Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (27)

ތެމި ފޯވެގެން ހުރެ ޔުއާން އައިސް ގެއަށް ވަނީ ކަންބޮޑުވެފާއި ޒީނަތު ސިޓިންރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. ދަރިފުޅު ހުރި ހާލު ފެނި ޒީނަތުގެ ހިތަށް ނުބާއިގޮތެއް ވެގެން ދިޔައެވެ.ޖެހި ބުދެއްހެންހުރެ އާއި ޔުއާންއަކަށް އޭރު އަދި ޒީނަތުއެއް ނުފެނެއެވެ.ޒީނަތު ގޮވާލުމުން ސިހުން ލިބިގެން ދިޔައީ އެހެންވެއެވެ.

“ދަރިފުޅު ކާރުގައޭނުން ދިޔައީ..ދެން ކީއްވެ ތެމިގެން ތިޔައީ..ކޮބާ ކާރު؟”

“ކާރު ހަލާކުވެގެން ބާއްވާފަ މިއައީ..ސްކޫޕް ކައިރީގަ”

“ހޫމް!މާދެން ރަނގަޅު ކޮށްފަ ގެނެސްދޭށޭ ބައްޕަ ކައިރީ ބުނާނަން..ދެންދޭ އަވަހަށް ތި އެއްޗެހި ބަދަލުކުރަން..ރޯގާ ޖެހިދާނެ.. ދަރިފުޅު ކައިފިންތަ؟” ޔުއާން ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.އާއެކޭ ބުނެފާއި އެއާއެކު ފެނުނީ ސިޑިއާއި ދިމާލަށް ހިނގައިގަތްތަނެވެ.ޔުއާން ދިޔަ ދިމާލަށް ބަލަން ހުރި ޒީނަތުގެ މޫނުމަތީގައި އޭރު ވަނީ  ކަންބޮޑުވުމެވެ.އެދަރިފުޅު އޭނާގެ އަތުން ބީވެދާން އުޅޭކަމުގެ އިހްސާސް އެ މައިމީހާގެ ހިތަށް ވެރިވީ މާ ބޮޑަށެވެ.

އާދައިގެ މަތިން އޭގެ އަނެއްދުވަހުގެ ހަވީރުވެސް ދިމްރާ ޔޫނާގެ އެދުމަށް އެގެއަށް ދިޔައެވެ.މިއަދު ދިޔައީ އަރްޖޫވެސް ގޮވައިގެންނެވެ.އަރްޖޫ ކުރިއެކޭ އެއްފަދައިން މަޖާވެލާފައި އުޅޭގޮތުން ކަމެއް ވާ ހެންވެސް ހީނުވެއެވެ.އޭގެ ބަދަލުގައި ނެގި މަޑުވެފާ ހުންނަނީ ފާތުމައެވެ.ދިމްރާވެސް ބޭރު ފުށުން އަސަރެއް ދައްކާ ނުލާ ހުއްޓަސް އެތެރެފުށުން ދިޔައީ އަރްޖޫގެ ހިޔާލުން އުނދަގޫ ކުރަމުންނެވެ.ދެންމެ ދެންމެވެސް އެކުއްޖާ ހުރިތަނަށް ވެއްޓިދާނެތީވެސް އެހިތް އޮތީ ސިހިސިހިއެވެ.

މަޣުރިބު ނަމާދު ކޮށްލައިގެން އަރްޖޫ އެނބުރި އަންނާނެކަމަށް ބުނެފާ ދިޔައީ މިއަދުވެސް ޔޫނާ ދިމްރާ ދިޔަ ނުދިނީމައެވެ. ދެކުދިން ނަމާދު ކޮށްލައިގެން އިށީންނީ ޔޫނާއަށް ޤުރުއާން ކިޔަވާލަ ދޭށެވެ.ޔޫނާއަށް ޤުރުއާން ކިޔަވައިދޭން އިނދެފަ ދިމްރާ ހުއްޓާލީ ޔުމާން އައިސް ވަނުމުންނެވެ. އެހެންކަމުން ދިމްރާ އެދެބަފައިންނަށް ވަގުތު ކޮޅެއް ދިނުމަށްޓަކައި ބޭރަށް ނުކުތެވެ. ބަދިގެއިން ނުކުމެގެން އާއި ފަރީޝާގެ ލޮލުގައި ދިމްރާ އަޅައިގަތީވެސް އެވަގުތުއެވެ.

އޭނާ މިހާރު ދިމްރާއާއި އެކަނި ވާހަކަ ދައްކާލަން ބޭނުން ވެފާއި ހުންނަތާ ކިތަންމެ އިރެކެވެ.އޭނާ ދައްކަން ބޭނުންވެފައިވާ ވާހަކައިގެ ބޮޑުކަމުން އޭނާ ބޭނުންވަނީ ދިމްރާ އެކަނި ބަހައްޓައިގެން އެވާހަކަ ދައްކާށެވެ.އެހެންކަމުން ލިބުނު ވަގުތުގެ ބޭނުން ހިފަން އޭނާ އަވަސްވެގަތެވެ.ވަގުތުން ދިމްރާއަށް ގޮވާލާފާ އޭނާ އެދުނީ ގޭ ބިއްދޮށް ފަރާތުގައި ހުންނަ ހިޔާކޮށްފައިވާ އުނދޯލިގެއަށް އޭނާއާއިއެކު ދިޔުމަށެވެ.

“އަހަރެން ދައްކަން މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް..ދެއްކެން މިއުޅެނީ ދިމްރާ ހީ ނުކުރާ ވަރުގެ ވާހަކަޔަކަށްވެސް ވެދާނެ..އެކަމު ދައްތަ ވަރަށް ބޮޑަށް އެދެން ދައްތަ ދައްކާ ވާހަކަޔަށް ފުންކޮން ވިސްނާލުމަށް” އުނދޯލީގައި ފަރީީޝާ އިށީންދެ ހަމަޖެހިލާފައި ވާހަކަ ދެއްކިއިރު ކައިރީ ހުރި ޖޯލިފަތީ ދިމްރާވެސް އިށީންދެލައިގެން ފަރީީޝާ ދައްކާ ވާހަކައަށް ސަމާލުކަންދީގެން އިނެވެ.ފަރީޝާ މޫނަށް އަރާ ފައިބާ ކުލަވަރުތަކުންނާއި ވާހަކަ ދައްކަން އުނދަގޫވެގެން އުޅޭގޮތުން ދައްކަން އުޅެނީ ކުޑަ ވާހަކައެއް ނޫންކަން ދިމްރާއަށް ވިސްނުނެވެ.ނަމަވެސް އެވަރު ބޮޑު ވާހަކަޔަކަށް ދިމްރާއާއި ހިއްސާކުރަން ވަކި އޮންނާނީ ކޮން ވާހަކައެއް ބާއޭ ދިމްރާގެ ހިތަށް އެރިއެވެ.

“ޔޫއްކޮގެ މޫނުމަތިން އުފާވެރިކަން މިފެނުނީ ވަރަށް ދުވަހަށް ފަހު..އަދި ހަމަ އެހެންމެ އަހަރެންގެ ދަރިފުޅު ހިތްހަމަޖެހި ނޭވާ ލާން އެފެށީ ދިމްރާ މި އާއިލާއަށް އާއި ފަހުން..ދިމްރާއަށް ޔޫއްކޮ ބެލުމަކީ މިހާރު އުނދަގޫ ކަމަކަށް ނުވާނެކަން އަހަރެންނަށް ފަދައިން ޔުމާންއަށްވެސް މިހާރު އެނގޭނެ..އޭރު އަބަދު ޔުމާން ފަހަތުން އުޅޭ ކުއްޖާ ގަޔާވެ ބަލައިގަތް މީހަކީ ހަމައެކަނި ދިމްރާ..އެންމެ ދެރަވެގެން އަހަރެންނަށްވެސް އެކުއްޖާ ބަލާކަށް ފަސޭހައެއް ނޫން..އެވަރު ކުރޭ އަހަރެންނަށްވެސް.. އެ ހާލަތުގަ ހުރި ކުއްޖެއްގެ ހަޔާތަށް ދިމްރާ އައުމަކީ ލެއްވި ރަހުމަތެއް ހަމަ..ދިމްރާ އެގޮތަށް ނުދެކުނަސް ހަމަ ގައިމުވެސް މިކުޑަކުޑަ އާއިލާ ދެކެނީ އެހެން..އެކުއްޖާއަށް އުނިވެފައިވާ މަންމަގެ ލޯބި ފުރިހަމަ ކޮށްދިން މީހަކީ ދިމްރާ”

“ދައްތަ ތި ދައްކާ ވާހަކައެއް އަހަރެންނަކަށް އަދި ނުވިސްނުން..އެކަމު ދައްތަގެ ތިވާހަކަ ތަކުން ހީވަނީ ވަކި ކަމެއް ބޭނުންވެ އެދެން ނުކެރިގެން އުޅޭހެން” ދިމްރާ އިނީ ރަނގަޅަށްވެސް ފަރީޝާގެ ވާހަކަތައް ނަގައި ގަންނަން ނޭނގިފައެވެ. ސިކުނޑިއަށް ކިރިޔާވެސް ވިސްނެނީ ފަރީޝާ ކަމަކަށް ބޭނުންވެފާއި އިންކަމެވެ.އެކަމަކު އޭނާ ކަހަލަ ކުއްޖަކަށް ފަރީީޝާމެން ކަހަލަ މުންސަދިންނަށް ވަކި ކޮށްދެވެން އޮންނާނީ ކޮންކަމެއް ހެއްޔެވެ؟ޔޫނާއަށް ތިން ހަތަރު ނެނީން އެއްފަހަރާ ހޯދާކަށްވެސް އެއީ ފަރީޝާމެނަށް މާބޮޑު ކަމަކަށް ނުވާނެއެވެ.

“ދަރިފުޅާ!ދައްތަ ކިޔަން މިއުޅެނީ ވަރަށް ބޮޑު ކަމަކު..ހީކުރަން ވިސްނާފަ ޖަވާބު ދޭނެ ކަމަށް..ދައްތަމެން އަރްޖޫއަށް ބޭރަށްދާން ބޭނުންވާނެ ހުރިހާ ހަރަދެއް ކޮށްދޭން ތައްޔާރު.. އެކަމަކު އޭގެ ބަދަލުގައި އަހަރެންގެ ލޯބިލޯބި މާމަ ދަރިފުޅު ބަލައިދޭން އައުމަށް އެއްބަސްވެދީ… މިބުނަނީ ޔޫނާގެ މަންމަގެ މަގާމަށް އައިސްދީ ޔުމާން އާއި ކައިވެނި ކޮއްދޭށޭ.”

ބުނަން ނުބުނަން އިނދެފައި ފަރީޝާ ބުނެލި ބަސްތަކުން ދިމްރާއަށް ހީވީ ކަންފަތްދަށުގައި ބޮމެއް ގޮއްވާލި ހެންނެވެ. ކަންފަތަށް އަޑުއިވުނު ބަސްތައް ދިމްރާއަށް ގަބޫލުކުރަން ދަތިވިއެވެ.އެއީ އޭނާގެ ކަންފަތަށް އިވުނު ގޮތް ކަމަށްވެދާނެއެވެ. އެއައްވުރެ ފަރީީޝާ އެވާހަކަ ދެއްކިކަން ގަބޫލުކުރަން ދައްޗެވެ.ދެލޯ ބޮޑުކޮށްލައިގެން އޭނާއަށް އިނދެވުނީވެސް ޝޮކެއް ލިބިފާ އިން މީހެއް ފަދައިންނެވެ.

އަނެއްކާ އަނެއްކޮޅުން ޔުމާން އަދިވެސް އިންތިހާއަށް އޭނާގެ އަންހެނުންދެކެ ލޯބިވާކަމަށް ދިމްރާ ކައިރީ ވަނީ ބުނެފައެވެ.މިވީ ދުވަސްކޮޅުތެރޭ ދެމީހުންގެ ގުޅުން ވަރުގަދަވެ އެކަކު އަނެކަކުގެ ވަރަށް ގިނަ ވާހަކަތައް ވަނީ ހިއްސާ ކޮށްފައެވެ. ހާއްސަކޮށް ޔުމާންގެ ދިރިއުޅުމުގެ ވާހަކައެވެ.ޔުމާން އޭނާގެ އަންހެނުންދެކެ އެހާ ލޯބިވެ އަދިވެސް އެކުއްޖާ ބޭނުންވާކަށް ފަރީޝާމެނަށް ނޭނގެނީ ހެއްޔެވެ؟ނޫނީީ އެނގި ހުރެވެސް ޔުމާން އަލުން އެކުއްޖާއަށް ގުޅެން އެމީހުން ބޭނުން ނުވަނީ ހެއްޔެވެ؟އެކުއްޖާ ކަންތައް ކޮށްފަ ދިޔަގޮތުން އެމީހުންނަށް ރުޅި އާދެވޭނެކަން ދިމްރާއަށް ވިސްނެއެވެ.ޔުމާން ބުނިގޮތުންވިއްޔާ އެ އަންހެންކުއްޖާ ހިލޭ ފިރިހެނެއް ގޮވައިގެން އޮތް މަންޒަރު އެ އެންމެންގެ ލޮލަށް ވަނީ ފެނިފައެވެ.އަދި އެހެނަސް އޭގެ ފަހުން ވަރިކޮށްފަވެސް ވާ ލޯތްބެއްގެ ސަބަބުން ޔުމާން އެކުއްޖާ ގެނައުމަށް އެތައް މަސައްކަތް ކުރި ކަމަށްވެސް ޔުމާން ބުނެފާއި ވެއެވެ.ނަމަވެސް އެ އަންހެންކުއްޖާ ޔުމާން އޭނާއަށް އިތުބާރެއް ނުކުރެއޭ ކިޔާފަ އަލުން އަނބުރާ ޔުމާންގެ ހަޔާތަށް އަންނަން އެއްބަސްނުވީއެވެ.އަދި އާއިލާއާ ދެކޮޅަށް ޔުމާންއާއި ކައިވެނި ކުރީމަ ލިބުން އިނާމެއް ކަމަށާއި ދެން އާއިލާއާ ދެކޮޅުވެ ޔުމާން ކައިރިއަށް ދާން ބޭނުންނުވާކަމަށްވެސް ބުނިކަމަށް ޔުމާން ވަނީ އޭނާއަށް ކިޔާއިދީފައެވެ.

ވީއިރު ޔުމާން އެކުއްޖާ ހޯދަން އުޅޭވަރު ފަރީޝާމެނަށްވެސް ފެންނާނެތާއެވެ.ވީއިރު އަމިއްލަ ދަރިފުޅާ މާމަ ދަރިފުޅުގެ އުފަލަށްޓަކާއި އެކުއްޖާއަށް މައާފު ކޮށްފަ އެ އާއިލާ ތެރެއަށް ގެނެވިދާނެ ނޫން ހެއްޔެވެ؟އެވާނީ އެހެންވީމަ ޔުމާން މިހާރުވެސް އެކުއްޖާ ބޭނުންވާކަމާއި މިހާރުވެސް އެކުއްޖާ ދެކެ ލޯބިވާކަން ފަރީޝާމެނަށް ނޭނގި އޮތީ ކަމަށެވެ.އެހެންނޫންނަމަ އެފަދަ ކަމަކު ފަރީޝާ އޭނާ ކައިރީ ނުކީސްތާއެވެ.

