ނޭނގުމެއްގެތެރޭގައި..(01)
އަހަންނަށް ހޭލެވުނީ ގަޑި އެލާރމްވި އަޑަށެވެ. އޭރު ގަޑިން އަށެއް ޖެހީއެވެ. ހޭލާފައި ފުރަތަމަވެސް އަހަންނަށް ބަލައިލެވުނީ އަމާނީ ކޮބައިތޯއެވެ. އޭރު އަހަރެންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސައެވެ. އަމާނީ ގެ ޚަބަރެއް ނުވުމުން އަހަރެން ގަސްދުކުރީ ފާޚާނާއަށް ވަދެ ކުޑަކޮށް ތާޒާ ވެލާށެވެ. މޯޅިއަކަށް ދެމިލަމުން ތެދުވެ އެދުގައި ހަމަޖެހިލި ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ މުސައްލަމަތީގައި ނަމާދު ދޮޅިއާއެކު ލެއާ ތަތްތެޅިފައި އޮތް އަމާނީއެވެ. އަހަންނަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އަހަންނަށް ހަމަހޭވެރިކަންވިއެވެ.
*** **** ***** *****
ޖެހި ރަގަބީލުގެ އަޑާއެކު މުޅި މަދުރަސާ އެކީ އެކައްޗަކަށް ހަލަބޮލިވެއްޖެއެވެ. ގެއަށް ދާން ކެތްމަދުވެފައި ތިބި ދަރިވަރުންތަކުން މުޅި މަދުރަސާ ވަނީ ހޭލަމޭލަ ވެފައެވެ. އައިނީ ވެސް އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އޭނަގެ އިންތިޒާރުގައި ބައްޕަ ގޭގައި ހުންނާނެކަން އެނގޭތީއެވެ. އައިނީ އަކީ އަހުމަދިއްޔާގައި ގްރޭޑް ބާރައިގައި ތައުލީމު ޚާސިލްކުރަމުން އަންނަ ދަރިވަރެކެވެ. ކިޔެވުމަށް ވަރަށްބޮޑު ޝައުގުވެރިކަމެއް ހުންނަ ކިޔަމަންތެރި ދަރިވަރެކެވެ. އައިނީ ވަރަށް ކުޑައިރު އައިނީގެ މަންމަ ވަނީ ނިޔާވެފައެވެ.
އައިނީމެންގެ ގެ ހުންނަނީ ލޮނުޒިޔާރަތް މަގުގައި ކަމުން އައިނީ މަދުރަސާއަށް އައިސް ގޮސް ހަދަނީ ހިނގާފައެވެ. މަޑުހިގުމުގައި ގޮސް އައިނީ ގެއައް ވަނެވެ. ގޭތެރެއިން ފެންނަނީ ހަމަހިމޭންކަމެވެ. އައިނީ ފުރަތަމަވެސް ގޮސް ވަނީ ބައްޕަގެ ކޮޓަރިއަށެވެ. ނަމަވެސް ކޮޓަރިއަކުވެސް ބައްޕައެއް ނެތެވެ. އެހިސާބުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އައިނީ އަށް ވިސްނުނެވެ. އަދި އަވަސް އަވަހަށް ރާޖް އަށް ގުޅާލިއެވެ. ރާޖް އަކީ ބައްޕަގެ ކަންތައް ބަލަހައްޓަން ގެނެސްފައި ހުންނަ ބިދޭސީ އެކެވެ. ބައްޕައަކީ ހާޓް ޕޭޝަންޓެއް ކަމުން ބައެއް ފަހަރަށް އަމިއްލަ ކަންތައްތައް ކުރުމަށް ދަތިތަކާއި ކުރިމަތިވެއެވެ. ބައްޕަގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަކަން ރާޖް ގެ ފަރާތުން އެނގުނެވެ. އަދި ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް އައުމަށް އެދުނެވެ. އައިނީ އަވަސްވެގަތީ ޔުނީފޯމް ބަދަލުކޮއްލައިން ހޮސްޕިޓަލަށް ދިއުމަށެވެ.
ހޮސްޕިޓަލަށް އާދެވުނުއިރު އައިނީ ހުރީ ހިތް އަވަސްވެފައެވެ. މަޑުކުރުމެއްނެތި އަވަސް ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ބައްޕަ ބާއްވާފައި އޮތް ވޯޑާ ދިމާލަށެވެ. އޭރު ބައްޕަ އޮތީ އައިވީ ގުޅާފައެވެ. ބައްޕަ ފެނުމާއެކު ދުވެފައި ކަހަލަ ގޮތަކަށްގޮސް އައިނީ ހުއްޓުނީ ބައްޕަ ބާއްވައިފައި އޮތް އެދު ކައިރިއަށެވެ. ލޯބިވާ ދަރިފުޅު ފެނުމާއެކު ރާމިޒުގެ މޫނުމަތި އުޖާލާ ވިއެވެ.
