަކެއް.. އޭނަވެސް ނޭދޭނެ އެމީހުން ގެއްލޭކަށް.. އެއީ އެކެއް ދެމީހެއްނޫނޭ.. ބައިވަރު އެތައް މީހެއް.. އޭނަވެސް އެވަރު ވިސްނާނެހެން ހީވަނީ.. އަނެއްކާ މަ މީ އޭނަ ރައްޓެހިވި ފުރަތަމަ ކުއްޖާއެއްވެސް ނޫން… މަގޭ ސިކުނޑި މަށަށް ވިސްނައިދިނީ މިގޮތަށް.. އަނެއްކާ މަ ދަންނަ އެތައް މީހެއް.. އޭނައަކަށް ނޭނގޭނެ މަ އެމީހުން ދަންނަ ކަމެއްވެސް.. މަ ނުބުނަން އެމީހުންގެ ވާހަކައެއްވެސް.. އެއީވެސް ހަމަ އޭނަގެ ރައްޓެހިން.. އޭނައާ ވާހަކަދައްކާ އުޅޭމީހުން.. ދެން މި ރުޅިވަންޖެހޭ ވާހަކަ ބާއްވަމާދޯ.. މަށަށް އޯކޭ އޭނަ ކުރިން ކޮންމެ ގޮތަކަށް އުޅެފަ ހުއްޓަސް މިހާރު ގޯސް ނުވަނިކޮށް.. މިވާހަކައެއްވެސް މަ ނުބުނާނަން.. އެކަމަކު އޭނަ އަދި އެކަހަލަ ކަމެއް ނުވެސް ކުރެއޭ.. އެހެންވީމަ އޯކޭއެއްނު.. ދޯ.. މަށަށް އޯކޭ ހަމަ.. އެމީހުންނަށް ވެސް އޯކޭ މަ އޭނައާ ރައްޓެހިވީމަ.. އެމީހުންވެސް ހަމަ މަ ފެންނައިރަށް ހީލާނެ.. މަށަށް އެނގެއޭ އެހެންވެކަން މިހީލަނީ އެންމެން .. ކުއްލިއަކަށް އެންމެން ހީލަންފެށީމަ މަށަށްވެސް އެނގޭނެ އެއްނު.. އެމީހުން އެހެން ނުބުންޏަސް މިކަން އެނގޭތީ ކަން.. އެހެންވެ އޯކޭކަންވެސް އެނގޭ.. އޯކޭ ނޫންނަމަ ކޮންމެވެސް މީހެއް އައިސް މަ ކައިރީ ކޮންމެވެސް އެއްޗިހި ތަކެއް ކިޔާނެ އެއްނު.. އަދި އެކަހަލަ އެއްވެސް ކަމެއް ނުވޭ.. ” ޒުލްފާއަކީ މާހާގެ %100 އިތުބާރު ލިބިފައިވާ ކުއްޖަކަށް ވުމުން، މާހާ، އެހުރިހާ ވާހަކައެއް ޒުލްފާއަށް ކިޔާލަދިނެވެ.
” ވާއޮ.. މާހާ ހާދަ މޮޅޭ ދޯ.. ” ޒުލްފާ އިނީ ހަމަ ރަނގަޅަށްވެސް ވަރަށް ބޮޑަށް އަޖައިބުވާގޮތް ވެފައެވެ.
” ޒުލްވެސް މިގޮތަށް ބަލައްޗޭ.. އޭރުން އަނެއްހެން މައްސަލަ އެއްޖެހުނަސް ބޮޑު ގެއްލުމެއް ނުވާނެ.. ” މާހާ އެހެން ބުނެލީ ޒުލްފާއަށްވެސް ދެރަގޮތެއްވާން ނޭދޭތީއެވެ.
9 Comments
Comments are closed.
Heyonuvaane vaahaka liyun huhtaalan vehjje ehnu,
Thihaa kurukoh liyannya
Thankolheh kuru next part dhigukohlanikoh ragalhuvaane.. Story varah salhi waiting 4 the next part ?
Thanks aisha. Kurukoh migenesdheny Dunn koh visnan. Maa dhigukuryma neygeyne vaanuvaaves.
Funn koh visnan
No hard feelings but ehaa reecheh noon
Story reethi ekam varah short. 🙂
Kon irakun next part upkohdheyny
story salhi but too short ingey… gdnyt…
V hadi mi part