“ދަރިފުޅު ވިސްނާލާފާ ޖަވާބެއް ދިނަސް ދައްތައަށް އޯކޭ..އެނގޭ މި އެދެވެނީ ވަރަށް ބޮޑު ކަމަކު ކަން..ހަމަ ހުރެފަ ޖަވާބެއް ދޭން އުނދަގޫ ވާނެކަންވެސް..ދައްތައަށް އެނގޭ އެކަމުގަ ކަންތައްވީ ގޮތުން ޔުމާން ހުންނާނީ އިތުރު ކައިވެންޏެއް ކުރަން ފޫހިވެފަކަން..އަންހެން ކުދިންނާ ވާހަކަ ދައްކަންވެސް ފޫހިވެފަކަން..ނޭނގުމެއްތެރޭ އެވަރު ކޮށްލާފަ ވިއްޔަ އެ މަންޖެއަށް އެދެވުނީ..އެހެންވީމަ ދައްތައަށް ކަމެއް ކޮށްދެންޏާ ޔުމާންއަށް މިވާހަކަ ސިއްރު ކޮށްދޭތި” ފަރީޝާ އެހެންބުނުމުން ޔުމާންއަށް އޭގެން އެއްވެސް ކަމެއް ނޭނގޭކަން ދިމްރާއަށް ވިސްނުނެވެ.އަދި ފަރީޝާއަށް ޔުމާން މިހާރުވެސް ބޭނުންވަނީ އެ އަންހެންކުއްޖަކަމާއި ޔުމާން އަދިވެސް އެ އަންހެންކުއްޖާދެކެ ލޯބިވާކަން ނޭނގެނީ ކަން ދިމްރާއަށް ވިސްނުނެވެ.

“ދައްތާ އެކަމަކު..އެކަމަކު އަހަރެންނަށް އެންމެ ސަތާރަ އަހަރު..އަށާރަ އަހަރު ނުވަނީސް ކައިވެންޏެއް ނުކުރެވޭނޭނުން؟” ވަގުތުން ހާސްވެފާ ހުރެ ދިމްރާ ބެލީ އެކަމުން މިންޖުވޭނެ ގޮތެއް ފެނޭތޯއެވެ.ފާޅުގާ އިިންކާރު ކުރަން ނުކެރޭނެތީ އޭނާ އެވަގުތު އެންމެ އަވަހަށް ހިތަށް އާއި ބަހަނާ ދެއްކިއެވެ.ކޮންމެ ގޮތެއްވިއަސް އެއީ އޭނާއަށް ވާނެވަރުގެ ކަމެއް ނޫނެވެ. އެހެން މީހަކަށް އޭނާގެ ހިތް ނުދެވޭއިރު އަދި އޭނާ އެހެން މީހަކާ ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ؟ޔޫނާއަށް މަންމަގެ ލޯބި ދެވުނަސް ޔުމާންއަށް އަންބެއްގެ ލޯބި ނުދެވޭނެކަން މިއީ ރޭގަނޑުކަން ޔަގީންވާ ފަދައިން ދިމްރާއަށް ޔަގީންވެއެވެ.ވީއިރު ދެމީހުންގެ ހަޔާތް ބަރުބާދު ކޮށްލަން އެވަރުގެ ބޮޑު ކަމެއް އޭނާ ކުރާނީ ކިހިނެއް ހެއްޔެވެ؟އަރްޖޫގެ ފައިސާގެ ކަންތަކަށް އެނޫން ކޮންމެ ފަދަ ޝަރުތެއް ކަނޑައެޅި ނަމަވެސް އޭނާ އިތުރަށް ވިސްނާކަށްވެސް ނުހަދާ އެއްބަސްވީހެވެ.އެވަރަށް އަރްޖޫގެ ފުރާނަ ސަލާމަތް ކޮށްދޭން އޭނާ ބޭނުމެވެ.ނަމަވެސް އޭނާގެ ކުޑަކުޑަ އުއްމީދުވެސް ފެނަށް ވާނެ ވަރުގެ ކަމަކަށް ޝަރުތު ކުރީމާ އޭނާ އެއްބަސް ވާނީ ކިހިނެއް ހެއްޔެވެ؟

“އަށާރަ އަހަރު ވަންދެން ޔޫއްކޮގެ ނެނީއެއް ގޮތުގަ ހުރެވިދާނޭނުން..ދެން އަށާރަ އަހަރު ވީމަ ޔުމާންއާާ ކައިވެނި ކުރާ ގޮތަށް..އެނގޭ އަމިއްލަ އެދުންކަން މި އިސްކުރެވެނީ..އެކަމަކު އަމިއްލަ ދަރިފުޅާ، މާމާ ދަރިފުޅުގެ އުފަލަށް ވިސްނާފަ މި އުއްމީދު ކުރެވެނީ ހަމަ..ދިމްރާ އެ އެންމެންގެ ހަޔާތަށް ގެންނަން ބޭނުންވަނީ މި ހިތާމަތަކުން މިންޖުކޮށްދެވޭނެ ހަމައެކަނި ފަރާތަކަށް މިވަގުތު ހުރީ ދިމްރާ ވީމަ..އަމިއްލަ އެދުމާއިގެން ފޯވެފާ ހުރި މީހެއްގެ ގޮތުގަ ހުރެގެންވިޔަސް އެދެމައިންގެ އުފާވެރިކަން ހޯދަން ދައްތަ ބޭނުން” ފަރީޝާގެ އެ ބަސްތަކުން ދިމްރާއަށް ގޮތް ހުސްވެގެން ދިޔައިރު ޔުމާން އޭނާއާއި ހިއްސާ ކޮށްފައިވާ ވާހަކަތައް ވަގުތުން ބުނެދީފާނަމޭވެސް ހިތަށް އެރިއެވެ.އެހެނަސް އެވާހަކަ އޭނާއަކަށް ބުނެވޭކަށް ނެތެވެ.ޔުމާން ސިއްރު ކޮށްދޭން ބުނެފައިވާ ކަމަކަށް އެކަން ވީތީ،ފާޅުކުރެވެން ނެތީތީއެވެ.އެހެންނޫނީ އެހިސާބުން އޭނާއަށް އޮންނަ ޔުމާންގެ އިތުބާރު ވެސް ގެއްލޭނެއެވެ.އެހެންކަމުން ކިތަންމެ ބުނަން ބޭނުންވިޔަސް އެވާހަކަ ނުބުނުމަށް އޭނާ ވިސްނިއެވެ.

“އައެއް ސޮރީ ދައްތާ..ތިކަމެއް އަހަރެންނަކަށް ނުވާނެ..ތި ނޫން ކޮންމެ ކަމެއް ބުނި ނަމަވެސް އަހަރެން އުފަލުން ކޮށްދިނީމުސް..އެކަމު ތިވަރު ބޮޑުކަމެއް އަހަރެންނަކަށް ނުވާނެ ދައްތާ..އައެމް ސޮރީ” ފަރީޝާގެ ހިތަށް ކޮށްފައިވާ އަސަރު އޭނާއަށްވެސް އިހްސާސްވެއެވެ.މައެއްގެ ހައިސިއްޔަތުން ފަރީޝާ ރަނގަޅުކަމަށް ހުދު އެހިތްވެސް ގަބޫލުކުރެއެވެ.ދަރިއެއްގެ އުފަލަށް މީހެއްގެ ފައިބުޑަށް ވެއްޓި އާދޭސްކުރާކަށްވެސް މަޔަކު ޖެހިލުމެއް ނުވާނެއެވެ.އެއީ އެހާވެސް މަތިވެރި ލޯތްބެކެވެ.ދަރިންދެކެ މައިން ވާ ލޯބި ބަޔާން ކޮށްދިނުމަކީ ހުދު މަޔަކަށްވެސް ފާޅުކޮށްދޭން ދަތި ޝުއޫރުތަކެތެވެ.ވީއިރު އެ ހައިސިއްޔަތުން އޭނާއަކަށް ފަރީީޝާ ގޯހެއް ނޫނެވެ. އެހެނަސް އެއީ އޭނާއަށް ކޮށްދެވޭނެ ވަރުގެ ކަމެއް ނޫނެވެ.އެހެންކަމުން އެ ބަސްތައް ބުނެފާއި ދިމްރާ ބެލީ އަވަހަށް ފަރީޝާގެ ކުރިމަތިން ދެވޭތޯއެވެ.

ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުންދެއެވެ.މިވީ އެއްހަފްތާތެރޭ ޔޫނާ ރެޔާދުވާލު ގިނަވަގުތު ހޭދަކުރަނީ ދިމްރާއާއި އެކުއެވެ.ގިނަވަގުތު ދިމްރާމެންގެ ގޭގަވެސް ޔުނާ ވަގުތުތައް ހޭދަ ކުރެއެވެ.އެހާވެސް އެކުއްޖާގެ ހިތުގައި ދިމްރާއަށްވަނީ ލޯބި ޖެހިފައެވެ.މިހާރު ދިމްރާވެސް ވަނީ ޔޫނާ ގޮވައިގެން އުޅެން އާދައަކަށްވެފައެވެ.އެ ހިތުގައި ޔޫނާއަށްޓަކާއި ވަނީ ދަރިއެއްފަދަ ކުލުނެއް ޖެހިފައެވެ.ގިނަވަގުތު ކައިރީ އުޅެންޏާވެސް ވާނީ އެހެންތާއެވެ.

އަދި ހަމަ އެހެންމެ އަރްޖޫގެ ހިޔާލުތަކުންވެސް އެ ސިކުނޑި ކަމުން ދިޔައެވެ.އަރްޖޫ އުޅޭ ހާލު ފެނި ދިމްރާ ހުންނަނީ ފުން ހިތާމައެއްގައެވެ.ފުން ވިސްނުމެއްގައި ގިނަވަގުތު ހުރެވެނީ އަރްޖޫ އުޅޭ ހާލުން އެހިތަށް އަސަރު ކުރާ ވަރުންނެވެ.އެކަކު ކައިރީ ނުބުނެ ހުއްޓަސް ދިމްރާއަށް ފަރީޝާ ދެއްކި ވާހަކަތަކާއި މެދުވެސް ވިސްނެއެވެ.ފަރީޝާގެ ވާހަކަތަކަށް އޭނާ އިޖާބަދީފިނަމަ އަރްޖޫގެ ފުރާނަ ސަލާމަތް ކޮށްދެވެން އޮތީތީއެވެ.

އެކަމަކު އަރްޖޫގެ ފުރާނަ ސަލާމަތް ކުރަން ދިމްރާގެ އުފާތަށް އަނެއްކާވެސް ޤުރުބާން ކޮށްލަންވީ ހެއްޔެވެ؟ފާތުމަގެ ގޮތް ހުސްވެފައިވާ މޫނު ބަލާކަށް މިހާރު ދިމްރާއަކަށްވެސް ފަސޭހަ ކަމަކަށް ނުވެއެވެ.އަރްޖޫގެ ފުރާނަ ސަލާމަތްކުރަން ފާތުމަ އެކި މީހުން ކައިރިއަށް ގޮސް އެހީ ހޯދަން މަސައްކަތް ކުރާކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ދެރައީ އެކަމަށް އަދިވެސް މާ ބޮޑު ކުރިއެރުމެއް ނުލިބޭތީއެވެ.ފާތުމަ އެކަމުގަ އުޅޭ ހާލު ފެނި އޭނާއަށް އަމިއްލަ ނަފްސުވެސް ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ކުއްވެރި ކުރެވޭލެން ބޮޑުވަމުންނެވެ.އެއީ އަރްޖޫގެ ފުރާނަ ސަލާމަތް ކުރެވޭން އޭނާއަށް އޮތީތީއެވެ.އެއީ ފާތުމަ އެކުރާ މަސައްކަތަށް އަލިމަގެއް ހޯދައިދެވެން އޭނާއަށް އޮތީތީއެވެ.ބަދަލުގައި އޭނާ ޖެހޭނީ ހަމައެކަނި ކަމަކަށް އާއެކޭ ބުނާށެވެ.އެހެނަސް އުނދަގުލީ އެކަމެއް ކުރުމަށެވެ.

ނަމަވެސް ދެން އިތުރަކަށް ކެތެއް ނުވާނެއެވެ. އަރްޖޫ ހެއަށް ގޮތްވެގެން ދެވަނަ ފަހަރަށް އޭނާ ކުރިމަތީ ވެއްޓުނު ދުވަހު އޭނާ ގަތީ އަމަށަކު ބިރެއް ނޫނެވެ.އެދުވަހު ކުއްވެރިއެއް ފަދައިން އިސްޖަހާލުމަށް އޭނާއަށް މަޖުބޫރު ކުރުވިއެވެ. އަރްޖޫގެ ފުރާނައަށްވުރެވެސް އޭނާ ކުރަމުން ދާ ކުޑަކުޑަ އުއްމީދު މުހިންމު ހެއްޔެވެ؟ނޫނެކެވެ.އޭނާ އޭރުން ވާނީ ހާދަ އަމިއްލަ އެދުން ބޮޑު މީހަކަށެވެ.އެއައްވުރެ އަރްޖޫގެ ފުރާނަ މާ ބޮޑަށްވެސް މުހިއްމެވެ.ގޮތެއް ނެތިފާއި ހުއްޓާ އޭނާއަށް އެހީގެ އަތެއް ދިއްކޮށްދިން މީހުންނަށް ބަދަލުގައި އޭނާއަށް އެހީވެވެން އޮތްވާ އޭނާ މި ހުންނަނީ އެވަރުގެ ފުރުސަތެއް ލިބުން ވާހަކަވެސް ބުނެ ނުލައެވެ.އެހެންނޫނަސް މިހާރު ތިން ހަތަރު މަސްވަނީއެވެ.ދެން އޭނާ ކުރާ އުއްމީދު ދޫކޮށްލަންވީ ވަގުތު އައިސް ޖެހުނީއެވެ.ފުރިހަމަ ވާނެކަމުގެ ކުޑަވެސް އުއްމީދެއް ނެތް ހުވަފެނެއް ދެކުމަށްވުރެ އަރްޖޫގެ ފުރާނަ މާބޮޑަށްވެސް މުހިއްމެވެ.

އަރްޖޫ އެދުވަހު އެޑްމިޓް ކުރުމާއިއެކު ދިމްރާ ވަގުތުން ދިޔައީ ފަރީޝާ ގާތަށެވެ.ޔުމާން އެވަގުތު މަރުކަޒުގައި ހުރުމުން ބޭނުންވާ ފުރުސަތު މާ ބޮޑަށްވެސް ލިބޭނެކަން ދިމްރާއަށް އެނގެއެވެ.އަދިހަމަ އެހެންމެ އެގެއަށް މިސްރާބުޖެހިއިރު އޭނާ ވަނީ މޮޅު ޕްލޭނެއްވެސް ހިތުގާއި ރާވާލާފައެވެ.ފަރީޝާ އޭނާ ބަލައިގެންފިނަމަ އޭނާ އަމަލު ކުރާނީ އެ ޕްލޭންގެ ދަށުންނެވެ.