“ބައްޕަ މިހާރު ކިހިނެއް؟ ކީކޭ ޑޮކްޓަރ ބުނީ؟ ކިހިނެއް ވީ ބައްޕައަށް؟” އައިނީ އެއްފަހަރާ ހުރިހާ ސުވާލެއް ކޮށްލިއެވެ.
“ބޮޑުދައިތައަށް ގުޅައިފިންތަ؟” އަނެއްކާ ވެސް އައިނީ ކުރީ ސުވާލެކެވެ.
“ދަރިފުޅާ.. ހަމަޖެހިބަލަ .. ބައްޕަ ރަނގަޅޭ! ބައްޕަ ދަރިފުޅުކައިރީ ވަރަށްބޮޑު ވާހަކައެއް ދައްކަން ބޭނުން. ދަރިފުޅު ތިހިރީ މިހާރު ބޮޑުވެފަ. ބައްޕައަށް ދެން ދުނިޔޭގައި މާގިނަ ދުވަހު ހުރުމުގެ އުންމީދެއް ނެތް. މި ވަހަކަ ތަކަކީ ދަރިފުޅަށް ކޮންމެހެންވެސް އެނގެން ޖެހޭ ވާހަކަ ތަކަކަށް ވާތީ މި ވާހަކަތައް މިހާރު ކިޔައިދިނުން ވަރަށް މުހިންމު..”
“ބައްޕަ ތި ދައްކަނީ ކޮންކަހަލަ ވާހަކަތަކެއް؟” އައިނީއަށް ރޮވޭގޮތްވިއެވެ.
“އާނ ދަރިފުޅާ ! ބައްޕަގެ ބައްޔަކީ ހިތުގެ ބައްޔެއް ނޫން. ބައްޕަ އަށް ވަނީ ފުއްޕާމޭގެ ކެންސަރު ޖެހިފައި. އަދި ދަރިފުޅުގެ މަންމަ މަރުވީ ހާރޓްއެޓޭކެއް ޖެހިގެންނެއް ނޫން. ހަގީގަތަކީ މީ…”
ކުއްލިއަކަށް ރާމިޒު ކޮށިއަރައިގަތެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ރާމިޒުގެ ގާތަށް ނަރުހުންއައިސް އައިނީ ދުރަށް ޖެހިލުމަށް އެދުނެވެ.
“ދަރިފުޅާ… ބައްޕައަށް މާފްކުރާތި..” އައިނީގެއަތުން ރާމިޒްގެ އަތް ދޫވި ވަގުތު އެންމެ ފަހުން ރާމިޒް ބުނީ މިހެންނެވެ.
އައިނީއަށް އެ ބުނި އެއްޗެއްގެ މާނައެއް ނުވިސްނުނެވެ. ބައްޕަ މާފަށް އެދެންވީ ކީއްވެބާއޭ އޭނާގެ ހިތުގައި ސުވާލުއުފެދުނެވެ.
އައިނީ މަޑުމަޑުން ގޮސް ބޭރު ގޮޑި ބަރީގައި އިށީދެލިއެވެ. އައިނީގެ ފަހަތުން ރާޖް ވެސް ނުކުތެވެ.
ފަނަރަ ވަރަކަށް މިނެޓް ފަހުން ޑަކުޓަރު ބޭރަށް ނުކުތެވެ. އެއާއެކު އައިނީ އަވަސްއަވަހަށް ގޮޑިން ތެދުވިއެވެ.
“ހިއްވަރުކުރާތި.. ކޮންމެ މީހަކައްވެސް މިދުވަސް އަންނާނެ.. އަޅުގަނޑުމެން ވަރައް މަސައްކަތްކުރިން. އެކަމަކު ކޮންމެކަމެއްވެސް މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ .”
ޑަކްޓަރުގެ ވާހަކަ އާއެކު އައިނީއަށް އަޑުގެ ނެތްތަނަށް ރޮއެގަނެވުނެވެ. އެވަގުތު ވީ އައިނީގެ ބޮޑުދައިތައަށް އެތަނަށް އާދެވުނު ވަގުތެވެ. ބޮޑުދައިތަ އައިނީ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ.
ބައްޕަގެ ޖަނާޒާގެ ކަންތައް ނިންމާލުމަށްފަހު އައިނީ ބޭނުންވީ އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ބޮޑުދައިތަވެސް އައިނީ ގެއަށް ލާފައި މިސްރާބުޖެހީ ގެއާދިމާއަށެވެ. ގޭތެރެއަށް ވަދެވުމާއެކު ބައްޕަގެ ހަނދާންތައް އައިނީއަށް އުނދަގޫކުރަން ފެށިއެވެ. ގޭގައި އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. މުޅިގެވެސް އައިނީގެ ހިތާމައިގައި ބައިވެރިވާކަހަލައެވެ.