ދިމްރާ އެކަމަށް އެއްބަސްވުމުން ފަރީޝާ ވީ އުފަލެއް ބުނެދޭންވެސް ދައްޗެވެ.ދިމްރާގެ ގައިގައި ބައްދާލަމުން އެތައް ފަހަރަކު ފަރީޝާ ޝުކުރު އަދާކުރިއެވެ.ފަރީޝާ ހުރީ އެހާވެސް އުފާވެ ހިތްހަމަޖެހިފައެވެ.ވާނީވެސް އެހެންތާއެވެ.ދިމްރާ ފާޅުގާ އެކަމަށް ނޫނެކޭ ބުނެފަ ހުރެ ފަހުވަގުތު އެކަމަށް އެއްބަސްވީމަ އޭނާ ކިހާ އުފާވާނެތާއެވެ.

އަރްޖޫގެ ފުރާނަ ސަލާމަތް ކުރެވޭނެތީ އުފާވިޔަސް ޔުއާންގެ ހަނދާންތަކުން އެހިތަށް ތަދުވެސް ވިއެވެ. އެހެނަސް އެވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީއެވެ.އެހެންނޫނަސް އޭނާ ރޭވި ޕްލޭންވެސް އެބަ އޮތްތާއެވެ.އެކަމުގައި އޭނާއަށް ކާމިޔާބު ލިބިއްޖެނަމަ އޭނާއަކަށް އެކަމުން ގެއްލުމެއް ނެތެވެ.އަނެއްކޮޅުން ކުޑަ މަންމައާއި އަރްޖޫ ބޭރަށް ގޮސްފިއްޔާ އޭނާ ބިކަވާނެއެވެ.ވީއިރު މިގެއިން އޭނާއަށް ހިޔާވަހިކަން ލިބިއްޖެނަމަ ކުޑަ މަންމަމެނަށް އޭނާއާއި ދޭތެރޭ ނުވިސްނާ ހަމަޖެހިލައިގެން ފުރައިގެން ދެވޭނެއެވެ. އެހެންނޫނީ އަރްޖޫ ނުދާންވެސް ގަދަހަދާފާނެއެވެ. އެކަމަކު އޭނާއެކޭ ދަތުރު ކުރާ މުސާފިރެކޭ އެއްވަރެވެ.އަބަދުވެސް މިހާރު އޭނާއަށް އުޅެން ޖެހިފާއި މިވަނީ ވަގުތީ ހިޔާ ތަކުގައެވެ.

“އެކަމަކު ޔުމާންއަށް މިކަން ސިއްރު ކޮށްދޭތި އެނގޭ..ނޫނީ ޔުމާން މި ކައިވެނި ކުރަން އެއްބަސް ނުވެދާނެ..ދިމްރާ އޭގެ ބަދަލުގަ ދައްކައިދީ ޔުމާންދެކެ ލޯބިވާކަމަށް..ގަޔާވާ ކަމަށް..މިކަން ކޮށްދޭނަންދޯ” ވިސްނުމަށް ގެއްލިފާއި ހުރިވަރުން ފަރީޝާ ވާހަކަ ދެއްކުމާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ.އެހެންކަމުން އޭނާ ފަރީީޝާ ދެއްކި ވާހަކަ ވިސްނާއި ގަންނަން އިރުކޮޅެއް ނެގިއެވެ.

ފަރީީޝާގެ އެ އެދުމަށް ދިމްރާ ބޯ ޖަހާލީ މަޖުބޫރުވެފާއި ހުރެއެވެ.ޔުމާންދެކެ ލޯބިވާ ކަމަށް ދެއްކޭނީވެސް އެފަދަ ނަޒަރަކުން ޔުމާންއާއި ކުޑަ މިންވަރަކަށްވެސް ގަޔާވެސް ވާ ނަމަ ތާއެވެ. ނަމަވެސް ހިތާމައަކީ އެފަދަ ނަޒަރަކުން ދިމްރާއަށް ޔުމާންއާއި ދިމާލަށް ބެލެވިފާއިވެސް ނެތްކަމެވެ. އެކަހަލަ އެއްޗެއް އެހިތަށްވެސް އަރާފާއި ނެތީއެވެ. އެއައްވުރެ އެހިތުގައި ޔުއާންޓަކައި ވާ ލޯބި މާ ފުނެވެ.މާ މަތިވެރިއެވެ.އެ ނަން އެހިތުގައި ވާހާ ހިނދަކު އެހެން މީހަކަށް އެ ނިޔަތުގައި ބަލާވެސް ނުލެވޭނެކަން އެއީ ދިމްރާއަށް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ދިމްރާ ފައިސާ ކަންތައް އަސްލު ހަމަޖެހުން ގޮތް އަރްޖޫ އަދި ފާތުމައަށްވެސް ސިއްރު ކުރިއެވެ. އެމީހުން އެހުމުން އޭނާ ބުނީ ޔޫނާގެ ހައްޤުގާ ފަރީޝާ ވެދިން ދީލަތި އެހީއެއް ކަމަށެވެ.

ވިސާ ކަންތައް ހަމަޖެހި އަރްޖޫމެން ފުރާ ދުވަސް ކައިރިވީ ވަރަކަށް ދިމްރާވެސް ދެރަވަމުން ދިޔައެވެ.އަދި ހަމަ އެހެންމެ ދިމްރާ ޔޫނާމެން އާއިލާ ކައިރިއަށް ބަދަލުވާ ވާހަކަ އެނގުން ހިސާބުން އަރްޖޫގެ ސުވާލުތައްވެސް ދިޔައީ ގިނަވެގެންނެވެ.ދިމްރާއަށް އެގެއަށް ދާން ފުރުސަތު ލިބުނީ ކިހިނެއްކަން އެނގެން އަރްޖޫ ދިޔައީ މަސައްކަތް ކުރަމުންނެވެ.އެންމެފަހުން އެމީހުން ފުރަން އޮތް ރޭ އަރްޖޫ އޭނާގެ އެ ސުވާލުތަކަށް ދިމްރާއަށް ތެދު ބަހުން ޖަވާބުދޭން މަޖުބޫރުކުރީ ނޫނީ އޭނާ ބޭރަށް ނުދާނަމޭ ކިޔައިގެންނެވެ.އަރްޖޫ އެހެން ބުނުމުން ދިމްރާއަށް ޖެހުނީ ހަތިޔާރު ބަހައްޓާފާއި އެންމެ ފަހުން ތެދަށް ޖަވާބު ދޭށެވެ. ނަމަވެސް އޭގެ ކުރިން ދިމްރާ އެސުވާލުތަކަށް ޖަވާބުދޭން އެއްބަސްވީ އަރްޖޫ އޭނާ ކޮންމެ ޖަވާާބެއް ދިނަސް ބޭރަށް ދިޔުމަށް ހުވާ ކުރުވާފައެވެ.

“ދިމްރާ މޮޔަވީތަ؟” އަރްޖޫއަށް ދިމްރާގެ ވާހަކަތައް އަޑުއަހާފާއި ފުރަތަމަވެސް ބުނެވުނީ އެހެންނެވެ.

“ދިމް ތިއުޅެނީ ދިމްގެ އަމިއްލަ އަތުން ލައިފް ރުއިން ކޮށްލަން..ކިހާ ވަރަކަށް، ކިތަށް މީހުންނަށް ސެކްރިފައިސް ވެގެންތަ ތިހިތް ފުރޭނީ..ޔުމާންގެ މީހަކަށް ވާ ދުވަހު ޔުއާން ދިމް ބަލާ އައިސްފިއްޔާއޯ”

“ޖޫ ތިހާ އުއްމީދު ކުރިޔަސް ވާން ނެތް ކަމެއް ނުވާނެ.އެތައްދުވަހެއް ވެގެން ދާއިރު ނާއި މީހަކު ދެން ވަކި އަންނާނެތަ..އެހެންނޫނަސް ޔުއާންއެއް އަހަރެން ދެން ބޭނުމެއް ނޫން..ޔުމާންއާއެކު އަހަރެންނަށް އުޅެވޭނެ..ޔުމާންއަކީ ޕާފެކްޓް ހަޒްއަކަށް ވެވޭނެ ވަރުގެ މީހެއްކަން ޖޫ އަށްވެސް ރަނގަޅަށް އެނގޭނެ” ދިމްރާ އެހެންބުނެ ފެނުނީ އަވަސް އަވަހަށް އަރްޖޫއާއި ފުރަގަސް ދިން ތަނެވެ.

“ދިމް ތިހުރީ މޮޔަވެފަ..އަހަރެންގެ ލައިފް ލިބެނީ ދިމްގެ ލައިފް ގުރުބާން ކޮށްގެން ކަމުގަ ވަންޏާ އަހަރެން މިއުފާ ބޭނުމެއްވެސް ނޫން..އަހަރެން ދިމް ކައިރީ ހުވާކުރިހެން މިރޭ ފުރާނަން..އެކަަމު އަހަރެން މިރޭ މިފުރަނީ ދިމްއަށް ކުރެވުނު ހުވާ ދަމަހައްޓަންވެގެން ކަން ހަނދާންކުރާތި” ފުރަގަސް ދީގެން ހުރި ދިމްރާގެ އަތުގައި ހިފާ އޭނާއާއި ކުރިމަތި ކުރުވަމުން އަރްޖޫ ބުނެލިއެވެ.އެ އަޑުގައި އެވަގުތު ނުރުހުންވާއިރު އެ ލޮލުގައި ވަނީ ވޭނެވެ.

“އަދިވެސް ވަގުތު އެބައޮތް ދިމް..އަހަރެންގެ ހިތްބުނޭ ޔުއާން އަދި އަންނާނެއޭ..ޕްލީޒް..ތި ވިސްނުން ބަދަލުކުރޭ”

“އައި ކާންޓް..އެން އަހަރެން މިހާރު ބޭނުމެއްވެސް ނޫން..ޖޫވެސް އުޅުނީމޭނުން އަހަރެންނާ ޔުމާންއާ ގުޅުވަންވެގެން..އަނެއްކާ ޔުމާންއަކީ ޕާފެކްޓް ގާއީއެއް..އޭނާއާއެކު ވަގުތު ހޭދަކުރާ އަންހެނަކަށް ވަރަށް އަވަހަށް ފޯލްވެވޭ ކަހަލަ ސްޓައިލެއް އޭނާގެ އެ ހުންނަނީ..އަނެއްކޮޅުން ޔޫއްކޮ ނުލާހިކު ލޯބިވޭ.. ސޯ ކީއްވެ އަހަރެންނަށް އެކަން ނުވާންވީ” ދިމްރާ ހަމަޖެހޭގޮތް ދަންކަން މަސައްކަތް ކުރަމުން ބުނެލިއެވެ.

“ނުވާންވީ ތިހިތް ޔުމާންއަށް ދުވަހަކުވެސް ނުދެވޭނެތީ..ތި ހަށިގަނޑު ދެވުނަސް ތިހިތެއް ނުދެވޭނެ ދިމްއަކަށް..އެހެންނޫނަސް ޔުއާންގެ ވާހަކަތައް ނޭނގޭއިރު އަހަރެން ޔުމާން ވާހަކަ ބުނީ..އެކަމަކު ޔުއާންގެ ވާހަކަ ބުނި ފަހުން އަހަރެންގެ ހިޔާލު ބަދަލުވެއްޖެ..ޔުއާން ވަރުގެ ފިރިހެނެއް ދިމް އަކަށް ނުލިބޭނެ..އެން އެވަރު ޕާފެކްޓް ބޯއީއެއް އަހަރެން ނުދެކެން..ހީ އިޒް ޖަސްޓް ސިމްޕްލީ ޕާފެކްޓް..އެ އެނގޭތަ ކީއްވެކަން..އޭނަ ދިމް ދެކެ ލޯބިވާތީ ދިމް ޔުއާން ދެކެ ލޯބިވާ ފަދައިން..ދިމް ކަންތައް ތިކުރި ގޮތުން އަހަރެންގެ ހިތް ޝަކުވާއިން ފުރިއްޖެކަން ހަނދާންކޮށްލަދޭން” އަރްޖޫ އެހެންބުނެ ގޮސް ފެނުނީ ކޮޓަރިން ނުކުމެ ޕައްކިޔާފަ ދޮރުޖެހިތަނެވެ.

ދިމްރާ ކަންތައް ކުރިގޮތުން އޭނާ ރަނގަޅަށްވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ.އޭނާގެ އުފާތައް ހޯދައިދޭކަށް ދިމްރާގެ އުފާތަށް ޤުރުބާން ކުރުމަކީ އޭނާ ކުޑަކޮންވެސް ރުހޭނެކަމެއް ނޫނެވެ.އެކަން ކުރީތީ އަބަދުވެސް ދިމްރާއަށްޓަކާއި އެހިތުގައި އެ ޝަކުވާ ވާނެއެވެ.

އަނެއްކޮޅުން ޔުއާންއަށް ވާނެ ގޮތަކާ ދޭތެރޭވެސް އަރްޖޫއަށް ފިކުރު ކޮށްލެވުނެވެ.ޔުއާންއާއި ދުވަހަކު ދިމާވެފާއި ނުވިޔަސް، އެއަޑު އިވިފާއި ނުވިޔަސް އަރްޖޫގެ ހިތުގައި ހާއްސަކަމެއް ޔުއާންއަށް ދެވިފައިވަނީ އަޖައިބުވާހާ ބޮޑަށެވެ.ދިމްރާއަށް ކުރާ ޤަދަރު ޔުއާންއަށްވެސް ކުރެވެންވީ ސަބަބެއްވެސް އޭނާއަކަށް ނޭނގެއެވެ.އޭނާއަށް އެނގޭހާވެސް އެއްޗަކީ ދުވަހެއްގެކޮޅުންވެސް ޔުއާންއާއި ދިމާވުމަށް އޭނާއަށް އެދެވޭ ކަމެވެ.އެއީވެސް ދިމްރާއާއި ޔުއާންގެ ހިތާމަވެރި ހަޔާތް ފުރިހަމަވެ އުފާވެރި ހަޔާތަކަށް ބަދަލުވާ ދުވަހަކަށް ވުމަށް އޭނާ އުއްމީދުކުރެއެވެ.އެކަމާ އޭނާ ދުއާވެސް ކުރޭމެއެވެ.

“މަންމާ!ކޮބާ އާން މިއަދު..ބޭބީ ކައިރިއަށްވެސް މިއަދު އަދި ވަދެނުލާ..އެހެންޏާ މިކުއްޖާ އުރަން ދުވާލަކު ފަސް ހަބުރު ވަންނާނެ” ޒީނަތު، އޭނާގެ ކުޑަދަރިފުޅު ފެންވަރުވާލައިގެން ނުކުތުމުން ޔުޝްރާ ވާހަކަ ދެއްކިއެވެ.

“ޓެސްޓު ނިމުނީމަ ކަންނޭނގެ..މިއަދު ހެނދުނު ފެނުން ފަހުން މަންމަޔަކަށްވެސް އެދަރި ލޮލަށް ނުފެނެ..އެކުއްޖާ އެއުޅޭ ގޮތުން މަންމަ މި ހުންނަނީ ވަރަށް ފިކުރު ބޮޑުވެފަ..ދިމްރާގެ ކަންތަކުން، އެ ސިކުނޑި ކުރިމަތިވި ޓެސްޓުތަކާ ހެދި ދުރުވެލިޔަސް، މިހާރު އަނެއްކާ އެހެން އެއްވެސް ކަމެއް ނުކޮށް ހުންނަންވީމަ އެ ސިކުނޑީގަ އެ ހަދާންތައް އާލާވެގެން ދާނެ..އިތުރު ކަމެއް ނުކޮށް ހުންނަން ވެއްޖެއްޔާ ދިމްރާގެ ހިޔާލުތަކުން އެ ފަކީރަށް މިންޖެއް ނުވެވޭނެ..އެ ހިޔާލުތަކާ ދުރުވެވޭނީ އެ ސިކުނޑި އެހެން ކަންކަމަށް ބިޒީ ކޮށްގެން” ޒީނަތު އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން ފާޅުކުރިއެވެ.

އެއްވެސް ކަމެއް ނުކޮށް ހުންނަން ވެއްޖެއްޔާ އެދަރި އޭނާގެ އަތުން ބީވެދާނެތީ އޭނާ ބިރުގަނެއެވެ.އެކަން އަނެއްކާ ތަކުރާރުވާކަށް އޭނާ ބޭނުމެއްނޫނެވެ.އެއައްވުރެ ކުރިން އޭނާ ކޮންމެސް ކަމެއް ކުރަން ޖެހޭނެއެވެ.ޒީނަތުގެ އެ ކަންބޮޑުވުން އެއީ މިހާރު ޔުޝްރާގެވެސް އެންމެ ބޮޑު ކަންބޮޑުވުމަށް ވީތީ އޭނާވެސް އިނީ އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައެވެ.

“އަޅެ މި ވިޔަފާރީގެ ތެރެއަށް އެކުއްޖާ ވެއްދޭތޯ ދަރިފުޅު އާން އާ ވާހަކަ ދައްކަބަލަ..ފަހަރެއްގަ ދަރިފުޅު ބުނީމަ އާއެކޭވެސް ބުނެދާނޭނުން.. އަނެއްކޮޅުން މިހުރިހާ މުދަލެއްގެ ވެރިޔަކީވެސް އާން އޭނުން” އެނދުމަތީ ދަރިފުޅު ރީތި ކުރަން އިން ޒީނަތު ދައްކާ ވާހަކަ ޔުޝްރާ އަޑު އަހަމުން ދިޔައެވެ.އަދި އެވާހަކަތައް ކަނުލާ އަޑު އަހަން އިނދެފާ އޭނާ ބޯ ޖަހާލީ ޒީނަތުގެ ބަހާ އެއްބަސްކަން އަންގާލުމުގެ ގޮތުންނެވެ.

ނަސީބު ރަނގަޅުކަމުން އޭރު ޔުއާންވެސް އައިސް އެކޮޓަރިއަށް ވަންނަނީއެވެ.ޔުއާން އެ އާއި ބޭނުން އެނގޭތީ ޒީނަތު އެކުޑަކުޑަ ކުއްޖާ ރީތި ކޮށްލުމަށްފަހު އަވަސް އަވަހަށް ޔުއާންގެ އަތަށް ލައިދިނެވެ.އެ ކުޑަކުޑަ ފުރާނަ އަތުތެރެއަށް ލެވިގެން ދިޔަ ވަގުތު ޔުއާން ވެރިކޮށްލި ހިނިތުންވުމުން އެދެހިތަށްވެސް ފިނިކަން ގެނެސްދިނެވެ.ޔުއާންގެ މޫޑް ރަނގަޅު ވަގުތެއް ކަމުން ޒީނަތު ލޮލުގެ އިޝާރާތުން ޔުޝްރާއަށް އެވާހަކަ ދެއްކުމަށް އަންގާލިއެވެ.

“އާން ޓެސްޓުތައް ފަސޭހަތަ..ހުރިހާ ޓެސްޓުތަކެއް ނިމުން ހަބަރު ލިބުން؟” ޔުޝްރާ ވާހަކަ ފެށީ ދުރުދުރުންނެވެ.ޖަވާާބުގައި ޔުއާން ބޯ ޖަހާލިއިރު އެކުޑަކުޑަ ބޭބީގެ އަތުގައި ހިފާ މަޑުމަޑުން ތަޅުވަމުން ދިޔައީ ލޮއެތްބާ އެކުއެވެ.

“ދެން ޓެސްޓުތައް ނިމުނީމަ ތި ބޭބީގެ ހައްޤުގަ ކަމުގަ ވިޔަސް އާން ޑޭޑްގެ ބިޒްނަސްއަށް ޖޮއިން ކުރަން ވީނުން..ދޮންތަވެސް ވަރަށް އެދޭ އެދުމެއް މިއީ..މޯމްވެސް”ދެމީހުން ހައިރާން ކޮށްލާފާއި ފެނުނީ ޔުޝްރާގެ ވާހަކައަށް މިފަހަރުވެސް ޔުއާން ބޯ ޖަހާލިތަނެެވެ.އެމީހުން ހީކުރީ އެހެންފަހަރު ތަކެކޭ އެއްފަދައިން މިފަހަރުވެސް ވިޔަފާރީގެ ވާހަކަ ދައްކަން ފެށުމުން ޔުއާން އެތަނުން ނުކުމެގެން ދާނީ ކަމަށެވެ.

“މިއައީ ޑޭޑްއާ ތިކަމަށް ވާހަކަ ދައްކާފަ..މާދެން ރޭ ޕާޓީއެއްގަ އެކަން އިއުލާން ކުރަން ޑޭޑް ބޭނުން ވެލެއްވީ” ޔުއާން އެދެމީހުންނާ ދިމާލަށް ބަލައިލުމެއްނެތި ވާހަކަ ދެއްކިއިރު، އެދެމީހުން ތިބީ ގަބޫލުކުރަންވެސް ދަތިވެފައެވެ.އެމީހުންނަށްވުރެ ބޮޑަށް ޔުއާން ދިރިއުޅުމާ ދޭތެރޭ ވިސްނާބަކަން ގަބޫލު ކުރަން ދަތިވިއަސް، ޔުއާންގެ އެ ހަރުދަނާކަން ފެނި އެ ދެހިތްވެސް އުފަލުން ފޮޅުނުކަން ގައިމެވެ.

އަރްޖޫމެން ފުރުމުން، ކުރިންވެސް ހަމަޖެހިފާއި ވާގޮތަށް ދިމްރާ ބަދަލުވީ ޔުމާންމެން އުޅޭ ގެއަށެވެ.މިކަމުން އެންމެ އުފާކުރީ ޔޫނާއާއި ފަރީޝާއެވެ.ޔުމާންއަށްވެސް އަސްލު މަޤްސަދު އެނގިފާއި ނުވާތީ ހީކުރީ ދިމްރާ އައީ ޔޫނާގެ ނެނީއަކަށް ކަމަށެވެ.އެހެންކަމުން އޭނާވެސް ހުރީ އެކަމާ ވަރަށް ހިތްހަމަޖެހިފައެވެ.

ދިމްރާ އެގެއަށް އަސްލު އައުމުގެ ބޭނުން ޔުމާންއަށް އެނގުނީ އެރޭ އެކަނި ގެންގޮސް ފަރީޝާ އޭނާއާއި އެވާހަކަ ދެއްކުމުންނެވެ.ދިމްރާ އޭނާއާއި ގަޔާވާ ކަމަށާއި، ޔޫނާއަށް މަންމައެއްގެ ލޯބި ހޯދާދޭން ދިމްރާ ބޭނުންވާ ކަމަށް ފަރީޝާ ބުނީ ފައިސާގެ ވާހަކަ ސިއްރު ކޮށްފައެވެ.ދިމްރާއަށް އަށާރަ އަހަރު ވުމުން ޔުމާންވެސް ދިމްރާއާއި ކައިވެނި ކުރަން ފަރީޝާ އެދުމުން އޭނާއަށް ނޫނެކޭ ބުނަން ނުކެރުނީ މަންމަޔަށް ކުރާ އިހްތިރާމެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އޭނާ އިނީ މަންމަ ދެއްކި ވާހަކަތައް ގަބޫލުކުރަން ދަތިވެފައެވެ.ދިމްރާ އޭނާއާއި ގަޔާވާ ކަމާއި އިންނަން އެއްބަސްވެދާނެ ކަމަށް ގަބޫލު ކީއްކުރަން، ހީކުރަންވެސް ދައްޗެވެ.އެކަމު އެވާހަކަ އެބުނެދިނީ މަންމަ ކަމުގައިވީތީ ގަބޫލު ކުރުން ނޫންގޮތެއްވެސް ނެތްތާއެވެ.

އެރޭގެ ޕާޓީ ނާސިރު ހަމަޖެެއްސީ ގޭގައެވެ.އެ ހަފްލާގައި ޔުޝްރާވެސް ބައިވެރިކުރަން ބޭނުންވެގެންނެވެ.ކުޑަދަރިފުޅު ރުޔަސް ޔުޝްރާއަށް އެދަރިފުޅު ކައިރިއަށް ފަސޭހަ ކަމާއެކު ދެވޭނީ އޭރުން ކަމަށް ވީތީއެވެ.ސިޓިންރޫމްގައި އިންތިޒާމު ކުރެވިފައިވާ އެބޮޑު ޕާޓީއަށް ތަންތަނުގެ އިސްވެރިންނާ ނާސިރުގެ ގާތް ރައްޓެހިންނާ، ނާސިރުގެ އޮފީސްތަކުގައި އުޅޭ ހުރިހާ ސްޓާފުންނޭ ބުނާ ގޮތަށް ހާޒިރުވެފައި އޮތެވެ.އަދި ހަމަ އެހެންވެ އާއިލާ މެންބަރުންވެސް ތިއްބެވެ.

ނާސިރުގެ އުފަލުގެ މިރޭ ކޮޅެއްވެސް ނެތެވެ. އުއްމީދު ކަނޑާލާފައި ހުއްޓާ ޔުއާން އަމިއްލައަށް އައިސް ބިޒްނަސް ތެރެއަށް ވަންނަން ބުނުމުން އެހިތް އުފަލުން ފޮޅުނެވެ.އޭނާގެ އުފާވެރިކަން މިރޭ ފެންނަ މީހަކަށްވެސް ސިއްރެއް ނުވާނެއެވެ. އެހާވެސް އެމޫނު ވަނީ އުޖާލާވެފައެވެ.ޔުއާން އުފަންވީއްސުރެ އޭނާ ކުރި ފޮނި އުއްމީދަކީ އެއީއެވެ.އޭނާގެ ވިޔަފާރިއާ ހަވާލުވާނެ ދަރިއަކަށް ޔުއާންވުމެވެ.ނަމަވެސް މިވީހާތަނަށް އެކަމަށް އިންކާރު ކޮށްކޮށްފަ އޭނާ އުއްމީދު ކަނޑާލާފައި ވަނިކޮން މިފެނުނީ ޔުއާން އަމިއްލައަށް އައިސް އެކަމަށް އެދުންތަނެވެ.ވީއިރު އޭނާ ކިހާ އުފަލެއް ވާނެ ހެއްޔެވެ؟ޒީނަތުމެން ޔުޝްރާމެންގެ ހާލަކީވެސް ހަަމަ އެއީއެވެ.ނާސިރުއެކޭ އެއްވަރަށް އެމީހުން މޫނުމަތިންވެސް އުފާވެރިކަން ފެންނަން ހުއްޓެވެ.

ދިޔާން، ޝާރިމް، އުޝާ އަދި ރީމްވެސް އިންތިޒާރުގައި ތިބީ ޔުއާން ތިރިއަށް ފާއިބާނެ އިރަކަށެވެ.އެ ހަތަރު މީހުން އެކަންޏެއް ނޫނެވެ. އެތައްބަޔަކު އިންތިޒާރު ކުރަމުން ދިޔައީ އެވަގުތަށެވެ.

އެފޯރީގައި ފިނި ބުއިންތަކަށް އިންސާފު ކުރުމަށް ތިބި އެންމެހާ ހާޒިރީންނަށް ސަމާލުކަންދެވުނީ ނާސިރުގެ އަޑު ޖެހުމުންނެވެ.އެއާއެކު ސިޑިން ތިރިއަށް ފާއިބަމުން އާއި ޔުއާން އެ އެންމެންގެ ލޮލުގައި އަޅައިގަތެވެ.އެތާ ތިބި ގިނަ އަންހެންކުދިންގެ ލޮލުގެ ވިދުން ގަދަވެގެން ދިޔައީ ޔުއާން ފެނުމުންނެވެ.ހާއްސަކޮށް ޔުއާންއާއި އެއް އުމުރުގެ ކުދިންގެއެވެ.އުއްމީދާއެކު ބަލަމުން ދިޔައީ ޔުއާންގެ މީހަކަށް ވެވުމުގެ ފުރުސަތު ކޮންމެސް ވަރަކަށް ލިބިދާނެކަމުގެ އުއްމީދު އާލާވެގެން ދިޔައީތީއެވެ.އެމީހުންގެ އިސްވެރިއަކަށް ވެގެން ޔުއާން އެމީހުން އުޅޭ އޮފީހަށް އަންނަން އުޅެންޏާ ހަމަ ޔުއާން ލިބިދާނެތާއެވެ.ހަނި ފުރުސަތެއް އޮތަސް އެއްގޮތަކަށްވެސް ފުރުސަތެއް ނުލިބުމަށްވުރެ ރަނގަޅުތާއެވެ.ބޮޑުމީހާގެ ހުންނަނީ މިވަރުގެ ފުރިހަމަ ދަރިއެއްކަމެއް ގިނަކުދިންނަށް އެނގިގެން ދިޔައީ އެރޭ ކަމަށްވީއިރު އެވެރިން އެކަކު އަނެކަކާ ހަތަރުކަޅި ހަމަކޮށްލަނީ އުއްމީދުން ފުރިގެންވީ ބަޔެއް ފަދައިންނެވެ.

ކަޅު ސޫޓެއް ބޭނުންކޮށްފައި ހުރިއިރު ދަށުން ލާފައި ހުރީ ހުދު ގަމީހެކެވެ.ޒަމާނީ ކުލަވަރު ފެންނަން ހުއްޓަސް މާ ގޮތް ބޮޑެއް ނޫނެވެ.ކަރުގާ އަޅާފާއި އޮތީ ހިމަދިގު ކަޅު ޓައިއެއް ކަމުން ޔުއާންއާއި ވަރަށް ގުޅެއެވެ.ފަން އިސްތަށިގަނޑު އޮމާންކޮށްލާފައި ވާއިރު އެހެންޏާ ނިއްކުރި މައްޗަށް ދޫކޮށްލާފައިވާ އިސްތަށިތައްވެސް ހުރީ ޖެލް ލާ މައްޗަށް ހިއްލާލާފައެވެ.އިސްކޮޅާ ހަށިގަނޑު ގުޅޭވަރަށް ހުރުމުން އޮފިޝަލްކަމަށް މާ ބޮޑަށްވެސް ދައްކާއިރު ޔުއާން ހީވަނީ ހަމަ ބޭރު ގައުމުތަކުން ފެންނަ ޒުވާން ބިޒްނަސްމޭންއެއް ހެންނެވެ.އިސްކޮޅުން ދިގުކޮށް ހުރެ ކަސްރަތީ ހަށިގަނޑެއް ހުރުމުން ޔުއާން އަޅާފައި ހުރި ކޮސްޓިއުމް މާ ބޮޑަށްވެސް ޔުއާންއާއި ގުޅެއެވެ.