“އައިނީ..” ކުއްލިއަކަށް އައިނީގެ ނަމުން މުޚާތަބުކޮށް މީހަކު ގޮވައިލި އަޑުއިވުނެވެ. ފަޅިސިކުންތުކޮޅަކަށް ނަމަވެސް އެއީ އޭނާގެ ބައްޕަ ކަމަށް އައިނީއަށް ހީކުރެވުނެވެ. އެވަގުތު ދޮރުމަތީގައި ހުއްޓިލައިގެން ހުރި ރާޖު ފެނި އައިނީ މާޔޫސްވިއެވެ.
“ރާޖް ދެންދޭ ދައްތަ މެން ގެއަށް..” ރާޖް އައި ބޭނުން އެނގިގެން އައިނީ ބުންޏެވެ. ރާޖް އަކީ ބޮޑުދައިތަމެން ގެއަށް ކައްކަން ގެނައި މީހެކެވެ. ބޮޑިދައިތަ އަކީ ހެދިކާ ހަދާ މީހަކަށްވާތީވެ އެކަމުގައި އަތްގާތް ކޮށްދިނުމަށެވެ. ނަމަވެސް ބައްޕަ މާބޮޑަށް ބަލިވުމާއި ގުޅިގެން އަމިއްލައަށް ކަންތައްތައް ކުރަން ދަތިވާތީވެ ބައްޕަގެ އެދުމުގެ މަތިން އައިނީމެން ގެއަށް ރާޖް ގެނައީއެވެ.
ރާޖް ނުކުމެގެން ދިއުމުން އައިނީ ފެންވަރައިގެން އައިސް ނަމާދުކުރިއެވެ. އަދި ބައްޕަ އަށް ރަޚްމަތް ލެއްވުން އެދި ދުޢާ ކުރިއެވެ. އެއަށްފަހު އޮށޯވެލީ ބޮލުގައި ރިއްސަން ފެށުމުންނެވެ. އޭރުވެސް އައިނީއަށް ވިސްނެމުން ދިޔައީ ބައްޕައާއި މެދުގައެވެ. އައިނީ އެއްމެ ކުޑަ އިރުއްސުރެ މައްމައެއްގެ ލޯބިދީގެން ބަލާ ބޮޑުކުރި ބައްޕަ ވަކިވެދިޔުމުން އައިނީ އެވަނީ ވަރަށް ބޮޑަށް އެކަނިވެރިވެފައެވެ. މަންމަ ނެތް ކަމުގައި ވިޔަސް ދުވަހަކުވެސް ބައްޕަ އެކަން އޭނާއަށް އިހުސަސް ވިއަކަނުދެއެވެ. އައިނީގެ ބައްޕަ އަކީ މުދަލާއި ފައިސާގެ ގޮތުން ކިތަންމެ ތަނަވަސް މީހަކަށް ވީނަމަވެސް މަންމައަކާ ނުލާ ދަރިއަކު ބަލާ ބޮޑުކުރުމަކީ ފަސޭހަ ކަމެއް ނޫނަކަން އައިނީއަށް ވިސްނެއެވެ. އެވަގުތު އައިނީގެ ހަނދާނަށްއައީ ބައްޕަ ވަކިވަމުން ބުނި ވާހަކައެވެ. ބައްޕަ މާފަށް އެދެން ޖެހޭ ވަރު ކަމެއް އޮންނާނެ ބާއެވެ. މިކަހަލަ ޚިޔާލު ތަކެއްގައި އޮއްވާ އައިނީއަށް ނިދިއްޖެއެވެ.
އައިނީ އަށް ހޭލެވުނީ ބޮޑުދައިތަ ގޮވާލި އަޑަށެވެ. އަވަސް އަވަހަށް ތެދުވެ ގަޑި ބަލައިލިއެވެ. އޭރު ގަޑިން ނުވައެއް ޖަހަނީ އެވެ. ހެދުނުއްސުރެ އެއްވެސް އެއްޗެއް ނުކެވޭކަންވެސް އައިނީއަށް އިހުސަސްވީ އެވަގުތުއެވެ. ބޮޑުދައިތަ އައިސް އައިނީގެ މަގަތުގައި އިށީދެލިއެވެ.
“ދަރިފުޅާ އައިނީ.. އެއްޗެއް ކައިފިންތަ؟” އައިނީގެ ބޮލުގައި ފިރުމާލަމުން ބޮޑުދައިތަ ސުވާލުކުރިއެވެ.