އެއްޖީބަށް އަތް ޖަހާލައިގެން ޔުއާން އައިސް ނާސިރު ކައިރީ ހުއްޓިލިގޮތުންވެސް ގިނަ އަންހެންކުދިންގެ ހިތް ފިދާވެގެން ދިޔަކަން ގައިމެވެ.ޔުއާންއާއި ދިމާލަށް ބަލަހައްޓައިގެންވެސް ތިބީ ދީވާނާ ވެފާއި ތިބި ބައެއް ހެންނެވެ.ވާނީވެސް އެހެންތާއެވެ.އެ ރީތިކަންފެނި ހިތަށް އަސަރު ނުކުރާނެ މީހަކު މަދުވާނެއެވެ.އެހާވެސް ޔުއާންއަށް ގުދުރަތުން ލިބިފައިވަނީ އެފަދަ ފިރިހެންވަންތަ ރީތިކަމަކާއި ފުރިހަމަ ކަމެކެވެ.ހީވަނީ ރީތިކަން ހުސްކޮށްލައިގެން ހުރި މީހެއް ހެންނެވެ.އަނެއްކާ މުއްސަނދިކަމަށް ބެލިޔަސް ހޮވާލެވޭ ވަރުގެ ޒުވާނެކެވެ.

“އާދެ!މިރޭގެ މި ޕާޓީއަކީ ކީއްވެގެން ބޭއްވުނު ޕާޓީއެއްކަން ތި އެންމެހާ ބޭފުޅުންނަށްނަށް ސިއްރު ވެފަ އޮންނާނެ ހެންނެއް އަޅުގަނޑަކަށް ހިއެއްނުވޭ.. ކޮމްޕެނީގެ ސީ.އީ.އޯ ކަމަށް އަޅުގަނޑުގެ ދަރިފުޅު އަންނާނެ ދުވަހަކަށް އަޅުގަނޑު އިންތިޒާރު ކުރާތާ ވަރަށް ދުވަސް ވެއްޖެ.. ފައިނަލީ އަޅުގަނޑުގެ ހުވަފެން ފުރިހަމަވެއްޖެ..މިރޭގެ މި ޕާޓީއަކީވެސް އަޅުގަނޑު އެކަމުގަ އުފަލުގަ ބޭއްވި ޕާޓީއެއް..ވީމާ މިރޭގެ މި ޕާޓީ ބޭއްވުމުގެ އަސްލު ބޭނުންކަމުގައިވާ ސީ.އީ.އޯ އަށް ހޮވިފައިވާ އަޅުގަނޑުގެ ދަރިފުޅަށް އާދެ، އަހުމަދު ޔުއާންއަށް ހޫނު މަރުހަބާއެއް ކިޔަން..ބައްޕައަށްއެނގޭ ބައްޕަގެ ދަރިފުޅަކީ އަދި މި ދާއިރާއަށް އާ ކުއްޖަކަށްވެފާ އަދި ޒުވާން ކުއްޖަކަށް ވިއަސް މި މަޤާމު އެންމެ ފުރިހަމަ ކަމާއެކު އަދި ޒިންމާދާރުކަމާއެކު އަދާކުރުމުގެ ފެންވަރު ހުންނާނެ ދަރިއެއްކަން..ދަރިފުޅަށް މި މަޤާމު ބިރެއްނެތި ހަވާލު ކުރާކަށް ބައްޕަ ކުޑަކޮންވެސް ޖެހިލުމެއްނުވޭ ދަރިފުޅާ..ސޯ ކޮންގްރާ މައި ސަން..އައެމް ޕްރައުޑް އޮފް ޔޫ” ފަހުން ބައްޕަ އޭނާއާއި އަމާޒު ކޮށް އިއްވާލި އެ ބަސްތަކުންވެސް ޔުއާންއަށް އެ ބައްޕަ އޭނާ އެކަމާ ކުރިމަތިލީތީ އުފާވިވަރު ބުނެލަދިންކަމުގެ އިހްސާސެއް ކުރުވިއެވެ.

ބައްޕަ އެހާ ޔަޤީންކަމާއެކު ވާހަކަ ދެއްކިއިރު ބައްޕަ މާޔޫސްވިޔަ ނުދިނުމަށް އޭނާ ކުރެވެން އޮތްހާ މަސައްކަތެއް ކުރުމަށް ހިތާ ހިތުން އަޒުމް ކަނޑައެޅިއެވެ.އެ ޒިންމާދާރު މަޤާމު އަދާކުރަމުން، އިތުރަށް ކިޔަވަން ފަސޭހަ ކަމަކަށް ނުވިޔަސް އޭނާ ބައްޕައަށް ޓަކާއި އިރާދަކުރެއްވިއްޔާ އެކަންވެސް ކޮށްފަ ދައްކާނެއެވެ.ކިޔަވާ ނިންމާލިގޮތަށް އެކަމުގެ ތެރެއަށް ވަނުމަކީ އޭނާއަށް ވަރަށް ބޮޑު ޗެލެންޖެކެވެ.މިހާރުވެސް އޭނާއާއި އެއްއުމުރުގެ ޒުވާން ކުއްޖަކު އެ މަޤާމުގަ ހުންނާނެ ކަމެއް ނޭނގެއެވެ.ވީއިރު އޭނާ އެ ޗެލެންޖުން މޮޅުވެ އެކަމުގައި ކުރިއަރައިފިއްޔާ ބައްޕަ ހާދަ އުފަލެއް ވާނެތާއެވެ.އެހެންކަމުން ބައްޕަ އެބުނެލި ބަސްތަކުގެ އަގު ވެއްޓުނަ ނުދީ އޭނާ އިރާދަކުރެއްވިއްޔާ ހިފަހައްޓާނެއެވެ.

ނާސިރު ޔުއާންގެ ކޮނޑުގައި އަތް އަޅުވާލައިގެން ހުރެ އެ ޕާޓީގައި ތިބި އެންމެންނަށް އަޑުއިވޭ ވަރަށް ދެއްކި ވާހަކަ ކޮޅު ނިމުމާއެކު މުޅި ތަން ހަލަބޮލިވެގެން ދިޔައީ ހޫނު އަތްތިލަބަޑި ތަކުގެ އަޑުންނެވެ.މިރޭ ޒީނަތުއާއި ޔުޝްރާއާއި އާލިކް އަދި ދިޔާންމެން ހަތަރު މީހުންގެވެސް މޫނުމަތީގައިވާ ހިނިތުންވުމުން އެ އެންމެން ޔުއާންއާއި މެދު ފަޙްރުވެރިވާވަރު ހާމަކޮށްދެއެވެ.އެތާ ތިބި އެހެން މީހުންނަށްވުރެ އެ ބައިމީހުންގެ މޫނުތައް މާ ބޮޑަށްވެސް އުޖާލާ ކަމަށް ދައްކައެވެ.

ކަންދިމާކުރިގޮތުން ބޭރަށް ދަތުރު ފަށާފައިވާ އާމިލްއަށް އެ ހަބަރު ނުދެވުނީ އާމިލްގެ ފޯނު ނިިވާލާފައިވާތީއެވެ.ތަޤުދީރުގެ ރޭވުމެއް ކަމަށްވެސް ވެދާނެއެވެ.އާމިލްއަށް އެ ހަބަރު ކުރިން ލިބުންނަމަ ޔުއާންއަށް އެކަން އަމާން އޮމާންކަމާއެކު ނުނިންމުނީސްކަން ގައިމެވެ.އާމިލްގެ ފޯނު ނޭނގުމެއް ތެރޭވެސް ނިއްވާލާފައިވަނީ ޔުއާންގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ.

މުޅި ޕާޓީއަށް އައިސްތިބި މީހުންނަށް ނާސިރު ޔުއާން ތައާރަފް ކޮށްދެމުން ދިޔައެވެ.ހާއްސަކޮށް ނާސިރުގެ ގާތް ރައްޓެހިންނާ ޔުއާން ބައްދަލް ކުރުވިއެވެ.އޭރު ކައިރީގައި އުޅެމުންދިޔަ އެތައް ބައިވަރު އަންހެންކުދިންގެ ތޫނު ނަޒަރު ތަކުން ޔުއާން ހުރީ ވަރަށް އުނދަގޫ ވެފައެވެ.ނަމަވެސް އޭގެން މަންޒަރެެއް ފެންނަކަމަށް ހަދާނުލިއިރު އެކަމުން އަސަރެއް ނުކުރާ ކަމަށް ދައްކަންވެސް ޔުއާން ވަރަށް ކުޅަދާނައެވެ.ފާޅުގާ އެތައް އަންހެން ކުދިންނެއް އޭނާ ފެނިގެން އުޅޭގޮތް ފެންނައިރުވެސް ޔުއާން ހުރީ އެނގޭ ކަމަށްވެސް ހަދާ ނުލައެވެ.

އެ ހުރިހާ ކަމަކުން މިންޖުވެގެން ދިޔާންމެން ކައިރިއަށް ދިޔުމުން އެ ހަތަރު މީހުންވެސް ޔުއާންއަށް ލިބުން ކުރިއެރުމަށް މަރުހަބާ ކިއެވެ.އެ ހަތަރު އެކުވެރިން އޭނާގެ ހަޔާތުގެ އެއްބަޔަށް ވެފާވާއިރު އެމީހުން ޔުއާންއާއި ހެދި އެވަރުން އުޅޭތީ ޔުއާން އެކަމާ ޝުކުރުވެރިވެއެވެ.ޔުއާންގެ ދިރިއުޅުން މިގޮތަށް ކުރިއަށް ގެންދެވެނީވެސް އެހަތަރު މީހުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންނެވެ.އޭނާ އަބަދުވެސް އެކަން ދަންނާނެކަން ގައިމެވެ.

އެއްމަސް ފާއިތުވެ ދިޔައިރު ދިމްރާ މިހާރު އުޅެމުން ދަނީ ޔުމާންމެން ރަށުގައެވެ.އޭނާ ޔުމާންމެން ކައިރިއަށް ބަދަލުވީއްސުރެ ޔުމާން ބަހައްޓާ ދުރުކަމުން އޭނާ ހުރީ ހައިރާންވެފައެވެ. އެންމެ އަޖައިބުވަނީ ފަރީޝާމެން ތިބޭ ތަންތާ އުޅޭގޮތާ ދިމާ އިދިކޮޅު އޭނާ އެކަނި ހުންނަ ތަންތާގަ ދައްކާތީއެވެ.އެ ދައްކާ އަސަރުތަކުން ދިމްރާއަށް ސިފަކުރެވެނީ ޔުމާން ދިމްރާދެކެ ފޫހިވާކަމާއި އެހިތުގައި ދިމްރާއަށް ނަފްރަތު ވާ ކަމަށެވެ.

އެކަނި ހުންނަ ތަންތާނގަ ޔުމާން ވައްބަހުން ޖަހާލާ ބަސްތަކުން ދިމްރާގެ ހިތަށް ފުން އަސަރެއް ކުރެއެވެ.ނަމަވެސް ދިމްރާއަށް ނުވިސްނެނީ ޔުމާން އެހާ ކުއްލިއަކަށް ގޮތަކަށް ބަދަލުވާން ޖެހުން ސަބަބެވެ.އަރްޖޫވެސް އޭނާދެކެ ހިތްހަމަ ނުޖެހިފާއިހުރެ ފުރައިގެން ދިޔައީތީ އެކަމުން ފުންހިތާމައެއް ކުރަމުން ދިޔައިރު ޔުމާންގެ އަމަލުތަކުން އެ ހިތާމަތައް ދުވަހަކަށްވުރެ ދުވަހެއް ދަނީ ފުންވަމުންނެވެ.ނަމަވެސް ޔުމާންގެ އަމަލުތައް ހުންނަ ގޮތުން ޔުމާން އެ ބަހައްޓާ ދުރުކަން ފަރީޝާމެނަށް ދައްކަން ބޭނުން ނުވާކަން ވިސްނޭތީ ދިމްރާވެސް ފަރީޝާމެނަށް އެކަން ދިޔައީ ސިއްރު ކުރަމުންނެވެ.

އެހެންކަމުން އޭނާ ގިނަވަގުތު ޔޫނާއާއެކު ވަގުތުތައް ހޭދަކުރަމުން ދިޔައިރު ޔުމާންގެ ކުރީގެ އަނބިމީހާ ކަންތައްވެސް ދިޔައީ ހޯދާ ބަލަމުންނެވެ.އޭނާގެ ޕްލޭނަށް ކުރިއެރުން ލިބެން އަންނަނީވެސް އޭރުންނެވެ.އެކަން ކާމިޔާބު ވާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތަސް އަތް ހޫރާލައިގެން ހުރުމަށްވުރެ އެކަން ކުރުމަށް މަސައްކަތް ކުރުން ބުއްދިވެރި ކަމަށް ދިމްރާ ވިސްނައެވެ.ހީނުވާ ކަމެއްވެސް ހަމަ ކާމިޔާބު ވެދާނެތާއެވެ.ކާމިޔާބުވާނެކަމުގެ އުއްމީދެއް ނެތަސް އޭނާ އެކަމާ ކުރިމަތިލީ އެ އަޒުމުގައެވެ.އޭނާ ވިސްނާފައިވަނީ ޔުމާންގެ ހަޤީޤީ ލޯބިވެރިޔާ ކަމުގައިވާ ކުރީގެ އަންހެނުުން ކޮންމެ ގޮތެއް ހަދާފައިވިއަސް އަލުން އަނބުރާ ޔުމާންގެ ހަޔާތަށް ގެނެސްދިނުމަށެވެ.އޭރުން ފަރީޝާމެން ހަރަދުކުރިހާ ރުފިޔާތަކެއް ބޭކާރުވެގެން ދިޔަ ކަމަކަށް ނުވާނެއެވެ.އަދިހަމަ އެހެންމެ ޔޫނާ ފަކީރު ރެޔާދުވާލު ދެކެމުންދާ ހުވަފެންވެސް ހަގީގަތަކަށް ވާނެއެވެ.ހުރިހާ ކަމެއް އުފާވެރިކަމަށް ބަދަލުވެ އޭނާއަށް އެކަމުން މިންޖުވެވޭނެއެވެ.ދިމްރާ އެކަމަށް ދޮރުތައް ހުޅުވަމުން ދިޔަ ނަމަވެސް ޔުމާންއަށް އެކަން ސިއްރުކުރަމުން އައީ އެއީ އަދި އޭނާ ބޭނުންވާ ގޮތަށް ނުވަތަ އުއްމީދުކުރާ ގޮތަށް އެކަން ނިމިގެން ދާނެ ކަމުގެ ކުޑަވެސް ޔަޤީންކަމެއް ނެތީތީއެވެ.

ނަމަވެސް އޭގެ ބަދަލުގައި ދިމްރާއަށް ޔުމާންގެ ފަރާތުން ލިބެމުންދިޔަ ނަފްރަތާއި ފޫހިކަމުގެ ބަސްތައް ދިޔައީ އިތުރުވަމުންނެވެ.ފާޅުގާ ދިމްރާ ހިތްދަތިވާ ކަހަލަ ބަސްތައް ޔުމާން ދިޔައީ ދިމްރާއާއި ދިމާލަށް ބުނަމުންނެވެ.މިކަންކަމާއި ދިމްރާއަށްވަނީ އިންތިހާއަށް ކެތްކުރަން ޖެހިފައެވެ.އެ ހާލުގަވެސް އެންމެ ފަހު ދުވަހާ ޖެހެންދެން ކެތްތެރިވާން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.ޔުމާން އެވަރު ކުރަމުން ދިޔައީ ދިމްރާ ކައިވެންޏަށް އެއްބަސްވެގެންކަން އެނގިގެން ދިޔުމުންވެސް ދިމްރާ އޭނާގެ މަޖުބޫރީ ހާލަތުގެ ޒައްރެއްގެ މިންވަރުވެސް ބުނެ ނުދިނެވެ.ފަރީީޝާއަށް ކުރި ވައުދުމަތީ އޭނާ ދެގޮތެއްނުވެ ހުންނަން މަސައްކަތް ކުރަމުން ދިޔައިރު ޔުމާންއަށްވެސް ދިޔައީ ފަރީީޝާ އޭނާ ކައިރީ ބުނި ވާހަކަތައް ގަބޫލު ކުރެވެމުންނެވެ.މިކަމާ ޔުމާން ދިމްރާއަށް ކުރަމުން ދިޔަ ނަފްރަތު އިތުރުވެގެން ދިޔައެވެ.

ޔޫނާ ނިންދަވަން އޮތް ދިމްރާއަށް ދޮރާ ދިމާލަށް ބަލައިލެވުނީ މީހެއް ދޮރު ހުޅުވާފައި ވަތްއަޑު އިވުމުންނެވެ.އޭރު ޔުމާން އެދެމީހުން އޮތް އެނދާ ދިމާލަށް އަންނަނީއެވެ.ޔުމާން އައިސް ޔޫނާގެ ކައިރީ ހުސްކޮން އޮތް ފަޅީގައި ޔޫނާގެ މަގަތުގައި އޮށޯވެލިއެވެ.ޔުމާން ވަނީއްސުރެ ޔޫނާގެ ކަނާތްފަޅީގައި އޮށޯވެ އޮތް ދިމްރާ އޮތީ އިިންތިހާއަށް ހާސްވެފައެވެ.އޭރު ޔޫނާ އޮތީ ދެބަދޭތެރޭގައެވެ.އެހެންކަމުން އެކުއްޖާގެ ނިދި ހަރުވަންދެން އޭނާ މަޑުކުރަން ޖެހޭތީ ހިތްވަރު ކޮށްލައިގެން އޮތީއެވެ.

ނަމަވެސް ޔޫނާގެ ބަނޑުމަތީ ބާއްވާލާފައި އޮތް ދިމްރާގެ އަތްމަތީ ޔުމާން އަތް ބާއްވާލުމާއެކު ދިމްރާއަށް ލިބުން ސިހުމުގައި ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.ހީވީ ގަޔަށް ދިރޭ އެއްޗެއް ކަށި ޖެހި ހެންނެވެ.އަމަލު ކުރެވުނު ގޮތުން ދިމްރާއަށް ދެވަނަ ފަހަރު އެތާ އޮށޯންނަންވެސް ނުކެރުނެވެ. އެހެންކަމުން ދިމްރާ އަވަސްވެގަތީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ.ނަމަވެސް ޔުމާންގެ އަޑު އިވުމުން ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅު ތަކަށް ދިމްރާއަށް މަޑުޖައްސާލެވުނެވެ.

“ކީއްވީ؟ތީ އަހަރެންނާ ގާތްވާން ބޭނުންވާ ކުއްޖެއްނު..އެހެންވީމަތާ އިންނަން ބޭނުންވާނީ” ޔުމާން ރެޔާދުވާލު ހުންނަނީ ބަހާ އަމަލުން ލިބޭ ކޮންމެ ފުރުސަތެއްގަ ދިމްރާއަށް ދިމާކޮށްލަ ކޮށްލަ ކަމަށްވީއިރު މިފަހަރުވެސް ލިބުން ފުރުސަތުގެ ބޭނުން އޭނާ ހިފިއެވެ.މިރޭވެސް އަސްލު އޭނާއަށް ދިމްރާގެ އަތްމަތީ އަތް ބާއްވާލެވުނީ އެނގިގެންނެއް ނޫނެވެ.އޭނާ އެކޮޓަރިއަށް ވަނީވެސް ފަރީޝާ ކިޔާވަރުންނެވެ.ކޮންމެހެން ދިމްރާއާއި ގާތުގާ ވާން ބޭނުންވެގެންނެއް ނޫނެވެ.

އެހެންފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ޔުމާން ބުނި އެންމެ ބަހަކަށްވެސް ރައްދުނުދީ ދިމްރާ އަވަސްވެގަތީ އެތަނުން ނުކުންނާށެވެ.ޔުމާން އެންމެ ރުޅިގަދަވަނީވެސް އެކަމާއެވެ.އޭނާ އެހާވަރު ކުރާއިރުވެސް ދިމްރާ އެންމެ ބަހެއްވެސް ބުނެ ނުލާތީއެވެ.އެހެންކަމުން އާއި ރުޅީގައި ޔުމާން ތެދުވެގެން އައިސް ދިމްރާގެ އަތު އުޅަބޮށީ ހިފާލާ އޭނާއާއި މަގަތަށް ދަމާލީ ދިމްރާ ދޮރުން ނުކުންނަން ދިމާކޮށްލިތަނާއެވެ.އެއަމަލުން ދިމްރާ ދެ ލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ސިހުން ލިބި ހާސްވެފާއި ހުރިވަރު ފެންނަ މީހަކަށް ސިއްރެއް ނުވާނެއެވެ.

“ދިމްރާ ކީކޭ ހިތަށް އަރައިގެންތަ ތިއުޅެނީ..ދިމްރާ އަހަރެންގެ ހުރިހާ ވާހަކައެއް އެނގުމަށްފަހު އަމުދުން އަހަރެންނަށް ފޯލްވެދާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން..އެކަމަކު މިއަދު ދިމްރާ އަހަރެންނާ ހިތާވެގެން އުޅޭތީ އަހަރެން ކުރިން ދިމްރާއަށް ބުނެދިން ވާހަކައެއް އަލުން ހަނދާން ކޮށްލަދެން..އަހަރެން ލޯބިވާ ހަމައެކަނި އިންސާނަކީ އަހަރެންގެ ކުރީގެ އަންހެނުން..އެ ލޯތްބެެއް އިތުރު އެހެން އަންހެނަކަށް ނުދެވޭނެ..ކައިވެނި ކޮށްގެން ދިމްރާއަށް އަހަރެންގެ ހަށިގަނޑު ލިބުނަސް މިހަށިގަނޑުގެ އެތެރޭގަވާ ހިތް ހޯދުމަކީ ލާހިކުކަމެއް ނޫން” ޔުމާން ބޭނުންވި ބަސްތައް ބުނުމަށްފަހު ދިމްރާ ކޮއްޕާލުމުން އެކުއްޖާ ފަކީރު ޖެހުނީވެސް ހުޅުވާލާފަ ހުރި ދޮރުފަތުގައެވެ.އެއާއެކު ބިރެއް ފެނިގެން ކުރިންވެސް ހުރި ހާސްކަމާއެކު ޔުމާންއަށް ބަލައިލުމަށްފަހު ފެނުނީ ހަލުވި ހިނގުމެއްގާއި ގޮސް ޔުމާންގެ ލޯ ކުރިމަތިން ގެއްލުނުތަނެވެ.

ކޮންމެ ގޮތެއް ހަދާފައިވިއަސް ޔުމާންގެ ކުރީގެ އަންހެނުން ގެއަށް ދާން ދިމްރާ ވިސްނީ ޔުމާންގެ އެރުޅި ދުވަހަކަށްވުރެ ދުވަހެއް ގަދަވަމުން ދާކަން ފާހަގަ ކުރެވުމުންނެވެ.މިހާރު އޭނާ އެހުރީ ރަނގަޅަށްވެސް ބިރުގެންފައެވެ.ޔުމާން ދެން ކޮށްފާނެ ކަމަކަށް މިހާރު އޭނާއަށް އަބަދުވެސް ހުރެވެނީވެސް ސިހިސިހިއެވެ.

އެހެންކަމުން އެދުވަހު ހަވީރު ޔުމާންގެ ކުރީގެ އަންހެނުން ކަމުގައިވާ މަލަކާމެން ގެއަށް ދިމްރާ ދިޔައެވެ.ދިމްރާ އެގޭ ހޯދީ މަގުމަތިން ފެނުން މީސްމީހުންނާއި ސުވާލުކޮށްގެންނެވެ. ހާސްވެފައިހުރެ އޭނާ އެގޭ ދޮރުމައްޗަށް އަރާ ސަލާމް ގޮވާލިއިރު ޔުމާންގެ ވާހަކަތައް ވަރަށް ރަނގަަށް ހަނދާން ހުއްޓެވެ.އެއީ ކިހާ ވަރެއްގެ ޒީލަގަދަ ބައެއް އުޅޭ ގެއެއް ކަމާއި މަލަކާގެ އިތުރުން ތިބެނީ މަލަކާގެ މައިންބަފައިންނާއި ދޮންބެއެއްކަން ޔުމާންގެ ވާހަކަތަކުން އޭނާއަށް ވަނީ އެނގިފައެވެ.

މަލަކާގެ މަންމައާއި ބައްޕައާއި ދިމާވުމަށްވުރެވެސް އޭނާ ހާސްވަނީ މަލަކާގެ ދޮންބެއާއި ދިމާވެދާނެތީއެވެ.ޔުމާން ބުނާގޮތުންނަމަ އެރަށުގެ އެންމެ ބޮޑު ގޭންގުގެ ލީޑަރަކީ މަލަކާގެ ދޮންބެ މައިހާންއެވެ.މާރާމާރީއާއި ވައްކަމުން ގޮސް އެންމެ ބޮޑެތި އަމަލުތައްވެސް އެމީހުން ކޮށް އުޅޭ ކަމަށްވެއެވެ.އެވަރު މީހެއްގެ ކުރި މައްޗަށް އަރަން ޖެހިލުން ނުވާނީ ކާކު ހެއްޔެވެ؟އެ ހިޔާލުތައް އައުމުންވެސް ދިމްރާގެ ހަށިގަނޑު ރޫރޫ އަޅާލައިގެން ދިޔައެވެ.

“ވާލައެކުމްސަލާމް..ކޮން ކުއްޖެއް؟” ސަލާމް ބަލައިގަތީ މަލަކާގެ މަންމައެވެ.ބަލާބެލުމަށްވެސް ޒީލަގަދަ މީހެއް ވައްތަރު ޖަހައެވެ.

“މި މަލަކާއާ ބައްދަލް ވެދާނެތޯ؟”

“ވަދޭ” މަލަކާގެ މަންމަ ނިތަށް ރޫ ގިނަ ކޮށްލި ގޮތުންވެސް ކަމަކާ ވިސްނާލައިފިކަން ހާމަކޮށްދިނެވެ.އޭނާ ކައިރީ އެތެރެއަށް ވަނުމަށް ބުނީވެސް ޝައްކެއް މަތީ ހުރި މީހެއް ފަދައިންނެވެ.

ދިމްރާ އެތެރެއަށް ވަތްއިރު ދެ ފިރިހެނުން ސިޓިންރޫމްގައި ތިއްބެވެ.ދުވަސްވީ މީހާއަކީ މަލަކާގެ ބައްޕަކަމަށް ލަފާކޮށްލެވުންއިރު ދެން އިނީ މަލަކާގެ ދޮންބެ ކަމަށް އެހިތް ބުނެލިއެވެ. އިސްތަށިގަނޑު ދިގުކޮށްލާފައި ހުރިއިރު ކަންފަތާ ލޯ ކައިރީ ބޮޅު ތަކެއް ލާފައި ހުރިތަންފެނި ދިމްރާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ.އިންތިހާއަށް ބިރުގަތް ނަމަވެސް ދިމްރާ މޫނުމަތިން އެބިރު ނުދައްކާ ކާމިޔާބުކުރިއެވެ. އެހެނަސް އޭރު އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ ފަޅާލާފައި ބޭރަށް ނުކުމެ ދާނެ ހެންނެވެ.

މަލަކާގެ މަންމަ ދެއްކި ދޮރާ ދިމާލަށް ގޮސް ހުޅުވާލާ އެތެރެއަށް ވަނުމުން އެނދުމަތީ އޮތް މަލަކާ ދިމްރާއަށް ފެނުނެވެ.ޔުމާން އޭނާއަށް ދެއްކި ފޮޓޯއާއި މިހާރު މަލަކާ ތަފާތުވެފާއި ހުރިވަރު ފާހަގަ ކުރެވުނީ މަލަކާ ތެދުވެ އޭނާއަށް ދިމާލަށް ބަލައިލުމުންނެވެ.ހިތާމައިގައި އެކުއްޖާ އަރަޤުވަމުންދާކަން ފުރަތަމަ ފެނިލުމުންވެސް ދިމްރާއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ. އެހެންކަމުން ދެކޮޅުން ދެމީހުން ހިތާމަކުރަން ޖެހުމުގައި ސިއްރެއް ވާނެޔޭ ދިމްރާގެ ހަވަނަ ހިއްސު ބުނެދެމުން ދިޔައެވެ.ނަމަވެސް ދެރައީ އެސިއްރު ދެނެގަންނާނެ ގޮތެއް ނުވިސްނޭތީއެވެ.

“ހައެ..އަހަރެންނަށް ކިޔަނީ ދިމްރާ”

“ތި ނަން ކިޔާ ކުއްޖެއް ކުރިޔަކުން ނުދައްނަން” މަލަކާ ކުޑަކޮން ވިސްނާލަން އިނދެފާއި ބުނެލިއެވެ.

“ޔާ!އަހަރެން މިއުޅެނީ މިރަށަށް އަލަށް އައިސްގެން..އެނގޭތަ ކީއްކުރަންކަން..ޔުމާންއާ މެރީކުރަން” ދިމްރާ ބުނެލި ބަސްތަކުން މަލަކާ ސިހިފާއި މޫނު އަނެއްފަރާތަށް އަނބުރާލި މަންޒަރު ދިމްރާއަށް ރަނގަޅަށް ފެނުނެވެ.އެކަމުންވެސް އޭނާގެ ހިތުގައި ޔުމާންއަށްޓަކާއި އަދިވެސް އެ ލޯބި ދެގޮތެއްނުވެ ވާކަން ދިމްރާއަށް ވިސްނުނެވެ.

“ދެން ކީއްކުރަން އަހަރެން ކައިރީ ބުނަން ތިޔައީ.. މިހާރު އެއީ މަގޭ ފިރިމީހާއެއްވެސް ނޫނެއްނު” މަލަކާގެ އަޑަށް ހަރުކަށިކަން ގެންނަން މަސައްކަތް ކުރަމުން ދިޔަވަރު ދިމްރާއަށް ފާާހަގަ ކުރެވުނެވެ. ނަމަވެސް ލިބުން ހަބަރުން މަލަކާއަށް އުނދަގޫވަމުންދާވަރު އެކުއްޖާގެ އަމަލުތަކުން މާ ބޮޑަށް ފާޅުވަމުން ދިޔައެވެ.ހުރިހާ މަންޒަރެއް ދިމްރާ ދިޔައީ ރަނގަޅަށް ބަލާ ދިރާސާ ކުރަމުންނެވެ.ޔުމާންއާއި ކައިވެނި ކުރަން އުޅޭ ވާހަކަ އޭނާ ފާޅު ކުރީވެސް އެހެންވެއެވެ. މަލަކާއަށް ވާ ވަރު ބަލާށެވެ.