“ނޫން ބޮޑުދައިތާ . އަދި ނުކަން. ކާހިތެއް ނެތް.. ބައްޕަ މަތިން މަ ބޮޑަށް ހަދަންވަނީ.” ވަރުބަލިކަން އެކުލެވިގެންވަ އަޑަކުން އައިނީ ބުނެލިއެވެ.
“ބޮޑުދައިތައަށް ވެސް އިނގޭ ބައްޕަ ނެތީމަ ދަރިފުޅު އެކަނިވެރިވާނެ ވަރު.. އެކަމަކު ތިހެން ނުކައި ހިތާމަ ކުރީމަ އޭގެއިން ގެއްލުން ވާނީ ދަރިފުޅަށް އެކަންޏެއް ނޫން.. ބައްޕަވެސް ދެރަވާނެ. ދަރިފުޅުތީ އަބަދުވެސް ކިހާ ހިތްވަރުގަދަ ކުއްޖެއް .. ބައްޕަ މިއަދު ނެތަސް ބައްޕަގެ ހުރިހާވެސް އުންމީދަކީ ދަރިފުޅު.. ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށް ވުން އެއީ ބައްޕަގެ ހުވަފެނެއް.. އެ ހުވަފެން ހަގީގަތަކަށް ހެދޭތޯ ދަރިފުޅު ވާނެ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން. ”
ބޮޑުދައިތަގެ ވާހަކަތައް އަޑުއަހަން ކުޑަކުއްޖަކު ފަދައިން އައިނީ އިނެވެ.
“ބޮޑު ދައިތަ މިއައީ މީތި ދަރިފުޅާއި ހަވާލު ކޮއްލަން.. މިއީ ދަރިފުޅުގެ ބައްޕަ ދަރިފުޅާއި ހަވާލުކުރުމައް އެދިފައިވާ އެއްޗެއް” ކޮތަޅެއްގައި ބަންދުކޮއްފައި އޮތް އެއްޗެއް އައިނީއަތަށް ދެމުން ބޮޑުދައިތަ ބުނެލިއެވެ.
އަދި ފަހުން އަންނާނެ ކަމަށްބުނެ ބޮޑުދައިތަ ނުކުމެގެން ދިއުމުން އައިނީ އަވަސް އަވަހަށް އެ ކޮތަޅު މޮހާލިއެވެ. އެއީ ޑައިރީއެއް ކަން އިނގުމުން އައިނީ ކުރިއަށްވުރެވެސް ޝައުގުވެރިކަމާއެކު އެފޮތް ހުޅުވާލިއެވެ. ފުރަތަމަވެސް އޮތީ މަންމައާއި ބައްޕަގެ ޒުވާންއިރުގެ ފޮޓޯއެކެވެ. އެ ފޮޓޯއަށް ވަރަށް ފަރުވާތެރިކަމާއެކު އައިނީ ބަލާލިއެވެ. އެއާއިއކު ބައްޕަގެ ހަނދާންތައް އިތުރަށް އާލާވާންފެށިއެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އައިނީ އެ ޑައިރީ ކިޔަންފެށިއެވެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.



V reethi mi part..mivaahaka ehkoh v reethi vaanekamah ummedhu kuran when next part
Thanks anonymous, In sha Allah soon will upload next part.
V reethi maasha Allah…. I am waiting for next part
Thanks❤
?
Varah reethi. Mi vaahaka reethi vaane hen heevani. Waiting for next part…
Thanks?
Good luck
Thanks?
Masha allah v rythi ekam v kuruhen hyvany anyway stry nimendhen mi stry kiyan libeyne kamah ummeedhu kuran❤❤❤❤
Yes In Sha Allah
masha allah… kon dhuvas thakeh ga up kurany….
Well, hopefully will upload next part within 2 days In Sha Allah
Salhi
Thanks?
Varah reethi.. waiting for next part
Thanks?
Varah reethi mi part..? gud luck kooji ?
Thanks Aisha?
Varah reethi.. vaahaka nimendhen genesdheyne kamah ummeedhu kuran..mee Kooji furathama dhigu vaahaka dhw.. Good luck.. 🙂
Yes In Sha Allah…Yeah its my first,i thought i’ll try since some of the readers suggested.
Thanks?
Vv reethi ماشا الله
??
Thanks?
v reethi stwry
Thanks?
Varah reethi?
Thanks?
Mi part varah Reethi.. Ummeedhu kuran mivaahaka reethi vaane kamah???
?
Next part kondhuvahakun?
Kon dhuvas thakehga aanmukoh upload kureveynee?
Waiting…
V salhi
Tomorrow or day after, can’t promise..but will try to upload soon.
Thanks?
Hello all, Actually there’s a mistake at the beginning of the story..
It’s “Seemaa” not “Amaany” ? I totally forgot that name while i was writing the rest of the story!
❤
Sorry for the confusion btw! ?
WOW! maasha Allah ❤❤❤
❤