“މަލަކާގެ ހިތަށް އަސަރު ކުރޭތޯ ބަލަންވެގެން.. ތި ހިތަށް ކެތް ކުރެވޭތޯ ބަލަންވެގެން..ތި މާއިލަގޮނޑިއަށް ކެތްވޭތަ އެބަ އަމިއްލަ ބަނޑުން ވިހޭ ދަރިފުޅު މައެއްގެ ލޯބިން މަހުރޫމް ވެގެން އުޅޭ މަންޒަރު ބަލަން..ރެޔާ ދުވާލު އެ ފަކީރު އެ ހުންނަނީ މަންމަ، ބައްޕައާ ޔޫނާ ކައިރިއަށް އާދޭތޯ ބަލަބަލާ..ކޮބާ ދުރުގަ ހުރުމުގެ ބޭނުމަކީ ޔުމާން ހިތާމަ ކުރާހެން މަލަކާވެސް ހިތާމަ ކުރަން ޖެހެންޔާ..” ދިމްރާ މަލަކާގެ ކުރި މައްޗަށް އަރާ ހުރެ ދެއްކި ވާހަކަތަކުން މަލަކާ އިސްޖަހާލީ އެ ވާހަކަތަކަށް ދޭނެ ޖަވާބެއް ނުވިސްނުނު މީހެއް ފަދައިންނެވެ.

ހަޤީގަތަކީވެސް އެއީއެވެ.މަލަކާއަށް އެހާ ދުވަސްވީ އިރުވެސު އެ ހިތާމަތަކުން އަރާއި ނުގަނެވޭ ކަމެވެ. ޔުމާންއާއި ޔޫއްކޮގެ ހަނދާންތައް ހިނދުކޮޅަކަށްވެސް އެހިތުން ފިލާ ނުދާ ކަމެވެ. އެކަމަކު ޔުމާންވެސް އެކަމާ ހިތާމަ ކުރާކަން އޭނާއަށް އަދި އެ އެނގުނީ އަލަށެވެ.އެވެސް ދިމްރާ ބުނީމައެވެ.އޭނާ ހީކޮށްގެ އެ ހުންނަނީ ޔުމާން މިހާރު އޭނާ މަތިން ހަނދާން ނައްތާލާ އުފާވެރި އާ ހަޔާތެއް ވޭތުކުރާނެ ކަމަށެވެ.އަލަށް ދިމާވި މިކުއްޖާގެ ވާހަކައިން މަލަކާގެ ބަސްހުސްވީ ކީއްވެ ކަމެއް ހުދު މަލަކާއަކަށްވެސް ނުވިސްނުނެވެ.

“އޭ ކަލޭތީ ކާކު؟..ޔުމާންގެ ކޮޅަށް ވަކާލާތު ކުރަން ގެނެސްފަ ހުރި ލޯޔަރެއްތަ؟” ދިމްރާ އަދި މަލަކާއަށްވެސް ސިހިފާއި ދޮރާދިމާލަށް ބަލައިލެވުނީ މަލަކާގެ މަންމަގެ ހަރުކަށި ބަސްތައް އަޑުއިވުމުންނެވެ.އޭރު މަލަކާގެ މަންމަގެ ފަހަތުން މައިހާންވެސް އެތެރެއަށް ވަންނަނީއެވެ.

“ތިބުނާ ޔުމާންއެއް އަހަރެމެން ނުގަބޫލުގަ އިނދެގެން އެގެއަށް ގޮސް އުޅުން މަލަކާ ބޭރު ކޮށްލީ..ނުގަބޫލުގަ އިނދެގެން ގެންގޮސް އޭނާ މަލަކާގެ ދިރިއުޅުން ހަލާކު ކޮށްލީ..އޭރުވެސް މަލަކާއާ އޭނާއާ އިންނަން އަހަރެމެން ގަބޫލުނުވީ ކަމެއްވީމަ..މިއަދު މަލަކާއަށް ހުންނާނީ ވިސްނިފަ.. ރަނގަޅަށްވިއްޔާ އެވާނީވެސް މަލަކާ އެގެއިން ނެރެންވެގެން ޔުމާންގެ އާއިލާ މީހުން ވެއްދި ސޮރެއް ކަމަށް..ތި ހީކުރާހާ މާތް ބައެއް ނޫނޭ އެއީކީއެއް..އެހެންވީމަ އެހެރީ ވަތް ދޮރު..ރީތި ގޮތުގަ ބުނީމަ އަވަހަށް ނުކުމެވޭތޯ ބަލާ” ދެންވެސް ޒީލަ ގަދަކަމާއެކު ވާހަކަ ދެއްކީ މަލަކާގެ މަންމައެވެ.

“ނޫން މަލަކާ..ޔުމާންމެން އާއިލާ އެފަދަ ކަމެއް ނުކުރާނެ..މަލަކާއަށްވެސް އެހާ ދުވަސްވީއިރު ހުންނާނީ އެ އާއިލާ ދަސްވެފައޭނުން..ތީގަ އެބައުޅޭ ނުބައެއް މަލަކާ..ޕްލީޒް..މަލަކާ އަނބުރާ ޔޫއްކޮގެ ހަޔާތަށް އައިސްދީ..އެކުއްޖާ ހާދަ އުއްމީދެއް ކުރެޔޭ މަލަކާ އައުމަށް..އެކުއްޖާ ފަކީރަށް ވިސްނާލާފަވެސް އައިސްދީ..އެކުއްޖާ ހަލާކުވެދާނެ..މަލަކާ ތި ލޯބި ވާ ފަދައިން ޔުމާންވެސް އަދިވެސް މަލަކާދެކެ އިންތިހާއަށް ލޯބިވޭ..މިއޮތް އޮތްހާ ދުވަސްވީއިރުވެސް އެހެން އަންހެންކުއްޖަކަށް އެފަދަ ނިޔަތަކުން ޔުމާން ބަލާވެސް ނުލާނީ ކަމެއްވީމައޭނުން..ޕްލީޒް މަލަކާ..މިކަމާ……” އިތުރަށް މަލަކާގެ ދެއަތުގައި ހިފައިގެން ހުރެ ދައްކަމުން ދިޔަ ވާހަކަތަކަށް ދިމްރާއަށް ހުއްޓުމެއް ގެނުވީ މަލަކާގެ ދޮންބެ މައިހާން ދިމްރާގެ ކަނާއަތުގެ އުޅަބޮށީގައި ކުއްލިއަކަށް ހިފެހެއްޓުމުންނެވެ.ހަމައެއާއެކު ކުއްލިއެއްޖަހާ ދިމްރާ އެކޮޓަރިން ނެރުމަށް މައިހާން ހިނގައިގަތީ ދިމްރާއަށް ވިސްނާވެސް ނުލެވި ހުއްޓައެވެ.

“އަހަރެންގެ މަންމަ ރީއްޗަށް ނުކުންނާށޭ ބުނީމަވެސް ކަލެއަށް އަޑުނީވުނީތަ..އިތުރަށް ވަގުތު ބޭކާރު ކުރަން ނުހަދާ ގެއަށް ދިޔައްޔާ ރަނގަޅުވާނީ..ތި ކުރެވެނީ ބޭކާރު މަސައްކަތެއް..މަލަކާއެއް ދެން ނުދާނެ އެ ޔުމާންއެއް ކައިރިއަކަށް” މައިހާން ދަތްކުޑި ވިކާލާފާއި ބުނެލި ބަސްތަކުން ހީވީ އަދި ދިމްރާއަށް އިތުރު ޖޯޝެއް ލިބުނު ހެންނެވެ.

“މަލަކާ ޕްލީޒް..އަދި އެއްފަހަރު ވިސްނާލަބަލަ.. އަހަރެން މާދެންވެސް އަންނާނަން..ޔުމާންއަށް ޔުމާންގެ ލޯބި ލިބެންދެން އަންނާނަން..ޔޫއްކޮއަށް ޔޫއްކޮގެ މަންމަ ލިބެންދެން އަހަރެން އަންނާނަން” ދިމްރާ މަލަކާއަށް އަޑުއިވޭ ވަރަށް ހަޅޭއްލަވަމުން ދިޔައިރު މައިހާންގެ އަތްދަށުން އޭނާގެ އަތް މިންޖުކުރަންވެސް މަސައްކަތް ކުރަމުން ދިޔައެވެ.އޭރު ކޮޓަރި ދޮރުމަތީގައި ޝޮކެއް ލިބިފާއި ހުރި މީހެއްހެން ހުރިތަނަށް ހުއްޓުން އަރާފައި މަލާކާ ހުއްޓެވެ.ދިމްރާ އެހެންބުނިހާއިރުން ފެނުނީ މައިހާން ދިމްރާ ގެންގޮސް މަގުމައްޗަށް ހޫރާލި ތަނެވެ.އެއާއެކު ދިމްރާ ވެއްޓުނީ ބިން މައްޗަށްށެވެ.

“ހަނދާންކުރާތި..އަހަރެން ރުޅި ގަދަވެއްޖެއްޔާ އެވަގުތު އަހަރެންނަށް އަންހެނެއް، ފިރިހެނެއް، ކުޑަކުއްޖެއް، މުސްކުޅިއެއް ނޯންނާނެ..އަހަރެން މީ މީހަކު މަރާލަކަށްވެސް ފަސްޖެހޭނެ މީހެއް ނޫން.. އެހެންވީމަ އަމިއްލަ ސަލާމަތް ހޯދައިގެން އަވަހަށް މިތަނުން ރައްކާވެވޭތޯ ބަލާ” ދިމްރާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލާފައި ވަރުގަދަ އިންޒާރެއް ދިނުމަށްފަހު ދެން ފެނުނީ މައިހާން އެނބުރި ގެއަށްވަދެ ބަންލާފަ ދޮރުޖެހި ތަނެވެ.

ދިމްރާވެސް އިރުކޮޅަކު އެގެއާއި ދިމާލަށް ބަލަން ހުރެފާއި ތެދުވެ ގެއާއި ދިމާލަށް ހިނގައިގަތެވެ. އޭނާ ދިޔައީ މަލަކާ ރުހެންދެން ކޮންމެ ދުވަހަކު އެގެއަށް އައުމަށް އަޒުމް ކޮށްގެންނެވެ.އޭނާ އެވަރު ކޮށްގެންވެސް މަލަކާ ރުއްސަންވަނީ ހިތުނިޔަތް ގަނެފައެވެ.ވީއިރު މިއަދު މައިހާންގެ އިންޒާރުތަކަކަށްވެސް އޭނާ ފަސްޖެހޭކަށް ބޭނުމެއް ނުވިއެވެ.އިރާދަކުރެއްވިއްޔާ އޭނާ އެކަން ހުއްޓާނީ ކޮންމެސް އެއްކޮޅެއްގާއި ޖައްސާފަކަމަށް ހިތުން އަޒުމްވެސް ކަނޑައެޅިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (136)

  1. Joo

    hama vaahakaa ge inthizaaru ga miny… dhemeh up v thoa balaaly mi ahnekhaa vx… thnx dear :*

    1. ithoo
      Joo

      Awwh..wc joo..thankolheh las ves vejje dww up kurevun len…btw wc my dear joo..☺☺???

  2. Siyaa

    Wow hama balan indaa e up v mee fist dw

    1. ithoo
      Siyaa

      Dhn faharakun vaane ingey frst hoadhan siyaa..ok..thanxx dearr inthixaaru kohla dhineema .?????

  3. eyenee

    me first tha?? heheh hw come 26 aa jehign 28??
    mi vrh reethi vaahaka eh

    1. ithoo
      eyenee

      Hehe..avas aruvaalaigen up kuran hadhaigen vaa goih aee..hehe..nw rangalhu kohlaafa innaanee..thanxx my dearr..n eyenee aa alah dww mi dhimaavee ??☺☺?????

  4. lu

    me fourth..hehe..varah reethi..ekam dheravey..:'(

    1. ithoo
      lu

      Thivaru vx rangalhey lu..fahumn rangalhu vaane..thanxxx lu..n lu ge stry ge inthixaaruga ithoo hunnaanan ingey dearr ???????

  5. Anonymous

    Haadha dhiulhi dhugey

    1. ithoo
      Anonymous

      Awwhh..ehentha..sry dearr..

  6. shelly

    me firstttt varah reethi

    1. ithoo
      shelly

      Dhn faharakun frst hoadhaanee dww..thanxxx shelly ????

  7. Chum handi

    omg omg…. heart beat avas vanee…. haadha reechey…. dhim ge masah kai kaami yaabu koh dheefa yuan aa dhim aagulhu vaba…. waiting for the next part so eagerly… gdnyt… ly…

    1. Chum handi
      Chum handi

      haha kiyan feshi iru iny 0 cmnts araafa but mihaaru mi v gothun seventh dho…

    2. ithoo
      Chum handi

      Haha..ehmen frst hoadhi part eh mee aslu..dww dearr..☺☺??

    3. ithoo
      Chum handi

      Hehe..ehentha…heart beat avas v ma rangalheh nuvaane dwww ekamu dear..hehe..visnaanan ingey..hehe..thanxx my dearr..gud nytt..ly toooo ????????

    4. Chum handi
      Chum handi

      ey visnan v kee noon ingey… hama gulhuvan jeheyny… hehe

    5. ithoo
      Chum handi

      Hehehehe☺☺

  8. Jjj

    Vrhhh reethi. ❤❤❤ wen next part?

    1. ithoo
      Jjj

      Awwhh..thanxx dearr.. In sha Allah saturday ga ingeyy ☺????????

  9. shix

    Nice

    1. ithoo
      shix

      Thanxx shix ?????

  10. luhan

    Alhe malaka n yuman gulhuvaathi ingey avahah..Eyrun adhi salhi vaany..N plx dhim n yuan dhimaa vaa gothah hadhaabala..Plxxx

    1. ithoo
      luhan

      Hehe..ehentha dearr…thikamaa visnaanan ingey..ok kuda kon wait kohlaa ingey..dhimaa vaane goih hadhaanan ingey..???

  11. luhan

    V salhi ingey..Nxt prt konirakun????

    1. ithoo
      luhan

      Thanxx luhan.. In sha Allah saturday ga ????????

  12. Navii

    Vv reethi mi part ves .. Inthizaaruga hutta thi up kury.. Vv reethi but so sad…

    1. ithoo
      Navii

      Awwhh..thanxx dearr..bt sad nuvaane ingey..thanxxx once again my dearr ??????

  13. Ninni

    Dhn foohi mihaaru dhaa goiy..
    Abadhuvx dhim ah sadness..
    Aslu she doesn’t deserve it.. ehnve Aslu v dheraveyy .??

    1. ithoo
      Ninni

      Yaa..deserve nuviyas real life ga vx vey dww ehen..aharemen beynunvaa gothah kanthah nuveythaa..fahun yuaan aa meet v ma dhn vaa goih balaanee dww..ekamu dnt be sad ingey my dear ??☺☺??

    2. Ninni
      Ninni

      Avahah dhim r yuaan dhimaa kohlahchey.. .e dhemeehunge part Emme kiyaa hiy vanee ?❤

    3. ithoo
      Ninni

      Ehentha..ok..dhn maadhuheh neih ingeyy..☺☺

  14. Fathun

    V reethi miss partves…??kon irakun next part up kohdevaynee….good work

    1. ithoo
      Fathun

      Awwhh..thanxx fathun.. In sha Allah saturday ga ingeyy..???????

  15. ithoo ge fan

    Vvvvvvvv rythi story eh.. love u ithoo.. u r the best..

    1. ithoo
      ithoo ge fan

      Awwhh..glad to know that my dearr..ly too n so much dearr..?????

  16. nee

    Nice .vvvv reethi plx avahah up kodhee

    1. ithoo
      nee

      Awwhh..thanxx nee.. In sha Allah saturday ga ingey????????

  17. ReeXa

    Knireh thr mi vaahaka upload nukohgen ulheythaa. .anyway happy to see this… mi part vx varah reethi. .dhim ge masaikai kaamiyaabu veytho dhua vx kuraanan… iraadha kurehvihya varah avahah yoonaa ah vx yoonaa ge mom libeyne n yumaan ah vx yumaan ge loabivaa libeyne… n my loving yuaan n dhim vx dhimaave hageegaii ingigen dhaane.. ithoo u give ur best.. so keep it up

    1. ithoo
      ReeXa

      Hehe..ehentha…yaa kaamiyaabu vaane kamah balamaa dww..thanxx ReeXa darlin..thanxx a lot dearr..??????

  18. shafu

    vvv reethi…. dhim ge plan work kurachey………………

    1. ithoo
      shafu

      Kuraane kamah balamaa dww dearr..hehe..thanxxx my dear shafu ?????

  19. Maayaa

    Very nice … ithoo so keep it up

    1. ithoo
      Maayaa

      Awwhhh..thanxxx my dearr Maayaa ???????

  20. Anonymous

    v reethi…. ekamu mihaaru vaahaka kiyaafa hama rovenee …. ithoo dhooni thihen nuhadhaa ?????

    1. ithoo
      Anonymous

      Awwhh..sry dear rovey varu kureveythy..ekamu vx nurohcheyy ingeyy..thanxxx my dearr ?????

  21. ????❤

    Wow beautiful twist.

    1. ithoo
      ????❤

      Thanxxx dearr ??????

  22. laimaan

    Reethi mi parts vs. Konirakun dhimra n yuaan dhen dhimaavaany? Avahah emyhun dhimaa kuruvaafa fight jahsuvabala eyrah haadha salhi vaaney. Waitin next partah

    1. ithoo
      laimaan

      Dhn maa dhuheh nuvaane kamah balamaa dww dearr..thanxxx laimaan ??????

  23. lovegirl

    vvvvvvv salhi mi part ves. luv this story

    1. ithoo
      lovegirl

      Awwhh..glad to know that..thanxx lovegirl ??????

  24. naureen

    V v v reethi mi vaahaka…..????????????

    1. ithoo
      naureen

      Happy to know that my dearr..thanxxx naureen ???????

  25. shanma

    Vara salhi waiting for next part kiyaahithun eindhaaa nimuniy avaha up kolachey keep it up

    1. ithoo
      shanma

      Adhi vx kuru vanytha anehkaa..hehe.. In sha Allah saturday ga kuraanan ingeyy..thanxxx my dearr shanma ????????

  26. Juu

    Varah nice mi part alhey ithoo dhim ah thihen nuhadhaa yuaan n dhim avahah gulhuvaba plx …

    1. ithoo
      Juu

      Dwww… Thanxxx juu ??????

  27. Coco

    Ithoo plx dhn edhemyhunna e varu nukurey

    1. ithoo
      Coco

      Alhe a kyhve o dear?? ??

  28. ssss?

    Varah rythi

    1. ithoo
      ssss?

      Thanxxx dearr ?????

  29. Arkaa

    Mivaahaka up veythw balabala mi innanyh ..dhn yumaan n malakaa gulhuvaba ithooo eyrun dhin ge mission kaamiyaabu vaanyh n yuaan r dhimaakhdheeba dhim ah …mipartvx varah reethi??gudnyt ithoo?

    1. ithoo
      Arkaa

      Hehe..dhn maa dhureh noon ingeyy a dhuvaheh..thanxxxx Arkaa..gud nytt..my dear..ly ???????

  30. Mureen

    Vara salhi waiting ithoo lobi

    1. ithoo
      Mureen

      Awwhh..thanxx Maureen lobi ???????

  31. black rose

    Wow mi part vx v reethi.. Mashaa Allah… Konirakun next part genesdheyny..

    1. ithoo
      black rose

      Awhh..thanxx my dearr.. In sha Allah saturday ga ????????

  32. baby

    Thi gotha ulheniko dhimraa aa uooaan aa dhimaa vaane hen haadha heyve ye. Story varah salhi. Mivaahaka nukiyen yaa mihaaru nidhey kamakah ves nuvey. Keep it up ithuooooooo

    1. ithoo
      baby

      Reallyyyy ??.. Ekamu nidhahchey dearr..thanxxx my dear..ly..???????

  33. imagination

    woow.. i dont know how.. but u always make me speechless..<3

    1. ithoo
      imagination

      Awwhh..reallyy..thanxxx my dearr..thanxx a lot ????????

  34. Aisha

    I dnt knw y bt mi vaahaka kiyan feshyru huri interestin gotheh mi dhiya 2 thin part akun feel eh nuvi aisha akah.. mee eh gothakah vx ithoo ah dherayah nuny negative koh bunaa ehceh nun,, the way i felt i thought i should share wit u.. mihaaru vx story reethi nd kiyan vxme nd dhn vx gavaadhun story kiyaanan in sha allah.. take care nd good luck

    1. ithoo
      Aisha

      Aslu vx happy vejje view bunela dhineema..thy ithoo beynunvaa gothakee vx.ithoo sad eh nuvaane ey eh vx kujjaku thedhah bunegehneh..aslu hama happy vaanee..thanxx Aisha..thanx a lot dearr?????

  35. sadh

    I had a buy day and was so sleepy. And as usual i checked the site and saw the story. Nidhives vaguthun dhuve filaifi. Varah rythi ingei. Waiting for the next part. Thank you. Hugs ❤️

    1. sadh
      sadh

      Busy **

    2. ithoo
      sadh

      Woah..seriously.. Hehe..thanxxx sadh.. N wc my dearr..?????

  36. Dhnthi

    Nxt part up vaani kon irakun?.
    Waitin for nxt part.

    1. ithoo
      Dhnthi

      In sha Allah saturday ga..dearr

  37. nonns

    Alhey ithoo darling, pls pls pls yuan and dhim ah dhera gotheh nahadhachey. I’m hoping dhim ge plan work kuraane kamah. And mi part ves hama habeys. Keep it up. When r u gonna up next part??

    1. ithoo
      nonns

      Hehehe..okaeii..thanxxx nonns.. In sha Allah saturdayga ingeyy??☺☺??

  38. Aabhy

    Malaka aa yman gulhey iru dhim onnaany hospital ga kanneyge e malaka ge dhonbe gandu dhima ah handhaane gotheh ves neyge. Maraalan masakkai kuraany kanneyge. Dhen yman ge minneh masakkathun kanneyge dhim rangalhu vaany. Yuan aa dhim alun gulhuvumuge furihama masakkai kuraany yuman hen heevany nimumakah dhaa iru… hehehehe?lol mee dhen ahannab heevaa goi…❤❤ varah reethi. Hama habeyyyys… ?

    1. ithoo
      Aabhy

      Hehehe..alhe dhn balaalaanee dww kihinehtho vaany..hehe..thanxx Aabhy..thanxx so much ????

  39. sis

    Story hama habeys waiting for the next part

    1. ithoo
      sis

      Awwhh..thanxx my dearr sis ?????

  40. haw shia shaba shi r

    Mashaa Allah v reethi mi part ves,keep it up,next part soon plx,ithoo dhen yuaan n me a dhimaakuruvabala,ahan nakahves ,loabi nuvaa meehakaa nindheveyne dw,aharen v loabivey yuaan dheke,plx I want meet him

    1. ithoo
      haw shia shaba shi r

      Yaa dww..dearr..wait adhi meet kohdheynan ingeyy..hehe..thanxxx haw.. In sha Allah saturday ga ???

  41. sam

    Lovely STORY ????? thankooo ithooo.??????waiting for next part plx up …… Ithooo kodhuvahkun next part up kureveynyyy ,,,,, thankx a lot ithioo love u so much ???? good nytxxxx???????

    1. ithoo
      sam

      Awwhh..wc dearr n thanxxxx sam..In sha Allah saturday ga ingeyy.. Ly too ???????

  42. Ummu Maleek

    Salhi ey salhi ey.. wow v reethi ekam ithoo up kureytho here hure fa hama babys kolhu thah nin dhavan oi vaguthu dho thi up kureee…… v lahun mi kiyaalevunee… ekam ves v reethi….. konme faharaku ves v hiy hama jehey vaahaka ige thankolheh kiyaa levuneema….. ????

    1. ithoo
      Ummu Maleek

      Awwhh..a gadi balaafa dww mi up kurevuny neyngumey therey viyas..hehe..thanxxx my dearr..thanxx so so much ?????

  43. Saandy

    V reethi mibaives… Enmefahun Yumaan mi rulhi aee Dhim dheke dhw… Malakaage mammamenge nufoozun dhw ehenveema Malakaa fahun mi nudhiyaee… Ran’galhah viyyaa emeehun Malakaa gaathah firihenaku vahdhaany… E dhemeehun dhurukuran… Maihaan Dhim ah gotheh nuhadhaathi in’gey… Saturdayga next part kiyaalan libeyne dhw? Next partge inthizaaruga mihury… Keep it up Ithoo 🙂

    1. ithoo
      Saandy

      Hehe..dhn balaanee dww kihineh tho vaan othy..thanxxx saandy ☺☺??

  44. aff

    just wow .. varah reethi. ithoo ah ithuru kaamiyaabee ah edhen ..keep goin dear. .☺

    1. ithoo
      aff

      Awwhh..thanxx dearr..thanx a lot ??????

  45. Someone

    I was waiting for this part!!! Dhemme adhi mi bely up vitho!! N this part is also nice as usual ithoo dear!!! Haadha goas baekey malakaa ge mom mennaky?? Anyways waiting for the next part ithoo dear!? Love u ❤

    1. ithoo
      Someone

      Ehentha..thanxxx dearr..glad to know that ?????

    2. ithoo
      Someone

      Ehentha..thanxxx dearr..glad to know that ☺☺?????

  46. writer

    haadha heeveyey mi vaahakaiga maihaan varah nulafaa kameh kuraaney… anyways dhn anekaku bust kohlan v nu… he is a weirdo..i love this story…<3

    1. ithoo
      writer

      Kaaku..aamil tha dearr..thanxx writer ?????

  47. Shaa

    V salhi story ekam ithoo fans ge comment ah reply kuraairu luv u jahaa darling kiyaa hadhaathy hvany v dhyna dhutu ulhumeh ney kuhjehhen

    1. Hiyaalu
      Shaa

      …..????
      Love You Bunyma Dheena Dhuru v Ey..?????

    2. ithoo
      Shaa

      Thanxx shaa… Ithoo ehen liyany goas maana eh ga eh noon dearr..ithoo ah support dheythy i luv my all readers.. So plxx dnt take it wrong way..n aniyathugaa lobivaa vaahaka bunumaky goas kameh kamakah ithoo nudheken..cox ithoo ehen mibunany goas maana eh ga noon kan…so efadha baheh bunegen judge nukurey dearr dheenaa kairy tho noonee noontho..efadha baheh bunegen dheenaa dhuru kujjeh thw kairi kujjehtho bunan ingeyne hehnei aslu ithoo akah hieh nuvey..n aslu ithoo ehen aamukoh bunanee vx ly eyy bunaa kudhin kairyy..btw thanxx once again dearr..

  48. Faxoo

    vrh reethi mibaivx ithuu 😀 😀
    ehnviima ei misunderstanding eh dhw yumaan nd malaka ge/
    plx plx dhim ah dhera gotheh nuhadhacchey.. she is sacrifising soooo much :<

    1. ithoo
      Faxoo

      Yaaa dwww dearr..thanxxx faxoo ???

  49. Kennukbee

    Vara nice… yumaan n malakaa avahah gulhuvaa eyrun dhim n aan gulhuveyny dhw… hehehe

    1. ithoo
      Kennukbee

      Hahaha..dww..thanxxx dearr ☺☺????

    2. Kennukbee
      Kennukbee

      Anytime…. hahahaha…. btw imaginary yuaan haadha handsome ey…. side eh fennan huttas ehaa rythi….that watch ves….??????? ?????????????? ly u ithoo… ❤??????????

    3. ithoo
      Kennukbee

      Hehehe..dww..ly too dearr ☺☺??

    4. Kennukbee
      Kennukbee

      Btw can anyone tell vanhana stry liyuny kn writer eh kan……. . I want to read that stry also…. bt nueh fenun

    5. ithoo
      Kennukbee

      Layaal liyuny a stry dearr☺☺

    6. Kennukbee
      Kennukbee

      Thanku ithooo hehehe

  50. Cherry

    V v v rythi
    Keep it up ithoo
    Dhim ennu. Iraadha kurevviyya yumaan ah yumaan ge loabi hoadha dheyne

    1. ithoo
      Cherry

      Adhi kiriyaa dww cherry aa mi meet v..hehe..thanxx cherry ?????

  51. Shaa

    I ge name beynun kohgen dheeney kiyany mi kaaku

    1. ithoo
      Shaa

      Alhaanulaa dearr..shaa kiyaa baivaru kudhin ulheyneynun dww☺☺

  52. Shaa

    Ithoo that’s not me i adhi mi vahaka ky …….comment kihlan beli iru fenuny ekam ei alhugandu liyunu ehcheh noon ….v vvvv dheravehjje ????????

    1. ithoo
      Shaa

      I knw dear..so dnt wrry..bt shaa name ga ithoo ah ingeyne gotheh hadhaala dheyn v nun..bt if u want ingey..must eh noon..N dnt be sad ingey??

  53. Shaa??

    Now k dhw and u r the best writer ly?

    1. ithoo
      Shaa??

      Awwhh..thanxx shaa..v happy vejje dearr..ly too ?????

  54. Serious

    V salhi igey mi part ves❤❤❤

    1. ithoo
      Serious

      Awwhh..thanxx dearrr.. ????

  55. Who am I?

    v salhi mi part vexx n dhim uman aa marry nukuruvahchey plx plx ???

    1. ithoo
      Who am I?

      Hehe..thanxx dearr..???

  56. nonnx

    ithoo kihaa irakutha story upvaany?? v v sad vey mihrr vaa goathun..alhey dhimm aa yuan gulhaabala…!!!

  57. luhan

    Kiha iraku stry up vaany??

  58. z

    miadhu up vaane tha??? mee hama mareh kahala vaahaka eh… habeys..✌???

  59. Shif

    Ithoo loabi dhn avahah up kohba

  60. Sajoo

    Kobaata,kobaata,kobaata alhe kobaahey next part mi adhu mi Saturday ey …………..

  61. Sajoo

    Kobaata kobaata kobaata alhe kobaata miadhu mi Saturday ey next part kobaahey ithoo

  62. Sajoo

    Kobaata kobaata kobaata kobaata kobaata next part miadhu mi Saturday ey

  63. Shaa??

    Ithoo kobaa next part

  64. juu

    ithoo plx miadhuge part avahah up kohdheeba can’t wait kiyaahihun…

  65. juu

    *kiyaahithun

  66. Sajoo

    Ithoo kihaaireh vaaneta alhe.mihaaru story up v tho mibeleni 100 vana faharah

  67. ithoo

    Hey all..sry ingey las vaa kamah takaa..adhi write koh nunimeythy.. So In sha Allah 7:30 ah up kureveythw mi balany..

Comments are closed.